Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރުގާ ކަލާޔާ އެކު-3

nashaayam
nashaayam Level 1
January 11, 2024 3 Mins Read
0 Comments

ޝާޔާގެ ބާރު ދުވެލި މަޑުޖައްސާލަން މަޖުބޫރުވީ ކުރިމަތީ ހުރި ޒުވާނާފެނިފައެވ.ެ “ޝަހާން” ޝާޔާގެ އަގައިން ބޭރުވީ އެހެންނެވ.ެ ޝަހާން ހިނިތުންވެ ހުރެ ޝާޔާ އަށް ކަމެއް ހަދާން ކޮއްދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވ.ެ ޝަހާން ހަދާން ކޮއްދިން ކަމެއް އޭނާއަށް ފަހުމްވި ކަހަލައެވ.ެ ގައިގާ އަތްއަޅާ ހުރިބާރެއް ލައި އަބުރާ ކޮޓްރި އާއި ދިމާލަށް އޭނާ ދުއްވައިގަތެވ.ެ

ދޮރާއި ލައްވެލައިގެން ހުރި ޝާޔާ މޫނު މަތި ހީވަނީ ޓޮމާޓޯޕޭސް އެއްޗެއް އުގުޅައިފައި ހުރި ހެންނެވ.ެ އެހައި ވެސް އޭނާ މޫނު މަތި ހުރީ ރަތް ވެފައެވެ. “ހައުކުޑް ޔޫ”. ހިތާ ހިތުން ޒައިހާ އަތް ޝާޔާ ކުދިކިޔާލިއެވެ.

ހަވީރުގެ ވަގުތެވ.ެ މަގުތައް މަތިވަނީ މާބުރާ ކޮކާލުން ޖަރީވެފައެވ.ެމަގުގެ އެކި ހިސާބުގައި ބުރުޖަހަން ދާ ޖޯޑުތަކާއި ކުޑަކުދިން ހަރަކާތްތެރިވަމުން ދިޔައެވ.ެ ޝާޔާ އާއި ޒައިހާ ވެސް މަގުގެ އެއްފަރާތަކުން ގޮސް ގޮޑުދޮށައް ފޭބިއެވެ.

ވާހަކައިގައި ވަގުތު ހޭދަކުރަމުން ދިޔަ ޝާޔާގެ ޖާދޫވީ ލޮލުގައި އަޅައި ގަތީ އޭނާގެ ހިތުގެ ވެރިޔާއެވެ. ޝާޔާގެ ކޯތާފަތް މަތި ރަތްވާކަށް މާގިނަ އިރެއް ނުނެގިއެވ.ެ ޒައިހާ ވަށައިގެން މާހައުލައް ނަޒަރު ހިންގާލިއެވެ.އޭނާގެ މޫނުމައްޗައް މަސްނޫނީ ހިނިތުން ވުމެއް ވެރިވިއެވ.ެ ” އަހައިމް ” ” މިހާރު ކީއްވީ؟” ޝާޔާ މާނޫން ކަމަށް ހަދާލައިފައި އެހިއެވ.ެ ” ކަމެއް ވެއްޖެތަ” ” ޖޫލިއެޓް އަށް މިހާރު ހަދު ގެނެސް ދޭނެ މީހެއް ވެސް ވެއްޖ.ެ ދެން ކަމެއްވާނޭތާ” ޒައިހާ އިތުރައް ޝާޔާ ލަދުގަން ނަވަމުން ދިޔައެވެ.

ދުނިޔެމަތި އަދިރި ކުރަމުން މަޑު މަޑުން އިރު މަގާމުން ތިރިވަމުންދިޔައެވެ. ގޮޑު ދޮށައް އެއްވެފައި ތިބި މީހުންތައް ވެސް މަދުވާން ފަށައި ފިއެވެ.

މަގުތައް މަތި ވަނީ ހިމޭން ވެފައެވެ. މިސްކިތުން އަންނަ މީހެއް ނޫނީ އެވަގުތު ފެންނަން ނެތެވެ. ޝަހާން ސައިކަލު ގައި އައިސް ރުއްތަކުތެރޭ މަޑުކޮއްލިއެވެ. އޭނާ ކަޅި ހިންގަމުން ދިޔައީ ކުރިމަތީ ހުރި އިމާރާތުގެ ދެވަނަބުރި އަށެވެ. އެބައި ވަނީ ފަރުދާ ކުރެވިފައެވެ.ފަރުދާގެ ފަހަތުގައި އަންހެނަކު ހަރަކާތް ތެރި ވަމުން ދިޔަތަން ވަރަށް ރަނގަޅަށް އޭނާ އަށް ފެންނަމުން ދިޔައެވެ. ކަޅިޖަހާ ނުލާ އޭނާ އެމަންޒަރު ބަލަން އިނެވެ. އެވަގުތު އޭނާގެ ކަދުރާގައި އެއްޗެއް ބީހިލި އެވެ. ބިރުވެރިކަން އޭނާ ވަށައި ލިއެވެ. ހަޅޭއް ލަވަން  ހުޅުވާލި އަގަބަން ދު ކޮއްލީ ކުރިމައްޗައް އެރި ޒަހުވާން އެވެ.

“ދެން ދެން ވަކި އިރެއް ވެސް ނޯވޭތަ ފާރަލާ ކަށް… ކާކުތަ ފާރަލަނީ މަމީނީ މި ރުކުން ކުރުބަލެއް ވެއްޓޭތޯ.. ދެން ތިހިން ވައްކަން ނުކޮއް ލޯބި ހުށައަޅާ ބަލަ ދޯ ފަހުން ދެރަވެ ރޯތަން ބަލަން މަށަކަށް ކެތެއް ނުވާނޭ ތި ހިތައް އެއްވެފައި ވާ އިހްސާސް ތައް ޝާޔާ އަށް ނިކަން ބަޑުން ކޮއްލަބަލަ…ނިކަން ފިރެހެނަކަށް ވެގެން ކުރިމަތި ލައިބަލަ… މާ އަވަސް ދޯ އަދި ލޮއިބާ ދިމާލައް ދާން އަދި މި ހަމަ ދެމީހުން ވާހަކަ ދައްކަން ފެށީދޯ… ތިޔެއް ނޭންގެ މަށަކަށް މަށައް އިގޭހާވެސް އެއްޗަކީ ތިހިތުގައި ޝާޔާއަށް ޖަހާ ވިންދަކީ ތަފާތު ވިންދެއް ކަން..ތިހެން ދެން އިގެން ހުއްޓަ ފެންނާނީ ތެޔޮ ނާށި ކާޅު ޖަހައި ގަނެފަ އޮތްވަ އޭރައް މާދެރަ ދޯ ނުލިބި ދިޔައީމަ..އާދޯ ޝާޔާ އާމިރޭ ވާހަކަ ދައްކާނަމޭ”

ފޯނުން ތަސްވީރަކައް ބަލަމުން ދިޔަ ޝާޔާއަށް ޝަހާން ގެ މެސެޖް އެއް އައެވެ.

” ހޭ ޝާ

ޔެސް

މިރޭ ފްރީތަ

އާން

މިރޭބޭރައް ދެވޭނެތަ

ޔެސް ކޮންތާކަށް

އާ ބަދަރަށް

އާ ރަނގަޅުވާނޭ

އޯކޭ ސީޔޫ ޓުނައިޓް”

ފޯނު ބޭއްވި ގޮތައް ޝާޔާ ނަށަން ފެށި އެވެ. ކުޑަދޮރު ބޭރުން މި މަންޒަރު ބަލަމުން ދިޔަ ޝަހާންގެ މޫނު މަތީ ލުއި ހިނިތުން ވުމެއް ދުވެލިއެވެ.ޝާޔާ ހިތުގަ ވެސް ޖަހަނީ ހަމަ އެއްރާގަކަށް ވާތީއެވެ.

ރޭގަނޑު ގެ ކެއުމަށް އިންސާފު ކުރުމަށް ފަހު ޝާޔާ ގޮސް ވަދުނީ ކޮޓްރިއަށް ށެވ.ެ ޝަހާން ބޭރައް ދާން ބުނެފަ އޮތީމާ ބޭރަށް ދާން ތައްޔާރު ވާށެވެ.

” މަންޖޭ މަންޖޭ މޫނަށް ހާދަ ކުލަވަރު ތަކެކޭ ދޯ ތި އަރުވަނީ..މަނުލާ މިހާރު ތަންތަނަށް ވެސް ދާން ފެށީތަ.. ޒައި މިރޭ ދެން ފަނި ނުކުރޭ ތާކަށް ދާންޖެހި ގެން މި އުޅެނީ ވަރަށް ކުއްލިއަކަށް ފަހުން ކިޔައި ދޭ ނަން … ހޫމް ހޫމް އޯކޭ ރޯމިއޯ އޮފް ލައިފް އައީ މަ ދެން އެންމެ ގާތް އެކުވެރި ޔާވެސް ބާކީދޯ …ނޫނޭ ނޫނޭ ޒައި ބޭކާރެއް ނޫން އެކަމު މިރެ އަކުނޫން ދެން ހަމަ.. އޯކޭ އެހެން ވީމަ މަ ދިޔައީ”

” އާމީ ހަނދާނެއް ނުވޭތަ ސާދަ ވިލޭރޭ ތަކުގައި އަހަން ނާ ބައްދަލުކުރަން ދާމަތިން”..”އަޅެ ދެން ދައްކާވާހަކަ ދޯއާމިރު ވެސް އަރެމެން ގެ މިގުޅުން ފިރުކެން ފެށި ދުވަސް ވަރު މަތިން ހަދާނެތޭނީ ކިހިނަކުނ.ް” ” މަންމާ މި އަންނަނީ ބޭރަށް ގޮސްލާފަ” ދެމަފިރިން ވާހަކާގައި ތިއްބާ އިވުނީ ޝާޔާ ގެ އަޑެވ.ެ” ކޮން ދުވަހަކުން ތަ މަންމަ އަށް ތި ކުއްޖެއް ތާރަފު ކޮއްދޭނީ” މަންމާ އަދި ނެތޭ އެކަހަލަ ކަމެއް” މޫނުމަތީ ވީ ހާސްކަން ފަރުދާކުރަމުން ޝާޔާ ބުންޏެވ.ެ” އެއީ ހަމަ އާމީ ވެސް އުޅުން ގޮތް” ” ެހހެހއެ ” ދެމަފިރިން ހޭންފެށިއެވެ.

ތަރި ތަކުގެ ގުލްޒާރުން އުޑުމަތި ވަނީ ފުރާލެ ވިފައެވ.ެޝާޔާ އައިސް ޝަހާން ބުނި ތަނައް ހުއްޓުނެވ.ެޝަހާން ކޮބައި ތޯ ބެލުމަށް ޓަކައި ޝާޔާ ފަހަތަށް ޖެހިލިއެވ.ެއޭނާ އެވަގުތު އަރިއަޅާލައި ވެއްޓެން ދިޔައެވ.ެ މަޑު ހިނގުމުގައި އެދިމާލައް ހިނގަމުން އައި ޝަހާން އަށް ދުއްވައި ގަނެވުނު ގޮއް ވެސް ނޭންގުނެއެވ.ެ “އަރ ޔޫ ފައިން” އަތް ދިއްކޮށްލަމުން ޝަހާން އަހާލިއެވ.ެ ޝާޔާ ހިނިތުން ވަމުން ބޯ ޖަހާލިއެވ.ެ ޝަހާން ދުވެފައި ގޮސް ހިލަތައް މައްޗައް އެރިއެވ.ެއަދި ޝާޔާ އަށް އޭނާގެ ފިރެހެން ވަންތަ އަށް ދިއްކޮލޮއެވ.ެދެޒުވާނުން އެކުގައި ހިލަތައް މަތީ އިށިން ދުނެވ.ެދެމީހުން ދޭތެރޭގައިވެސް ކޮންމެވެސް ވަރެއްގެ ދުރުމިނެއް ހުއްޓެވ.ެ

” ތީ އަބަދުވެސް އެހާމެ ބަސް މަދު ކުއްޖެއްތަ..މިހާރު ވަރަށް މަދުވާނޭ ތީގެ ކުދިން ހަމަ ނަސީބު ތިކަހަލަ ކުއްޖަކާ މި ދުނިޔެމަތިން ދިމާވިކަން

ދެން ވެސް ވާހަކަ ދައްކަމުން ދިޔައީ ޝަހާން އެވ.ެ

” އަސްލު މިރޭ ޝާޔާ އާ ބައްދަލު މިކޮއްލީ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން ….އައި ހޭވް މެޓް އިންފިނިޓީ އޮފް ގާލްސް މި ކުޑަ

ރާއްޖޭނ..ްބަޓް ނޮޓް އިންޓްރެސްޓެޑް…އެކަމު ޝާޔާ އާއި ބައްދަލުވި ފަހުން މިހިތުގައި ތަފާތު އިހުސާސް ތަކެއް ޝާޔާ އަށް ޓަކާ އުފަންވެއްޖ..ެހާޔާތުގެ ބާކީ ދުވަސް ތައް ހޭދަކުރަން ބޭނުން ވަނީ ޝާޔާ އާއި އެކު…ޝާޔާ އަހަން ނާއި އެކު ވުމައް ބޭނުން ނަމަ މި ހާރުން މިހާރައް ވެސް ބޭނުނީ ތީ އަރެން ގެ މިލްކަކައް ހަދަން ”

ޝަހާން އެއް މިންޔަކަށް ދަމާލިއެވ.ެ ޝާޔާ އޭނާ އާއި ބަލަހައްޓާ ގެން އިނެވ.ެ

“ޝާޔާ …. ވިލް ޔޫބީ މައި ގާލްފުރެންޑ.ް”

“ޔެސް”

ޝަހާން ގެ އަށް މަޑު މަޑުން ގެންގޮސް ޝާޔާ އުނަ ގަނޑުގައި ވަށައިލިއެވެ.

“ޔެސް ފައިނަލީ”

ޝާޔާގެ ހަރަކާތް ތަކަށް ފާރަލަމުން ދިޔަ ޒައިހާ އަށް ހީވީ ޢީދު އައި ހެނެވެ. ދެންވެސް އެދެމީހުންގެ ހަރަކާތް ތަކައް ފާރަލުމުގެ ނިޔަތުގަ އެތެރެއަށް ޖެހިލިއެވެ.

” އޭތް ވަގު ކަލޭގެ ކީއް ކުރަނީ” ޒައިހާ ހިތް ނެގި ނެގިފަ ޖެހެނީ  އޭއީ އެނެއްކާ ކާކުބާއެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

nashaayam
Follow Me Written By

nashaayam

Level 1

Love to write stories ❤️

Other Articles

Previous

އިޢުލާނު

Next

ސައިކޯ

Next
January 13, 2024

ސައިކޯ

Previews
January 11, 2024

އިޢުލާނު



All Right Reserved!