Skip to content
އެސްފިޔަ

15062019 ޕާރޓް 03

ދުވަސް ފާއިތު ވެގެން ހިގާ އެބަދެއެވެ . ޒުބައިދާ އަށް ގޮތް ނޭންގޭ އެތަކެއް ކަމެއް ކުރިމަތި ކުރުވައެވެ . ވިއްސާރަ ދުވަސް ވަރު ވެސް ޒުބައިދާ ގެ ގައިން ހޫނު އަރަމުން ގެންދެއެވެ . އަތުގެ ހަމުން  ރޫ އަރަމުން ގެންދެއެވެ .

” ދޮންބޭ ބަލާބާ މަންމަ ގެ އަތަށް . އެޔޮށް ރީތި އަތް ބަލާބަލަ ” ޒައިނާ މަޑު މަޑުން ބުނެލިއެވެ .  ޒައިނާ އެހެންބުނުމުން އެކަމަށް ވަރަށް ޒަކުވާން ވިސްނިއެވެ .

ޕާރޓް  03

ޒައިނާ އެހެން ބުނުމުން  ޒަކުވާން މަޑުން ބަލާލިއެވެ . ތެދެކެވެ . ޒަކުވާން މަންމަ ގެ އަތް ވަނީ މުޅިން ރޫ ޖެހިފައެވެ . ކަޅު ވާން ކައިރިވެފައެވެ .

އެތަކެއް ސުވާލު ތަކެއް ޒަކުވާން މަންމަ އަށް ދިމާ ކުރިއެވެ . މިއިން  ޒަކުވާން މަންމަ  އެކަންތައް ތައް ސިއްރު ކުރިއެވެ . އެއީ އެއްވެސް ކަމެއް ނޫން ކަމެއް ގޮތުގައި ބުނެ އުޅެއެވެ . ނަމަވެސް ޒަކުވާން އަދި ޒައިން  އެކަން ގަބޫލް ކުރާ ގޮތެއް ނުމެ ވެއެވެ . އެތަކެއް ފަހަރު އެއް ސުވާޅެއް ކުރަމުން ގެންދެއެވެ .

އެތަކެއް އަޑު ތަކެއް ޒުބައިދާ އަށް އިވެމުން ގެންދެއެވެ . އެ އަޑު ތަކަށް ޒައިނަބް އަޑު އިވުމުގެ ސަބަބުން ޒައިނާ އަދި ޒައިން އަށް އެ އަޑު ތަކެއް ނުމެވެއެވެ .  އެތަކެއް ސިއްރު ތަކެއް ގޭ ތެރެއިން  ވެގެން ދެއެވެ . އަދި އޭގެއިން ކޮންމެ ކަމެއް ވެގެން ދާއިރު ވެސް  ގޭގައި ވާ އެއްވެސް ކަމެއް ، ޒައިން އަދި ޒައިނާ އަށް އެއްވެސް ހިލަކަމެއް ނުމެވެއެވެ .

2018  ގެ އަހަރު ފަހުކޮޅެއެވެ . ޒައިނަބް އެއް ދުވަހަކުން ދުވަހެއް ޒައިނަބް ގެ ސިއްޙީ ކަންތައް ތަށް ދިޔައީ ދައް ވަމުންނެއެވެ.  ޒައިނަބް ގެ ކަންތައް ދިޔައީ ދުވަހަކަށް ވުރެން ދުވަހެއް އިތުރު ވަމުންނެއެވެ .  ޒައިނަބް އަށް ފާޑު ފާޑުގެ އަޑު ތައް އިވެމުން ދިޔައެވެ

ދުވަހަކަށް ވުރެން ދުވަހެއް ޒައިނަބް ދަނީ އެ ކަންތައްތައް ބޮޑު ވަރު ވަމުންނެއެވެ . ނަމަވެސް ޒައިނަބް އެތަކެއް ސިއްރު ތަކެއް ކުރަމުން ގެންދެއެވެ . ޒައިން އަދި ޒައިނާ އަށް ސިއްރު ކުރި ކަމުގައި ވީ ނަމަވެސް ޒައިނަބް ދަނީ ސިއްރު ކުރަމުންނެއެވެ . މިއީ ކޮންމެ އާއިލާ އަށް ދިމާވާނެ ކަމެއް ކަމަށް ޒައިނަބް ގަބޫލް ކުރަމުން ގެންދެއެވެ . ޒައިނަބް ގަބޫލް ކުރަމުން ގެންދާ ގޮތުގައި މި ކަހަލަ ކަމަކީ އިމްތިހާން އަށް ކުރިމަތި ވާނޭ ކަމެއް ގޮތުގައެވެ . ލޯބިވާ ދަރިފުޅާއި ލޯބިވާ ފިރިމީހާ އާއި ދުރު ނުވާން އަބަދު ވެސް ޒައިނަބް ގަބޫލް ކުރަމުންގެންދެއެވެ .  . ނަމަވެސް ކަންތައް ވެގެން ދިޔައީ ހީ ވެސް ނުކުރާ ގޮތް ގޮތަށެއެވެ . ދުވަހަކުން ދުވަހެއް ދިޔައީ ބަލި ބޮޑޫ ވަމުންނެއެވެ .  ކަންތައް ތައް ވެގެން ދިޔައީ ބޮޑު ވަމުންނެއެވެ .

އެ ހާލުގައި ޒައިނަބް މަސައްކަތް ކުރަމުން ގެން ދިޔައީ ގޭތެރޭގައި މައްސަލަތު ރަގަޅު ކުރުމުގައެވެ . ގޭ ތެރޭގައި ހަމަ ނުޖެހުމެއް ކަމެއް ނުގެންދެވުމަށެއެވެ .

2018  ވަނަ އަހަރު ފަހު ކޮޅެއެވެ . ޒައިނަބް އަށް  ގޮތް ނޭންގޭ އެތަކެއް ކަމެއް ކުރިމަތި ކުރުވިއެވެ . އަދި އެ އާއިލާ އަށް ހީ ވެސް ނުކުރާ އެތަކެއް ކަމެއް ކުރިމަތި ވަމުން ދިޔައެވެ . އެތަކެއް ކަމަކާ ކުރިމަތި ކުރުވިއެވެ .

” މަންމާ އަނެއްކާ ރަގަޅު ތަ ؟ ” ޒައިނާ މަންމަ އަށް ސުވާލު ކުރިޔެއެވެ . ” ކިހިނެއް ވީ ދަރިފުޅާ މަންމަ ރަގަޅޭ ” ޒައިނަބް ބުނެލިއެވެ . ” އެކަމަކު މަންމާ . މަންމަ މޫނު މަތިން ހީވަނީ  ކަމަކާ ދެރަ ވެފާ އިންނަ ހެން ” ޒައިނާ ބުނެލިއެވެ .

” ދޮންބޭ އާދެބަލަ ” ޒައިނާ ގޮވާލިއެވެ . ސަބަބަކަށް ވަނީ ޒައިނަބް ގެ މޫނު މަތިން ފެންނަ ކުލަވަރު ތަކުންނެއެވެ . ދުވަހަކު ވެސް ނުފެންނަ އެތަކެއް ކަމެއް ފެނިގެން ގޮސްފައި ވާތީއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.