ހިތް އެދޭ މަންޒިލަކީ… 8
ޔާނިއު ގޮސް އޭނާގެ ކެބިންއަށް ވަނުމާއި އެކު ލިވްޔާ ރައިހާންއަށް ބަލައިލުމެއް ވެސް ނެތި އޭނާގެ ކެބިން ތެރެއަށް ވަނުމުން ރައިހާން ދެލޯ ހަނިކޮށްލިއެވެ. އެހެނަސް ޗޮކެއް ކަނޑައިލަމުން ރައިހާން ވެސް އޭނާގެ އަމިއްލަ ކެބިންއަށް ވަދެފައި މޭޒު ކައިރީގައި އިށީނެވެ. އިށީނދެ ހަމަޖެހިލާފައި ރައިހާން އިސްއުފުލައި ބަލައިލުމާއި އެކު ކުރިމަތީގައި ހުރި ކެބިންގައި އިން ލިވްޔާ ފެނިފައި އެ ނިތަށް ރޫތައް ގިނަވެލައިފިއެވެ. ދެ ކެބިން ވަކިކުރަން ޖަހާފައި ހުރި ބިއްލޫރިގަނޑުގެ ފުރަގަހުގައި ހިނގާ ހުރިހައި ކަމެއް ވެސް ދެ ކެބިންގައި ތިބޭ މީހުންނަށް ފެންނާނެއެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާ އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮޮށުގައި އިށީނދެފައި އިސްއުފުލައިލި އިރު ރައިހާން ފެނުމުން ކުޑަކޮށް ސިހުނެވެ. ރައިހާންގެ ކެބިންއާ އޭނާގެ ކެބިން ވަކިކުރަން ޖަހާފައިވީ ސާފު ބިއްލޫރިގަނޑު އޭނާގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. ދެމީހުންގެ މޭޒު ވެސް ހުރީ ދެމީހުން ދެމީހުންނާ މޫނު ދިމާވާ ގޮތަށް ކަމުން ދެމީހުންގެ ނަޒަރު ވެސް ވަނީ ދިމާވެފައެވެ. އެގޮތުގައި އިރުކޮޅަކު ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބުމަށް ފަހު ދެން ފެނުނީ ރުޅިން ފިއްސައިލާ ވަރުގެ ނަޒަރެއް އެކަކު އަނެކަކަށް ހަދިޔާކޮށްލި މަންޒަރެވެ.
އިރުކޮޅަކު އެގޮތުގައި އިނދެފައި ލިވްޔާ ތުންއަނބުރައިލަމުން މޫނު އަނބުރައިލުމާއި އެކު ރައިހާން ޗޮކެއް ކަނޑައިލިއެވެ. ލިވްޔާ ދެކެ ވެފައި ހުރި ފޫހިން އިތުރަށް ލިވްޔާ ރުޅިއަރުވައިލާނަމޭ ހިތައި ރައިހާން ގޮނޑިން ތެދުވެފައި ހިނގައިގަތީ ކެބިން އިން ނުކުންނާށެވެ.
“އޭ.. ޔާން ބުނި އެއްޗެއް އަޑު ނީވޭތީތަ ތީނީ..؟” ލިވްޔާގެ ކެބިންގެ ދޮރު ހުޅުވައިލަމުން ރައިހާން ބުނެލި އިރު އެ އަޑުގައިވީ ރުޅިވެރިކަމާއި ހަރުކަށިކަމެވެ. ރައިހާންގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ލިވްޔާ ރައިހާންއަށް ބަލައިލި ނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައެވެ.
“ޔާން ނުބުނޭތަ މިއަދު އަހަންނާ އެކީ ކޮމްޕެނީގެ ކަންތައް ދަސްކުރަން އުޅޭށެކޭ..؟ އެކަމް ހަމަ އަހަރެން ފެންނަ ކަމަށް ވެސް ހަދައިނުލައި އައިސް ތި އިންނަނީ މިތާ..” ރައިހާން ވާހަކަ ދައްކަން ފެށުމުން ލިވްޔާ އިވޭ ކަމަށް ވެސް ނުހަދާ، މޭޒުމަތީގައި ހުރި ފައިލްތައް ހުޅުވައިގެން އެ ބަލަން ފެށިއެވެ.
“އަހަންނަށް ޖެއްސުމަށް ދޯ ތި އުޅެނީ.. ލިވްޔާ ހަނދާން ނައްތައިނުލައްޗޭ އަހަރެން މިއީ ލިވްޔާގެ ބޮސްކަން.. މިހާރުވެސް ލިވްޔާ ވަޒީފާއިން ވަކިކުރުމުގެ ބާރު އަހަންނަށް ލިބިގެންވޭ..” ލިވްޔާ ކަންތައް ކުރަމުން ދިޔަ ގޮތުން އިންތިހާއަށް ނުރުހިފައި ހުރެ ރައިހާން ފަހުބަސް އިއްވައިލުމުން ލިވްޔާ ރައިހާންއަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
“ތީ ކޮން ކަހަލަ ސީއީއޯއެއް..؟ ހަމަ އެންމެ ކަމެއް ފެނިލާ އިރަށް ވަޒީފާއިން ވެސް ވަކި ކުރޭތަ..؟” ލިވްޔާއަށް ވީ ވަރު ފެނިފައި ރައިހާން ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލިއެވެ.
“އަހަރެން ކަންތައް ކުރާ ގޮތް އެނގެން ބޭނުމިއްޔާ މި ކޮމްޕެނީގެ ކޮންމެ މީހެއް ގާތު އަހައިލިޔަސް ތި ސުވާލުގެ ޖަވާބު ލިވްޔާއަށް ލިބޭނެ.. ނައު ޔޫ ޗޫޒް.. އައިދަރ ޔޫ ޑޫ ވަޓް އައި ޓެލް ޔޫ ޓު، އޯރ އައި ޑޫޫ ވަޓް އައި ވޯންޓް..” ލިވްޔާއާ ދިމާއަށް ގުދުވެލާފައި ލިވްޔާގެ ގޮނޑި އޭނަޔާ ވީ ފަރާތަށް އަނބުރައިލަމުން ރައިހާން ބުނެލި އިރު، އެ އަޑު އައީ އިންޒާރެއް ފަދައިންނެވެ.
ދެމީހުންގެ މޫނު ނުހަނު ކައިރި ކައިރީގައިވީ ހިނދު ދެމީހުންގެ ލޮލުގައި ވެސް ތަފާތު އަސަރެކެވެ. ރައިހާން ލިވްޔާގެ ދެފަރާތުން ލިވްޔާގެ ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރެ، ސީދާ ލިވްޔާގެ ދެލޮލަށް ބަލައިލި އިރު، ރައިހާންގެ އެ ގާތްކަމާއި ތޫނު ބަލައިލުމުން ލިވްޔާގެ ހިތުގައި ހިނދުކޮޅަކަށް ނަމަވެސް ތަފާތު ވިންދެއް ޖަހާލައިފިކަން ޔަގީނެވެ. ހިތްއަވަސްވެފައި އިނދެ ރައިހާންގެ ތޫނު ދެލޮލަށް ލިވްޔާ ފުންކޮށް ބަލައިލީ ފަޅި ސިކުންތަކަށް ނަމަވެސް އެ ދެލޮލުން ރުޅިވެރިކަމާއި ނަފްރަތު ނޫން އެހެން އިހުސާސެއް ފެނިލާތޯއެވެ.
“ފަސް މިނެޓު ތެރޭ އަހަރެންގެ ކެބިންއަށް އާދޭ..” އިރުކޮޅަކަށް ފަހު ލިވްޔާއާ ދުރުވެލަމުން ރައިހާން ބުނެލީ ޖީބަށް އަތް ޖަހައިލަމުންނެވެ. އެއަށްފަހު ލިވްޔާއަށް ބަލައިލުމެއް ވެސް ނެތި ރައިހާން ލިވްޔާގެ ކެބިންއިން ނުކުމެގެން ދިޔުމުން ލިވްޔާ މި ހުރިހައި އިރަކު ހިފަހައްޓާލައިގެން އިން ނޭވާ ދޫކޮށްލިއެވެ. ހިތާވީ ދިމާލުން މޭމަތީގައި އަތްއަޅައި ބާރުކޮށްލަމުން ލިވްޔާ ދެލޯ މަރައިލީ ރައިހާން އެގޮތަށް ކައިރިވެލާ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ކުރާ އާދަޔާޚިލާފު އަސަރުތަކުގެ މާނަ ނުވިސްނުމުންނެވެ.
“ފޮނި މީހާގަނޑެކޭ.. އަދި ބުނެފިއެއްނު ވަޒީފާއިން ވަކިކުރާނަމޭ.. ހަހް.. ވަރަށް ފޫހިވޭ..” ބިއްލޫރިގަނޑުގެ އަނެއް ފަރާތުން ރައިހާން ފެނުމާއި އެކު ލިވްޔާ ދެބުމަ ގޮށްޖަހައިލަމުން ކުދިކިޔައިގަތީ އަމިއްލަ ނަފްސަށް އިވޭ ވަރަށެވެ. އެހެނަސް، ކިތަންމެ ފޫހި ވިޔަސް ވަޒީފާގައި ހުންނަން ބޭނުން ނަމަ ރައިހާންއަށް ބޯލެނބުން ނޫން ގޮތެއް ނޯންނާނެތީ ލިވްޔާ ގޮނޑިން ތެދުވީ، ރައިހާންގެ ކެބިންއަށް ދިޔުމަށެވެ.
ލިވްޔާ ދިޔުމާއި އެކު ރައިހާން އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަން ލިވްޔާއަށް އިޝާރާތް ކޮށްލިއެވެ. ލިވްޔާ ހީކުރިގޮތާ ޚިލާފަށް މިފަހަރު ރައިހާންގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ކުރިމައްޗެއް ނުވިއެވެ. ރައިހާން އޭނާގެ ކޮމްޕިޔުޓަރުގެ މޮނީޓަރު ލިވްޔާއަށް ވެސް ފެންނާނޭހެން އަނބުރައިލަމުން ލިވްޔާއަށް ކޮމްޕެނީއާ ބެހޭގޮތުން އެނގެން ޖެހޭ ހުރިހައި އެއްޗެއް ކިޔައިދެމުން ދިޔައެވެ. ރައިހާންގެ ފަރާތުން މިވަގުތު ފެންނަމުން ދިޔަ ސިފައިން ހިތްހަމަޖެހިފައި އިނދެ ލިވްޔާ ވެސް އޭނާގެ ހުރިހައި ސަމާލުކަމެއް ރައިހާން ދައްކަމުން ދިޔަ ވާހަކައަށް ހުސްކޮށްލައިގެން އިނެވެ.
*** ** ***
އޮފީހުން ނިމިގެން ގެއަށް ދިޔަ އިރު ލިވްޔާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ހީކުރި ގޮތާ ޚިލާފަށް ރައިހާންއާއި އެކުގައި މަސައްކަތް ކުރުމަކީ އެހައި އުނދަގޫ ކަމަކަށް ނުވިއެވެ. ރައިހާން އަކީ ރުޅިގަދަ ނަމަވެސް މަސައްކަތަށް ނުހަނު ފަރުވާތެރި، ޒިންމާދާރު މީހެއްކަން ލިވްޔާއަށް މިއަދު އެނގިގެން ހިނގައްޖެއެވެ.
“ލިވީ.. ކިހިނެއްތަ ޖޮބްގެ ފުރަތަމަ ދުވަސް..؟” ލިވްޔާ ގެއަށް ވަނުމާއި އެކު އަނީސަށް ކާން ދޭން އިން ލައިނީ އަވަސްއަވަހަށް އަހާލައިފިއެވެ.
“ވަރަށް ސަޅި.. އެ ބޮޑާ ފިރިހެނާއާ އެކީ މަސައްކަތް ކުރަން އަސްލު އެހައި އުނދަގުލެއް ނޫން..” އަރައިގެން ހުރި ބޫޓު ބާލަމުން ލިވްޔާ ބުނެލުމާއި އެކު ލައިނީގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ނުހަނު އަވަހަށް އެ ކުލަވަރު ފަރުދާކޮށްލަމުން ލައިނީ ލިވްޔާ ކުރެން ފެންވަރައިގެން ކާން އައުމަށް އެދުނެވެ.
*** ** ***
“ކޮބާ ކިހިނެއްތަ ލިވީ..؟” ޔާނިއު އެހީ ކާރު ދުއްވަން އިން ރައިހާން ކައިރިއެވެ.
“ތެދަށް ބުނަން..؟ އަހަރެން ހީކުރިހާ ގޯހެއް ނޫން.. މަސައްކަތަށް ފަރުވާތެރި.. ކްރިއޭޓިވް.. ކޮންފިޑެންޓް.. ޕަންޗުއަލް.. މަސައްކަތަށް ރަނގަޅު ކުއްޖެއް އެއީ.. ބައެއް ފަހަރު އެކަމް އަހަރެން ބުނާ ގޮތަށް ކަންތައް ނުކުރެވޭ ފަހަރު ފަހަރު ދާތީ މައްސަލައަކީ… އަނެއްހެން ހަމަ އޯކޭ..” ރައިހާން ވާހަކަ ދެއްކި އިރު އެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓިފައެވެ.
“މަސައްކަތަށް އެކަނިތަ ރަނގަޅީ..؟” ޔާނިއު އަހައިލި އިރު އެ އަޑުގައިވީ ލާނެތް ކަމުން ރައިހާން ޔާނިއުއަށް ބަލައިލީ އަނގަޔަށް ވައްތަރެއް ޖައްސައިލަމުންނެވެ.
“ތިއެއް ނޫނޭ ޔާން.. ބޭފުޅާގެ ކައިވެނި މިހާރު މަހަކަށް ވުރެ ކުޑަތަން ވީ އިރުވެސް އެ ވާހަކަ ނުވެސް ދައްކައޭ.. ކޮން އިރަކުންތަ ކާޑު ލިބޭނީ އަހަންނަށް..؟” ރައިހާން ބެލީ މަޢުޟޫޢު ބަދަލުކޮށްލެވޭތޯއެވެ.
“ރެންއަށް ކާޑު ފޮނުވާށޭ..؟ އެ ކީއް ކުރަން..؟ އަހަރެންގެ ބެސްޓް މޭން އަށް ވެސް އަހަރެން ވީ ކާޑު ފޮނުވާފަ ވަކިން އިންވިޓޭޝަންއެއް ދޭން..؟ އެހެން ކަމަކު ނުދާނެ އެއްނު.. އަހަރެންގެ ވެޑިންގަ ހުރިހައި މަސައްކަތެއް ކުރަން ހުރި މީހަކީ ވެސް ތީ.. މާ ޒާތްކޮޅު ބޮޑުވާން އުޅޭނެ ކަމެއް ނެތް..” ރައިހާންގެ ބޮލުގައި ފުއްޓަތްކެއް ޖަހައިލަމުން ޔާނިއު ބުނުމާއި އެކު ރައިހާން ކައިރިއަށް ވެސް ހިނިއައެވެ.
“އޯކޭ ގްރޫމް ޓު ބީ! ކިޔާބަލަ.. ކޮން ކަންތަކެއްތަ ކުރަން ހުރީ..؟ އަހަރެން މިހުރީ ޔާންގެ ވެޑިންގަ ހަމަ ހުރިހައި ކަމެއް ވެސް ކުރަން ތައްޔާރަށް!” ރައިހާންގެ އަޑުގައިވީ އުފާވެރި ކަމުން ޔާނިއުގެ ކައިވެންޏާއި މެދުގައި އޭނާ ވެފައިވާ އުފާ ކޮންމެ މީހަކަށް ވެސް ދޭހަވާނެއެވެ.
“މާދަމާ ވާނެ ސޫޓްއެއް ނަގަން ދާން.. ދެން ބައްޕަ ބުނި ވެނިއުގެ ކަންތައް ބައްޕަ ހަމަޖައްސާނަމޭ.. އެތަނުން ޑައިނިން ވެސް ހަމަޖައްސައިދޭނެ.. އޭރުން ވަރަށް ބޮޑުބައި ނިމުނީނު..” ޔާނިއު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ރައިހާން އިން އިރު އެހައި އަވަހަށް އެ ތޫނު ސިކުނޑީގައި ކަންތައް ކުރާނެ ގޮތުގެ ތާވަލެއް ރާވާލައިފިއެވެ.
*** ** ***
ޖެހިގެން އައި ދުވަހަކީ ކޮމްޕެނީ ބަންދު ދުވަހެއް ކަމުން އެދުވަހު ލައިނީ އާއި ޔާނިއު ކައިވެނީގެ ތައްޔާރީތައް ފެށިއެވެ. ޔާނިއުއާ އެކުގައި ރައިހާން ޔާނިއުގެ ސޫޓް ގަންނަން ދިޔަ އިރު ލައިނީއާ އެކުގައި ލިވްޔާ ލައިނީގެ ކައިވެނީގެ ހެދުން ގަންނަން ދިޔައެވެ. ޔާނިއު އާއި ލައިނީ ވެސް ދިޔައީ ހަމަ އެއްތާކަށެވެ. އެތަނުން އަންހެނުންގެ އެއްޗެއްސާއި ފިރިހެނުންގެ އެއްޗެހި ވެސް ލިބެން ހުންނާތީ ދެމީހުން ވެސް ނިންމީ އެކުގައި ދިޔުމަށެވެ.
ރައިހާން އާއި އެކުގައި ކާރުގައި ލައިނީމެން ގޭ ކައިރިއަށް ޔާނިއު އައި އިރު ލައިނީ އާއި ލިވްޔާ ނުކުމެ ތިއްބެވެ. ލައިނީ އާއި ލިވްޔާ ފަހަތު ސީޓަށް އެރި އިރު ކާރު ދުއްވަން ޔާނިއު އިނދެފައި ކައިރީގައި ރައިހާން އިނެވެ.
“މީނަ ވެސް އާދޭތަ..؟” ރައިހާން ފެނުމާއި އެކު މޫނު ކުނިކޮށްލަމުން ލިވްޔާ އަހައިލީ ލައިނީ ކައިރި ކަމުގައި ވިޔަސް އެ އަޑު ޔާނިއުގެ އިތުރުން ރައިހާންގެ ކަންފަތުގައި ވެސް ޖެހުނެވެ.
“މަންޖެއަށް އެކަނިތަ ދައްތަގެ ފަސްފަހަތުން އުޅެވެނީ..؟ އަހަރެން އަހަރެންގެ ބޭބެއާ އެއްކޮށް އުޅުނީމަ ގޯސްވަނީ..؟” ނިތަށް ރޫތައް ގިނަކޮށްލަމުން ރައިހާން ބުނެލި އިރު އެ އަޑުގައިވީ މަލާމާތެވެ.
އެދެމީހުންގެ ކޯޅުންގަނޑު ފެށުމާއި އެކު ހިނިއައިސްފައި އިނދެ ޔާނިއު އޮފީސްތެރޭގައި އިއްޔެ ވީ ހުރިހައި ކަމެއް ލައިނީއަށް ކިޔައިދެމުން ދިޔަ އިރު ލައިނީ ވެސް އިނީ ހިނިއައިސްފައެވެ. ޔާނިއު އާއި ލައިނީ ހީހީ ހަލާކުވެފައި ތިބި އިރު ރައިހާން އާއި ލިވްޔާ ތިބީ މޫނު ކުނިކޮށްލައިގެންނެވެ.
“ދެން ހުއްޓާލަބަލަ ދެމީހުން.. އަޅެ މީ ހުސްވެސް ތިމީހާގަނޑުގެ ކަންތައް.. ފޮނިބޮޑާ ފިރިހެނާ..” ރައިހާންއަށް އިނގިލި ދިއްކޮށްލަމުން ލިވްޔާ ބުނެލީ ރުޅިއައިސް ރަތްވެ ހުރެއެވެ.
“އޭ އަހަންނަށް ފާޑުފާޑުގެ ނަންނަމުން ނުގޮވާށޭ ކިތައް ފަހަރު ބުނެފިން.. އަހަންނަކީ ތިކުއްޖާގެ ބޮސްކަން ހަނދާން ނައްތައިނުލައްޗޭ! ބޭނުމިއްޔާ މިހާރު މިވަގުތު ވެސް އަހަންނަށް ތިކުއްޖާ ވަޒީފާއިން ވަކިކުރެވިދާނެ!” ލިވްޔާ ހަމަ އެއްޗެކޭ ބުނާ އިރަށް ރައިހާން ހަތިޔާރެއްގެ ގޮތުގައި އެކަން ބޭނުން ކުރާތީ ލިވްޔާގެ ރުޅިގަނޑުވީ ހައްތަހައި އިތުރެވެ.
“ދެން ޔޫ ކީއްވެތަ އަހަންނާ ދިމާއަށް ތިކުއްޖާ ތިކުއްޖާ ކިޔާފަ ގޮވަނީ..؟ އަހަންނަށް ހަތްދުވަސްވީ އިރު ގެރިބަކަރި ކަތިލާފަ މަންމައާ ބައްޕަ އަހަންނަށް ދީފަ އޮތް ނަމެއް އޮވެޔޭ!” ލިވްޔާގެ ވާހަކައިން ރައިހާން ކައިރިއަށް ހިނި އައި ނަމަވެސް އޭނާ އިނީ ހިނިގަނޑު މަތަކޮށްލައިގެންނެވެ.
“ފަހަރި.. މިއީ ހަމަ އަސްލުވެސް ފަހަރިގެ ކޮއްކޮތަ..؟ ޔަގީންތަ އެޑޮޕްޓް ކޮށްފައި ނޫންކަން..؟” ލައިނީއަށް ބަލައިލަމުން ރައިހާން އަހައިލުމާއި އެކު ލިވްޔާގެ ދެލޯ ބޮޑުވީ ރައިހާން އެފަދަ އެއްޗެއް ބުނުމުންނެވެ.
“އެކްސްކިޔުޒްމީ؟!” ލިވްޔާގެ އަޑު ނުކުތްލެއް ބާރުކަމުން ކާރު ދުއްވަން އިން ޔާނިއު ވެސް ހިސާބަކަށް ސިހިގެން ގޮސް ހުންގާނުން އަތް ދޫކޮށްލެވުނެވެ.
“އަޅެ މީހަކަށް އެހެން ހީނުވާ ވަރުތަ..؟ ބަލާބަލަ ފަހަރި އިންނަލެއް ލޯބިކަން.. ނުލާހިކު މަޑުމަޑުން ބަސްއަހައިގެން އެ އިންނަނީ.. ލިވްޔާއާ ހަމަ ދިމާ އިދިކޮޅު! އަނެއްކާ ފަހަރި އެހައި ދޮންވެފަ ރީތި.. ދެން ލިވްޔާއަށް ކިހިނެއްތަ ވީ..؟” ރައިހާންގެ ވާހަކަތަކުން ލިވްޔާއަށް ރުޅިއަށްވުރެ ބޮޑަށް ވީ ދެރައެވެ.
ކުޑައިރުއްސުރެ ވެސް ލައިނީއާ އޭނަޔާ ވައްތަރު ނޫން ވާހަކަ އާއިލާ އެންމެންނާ ރައްޓެހިން ވެސް ދައްކާނެއެވެ. ލައިނީ ހުންނާނީ ހިމަތޮޅިކޮށް ދޮންކޮށެވެ. ބޮޑުވަމުން އައި އިރު ލިވްޔާ ހުރީ އޭގެ ދިމާ އިދިކޮޅަށެވެ. އެހެނަސް ސްކޫލުގެ އެންމެ ފަހު އަހަރު އޭނާ ވަރަށް ހިކުނެވެ. އެއަށްފަހު ވެސް މީހުންގެ ދިމާކުރުން އޭނާއަށް އަމާޒުވާ ވަރު މަދެއް ނުވިއެވެ. ލައިނީގެ ފަން އިސްތަށިގަނޑާ އޭނާގެ ބުޅި އިސްތަށިގަނޑާ މީހުން އަޅައިކިޔާ ވަރުން އުނދަގޫ ވެގެން ލިވްޔާ ލައިނީއަށްވުރެ ވެސް ކުޑަ އިރު ބުރުގާ އަޅައިފިއެވެ.
ބޮޑުވަމުން އައި އިރު އޭނާ ހުރީ ލައިނީގެ ހިޔަނި ދަށުގައެވެ. ރަށުގައި އުޅުނު އިރު މީހުން އޭނަޔާ ލައިނީއާ އަޅައިކިޔާ ވަރުން ލިވްޔާއަށް ކެތް ނުވެގެން ރޯ ދުވަސްތައް މަދެއް ނުވާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާއަށް ހިތްވަރު ދޭނީ ލައިނީ އާއި އަނީސެވެ. ކުޑައިރު އެކަމާ ރޮއެ ހަދައި، ޝަކުވާ ކޮށް އުޅުނު ނަމަވެސް ލިވްޔާ ފަހުންފަހުން އައިސް އެއިން އެއްވެސް ކަމެއް ނުދައްކައެވެ. މީހުން ބުނެލާ އެފަދަ ބަސްތަކުން ދެރަވި ނަމަވެސް ލިވްޔާ އެކަން ބާއްވަނީ ހިތުތެރޭގައެވެ. މީހުން ކިޔާ އެއްޗެހީގެ ސަބަބުން އޭނާ ދެރަވާ ކޮންމެ ފަހަރަކު ވެސް ލައިނީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރާކަން އެނގުނު ދުވަހުން ފެށިގެން ލިވްޔާ ލައިނީ ގާތުގައި އެ ވާހަކަ ދެއްކުން ހުއްޓައިލީ އޭނާގެ ސަބަބުން ލޯބިވާ ދައްތަ ހިތާމަކޮށް، އަމިއްލަ ނަފްސު ކުށްވެރި ކުރަން އޭނާ ބޭނުން ނުވާތީއެވެ.
ރައިހާން ބުނެލި ބަހަށް ފަހު ލިވްޔާ މުޅިން ހިމޭން ވެގެން ދިޔަ އިރު ލައިނީއަށް ކަންބޮޑުވެފައި ލިވްޔާއަށް ބަލައިލެވުނީ އެފަދަ ވާހަކައެއް މީހަކު ބުނުމުން ލިވްޔާ ދެރަވާ ވަރު ލައިނީއަށް އޮޅިފައި ނުވާތީއެވެ. ރައިހާން ބުނެލި ބަހުން ހިތްހަމަނުޖެހިފައި އިން ޔާނިއު ވެސް ރައިހާންއަށް ނުރުހުމުގެ ނަޒަރެއް އަމާޒު ކޮށްލުމުން ރައިހާން ދެކޮނޑު އަރުވައިލީ ކިހިނެއްވީ ހެއްޔޭ އަހާ ފަދައަކުންނެވެ. ރައިހާންއަށް ވިސްނައިދިނަސް ވާނެ ފައިދާއެއް ނޯންނާނެކަން އެނގޭތީއާއި އެކުގައި ވަގުތުގެ ގޮތުން ވެސް އެއްޗެކޭ ނުބުނެ ޔާނިއު މޫނު އަނބުރައިލާފައި މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ.
މަންޒިލާ ހަމައަށް ދެވެންދެން ވެސް ދެން ކާރުތެރޭގައިވީ ހަމަހިމޭންކަމެވެ. ލިވްޔާ އިސްޖަހާލައިގެން އިން އިރު ލައިނީ އާއި ޔާނިއު ތިބީ ލިވްޔާ ދެރަވެދާނެތީ ނުހަނު ކަންބޮޑުވެފައެވެ. ބަދަލުގައި ރައިހާން ކަމެއް ވެސް ނުވާ ކަމަށް ހަދާފައި ފޯނާ ކުޅެން އިނުމުން ޔާނިއުގެ އިތުރުން ލައިނީ ވެސް ނުރުހުނެވެ.
ހެދުން ވަރު ކުރަން ވަދެފައި ލިވްޔާ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން ފެށުމާއި އެކު ލައިނީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަންހެނުންގެ ބަޔާއި ފިރިހެނުންގެ ބައި ވަކިކޮށްފައި ހުރުމުން ލިވްޔާ ޔާނިއު އެބަޔަށް ފޮނުވައިލީ ކައިވެނީގެ ކުރިން ކައިވެނީގެ ހެދުމުގައި ލައިނީ ހުއްޓާ ޔާނިއުއަށް ފެނިގެން ނުވާނެޔޭ ބުނަމުންނެވެ. ދާން ބޭނުން ނުވެ ހުރެފައި ވެސް ޔާނިއު ރައިހާންއާ އެކުގައި ދިޔައީ ލިވްޔާ ދޫނުދޭނޭކަން އެނގޭތީއެވެ.
ޔާނިއު ސޫޓްއެއް ނަގައި ނިމުނު އިރުވެސް ލައިނީ ދިޔައީ އެކި ހެދުންތައް ވަރު ކުރަމުންނެވެ. ލައިނީއަށް ކަމުދާ ހެދުމަކާ އަދި ނުޖެހޭތީ ޔާނިއު އާއި ރައިހާން ގޮސް ކާރުތެރޭގައި މަޑުކޮށްލީ އެދެމީހުން ނިމެންދެނެވެ.
“ރެން އެކަހަލަ އެއްޗެހި ބުނާކަށް ނުވާނެ އެއްނު.. ލިވީ ކިހައި ދެރަވާނެ.. އެއްޗެކޭ ބުނާ އިރު އަނެކާގެ އިހުސާސްތަކަށް ވިސްނާށޭ އަހަރެން ކިތައް ފަހަރު ރެން ގާތު ބުނެފިން މިހާރު..” ދެމީހުން އެކަނިވުމާއި އެކު ޔާނިއުގެ ނުރުހުމުގެ ބަސްތައް ރައިހާންއަށް އަމާޒުވިއެވެ.
“ލިވްޔާގެ އިހުސާސްތަކާ ދޭތެރޭ އަހަރެން ވިސްނަން ޖެހޭ ކަމަކަށް ނުދެކެން.. ލިވްޔާ ކިތަންމެ ދެރަވިަޔސް އަހަންނަށް ކީއް..؟ އެހެންނޫނަސް ލިވްޔާ ދެރަކޮށްލެވުނީމަ އަހަންނަށް ލިބެނީ ހިތްހަމަޖެހުން..” ރައިހާންގެ އަޑުގައުވީ ފަރުވާ ކުޑަކަމެވެ. އެ ވާހަކައިން ޔާނިއުއަށް ރައިހާންގެ މޫނަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ. ރައިހާން ލިވްޔާއަށް ޖެއްސުމަށް އެއްޗެހި ބުނި ކަމުގައި ވިޔަސް މިވަރަށް ލިވްޔާއަށް ނަފްރަތު ކޮށްފާނެ ކަމުގައި ޔާނިއުއަށް ހީކުރެވިފައިވެސް ނެތެވެ.
“ރެން އަށް ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ..؟ ތީ ދެން ކުޑަ ކުއްޖެއް ނޫނެއްނު.. އާނ އަހަރެން ދައްކާ ވާހަކަ އަޑު ނާހާ ހުރޭ.. ފަހުން އަދި ރެން ވެސް ދެރަވާނެ..” ޔާނިއު އެ ވާހަކަ ހުއްޓައިލީ ކިތަންމެ ވަރަކަށް ރައިހާންއާ އެ ވާހަކަ ދެއްކި ކަމުގައި ވިޔަސް ރައިހާންގެ ވިސްނުން ބަދަލު ނުކުރެވޭނޭކަން އެނގޭތީއެވެ. އެކަމާ ހުރެ އަނެއްކާވެސް އޭނާއާއި ރައިހާންގެ މެދުގައި އިތުރު މައްސަލައެއް ފެންމަތިވާކަށް ޔާނިއު ނޭދެއެވެ.
ލައިނީއަށް ކަމުދާ ހެދުމަކާ ޖެހުނީ އަދި އޭގެ ވިއްސަކަށް މިނެޓު ފަހުންނެވެ. ހެދުމަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ކިޔައިދިނުމަށް ފަހު އެ ހެދުން ފަހުން ބަލައި އަންނަ ގޮތަށް ހެދީ ލައިނީ ބޭނުންވެގެންނެވެ. ކާރަށް އެރުމާއި އެކީ ދާދި ދެންމެއަކު އަނގަތަޅަތަޅާ އިން ލިވްޔާގެ އަނގަ އަނެއްކާ ވެސް ބަންދުވީ އެތަނުގައި ރައިހާން އިނުމުން ކަންނޭނގެއެވެ.
*** ** ***
ފާއިތުވަމުން ދިޔަ ދެތިން ހަފްތާތެރޭގައި ޔާނިއު އާއި ލައިނީގެ ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދިޔައީ ނުހަނު ހަލުވިކޮށެވެ. ހުރިހައި ކަމެއްގައި ވެސް އެންމެ އިސްކޮށް އުޅެނީ ރައިހާން އާއި ލިވްޔާ ކަމުން އެދެމީހުން ކޮންމެ ދުވަހަކުހެން ދިމާވެއެވެ. ދުވާލުގެ ވަގުތު ކޮމްޕެނީ ތެރޭގައި ދެމީހުން އެކުގައި އުޅެއުޅެފައި ހަވީރާއި ރޭގަނޑުގެ ވަގުތުތައް ކައިވެނީގެ ކަންތަކުގައި އުޅޭތީ މުޅި ދުވަސް އެކުގައި ކަހަލަ ގޮތަކަށް އެދެމީހުން އުޅެނީ އެކުގައެވެ. އެހެނަސް ދެމީހުން އެއްތަން ވެއްޖެ ނަމަ އެދެމެދުގައި ޒުވާބެއް ނުހިނގާ ފަހަރެއް ނުދެއެވެ. އެއްވެސް ކަމެއްގައި ދެމީހުންގެ ވިސްނުން އެއްގޮތް ނުވާތީ ދެމީހުންނަށް ދުވަހަކު އެއް ގަލަކަށް ނޭރެއެވެ.
“އަހަރެން މި ބުނީނު މިތަނުގައި އޮޅާނީ ކުދި ލައިޓްތަކޭ.. މި ބޮކިތައް އެލުވާތީ މަތީގަ.. ފާރުގަ މީއްޗިހި ފެންނަން ހުރީމަ ހަޑި ވާނެ..” ލިވްޔާގެ ރުންކުރު ބަސްތައް އަމާޒުވީ މުޅި ގައިގައި ބޮކިފައްޗެއް އޮޅައިގެން ހުރި ރައިހާންއަށެވެ.
މިއަދު އިރު އެރީއްސުރެ ދެތިން ހަތަރު ބޮކިފަތި ހިފައިގެން ރައިހާން އުޅެމުން ދިޔަ އިރު، އަދިވެސް އެއިން އެންމެ ބޮކިފައްޗެއް ވެސް ހަރުކުރެވުނު ކަމަކަށް ނުވިއެވެ. އަތުން ހިފައިގެން އުޅެން އުނދަގޫ ވުމުން މުޅި ގައިގައި އެ އެއްޗެހި ވަށާލައިގެން އުޅުނު އިރު މިހާރު މީހާ ހުރީ އެ އެއްޗެހިތަކުގެ ތެރޭގައި ރަނގަޅަށް ތާށިވެފައެވެ. މިއަދަކީ ޔާނިއު އާއި ލައިނީގެ ކައިވެންޏަށް ރަން ކިޔާ ދުވަސް ކަމުން އެކަމަށް އެތަން ތައްޔާރު ކުރުމުގައި ރައިހާން އާއި ލިވްޔާ އުޅެމުން ދިޔައީ ނުހަނު ބުރަކޮށެވެ.
“އެކަމަކު މަތީގަ މީއްޗިހި އެލުވީމަ ދެން ފާރު ހާދަ ފަޅުވާނެޔޭ.. މުޅި ތަން އަލިކޮށް އޮންނަ އިރު ފާރުގަ މިހާ ކުދި ލައިޓް ހަރު ކުރީމަ ވަރަށް ހަޑިވާނެ.. ލައިޓްތަކެއް ނުވެސް ފެންނާނެ..” ރައިހާން ހަމަ ހިލާ އެގޮތަކާ އެއްބަހެއް ނުވިއެވެ.
“އާނ ދެން އެހެންވީރު އަމިއްލަ މީހާ ގައިގަ ތިހެން ބޮކިިފަތި އޮޅައިގެން ހުރޭ.. އޭރުން އެންމެ ރީތި ވާނީ..” އައި ރުޅީގައި ލިވްޔާ އޭނާގެ އަތުގައި އޮތް ބޮކިފަތި ވެސް ރައިހާންގެ ކަރުގައި އަޅުވައިލަމުން ދުރަށް ދާން ހިނގައިގަތެވެ.
“މީނަ ހިތުން މީނަ ބުނާ ގޮތަށް ކަންތައް ކުރީމަ އެންމެ ރަނގަޅު ވާނީ.. ފޮނި މަންޖެއެކޭ..” ހިތާހިތުން ލިވްޔާއަށް ކުދި ކިޔަމުން ރައިހާން އޭނާގެ ގައިގައި އޮޅިފައިވީ ބޮކިފަތިން ސަލާމަތް ވެވޭތޯ ތެޅިގަތެވެ. އެކަން ކާމިޔާބު ނުވުމުން ރައިހާން ރުޅިގަދަ ވާން ފެށިިއެވެ.
“އާނ ސާބަހޭ.. ތިހެން ރޯމަހެއް ހެން ތެޅިތެޅި ހުރީމަ ބޮކިފަތިން ސަލާމަތް ވެވޭނީ.. ދެން ހުރޭ ރާމާމަކުނެއްހެން ރުޅި މޫނު ހަދައިގެން.. ރުޅި ގަދަވި ވަރަކަށް ކަންކަމުގެ ހައްލު ހޯދޭނީ..” ލިވްޔާގެ ބަސްތަކުން ރައިހާންގެ ރުޅިގަނޑު އިތުރަށް ގަދަވީއެވެ.
“ފާޑުފާޑު އަނގަ ނުތަޅަ އަހަންނަށް އެހީއެއް ވެދޭން އައިސްދޭންވީނު ދެން..” އޭނާއަށް އެކަނި އެކަން ނުވާނެކަން އެނގުމުން ރައިހާން ލިވްޔާ ކުރެން އެހީއަށް އެދުނެވެ.
“އަހަރެން ރައިހާންއަށް އެހީވާނެ ކަމަށް ހީކުރެވުމަކީ ވެސް މޮޔަ ކަމެއް ދޯ..” ޗޮކެއް ކަނޑައިލަމުން ލިވްޔާ ކޮށްލި މަލާމާތާއެކު ރައިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރައިހާން އުޅެމުން ދިޔަ ގޮތުން މަޖާވެ ހުރެ ލިވްޔާ އެންމެ ފަހުން ރައިހާން ކައިރިއަށް ފިޔަވަޅެއް އަޅައިލީ ރައިހާންއަށް އެހީވާށެވެ.
ލިވްޔާ މަޑުމަޑުން އޭނާގެ ގައިގައި އޮޅިފައިވާ ބޮކިފަތި ނިއުޅުވައިލަން މަސައްކަތް ކުރަމުން ދިޔުމާއި އެކު ރައިހާން މަޑުޖެހިލިއެވެ. ފަރުވާތެރިކަމާއި އެކު ލިވްޔާގެ މޫނަށް ރައިހާން ނަޒަރު ހުއްޓައިލި ނަމަވެސް ލިވްޔާއަށް އެކަން ރޭކައިނުލީ އެހެން ކަމަކަށް ސަމާލުކަން ދީގެން ހުރުމުންނެވެ. ދެމީހުންނަށް އެކަކުގެ ނޭވާ އިހުސާސްވާހައި ކައިރީގައި ތިބެވުނު ދަނޑިވަޅުގައި ކައިރީގައި ހުރި ތަނބުގައި އެލުވާފައި ހުރި ހުދުކުލައިގެ ތުނި ފޮތިގަނޑު ވެއްޓި، ދެމީހުން އެކުގައި މުޅި ދުނިޔެއަށް ފަރުދާ ކޮށްލީ ދެމީހުންނަށް ވަކިން ފުރުސަތެއް ދޭން ކަންނޭނގެއެވެ.
ބޯމައްޗަށް ފޮތިގަނޑު ވެއްޓުމާއި އެކު ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭރުވެސް ރައިހާން ހުރި ގޮތަށް އޭނާއަށް ބަލަހައްޓައިގެން ހުރުމުން ލިވްޔާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ލިވްޔާގެ މޫނަމައްޗަށް އަންނަހާ ކުލަވަރެއް ދެކެން ހުރި ރައިހާން ހީވަނީ އެ މޫނުގެ ކޮންމެ ސިފައެއް ހިތުގައި ރައްކާކޮށްލަން އުޅޭހެންނެވެ. އެ ތޫނު ނަޒަރު ލިވްޔާގެ މުށިކުލައިގެ ފުން ދެލޮލަށް ހުއްޓުމާއި އެކު ރައިހާންގެ ދެލޮލުގައިވީ ވިދުވަރު ވެސް ތަފާތު ވެލައިފިއެވެ. އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ތިބި ރައިހާން އާއި ލިވްޔާއަށް އެތަނުގައި ވަމުންދާ އެއްވެސް ކަމެއް ރޭކައިނުލާ ފަދައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.







Nayuuu this is top-notch !!!!🔥🔥. Haadhahaa reeehchey mi episode MA!!!!! I can’t stop smiling fahu thankolhu kiyaafa🤭.naseebehnu e fothi gandu vehtun kan!!when is the next part?? I’m dying to read! Lysm<3💓
thank youuu Elly!!🥹💕
ehehehe yeahhh loabi dhoo
next part Friday ga In Sha Allah
lym
Last prt.. Soo romanticcc.. Omgg.. Sheesh… They r out of the world… Want it for ever💙💙💙💙
aww hehe thankyou dear💕💕
Hii Nayu ☺️
This story hama fire ingey hama 1 vana romantic vaguthu kolheh fothi gandhu therey heydha kohlaane livy and ren hehe😂anehka livya ge ge hithuga kon vindheh baa ejahany hama imagine way eba ren and livy ulhey goiy Alheyyy ren ves nuvaane dhw livy heart break 💔 vaakahala ehchis bunaa kah I appreciate your hard work Curiously waiting for the next part when’s next???
Lyyy❤️😘
ehehehe thankyouu cutie😋💕
next part friday ga In Sha Allah 💕
raihaan why would you say that man that sounded so backhanded poor livy i hate how people usually insult darker skin tones and praise lighter skin in a lot of stories here i notice most of the mcs or characters are fair skinned but lets be real people here have different skin tones so if we are writing dhivehi stories do actual representation of the people here i like in your story that you try to include people with different colors maturing is realizing everyone has attractive features and no one is ugly but just less desirable to others
awww i loveeeee this comment!!🥹
yepp hama hurihaa story ehga hen ehen hunnaathy nayaa ah ves thihen vey.. i have a darker skin tone as well so i always question aslu keevvehey abadhu eh gothakah hunna meehun hunnany hurihaa story ehga.. hurihaa enmennaky ves varah varah reethi meehun allahumma barik, and that’s what im trying to portray through my stories❤️
really glad you could see it and pointed it out..much love to you🥰❤️
Mashallah this is hama ehme perfect ren alheyy livy kihaa dheravaane egothah kanthah kureema livyge kusheh noon dhw eieeki livy lai aa vathuru nuvumakii btw fahu thankolhu vrh salhii avahah edhemeehun gulhuvaa they are perfect for each other 🥹🥹🥹🫶🏻😍
When’s next curiously waiting for next
I appreciate your good work 👏❤️🤍
Keep it up
Love you 😍😚❤️ naaya
thank youu darling 💕
next part mihaaru mi submit kohlaany inge
love you moree
Livi and Ren.Awwwwww sooooo cute ❤️❤️
All thanks to that piece of cloth.
Whn nxt??
ahahaha everyone loves the cloth dho hurihaa comment ehga eyge vaahaka dhakkaafa eba huri😅😅
thankyouu💕💕
Mi part vx varah Reethi Masha Allah…
Ren ehen bunaakah nuvaanennu. Livy haadha dhera vaane ey dhw 🥺💔 It sucks when you’re being compared to someone real good. 💔
dhemeehun dhuvahakuves kamakaa ebbaheh nuvaane dhw 🤣
Blanket ah varah bodah Shukuriyya, Evaguthu kolhu romantic kolleethee 😂
I can’t stop blushing Last thankolhu kiyaafa 🤭 Sooo cute 🥰. I can’t wait mi dhemeehun loabivaane irakah. 😅
When next?? Curiously waiting for the next part.
Sorry for the late comment 😔
Lysm Nayu 💗
aww tysm shiu💕💕
ehehhe hurihaa shukureh blanket ah dhoo
next irukolhakun eba submit kohlan ingey dear
love youu
Whn next?.
reyga submit kohlin.. admin approval libunuhaa avahakah kiyaalan libeyne
Alhey.admin please give the approval.i can’t wait any longer😭😭😭😭