Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މި ވާވަރު ބުނެދޭހިތްވޭ-1

aanaa Level 2100 Login100 Comments
March 29, 2025 7 Mins Read
32 Comments

ދަމު ނަމާދު ކޮށްނިމިގެން ސޯފާގައި އިށީނދެގެން އިން ޒުވާާން އަންހެން ކުއްޖާާގެ މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ.ބެއިޖް ކުލައިގެ ޚިމާރެއް އަޅައިގެން ހުރިއިރު އެކުއްޖާގެ މޫނު މަތިން ފެންނަނީ މައުސޫމް ކަމެވެ.އަތުގައި އޮތް އެންމެ ފަހުގެ ފޯނުން ޤުރުއާން ކިޔަވަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ބަލްކަންޏަށް ނުކުމެވެން ހުންނަ ދޮރާ ދިމާލަށް ބަލާލައެެވެ.

ޔަލްވީ ޤުރުއާން ކިޔަވާ ނިންމާލުމަށްފަހު، ތެދުވެ ބެލްކަންޏަށް ނިކުމެވޭ ގޮތައް ހުންނަ ބޮޑު ފުޅާ ދެދޮރުގައި ދަމާފައި ހުރި ދޮރުފޮތި ދެފަރާތައް ކަހާލިއެވެ.ދޮރުގައި މޫނުޖައްސައިގެން، ވެހެމުން ދިޔަ ވާރޭ އަށް ނަޒަރު ހުއްޓައިލައިގެން އިން އިރު ވިދާފަ،ގުގުރި ޖަހާ ކޮންމެ ފަހަރަކު ލޯމަރާލާ، ކަންފަތުގައި އަތް އަޅާ ގޮތުން ބިރުގަނެފައި އިންވަރު ހާމަވެއެވެ.ކުދި ހިލަތަކެއް އެކީ އެއްފަހަރާ ފުރާޅު މައްޗަށް އުކާލެވުމުން އިވޭ ޒާތުގެ އަޑުގެ ސަބަބުން ފަޒާގެ ހަމަހިމޭންކަން ވަނީ ނަގާލާފައެވެ.އެހެން ރޭރޭ މާލޭގެ މަގުމަތި ހަަލަބޮލިވެފައި އޮންނަ އިރު އެވިއްސާރަރޭ މީހެއްގެ ހިލަމެއް ވެސް މަގެއް މައްޗަކުން ނުވެއެވެ.ހީވާ ގޮތުން އެންމެން އެވިއްސާރަ ރޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަނީއެވެ. އެފަދަ ފިނި ރެއެއްގައި ރަޖާ ދަށަށް ވަދެ އަރާމުކޮށް ނިދާލަން ބޭނުންނުވާނެ މީހެއް މިދުނިޔެމަތީގައި އުޅޭނެ ހެއްޔެވެ؟

ޔަލްވީ އެހެެން އިރުކޮޅަކު އިނުމައްފަހު،މުށިތައް މަތީގައި ފަތުރާފައި އޮތް މުސައްލަ ފަތް ޖަހާފައި ގެންގޮސް އަލަމާރީ ތިރީ ބޭއްވިއެވެ.އަލަމާރީ ދޮރު ލެއްޕުމައްފަހު އަލަމާރީ ލެގިލަމުން ކޮޓަރީގެ އެކިއެކި ދިމަދިމާލަށް ނަޒަރު ހިންގާލިއެވެ.

ކޮޓަރީގެ ހަތަރު ފާރުގައި ވަނީ ހުދު ކުލަ ލާފައެވެ.ހުރިހާ ފަރުނީޗަރެއްވެސް ހުރީ ހުދާއި ބެއިޖް ކުލައިންނެވެ.ކޮޓަރިއަށް ވަންނަ ދޮރުކައިރީ ސޯފާއެއް ބެހެއްޓިފައި ވާއިރު އޭނގެ ކުރިމަތީ ބިއްލޫރި ވަށް މޭޒެއް ހުއްޓެވެ.މޭޒުމަތީ އޮތް ސަންފްލާވާގެ ވަސްވަނީ މުޅިކޮޓަރި ތެރެއަށް ފެތުރިފައެވެ.ފާޚާނައަށް ވަންނަ ދޮރާ ޖެހިގެން ސްޓަޑީ ޓޭބަލް އެއް އިިންނައިރު މޭޒު މަތީ ހުރީ ސުކޫލަށް ގެންދާ ދަބަހާއި ފޮތްތަކެވެ.ކިޔެވުމަށް ބޭނުން ކުރާ އެހެނިހެން ސާމާނުތައްވެސް ހުރީ ތަރުތީބު ކޮށް ބެހެއްޓިފައެވެ.ސްޓަޑީ ޓޭބަލްއާ ޖެހިގެން ފަސް ދޮރުފަތުގެ އަލަމާރިއެއް ހުއްޓެވެ. ތަންކޮޅެެއް ދުރުގައި ކިންގް ސައިޒްގެ އެނދެއް ހުރިއިރު އެނދުގެ ބެޑްޝީޓާއި ބާލިސް އުރަތަކުގެ އިތުރުން ކުއިލްޓް ގައި ހުރީ ހުދުކުލައާއި ބެއިޖް ކުލައެވެ.އެނދުގެ ހެޑްބޯޑް ގައި އެކިކަަހަލަ މާތައް ވާސްތަކަށް ޖަހާފައި ހުއްޓެވެ.އެނދާ ޖެހިގެން ހުރި ޑްރެސިން ޓޭބަލް މަތި ފަޅު ފިލުވައިލައިފައި ވަނީ ރީތިވާ ސާމާނު ތަކުންނެވެ.ކޮޓަރިން ބޭރަށް ނިކުމެވޭ ގޮތަށް ބެލްކަންޏެއް އިނުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.ބެލަކަންޏަށް ނުކުމެވެން އިންނަ ބޮޑު ދޮރުގައި ދަމާފައިވާ ދޮރުފޮތިތައް ވެސް ހުރީ ބެއިޖް ކުލައިންނެވެ.

“ސިސް ޔަލޫ މިހާރު މިއައީ ސްޓަޑީީގަ ރިވައިޒް ކުރަން ބޭނުންވާނެ ފޮތްތައް ބަހައްޓާފަ”އޭނަގެ ކޮއްކޮ ދޮރުގައި ޓަކި ޖަހާލަމުން ބުނެލި އަޑު އިވުމުން ޔަލްވީ ގޮސް ކުޑަކޮށް ދޮރު ހުޅުވާ ލިއެވެ.”ދޮންތީ މިދަނީ ހެދުން ބަދަލް ކޮށްގެން..ޔަލޫ ދާންވީއެއްނު ނަމާދު ކޮށްގެން ސްޓަޑީއަށް.”ޔަލާއަށް ބަލާލަމުން ޔަލްވީ ބުނެލިއެވެ.

“އުހޫ ޔަލޫ ވަންނަން ތަން ދައްކަ.ކޮޓަރިއަށް ނުވައްދަަން ވެގެން ދައްކާ ބަހަނާތީ.އަދި އެބައިނެއްނު ކުޑަކޮށް ދޮރު ހުޅުވައިގެން..ޔަލޫ އަކަށް ނުކުރެވޭ ނަމާދެއް.ޔަލޫއަށް އެނގޭ ޔަލޫ ނުވަންނަހާ ކުރިއަކުން,ސިސް އަވަސް ނުކުރާާނެކަން..އެހާވެސް ތަތް ވާނެ ..ހަމަ އަބްޔަން ބޭބެ ބުނަނީ ތެދެއް..ސިސް ތީ ހަމަ ކަހަބު ދައިތަ…ދެންވެސް ދޭބަލަ ހެދުން ބަދަލް ކުރަން..އެހެންނޫނީ މަންމަގެ ލެކްޗަރ އަޑުއަހަން ޖެހިދާނެ…އަދިވެސް އެބަައިނދޭނު ހޭން”ޔަލާ ދެބުމަ ގޮއްޖަހައިގެެން,އަޑަށް ރުޅިވެރިކަން ގެންނަމުން ބުނެލި ގޮތުނަ ޔަލްވީގެ ހިނިގަން ފަޅައިގެން ދިޔައެވެ.މަންމައެކޭ ތަފާތެއްވެސް ނެތެވެ.”ސިސް އަށް ހީވަނީ ޔަލޫތީ އެޑޮޕްޓް ކުރި ކުއްޖެއްހެން.އުހޫ ހީވަނީއެއްނޫން ހަމަ ޔަަޤީން.ހަމަގައިމުގަވެސް މަންމަޔާ ބައްޕަ ތިހާ ޓޯކެޓިވްއެއް ނޫން ޔަލޫހެން..އަސްލު ޔަލޫތީ-“ޔަލްވީގެ ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޔަލާ ބާރަށް ދޮރުޖަހާފަ ބޭރަށް ނުކުތެވެ.

ހިނިތުން ވެލަމުން ދެފަރާތަށް ބޯހޫރުވާލުމަށްފަހު، އަލަމާރިން މުށި ކުލައިގެ އަތްކުރު ޓީޝާޓަކާއި ހުދު ކުލައިގެ ދޫ ހަރުވާޅެއް ހިފައިގެން ފާޚާނައަށް ވަނެވެ.ޔަލްވީ ފާޚާނައިން ނުކުމެ ޑްރެސިން ޓޭބަލް މަތީ އޮތް ހެއަރ ކްލިޕަކުން އޭނާގެ އުނަގަނޑާ ހަމައަށް އަރާ ރާޅު ބާނީ އިސްތަށިގަނޑު ހައްޔަރު ކޮށްލުމަށްފަހު ޕުއަރ ލަވް ސެންޓު ފުޅިން ގަޔަށް ޖަހާލިއެވެ.ފަޅި ސިކުންތެއް ނުވަނީސް ސަންފްލާވާގެ ވަސް ކެނޑި ޕުއަރ ލަވްގެ ސެންޓު ވަސް މަޑުމަޑުން ކޮޓަރި ތެރެއަށް ފެތުރިގެންް ދިޔައެވެ.ނޭފަތް އެތެރެއަށް ދަމާލުމާއެކު ދުވި މީރު ވަހުން ޔަލްވީގެ ސިކުނޑިއަށް ތާޒާ ކަމެއް ގެނެސްދިން ކަހަލައެވެ.ބޭރުން މަންމަ އޭނާއަށް ގޮވި އަޑު އިވުމުން އަވަހަށް ފޮތްތައް ހިފައިގެން ސްޓަޑީ އަށް ދާން ނުކުތެވެ.

************

ފަތިހުގެ ހިތްގައިމު ވަގުތު، އަބްޔަން ހުރީ ބެލްކަނީގަ ހުންނަ ސޯފާގައި އޭނަގެ ޖާދުވީ އަޑުން ލަވަކިޔާށެވެ.ރޭ ވެހިފައި އޮތް ވާރޭގެ ސަބަބުން މާހައުލުގައި ހިފާލައިފައި ވަނީ ތެތް ފިނިކަމެކެވެ. ބެލްކަނީގައި ހުރި ގަސްތަކުގައި އަޅާފައި ހުރި މާ ތަކުގައި ވާރޭގެ ތިކިތައް ހަރުލާފަ ހުރި ގޮތުން އާޝޯހުވެއެވެ.ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅީގެ ސަބަބުން އެ މާ ތަކުގެ ވަސްވަނީ މުޅި ބެލްކަނީގައި ވަކި ހިއްޕާލާފައެވެ.

ވީރާނަވި ހިތް ނޭދޭތީ، ވޭ ލޯބި މި މަރު ދޭނޭ

ވީރާނަ ހިތޭ ނޭދޭތީ، ވީ ލޯބި މި މަރު ދޭނޭހާ

އާޗާ ތި ލޯބި ލޯބި ހޫރު، ރާނީ ތީ ހިތް އެދޭ

ތިޔަ ހޫރު އެދޭ ދުނިޔޭން، ހަމަ ލޯބި ހިތުން އެދެވޭނޭ

ހާނ ޗާލޭ ތި ލޯބި ޔާރު، ލޯބިން ބޭނުން ތިބާ

ބިރު ހީވެޔޭ ހިތުގާ، ތިޔަ ލޯބި ނުލާ ދުނިޔޭގާ

ލޯބިންނޭ ކައިރި ތިބާ ވާތީ، ދީފަވޭ މިހިތް ފިރުމަން

ހުވާކުރަން ތިޔައޭ މިހިތޭ، ލިބޭނެތޯ އެހީ އަދުދެން

ވޭ ދެން މަރުދޭހާ ލޯބިކަލާ، ކެތްވާވަރު ނުވެޔޭ ހިތަށް

ނޭނގޭ ވާހާ ލޯބި ހިތުން، މެޔޭ މިރޯވަނީ ހަމަދެން

ހަމަ ލޯބި ބޭނުން ދޭން، މީ ނަޒަރޭ ދޯ ހަމަދެން

ހިތް ދެން އުފާ ހޯދަން، ދާނަމެ އުފަލުން ހޯދަން

އާޗާ ތި ލޯބި ލޯބި ހޫރު، ރާނީ ތީހިތް އެދޭ

ތިޔަ ހޫރު އެދޭ ދުނިޔޭން، ހަމަ ލޯބި ހިތުން އެދެވޭނޭ

ހޫމް ޗާލޭ ތި ލޯބި ޔާރު، ރާޖާ ތީ ހިތް އެދޭ

ތިިޔަ ރޫޙު އެދޭ ދުނިޔޭން،ނހަމަ ލޯބި ހިތުން އެދެވޭނޭ

ލޯބި ވީމާ ވާ ގޮތްހޭ، ހިތުގާވާ އިޙްސާސެކޭ

ވޭ ލޮލަކަށް ނިންޖެއް ނާދެޔޭ، ހަމަ ހިތުގާވީ ދެން ލޯބިހޭ

ލޯބި ވީމާ ވާގޮތްހޭ، ހިތުގާވާ އިޙުސާސެކޭ

މީ ލޮލަކަށް ނިންޖެއް ނާދެޔޭ، ހަމަ ހިތުގާވީ ދެން ލޯބިހޭ

ލޯބިން ހިތް ރޮއްވާނަންހޭ، ވާތީ ދެން ދީވާނާއޭ

ހިތޭ ވަނީ ދޭ ހަދިޔާއޭ، މި ހިތް އަތުލީ ތިބާ ނޫންހޭ

ބުނެލަމޭ މަގޭ ޖާނާ، ލަމޭ ފޮރުވާ ހިތުގައި ޔާރު

ތިޔަ ނޫން އެހެން ލޯތްބެއް، ޖާނޭ ތީ ހިތް އެދޭ

އާޗާ ތި ލޯބި ލޯބި ޔާރު، ޖާނޭ ތީ ހިތް އެދޭ

ތިޔަ ރޫޙު އެދޭ ދުނިޔޭން، ހަމަ ލޯބި ހިތުން އެދެވޭނޭ

އާޗާ ތި ލޯބި ލޯބި ޔާރު، ޖާނޭ ތީ ހިތް އެދޭ

ތިޔަ ރޫޙު އެދޭ ދުނިޔޭން، ހަމަ ލޯބި ހިިިތުުން އެދެވޭނޭ..

ފޯނުން ފެންނަމުން ދިޔަ ހޫރު ޕަރީ އެއް ފަދަ ކުއްޖާގެ ފޮޓޯއަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރު އެ ތުންފަތުގައި ކުޅިލައިފައިވަނީ ފިރިހެންވަންތަ ހިނިތުންވުމެކެވެ.ނިތްމައްޗަށް ވެއްޓިފައި އޮތް އެކަޅުކަން ގަދަ އިިސްްތަށިކޮޅު ވަޔާވިހުރެމުން ދިޔައިރު،އެ ވަރުގަދަ އަތުން އިސްތަަށިގަނޑު ތެރޭގައި އަތް ހިންގާލިގޮތުން އެކަނިވެސް އަންހެންކުދިންގެ ހިތް ފިދާވާނެހެން ހީވެއެވެ.ހަމައެކަނި ސޯޓެއް ލައިގެން ހުރި އިރު އެ ފިރިހެންވަންތަ ބާމަތިފުޅާ ހަށިގަނޑު ހުރީ ހާމައަށެވެ.މަސްތައް އެތުރިލައިފައި ހުރި ގޮތުން ވެސް އަންހެން ކުދިންގެ ހިތަށް އެގުން ވެލައިގެން ދާނެކަން ކަށަވަރެވެ.ވަރުގަދަ މުލައްދަޑިއާ،ކަނޑީގެ މިޔައަށް ވުރެ ތޫނު ދެލޯ ފެނުމުންވެސް ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް އޭގެ މަޤާމުން ދޫވާނެ ކަމީީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

މި ހުރިހާ މަންޒަރެއް ބަލަން ބެލްކަނީގެ ދޮރުގައި ލެގިލައިގެން ހުރި އިބާގެ ތުންފަތް މަތީ ދުވެލީ ދިމާ ކުރާ ޒާތުގެ ހިނިތުން ވުމެކެވެ.ސިއްރު ސިއްރުން އަބްޔަންގެ ފޯނު ބަލަން އިިބާ ދިޔަ ވަގުތު ވީ އަބަޔަން ކޮޓަރިއަށް ވަންނަން ވެގެން ސޯފާއިން ތެދުވި ވަގުތަށެވެ.އިބާއަށް ހީވީ ވައްކަމެއް ކުރަނިކޮށް މީހަކަށް ފަޅާ އެރިހެނެވެ.އަވަހަށް ކަމެއް ނުވާ ކަމަށް ހަދައިގެން ނުކުންނަން ދިޔަ ވަގުތު ހުއްޓެން މަޖުބޫރުވީ އަބްޔަންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.ހިންދިރުވާލުމަށްފަހު އަބްޔަންއާ ދިމާލަށް އެނބުރުނު އިރު މީހާ މޫނުމަތިން ދާތިކި ބަބުޅައެވެ.

“ކިހިނެއްވީ؟”އަބްޔަން މަޑުމަޑުން އެހެން ބުނެލިއިރު އިބާއަށް އަބްޔަންއާ ދިމާލަށް ބަލައިލަން މަޖުބޫރުވިއެވެ. އަބްޔަން އަށް އޭނާ ފޯނާ ދިމާލަށް ދިޔަކަން ނޭނގުމުން ސީދާ މައުޟޫއަށް އިބާ ދިޔައެވެ.ހަޤީޤަތުގައި އަބްޔަން އަށް އިބާ އޭނާއާ ދިމާލަށް އައި ގޮތް ފޯނުން ފެނުނެވެ.އަދި އިބާ އައީ ފޯނު އަތުލަންކަން ވެސް އޭނާއަށް އެނގެއެވެ.”ދޮންބެ ބުނެބަލަ އާ ޔޫ އިިން ލަވް..ހޫ އިސް ދަ ލަކީ ގާލް..އިބާގެ ބެސްޓް ދޮންބެގެ ހިތް އަތުލެވޭނީ ހަމަ ގައިމުވެސް ފަތްމިންޏަކަށް.ޓެލް މީ ދޮންބޭ..އެއީ ކޮން ގާލްއެއް ތަ.އައި އޭމް ސޯ ކިއުރިއަސް..އަނެއްކާ ކްލާސްމޭޓެއްތަ؟.އޭއި ނޯ ޕްލީޒް ނުބުނައްޗޭ އެއީ މަލްހާއޭ..އެއީ ހަމަ ބޮޑު އުދަގުލެއް.ނުބެހޭ ކަމެއް ނޯންނާނެ.މޭކަަޕް އިން ތަތް ތެޅިގެން އިންނަ އިރު ހީވަނީ މާއްޔެއް ހެން ..އަނެއްކާ އިބާގެ ފްރެންޑްސް ތެރެއިން ކުއްޖެއްތަ..އޮންލީ ޔަލް އާ އިލޫ.ހަމަ ދެ ފަތްމިނި އެއީ.ހަމަ ގައިމުވެސް އިލޫ އަކަށް ނުވާނެ ..މެބީ ވެދާނެ..އެއީ ފިރިހެނަކާ ދިމާލަށް އޮޅިގެންވެސް ބަލާލާނެ މީހެއް ނޫން ..ދެން އިނީ ޔަލް..އެއީ ދެން ޓޯކެޓިވް ނުވިޔަސް ހުރި ގޮތަށް ހުރި މޮޔައެއް.އެންޑް ދޮންބެ ބުނީމެއްނު ދޮންބެ ވަރަށް ލައިކް ވެޔޭ އެކަހަލަ ގާލްސް ދެކެ..އޭ ޔެސް…މިހާރު މި އަންޑަސްޓޭންޑް ވީ އެހެންވީމަ ދޮންބެ މޮޔައެއްހެން ލަވަ އެކިޔަނީ ޔަލްވީ ގެ ފޮޓޯއަށް ބަލަމުން..އޯ ސޯ ކިއުޓް..އަދި އިބާ އަކަށް ނޭނގެ އިބާގެ ބެސްޓް ދޮންބެ މިހާ ރޮމޭންޓިކް ވާނެ ކަމެއް.ސޯ އިޓް މީންސް ޔޫ ހޭވް ފީލިންގްސް ފޯ ޔަލް ރައިޓް؟” އިބާގެ ވާހަކަތައް އަޑު އަހަން އިން އަބްޔަން ސިއްސައިގެން ދިޔައީ އިބާ އެންމެ ފަހުން ބުނެލި ޖުމްލަ އަޑު އިވިފައެވެ.ދެލޯ ބޮޑުކޮށްލެވުނު އިރު ނޯ އޭ ކިޔާފައި ހަޅޭ ލަވައިގަތް ގޮތުން ހީވީ ކުޑަ ކުއްޖެއްހެނެވެ.

“އިބާ ދިނިންތަ އެންމެ ސިކުންތު ކޮޅެއްވެސް ދޮންބެ ޓޯކް ކުރަން..ދޮންްބެ އެލަވަ ކީ ވަކި ރީސަންސް ތަކެއް ހުރީމައެއް ނޫން ..ހަމަ ކިޔާހިތްވީ.އެންޑް ފޯނުން ބަލަން ހުރީ ޔަލްވީގެ ފޮޓޮއެއް ނޫން .ނޮޓް އީވެން މަލްހާ… ލޯބީ ގެ ލަވަ ކިޔޭނީ ހަމަ އެކަނި ލޯބި ވެވިގެން އުޅޭ މީހުންނަށްތަ..އެހެންވެއްޖެއްޔާ އިޓްސް ނޮޓް ފެއަރ..ދޮންބެ އަކަށް ހިޔެއް ނުވޭ ލޯބީގެ ލަވަ ކިޔުން އެއީ ދެން އެހާ ރޮމޭންޓިކް ކަމެއް ކަމެއް..ވަން މޯ ތިންގ އައި ހޭވް ނޯ ފީލިންގްސް ފޯ ޔަލް.ދޮންބެ ޔަލް ދެކެނީ ހަމަ އެކަނި ފްރެންޑެއްގެ ގޮތުގަ.ދޮންބެ މީ މޮޔައެކޭ ބުނީމަ ފޯ ވަން ވީކް އެއްވެސް ތާކަށް އިބާއެއް ނުގެންދާނަން ދެން ގެންދާނީ ޔަލް އާއި އިލޫ މިއަދު ހަވީރު ދާންވީ ކަންނޭނގެ އެ ދެމީހުން ގޮވައިގެން އައިސް ކްރީމް ބޯން، ވިތް އައުޓް ޔޫ..މިހާރު އަންޑަސޓޭންޑް ވެއްޖެ ތަ؟….އަބްޔަން އެހެން ބުނުމާއެކު ޔަލްވީ ކުޑަކުއްޖެއް ހެން ފައި ތަޅާލައިފައި ބެލްކަނިިން ނުކުންނަމުން ބުނެލި އެއްޗަކުން އަބްޔަން ގެ ތުންފަތުގައި ކުޅެލައިފައިވި ހިނިތުންވުން އިތިރަށް ފުންވެގެން ދިޔައެވެ.

“ޔެސް.ދޮންބެ ވަރަށް ލޯބިވޭ ޔަލްވީ ދެކެ.އިބާ އަށް ދޮންބެ އޮޅުވާލިއަސް ހަމަ އިބާ ތިބުނީ ހަމަ ތެދު..މިހާރު ދެ އަހަރު މިވީ މިހިތުގަ ޔަލްވީ އަށްޓަކައި ވާ ލޯބި ފޮރުވައިގެން އުޅޭތާ.އެކަމް ދެން ދޮންބެ އަކަށް ކެތެއް ނުވާނެ..އެއަށް ވުރެ ޔަލްވީ ދެކެ ވާ ލޯބި ފުން.މޮޅު ޝާޢިރަކަށްވެސް މި ހިތުގެ އިޙްސާސް ތައް ގަލަމަކުން ބުނެ ނުދެވޭނެ..އެހާވެސް ލޯބިވޭ ޔަލްދެކެ..އައި ލަވް ޔޫ ޔަލް..”އެ ހިތުގައި ފޮރުވިފައި ވާ އިޙްސާސްތައް ބޭރު ކުރި އިރު ހީވީ ޔަލްވީ އޭނާ ކުރިމަތީ ހުރިހެނެވެ.ސޯޓު ޖީބަށް އެއް އަތް ޖަހައިގެން އަނެއް އަތުން ކޮފީ ޖޯޑު ހިފައިގެން ބެލްކަނީގެ ރެއިލިންގަ ލެގިލަމުން ފަޒާ ތެރެއަށް ފުން ނޭވައެއް ދޫކޮއްލިއެވެ.ކޮފީ ބޮމުން ދުރުދުރުން ފެންނަމުން ދިޔަ އިމާރާތްތަކަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރު އޭނާގެ ސިކުނޑީގައިި އެބުރެމުން ދިޔައީ ޔަލްވީގެ ހިޔާލުތަކެވެ.

**********

ޔަލްވީ ފެންވަރައިގެން ނުކުމެ މަޑު ނޫ ކުލައިގެ އަތް ދިގު ޔުނިފޯމް ލައި ކަނޑު ނޫ ކުލައިގެ ފަޓްލޫން ފޮތީގެ ހަރުވާޅާ، ސްކާޓް ލުމަށްފަހު ހަމަ އެ ކުލައިގެ ބުރުގާ އަޅާާލިއެވެ.ސީނިއަރ ޕްރިފެކްޓް ބެޖް ބުރުގާގައި ހަރު ކުރުމަށްފަހު ގަޔަށް ސެންޓު ކޮޅެއް ޖަހާލިއެވެ.އެންމެ ފަހު ކަމަކަށް ކޮޓަރީ ހުންނަ ފުލް ބޮޑީ ލޯގަނޑު ކުރި މައްޗަށް އަރައި އަމިއްްލަ މީހާއަށް ރަނގަޅަށް ބަލައިލިއެވެ.ސްކާޓް ލައިގެން ހުރުމުން ލޫޅާފަތި ހަށިގަނޑު ފާޅުވެއެވެ.ހަމައެކަނި ފުށް ޖަހާފައި ހުރި އިރު ވެސް ޔަލްވީ ވަރަށް ސާދާ ކަމަށް ދައްކައެވެ.ގަޑި ޖެހެން ކުޑަތަން ވެފަ ހުރި ތަން ފެނުމުން އަވަހަށް ދަބަސް ހިފައިގެން ބޭރަށް ނުކުތް އިރު ކުރި މަތީ ތިބި ދެ މީހުން ފެނުމުން ދުލުގައި ދަތް އަޅާލެވުނީ ދެން ތިމަންނަގެ ދުވަސް ދިޔައީ އޭ ހިތަށް އަރާފައެވެ.

ދެއަތް އުކުޅުގައި ވިއަދައިގެން ތިބި އިބާ އާ އިލްޔާ ފެނުމުން ކޮންމެވެސް ކަމެއް ކުރަން ޖައްސާނޭ ހިތަށް އެރިއެވެ.އެންމެ ފަހުން،ޔަލްވީ ގެ ހަރަދުގައި މިރޭ ޕާސްޓާ އެ ދެ މީހުންނަށް ކައްކައިދޭ ގޮތަށް ނިމުނެވެ.އެމީހުންގެ ޝަކުވާތައް އަޑު އަަަހަން ހުރި އިރު ޔަލްވީ އިނީ ރުޅިގަދަވެގެން ގޮސް ޓޮމާޓޯ އަކަށް ވެފައެވެ.

ސްކޫލް ހުޅުވުނުތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.ދެވަނަ ޓަރމުގެ އެންމެ ފަހު އިމްތިހާނަށް ގިިިނަ ކުދިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދެއެވެ.ތިިން އެކުވެރިން ސްކޫލަށް ވަތް އިރު ގިނަ ފިރިހެން ކުދިންގެ ނަޒަރު އެމީހުންނަށް ހުއްޓެމުން ދިޔައެވެ.މިއިން އެއްވެސް ކަމަކަަށް އަޅާލުމެއްނެތި ތިން އެކުވެރިންވެސް ސްކޫލްގެ އެކި ދިމަ ދިމާލަށް ނަަޒަރު ހިންގާލިއެވެ.

ސްކޫލްގެ ކޮންމެ ދިމާލަކު ވެސް ކަނޑު ނޫ ކުލަ ލާފައި ހުރި އިރު، ކްލާސްރޫމް ތަކުގެ އިތުރުން ބޮޑު ލައިބަރަރީ އެއް ހުރެއެވެ.ކްލާސް ތަކުގެ ކުރި މައްޗަށް ވާ ގޮތަށް ކުދިން ކުޅެން ބޮޑު ބިމެއް އޮތް އިރު ޖެހިގެން ސްޓާފްރޫމެއް ހުރެއެވެ.ސްކޫލަށް ވަންނަ އިރު އޮފީސް ހުންނަ އިރު އެތަނާ ޖެހިގެން ކޮމްޕިއުޓަރ ލެބަކާ ދެ ސައިންސް ލެބް ހުރެއެވެ.އެތާ ކުރިމަތީ ބޮޑު ނިކަގަހެއް ހުރި އިރު އެކި ދިމަ ދިމާލު ބެންޗު ތައް ބެހެއްޓިފައި ހުއްޓެވެ.އެކި ހިސާބު ގަސްތައް އިންދިފައި ހުރި އިރު ފޮޅިފައި ހުރި މާތަކުގެ ސަބަބުން ހިތަށް ފިނިކަން ލިއްބައި ދެއެވެ.

މަޑު ހިގުމެއްގައި ގޮސް ސޮއި ކޮށްގެން ކްލާހަށް ވަދެ ދަބަސް ތައް އެންމެ ކުރިން ދެވަނަ އަށް އިން ބަރީގައި ބަހައްޓާލިއެވެ.އަވަހަށް ކްލާހުން ނުކުމެ އެ ކުއްޖެއް ދާންޖެހޭ ކްލާހަކަށް ޑިއުޓީ އަށް ދިޔައެވެ.

ތިން އެކުވެރިންނަށް އެއްތަން ވެވުނީ އެސެމްބްލީ ނިންމާފައި ކްލާހުުންނެވެ.އިތުރަށް ވާހަކަ ނުދެއްކުނީ ފުރަތަމަ ގަޑީގެ ޓީޗަރު އޭރު ކުލާހުގައި އިނުމުންނެވެ.ފަހަރަކު ގަޑިއެއް ނިމި ހަތް ގަޑި ނިމުނު އިރު ތިން އެކުވެރިންވެސް ތިބީ ރަނގަޅަަށް ވެސް ވަރުބަލިވެފައެވެ.އެހެން ދުވަސް ދުވަހާ ޚިލާފަށް އެދުވަހު ބްރޭކަ ގަޑީގައި ގެއަށް ނުދެވުމުން ގަޑި ޖެހެންދެން ތިބެން ޖެހުނީ ހެނދުނު ކޭ އެއްޗަކާއެވެ.އެހެން ނަމަވެސް ހަވީރު އެންމެން އިބާ މެންގެ ގެއިން ދިމާވާން ނިންމީ ދެން ކުރިއަށް އޮތް ދުވަސް ތަކުގައި ބިޒީވާނެކަން އެނގޭތީއެވެ.

ގެއަށް ގޮސް އެންމެ ފުރަތަމަވެސް ޔަލްވީ ދިޔައީ ތާޒާ ވެލާށެވެ.ފެންވަރައިގެން ނުކުތް އިރު ސަލާން ދިން އަޑު އިވުމުން އަވަހަށް ނަމާދުކުރަން ތައްޔާރު ވީ ބަނޑުހައި ވެފައި ހުރި ވަރުންނެވެ.ނަމާދު ނުކޮށް ކާން ގޮސްފިއްޔާ، ނުކައި އަންނަން ޖެހޭނީ ކޮޓަރިއަށް ކަން އޭނާއަށް އެނގެއެވެ.އެހާވެސް ބޮޑަށް ދީނީ ކަންކަމަށް އަހްނަފްއާއި ޔަލީނާ އިސްކަން ދެއެވެ.

ކައިނިމިގެން އައި އިރު ހުރީ ދޭއް ޖަހައި ބޮޑު ވެފައެވެ.އަވަހަށް، ނިންމަން ޖެހޭ މަސައްކަތްތައް ނިންމަން ފެށީ ހަތަރެއް ޖަހަން ވާއިރަށް ދާން ޖެހޭނެ ކަން ހަދާން ކުރަމުންނެވެ.ގަޑިއަށް ނުގޮސްފިއްޔާ ކޮންމެ ފަދަ ކަމެއް ކުރަން ވެސް އިބާ އާއި އިލްޔާ ޖައްސާނެއެވެ.މަސައްކަތް ތައް ނިންމާ,އެއްޗިސް އިސްތިރި ކޮށް ނިމުނު އިރު ހުރީ ތިން ގަޑި ބަޔަށް ވުރެ ބޮޑު ވެފައެވެ.

ފެންވަރައިގެން ނުކުމެ ރީތި ވާން ފެށި އިރު ހުރީ ހަތަރެއް ޖަހަން ބާކީ ފަނަރަ މިނެޓެވެ.މިއަދު ހަމަ ރަނގަޅަށް ވެސް އިބާ މެން ރުޅި އަންނާނޭ ހިތަށް އެރުމުން އަވަސް ކުރެވުނު ގޮތެއްވެސް ނޭނގުނެވެ.ތައްޔާރު ވެގެން ތިރިއަށް ފޭބި އިރު ހުރީ ބާކީ ފަސް މިނިޓެވެ.އެއްވެސް މީހަކަށް ބެލުމެއްނެތި ޔަލްވީ ދުވަމުން ދިޔަ އިރު ހީވަނީ ރޭހެއްގައި ބައިވެރި ވެގެން އުޅޭހެނެވެ.

ސީދާ ހަތަރެއް ޖެހި އިރު ޔަލްވީ އިނީ އެގޭ ދޮރު ކުރިމަތީއެވެ.ސިޑިން މައްޗަށް އަރަމުން ދިޔަލެއް ބާރު ކަމުން ކުރިމަތިން އަންނަ ޒުވާނާ އެއް ޔަލްވީގެ ލޮލަކު އަޅައެއް ނުގަތެވެ.އެ ޒުވާނާ ވެސް ފޯނަށް ބަލަމުންް އައި އިރު ކުރިމަތިން އަންނަ ޔަލްވީ އޭނަގެ ލޮލަކު އަޅައެއް ނުގަނެއެވެ.މީހެއްގެ ގައިގަ ޖެހިގަނެ ފަހަތަށް ވެއްޓެން ޔަލްވީ ދިޔައެވެ.ސިޑިން ވެއްޓިއްޖެ ނަމަ ވާނޭ ތަދު ހިތަށް އެރުމާއެކު ޔަލްވީއަށް ހަޅޭއްލަވައިގަަނެވުނު އިރު، ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.ނަމަވެސް ލޯ ހުޅުވާލަން މަޖުބޫރުވީ ބާރުގަދަ އަތަކުން އޭނާ އަތުގައި ހިފާލުމުން ގޮސް އެ ޒުވާނާގެ ތަނަވަސް މޭމަތީ ތަތްވެ އޭނާގެ އުނަގަނޑުގައި މީހަކު އަތް ވަށާލި ކަމުގެ އިޙްސާސް ކުރެވުމުންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

aanaa

Level 2100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… (ބޯނަސް އެޕިސޯޑް)

Next

ހާސިލްވުމަށް އެދެނީ 5

Next
March 29, 2025

ހާސިލްވުމަށް އެދެނީ 5

Previews
March 29, 2025

ތިޔަ ލޯތްބަށް އެދެވޭތީ… (ބޯނަސް އެޕިސޯޑް)

32 Comments!

  1. Aanaa lover says:
    March 29, 2025 at 12:39 am

    Hi aanaa I’m so glad ur back, I thought u quit but I’m happy ur back. Keep it up

    1. aanaa says:
      March 29, 2025 at 1:15 am

      thank uu!!
      nooney aana ge family meeheh vrh bodah balivgn ulheythyve gina vaguthu alhugandu ekamuga ulhen jehunyma lasvy
      eid mubarak
      ❤

  2. Nayaa says:
    March 29, 2025 at 12:53 am

    Masha Allah varah varah reethi mi part aanaa love! So so sooo proud of youuu 🥹❤️
    Keep doing darling! Lots and lots of love!! ❤️❤️❤️

    1. aanaa says:
      March 29, 2025 at 1:17 am

      thanks nayoo
      love u moree
      eid mubarakk
      ❤

  3. ari_zee says:
    March 29, 2025 at 2:41 am

    Woah woahhhhhh.
    Aanaa, r u sure u are a newbie or not, cuz I feel this is from a pro writer.
    Haqeeqathuga ves talented author eh
    Vvvvvvvvvv ufaavey negative comments rahdhuviyas hiyvaraa eku kuri ah nukunnaathi.
    Girlieyy, I’ll always support you okay! Plsplspls upload this story until the end. Roveyne stop kuriyyya.
    Lysm aanaa 💋💋💋💋

  4. aanaa says:
    March 29, 2025 at 3:44 am

    thank u sm😘
    vrh vrh cute cmmnt eh
    IA alhugandu balaanan mi vhk ehkoh genesdheveythw
    ekm10ge aharu viima vrh time nulibeyne
    vaguthu vii varakun alhugandu readers r hamayah vhk genesdheynan
    lym❤️❤️❤️
    eid mubarak❤️❤️❤️

  5. Bbygirl says:
    March 29, 2025 at 10:07 am

    Masha allah mi part v reethi 🫶🏻
    When next ??

    1. aanaa says:
      March 29, 2025 at 12:10 pm

      thanks!!!
      miadhu next part submit kohlaanan
      edit kuhlaafa

  6. aanaa says:
    March 29, 2025 at 12:10 pm

    thanks!!!
    miadhu next part submit kohlaanan
    edit kohlaafa

  7. unknown gurll says:
    March 29, 2025 at 12:36 pm

    mi part ves v reethi whens next part

    1. aanaa says:
      March 29, 2025 at 4:38 pm

      thank uu!!!
      miadhu submit kohlaanan
      mihaaru edit kurany
      eid mubarak

  8. Anonymous says:
    March 29, 2025 at 6:48 pm

    Damn finally ehkala Ai cutie girl is gone who else is relieved??

    1. Lolly boy says:
      March 29, 2025 at 11:24 pm

      Me

    2. Anonymous says:
      March 30, 2025 at 4:38 pm

      Yea I’m glad she’s no longer making ai comments I don’t really like that lol

  9. Anonymous says:
    March 31, 2025 at 2:58 am

    is it me or this seems very similar to ifoo ge story vindhey loabi thy edhey like the writing style and that story ge first part ves nimeni hama mihen girl is never beating the copying allegations

    1. Anonymous says:
      March 31, 2025 at 3:01 am

      and the love triangles and descriptions also reminds me of that

  10. aanaa says:
    March 31, 2025 at 3:05 am

    alhugandu first part liye submit kuri fahun i saw vindhey loabi thy edhey,submit kurumuge kurin fenunu nama change kurymus
    vrh balan liye ninmaafa vs ehvs meeheh liyefa in vhk akaa dhimaa veythw n dhimaa viyya ahugandu changes thakh gennan(ehgoi kahala kmh huriyya)
    n alhugandu vhk liye nimunu fahun fenuny haasil vumah edheny ga drama ge bai include kohfa hurithan ehnve alhugandu mihaar ihnaany alhugandu ge vhk in ebai nagaafa changes thakeh genessa

  11. aanaa says:
    March 31, 2025 at 3:06 am

    alhugandu nukiyan kuryga liyefa huhna vhk thakeh ,mihaar liyamun dhaa vhk thah alhugandu kiyany

  12. Anonymous says:
    March 31, 2025 at 3:28 pm

    Sybau

  13. Anonymous says:
    March 31, 2025 at 3:46 pm

    I just noted cuz it’s very similar like the way you included the room ge description and school ge and the mcs are in school and yalvy and abyan ge story with the whole deal of best friends bro being in love but you love some guy else is similar I would have marked this as coincidences then but mi part ves eh story ge first part same cliffhanger ninmaaleema I said

  14. aanaa says:
    March 31, 2025 at 6:46 pm

    its okayy buneliyas
    alhugandah proof dhehken othiyya dhehkymus😊
    ekmkeeh kuraany insta r tiktok amilla ah ban kury 10ge aharu vyma😭

  15. aanaa says:
    March 31, 2025 at 7:11 pm

    hello everyone!!
    mifeshey dhiraasy aharaky alhuganduge 10ge aharu vumun alhugandu beynunvany hama ehkoh studies ah focus kohfa bahahtan…olevel ohnaany next year 2026 ge february march ga…10 ge aharu busy vaane kan engeythyve alhugandu dhn mi ninmany knme week eh ga part eh nerey gothah..n olevel exam ge kurin mi vhk ge s1 nimunas,alhugandu mi vhk ge s2 genesdheyny olevel exam ah fahun,mivaguthu laptop halaak vefa inyma phn invhk liyany,ekm hurihaa readers ahvs engeyne kanne phn in liyan undhagoo vaane kan..mi vaguthuvs doc ah dhahkan alhugandu mihury male’ dhaan jehifa n male’ gossa vrh udhagoo vaane vhk liyan..maybe operation kuran vs jehidhaane ,jehihjeyya 2 months ge break eh nagan jeheyne😭..hope u guys understand my situation

    alhugandu hama readers ge negative n positive feedbacks vs accept kuraanan..alhugandu vrh ufaavaane improve kuran vi kankan bunela dhinyma😊n alhugandu bunelan beynun readers ah baeh fahr hyve dhaan mihn ulhumuge thereyga kiyaafa oi vhk akaa mi vhk vrh ehgothey…ekm ahugandah 100% yageen kan dhevey ehchaky mi vhk ehkoh liye nimifa kiyaalyma engeyne eii hyvumeh kan n alhugandu vrh nukiyey mi site ah laafa huhna vhk..ongoing vhk thah kiyeny

    alhugandu mi site ah enme furathama vai dhuvahu vs alhugandah kiyuny nayoo ge vhk e kiyaafa hithah eri haadha reehchey n alhugandu ehaa kiyaa hitheh nuvaane parts huhna vhk thkh, ekm nayoo ge vhk enme furathama kii n i loved itt…nayoo ge cmmnt eh libunas alhugandu dhuvas hama vrh happyy veyy.nayoo ge enme cmmnt eh libunas alhugandah vhk kuriyah gendhiumah ithuru hivvareh libey
    hurihaa readers mathin vs vrh miss vaane ly all
    ☺

  16. Aalaa says:
    April 1, 2025 at 5:02 pm

    Mi copy kuraa varu bunedhevey hivvey part 2

    1. Ellie says:
      April 1, 2025 at 5:05 pm

      😭

  17. Anonymous says:
    April 1, 2025 at 5:04 pm

    Girl just don’t write at this point o level nimey iru maybe ur vaahaka liyun will get improved too not everyone is meant to be a writer

    1. Aana fan says:
      April 2, 2025 at 9:10 pm

      Can y’all just leave her alone

  18. Aanaa says:
    April 3, 2025 at 2:01 am

    2nd part maadhan

    1. aanaa says:
      April 3, 2025 at 5:22 am

      mii alhugandu kohfa in cmmnt eh nun
      alhugandu dhn mi vhk genesdheyny break thakuga
      ekm free vi varakun kuru vhk thah genesdheynan

  19. Miish says:
    April 5, 2025 at 3:06 pm

    Wow dhooni 🥰
    Keep it up 🙂

  20. Aalaa says:
    April 5, 2025 at 3:40 pm

    Kon kuru vaaharak eh? “ mi copy kuraa varu buedheyhivve (KURU EDITION)”

  21. Aanaa says:
    April 5, 2025 at 3:41 pm

    Yes, maadhan break thakuga liyaanan stay tuned
    Aanaa,

  22. Naasiraa says:
    April 5, 2025 at 9:33 pm

    Aana mi vhk gonuvaa dheeba
    Naasiraa Pmo Pmo💔🥀 ts ts

Comments are closed.



All Right Reserved!