ޑައިރީ ( އެ އަންހެން ކުއްޖާ )
ރޭގަނޑުގެ ހަމަ ހިމޭން ވަގުތެއެވެ . މުޅި ރަށް ވަނީ ފަޅުވެފައެވެ . މަގު ބައްތި ފިޔަވާ އިތުރު އަލި ކަމެއް ފެންނާކަށެއް ނެތެއެވެ . އުޑު މަތި ސާފް ރޭގަނޑެކެވެ . ތަރި ތަކުން މުޅި އުޑު ގައި ތަރި ތަކުން ވަނީ ފުރާލާފައެވެ . ރަށް ވަނީ ދުން ފިނިން ތެއްމާލާފައެވެ . އެ ހަމަ ހިމޭން ކަމުގެ ފަޅު ފިލުވައި ދެނީ ރޭގަނޑަށް ގޮވަމުން އަންނަ ދޫންޏެއްގެ އަޑުންނެއެވެ .
އެ މާހައުލުގައި އަހަރެން އެދުގެ ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ އޮތީމެއެވެ . ނިދީގެ ކަންފުޅެއް އަހަރެންގެ ލޮލަކަށް ނެތެއެވެ . ވިސްނެމުން ގެންދެވެނީ އަހަރެން އެންމެ ހިތް ކިޔާ އަންހެން ކުއްޖާ އެވެ . އެއީ އަހަރެންގެ ހިތުގެ މަލިކާ އެވެ .
ނިދޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެއެވެ . ނަމަވެސް އަހަރެންނަށް އެއްވެސް ވަރަކަށް ނިދޭ ގޮތެއް ނުމެވެއެވެ . އެތަކެއް ކަމެއް އަހަރެން މަސައްކަތް ކުރަމުން ގެންދިޔާމެއެވެ . ނަމަވެސް އަހަރެންނަށް ނިދީގެ އެއްވެސް ހިލަމެއް ނުވިޔައެވެ . ނިދި ނައިސްގެން އަހަރެން ބެލްކަންޏަށް ވެސް ނިކުތީމެއެވެ .
މި ހާލުގައި އަހަރެން އޮއްވައި ފަތިސް ނަމާދު ބަންގި ގޮވާ އަޑު އަހަރެން ގެ ކަންފަތުގައި ޖެހިގެން ދިޔައެވެ . އަހަރެން އަވަސް ވެ ގަތީ ފާޙާނާ ކޮއްލުމަށެއެވެ . ފާޙާނާ ކޮއްލައިގެން އަހަރެން ދިޔައީ ނަމާދު ކޮއްލުމަށެއެވެ .
ނަމާދު ކޮށް އަވަދި ވެގެން ގެޔަށް ގޮސް އަހަރެން އަނެއްކާ ވެސް މަސައްކަތް ކުރަމުން ގެންދިޔައީ ނިދޭ ތޯއެވެ . އަހަރެންގެ ހިތުގައި އުފެދެމުން އައި އެއްކަމަކީ އަހަރެން ގެ ހިތް އެ އަންހެން ކުއްޖާ އަށް ލެބުނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނަށް އެ އަންހެން ކުއްޖާ ލޮލަށް ވެސް ނުފެނެއެވެ . މިއިން އެއްކަމެއް ވެސް އަހަރެންނަށް ޖަވާބެއް ނުލިބެއެވެ . މި އަންހެން ކުއްޖާ އަހަންނަށް ކޮން ކަމެއް ބާ މި ކުރީ . އަހަރެން ހިތާ ހިތުން ކިޔާ ލެވުނެއެވެ .
އިރު ކޮޅެއްގެ ފަސް …… އަހަރެންނަށް ހޭ ލެވުނީ މަންމަ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެއެވެ . އަހަރެން ނިދި އަޑުން އާއެކޭ ބުނެ އަހަރެން ތެދުވީމެއެވެ . ފޯނު ގަޑި ބަލާލި އިރު މެންދުރު 1:00 ޖަހަނީއެވެ . އަހަންނަށް ނިދުނު ގޮތެއް ވެސް ހުދު އަހަންނަށް ނުމެ އިގެއެވެ . ބޯ ކަހާލުމަށް ފަހު އަހަރެން ފާޙާނާ އަށް ވަދެލީމެއެވެ .
ފާޙާނާ ކޮއްލުމަށް ފަހު އަހަރެން ރީތި ވެލީމެވެ . އަހަރެން ބަޑުހައި ވެފާ ހުރިލެއް ބޮޑު ކަމުން އަހަރެން ހިގައި ގަތީ ކާ ގެޔާ ދިމާ އަށެއެވެ . ” ދަރިފުޅާ ! ކިހިނެއް ވެފާ … ހާދާ މޫޑް އޮފް ވެފާ … ކަމަކާ ވިސްނަނީތަ … ” މަންމަ ސުވާލުއަކަށް ފަހު ސުވާލު ތައް ކުރަމުން ގެންދިޔައެވެ .
” މަންމާ އަހަންނަށް ކަމެއް ނުވޭ … ކަމެއް ވިޔަސް މަންމަ ކާރި ބުނާނަމޭ ” އަހަރެން އެހެން ބުނުމަށް ފަހު މަންމަ މެންނަށް އެކަންތަށް ސިއްރު ކުރީމެއެވެ . އަދި އަހަރެންނަށް ސިއްރު ކުރަން މަޖުބޫރު ވީއެވެ . ” މަންމާ ކޮބާ ބައްޕަ ” އަހަރެން ސުވާލު ކޮއްލީމެއެވެ . ” ބައްޕަ ވީ ދޯންޏެއް އެހެލާ ތަނަށް ގޮސް . ކިހިނެއް ވީ ؟” އަހަރެން މަންމަ ސުވާލު ކޮއްލިއެވެ .
އަހަރެން ޖީބުން ފޯނު ނެގުމަށް ފަހު އަހަރެން . އަހަރެން ގެ ހިތުގެ ވެރިޔާ އަށް މެސެޖް އެއް ކޮއްލީމެއެވެ . އަދި އަހަރެން ކުރި ސުވާލަށް ޖަވާބު ލިބެންދެން އަހަރެން މަޑު ކޮއްލީމެއެވެ . ނަމަވެސް އެޔަށް އެއްވެސް ޖަވާބެއް ނާދެއެވެ . އަހަރެންނަށް ހީ ކުރެވުނީ އަހަންނަށް މި ކުރެވެނީ މުޅިން ގޯސް ކަމެއް ގޮތުގައެވެ .
އަހަރެންނަކީ އާއިލާ ގައި ހުރި ހަމަ އެކަނި ދަރިފުޅެ . އަހަރެން އެއްބަނޑަކު އެކަކު ވެސްނެތެއެވެ . އެހެންވެ އަހަރެން ގެ މައިންބަފައިން ވަރަށް ވެސް ބަލަމުން ގެންދެއެވެ . އަހަރެންގެ އުމުރުން 27 އަހަރު ވެގެން ދިޔަ އިރު ވެސް އަހަރެންނަށް މިހާ ބޮޑަށް އެއްވެސް އަހެންކުއްޖަކަށް ނުވިސްނަމެއެވެ . އަހަރެން ގެ މި ހިޔާލު ތަކާ ދުރު ވެލަން އަހަރެން ސައިކަލް ދުއްވާލުމަށް އަހަރެން ގެއިން ނިކުތީމެއެވެ . އަދި އަހަރެންގެ ރައްޓެހި ކުދިން ކޮބައިތޯ ބަލާލީމެއެވެ .
2 ވަނަ ބަޔަށް އިންތިޒާރު ކުރައްވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Plustop liyaa iru don’t leave space
Eg: (I’m the best . ) not like this like (I’m the best. )
Your description is very nice!!!!
ވިސްނާލީމެއެވެ. ބުނާނެ އެއްޗެއް ނޭންގުނެއެވެ. މީ ލިޔުމުގައި ކުށް ގޮތެކެވެ.އެކަންކަން ރަނގަޅު ކޮށް ދެންވެސް ހުރި އިމްލާ ކުށްތައް އިސްލާޙު ކުރުމަށްފަހު ވާހަކަ އާއްމުންނަށް ހުޅުވައިލުން ރަނގަޅުވާނެއެވެ.