”އަލާ..އަމް ސޮރީ ނާދެވުނީމަ..އުޅެން ޖެހުނު ގޮތުން އާދެވޭ ގޮތް ނުވީ..އައި ޕްރޮމިސް ދެންއެހެން ނުވާނެ ކަމަށް..އަރްކާން ދެކެ ހިތްހަމަ ނުޖެހިފައި ހުރީމަ އެގޮތައް އެ ވާޙަކަ ދެއްކުނީ..އައި ސްޓިލް ލަވް ޔޫ..އައި ރިއަލީ ޑޫ..ވިލް ޔޫ މެރީ މީ” ޖީބުން ނެގި މަހުމާ ފޮށިގައި ވާ ހުދުރަނުގެ އަނގޮޓި އަލާރާގެ އަތުގެ ތެރެއަށް ލަމުން ޝަވަން އަހާލިއެވެ.
***
“އަލާ ސޭ ސަމްތިންގް” އަލާރާ އަނގައިން ނުބުނެ ގިނަ އިރުވާން ފެށުމުން ޝަވަން، އަލާރާގެ އަތައް ފިތާލިއެވެ.
އަލާރާ މަޑުމަޑުން ޝަވަންގެ އަތުގެ ތެރެއިން އޭނާގެ އަތް މިނިވަން ކުރިއެވެ. އެއަމަލުން ޝަވަންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
“ދަރިފުޅާ ޖަވާބެއް ދޭން ވީނު..ޝަވަން ކަހަލަ ބިޒީ މީހުންނަށް ދަރިފުޅަށް ދެވޭ ވަގުތު ކުޑަވާނެ” އަޒީޒް ފުރަތަމަ ފަހަރަށް ވާހަކަ ދެއްކިއެވެ. ދިނާޔާ ވަގުތުން އަޒީޒްގެ މޫނަށް ބަލައިލަމުން ދެފަރާތައް ބޯ ހޫރުވާލިއެވެ.
“އަހަރެންގެ އެބެއް ޝަރުތެއް..އެކަމަށް އެއްބަސް ވާނަމަ އަހަންނަށް އެއްބަސް ވެވޭނީ” އަލާރާ އެއިންގޮތައް އިނދެ ބުނެލިއެވެ. ޝަވަންގެ މޫނުމަތިން ފޫހިކަން ވެރިވިނަމަވެސް ދެވަނަ ސިކުންތު އެމޫނަށް ޝައުގުވެރިކަމުގެ އަސަރުތައް ވެރިކޮށްލީ ކުޅަދާނަކަމާއި އެކުއެވެ. އަވަހަށް ބުނާށޭ ބުނެލި އިރު އަނެއްކާ ވެސް ޝަވަން ހިފައިލީ އަލާރާގެ އަތުގައިއެވެ. މިފަހަރުވެސް އަލާރާ އަމިއްލަ އަތް ޝަވަންގެ އަތުގެ ތެރެއިން މިނިވަންކުރިއެވެ.
“ޝަވަން ހެން އަހަންނަކީ ވައުދު އުވާލާނެ މީހެއް ނޫން… ޝަވަންގެ އެހީ އަހަރެން އެންމެ ބޭނުންވި ދުވަހު ޝަވަން ދިޔައީ ދުރަށް..ސަލާމަތުން ހުރި އިރު އަހަންނަށް ދިން ލޯބި ވެސް އެއީ ހުސް ދަޅަ އެހެންނު.. އެހެންވެތާ އެދުވަހުގެ ފަހުން އަހަރެންގެ ކުރިމައްޗަށް އަލަށް ވިއްޔަ ތި އާދެވުނީ.. ކިތަންމެ ލޯބިވާ މީހަކަށް ވިއަސް އަހަންނަށް ވަރަށް އުނދޫ މިހާރު އިތުބާރުކުރަން..ޝަވަން ހެދި ހުރިހާ ގޮތެއް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަހަރެން ނުކިޔާދިނަސް ޝަވަން އަށް އެނގޭނެ އަމިއްލަ މީހާއަށް ކަންތައް ކުރެވުނު ގޮތް… ޝަވަން..އަހަރެން މި ދުނިޔޭން ވެސް އެންމެ ލޯބިވާ މީހުން މިތިބީ މިތާގަ..އަހަރެންގެ އާއިލާ..އެންމެންގެ ހާޒިރުގަ މިބުނަނީ.. އެއްއަހަރު..އަހަރެން ބޭނުން އެއް އަހަރު ކައިވެންޏާއި ހަމައަށް ދާން…މި މުއްދަތުގެ ތެރޭގަ އަހަންނަށް ކުރީގެ ޝަވަން ފެނިއްޖެ ނަމަ އަދި އަހަރެން ކުރިން ޝަވަން އަށް ކުރި އިތުބާރު އޭގެ އެންމެ ފުރިހަމަ ގޮތުގަ ކުރެވި އެއަށްފަހު އަހަރެންގެ އާއިލާގެ އެ ތިބަ ހުރިހާ މެމްބަރުންގެ ފުރިހަމަ ރުހުން ލިބުނީމަ އަހަރެން މި ކައިވެނި ކުރާނަން.. ލޯތްބަށް ކަނުވެގެން މީހަކާ އިންނަ ވަރަށް ވުރެން އަހަރެން އެޑިއުކޭޓްޑް… އަދި އެއްވާހަކަ.. އަހަރެން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގަ މި ނިންމުން ބާތިލް ކުރެވޭނެ އަދި ޝަވަންގެ ފަރާތުން އެއްވެސް ކުރިއެރުމެއް ނުފެންނަންޏާ ޝަވަން އާއި ދުރުވުމުގެ ފުރިހަމަ އިޙްތިޔާރު އަހަންނަށް ލިބިގެންވޭ..” އަލާރާގެ ޝަރުތު އަހާފައި މުޅިތަން ހަމަހިމޭން ވެގެން ދިޔައެވެ.
ރުޅިންގޮސް ޝަވަންގެ މުޅި މޫނަށް ވަނީ ރަތް ކުލަ ވެރިވެފައެވެ.ރަނގަޅަށް ބަލާލައިފި ނަމަ އޭނާގެ މޫނުމަތީގައި ވީ ފޫހިކަން ވެސް ފެންނާނޭ ކަން ގައިމެވެ. އެހެން އެކަކަށް ވެސް ފަހުމް ނުވާހާއަވަހަށް ގަދަކަމުން ހީލިއެވެ.
ދުރުގައި ހުރިއިރު ޒެވިއަލްގެ ހިތައް ގޮތެއް ވެގެން ދިޔައެވެ. ނަމަވެސް އަވަސްއަވަހަށް ދެފަރާތައް ބޯހަލުވާލީ އެ ނުތަނަވަސްކަން ފިލުވާލުވުމުގެ ބޭނުމުގައެވެ. އޭނާގެ ހުރިހާ ވެސް ސަމާލުކަމެއް ދީފައި ހުރީ ޝަވަންގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލްތަކަށެވެ. ޝަވަންގެ މޫނަށް ވެރިވެގެން ދިޔަ ކޮންމެ ކުލައެއް ޒެވިއަލްގެ ހިތްދިޔައީ ހައިރާން ކުރުވަމުންނެވެ. އެވަގުތު ފުރަތަމަ ފަހަރަށް ޒެވިއަލްގެ ހިތުގައި ޝަވަންއާއި މެދު ޒާތެއްގެ ޝައްކެއް އުފެދުނެވެ.
“ދަ..ދަރިފުޅާ..ހާދަ ބޮޑު ޝަރުތެއް..އެއް އަހަރު އެއީ މާ ދިގު މުއްދަތެއް ނޫންތަ” ގަބޫލް ކުރަން ދަތިވެގެން ނަސްރާއަށް އެހުނެވެ. އޭނާއަށް ބަލައިލެވުނީ ޝަވަންއާއިދިމާލަށެވެ. އޭރުވެސް އޭނާއިން ގޮތައް އިނެވެ.
“ޝަވަން ކަންތައް ކުރި ގޮތާއި ބަލާފަ އަލާ އެވީ ވަރަށް ބޮޑު އިހްސާންތެރިކަމެއް..އަހަރެން މީ ވަލީ ދޭން ހުރި މީހާ..އަހަންނަކަށް އަދި ނެތް ވަލީ ދެވޭކަށް..މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން” އަޒީޒްގެ ޖުމްލަ އިއްވާލުމަށް ފަހު އޭނާ އެތަނުގައި މަޑުނުކޮށް ދިޔައެވެ. އޭނާގެ ފަހަތުން އަރްކާން އާއި އީވާ ވެސް ދިޔައެވެ.
“އަލާގެ ތި ޝަރުތާއި އަހަރެން ގަބޫލް..އަލާއަށް މިއަދަށް ފަހު ފެނިގެން ދާނީ މުޅިން އެހެން ޝަވަން އެއް.” އެއިން ގޮތައް އިނދެ ޝަވަން ޖަވާބުދިނެވެ. އެ ޖަވާބުން އަލާރާ ހައިރާން ކޮށްލިއެވެ. ނަމަވެސް ޝަވަންގެ ކުރިމަތީގައި އަސަރެއް ނުދައްކާ އޭނާ އިނެވެ.އަލާރާ ހީކޮށްގެން ހުރީ އޭނާގެ ޝަރުތު އަހާފައި ޝަވަން އެކަމާއި ނުރުހިގެން ދާނީކަމަށެވެ.
އިރުކޮޅަކު މަޑުކޮށްލާފައި ނަސްރާއި އެކު ޝަވަން ނިކުމެގެން ދިޔައެވެ.
“ދަރިފ..” ދިނާޔާގެ ޖުމްލަ މެދު ކަނޑުވާލީ އަލާރާއެވެ.
“މަންމާ..މިވަގުތު އަހަރެން ބޭނުން ވަނީ އެކަނި ވެލަން…ކޮބާ ޒެވިއަލް..ރޫމް އަށް ދާން ބޭނުން” އަލާރާ ބޭނުންވީ ވީހާވެސް އަވަހަކަށް ދިނާޔާގެ ކުރިމަތިން ދިޔުމަށެވެ. މިވަގުތު އެއްވެސް ސުވާލަކަށް ޖަވާބުދެވޭހާ ހިތްވަރެއް އޭނާގެ ނެތެވެ. ކަރުނުތައް ކޮންޓްރޯލްކޮށް ޝަވަންގެ ކުރިމަތީގައި އެގޮތައް ވާހަކަ ވެސް ދެއްކުނީ ހާދަ ހިތްވަރެއް ކޮށްގެންނެވެ.
ދިނާޔާ އިޝާރާތް ކޮށްލުމުން ޒެވިއަލް އައިސް އަލާރާ ކޮޓަރިއަށް ގެންދިޔުމަށް އުޅުނެވެ. އަލާރާގެ އަތުގައި ހިފައިގެން ގޮސް ޒެވިއަލް ސިޑިން އެރިއެވެ.
ޒެވިއަލް އާއި އަލާރާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ދިނާޔާއަށް ދޫ ކޮށްލެވުނީ ފުންނޭވާއެކެވެ. ދެން އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ. ކެބިނެޓްމަތީގައި ކުރިންސުރެން އޭނާ ބެހެއްޓި ތަރުކާރީތައް ކޮށަން ފެށިއިރުވެސް އޭނާގެ ވިސްނުން ހުރީ އަލާރާއާއި ގުޅިފައެވެ. ޝަވަންއަށް ނޫނެކޭ ނުބުނުމުން ހިސާބަކަށް އޭނާ ހުރީ ނުތަވަސްވެފައެވެ. އަލާރާގެ ޝަރުތު އިއްވި އިރު ޝަވަންގެ މޫނަށް އެރި ކުލަވަރު އޭނާ ދުއްޓެވެ. އަޒީޒް ގާތު އެވާހަކަ ބުނުމުން ހިތްހަމަ ނުޖެހިދާނެތީ ބުނާކަށް ބޭނުމެއް ނޫނެވެ. ޝަވަންއާއި އަލާރާއާއި ދެމެދުގައި ކަންތައްތަކެއް ހިނގާފައި ވީނަމަވެސް ދެއާއިލާއަކީ ޒަމާނުން ސުރެން ގުޅިފައިވާ ދެއާއިލާ ކަމުން މައްސަލައެއް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަމްދީ އާއި އަޒީޒްއަކީ ހަމައެކަނި “ބިޒްނަސް ޕާޓްނާރސް” އިންނެއް ނޫނެވެ. އެދެމެދުގައި ވަކި ނުކުރެވޭނެފަދަ ގާތް އެކުވެރިކަމެއް އޮވެއެވެ. ނަމަވެސް ޝަވަންގެ އެ ގޮތް ނޭނގޭ މިޒާޖުގެ ސަބަބުން އޭނައާއި ދޭތެރޭގައި ދިނާޔާގެ ހިތުގައި އިތުރު ކިލަނބު ކަމެއް އުފެއްދިއްޖެއެވެ. ހަމަގައިމުވެސް އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިންގެ ދިރިއުޅުން ބަރުބާދުވާތަން ބަލާކަށް އޭނާ ނުހުންނާނެއެވެ.
”އާހް” ކުއްލިއަކަށް އޭނާ ސިހުނީ އަތައް އެރި ތަދުންނެވެ. ބަލާލިއިރު ކަމަކުދާކަށްނެތެވެ. ބޮޑުވާ އިނގިލިން ތަންގަނޑެއް ކަފައިގެން ގޮސް ކަނިޖަހާލާފައި ލޭތައް އަންނަމުން ދިޔައެވެ.
“ދައްތާ..ކިހިނެތް ތި ހެދީ” ބަދިގެ އެތެރެއިން ވައިން ލިއާނާއަށް ދިނާޔާގެ އަތް ފެނި ދެލޯބޮޑުވިއެވެ. އަތުގައިވާ ދަބަސް ދޫކޮށްލާފައި ގޮސް ދިނާޔާއަށް އެހިވިއެވެ.
“ތަރުކާރީ ކޮށަން ހުއްޓާ ވަޅިން އެޅުނީ.” އަތްދޮވުނު ނަމަވެސް ލޭ މަނާ ވާ ގޮތެއް ނުވިއެވެ. އެންމެފަހުން ޓިސޫކޮޅެއް އޮޅާލައިގެން ސިޓިންރޫމަށް ނުކުތެވެ.
”އެކަމަކު ހާދަ ބޮޑަކަށޭ ދައްތާ..މިގޮތައް ބޭސް އަޅައިގެން ހިނގާ ހޮސްޕިޓަލްއަށް ދާން..ސްޓިޗް އެއް ވެސް ބޭނުން ވެދާނެ.. ” ދިނާޔާގެ އަތައް ފުމެދެމުން ވަރަށް މަޑުމަޑުން ލިއާނާ ބޭސް އަޅައިދެމުން ދިޔައިރު ދިނާޔާއާއި މެދު ކަންބޮޑުވެފައިވާ ވަރު އެ މޫނުން ހާމަވެއެވެ. އިރުކޮޅަކާ ނުހަނު މައުސޫމް ގޮތައް ތަދުވޭހޭ ވެސް އަހައިލައެވެ.
“ނޫނޭ ދަރިފުޅާ އޯކޭ ވާނެ އިރާދު ކުރެއްވިއްޔާ..އިރުކޮޅެއް ވީމަ ދިލަ ކެނޑިދާނެ..ހޮސްޕިޓަލަށް ދާތަނުން އަނެއްކާ މިއުޅޭ ނޫސްވެރިން ފޮޓޯ ނަގާފަ އަޅަންވާނެ..ފިލައިގެން މިޖެހެނީ މިހާރުވެސް އުޅެން” ލިއާނާގެ ނުތަވަސްވެފައިވާ މޫނު ފެނި ދިނާޔާ ގާތައް ކުޑަކޮން ހިނިވެސްއައެވެ. ނަމަވެސް އުފާވެސް ވިއެވެ. ލިއާނާގެ އެ މިޒާޖު ދިނާޔާއަށް ނުހަނު ކަމުދެއެވެ. ލިއާނާ އަބަދުވެސް އެހެންމީހުންނާއި މެދު އަޅާލާގޮތާއި އެ ހިތްހެޔޮކަން އެއީ ދިނާޔާއަށް އެންމެ ކަމުދާ ސިފަތަކެވެ.
“އަރްކާން ކޮބާބަ..އޭނާ ބޭރުގަ ކިޔަވަން ހުރި އިރުގެ އެކުވެރިއަކު ނިޔާވެގެން ނިކަން އޮފްވެފަ އެހުންނަނީ މިދެދުވަހު”ދެރަވެލާފައި ދިނާޔާ ބުނެލިއެވެ.
“އޯހް..އެހެންވެ ދޯ އެމީހާގަނޑު މާ ސްޓްރޭންޖް ކޮން އެހުރީ އިއްޔެ..ހަހް ފޫހި މީހެއް”ހިތާ ހިތާ ކިޔާލިއިރު އަރްކާންގެ ނަން އިވުމުން ފާޑެއްގެ ފުއްސެއް ލިއާނާވިއެވެ.
“އެހެންތަ”ނިޔަނެތި ގޮތަކަށް ލިޔާނާ ބުނެލިއެވެ.
ދިނާޔާއަށް، އިރުކޮޅެއް ނުވެ ފެނުނީ އަރްކާން ސިޑިން ފައިބައިގެން އަންނަތަނެވެ. އަރްކާންއާއި ދިމާ ބަލާލައި ލިއާނާގެ މޫނަށް ނަޒަރެއް ދިން އިރު ދިނާޔާ މައުނަވީ ގޮތަކަށް ހީލިއެވެ
“މަންމާ ކިހިނެތް ވީ”ދިނާޔާގެ އަތް ފެނި އަރްކާންގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ. ދިނާޔާ ކަންވީ ގޮތް ކިޔައިދިނުމުން އަރްކާންގެ ފަރާތުން ލެކްޗަރެއް އަޑުއަހަންޖެހުނެވެ. ދިނާޔާ އަމިއްލަ ނަފްސަށް ފަރުވާކުޑަކޮށްލުމުން އެކަމާއި ޝަކުވާކޮށްލިއެވެ.
“ނިމުނީ…ހަމަ ނުދާނަންތަ ހޮސްޕިޓަލަކަށް ދައްތާ..” ލިއާނާ ސޯފާގެ ތިރިއަށް ވެރިފައި ހުރި ޓިޝޫތައް ނަގަމުން ތެދުވިއެވެ. ފަހަތުގައި ހުރި އަރްކާން ފެނުނީ އެވަގުތުއެވެ.
އަރްކާންއަށް ލިއާނާ ފެނުމުން ފާޑަކަށް އަނގަ ހަދާލިއެވެ. މިހުރިހާއިރު ޝަކުވާކުރިއިރު ފުރަގަސްދީގެން އިނުމުން އެއީ ލިއާނާކަމެއް އޭނައަކަށް ނޭނގުނެވެ. އޭނާ ހީކުރީ ގޭގައި ގެންގުޅޭ މީހެއްކަމަށެވެ. ދެވަނަ ސިކުންތުގައި މޫނަށް ވެރިކޮށްލީ ރުޅިވެރިކުލައެވެ.
“ދެކުދިން ހަމަޖެހިބަލަ..މަންމަ އޯކޭ އޭ…މިހާރު ދިލަ ވެސް ކެނޑޭހެން ހީވޭ އެބަ..ހުރިހާ ޝުކުރެއް ލިއާ އަށް..ތެންކިއު ދޫނި” ދިނާޔާ އަތް ދައްކާލަމުން ހީލިއެވެ. އަރްކާން ހުއްޓާ ތައުރީފް ކޮށްލުމުން ލިއާނާ ފޮނިވިއެވެ. ދުޝްމަނުގެ ކުރިމަތީގައި ކާމިޔާބީއެއް ލިބުނީމަ ވާނީވެސް އެހެންނޫންހެއްޔެވެ. އަރްކާން ދެލޯ އަޅާލައިގެން ހުރުމުން ދިނާޔާއަށް ސިއްރުން އަރްކާންއާއި ދިމާ ބަލައިލަމުން އެއަށްވުރެން ބޮޑަށް ލިއާނާ ދެލޯ ބޮޑުކޮށްލިއެވެ.
އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ދިނާޔާ އެތަނުންދިޔައެވެ. ދިނާޔާ ދިޔުމުން ފަސްޓްއެއިޑް ބޮކްސް ހިފައިގެން ލިއާނާ ވެސް ދާން ހިނގައިގަތެވެ.
“މާ މޮޅެތި ގޮތްތައް އަނގަޔާ ލޮލަށް ނުޖައްސާ މައިތިރިވެގެން ހުރޭ” އަރްކާންގެ އަޑައް ލިއާނާ ހުއްޓުނެވެ. އެހުރިގޮތައް ހުރެފައި ފުންނޭވާއެއް ދޫކޮށްލާފައި ފަސް އެނބުރުނެވެ. ދެން ފެނުނީ ހަށަން ބަދެލައިގެން ހުރެ އަރްކާންގެ ކުރިމަތީގައި ހުއްޓުނުތަނެވެ. އެހެން ހުންނައިރު އަރްކާން އިސްކޮޅުން ދިގުކަމުން ލިއާނާ ކިރިއާ އަރްކާންގެ ކޮނޑާއި ހަމައަށް އަރަނީއެވެ.
“އިސްކޮޅުން ތިން ފޫޓު ހަމަ ނުވާ ކުޑަ ހިނި…ފާޑަކަށް ބަލަހައްޓައިގެން ތި ހުންނަނީ މަ ބިރުން ފިލާނެ ކަމަށްތަ..ބޮނޑު އަނގައެއް ވެސް ދެއްވާފަ އޮވެއޭ” އަރްކާން ދެލޯ އަޅާލައިގެން ހުރެ ވާޙަކަ ދެއްކި އިރު ލިއާނާ ހަމަ އެހުރި ގޮތައް ހަށަން ބަދެގެން ހުއްޓެވެ.
“އެ މިހިރި ބާރަ ފޫޓުގެ އިލަފެންޓް..މަގޭ އަނގަ..މަގޭ ދެލޯ.. ބޭނުންވީމަ ބޭނުން ގޮތަކަށް އަނގަ ހަދާނަން.. ދެލޯ އަޅަން ވީމަ ވެސް މަށައް އެނގޭނީ..މަގޭ މިނިވަންކަން.. އިލަފެންޓައް ބެހެވޭނެތަ” ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ލިއާނާ ބުނެލިއެވެ. އަރްކާން އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު އެކަން ކާމިޔާބުވިޔަ ނުދިނުމަށް ދެކަންފަތުގައި އަތް އަޅައިގެން ހުރެ ލިއާނާ ތޫލި އަޑަކުން ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.
“މޮޔަވީތަ..ގޭގެ އެންމެން އެއްތަން ކުރާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ..” އެކި ދިމަދިމާލަށް ބަލާލަ ބަލާލަ އަރްކާން ހުރީ މީހަކު އައިސްފާނެތި ކަންތައް ބޮޑުވެފައެވެ.
“އޭރުން މަގޭ ބޯ ނުގޮއްވަ އަވަހަށް މިތަނުން ދާނަމެންނު ދޯ” ލިއާނާ ބުނެލީ ޖެއްސުމުގެ ރާގުގައެވެ. ދެން ފެނުނީ ދުރުން ޒެވިއަލް އާއި އަޒީޒް އަންނަ ތަނެވެ. ކާމިޔާބީގެ ހިނިތުންވުމެއް ލިއާނާގެ މޫނުމަތިން ފެނިލިއެވެ.
“ކިހިނެތް ވީ ލިއާ” ލިއާނާ ގާތައް އަންނަމުން ޒެވިއަލް އަހައިލިއެވެ.
“އަ ކޮކްރަޗް..އަރްކާން ބިރުން ދުއްވައިގަތީ…އަހަރެން އޭތި އެއްލާލައިފިން..އެއްލާލަން ދިޔަ ގަޑީގައި އޭނަ ހަޅޭއްލަވައިގަން އަޑުއެ އިވުނީ” ލިއާނާގެ ޖަވާބުން އަރްކާން ދެލޯ ބޮޑުވިއިރު އަޒީޒް ގާތައް ހިނިއައި ވަރުން އަނގަމަތީގައި އަތްއެޅިއެވެ. ޒެވިއަލްގެ ގާތައް ހިނިއައި ނަމަވެސް ކަރުކެހިލިއެވެ.
“އެކަމަކު ލިއާގެ އަޑުއިވުނީ..އެއްޗިހި ޕެކް ކުރެވިއްޖެ ދޯ… ދޮންބެ އަންނާނަން ކަޔާންއާއި އެއްކޮން ބޭރަށް ގޮސްފަ” ލިއާނާގެ ބޮލުގައި ޒެވިއަލް ފިރުމާލިއެވެ. ލިއާނާ ވެސް އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.
“ޒެވް..ކަޔާން ގެންނައްޗޭ އަދި މިގެޔަށް”ޒެވިއަލް ނުކުންނަން ދިޔަ ވަގުތު އަޒީޒްގޮވާލިއެވެ. އޭނާ ބޯޖަހައިލިއެވެ.
“ކާކު ކަޔާން އަކީ” އަޒީޒްއާއި ގާތައް ޖެހިލަމުން އަރްކާން އަހައިލިއެވެ.
“ދޮންބެގެ ބެސްޓް ފްރެންޑް..އަރްކާން ކެހި ދިނަކަސް އެންމެން ނުދޭނެ..ގޮޓް އިޓް” ލިއާނާ، އަޒީޒްއަށް ވުރެން ކުރިން ޖަވާބުދިނެވެ. އެ މޫނުމަތީގައިވީ ސީރިއަސްކަމަކުން އަރްކާން އެއާއި ވިއްދާފައި އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. އެހެންނޫނަސް އޭނާ އެކަމަށް ވަކި ބުނާނީ ކީކޭ ހެއްޔެވެ. އަރްކާން އިސްޖެހި ގޮތައް ހުރިއިރު ލިއާނާ އެތަނުން ދިޔައެވެ.
“ލިއާ އެބުނީ ތެދެއް” އަރްކާންގެ ބުރަކަށީގައި ޖަހާލަމުން އަޒީޒް ވެސް އެތަނުން ދިޔައެވެ.
***
ގައިގާ ހުރި ބާރެއްލާފައި ހަމްދީގެ ދެއަތުން ބިއްލޫރި މޭޒުގައި ޖަހާލި އަޑު މުޅިތަނުގައި ގުގުމާލިއެވެ. ތުރުތުރު އަޅަމުން ދިޔަ މީހާ ހީވަނީ ހަމައިން ނެއްޓެން އުޅުނުހެންނެވެ. ފަންސާހުގެ އަހަރުތައް ގުނަމުންދާއިރު ހުދުވެފައިވާ ތުނބުޅި އާއި ބޮލުގެ އިސްތަށިގަނޑާއި އެކުވެސް ބަލާބެލުމަށް އަދިވެސް ހަމްދީ ހީވަނީ އުމުރަށް ވުރެން ޅަ ހެންނެވެ. މޫނުމަތީގައި ރޫތައް ވެސް މަދެވެ.
ހަމްދީގެ ކައިރީގައި ހުރި ނަސްރާ ވެސް ޖެހިލުން ވެފައި ހުރެ ހަމްދީގެ ބުރަކަށީގައި އަތް އަޅުވާލިއެވެ. އެހެން ހުރެފައި އޭނާ ބަލައިލީ އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ޝަވަންއަށެވެ. ޝަވަން ހުރިގޮތުން ހަމްދީދެކެ ޖެހިލުން ވެފައި ހުރިކަން ހާމަވެއެވެ.
“ޝަވަންއަށް ކޯއްޗެއް ނުވިސްނިގެން އަދިވެސް ތިއުޅެނީ..އެންމެ ފުރަތަމަވެސް ރައްޓެހި ނުވި ނަމަ ދޯ…އެހެންނަމަ ލަދެއްގައި ނުބެދުނީސް…ހުރިހާ ހަޑިއެއް މީނަ ހާވަން ވެއްޖެ” ނަސްރާގެ ހަރުކަށިއަޑު އިވިލިއެވެ.
“މަންމާ އަހަރެން ބުނިން ދޯ އެކަމެއް ނުވާނެ އޭ..އޭރުވެސް…ދެން” ޝަވަންގެ ޖުމްލަ ފުރިހަމަ ނުވަނީސް ހަމްދީ ހަލުވި ހިނގުމުގައި އައިސް އޭނާގެ މޫނުމައްޗަށް ގޮތްމުށުގެ ހަމަލާއެއް އަރުވާލިއެވެ.
“އަމިއްލައަށް ހުރިހާ ގަނޑެއް ގަނެ ނިމުންފަހުން އަހަރެމެންނަށް އަންގާލީ..ދެން މިހާރު ކީއްވެތަ ތިއުޅެނީ އެ ކައިވެނި ނުކުރެވިގެން”
“އޭނަ ކައިރީގަ އިންނަން އެހީމަ އޭނާ ދިން ޖަވާބު އެއީ..އޭގަ އެބައޮތް އަހަރެންގެ ކުށެއް” ހަމްދީގެ ވާހަކަ ހުރިގޮތުން ރުޅި އައި ނަމަވެސް ޝަވަން ސުވާލް ކުރީ މަޑުންނެވެ. ޝަވަން ބެލީ އަދިވެސް އޭނާގެ މައުސޫމްކަން ދެއްކޭތޯއެވެ.
“އާންން.. ނޭނގޭތަ..ކަލޭ ތީ ހުރިހާ ވެސް މައްސަލައަކީ..އޭނައާއި އެއްކޮން އުޅެން ނުކެރިގެން އެހެން ހަދާފަ.. އެގެޔަށް ކޮބާތޯ ވެސް ނުގޮސްފަ ދެން ދެކިބަލަ އެމީހުންނާ ވާހަކަ ދައްކާފަ ތި އައި ގޮތް.. މަށަކީ އޭނަ ނަމަ ވަގުތުން ނޫނެކޭ ބުނާނީ ކައިވެންޏަށް..ދެން ވެސް މައިތިރިވެގެން ހުރެބަލަ..އަނެއްކާ ގޮސް އިންނަން އެހި އިރު ވެސް ބިޒީ ޝެޑިއުލޭ އަނެއް އެއްޗެކޭ ކިޔަން ޖެހޭތަ..އަނދިރިކަން އެނގޭއިރު އެރޭ ވެސް އަހަރެމެން ކައިރިގަ އެއްބަސްވީމަ ދެރައީ..އަނދިރިއަކަސް ބަލާލަން ރީތި އަދި އަހުލާގު ރަނގަޅު ކުއްޖެއްއެއީ..ކޮބާތަ މައްސަލައަކީ.. އެއީ ނޫންތަ ދިރިއުޅުމަކަށް ބޭނުން ވާނެ ސިފަތަކަކީ..ގޭގެ މެއިޑުން އެހީވާނެ އެކުއްޖާއަށް..އއަނދިރިއަސް ޝަވަން އަށް ކޮން އުނދަގުލެއް ޖެހޭނީ…ދެން ވެސް އެދިން އެއް އަހަރު ދުވަހު ތެރޭގަ ތިމާއަކީ ހެޔޮލަފާ މީހެއްކަން ސާބިތު ކޮށްދީބަލަ…އަދި އެއްވާހަކަ..އަރްކާން އާއި ޖެހިގަނެގެން އުޅެންޏާ އެއްވެސް ކަމެއް ނުވާނެ..ހަނދާން ކުރާތި” ހަމްދީ ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރި އޭނާގެ ދެލޯވެސް އައިސްހުރި ގަދަ ރުޅީގެ ސަބަބުން ހުރީ ރަތްވެފައެވެ.
ޝަވަން އިތުރު އެއްޗެއް ނުބުނެ އެތަނުން ނުކުމެގެން ދިޔައެވެ.
“މި ނަސްރާގެ ކަންތަކޭ..އަހަރެން އަންނަންދެން ވެސް ނުހުރެވިގެން ވެއްޖެ އޭނަ ގޮވައިގެން ދާން…ކަމަކަށް އެދުންވެރިވިއަސް ތި ތަންފުކެއް ބޮޑުވަރު..ދެން ބުނެބަލަ އަހަރެން އަޒީޒްއާއި މޫނު ދިމާ ކޮށްލާނެ ގޮތެއް..ލަދުން ހަލާކުވާ ވަރު ވޭ.. އެންމެ ދަރި އެއް ހުރި އިރުވެސް ނަސްރާއަށް ނުބެލުން..އެކަމަކު ރަހްމަތްތެރިން އެއްކޮށްގެން އަހަރެން ހަމަ މިގޭން ނުކުންނައިރަށް ދުންބުރުވަން ދައުވަތުދޭ..”ހަމްދީ ދެން ހަޅޭއްލަވައިގަތީ ނަސްރާއާއި ދިމަލަށެވެ. އެހާ ސިއްރުން އުޅުނުއިރުވެސް އެކަންތައް ހަމްދީއަށް އެނގުމުން ނަސްރާގެ މޫނު ރަތްވިއެވެ. ހަމްދީގެ ރުޅި ފިނިވަންދެން އެއްޗެއްނުބުނެ އޭނާ ހުއްޓެވެ.
“ސާމިއު އަންނަނީ ކޮން އިރަކުން..” ހަމްދީ ތަންކޮޅެއް މަޑުވެފައި އަހާލިއެވެ.
“ރޭގަ ގުޅާފަ ބުނީ ހަފްތާއެއް ވާނެއޭ..އޭނަ ވެސް ސިންގަޕޫރުގަ ހުރެފަ ދިޔަގޮތައް އަދި ދާން އެނގުނީ މެޑްރިޑަށް ވިއްޔަ” ނަސްރާ ސޯފާ އެއްގައި ޖައްސާލިއެވެ. އޭރުވެސް ހަމްދީގެ ރުޅި ފިނި ނުވާހެން ހީވާތީ އިތުރަށް އެއްޗެއް އަހަލާކަށް ވެސް ނަސްރާއަކަށް ނުކެރުނެވެ.
ހަމްދީ ފުން ނޭވާއެއް ލާފައި މޭޒުމަތިގައި ހުރި ކޯޑްލެސް ފޯނު ނަގާ ގުޅާލީ އަޒީޒްގެ ނަންބަރަށެވެ.
***
“ބްރޯ ސެލެބްރިޓީއަކަށް ވުރެން ކަންތައް ބޮޑެއްނު” މަގުގެ އެއްފަރާތުގައި ކަޔާން ސައިކަލު ޕާކު ކުރުމަށްފަހު ދުވެލާފައި މަގު ހުރަސްކުރި ވަގުތު ކައިރިން ދިޔަ އަންހެން ކުއްޖަކު ކަޅި ޖަހާ ނުލާ ބަލަމުން ދިޔަތަން ފެނި ޒެވިއަލް ދިމާކޮށްލިއެވެ. ކަޔާން ފެށީ ހޭށެވެ. ޕްރިޒަން ޔުނީފޯމުގައި ހުރި އިރު އަވި އައިނަކުން ދެލޯ ފޮރުވާލާފައި ވާއިރު ވެސް ކަޔާންގެ ފިރިހެންވަންތަކަން ބޭރުފުށުން ހާމަވެއެވެ.
“ބްރޯ ސަލާމަތުން ތިހުރީ މޫނު ފޮރުވޭވަރަށް ބޮލުގަ އަޅާފަ ތި އޮތް ތޮފިން އެނގޭ..” ކަޔާން ކުއްލިއެއް ޖަހާލާފައި ޒެވިއަލް ބޮލުގައި އަޅާފައި އޮތް ތޮފި ދަމައިގަތެވެ.
“އޭ އޭ…ތިއޭ އަހަރެންގެ ސަލަމަތީ ފިޔަވަޅު” އެ ބާރު މިނުގައި ތޮފި އަތުލާފައި ޒެވިއަލް ބޮލަށް މަހާލައިފިއެވެ. ޒެވިއަލްއަށް ވީ ގޮތުން ކަޔާން ހެމުންހެމުން އޭނާގެ ބުރަކަށީގައި ޖަހާލިއެވެ.
ދެ ޒުވާނުން ވާހަކަ ދައްކަމުން ކުރިމަތީގައި ހުރި ރެސްޓޯރެންޓަށް ވަނެވެ. ދެމީހުންނަށް މޭޒެއް ލިބުނީ ތަންކޮޅެއް ބިއްދޮށުންނެވެ.
“ބްރޯ ކަމަކާ ދިމާވި ކުރީދުވަހު..”ކާއެއްޗިސްއަށް އޯޑަރ ދެމުން ކަޔާން ބުނުމުން ޒެވިއަލް ކިހިނެތް ވީހޭ އަހައިލިއެވެ.
“ބްރޯ ފާޑެއްގެ އަންހެން މަންޖެއަކާ ވަރުގަދަ ހަނގުރާމައެއް ނިންމާލީ..އެދުވަހު މަ ކީމެންނު ކަޒިން ގާލް އެއްގެ ބާތްޑޭ ޕާޓީ އޮތް ވާހަކަ..ހަދިޔާއެއް ހޯދަން ހަނދާން ނެތިފަ ހުރީ..އޭނަ ފަހުން ގުޅާފަ މިރޭ ކޮންމެހެން ވެސް އަންނަން ވާނެއޭ ބުނީމަ އަނެއްކާ ވެސް ހަނދާން ވީ..ދެން އެންމެ އަވަހަށް އަތުވާނީ މާ ބޮނޑިއެކެއްނު..އަހަންނަށް ވަރަށް ގިފްޓް ސެލެކްޓް ކުރަން ނޭނގޭނެ..ގެ ކައިރީގަ ހުރި މާވިއްކާ ފިހާރައަށް ވައިންތަނާ އެތާ އިން ލެވެންޑާ އެއް..އެންމެ އެއްޗެއް އިނީ..އަހަރެން ގޮސް އަތްލިތަނާ މިބުނާ މަންޖެ ވެސް ގޮސް އޭގަ އަތްލާފި..ދެން ގަދަ ހަދަނީ ތި މަންނަ އޯ ފުރަތަމަ އަތް ލީ..ދެން ކެމެރާ ބަލައިގެން ފަރުޖެހުނީ… އެކަކަށް ވެސް ނުލިބުނު އެއެއް.. ފިހާރަ މެނޭޖަރު ވެސް އަންނަ ހިސާބަށް ދިޔަ…އެންމެފަހުން އެހެން އެޗެއް ހިފައިގެން ނުކުތީ..މަގޭ ހަޔާތުގަ ވެސް އެހާ ނުފޮރުއްޕާން ބޮޑު އަންހެނަކާ އަދި ނުވޭ ދިމައެއް..މަ އޭނަ ރުޅި އަރުވަން ވައްތަރެއް ޖައްސާލީމަ ދެލޯ އަޅަމުން ނުކުމެގެން ދިޔައީ” ކަޔާންގެ ވާހަކަ ނިމުމުން ނުހޭން އިންނަމަވެސް ޒެވިއަލްއަށް ހެވުނެވެ. އެބުނާ ދުވަހަކު އީވާއައިސް ދެއްކި ވާހަކަ އެކޭ ކިޔާފައި ލިއާނާ ވެސް ޒެވިއަލްއަށް ވަނީ އެކަހަލަ ވާހަކައެއް ކިޔައިދީފައެވެ. ކަޔާން އެކިޔާ އަންހެން ކުއްޖަކީ އީވާކަން ޒެވިއަލްއަށް ޔަގީނާއި ގާތައް ހީވިއެވެ. އެވަރުން ވެސް އެއްޗެއް ނުބުނެ އޭނާ މަޑުން އިނެވެ.
“ބްރޯ..މަށައް ހީވަނީ ދެން ފެންނަ އިރަށް އެ މަންޖެއާ ހިތާ ވާނެހެން…ހަހަހާ..އަދި ވާނެނު އަހަރެން މިއުޅޭ ގެ ބަލާލަން ދާން.. ދެފަހަރު ތިގެއަށް ދެވިއްޖެ އަދި މަށައް މިއުޅެނީ ނުގެންދެވިގެން” އީވާއާއި ކަޔާން ދެމީޙުން އެކަކު އަނެއްކަކު ފެނުނީމަ މޫނައް ވެރިވާ ކުލަވަރު ބަލާލަން ޒެވިއަލް މިހާރުވެސް އިނީ ކެތްމަދުވެފައެވެ. ކަޔާން އާއެކޭ ބުނެ ބޯޖަހާލުމުން، ޒެވިއަލް ލާނެތް ހިންޏެއް ހީލައިގެން އިނެވެ. މިއިން ކަމެއް ކަޔާންއަށް ރެއަކާނުލިއެވެ.
“އަސްލު އަހަރެން ދައްކަން އައި ވާހަކަ އަކީ..ޖެއިލްއަށް ނުދާއިރު އޭރު ހަދަން ފެށި ޑިގްރީ ކޯސްގެ ކަންތައް ބުނީމެންނު ބަލާލަން..އަހަރެން އޭތި ބަލައިފީމޭ.. އޭގެ ޑިގްރީ ކޯސް އެބައިން ހަމަ އޮންލައިން ކޮން ވެސް ވާން.. އޭރު ދެ އަހަރު ކިޔެވިން ދޯ..އެންމެ ލާސްޓް އަހަރެއްނު އިންނާނީ ބާކީ..އެތަނައް އިންކްއަރީ އެއް ފުރަތަމަ ލާން ޖެހެނީ،…ދެން އެމީހުން ފޮނުވާނެ ފޯމް އެއް މެއިލް އަށް..އޭތި ކޮށްފަ ލާން ޖެހޭނީ… ދެން މާސްޓަސް އަށް ދާންޖެހެނީ މެލޭޝިއާއަށް..ރާއްޖެ އިން ވެސް ހެދޭ..އެކަމަކު ރަނގަޅުވާނީ ބޭރުން އެބައި ނިންމިއްޔާ… މިކޮޅުން ޑިގްރީގެ ލާސްޓް އިއާރ ނިންމާލަން ވީނު ވީ އެންމެ އަވަހަކަށް..” ކަޔާންގެ ވާހަކަ ނިމެންދެން ޒެވިއަލް އިނެވެ.
“އޭގެ ފަހު ފައިވް އިޔާސް ވީ..މިހާ ދުވަސް ވީ-” ، “ދުވަހެއް ނުވެއޭ..އަހަރެންގެ ދޮންތަ ބަލިވެގެން ކޯސް މެދު ކަނޑާލައިފަ ހަ އަހަރު ވި ފަހުން ހަމަ އެ ކޯސް ކޮންޓިނު ކޮށްގެން ކޯސް ނިންމާފަ މިހާރު ޖޮބްގަ އެހުރީ..ޔޫ ކެން ޑޫ އިޓް..އަހަރެން މިހުރީނު..ހެލްޕް ވާނަމޭ.. ސެންޑް މީ އެވްރީތިންގް.. އައިލް އެޕްލައި އިޓް ފޯރ ޔާ” ޒެވިއަލްގެ ޖުމްލަ މެދުކަނޑަލަމުން ކަޔާން، ޒެވިއަލްގެ ހިތްވަރު އާކޮށްދިނެވެ.
ޒެވިއަލް އިރުކޮޅަކު ވިސްނުމަށް ފަހު ބޯޖަހައިލިއެވެ.
ދެމީހުން އެތައް އިރަކު ވާހަކައިގާ ތިބެފައި ގެޔަށްދާން ނުކުތީ ވަރަށް ލަސްވިފަހުންނެވެ. ބިލްއަށް ފައިސާ ދެއްކުމަށްފަހު ހިނގައިގަތެވެ.
ޒެވިއަލް އަޅައިގެން ހުރި ތޮފި އަތައް ނަގަމުން އޭނާގެ ދިގު އިސްތަށިގަނޑުގައި އައްސާފައި އިން ވޫލްކޮޅު ނައްޓާލާފައި އަތުން އެއްވަރުކޮށްލަމުން އަނެއްކާވެސް ވޫލްކޮޅުން އިސްތަށިގަނޑު އައްސާލިއެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓާއި ކަލުކުލައިގެ ސޯޓުގައި އޭނާގެ ފިރިހެން ވަންތަކަން ސިފަވަނީ ސިހުރެއް ފަދައިންނެވެ.
“ކޮން ދުވަހަކުތަ ނައިޓްގަ ފްރީވާނީ..ހިނގާބަލަ ހު”ރެސްޓޯރެންޓްގެ ދޮރުން ނުކުމެ ނުކުމެ ހުއްޓަ ޒެވިއަލްއަށް ހުއްޓުމެއް އައީ ކޮންމެވެސްމީހަކު އޭނާގެ ގައިގާ ޖެހިގަތުމުންނެވެ. އައިލެއް ބާރުކަމުން އެމީހަކު ބިންމައްޗަށް ވެއްޓުނެވެ. ޒެވިއަލް ބަލާލިއިރު ޒުވާން އަންހެންކުއްޖެކެވެ.
“ސޯފިޔާ..”އެ މީހަކު ތެދުވެ ބިމުގައި އިށީނުމުން އޭނާގެ މޫނު ފެނިގެން ކަޔާން ގޮވާލިއެވެ.
“ކަޔާންބޭ..”ހައިރާންވެފައި ސޯފިޔާވެސް ގޮވާލިއެވެ. އޭރު އޭނާގެ އަތައް ވާތަދުން އަތުގައި ފިރުމާލަ ފިރުމާލަ އިނެވެ.
”ޔޫ އޯކޭ…ތަނަކަށް ތަދުވިތަ… ސޮރީ ބަލާ ނުލާ ދޯ މި ނުކުމެވުނީ..ހިނގާ ހޮސްޕިޓަލަށް ދާން..އޭޑީކޭ ކައިރިއޭނު…ކަޔާން ދަންނަން ތަ” ކަންބޮޑުވެގެން ސޯފިޔާގެ ގާތައް ތިރިވެލަމުން ޒެވިއަލް އަހައިލިއެވެ.
“އަނެއްހެން އޯކޭ..އަތައް ތަދުވޭ އެބަ..ޑޯންޓް ބީ ސޮރީ…އަހަންނޭ ނުބަލާ ވެސް އައީ” ސޯފިޔާ ބިމުން ތެދުވަންނަން އުޅުމުން ކަޔާން އޭނާއަށް އެހީވެދިނެވެ. ފައިގެ ތަންކޮޅެއް މަށައިގެން ވެސް ގޮސްފަ ހުއްޓެވެ.
”އާން އަސްލަށް ވެސް ސޯފީ ތިއައީ ނުބަލާ..ޒެވް ..މީ އަހަރެން ކަޒިން ކޮއްކޮއެއް..މީހާއަށް ވުރެން އުސް ކަށިލީ ފައިވާނަށް ވިއްޔަ ސޯފީ މެން އަރަނީ..އެހެން ނުވާނެ ތަ… ޒެވް އެއާޕޯޓަށް ދާން ޖެހެއޭނު..އަވަހަށް ދޭ… ސޯފީ ހިނގާ ހޮސްޕިޓަލަށް” ސޯފިއާގެ އަތުގައި ހިފައިގެން ކަޔާން ހިނގައިގަތެވެ. ކަޔާން ކައިރީގައި ހުރިއިރުވެސް ސޯފިއާ ކަޅި ޖަހާނުލާ ބަލަމުން ދިޔަގޮތުން ޒެވިއަލް ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. ކަޔާންގެ ކޮއްކޮއަކަށް ނުވިނަމަ އޭނާ އެވަރަށް ވެސް އަނގައިން ނުބުނީހެވެ.
ޒެވިއަލް ވެސް އޯކޭ އޭ ބުނެ ސައިކަލަށް އަރަން ދިޔައީ ލިއާނާ ފުރަން ވާއިރަށް ކޮންމެހެން ވެސް ގެއަށް ދާން ބޭނުންވާތީ އެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.





Vvvv reeethi igey mi vaahaka
I thousght ala would say no kamah
Ut her choise is good thoo💗💗
Vvvvv curious kohlaafa igey thi ninmaaliii
Vvvvvv reeethii😘😘❤️❤️
Wish you good health and happiness
U r my fav 🥰❤️
Adhi alah mi comment eh kohly
Ekamaku baraabarah kiyan
I really this
Cant wait for the next
Thank you so mych dear azuher🤍🤍
Ala ebalany shavan ge faraathun improvement akah kanneyge dw🤭 higaa balaalama alhe🤍🥰
V happy vehje comment eh kohlima ves🥰
Thank you thank you and thank you so much fav author kan egunyma v happy vehje🥹
You really made my day 🥰🥰
Hope next part ves thihaa loaibaa eku kiyaa laane kamah🥰🥰🤍
Ohh hell nooo😖😖😖 ekamaku ve ok 😭😭😭
Mi one tear thereyga she will rejected him for sure💯
Whe is next❤️
Hello ummji🤍
Mi one year thereyga alaa bunaany alhe keekey ba dw🫣🤭
Balaalama alhe🫶
Insha allah varah avahah next ves upload kohlaanan🤍🤍
I hate this sofia 🤨🤨
Anyways vvv reethi💯
Heheh 🤭
Thank you so much ayan🤍
Woww vvvvvv salhi
Ekm no buninama alaa👀🥹
Vvvvvvv wit kuran udhagu vehje mi sofia akaa hedhi mihaaru
I hate her 😒
Miulhey nasra men ves v gadh ganey eba
L&A couple thohhh 😂😂😂
Hello dear 🤍
Hehe lia & arkhan cute dw😂🤍
Higaaba sofia mikuran miulhey kameh balaalan
Thankyou so much dear 🤍🤍
Sofia ekakun nuvegn thr ala ge zev ah Kalhi alhaani, vrh foohivey 😒
Why did ala say that now he’s gonna act kind, just in meantime make ala fall for zev
Can’t wait eava and kayaan ge meeting ah😂
Do something with arkan an lia on this trip, I think his mother also approves and looks forward seeing them together
hello dear ava 🤍🤍
Sofia ah zev reethi v kanneyge dho🥲🤭 heheh
Higaa balama zev and ala ah vaa goi dw dear 🥰🥰🤍
Maybe dhinaya like vany kanneyge lia dheke hehe🥹🤍 lets see arkhan and lia ge trip ga vaa goi🥹🥰
So happy to see your comment dear
Hope future episodes ves thihaa loaibaa eku kiyaalaane kamah 🥰🥰🥰🤍🤍
Thank you so much 🤍
vvvv reethi mi part ves
alaa have to say no dhww
btw alaa n zev gulhuvahche kayaan n eva ves lia n arkaan too
lia n arkaan ulhey gothun heevani kuda dhekudhin hen ahhaha
btw when next part cant wait for it keep it up
love you annora
Thank you soooo much dear gurrrrl😭🤍
Dear ge comment fenifa im so happy🤍
Higaaba dw mi couples thakah vaagoii balaalama 🤭🫣🤍
Next part insha allah ehaa nuvaane
V avahah libeyne iA🤍🤍
Love you too dear🤍🤍🫶🫶
Gurrlllll ehenn next 😭
V maja lia men 😭😭😂😂
Thank you dear 🥰🤍
Hehe lia and arkhan dw😅🤍
Insha allah varah avahah libeyne next part ves 🤍🤍
mi part ves v reethi masha allah
curiously waiting for next part
keep it up
liaa and arkaan gulhuvachey
zev and alaa ves
eava and kayaan ves
they all are made for each other
Thank you cutie girl🤍🤍
Lets see dw dhen vaa goi🥹🥹
Insha allah next episode ves v avahah fenigen dhaane🥰🥰🤍
Vrh vrh salhi. Zev ge loabikan sifavey hama. Alaa ah fenna nama yageen moya vaane….
Thank you fiza🤍🤍
Awvv so happy fizaa ah mi part ves kamudhiyaee ma🤍🤍
Next part ah ves inthizaaru kohlahchey🫣🤍🤍
Aaaiii heveyne coacrach aka hedhi🤣
Zev is hot and ghandsome🔥🔥🔥🔥💗💗💗
Vvvvvvvv reethi sifakurungadu hama moyavey mi vaahaka keekee hen💗💗💗😘😘
Cant wait for the next 💗💗
Hello lam🤍
Hehe lia ulhey goi dho😅
Thank you so much for lovely words
Sifa kurun thah kamudhaa kan egunyma v ufaa vehje
It means a lot🤍
Thankiu 🤍🤍
So dhinaya is really like dw lia ah
She beynun vany kanneyge arkan r lia gulhuvan👀👀
Sofia faavee kiyehkurantha eyeh😭 hana zev ah hug eh dheey hiyvany
V reethi😭❤️❤️❤️
So happy to see your comment dear jana🫶
Hehe higaabala dhw sofia ulhey gotheh balaalan🫣
Vvv bodah thankyou dear🤍🤍
Hello dear 🤍
Hehe lia & arkhan cute dw😂🤍
Higaaba sofia mikuran miulhey kameh balaalan
Thankyou so much dear 🤍🤍
When next… can’t wait