Skip to content
އެސްފިޔަ

ކީމޭ އަލްވަދާޢު (1 ވަނަ ބައި)

= އައްސަލާމު ޢަލައިކުމް. މިއީ އަޅުގަނޑު މިވެބްސައިޓަށް ވާހަކައެއް ލާ ފުރަތަމަ ފަހަރެވެ. މިސްޓޭކްސް ހުރުންވެސް އެކަށީގެންވެއެވެ. އުއްމީދު ކުރަނީ އެންމެހާ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށެވެ. =

ފިހާރައިން އައިސް، ޢަޞްރު ނަމާދު ކޮށްލުމަށްފަހު، އަހަރެން ކާގެއަށް ވަނީ ކޮންމެވެސް ކޫސަނި އެއްޗެއް އަނގަޔަށް ލުމުގެ ނިޔަތުގައެވެ. މޭޒުމަތީގައިވެސް އެހާ ގަޔާވާކަހަލަ އެއްޗެއް ނެތުމުން އަހަރެން ދެފޮތި ޕާން ނަގައި ޓޯސްޓާރއަށްލާފައި ހޮޓް ޗޮކްލެޓް ޕެކެޓެއް ނަގައި ގިރަން ހުރީމެވެ.

އަހަރެން ހުމްމް އަޅުވަމުން ހޮޓް ޗޮކްލެޓް ގިރަން ހުއްޓައި ފަހަތުން މީހަކު އައިސް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ސިއްސައިގެން ގޮސް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. އަތުގައި އޮތް ސަމްސާވެސް ހޫރައިލެވުނު ދިމާލެއްވެސް ނޭނގެއެވެ. “އައްދޯއީއީ… މަގޭ ކަންފަތް! މިހާރު ނޭނގެ ތޫރިވެސް ފަޅައިގެން ނުދާކަމެއް!” އަހަރެންގެ ކަޒިން މައިރީން، އޭނާގެ ކަންފަތުގައި ފިރުމާލަމުން ބުންޏެވެ.

ހޮޓް ޗޮކްލެޓް ތަށި މޭޒުމަތީގައި ބަހައްޓާފައި ޓޯސްޓާރ ކައިރީ މަޑުކޮށްލަމުން އަހަރެން ބުނީމެވެ. “ހެހެ.. އެހެންނުވާނީ މީހުން ސިއްސުވަންޏާ!” “ދެން.. މީހަކު މާގަޔާވެގެން ހުމްމް ލައްވަން ހުރީމަ އަސްލު… ހިހި.. މަށަށް ދޯ؟ ތޭންންކިޔު!” މައިރީން އޭނާގެ ވާހަކަ މެދު ކަނޑާލަމުން މޭޒުމަތީގައި ގިރާފައި ހުރި ހޮޓް ޗޮކްލެޓް ތަށި ނަގައި އެ ބޯންފެށިއެވެ. “ޕިސް..ޕިސް..ޕިސް.. ދެން! މީނަޔާ ހެދި މަށަށް ކަމެއް ނުކުރެވޭ! ގެނޭ ތީތި!!.. ބޭނުމިއްޔާ އަމިއްލައަށް ގިރައިގެން ބޮއެބަލަ!” ރުޅިއައިކަމަށް ހަދާފައި އަހަރެން ބުނީމެވެ.

“އާއި… ބިރުވެރި..މަ ނޫޅެމޭ މީތި އެއްކޮށް ބޯކަށް. ސުކުން ޖަހާލީއޭ…” ހޮޓް ޗޮކްލެޓް ތަށި އަހަންނަށް ދިއްކޮށްލުމަށް ފަހު އަހަރެން ގޮސްލަނީއޭ ބުނެފައި މައިރީން ދުއްވައިގަތެވެ.

“އޭ މައިރީންންން… ކީއްއްކުރަންށޯއޯއޯ އައީ..؟؟” އަހަރެން ކުރި ސުވާލައް ޖަވާބެއްވެސް ދިނުމެއްނެތި މައިރީން އެދިޔަ ތާކަށް ގޮސްފިއެވެ. މަޑުމަޑުން ހީނލުމަށްފަހު އަހަރެން ޗޮކްލެޓްތަށި ތުންފަތުގައި ޖައްސާލީމެވެ. އެންމެ އެތިފޮދެއްވެސް އަނގައިގައި ނުޖެހުމުން އަހަރެން ތަށީގެ އެތެރެ ބަލައިލީމެވެ. ތަށީގައި އެކައްޗެއްވެސް ނެތެވެ. “އާރރ.. ބޮޑު ސަންތިމަރިޔަނބު ގަނޑު”

އަނެއްކާވެސް އަހަރެން ޗޮކްލެޓް ތައްޓެއް ގިރާލީމެވެ. އެއަށްފަހު ޓޯސްޓުކުރި ދެޕާންފޮތި ނަގައި ތަށްޓަކަށް ލާފައި ހޮޓް ޗޮކްލެޓް ތަށި ހިފައިގެން ކޮޓަރިއަށް ވަދެ، ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި ސްޓަޑީ ޓޭބަލް ދޮށުގައި ޖައްސާލީމެވެ. ޕާން ފޮއްޗެއް އަނގައަށް ލުމަށްފަހު ލެޕޮޓޮޕް ނަގައި ހުޅުވާލާފައި އިންސްޓާއަށް ވަނީމެވެ. 13 ވަރަކަށް ނޮޓިފިކޭޝަނާއި 4 މެސެޖް އައިސްފައި އޮތެވެ. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ މެސެޖްތައް ބަލާށެވެ. ފުރަތަމައަށް އިނީ އަހަރެންގެ ބެސްޓީކަމަށްވާ ޖަނަންގެ މެސެޖެކެވެ. “ހާދަ ބިޒީއޭ ދޯ! މިހާރު އަހަރެން މަތިން ހަނދާންވެސް ނެތުނީތަ؟”

“ނޫނޭ.. ހަނދާންނެތުނީކީ ނޫނޭ. ފިހާރައަށް އާމުދާ އެއިސްފައި ހުރީމަ މާބޮޑަށް ބިޒީވީ. މަ މިރޭ ގުޅާނަން އިނގޭ.. އިންޝާ ﷲ!”

ޖަނަންގެ މެސެޖަށް ރިޕްލައި ދީފައި ދެން އިން މެސެޖަށް ބަލައިލުމުން އަހަރެންގެ މުޅި މޫޑް އޮފްވެގެން ދިޔައެވެ. އަނެއްކާވެސް އެއްކަލަ ދިޔާންގެ މެސެޖެކެވެ. އޭނާގެ ކަންތައް މިހާރު މާ މައްޗަށް ދަނީއެވެ.

ހަމަ ކޮންމެ ދުވަހަކު މެސެޖްކޮށްކޮށްފައި އުނދަގޫކުރަނީއެވެ. އަހަރެންގެ މޮޔަކަމުން ކޮންމެވެސް ކޫސަނިކަމެއްގައި ދިޔާންއަށް ފޯން ނަމްބަރު ދެވުނީއެވެ. މިހާރު ގުޅަންވެސް ގުޅަނީއެވެ. ނުވިތާކަށް ފޯނަށް ރުފިޔާވެސް ފޮނުވަނީއެވެ. ދިޔާންގެ ފްރެންޑް ރިކުއެސްޓްވެސް އެކްސެޕްޓު ކުރެވުނީ ހަމަ އަހަރެންގެ މޮޔަކަމުންނެވެ.

ދިޔާންއާއި އަހަރެން ދިމާވީ މިދިޔަ އަހަރުގެ މެދުތެރޭގައި ފޭސްބުކް ތެރެއިންނެވެ. ކޮންމެވެސް މީހެއް ކޮށްފައި އޮތް ޕޯސްޓެއްގައި އެމީހާއާއި އަހަންނާއި ދެމެދު ކުރެވުނު ބަހުސެއްގެ ތެރެއިންނެވެ. އެދެމެދަށް ދިޔާންވެސް ވަނީއެވެ. އަދި އަހަންނާއި އެއްކޮޅަށް އަރައި، ކުރެވެމުންދިޔަ ބަހުސްގައި ބައިވެރިވީއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އެމީހާއަށެވެ. މޮޅުވީ އަހަރެމެން ދެމީހުންނެވެ. އެސަކަރާތްގަނޑުގެ ތެރޭގައި ދިޔާންގެ ފްރެންޑް ރިކުރެސްޓް އެކްސެޕްޓް ކުރެވުނީއެވެ. އެންމެ ފަހުން ޖަނަންއަށް ޖެއްސުމަށް އަހަންނަށް މޭލް ބެސްޓީއެއް ލިބުނީއޭ ކިޔާފައި ދިޔާންއަށް ފޯން ނަމްބަރުވެސް ދެވުނީއެވެ.

ކަންތައްގަނޑު ބޮއްސުން ލައިގަތީ މިއަހަރުގެ ކުރީކޮޅު ދިޔާންގެ އާއިލާ ކުއްޖެއްގެ ވެޑިންއަކަށް މިރަށަށް އައި ފަހަރުގައެވެ. އޭނާއަށް އަހަރެން ފިހާރައިގައި އިންދާ ފެނުނީއެވެ. ކުރީކޮޅުގައި އަހަރެން އުޅެނީ ށ.ފުނަދޫގައި ކަމާއި އަހަރެން މަސައްކަތް ކުރަމުން އަންނަނީ މިވެނި ފިހާރައެއްގައިކަން ބުނެވުނީއެވެ. އޭރު މިގޮތައް ކަންތައް ދިމާވާނެކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. ދިޔާންއަކީ ބ އަތޮޅު އޭދަފުށީ މީހެކެވެ. އަހަންނަކީ ށ.އަތޮޅު ފުނަދޫ މީހެކެވެ. ބ. އަތޮޅާއި ށ. އަތޮޅުމީ ހާދަ ދުރު ދެއަތޮޅެވެ. މިހާ ދުރު ހިސާބަކަށް އައިސްދާނެކަމަށް އަހަރެންގެ ސިކުނޑިއަށް އޭރު ނުވިސްނުނީއެވެ.

“އަޒްވާ ޕްލީޒް… އަހަންނަށް ތިހެން ނުހަދާ! އަހަރެން ވަރަށް ލޯބިވޭ އަޒްވާ ދެކެ. އަހަރެން ވަރަށް ބޭނުން އަޒްވާ.. މިހާ ދުވަހު އަހަރެން މިވަރަށް އާދޭސްކުރާއިރު އަޒްވާގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީތަ؟” އަހަރެން މެސެޖް ސީން ކުރިކަން ދިޔާން އަށް އެނގުނީ ކަންނޭނގެއެވެ. އަނެއްކާވެސް ދިޔާން ޓައިޕްކުރަން ފަށައިފިއެވެ.

“ރިޕްލައިވެސް ދޭން ބޭނުން ނުވަނީތަ؟ ކީއްވެތަ އިގްނޯރ ކުރަނީ؟ އަހަރެން ހުތުރީދޯ ހަމަ؟” އަހަރެންގެ ގާތަށް އައިސްފައި ހުރި ރުޅި އިހުނަށްވުރެ ގަދަވިއެވެ. “ޕިސް..ޕިސް.. މީ ދެން ކިހާ ދެރަކަމެއް! ކެތްތެރިވެބަލަ! މަ ދެންމެއޭ މެސެޖްކިޔާ ނިމުނީ. ރިޕްލައިވެސް ނުދެވެނީސް ހަމަ އަނެއްކާ އެފަތިވަރުދަމާ އެބަ.. ކޮންމެ ދުވަހަކު އެކައްޗެއް ކިޔަން ފޫއްސެއްނުވޭތަ؟”

“އާނ! ނުވޭ ފޫއްސެއް. އަދި ދުވަހަކުވެސް ނުވާނަން.. އިންޝާ ﷲ! އަޒްވާ އެއްނު ފޫހިވެގެން ތިއުޅެނީ!”

ދަޔާން ރިޕްލައި ދިނުމުން އަހަރެންވެސް ރިޕްލައިއެއް ފޮނުވައިލީމެވެ. “އާނ! އަހަރެން ފޫހިވޭ! ވަރަށް ވަރަށް ފޫހިވޭ! އަހަންނަކަށް ނޭނގެ ދިޔާން ގާތު ކިތައް  ފަހަރުކަމެއް ބުނެވުނީ އަހަރެންގެ ފޯނަށް ރީޗާޖު ނުކުރާށޭ! ނުކުރާށޭ! އެއީ މަ ވަރަށް ފޫހިވާ، ވަރަށް ހިތަހަމަނުޖެހޭ ކަމެކޭ.. އެކަމު އެއަޑެއް އަހަނީކީއެއް ނޫން! އަނެއްކޮޅުން މަ ކިހާވަރަކަށް ބުނަންވީ އެއްވެސް މީހަކީ ހުތުރު މީހެއް ނޫނޭ.. އެހެން ނުވާނެޔޭ ކިޔާކަށް! އެއަޑެއްވެސް ނާހަ!” އިތުރަށް ދިޔާން އާއި ވާހަކަދައްކަން ބޭނުން ނުވާތީ ލެޕްޓޮޕް ލައްޕާލައިފައި ކުޑަކޮށް ރެޑީވެލައިގެން އަހަރެން ބޭރަށް ނިކުތީމެވެ.

ގޭގެ ދޮރާށްޓާ ހަމައަށް އާދެވުނުތަނާ އަހަންނަށް އެއްކަލަ މައިރީން ލަވައެއް ކިޔަމުން އަންނަ އަޑުއިވިއްޖެއެވެ. އަހަރެން ލާނެތް ފާޑަކަށް ހީނލާފައި ދޮރާށި ނިވަލުގައި ފިލާ ހުރީމެވެ. މިފަހަރު ވަރުގަދަ ލަނޑެއް ދޭނަމެވެ. މައިރީން އައިސް ދޮރު ހުޅުވައިލުމާ އެކުހެން އަހަރެން ވަރަށް ބާރަށް “ޕޮއް” ގޮވާލީމެވެ. މައިރީން ސިއްސައިގެން ގޮސްފައި ހަޅޭލަވައިގަތެވެ. ހަމަ އެއާއިއެކު މުޅިތަނަނަށް ހީވީ ސްނޯ ފައިބައިގެން ހެނެވެ. ހުދު ކުލައިގެ ދުން ގަނޑެއް ކަހަލަ ދުން ގަނޑަކުން ދޮރާށި ކައިރި ހުދުކޮށްލައިފިއެވެ. އެވަގުތު  މައިރީން ހުރިގޮތް ފެނިފައި އަހަރެންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.

މައިރީން ހީވަނީ ބޮޑު ޢީދުގައި ޢީދުކުޅެން ނެރެފައި ހުރި ފުށް މާއްޔެއް ހެންނެވެ. މުޅި މީހާ ހުރީ ގޮދަންފުށުން ފެންވަރައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މައިރީން ފުށް އަޅައިގެން ގެނައި ތަށި އޭނާގެ ފައި ބުޑަށް ބަންޑުން ވެއްޓިފައި އޮތެވެ. އަހަރެން ހީނހީނ ބަލިވެގެން ގޮސް ބަނޑުގައިވެސް ރިއްސަން ފަށައިފިއެވެ.

މައިރީން ހަމަ ހީނވެސް ނުލައި ނިތް މައްޗަށް ރޫ އަރުވައިގެން ފާޑަކަށް ލޯ އަޅައިގެން ބަލަހައްޓައިގެން ހުރިގޮތުން އަހަރެންގެ ހިނިގަޑު އިތުރަށް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އަހަރެން  އަނެއްކާވެސް މައިރީންއަށް ޖެއްސުމަށް ފޯން ނަގާފައި ބުނީމެވެ. ” އަޅޭ! އަދި ސްނެޕެއްވެސް ނުކޮށްލައޭ ދޯ މިއުޅެނީ.. ހަމަ އެންމެނަށް ފޮނުވާނީ… ހަހަހަ..” ހެމުން ހެމުން އަހަރެން ކެމެރާ ޖައްސާލީމެވެ. މައިރީން އަވަސް އަވަހަށް އައިސް އަހަރެންގެ އަތުން ފޯނު އަތުލަން އަހަރެންގެ ފަހަތުން ދުވަން ފެށިއެވެ. “އޭ.. އަޒްވާ! ނޫން.. ނޫން.. ސްނެޕް ނުކުރާތި.. ޕްލީޒް.. ސްނެޕް ނުކުރާތި!..” އެވަގުތު ކުއްލިއަކަށް އަހެންގެ ފޯން ރިންގްވާން ފެށިއެވެ. ވަގުތުން އަހަރެންގެ ހިނިގަނޑު ހުއްޓިއްޖެއެވެ. މައިރީން އަހަރެންގެ ފޯނަށް ބަލައިލާފައި ހޭން ފެށިއެވެ. “ކޮބާ! ކޮބާ! ދެން ހީނ. ކީއްވެ ތި ހުއްޓާލީ؟ ކޮއެފުޅުގެ ފިރިސޮރޭ އެގުޅަނީ”

އަހަރެން މޫނު ކުނިކޮށްލަމުން ފޯން ކަނޑާލީމެވެ. “ދިޔާން ގުޅީމަ ކީއްވެތަ ތި ކަނޑާލީ؟ އޭނަ ދެން މަށަށްށޭ އުނދަގޫ ކުރާނީ. އަޒޫ ވެއްޖެ ވިއްޔާ އޭރު އޭނައަށް އިންޓްރޯޑިއުސް ކޮށްދޭން” މައިރީން، އޭނާގެ ގައިން ފުށްތައް ފޮޅަމުން ބުންޏެވެ.

އެވަގުތު އެތަނަށް އަހަރެންގެ މަންމަވެސް އަތުވެއްޖެއެވެ. ބިންމައްޗަށް ބަންޑުންވެފައި ހުރި ފުށްތަކާއި ފުށް މާލި ހެދިގެން ހުރި މައިރީން ފެނުމުން މަންމަ ބުންޏެވެ. “ޔާ ރައްބީ! މީ ކޮންކަމެއް؟” މައިރީން މަންމައަށް ވީގޮތް ކިޔައިދުނުމުން މަންމަ ހުރީ އަހަރެންދެކެ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. “އަޒްވާ ދެން ތީ ކޮންކަމެއް؟ ގޭގައި ފުށް ނެތިގެންނޭ ފުށްކޮޅެއް ގެންނަން ބުނީ.. އަނެއްކާ މިޖެހުނީ ފުށް ހޯދަން. މިދެމީހުން އެއްވިއްޔާ ކޮންމެވެސް ޖެއްސުމެއްކޮށްކޮށް ތިބޭނީ.. މިފަހަރު އަޒްވާ ދޭ ފުށް ބަލައި ތިއްތަމެން ގެއަށް..”

އަހަރެން ލައްބައޭ ބުނަމުން މައިރީން އާއި އެކީ މައިރީންގެ ގެއަށްދާން ގެއިން ނިކުތީމެވެ. އެވަގުތު އަނެއްކާވެސް ދިޔާން ގުޅިއެވެ. މިފަހަރު އަހަރެން ފޯން ނަގާފައި ސަލާމް ގޮވާލީމެވެ.

” ވައަލައިކުމުއް ސަލާމް. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިގުޅަނީ މިވަރަކަށް” ސަލާމްގެ ޖަވާބު ދެމުން ދިޔާން ވާހަކަ ދެއްކިއެވެ. “ކޮން ވާހަކައެކޯ” ކުރިޔަށް ހިނގައިގަންނަމުން އަހަރެން އަހާލީމެވެ. “އަހަރެން މިއުޅެނީ މީހަކާ އިންނަން ވެގެން” އަހަރެން ވަގުތުން ހުއްޓުނީމެވެ. “އޭނނ!.. ކީކޭ؟”

(ނުނިމޭ)

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    anehkaa azuwaa thaluvany kanneyge
    aslu dhiyaan and azoo v gulhey
    they both are made for each other
    i appreciate your hard work

    1. Blossom
      cutie girl

      Thank you so much for your feedback on my story! Jazakillah Khairan, it really helped…❤️💓✨
      Neinge dhw vedhaane thalhuvaalani kamah ves nooni hama aslah ves marry kuran ulhenii kamah ves… In shA Allah next part in engigen dhaane kihinehkan vanii…hihi..🫢
      Once again Thanks a lot #cutie_girl.. 🌹⭐❤️

  2. ava

    nice starting i thought azwa doesnt like dhiyaan and dhiyaan ves haadha desperate ey dhw waiting to see what happens next

    1. Blossom
      ava

      Hihi… Yes… Azwa like vaa kameh ves nuvaa kamehves In shA Allah, next part in engigen dhaane . Btw Jazakillah khairan to you tooo ❤️❤️⭐….

  3. Ghost girl 👻

    Vrh reethi mi part Masha Allah 😍🔥
    I think azwa likes dhiyaan kanne 🤔
    I’m curiously waiting waiting waiting for the next part 🫶🏻 keep it up when’s next??????

    1. Blossom
      Ghost girl 👻

      Hihi… Jazakillah khairan Ghost Girl… 🌸❤️❤️
      Let’s see dhw like veythw nuveythw hihi…
      In shA Allah, next Friday or Saturday or Sunday ga hn
      In shA Allah…..✨

  4. Blossom

    ❤️JAZAKUMULLAH KHAIRAN ❤️

    ✨Thank You to My Readers✨

    I want to take a moment to thank everyone who read my first story and left a comment. Your feedback means so much to me and has really motivated me to keep writing.

    I appreciate your support and encouragement, and I’m excited to share more stories with you in the future!
    Love you all 🫶🏽
    And
    Thank you all! ❤️💕

  5. Sassy gurll

    V reethi mi vaahakaige starting
    Waiting to the next part
    I arecceate your hard work
    Keep it up

    1. Blossom
      Sassy gurll

      Jazakillah khairan….❤️💕✨ NEXT PART IN SHA ALLAH V AVAHAH ANNAANE! 🌹

Comments are closed.