Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެގޭނަމަ(9)

naberr
naberr Level 210 Stories100 Login
April 9, 2025 3 Mins Read
7 Comments

“އާން ނައި….ރާއިން ފައިގެ ވާގިއެއް ނެތް.އެކަމަކު އުންމީދު ކަޑާނުލާ. ފިޒިއޯ ހަދައިގެން ވެސް ރަނގަޅުވޭތޯ ބަލަމާ”އަޒާން ނައިރާ އަށް ވިސްނައިދެނއް މަސަތްކަތް ކުރަމުން ދިޔައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނައިރާ ކަރުނަތަށް ފޮހެލިއެވެ.

“އިރާ އަށް ކިހިނެއް އެނގުނީ”ނައިރާ އަތުގައި ފިރުމަމުން ރައިން އަހާލިއެވެ.”ރާއި އިރާ އަށް މާފު ކޮށްދީ. އިރާ އަށް އިނގޭ ލީޝާމެން ރާވައިގެން ކުރި ކަމެއްކަން އެއީ.ރައި ޕްލީޒ އިރާ އަށް މާފުކޮށްދީ.”ރާއިންގެ އަތް ނައިރާ ގެ ނިއްކުރީގައި ޖައްސައިގެންހުރެ ރޮމުން ދިޔައެވެ.”ޝްޝް….އިޓްސް އޯކޭ އިރާ….އިރާ ތިހެން ރޮންޔާ އަހަރެން ނުވާން ރަނގަޅެއް ވެސް”ނައިރާގެ ކަރުނަތައް ފޮހެދެމުން ރައިން ބުނެލިއެވެ.”ދެންންންން……ރާއިނު ގަނޑާ…ދެވަނަ ފަހަރަށް ތިހެން ނުބުނާތި.ރާއިން އަށް ތޫނު ނަޒަރެއް ދެމުން ނައިރާ ބުނެލިއެވެ”އޯކޭ ބޮސް..”ރާއިން އަށް ހިނިގަނޑު މަތަކުރުން ވީ އުދަނގޫ ކަމަކަށެވެ.”ތިޔެއް ނޫން..ހިނގާ އިރާމެން ގެޔަށް ބަދަލުވާން.ނައި  ހުރިހާ ކަމެއް ވެސް ރަނގަޅަށް ބަލާނަން…ޕްލީޒް..”ޖޫސް ތައްޓެއް އަޅާމުން ނައިރާ ބުނެލިއެވެ.ނައިރާގެ އަމަލުތައް ހުރިގޮތުން ނައިރާ ރާއިން ދެނެ ވާލޯބި ފެންނަމުން ދިޔައެވެ.”ތިހާ ލޯބި ކުއްޖެއް.ތިހާ ލޯބިން ބުނީމަ މިހިތް ބުނި ތިލޯބި ކުއްޖާ އަށް އާއެކޭ  ބުނުމަށް…”ރާއިން ހިތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.ކުއްލިއަކަށް ރާއިން ނައިރާ އަތަށް ދަމާލައި ކޮލަށް ބޮސްދިނެވެ.ލަނދުގަތް ނަމަވެސް ނައިރާވެސް ރާއިން ކޮޮލަށް ބޮސްދިނެވެ.

ހުކުރު ދުވަސްކަމުން ސުފުރާ މަތިވަނީ ކާއެއްޗެހީގެ ތަފާތު ބާވަތްތަކުން ފުރާލެވިފައެވެ.”ނައި ދަރިފުޅާ ކައިގެން އަރާމުކޮށްލާފަ ދާންވީނު ރާއިން ގޮވައިގެން މޫދަށް.ފިޒިޔޯ ހެދިޔަސް ވެސް މޫދަށް ގޮސް ވެލިން ފައިމޮޑެލާ ހެދީމަވެސް ﷲގެ ހެޔޮ ރަޙްމަތްފުޅުން ރަނގަޅުވާނެ.”އަގަޔަށް ބަތްސުވަލެއް ލަމުން ނޫރާ ބުނެލިއެވެ.ރާއިން އާއި ދިމާލަށް ބަލާލަމުން ނައިރާ އާއެކޭ ބުނެލިއެވެ.ކައިނިމުމުން ނައިރާ ރާއިން އަށް ބޭސް ދިނުމަށްފަހު މޫދަށް ދާން ރެޑީވާށޭ ބުނެ ތަށިތައް ދޮވެލިއެވެ.

ވެލިން ރާއިންގެ ފައިމޮޑެމުން ދިޔާ ނައިރާ އާއި ދިމާލަށް ރާއިން ކަޅި ޖަހާވެސްނުލައި ބަލަން ހުއްޓެވެ.އެވަގުތު ކުޑަ ކުއްޖެއް ދުވަމުން އައިސް ނައިރާ ގައިގައި ޖެހި ދެމީހުންވެސް ވެއްޓުނެވެ.”ނައި ދައްތާ…..މީ ކޮން ބޭބެ އެއް”ޔަޒާ ސުވާލު ކޮށްލިއެވެ.”މީ މައި ދައްތަ މެރި ކުރަނަ އުޅޭ ބޭބެ”ހިނިތުން ވެލަމުން ނައިރާ ޔަޒާ ބޮލުގައި ފިރުމާލިއެވެ.އެވަގުތު ރާއިން ލޮލުގެ އިޝާރާތުން އެއީ ކޮންކުއްޖެއްތޯ ސުވާލުކޮށްލިއެވެ.ނައިރާ ކުރުގޮތަކަށް ވީގޮތް ކިޔާލަދިނެވ.”އެއްކަލަ ޔަޒާ……. މަންމި ކިތައްފަހަރު ބުނާނީ ފެންނަ ކޮންމެ މީހަކާ ވާހަކަ ނުދައްކާށޭ”ޒުވާން އަންހެން ކުއްޖެއް އައިސް ނައިރާ އުރާލިއެވެ.”މަންމީ ރުޅި ނާދެބަ..މީ ނައި ދައްތަ.ނައި ދައްތި މީ ޔަޒ މަންމި…..އެނގޭތަ މަމްމި ވަރަށް އޯވަޕްލޮތެކްތިވް ވާނެ..ޔަޒް ޑޭޑް ޔަޒް އަކަށް ނުފެނެ”ޔަޒާ އެންފެ ފަހަށް ބުނެލި ޖުމްލައިން ނައިރާ ސިހުންވެލިއެވެ.”އައްސަލާމް އަލައިކުމް އަޅުނގަޑަކީ ޔާޝާ…23 އަހަރު”ސަލާމަށް އަތް ދިއްކުރަމުން ޔާޝާ ބުނެލިއެވެ.”އައިޝަތު ނައިރާ 19 އަހަރު ޕްރެޒެންޓާރ އެއް’ހިނިތުން ވެލަމުން ނައިރާ ސަލާމަ ކުރިއެވެ. އިރުކޮޅަކު ނައިރާ އާއި ވާހަކަ ދައްކަން ތިބުމަށްފަހު ޔަޒާ ނައިރާ ގޮވައިގެން ދިޔުމުން ނައިރާ ވެސް ރާއިން ގޮވައިގެން ގެޔަށް މިސްރާބު ޖެހިއެވެ.

“ނައިގެ މަންމަ ހާދަ ރަނގަޅޭ އަހަރެނެ ވަރަށް އުފާވެ އެކަހަލަ މައިދައިތައެއް ލިބޭތީ އަމިއްލަ މަންމަ ދުނިޔެ ދޫކޮށް ދިޔައިރުވެސް އެ ލޯތްބެއް ނުލިބުން.އެކަމު ނައި މަންމަ އަހަރެން ދެކެ އަޅާލައި ވަރަށް ލޯބިދޭ”ވިސްނުމެއްގައި ހުރެ ރާއިނ ބުނެލިއެވެ.”މަންމަ ވަރަށް ލޯބިވާނެ ރިފް ދެކެވެސް ލޯބިވާނީ އަމިއްލަ ދަރިއެއް ފަދައިން.އެކަމު ނަމަނަމަ ނައިގެ މަންމަ ނައިއަތުން ނާތުލާތި”ނައިރާ ވެސް ބުނެލިއެވެ.ނައިރާގެ ބަސްތަކުން ދޮރު ކުރިމަތީގައި ހުރި ނޫރާ ގާތަށް ހިނިއައި ވަރަށް އުފާވެސްވިއެވެ.ރާއިންގެ ފައިގައި ތެޔޮދަމަމުން ދިޔަ ނައިރާގެ ހިތުގައި ރާއިންއަށް އޮތް ލޯބި ހާމަވެއެވެ.ދެކުދީނަށް ވަގުތުދެމުން ނޫރާ މަސަތްކަތަށް އެބުރި ރުޖޫޢަވިއެވެ.”އިރާ ހުރިހާ މީހުންނަށް ލަވަކިޔާދީފަ އަހަރެންނަށް ނުވެސްކިޔާދެ އެހާވެސް ބޭކާރު މީހެއްތަ އަހަރެން މި އިނާ އަށް؟”ދެރަވާ ކަމަށް ހެދެމުން ރާއިން ބުނެލިއެވެ.”އަހަރެނެ އެންމެ ފަހަރަކުވެސް ބުނިންތަ ބޭކާރުމިހެކޭ ރާއިންއަކީ؟އަދި ނެތެއްނު ނުކިޔާ ދެވިފަކާއެއްވެސް”ރާއިންގެ ފައިގައި ނައިރާ ޖަހާލިއެވެ.”އައުޗް…..އެއްފަހަރު ލޯބިން ފިރުމާފަ މިހާރު ތިޖަހަނީ މަންމަ ކައިރި ބުނެފާނަން.މިގަޑި ކިޔާދީބާ ލަވައެއް ޕްލީޒް”ރާއިން ފައިގައި ފިރުމާލަމުން ބުނެލިއެވެ.”ޖެހުމަކީވެސް ލޮބި އިތުރުވަ ކަމެކޭ މީހުން ބުނެއުޅޭ….”ނައިރާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“އިރާ…ކީއްވެތަ އަހަރެން ރޫމް ތަޅުލާފަ އެހުރީ”ރާއިން އަހާލިއެވެ.”ކޮޓާރި ކުޑަ މަރާމާތެއްގައި ތި ހާސްނުވެބަލަ..މނިދަން ވާރަށް ކޮޓަރި ނިމޭނެ.”ރައިން އިސްތަށިގަނޑު ހާވާލަމުން ނައިރާ ބުނެލިއެވެ.”އޯކޭ ކޮޓަރި ނުހެދުނަސް އިރާ ކައިރި ނިދަން ބާއަވަނިކޮށް”އެއްލޯ މަރާލަމުން ރާއިން ބުނެލިއެވެ.ވަގުތުން ނައިރާ މޫނު ރަތްވެގެން ދިޔައެވެ.

ސޯފާގައި ޓީވީ ބަލަން އޮތް ރާއިން ފޯނަށް ނައިރަ ގުޅުމުން ހައިރާން ވިއެވެ.”ރާއި ރޫމްގަ އޮންނާނެ އިރާ ލެޕް ގެނެސްދިބަ ޕްލީޒް އިރާ ވަރަށް ބިޒީ”ރާއިން އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދި ނައިރާ ފޯނު ކަޑާލިއެވެ.ކުޑަކޮށް ކޮރަމުން ރާއިން ގޮސް ކޮޓަރި އަށް ވަނެވެ.އަދިރިކޮށް އޮތް ކޮޓަރި ފެއިރި ލައިޓުން ދިއްލިގެން ދިޔުމުން ރާއިން ހައިރާނަ ވިއެވެ..

ހިތުގެ ތެޅުން މިތުރު މިއަހާބަލާ……(2)

ވާ ލޯބި އެގޭނަމަ…..ވާ ލޯބި އެގޭނަމަ ކަލާ…..

ފުން ހިޔާލުގާ ދިވާނާ ހިތް ވެޔޭ……ހިތް ފާޅުގާ ތިޔަ ލޯތްބަށް އެދި ވެޔޭ….

ނުނިދޭ މިހާރު ވެޔެ ބޭގަރާރް….އަންނާށޭ ދެން ކަލާ……

ވާ ލޯބި އެގޭނަމަ….ވާ ލޯބި އެގޭނަމަ ކަލާ…..

ކެތް ވާނެހޭ ވައި ރޯޅިން ބިހިލާ….ހިނިތުން ވެފާ ޔާރާ އައިސްބަލާ….

އެދެމޭ އުފާ ލިބުމަށް ޝިފާ….ލޯބިން ހިއްސާވެލާ…..(2)

ވާ ލޯބި އެގޭނަމަ….ވާ ލޯބި އެގޭނަމަ ކަލާ……

ހިތުގެ ތެޅުން މިތުރު މިއަހާބަލާ….

ވާ ލޯބި އެގޭނަމަ…..ވާ ލޯބި އެގޭނަމަ ކަލާ……

“އަހަރެންނަކަށް ނެނގެ މާ ރޮމޭންޓިކް ކޮށް ބުނާކަށް.ރާއި އާއި އެކީ މިހޭދަވެގެން ދިޔަ 6 މަސް ތެރޭގައި އަހަރެނަށް ރާއި ދެކެ ލޯބިވެވިއްޖެ.ކިހިނެއް ކޮންއިރަކު ކަމެއް ނޭނގެ…އަހަރެންމަށް ރާއި އާނުލައި ނޫޅެވޭނެ. މުހައްމަދު ރާއިން އަހަރެން އައިޝަތުގެ ހަޔާތުގެ ބައިވެރިއަކަށް ވާނަންތަ؟”ރާއިން ކުރިމަތީ އެއްފައި މައްޗަށް ދިރިވަމުން ނައިރާ އޭނާގެ އަތް ރާއިން އަށް ދިއްކޮށްލުމުން ވަގުތުން ރާއިންގެ ލޯބޮޑު ވިއެވެ..

ނުނިމޭ…..

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

އަބަދައް-2

Next

އެކްޓަރ (ޕާޓް 8)

Next
April 9, 2025

އެކްޓަރ (ޕާޓް 8)

Previews
April 9, 2025

އަބަދައް-2

7 Comments!

  1. leeshaa says:
    April 9, 2025 at 7:56 pm

    subboo alhun raavaigenney nai haadha goahey dhw 🙄
    hehe..
    mihaaru anhen kudhin dhw first step mi naganee vx 😭😂
    azaan bunee dhn thimanna First stepeh nunagaanamo… 😂
    nabaa alhun men rashah annan v nu misoru dhahkkaa majaa vhk adu ahaalan….
    vrh loabiveyyyy naberr 😘😘😘

    1. naberr naberr says:
      April 9, 2025 at 8:26 pm

      TBH vrh ufaa vey knmme episode akahves first commet akah leseshge faraathun libeythy……hahaha kihineh dhw egeyny axaan fai balikoh ulheythy nai first step negy kahneyge ehnu…axaan kairi buney first step nagan vaaney leesh men rashsah dhaaan v dhe bandhu v ma kn rashehtha alhe thy?
      ILY too leesh

    2. Nayerr says:
      April 9, 2025 at 9:27 pm

      Masha Allah mi part ves vrh reethi when’s next part curiously waiting for the next part curiously Naberr unmeedhukuran mivaahaka kaamiyaabu kamaaeku ninmaleveyne kamah insha’Allah you are one of my favourite author 🤍❤️ keep doing your hard work naberr unmeedhakee Naberr vhk liumuga vrh mathee harufathakah dheveynekamah alhugandhu dhuaa aky abadhuves naberr ah kaamiyaabu minwaru kurehvun love you naberr bodukoh with best regards ❤️😘
      DEAR MY FRIEND @NABERR LOVE YOU LOTS OF LOVE 😘

  2. Anonymous says:
    April 9, 2025 at 11:32 pm

    Insha allah vrh ufaa vehjji naayu comment kiyaalaafa insha allah I will do my best to make readers attention
    I love u too naayu🤍

  3. Anonymous says:
    April 10, 2025 at 7:11 am

    Naberr tha anonymous jahaafa msg kuree thi 😘

    1. Naberr🤍 says:
      April 10, 2025 at 9:44 am

      Yhhh automatic koh liyevuby sorry 😞 n who r u

  4. Nayerr says:
    April 10, 2025 at 10:13 am

    It’s me nayerr ❤️😊yhh I ah ves hama automatic koh eyndhy liyevifa I don’t know why sometimes It happens

Comments are closed.

Next Episodeވާ ލޯބި އެގޭނަމަ(10)←


All Right Reserved!