Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 11

Annora Level 610 Stories100 Login100 Comments100 Stories
December 4, 2024 10 Mins Read
8 Comments

 

“ނުކުރާނަން..އަހަރެން އެހާ ތައްޔާރުވެގެން މިއައީ ކަލޭގެ ފުރާނައަށް..އެންމެ ކުރިން ވެސް އިންޒާރު ދިނިން..އަހަރެން ބުނިން ޝަވަންއާއި ދުރުވާށޭ..ކަލޭ އަމިއްލައަށް މި އަނިޔާ ހޯދައިގަތީ” އޭމީހާ ގޮށްމުށުގެ ދެތިންބޮނޑި އައަޅައިލި ހިނދު އަލާރާގެ ހެއަށް ގޮތްވާން ފެށިއެވެ. އެވަގުތުވީ ކައިރީގައި އޮތް އީވާއަށް ވެސް ހޭލެވުނު ވަގުތެވެ. އީވާއަށް ލިބުނު ސިހުމުގައި ބިރުން ގޮސް ރޮއިގަތެވެ. އިސާހިތަކު އެތަނުގައި ހިފައިލީ ވޭނީ ހަޅޭއްކެއްގެ އަޑެވެ.

***

ޒެވިއަލްއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ފެންބޯން ބަލައިލި އިރު ފެންފުޅި ހުސްވެފައި ހުރުމުން ބަދިގެ އަށް ވަދެ ފެންބޯން ހުއްޓައި އޭނާގެ ފޯނު ރިންގްވާން ފެށިއަޑު އިވި އަލުން ކޮޓަރިއަށް ވަނެވެ. ފޯނު ނަގަން ބަލައިލިއިރު ގުޅަނީ އީވާއެވެ.

“އީވް” އެހާ ދަންގަޑިއެއްގައި އީވާ ގުޅުމުން ޒެވިއަލްގެ ނިތްއަރުވާލެވުނެވެ. ފޯނުނަގާފައި ހަލޯއޭ ނުބުނެވެނީސް އިވިގެންދިޔައީ އީވާގެ ގަދަރުއިމުގެ އަޑެވެ. ވަގުތުން ޒެވިއަލްގެ ނިދިވެސް ފިލައިގެންދިޔައެވެ. Bottom of Form

“ދޮން..ދޮންތި..އާދެ..އާދެބަ” ރޮވޭވަރުން އީވާއަށް ވާހަކަ ވެސް ނުދެއްކެއެވެ. ޒެވިއަލް އިތުރަށް މަޑުކުރަން ނުހަދާ ޓީޝާޓެއް ހިފައިގެން ނުކުމެ އެ ލަމުން ލިފްޓާއި ދިމާލަށް ދުއްވައިގަތެވެ. ޒެވިއަލްއަށް އާދެވުނު އިރު އަޒީޒް އާއި ދިނާޔާވެސް ދުވަމުންއާދެއެވެ.

އެތެރެއަށް ވައިން  ހިނދު ފެނުނު މަންޒަރު ތިންމީހުންގެ މޭ ގުޑައިގެންދިޔައެވެ. ލެއިން ކަޅިވެފައިވާ އަލާރާއެވެ. އީވާގެ ގައިގެ އެތަން މިތަނަށް ފިޔޮހީގެ ތޫނު ހަމަލާއެރުމުގެ ސަބަބުން ވަނީ ނުހަނު ބޮޑަށް ޒަހަމްވެފައެވެ. އީވާވެސް އޮތީ ތަޅުން މައްޗަށް ދެމިފައެވެ. ދިނާޔާއަށް ރޮއިގަނެވުނެވެ.  ދާންވީ ކޮން ދަރިއެއް ކައިރިއަށް ކަމެއް ނޭނގި ގަނޑުވެފައި އަޒީޒްއަށް ހުރެވުނެވެ.

ޒެވިއަލް ދުވެފައި ދިޔަގޮތައް ގޮސް އަލާރާގެ ވިންދު ބަލާލިއެވެ. ވިންދުގައި ހުރި ލަސްކަމަކުން ޒެވިއަލްގެ މެޔަށް އުނދަގުވިއެވެ. އަލާރާ އަތްދަނޑިމައްޗަށް ލައިގެން ދުވެފައި ނުކުތެވެ. ފަހަތުން އީވާ ގޮވައިގެން އަޒީޒް އައިއިރު ދިނާޔާވެސް ރޮމުންއައެވެ.

“އަދިވެސް ބަލަހައްޓައިގެން ތިބެނީތަ..އަވަސްކުރޭ” އެމީހުން ފެނި ގަނޑުވެފައި ތިބި ދޮރުވާނުންތައް ފެނި  ޒެވިއަލް ހަޅޭއްލަވައިގަތެވެ. ތެޅިގަނެފައި ޑްރައިވަރު ބަލާ  ދިޔައިރު އޭނާ ވެސް މާލަހެއް ނެތި އައިސްފިއެވެ. ގެއާއި އެންމެ ކައިރި “ވައިޓް ވޫޑް” ހޮސްޕިޓަލްއަށް ދާންވެސް ވާރޭވެހެމުން ދިޔުމުގެ ސަބަބުން ވަގުތުކޮޅެއް ނެގިއެވެ. ހޮސްޕިޓަލަށް ދެވުނު ހިނދު ދެމީހުންވެސް ވެއްދުނީ އަވަސްފަރުދޭ ބަޔަށެވެ.

“އަޅޭ ކިހިނެތްބަ މިވީ މަގޭ ދަރިންނަށް” ދިނާޔާ ރޮމުން ދިޔައިރު އަޒީޒް އޭނާ ގަޔާއި ކައިރިކޮށްލައިގެން ހުއްޓެވެ. އަޒީޒްގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ. އޭނައަށް ސިފަވީ އަލާރާ އެކްސިޑެންޓް ވި ދުވަހެވެ. ހަމަހީވީ އެދުވަހުގެ މަންޒަރެއް އަލުން ރޯލް ވެގެން ދިޔަހެންނެވެ. އެދުވަހުހެން މުޅި ކުއްޖާ ލެއިން ފޯވެފައި އޮތް އިރު އެއްވެސް ދިރުމެއް ނެތްފަދައެވެ.

“ނޭނގޭ ދޯ ބުނާކަށް..އަހަރެމެންގެ ދުޝްމަނެއްވެސް އަނެއްހެން އުޅެނީއެއްނޫން..އަނެއްކާ ގެޔަށް މީހަކު ވައިންނަމަ އެއޮތީ ވަރަށް ގޯސްވެފަ..ސެކިއުރިޓީ ގޯސް ހަދާފަ އެއޮތީ..އީވްއަށް އަށް އަނގައިން ބުނެވޭވަރު ވީމަ ތަނެއް ދޮރެއް ވެސް އެނގޭނީ..ރަނގަޅުވާނެ އިރާދުކުރެއްވިއްޔާ..ދިނާ ހުއްޓާލާ” ލޯބިވާ އަނބިމީހާގެ ބޮލުގައި ފިރުމާލަން ނިކަން ލޯބިން ވާހަކަދެއްކިއެވެ. މާގިނައިރެއް ނުވެ އަވަސްފަރުވާ ދޭ ކޮޓަރީގެ ދޮރުން ބޭރުވި ޑޮކްޓަރު ފެނި އަޒީޒް އެދިމާލަށް ދިޔައެވެ.

“އީވާގެ ހާލަތު ރަނގަޅު..އަތާއި ކަރުގެ ކައިރިއާއި ދެން ބަނޑުގެ ހިސާބުތަކަށް އެބަހުރި ތޫނު އެއްޗަކުން ޒަހަމްވެފަ..ކަނާއަތުގައި އިން ޒަހަމް ފިޔަވައި ދެން ހުރި ޒަހަމްތަކަކީ މާ ފުންކޮން ހުރި ޒަހަމެއްނޫން..ބޭސް އަޅާފަ މިހާރުވާނީ..އައިވީ އެއް ގުޅާލާފަ މިހާރު އޮތީ..އިރުކޮޅެއްގެ ތެރޭގައި ޕްރައިވެޓް ރޫމަކަށް ޗޭންޖް ކުރެވޭނެ.. އެއަށްފަހު އާއިލާއާއި ބައްދަލުކުރެވޭނެ” ޑޮކްޓަރާއި އެކު އައިސްހުރި ނަރުހަކު އީވާގެ ހާލަތު ކިޔައިދިނެވެ.

“އަލާރާ ކިހިނެތް” ޒެވިއަލްއަށް އަހައިލެވުނެވެ. އެއަޑުން ވެސް ހަމައެކަނި އަލާރާއާއި މެދު ކަންބޮޑުވެފައި ވީވަރު ހާމަވެއެވެ. އެވަގުތުވީ އެމަޖެންސީ ރޫމް އިން އިތުރު ޑޮކްޓަރެއް ނުކުންވަގުތެވެ. އެއީ ކުރީގެ އެކްސިޑެންޓްގައި ވެސް އަލާރާ ބެލި ޑޮކްޓަރު ފާރިޝް އެވެ.

“އަލާރާ މިހާރު ސްޓޭބަލް….ބަނޑާއި މޭކަށިގަނޑަށް އެބަހުރި ތޫނު އެއްޗަކުން އަނިޔާ ދޭން އުޅެފަ..ހުރިހާ އަނިޔާއެއް ވެސް ފުދޭވަރަކަށް ފުންކޮން ހުރިމަ އެހާ ވަރަށް ބްލީޑްވެފަ އެހުރީ…އިތުރަށް އެއްޗެއް ބުނަން އެނގޭނީ ވެސް ހޭއެރީމަ..އާން..އަޒީޒް އާދެބަލަ” ފާރިޝް، އޭނާއާއި އެކު ދުރަށް ޖެހިލުމަށް އެދުމުން އެހެންމީހުންނާއި ދުރަށް އަޒީޒް ޖެހިލިއެވެ.

“އަޒީޒް..އަޒީޒް ތިއީ އަހަރެންގެ ގާތް އެކުވެރިއެއްވީމަ މިބުނަނީ އެނގޭ..މިފަހަރު މިހެން ކަންތައް ވީމަ އެއްޗެއް ހީވެގެން މިއުޅެނި..އަހަންނަށް ހީވަނީ ފުރަތަމަ ފަހަރު އަލާރާއަށް ދިމާވި ކަންތައް ވެސް އެއީ އެކްސިޑެންޓެއް ނޫން ހެން”

“ތިބުނީ..ނުވިސްނުނު” އަޒީޒްއަށް ފާރިޝްގެ އެ ޖުމްލައަކުން ވިސްނަން ވީ އެއްޗެއް ނޭނގުނެވެ.  ނިތްއަރުވާލީ ކީކޭހޭ  ބުނާ ފަދައަކުންނެވެ.

“އޭރުވެސް ހުރީ އަލާރާގެ ޑޮކްޓަރަކަށް އަހަރެން.. އަދި މިއަދު ވެސް.. އޭރުވެސް ހިތައް އެރި އާދައިގެ އެކްސިޑެންޓް އަކުން އެހާ  ބޮޑު އަނިޔާއެއް ވެދާނެބާއޭ ހަމަ.. އަހަންނަކީ ވެސް ތިގެއަށް ނުދާ މީހެއް ނޫން ދޯ..އެ ސްޓެއާރސް އަކީ ތިބުނާހާ ފައިކައްސާ ތަނެއްނޫން..ދެން މިރޭ މި ވީ ކަންތައް މިއީ ހަމަގައިމްވެސް އެކްސިޑެންޓެއް ނޫންކަން މަށައް ވުރެން ރަނގަޅަށް އަޒީޒް އަށް އެނގޭނީވެސް..ހިއެއް ނުވޭތަ މި ހަމަލާއަށް ބަލާފަ ކުރީފަހަރު އެކަންތައް ވެސް އެއީ ހަމަ މިކަހަލަ ހަމަލާއަކަށް ނުވެދާނެ ހެންނެއް..” ފާރިޝްގެ ވާހަކަތައް ވީ އަޒީޒްއަށް ހައިރާންކުރުވި ކަމަކަށެވެ.

“އެހެން ކިހިނެތް ވާނީ… އޭރު އަލާވެސް ބުންޏޭ ތިމަންނަ ފައި ކަހާލީއޭ..އަލާއަކަށް ނޯޅޭނެތާ ދޯ..އެ ވަރު ކަމެއްގަ އަލާ ދޮގު ހަދާނެ ހެންނެއް ހިއެއްނުވޭ..މިރޭ މިވާނީ ގެއަށް ވައްކަން ކުރަން ވައިން މީހެއްގެ ހަމަލާއަކަށް..އަހަރެން ހައިރާންވަނީ ގޭގަ އެހާ ސެކިއުރިޓީ ވަރުގަދަ ވި އިރުވެސް  މިފަދަ ކަމެއް ވީމަ” އަޒީޒް ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ ސިކުނޑިއަށް ބާރުލާ ވިސްނާލިއިރުވެސް ފާރިޝްގެ ވާހަކަ ތަކަށް އޭނާއަށް ބާރުވެވޭ ގޮތެއް ނުވިއެވެ. އެވަރު ބޮޑުކަމެއްގަ އަލާރާ ދޮގު ނުހަދާނެ ކަމަށް އޭނާ ގަބޫލްކުރެއެވެ.

“މައްސަލައެއްނެތް އަޒީޒްއަށް ދެން އެނގޭނީ..އަލާރާއަށް ބަލާލައިގެން އުޅޭތި” އަޒީޒްގެ ކޮނޑުގައި ޖަހާލުމަށްފަހު ފާރިޝް އެތަނުން ދިޔައެވެ. ފާރިޝްގެ ވަހަކަތައް ހުރިގޮތުން އަޒީޒްގެ ހިތުގައި ނުތަވަސްކަމެއް އުފެދުނެވެ. ނަމަވެސް އެކަން ގަބޫލްކުރަން އޭނާގެ ހިތްދެކޮޅެވެ. ކުރީގެ ހާދިސާއަކީ އެކްސިޑެންޓްއެކޭ އެތައްފަހަރަކު އަލާރާ ވަނީ ބުނެފައެވެ. އެހެންކަމުން އިތުރަށް އެކަމާއި ބޯ ގޮއްވާކަށް އަޒީޒް ގަސްތެއް  ނުކުރިއެވެ.

“މިހާރު ބައްދަލުކުރެވޭނެ..އެކަމަކު ވަރަށް ބޮޑަށް ޕެނިކްވެފަ ޕޭޝަންޓް އިނީ…އެހާ ގިނައިން ސުވާލް ނުކުރުން ރަނގަޅުވާނީ” އީވާ ބަދަލްކުރެވުނު ޕްރައިވެޓް ކޮޓަރީގެ ތެރެއިން ނުކުމައިން ނަރުހަކު ބުނެލުމާއެކު ހުރިހާ އެންމެން އެކުއެކީގައި އެތެރެއަށް ވަނެވެ.

“ދަރިފުޅާ” ހަށިގަނޑުގެ އެތަން މިތަނުގައި ބޭސްއަޅާފައި އޮތް އީވާ ފެނި ދިނާޔައަށް ރޮވުނެވެ. މަންމަގެ އަޑުޖެހުމުން އީވާއަށް ވެސް އެފަދަ ގޮތެކެވެ. މީގެ ގަޑިއެއް ހާއިރު ކުރިން ދިމާވި އެ ހާދިސާގެ އަސަރު ނުހަނު ބޮޑަށް އީވާއަށް ވަނީ ކޮށްފައެވެ. ދިނާޔާގެ ގައިގާ ބައްދާލައިގެން އެތައް އިރެއް ވަންދެން އީވާ ރޮވުނެވެ. އީވާ ހަމައަކަށް އެޅުމުން  ދިނާޔާއާއި އަޒީޒް ސުވާލްކުރަން ފެށިއެވެ.

އެމީހުންނާއި ތަންކޮޅެއް ދުރުގައި ޒެވިއަލްހުރި އިރު ޝުހާދުވެސް އައިސް ހުއްޓެވެ. އަމިއްލަ އާއިލާއަށް ނުވިއަސް އަޒީޒް، އޭނައާއި މެދު ބަހައްޓާ ގާތްކަން ޝުހާދު ވެސް ބަހައްޓައެވެ.

“ޝުހާދު ބަލާބަލަ ހުރިހާ ކެމެރާއެއްގެ ފޫޓޭޖް އަދި މިހުރިހާ ކަމެއް ވީއިރު ސެކިއުރިޓީއިން ކޮންތާކު ތޯ ތިބީ” އަޒީޒް އެދުމުން ޝުހާދު ލައްބަ އޭ ބުނެ ނުކުމަތެވެ.

“ނޭނގޭކާކު ކަމެއް.. ރޫމް ތެރޭގަ މީހަކު އުޅޭހެން ހީވެގެން ހޭލެވުނީ..މަންމައަށް ވެސް އެނގެއެންނު އީވްގެ ނިދިގަދަކަން..އީވް ބަލާލިއިރު ދޮންތަގެ އަނގަމަތީގަ އަތް އަޅުވާ ބާރުކޮށްގެން އެމީހަކު ހުރީ..އޭރު ދޮންތަ ނޭވާ ނުލެވިގެން ތެޅެނީ.. އީވް ގޮސް އެމީހާގެ ގައިގަ ޖަހަން އުޅެނިކޮން އީވްގެ ގަޔަށް ހަމަލާ ދީފަ ދޮންތަގެ މޫނުގައި އާއި ގައިގެ އެތަން މިތަނުގެ ވަރަށް ގިނައިން ގޮތްމުށުން ތެޅި..ވަޅިވެސް އެޅި.. އީވް އަޑުގަދަކުރަން ފެށީމަ އީވްގެ ގައިގާ ވަޅި އަޅާފަ އޭނާ ދިޔައީ” ގިސްލެވެމުން ދިޔަ އީވާ ކިޔައިދިނެވެ. އޭރު އަޒީޒްގެ މުށްކަވާލި އަތް ގެންގޮސް ފާރަށް ހަމަލާއެއް އަރުވާލިއެވެ. އޭނާގެ މޫނުމަތިން އިންތިހާއަށް ފެންނަނީ ރުޅިވެރިކަމެވެ.

“ހީވަނީ ގެޔަށް ވައްކަމެއް ކުރަން ވައިން މީހެން ހެން…އަހަރެންގެ ދަރިންނާ ކުޅުނު ކޮންމެ މީހަކަށް މީ ކާކު ކަން އަނގާލާނަން..އެއްވެސް ވަރަކަށް މޫނު ފެނުންތަ ދަރިފުޅަށް” އަޒީޒް ތުރުތުރުއަޅަމުން ދިޔައިރު އޭނާގެ ރުޅި އަންދާޒާކުރަންވެސް ދައްޗެވެ. ފެންކަޅިވެފައި އިނދެ އީވާ ދެފަރާތައް ބޯ ހޫރުވާލިއެވެ.

“އަލާ ވެސް ނެރޭނެ ކަންނޭގެ އިރުކޮޅަކުން..ޒެވް މަޑުކޮށްލާ އީވް ކައިރީގަ.. ބައްޕަ އެބައަންނަން އަލާ ކައިރިއަށް ގޮސްފަ” އަޒީޒް ބުނެލުމައިއެކު ހެން ޒެވިއަލް ބޯޖަހައިލިއެވެ.

“ގޯސްވަންޏަ ބުނާތި ޒެވް ކައިރީގަ” އަޒީޒްގެ ފަހަތުން ދިނާޔާވެސް ނުކުތީ އަލާރާގެ ހަބަރެއް ބެލުމަށެވެ. އަވަސް ފަރުވާދޭ ކޮޓަރީގެ ބޭރުގައި ތިބޭތާ އިރުކޮޅެއްފަހުން ނަރުހަކު ނުކުމެ އަލާރާ ހޭ އެރި ހަބަރުދިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޕްރައިވެޓް ކޮޓަރިއަކަށް ލެވޭނެ ވާހަކަ ވެސް ބުނެލިއެވެ.

***

“ނޭނގޭ.. މިކިޔާދިނީ ކަންވީގޮތް..ކެމެރާއިން ތި ފެންނަ މީހާ މި މަގުން ދިޔަ..ޒާތަކަށް ބަލަމުން ދިޔައީ.. އަޅުގަނޑާއި ރަސަލް ވެސް އަޅައެއް ނުލަން އެމީހަކު ގެޔަށް ވަންނަން ނޫޅޭތީ ވެ”‘ސުހާދު ކުރަމުންދިޔަ ސުވާލްތަކަށް ޖަވާބުދެމުން ގޭގެ ދޮރުވާނު މަންނޫން ޖަވާބުދިނެވެ. އޭރު އޭނާގެ ކައިރީގައި އިސްޖެހިފައި ދެން ހުރި ދޮރުވާނު ރަސަލް ވެސް ހުއްޓެވެ.

“ހަމަޖެހޭ..އަހަރެން ހަމައެކަނި މި ބަލާލީ ކަންހިނގާދިޔަ ގޮތް..މިހާރު ޕޮލިހުންވެސް އެ ހަރަކާތްތެރިވަނީ އެމީހަކު ހޯދަން” ދެމީހުންގެ މޫނުމަތިން ފެނިގެންދިޔަ މާޔޫސީ ކުލަވަރުން ހަމަޖެހުމަށް ޝުހާދު ބުނެލިއެވެ. އޭރު ގޭގެ ގޯތި ތެރޭގައި ފުލުހުންނާއި ގޭގެ ސެކިއުރިޓީ މީޙުން ހަރަކާތްތެރި ވަމުންދިޔައެވެ. ގެއަކީ ހުރިހާ ދިމާލެއްގައި ހެން އެތައް ބައިވަރު ކެމެރާއެއް ހަރުކުރެވިފައިވާ ގެއެކެވެ. ކެމެރާއިން ބެލި ބެލުމުން ވައުގަނޑެއްގެ އެހީގައި ވަރަށް ރީތިކޮން ފާރުމަތިން ފުންމާލައިގެން އައިސް ބޮނދަމުން ގެޔަށް ވަންނަތަން ފެނުނެވެ. ނަމަވެސް މުޅި މީހާ ފޮރުވިގެން ހުރުމުމުން ސިފަ ވަކިނުވާނެތާއެވެ.

“މި ވާގަނޑުން އޭނައެރީ..އެދިމާލުގެ ފާރުގެ ކައިރިން ވަޅިއެއް ވެސް ފެނުނު..ހީވަނީ އަވަހަށް ނުކުމެގެން ދުއްވައި ގަންނަން އުޅުނު ވަގުތު އަތުން ދޫވީހެން..” ފުލުސް އޮފިސަރަކާއި ސުވާލު ކޮށްލުމުން އެތަނުން އެކަކު ޖަވާބުދިނެވެ. އެމީހުންގެ ތަހުގީގަށް ފަހު ދިޔުމުން ޝުހާދު ހިނގައިގަތި އެގަސް ކައިރިއަށެވެ. އޭނާގެ ފަހަތުގައި ސެކިއުރިޓީ އޮފިސަރަކުވެސް ހުއްޓެވެ.

“މި ހިތައް އަރަނީ މިހާ މަތިން ކިހިނެތް ބާ އޭ އެހާ ފަސޭހަކޮން އެ ފުންމާލީ..ވަރަށް ޕްރޮފެޝަނަލް މީހަކަށް އެ ވާނީ..”  ޝުހާދު އެ ފާރުގައި އަތްލިއިރު ފާރުވެސް ހުރީ ނުހަނު އޮމާންކޮންނެވެ.

“ތިއީ އަޅުގަނޑުވެސް ހައިރާންވާ ސަބަބު..ފާރުތައް ސާފު ކުރާ މީހުން ވެސް ހަރުގަނޑު ބޭނުންކޮށްގެން ފާރަށް އަރާ ހަދާނީ..އެކަމަކު މި މީހަކު ވާގަނޑު ގަހުގައި އަޅުވާލާފަ އެއަށް އަރައިގެން މިތަނަށް ފުންމާލިއިރު ގައިމު ފަޔަށް ވެސް ހާނިއްކަ ވާނެ” ރަސަލް ވެސް ހުރީ އެމީހެއްގެ ކުޅަދާނަ ކަމެއްގެ ސަބަބުން އަންތަރީސްވެފައެވެ.

“ހޫމްމް..ބަލަމާ ދޯ..ފުހުންގެ ތަހްގީގް ނިމުނީމަ ދެން އެނގޭނީވެސް..ހިނގާ ދަމާ ..މަޑުކޮށްބަލަ ރަސަލް” ރަސަލް އާއި އެކު ހިނގާގައިން ވަގުތު ފާރުގައި އިން އެއްޗެއް ފެނި ޝުހާދުގެ ހިނދުން މަޑުޖެހިލިއެވެ. ޔަގީންނުވެފައި ހުރެ ކައިރިއަށް އައެވެ. “އަޒީޒް ކަލޭ ކިތަންމެ ފޮރުވައިގެން އުޅުނަސް ހުރިހާ ކަމެއް ފަޅާއަރާނެ..އަދި އަންނާނަން” ފާރުގައި ލިޔެފަ އިން ޖުމްލަ ކިޔާލިހިނދު ޝުހާދުގެ ނިތައް ރޫ އަރައިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި  ދެ ފަރާތައް ބޯ ހޫރުވާލިއެވެ.

“ބޮސް ކޯއްޗެއްތަ ފޮރުވައިގެން އުޅެނީ..ބޮސް  ބުނިހެން ވައްކަން ކުރަން ވަދެފަ އެއްޗެއް ނުލިބުނީމަ ރުޅިގަދަވެގެން އުޅޭ މީހަކާއި އެންމެ ވައްތަރީ..” ހިނގަނޑެއް ޖަހާލަމުން ޝުހާދު އެތަނުން ދިޔައެވެ. ދަމުން ރަސަލް ގާތު ފާރު ސާފްކުރަން އެދުނެވެ.

***

“ބޭބެ ދާންވީ އެންނު ގެޔަށް.. އަހަރެން މަޑުކޮށްލާނަން” އަޒީޒްގެ މޫނަށް ނަޒަރެއް ދެމުން ޒެވިއަލް ބުނެލިއެވެ. ޖަހާފަ ހުރި އިންޖެކްޝަން ތަކުގެ ސަބަބުން އަލާރާ ހޭ އަރާނެ ކަމަށް ބުނީ ހަތަރުގަޑިއިރު ފަހުންނެވެ. އައިވީ ހުސްވުމާއި އެކު އީވާ ގެއަށް ދޫކޮށްލުމުން ދިނާޔާ ވީ އޭރު އީވާ ގޮވައިގެން ގެއަށް ގޮސްފައެވެ.

“އެންމެ ރަނގަޅު..އަލާ ހޭ އެރުމުން ބޭބެއަށް ގުޅާތި ލަސްނުކޮށް…މިހާރު މީޑިއާގެ ސަމާލުކަމަށް ވެސް މިކަން އައިސްފި…އަރްކާންވެސް ނެތް ދުވަސްކޮޅަކު މިހެން މި ވީ ވެސް..ޝަވަންއަށް ގުޅާކަށް ބޭބެ ބޭނުމެއްނޫން..ޒެވް ވަރަށް ރަނގަޅަށް އަލާއަށް ބަލައްޗޭ..ދައްތަ ވެސް އީވް ހަމައަކަށް އެޅުނީމަ އަންނާނެ” އަލަރާގެ ބޮލުގައި ފިރުމާލަމުން އަޒީޒް ބުނެލިއެވެ. ޒެވިއަލް ބޯ ޖަހައިލުމުން އަޒީޒް ނުކުންނަން ދިޔަ ވަގުތުވީ ޝަވަން ވެސް އެތެރެއަށް ވައިން ވަގުތެވެ. އޭނާ ފެނި ޒެވިއަލް އަލާރާގެ އެނދާ ދުރުގައި މަޑުކޮށްލިއެވެ.

ޝަވަން ގޮވާލުމުން ވެސް އިވޭކަމަށް ވެސް ހަދާނުލާ އަޒީޒް ދިޔުމުން ޝަވަން ހުރީ ފާޑަކަށް ރަކިވެފައެވެ. އެކަން ނުދައްކަން ވެގެން ކަރުކެހިލަމުން އައިސް އޭނާގެ އަތުގައި ފިނިފެންމާ ބޮނޑިއެއް އަލަރާގެ އެނދާއި ޖެހިގެން ހުރި ކަބަޑު މައްޗަށް ފަރުވާ ކުޑަގޮތަކަށް އެއްލާލިއެވެ.

“ތިއީތަ އަލާރާގެ ބޮޑީގާޑް” އެނދާއި މަގަތައްވާހެން ހުރި ގޮނޑީގައި އިށީންނަމުން ޝަވަން އަހައިލީ ޒެވިއަލްއާއި ދިމާ ބަލާލަމުންނެވެ.ޒެވިއަލް އެއްޗެކޭ ނުބުނެ ހަމައެކަނި ބޯ ޖަހައިލިއެވެ.

“އަލާރާގެ ބެސްޓްފްރެންޑް އައިތަ” ޝަވަން ދެވަނަ ސުވާލް ކޮށްލިއެވެ. ޒެވިއަލް މިފަހަރުވެސް ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އެންމެ ކުޑަމިނުން އެ ކާކުކަމެއް ވެސް ޒެވިއަލްއަކަށް ނޭނގެއެވެ. އޭގެ އިރުކޮޅެއް ފަހުން އިތުރު މީހަކު ދޮރު ހުޅުވާލާފައި ވައިން އަޑަށް ޒެވިއަލް ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ފެނި ޒެވިއަލްއަށް އެ ކާކުކަން އެނގުނެވެ. ވަގުތުން ނިތައް ރޫ އަރައިގެން ދިޔައެވެ.

“ޒެވިއަލް” ޒެވިއަލް ފެނުމުން ސޯފިއާ ޒާތައް ހީލިއެވެ. އޭނާ އެތަނުން ފެނުމުން ހައިރާންވި ޒެވިއަލް އަހާކަށް ގަސްދެއް ނުކުރިއެވެ. ލުއި ހިނިތުންވުމަކުން ފުއްދާލިއެވެ. އެވަރުން ވެސް ކަޅިޖަހާނުލާ ސޯފިއާ މާ ވަރަކަށް ބަލަމުން ދިޔަގޮތުން ޒެވިއަލް ރުޅިއަންނަގޮތްވިއެވެ. ނަމަވެސް އެއީ ކަޔާން ކޮއްކޮކަން ހަނދުމަކޮށްލައިގެން ހުރެ ކެތްތެރިވެލިއެވެ.

“ބޭރަށް ނުކުންނަން ވީނު.. އަހަރެން ބޭނުންވޭ ވާން އުޅޭ އަނބިމީހާއާއި އެކު ވަގުތު ކޮޅެއް ހޭދަ ކުރަން” ޝަވަންގެ އަޑު އިވުމުން ބޯޖަހައިލަމުން ޒެވިއަލް ނުކުތެވެ. ދަމުން އަލާރާއާއި ދިމާ ބަލައިލި ހިނދު އަލާރާ ލޯ ތަޅުވާލިހެން ހީވެގެން މަޑުކޮށްލިއެވެ.

“އަޑެއް ނީވޭތަ…ބްރޯ މަ ބުނެފީމެންނު ދާށޭ” ރުންކުރުކަމާއި އެކު ދެވަނަ ފަހަރަށް ޝަވަން ބުނުމުން އިތުރަށް މަޑުނުކޮށް ޒެވިއަލް ބޭރަށް ނުކުތެވެ. އެފްލޯގައި ހުރި ވެންޑިންގް މެޝިންއަކުން އެކްސް އެލް ދަޅެއް ހިފައިގެން، ކޮޓަރީގެ ބޭރުގައި ޖަހާފައި ހުރި ސޯފާގޮނޑިތަކުން ސޯފާއެއްގައި ޒެވިއަލް އިށީންނެވެ. އެހެން އިންދައި އޭނާގެ ވިސްނުން ދަތުރުކުރީ ޝަވަންއާއި ދިމާލަށެވެ. އޭނާގެ ހިތުގައި ޝަވަންއާއި މެދު ޝައްކެއް ހިނގާލައިފިއެވެ. ފުރަތަމަ މާބޮނޑި މޭޒުމައްޗަށް ޖެހި ހިސާބުންނެވެ. ދެވަނަ އަލާރާގެ އެންމެ ގާތް ރަހްމަތްތެރިއާ އައި ހެއްޔޭ އެހި ހިސާބުންނެވެ. މީހަކު ނުބުނެ ދިން ކަމުގައި ވިއަސް ސޯފިއާއަކީ އަލާރާގެ ގާތް މީހެއްކަން ޒެވިއަލް އަށް އެނގުނެވެ. ތަންކޮޅެއް ކުރިން އެއްދުވަހަކު ކޮންމެވެސް  ސޯފިއާއެއް އަލާރާ ހޯދަން އައި ވާހަކަ އޭނާ ވެސް ހުއްޓާ އަޒީޒްގާތު ދިނާޔާ ބުނި އަޑު ވަނީ އިވިފައެވެ.

“ވާން އުޅޭ އަނބިމީހާއާއި އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަންށޭ ބުނި އިރުވެސް ކައިރީގަ ސޯފިއާ އެބަހުރި.. އެދެމީހުން އަލާއަށް ނޭނގި ގަނޑެއް ގަންނަނީބަ…ހާހް..ކަޔާންގެ ކައިރީގަ އަހާލަންވީ ކަންނޭގެ ސޯފިއާ މި ކިހިނެތް އުޅޭ މީހެއްތޯ..މަ ފެންނަ އިރުވެސް އެހެރަ ބަލާގޮތެއް..ބެލުން ތިރި ކުރަން ޖެހެނީ ހަމައެކަނި ފިރިހެނުންގެ ބާއޭ މަހިތައް އަރާ” ޒެވިއަލް އަނގަޔަށް ވައްތަރެއް ޖައްސައިގެން އިނދެ ފޯނުނަގައި ކަޔާންއަށް ގުޅާލިއެވެ.

ކަޔާން ފޯނު ނިއްވާލާފައި އޮތް ވާހަކަ ކިޔުމުން ރީއްޗަށް ސޯފާގައި ލެގިލައިގެން ދަޅުބޯލަ ބޯލައިނެވެ. އެހެން އިން އިރުވެސް ކުރިމަތީގައި ކޮޓަރިއަށް އޭނާގެ ފުރިހަމަ ސަމާލުކަން ދިގެން އިނެވެ. ޝަވަން އާއި ސޯފިއާ ނުކުމަތީ ބައިގަޑިއިރު ފަހުންނެވެ. އެވެސް އަލާރާގެ އެގްޒާމިންއަށް ޑޮކްޓަރުންނާއި ނަރުހުން އެކޮޓަރިއަށް އައުމުންނެވެ.  ސޯފިއާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ނުކުމައިން އިރު ޝަވަން ވެސް އޭނާ ފަހަތުން ހަލުވި ފިޔަވަޅުތަކެއްގައި ދިޔައެވެ. އެކަމުން ނަގަންވީ މާނައެއް ނޭނގިފައި، ދެމީހުން ފަސްދީފައި ދިޔައިރުވެސް ޒެވިއަލްއަށް ބަލަން ހުރެވުނެވެ. ދެފަރާތައް ބޯ ހޫރުވާލުމަށްފަހު ޒެވިއަލް ގޮސް ވައިން އިރު އަލާރާ ދެލޯ ހުޅުވާލައިގެން އޮތްތަން ފެނި ފިޔަވަޅުތައް އަވަސްވިއެވެ.

“އިޒް ޝީ އޯކޭ..” ޒެވިއަލް އެތެރެއަށް ވަދެގެން އަންނަމުން އަލާރާގެ މޫނަށް ބަލައިލެވުން ހިނދު ދެލޮލުގެ ކައިރިފަށުން ތިރިއަށް ފޭދުނު ކަރުނަތިކި ފެނުނެވެ. ނަމަވެސް ޒެވިއަލްގެ އަޑުޖެހުމުން ކަރުނަތިކި ފުހެލިއެވެ.

“ޝީ އިޒް ޕާފެކްޓްލީ ފައިން..ދެން ތިބޭފުޅުންގެ ގާތުގަ ކުރިން ބުނެލިހެން ވޫންޑްސްތައް ޑީޕް ވީމަ ހީލް ވާން ވަގުތު ބޭނުންވާނެ..މިހާރު ކާ އެއްޗެއް ދިނަސް މައްސަލައެއްނެތް..ކުރިން މިކޮޅުން ބުނެލި ދޯ ހެނދުނު އިންނާނެ ވާހަކަ ސީޓީ ސްކޭންއެއް..އެހެންވީމަ ޓޭކް ގުޑް ކެއާރ އޮފް ހާރ އިނގޭ..އެންޑް ނައު ލެޓް ޙާރ ރެސްޓް” ޑޮކްޓަރުގެ ވާހަކައަށް ނުކުމެގެން ދިޔުމުން ޒެވިއަލް ޖޫސް ތައްޓަކާއި ސޭންޑްވިޗް އެއް ނަގައިގެން އަލާރާގެ ގާތައް ޖެހިލިއެވެ.

“އެއްޗެއް ކާލަމާ” އަލާރާގެ ބޯ ދަށައް އުސްކޮށްލުމަށްޓަކައި ޒެވިއަލް އުޅުނީ އަލާރާއަށް އެހީވުމަށެވެ. ނަމަވެސް ޒެވިއަލްއަށް ސިހުމެއް ލިބުނީ އޭނާގެ ގައިގާ އަލާރާ ބައްދާލުމުންނެވެ. ވަގުތުން ޒެވިއަލްގެ ހަރަކާތް ތައް ހުއްޓުނެވެ. އަވަސްވަމުން ދިޔަ ހިތްހަމަ ހަމައަކަށް އަޅުވާލަމުން އަލާރާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލީ އޭނާގެ މޭމަތި ތެމޭހެން ހީވުމުންނެވެ. އޭރު ހުއްޓުމެއްނެތި އަލާރާގެ ދެލޮލުން އޮހެމުންދިޔަ ކަރުނުތައް ފެނި ޒެވިއަލްއަށް އުނދަގުވިއެވެ.

“އިޓްސް އޯކޭ..އިޓްސްއޯކޭ” ޒެވިއަލް ދުރުކޮށްލި ނަމަވެސް ދެވަނަ ފަހަރަށް ޒެވިއަލްގެ ގައިގާ އަލާރާ ބައްދާލުމުން މިފަހަރު ދުރުކޮށްލާކަށް ނުކެރުނެވެ. އޭނާގެ އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވާލަމުން ފުންނޭވާއެއް ލިއެވެ. އުމުރުން ވީ ފަންސަވީސް އަހަރުތެރޭގައި ދުވަހަކުވެސް މިވަރަށް ވެސް އަންހެންކުއްޖަކާ ކައިރިވެފައެއް ނުވެއެވެ.

“އަމް ސޮރީ” އިރުގަނޑެއް ފަހުން ހަމައަކަށް އެޅުމުން އަލާރާ، ޒެވިއަލްގެ ގައިން ދޫކޮށްލިއެވެ. އިސްދޮށައް ޖަހައިލައިގެން އިން އިރު ވެސް އޭނާގެ ކޯތާފަތްމަތިން ފެންތިކިތަކުން ވިދައެވެ.

ޒެވިއަލް ޓިޝޫއަކުން އަލާރާގެ މޫނު ފުހެލަ ދިން އިރު ވެސް ކަޅި ޖަހާ ނުލާ އެ މޫނަށް ބެލުނެވެ. މޫނުގެ އެކި ހިސާބުތަކުގައި މަލަން ކޮޅުތައް ތަތްކޮށްފައި ވާއިރު އެ ހިސާބުތައް ވަނީ ރަތްވެފައެވެ. ކަރާއި މެޔާއި ދެއަތުގައި އަޅާފައިވާ ބެންޑޭޖްތައް  ވެސް އެހާގިނައެވެ. އަލާރާގެ އެ ހާލަތުގެ ސަބަބުން ޒެވިއަލްގެ މެޔަށް ހީވީ މީހަކު އެއްޗެއް ހަރާހެންނެވެ. އެހާ ވެސް އުނދަގޫވެއެވެ.

“ޒެވް..ކެން ޔޫ ބީ މައި ބެސްޓްފްރެންޑް” ، ”ޔާހް ޝުއާރ..އިންޝާﷲ”އަލާރާގެ ކުރެހިފައިވާ އަޑުން ބުނެލި ޖުމްލައަށް ރައްދުދިން އިރު ޒެވިއަލްގެ ހިތުގައި އުފާވެރި ރާގެއް ކުޅެލިއެވެ.

“ބައްޕަ އާއި މަންމައަށް ވެސް މަޑުނުކޮށްލެވުނު ދޯ..އީވް ކިހިނެތް” ޝަކުވާގެ އަޑަކުން ބުނެލި ނަމަވެސް އެ އަޑުގައިވާ ހިތާމަވެރި ޝުއޫރެއް ޒެވިއަލްއަކަށް ނޯޅެއެވެ.
“އަހަރެން ބުނީ ބައްޕަ ކައިރީ ދާށޭ..އަސްލު ހޭ އަރާނެ ކަމަށް ބުނި ގަޑީގެ ކުރިން އަލާ ހޭ އެރީ..އީވް ވެސް ވަރަށް ސަކަރާތްކޮން އުޅުނީ..އައިވީ ހުސްވެގެން ގެއަށް ފޮނުވާލީމަ މަންމަ ދިޔައި އީވްގޮވައިގެން…މަންމަ އަންނަން ވެގެން ގުޅީމަ މިބުނީ މަޑުކޮށްލަން ” ޒެވިއަލް ކިޔައިދިނެވެ.

“ޒެވް..އެކްސްޕްލެއިން ނުކޮށްދިނަސް އޯކޭ ވާނެ…އައި އަންޑަސްޓޭންޑް..ޑޮކް އާއި ވާހަކަ ދައްކުވާފަ ގެޔަށް ބަދަލްކުރާ ގޮތައް ބުނެދީބަ.. މަންމައަށް ވެސް ދެމީހުންގެ ކައިރިއަށް އަންނަން ވީމަ އުނދަގުވާނެ”

“އަހަރެން މިހުރީނު..ގެޔަށް ދިޔައީމަ ރަނގަޅަށް ޓްރީޓްމެންޓް ނުދެވޭނެ” ޒެވިއަލް ބެލީ އަލާރާއަށް ވިސްނައިދެވޭތޯއެވެ. އެންމެ ފަހުން  އަލާރާ ބޯ ޖަހައިލިއެވެ. އަލާރާ ހަމަޖެހިފައި އިނުމުން ޝަވަންގެ ވާހަކަ އަހަން އުޅެފަވެސް ޒެވިއަލް އެ ހިޔާލް ދޫކޮށްލިއެވެ. އޭނާ ދިޔަ ވަގުތު އެ ކޮޓަރި ތެރޭގައި ކަމެއް ނުހިނގާނަމަ އަލާރާ އެގޮތައް ނުރޯނެކަން ޒެވިއަލްއަށް އެނގެއެވެ. އެވާހަކަ ރަނގަޅު ވަގުތަކުން އަހާލަން ޒެވިއަލް ބެހެއްޓިއެވެ.

 

***

އައިސްފައި ހުރި ގަދަ ރުޅި ކޮންޓްރޯލް ނުވެގެން އަރްކާން އަތް މުށްކަވާފައި ފާރުގައިޖެހިއެވެ. އޭރު އަތުން ތަންގަނޑެއް ހަލާކުވެގެން ލޭތައް އޮހެމުން ދިޔައިރު އަރްކާންގެ ސަމާލުކަން އެއިންކަމަކަށް ހުއްޓޭވަރަށް ވުރެން ފޯނުން އަޒީޒް ކިޔައިދެމުން ދިޔަ ވާހަކަތަކުން އައިސްފައި ހުރި ރުޅި ވަނީ އިންތިހާއަށް ގަދަވެފައެވެ. އަލާރާއާއި އީވާގެ ހާލަތު އަޒީޒް ބުނެދިންދިން ހެން އަރްކާންގެ ލޭ ދިޔައީ ކެކެމުންނެވެ.

އަރްކާން އުޅެމުން ދިޔަ ގޮތް ބަލަން ހުރި ބެލްކޮނީގައި ހުރި ލިއާނާ ހުރީ ނުތަނަވަސްވެފައެވެ. އެކޮޅުން ގުޅި މީހަކު ގުޅާފައި ދެއްކި ވާހަކައެއް ނޭނގުނު ނަމަވެސް އަރްކާންއަށް އައި ބަދަލުން ބޮޑުކަމެއް ވެއްޖެކަން އޭނާއަށް ވެސް އެނގެއެވެ. އެމީހުންގެ އޮތް ފުރަތަމަ ބައްދަލްވުން މީގެ އިރުކޮޅެއް ކުރިން ނިންމާފައި އައި އިރުވެސް އަރްކާންގެ މޫޑް ހުރީ ރަނގަޅަށެވެ. ލިއާނާ ބަލަން ހުރެފައި، އަރްކާން ފޯނު ބޭއްވުމަށްފަހު ސޯފާ މައްޗަށް ޖެހިގައިންތަން ފެނި ކޮޓަރިން ބޭރަށް ނުކުތެވެ. ކޮޓަރި ބޭރުގައި ހުރެފައި ރޫމް ސާވިސްއަށް ގުޅާލުމަށްފަހު އޭނާގެ ބޭނުން އަންގާލިއެވެ. މާގިނަ އިރެއް ނުވަނީސް ހައުސްކީޕިންގް މީހަކު އައިސް އޭނާގެ އަތައް ކުޑަވަރެއްގެ ފަސްޓް އެއިޑް ބޮކްސްއެއް ދިނެވެ.

“މޭމް..އާރ ޔޫ އޯކޭ” އޭނާ އަހައިލުމުން ލިއާނާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަލުން އަނބުރާ ކޮޓަރިއަށް ވައިން އިރު އަރްކާން އިނީ ސޯފާގައި އިށީންދެގެންނެވެ. ގަމީހުގެ ދެތިން ގޮތް ނައްޓުވާފައި އިނުމުން ފެންވަރަންދާން ތައްޔާރުވަނީކަން އެނގެއެވެ. ލިއާނާ ބަލަން ހުރެފައި އައިސް ހުއްޓިލީ އަރްކާންގެ ކުރިމަތީގައެވެ. އެވަގުތު އަރްކާން އިސްއުފުލާ ބަލައިލިގޮތުން ލިއާނާގެ ހިތް ތެޅިލިއެވެ. ނަމަވެސް ދެފަރާތައް ބޯ ހޫރުވާލަމުން އަރްކާންއަށް ދިއްކޮށްލީ އޭނާ ގެނައި ފަސްޓް އެއިޑް ބޮކްސްއެވެ. އޭގައި ނުހިފާ އަރްކާން އިސްޖަހައިލި ތަންފެނި ލިއާނާއަށް ދަތްވިކައި ގަނެވުނެވެ.

”އަހަރެންދެކެ ރުޅި އަޔަސް މީގަ ހިފާބަލަ.. އަތުން ލޭ އަންނަ ތަން ފެނުނީމަ މި ހިފައިގެން މިއައީ…މާދަމާ ކޮންސްޓްރަކްޝަން ސައިޓްއަށް ދިޔައީމަ މީހުންގެ ސުވާލްތައް އަމާޒުވާން ބޭނުން ނުވާނަމަ މީގަ ހިފާފަ ބޭސްއަޅާލަ” އަދިވެސް އޭގައި ނުހިފައި އިނުމުން އަރްކާންއަށް ނުފެންނާނެ ހެން ލިއާނާ ވައްތަރެއް ޖައްސާލިއެވެ.

“ތޭންކްސް”  އެއިންގޮތައް އިނދެފައިން އަރްކާން ބުނެލިއެވެ. އޭނާގެ އަޑު އިވުމުން ލިއާނާގެ ގައިން ހީބިހި ހަލުވާލިއެވެ. ފަސްއަހަރަށް ފަހު ފުރަތަމަ ފަހަރަށް  އެހާ ރީއްޗަށް އޭނައާއި އަރްކާން އަނގައިން އެބުނީ އަލަށެވެ. ލިއާނާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު ޒާތެއްގެ ފިނިކަމެއް މެޔަށް އިހްސާސްވިފަދައެވެ.

”ވަޓް ޑިޑް ޔޫ ސޭ”

“ނެވާރ މައިންޑް..ބުނާ އެއްޗިހި ދެވަނަ ފަހަރަށް ތަކުރާރް ކުރުމަކީ އަހަރެން ނުކުރާނެ ކަމެއް” ލިއާނާއަށް ވެފައި ހުރިގޮތުން އެހާ ރުޅިގަދަވެފަ އިން ވަގުތެއްގައި ވެސް އަރްކާންއަށް މަޖާވިއެވެ. އެކަމަކު ލިއާނާ ބަލައިލަން ވާއިރަށް އާދައިގެ މަތިން ހުންނަ ކުލަވަރަށް ރުޖޫއަވިއެވެ. ލިއާނާ ލޯ އަޅާލިތަން ފެނި އަރްކާން އަޅާނުލާ އިނެވެ.

އަރްކާން ސޯފާގައި އިނުމުން ލިއާނާ ގޮސް އެނދުގައި ޖައްސާލީ ވަރުބަލި ފިލުވާލުމުގެ ބޭނުމުގައެވެ. އެހެން އޮއްވާ ފޯނު ވައިބްރޭޓް ވި އަޑު އިވި ބަލައިލިއިރު އައިސްފައިވާ މެސެޖް އެއް ފެނި ލިއާނާގެ ތުނި ތުންފަތައް ވެރިވީ ލޯބިވެތި ހިނިތުންވުމެކެވެ. “އޯކޭ.. މިނުކުންނަނީ” މެސެޖަށް ޖަވާބު ފޮނުވާލުމަށްފަހު ލިއާނާ އެނދުން ތެދުވެ ކުޑަގޮތަކަށް ތައްޔާރުވިއެވެ. މޫނު ރީތިކޮށްލުމަށްފަހު ސެންޓު ޖަހައިލަމުން ފޯނާއި އަތް ދަބަސް ހިފައިގެން ކޮޓަރިން ނުކުންނަން ދިޔައެވެ.

“ކޮންތާކަށް” އަރްކާން އަހާލުމުން ލިއާނާ ފަހަތައް އެނބުރިލަމުން ބޭރަށް ދާ ވާހަކަ ބުނެލިއެވެ.

“އައި ކެން ސީ ދެޓް..ކާކާއި އެއްކޮން ތި ދަނީ..ސްޕެއިންގަ ލިއާނާ އާއި ޒެވިއަލްގެ ގާތް މީހަކު ހުންނަކަމެއް އެނގިފައެއް ނެތް..އަނެއްކާ އަހަރެންގެ ބެލުމުގެ ދަށުން ގެނައި މީހަކު އުޅޭ ނޫޅޭ ގޮތް އަހަންނަށް އެނގެން ވާނެ..ލިއާނާއަށް ކަމެއް ވެއްޖެއްޔާ ޒެވިއަލް އަންނާނީ އަހަންނާ ދިމާލަށް” އަރްކާން އިނތަނުން ތެދުވެ ބުނެލި އިރު ހީވީ ލިއާނާ ބޭރަށް ދާތީ ހިތްހަމަ ނުޖެހިފައި ވާހެންނެވެ. ލިއާނާގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ.

“އަހަންނަށް ވަރަށް ރަނގަޅު ދޮންބެ ނަން ތި އަނގައިން ބޭރު ނުކުރިއްޔާ..ފާޑެއްގެ ރުޅި އެއް އަންނަނީ… އަޒީޒްބޭ ގާތުގަ ބުނިން މިއަދު ދެން އެއްވެސް ކަމެއް ނެތީމަ މިކޮޅުގަ ހުރި ރައްޓެއްސަކާއި އެއްކޮން ޕްލޭން އެއް ހެދިޔަސް އޯކޭހޭ އޭ..ހުއްދަ ދީފަ އޮތީ..ޔޫ ކޭން އާސްކް ހިމް..” އަރްކާންގެ އަނގައިން ޒެވިއަލްގެ ނަން ބޭރުކުރާ ކޮންމެ ފަހަރަކު ލިއާނާގެ ލޭ ކެކި ގަނެއެވެ. ބޮލަށް އުނދުވެއެވެ. އިތުރަށް މަޑު ނުކޮށް ލިއާނާ ހިނގާގައިން ހިނދު ހުއްޓުން އެރީ އަރްކާން އޭނާގެ އަތައް ދަމާލާފައި ދެން ކޮށްލިކަމަކުންނެވެ.

****

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ބޭވަފާތެރިޔަކީމޭ 6

Next

ހަނގާކުރުން

Next
December 5, 2024

ހަނގާކުރުން

Previews
December 4, 2024

ބޭވަފާތެރިޔަކީމޭ 6

8 Comments!

  1. izzie says:
    December 4, 2024 at 1:35 pm

    I don’t usually comment on storiess. But i just wanted to say some thingsss. Aaaaaghh. Can’t even wait for the next part! Its so goodddd Absolutely love this story. Your stories are always amazing. my fav story I’ve read from esfiya is themi vaareyga veemey. And i hope this is gonna be just as amazing. Love it so far!!!

  2. gurrrrl says:
    December 4, 2024 at 2:52 pm

    arrrg alaa ah hn hedhii kaakuba huvaa vrhh foohi vehje emeeha dheke n shavan too zev is hama ehme perfect vrh curious alhe when next part cant wait for next n liaa n arkaaan gulhuvahche vrh interesting keep it up
    lots of love from gurrrrl

  3. Yuma says:
    December 4, 2024 at 3:00 pm

    Belun thiri kuran jeheny hama ekani firihenunge tha?”
    When zev said 😂🤣🤣🤣🤣eha serious vefa indhaves hama hevub😂🤣🤣😂😂
    Vvv reerthi
    Lia r arkan may kiss dw🤪🤪🤣😅😅😅
    Cant even imajine after that lia ah vaane goi🤣🤣🤣
    Vvvvv reethi igeyy
    My fav as aways cant wait for the next

  4. Eviee says:
    December 4, 2024 at 6:45 pm

    I think shuhaadh is kudk sus

    1. Laisha says:
      December 4, 2024 at 7:10 pm

      I don’t think so
      Shuhaadhu hurey careless gotheh
      Ehnve kanneyge ehn ignore kohlii

  5. Twinyy says:
    December 4, 2024 at 8:21 pm

    Alheyy maasha allah mibai vx vrhh vrhhh reeethi ❤️ arkaan keeh ekury anehka liaaa ah 😂 can’t wait for the next part

  6. Ava says:
    December 4, 2024 at 11:01 pm

    Deym gurll so romantic between lia and arkan, I hope they kiss😆… I’m pretty sure Sofia and Shavan has a beef, they must have said or done something while she was awake or why else would ala cry like that.. Yeah I also think shuhaadh was a bit careless he should’ve told azeez about that wall thingy right..can’t wait to see the butt and back couple 😆

  7. cutie girl says:
    December 5, 2024 at 8:12 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    arkaan keehbaa e kuree lia ah
    zev and alaa guhuvahey
    lia and arkaan ves
    kayaan and eava ves
    they all are mae for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 12←


All Right Reserved!