Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން – ފަހުބައި

Naira Level 1
July 22, 2023 6 Mins Read
12 Comments

“އަން… މިހާރުއްސުރެ ވާންއުޅޭ ފިރިމީހާގެ ބަސްއަހަންވާނެ… ކައިވެނީގެ މަޖިލީހަށް ލަސްވާކަށް އަޝްވާވެސް ބޭނުމެއްނުވެއެއްނު…” އަހަރެން ލަދުގަނެފައި ހުރިކަން އިނގިގެން އަަހަރެން އިތުރަށް ރަކިކޮށްލަން ސައިފް ބޭނުންވިކަހަލައެވެ. އަހަރެންގެ އަތުގެތެރެއަށް ޓައި ލައިދިން ގޮތަށް އަހަންނާއި ގާތަށް ޖެހެންފެށިއެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވިގެންދިޔަ އަޑަށް އަހަންނަށް ވަގުތުން ސައިފްއާއި ދުރަށްޖެހެވުނުގޮތެއްވެސް ނޭނގުނެވެ. ރަތްވަމުންދިޔަ މޫނު ދޮރާއި ދިމާލަށް އަނބުރާލިއިރު ދޮރުމަތީގައި ސައިފްގެ މަންމަ ހެވިފައި ހުރިގޮތުންވެސް މަންމައަށް ހުރިހާކަމެއް ފެނުނުކަން އަހަންނަށް އިނގުނެވެ.

“މަންމަ ހިޔެއްނުކުރަމޭ ޓައި އަޅަން ދަރިފުޅު އަޝްވާގެ އެހީ ބޭނުންވާކަމަކަށް… އެހެންނޫންނަމައެއްނު ކުރީބައިގައި މި ކޮޓަރިއަށް އަޝްވާ ފޮނުވާނީ… އޮފީހަށްދާންވެސް އަމިއްލައަށް ޓައިއެޅިފައި މިހާރު ކިހިނެތްވީ؟” އަހަރެންގެ އަތުގައި ސައިފްގެ ޓައި އޮތްތަން ފެނިގެން މަންމައަށް ހުރިހާކަމެއް ނަގައިގަނެވުނުކަހަލައެވެ. ކޮޓަރިއަށް ވަދެގެން އަންނަމުން އަަހަރެމެންނާއި ދިމާކޮށްލިއެވެ.

“ދެން.. ސައިއްތާ..” ސައިފްގެ މަންމަގެ ލާނެތް ބަސްތަކުން އަހަރެން އިތުރަށް ވަގުތުން ރަކިވިކަހަލައެވެ. ސައިއްތަގެ ނަމުން ގޮވާލެވުނީ ދިމާނުކުރުމަށް އެދޭފަދަގޮތަކަށެވެ.

“އައްދެ… އަހަރެންގެ ދަރިއަކާއި ކައިވެނިކުރަން އުޅޭއިރު އަދިވެސް ކިޔާނީ ސައިއްތަތަ؟ މިހާރު ތީ މަގޭ ދަރިއެކޭ… ދެން ދަރިފުޅުވެސް މަންމަ ކިޔާ އިނގޭ…” ލޯތްބާއިއެކު އަހަރެންގެ ބޮލުގައި ފިރުމާލަދެމުން އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު މަންމަ ގާތްގޮތަކަށް ވާހަކަދެއްކިއެވެ.

”މާތް ﷲގެ ތިދެކުދީންގެ ކައިވެނީގައި ބަރަކާތްލައްވާށި… މަންމަގެ ސައިފްގެ ހިތުގައި ދަރިފުޅުގެ ނަން ފެވުނީކީ އިއްޔެއަކު މިއަދަކު ނޫން… މީގެ އެތައްއަހަރެއްކުރީން… ފުރާވަރު އުމުރަށް އަޅައިގެން އައިރު އަޝްވާ ދިން ކޮންމެ ހަދިޔާއަކަށް… އަޝްވާގެ ކޮންމެ ހަނދާނަކަށް ސައިފް ފަރުވާތެރިވީވަރު މި މަންމައަށް ފެނުނު… އޭރު އެއީ ލޯބިކަމަކަށް މަންމައަށް ހިޔެއް ނުކުރަން.. ޒުވާން އުމުރަށް އަޅައިގެން އަންނައިރު ގިނަ ފަހަރަށް ފުރާވަރުގެ އިހުސާސްތަކަށް ބަދަލު އާދޭ…. އެހެންވެ ޢާޝާލް އާއި ސައިފް ކައިވެނި ކުރިއިރުވެސް މަންމައަށް ތަފާތުގޮތަކަށް ނުވިސްނުނީ… އެކަމަކު ދެވަނަ ފަހަރަށްވެސް ސައިފްގެ ހަޔާތަށް އަޝްވާ ގެންނަން ބޭނުންވުމުން މަންމައަށް އިޙުސާސްކުރެވިއްޖެ މަންމަގެ ދަރިފުޅު އަޝްވާދެކެ ލޯބިވާވަރު…” އަހަރެން ގަޔާއި ކައިރިކޮށްލައިގެން ހުރެ މަންމަ ވާހަކަދައްކަމުން ދިޔަވަރަކަށް އުފާވެރިކަމުގެ ކަރުނަތަކުން އަހަރެންގެ ލޮލުގެތެރެ ފުރެމުންއައެވެ.

ފުރަތަމަ ފަހަަރަށް އަަހަރެންގެ ހިތްހަވާލުކުރި އިންސާނާ މުޅިއުމުރަށްވެސް އަހަރެންގެ ނާޒުކް ހިތާއިމެދު ފަރުވާތެރިވާނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރެންގެ ހިތަށް ލިބުނެވެ. ލޯބިން ފުރެމުންދިޔަ ހިތާއިއެކު އެވަގުތު އަަހަންނަށް ސައިފްގެ މޫނަށް ބަލާލެވުނީ ޝުކުރުން ފުރިގެންވީ ނަޒަރުންނެވެ. އޭރު ސައިފް އަލަމާރިއަށް ލެގިލައިގެން ހުރިއިރު އެ މޫނުމަތީގައިވީ ފަޙުރުވެރިކަމެވެ. އެރީތި ތުންފަތްމަތީގައިވީ ހިނިތުންވުމާއިއެކު އެފުން ދެލޯވެސް ހިނިތުންވަމުންދިޔަގޮތުން އެ ރީތި ހިނިތުންވުން އަބަދަށްޓަކައި އެގޮތުގައި ލެއްވެވުން އެދި އަހަންނަށް ދުއާކުރެވުނެވެ.

“އަނބިޤަބޫލުކޮށްފިން…” ސައިފްގެ ދުލުން އަޑުއިވިގެންދިޔަ ބަސްތަކާއި ކޯތާފަތުގައި ބީހިލާފައި ދިޔަ ކަރުނަތިކީގެ ފިނިކަން އަހަންނަށް އިޙުސާސްކުރެވުނީ އެއްވަގުތެއްގައެވެ. އެވަގުތު ސައިފްގެ އަތުތެރޭގައި އޮތް އަހަރެންގެ އަތްތިލައަށް ބާރުވެގެން ދިޔަކަމުގެ އިޙުސާސެއްކުރެވުނެވެ. މޫނު އަނބުރާލަމުން ސައިފްއާއި ދިމާލަށް ބަލާލިއިރު އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ސައިފް އިންއިރު އެކަޅުކަންގަދަ ދެލޯވެސް ހިނިތުންވަމުންދާފަދައެވެ. އޭރު ކައިވެނީގެ މަޖިލީސް ފެށިގެންދިޔައިރު ބޮޑު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން ނެތިގޮސްފިއެވެ. މަރުހަބާއާއި މުބާރިކް ބާދީގެ އަޑުން ބޮޑުކޮޓަރި ގުގުމާލައިފައި އޮތްއިރު ކެމެރާތަކުން މެދެނުކެނޑި ފްލޭސްތައް ކެނޑެމުންދިޔައެވެ. އަހަންނާއި ސައިފްއަށް މޭޒުދޮށުން ދުރަށް ނުވެސް ދެވެވެނީސް އާއިލާގެ މީހުންތައް އައިސް ސަލާމް ޤަލާން ކުރަން ފަށައިފިއެވެ. އެވަގުތު މަންމަވެސް އައިސް އަހަރެންގެ ގައިގައި ބައްދާލަމުން މަރުހަބާކީއިރު އެ މޫނުމަތީގައިވީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މިރޭ މަންމަ ހިތްހަމަޖެހޭނެވަރާއި އަހަރެން ކައިވެންޏެއްކުރާތަން ދެކުމަކީ މަންމަގެ ކިހާބޮޑު ހުވަފެނެއްކަން އަހަންނަށް އިނގެއެވެ. ތުއްތުކުއްޖެއްފަދައިން މަންމަގެ އަތުތެރެއަށް އަހަންނަށް ވަދެވުނީ މަންމަގެ ހުރިހާ އުފާތަކެއް ފުރިހަމަކޮށްދެވުނުކަމުގެ އުފަލާއިއެކުގައެވެ.

“އޯ، އައި ނެވަރ ނިއު ޔޫ ވަރ ދަ ސަމްވަން ވެއިޓިން ފޯ މީ…

ކޯޒް ވީވަރ ޖަސްޓް ކިޑްސް ވެން ވީ ފެލް އިން ލަވް…”

ކައިވެނީގެ ހަފްލާ ފެށިގެންދިޔުމާއިއެކު އިވެންފެށި ހިތްގައިމު މަޑުމައިތިރި ލަވައިން ހަފްލާގެ އުފާވެރިކަމާއި ހިތްގައިމުކަން ދެގުނަ ކުރުވިއެވެ. މުޅި މާހައުލު ޖަރީކުރެވިފައިވަނީ ރަންކުލައިގެ ބޮކިތަކާއި އެކި ކުލަކުލައިގެ މާމެލީންނެވެ. ކައިވެނިކުރެވޭ ޖޯޑު ތިބުމަށް ހަދާފައިވާ ހުދާއި ފިޔާތޮށީގެ މަލުގެ ބޮޑު ގުލްދާސްތާގެ ކުރިމަތީގައި މެހެމާނުންނާއި ސަލާމްކުރަން އަަހަންނާއި ސައިފް ހުއްޓިލައިގެން ތިބިއިރު ސައިފްގެ އަތުގެ ތެރޭގައި އީޝް އިނެވެ. ހުދުކުލައިގެ ކުޑަ ލޭސް ހެދުންކޮޅެއްގައި އީޝް ކުޑަ ޕަރީއެއް ފަދައެވެ. އެ ބުޅި އިސްތަށިގަނޑު ރަތްކުލައިގެ މާތަކެއް ހުރި ހުދު ބޭންޑަކުން ހަރުކޮށްލާފައި އޮތުމުން ވަކިން ލޯތްބެވެ. އީޝްއެކޭ އެއްގޮތަށް އަހަރެންވެސް ހުރީ ލޭސް ފޮއްޗާއި ހުދު ރޭނދާއިން ޖަރީކޮށްފައިވާ ހުދުކުލައިގެ ދިގު ވެޑިން ޑްރެސްއެއްގައެވެ. ކަރުން ފެށިގެން އުނަގަނޑާއި ހަމަޔަށް ދެއަރިމަތީން ރޭނދާ ހަރުކޮށްފައިވާ ހެދުން އުނަގަނޑުން ތިރިއަށް ދޫކޮށް ހުރިއިރު ފަސްބައި އޮތީ ދުރަށް ދެމިފައެވެ. އަހަރެންގެ ބޮލުގައި ޒަމާނީގޮތަކަށް އޮޅާލެވިފައިވާ ހުދު ޝޯލްއާއިއެކު ވެއިލްއިން ބައެއްވެސް ތިރިއަށް ދޫވެފައި އޮތެވެ. ހިންދުގެ އެހީތެރިކަމާއިއެކު ކައިވެނި ހެދުމާއި ގުޅޭގޮތަށް މިނާއިން ޖަރީކުރެވިފައިވާ ޝޯލްއަކުން އަހަރެން ފަން އިސްތަށިގަނޑު ފޮރުވާލީ މިރެއަށްފަހު އަހަރެންގެ ފުރިހަމަ ރީތިކަން ސައިފް ނޫން ފިރިހެނަކަށް ފެންނަން ބޭނުންނުވީތީއެވެ.

އުފާވެރި މާހައުލެއްގައި ބޭއްވިގެންދިޔަ ކައިވެނީގެ ހަފްލާ ނިމިގެންދިޔައިރު ގަޑިން ބާރަ ޖަހާ ގޮސްފިއެވެ. އެންމެފަަހަށް ތިބި މެހެމާނުން ދިޔުމާއިއެކު ސައިފްއާއި ދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު އަހަންނަށް ގެއަށް ވަދެވުނުއިރު ގޯތިތެރޭގައި ބާކީ ތިބީ އާއިލާގެ މީހުންނެވެ. އޭރު ރައްޓެހިންނާއި އާއިލީކުދިންކޮޅެއް ސައިފް ގެއަށް ވަަނަނުދީ ހިފައްޓައިގެން އުޅެއެވެ.

ހިންދު އާއި މަނާލްގެ އެހީއާއިއެކު ދިގު ވެޑިން ޑްރެސް އުފުއްލައިލައިގެން ކޮޓަރިއާއި ހަމަޔަށް ދިޔައިރު އަހަރެންގެ ހިތްއަވަސްވަމުން ދިޔަކަން އިޙުސާސްކުރެވުނެވެ. ހިންދުއާއި މަނާލް ކުޑަކޮށް އަހަންނާއި ދިމާކޮށްލުމަށްފަހު ދިޔުމުން އަހަންނަށް ކޮޓަރީގެ ދޮރު ހުޅުވާލެވުނީ ފިނިވެފައި ހުރެގެންނެވެ. އެއާއިއެކު އަހަރެންގެ ހަށިގަނޑުގައި ފިިނި ވައިރޯޅިއެއް ބީހިލާފައި ދިޔަކަހަލައެވެ. އޭސީގެ ފިނިމިން އެންމެ ދަށްކޮއްލާފައިހުރިއިރު ކޮޓަރިތެރޭގައި އެއްވަސްކޮށްލާފައިވާ ވެނީލާ އުއްބައްތީގެ ލުއި ވަހުންވެސް އަހަރެން ސިކުނޑި ތާޒާކުރުވިއެވެ. ތަށިމުށިތައްމަތީގައި ދިގު ވެނީލާ އުއްބައްތިތައް ވިރެމުންދިޔައިރު އެނދާއި ތިރީގައި ފެތުރިފައިވާ ރަތްކުލައިގެ ފިނިފެންމާ ފިޔަތައްވެސް އަލަތު ކައިވެނީގެ ތަހުނިޔާ އަހަންނަށް އަދާކުރާ ކަހަލައެވެ. އެ ފިނިފެންމާ ފިޔަތަކުގެ މަތީން ހިނގާލާފައި އަހަރެންގެ ފިޔަވަޅުތައް ބެހެއްޓީ ބިތުގެ ފާރުގައި ޖައްސާލާފައިހުރި އީޝްގެ އެނދާއި ދިމާލަށެވެ. އޭރު އެ އެނދުގެ ދާނުގައި އީޝް އަރާމުކޮށް ނިދާލާފައި އޮތެވެ.

ކައިވެނީގެ ފުރަތަމަ ރޭކަމުން އަހަރެމެންނަށް ފުރުސަތު ދޭންވެގެން ޢީޝް ގެންދަން މަންމައާއި ސައިފްގެ މަންމަވެސް އެދުނެވެ. އެކަމަށް އެއްބަސްނުވެވުނީ އަހަންނަށެވެ. އެންމެ ރެއެއްވެސް ޢީޝްއާއި ވަކިން ހޭދަކުރެވޭވަރަށްވުރެ ބޮޑަށް އަަހަރެން ހުރީ އެ ދަރިފުޅާއި ދޯޅަވެފައެވެ. އަަމުދުން އީޝް ނެތްނަމަ ސައިފްގެ ލާނެތްކަން ހައްދުން ނައްޓައިގެންދާނެކަން އަހަންނަށް އިނގެއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުމެއް އައުމުން ސައިފް މަޑުން ނުހުންނާނެކަން ޔަޤީނެވެ. އެވަގުތު ކޮޓަރީގެ ދޮރުލެއްޕިގެންދިޔަ އަޑު އިވުމާއިއެކުވެސް އަހަރެންގެ މޫނު ރަތްވެލައިގެން ދިޔައެވެ. ލަސްފިޔަވަޅުތަކެއްގައި ސައިފް ފަހަތުން އައިސް އަހަންނާއި ގާތްވެލިއިރު ފަސްއެނބުރި ބަލާލާނެހާ ހިތްވަރެއް ނުލިބުނެވެ. ދެލޯމަރާލައިގެން ހުއްޓާ ސައިފް އަހަރެންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިކަން އިޙުސާސްކުރެވުނެވެ. ކުޑައިރުކޮޅެއްފަހުން އަހަރެންގެ ދެފައި ބިންމަތީން ނެއްޓިގެންދިޔައިރު ސައިފްގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެން ފެށިއެވެ.

“ވެއިޓް… އަހަރެން ބޭނުން ނަމާދުކުރަން…” ދެލޯ ހުޅުވާލެވުނުއިރު ސައިފްގެ މޫނު ނުރައްކާތެެރި ދަރަޖައަކަށް އަހަރެންގެ މޫނާއި ގާތްވަމުން އައިތަން ފެނިފައި އަހަންނަށް ސައިފްގެ ތުންފަތްމަތީގައި އަތްހުރަސްކޮށްލެވުނެވެ. އެއާއިއެކު ސައިފްވެސް ދެކޮޅު ހެދުމެއްނެތި އަހަރެން ބިންމަތީގައި ބެހެއްޓުމަށްފަހު ލައިގެން ހުރި ކޯޓުގެ ގޮށްތައް ނައްޓަމުން ފާހަނައާއި ދިމާލަށް ހިނގައިގަތެވެ.

ދެރަކުއަތުގެ ނަމާދު ނިމިގެން ސައިފްގެ ފަހަތުގައި އިނދެގެން އަހަރެމެންގެ ކައިވެނީގައި ބަރަކާތްލައްވާ ހެޔޮލަފާ ޞާލިޙު ދަރިފަސްކޮޅެއް ދެއްވުން އެދިގެން އަހަރެން ދުޢާކުރީމެވެ. އަހަރެންގެ ނިއްކުރިމަތީގައި އަތް ޖައްސާލައިގެން އިނދެ އަހަންނަށްޓަކައި ސައިފްވެސް ދުޢާކޮށްދިނެވެ. އެއަށްފަހު ސައިފް ކަބަޑްމަތީން ނެގި ކިރުތަށިން އެއްބައި ބޯލުމަށްފަހު އަހަންނަށް ތަށި ދިނެވެ. ނަމާދުކޮށް ނިމިގެން މުސައްލަ ހިފައިގެން ގޮސް އަލަމާރިއަށް ލާން ހުއްޓާ ސައިފް ފަހަތުން ފިޔަވަޅުގެ އަޑު ނީއްވާ އައިސް އަހަރެންގެ އުފުލާލިއެވެ. އަހަރެންގެ ފައި ބިމުން ނެއްޓިގެންދިޔަ ވަގުތު އަހަންނަށް ހަޅޭލަވައިގަންނަމުން ދެއަތުން ސައިފްގެ ކަރުގައި ބައްދައިގަނެވުނެވެ.

“ދެން ކެތެއްނުވާނެ އިނގޭ… ކިހާދުވަހެއްވެއްޖެ މިރެއަށް އަހަރެން އިންތިޒާރުކުރާތާ…” ބަރު ވެޑިން ޑްރެސްއާއިއެކު ދެއަތުން އަހަރެން އުފުލާލައިގެން ސައިފް އެނދާއި ދިމާލަށް ދިޔައިރު އެއަޑުގައިވީ ކެތްތެރިކަން ކުޑަކަމާއިއެކު ދެލޮލުގައިވީ މަސްތުކަމެވެ. އަހަންނަށްޓަކައި އެދެލޮލުގެ ތެރެއިން ދީވާނާކަމުގެ ހުޅުކޮޅުތައް ފާޅުވަމުންދިޔަކަހަލައެވެ. މަޑުދާންމަތީގައި އަހަރެންގެ ބުރަކަށި ޖެހިގެން ދިޔުމާއިއެކު އަހަންނަށް އޮވެވުނީ އެވަރުގަދަ އަތުގެތެރޭގައެވެ. ސައިފްގެ ކޮންމެ އަމަލެއްގައިވީ ކެތްތެރިކަން ކުޑަކަމާއިއެކު އަހަންނަށް ވެސް ސައިފްއާއި ބައިވެރިވަމުންދެވުނެވެ. އެތައް އަހަރެއްވާންދެން އެލޯތްބަށްޓަކައި އަހަރެން ކަރު ހިއްކައިގަނެފައިވީ ކަރުހިއްކުން އެންމެ ރެެއަކުން ފިލުވާލަން އަހަރެންގެ ހިތް ބޭނުންވާކަހަލައެވެ. ސައިފްގެ ކޮންމެ ލޯބި އަދާއެއްގައި އަހަރެންގެ ހިތް ބެހެމުންދިޔަ ވަގުތުކޮޅު އީޝްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެއާއިއެކު ސައިފްގެ އަތް ދަށުން ވީއްލިގެން އަހަންނަށް ވަގުތުން އެނދުން ފުންމާލެވުނެވެ.

“ހަނދާންނައްތާނުލައްޗޭ… އަހަންނަކީ މިހާރު މަންމައެކޭ…” ކުޑައެނދުން އީޝް ނަގަމުން އަހަރެން ބުނެލީ ސައިފްއާއި ދިމާކޮށްލާ ފަދަ ގޮތަކަށެވެ. އީޝްގެ ކަބަޑުމަތީން ބުއްފުޅިއާއި ރުމާކޮޅު ނަަގައިގެން އަހަރެން އެނދާއި ދިމާލަށް އައިރު ސައިފް އޭރު އޮތް ގޮތަށް އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. ބޮޑު ވެޑިން ޑްރެސްއާއިއެކު އަހަރެން ޢީޝް ގޮވައިގެން އެނދުގައި އިށީންނަން އުޅުމުން ތެދުވެގެން އައިސް އަަހަންނަށް ރީތިކޮށް އިށީދެވެންދެން އީޝް ހިފަހައްޓާލަދިނެވެ.

“މިއަންނަނީ އިނގޭ ޗޭންޖްކޮށްލައިގެން…” އީޝް ބާލީސްމަތީގައި ބާއްވާލަދިނުމަށްފަހު އަހަރެންގެ ކޮލުގައި ކޮއްޓާލަމުން ސައިފް ފާހަނައާއި ދިމާލަށް ދިޔައެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓްފަހުން ސައިފް ފާހަނައިން ނިކުމެގެން އައިރު އެމޫނުމަތީގައި ފެންތިކިތައް ވިދަމުންދިޔައެވެ. އަތުގައި އޮތް ފަޓްލޫނާއި ގަމީސް ދާވަށިގަނޑަށް ވައްޓާލުމަށްފަހު ސައިފް އަހަރެންގެ ކައިރިއަށް އައެވެ. އަހަރެންގެ އުނގުގައި ނިދިފައި އޮތް އީޝް ނަގަންވެގެން އަތްޖައްސާލިތަނާހެން އީޝް ނިދީގައި އޮވެ ތުންކޮޅު ދަމާލަމުން އިތުރަށް އަހަރެންގެ އަތުތެރެއަށް ބޮޑިވެގަތެވެ.

”ދަރިފުޅު ބައްޕިއާއި ޖެލަސްވަނީތަ؟ ދެން އީޝްއަކަށް މަންމި އަމިއްލަކޮށްގެނެއް ނޫޅެވޭނެއޭ… މިހާރު މަންމިއަކީ ބައްޕިއާއި އީޝްއާއި ދެކުދިންގެ ކުއްޖެއް… އެހެންވީމަ ދަރިފުޅު ޖެހޭނެ ބައްޕިއާއި މަންމި ޝެއާރކުރަން ދަސްކުރަން އިނގޭ…” އުނަގަނޑުގައި ދެއަތްވިއްދާލަމުން ސައިފް ބުނެލިއިރު ވިސްނޭ އުމުރުގެ ކުއްޖަކަށް ފިލާވަޅެއް ނަގައިދިންކަހަަލައެވެ. ސައިފްގެ ހަސަދަވެރިކަން ހުރިވަރު ފެނިފައި އަހަރެންގެ ގާތަށް ހިނިއައެވެ. ސައިފްގެ މޭގައި އަތްއަޅާކޮއްޕާލިގޮތަށް ހެވިފައިހުރެގެން އަަަހަރެން ކުޑައެނދާއި ދިމާލަށް ދިޔުމުން ސައިފްވެސް އަހަރެންގެ ފަހަތުން އައެވެ.

އީޝް ގެނެސް އެނދުގައި ބާއްވާލުމަށްފަހު ފުންނިންޖެއްގެ ތެރެއަށް ފީނަމުންދާ އެ ތުއްތު ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ މައުސޫމް މޫނުމަތީން ޢާޝާލް ސޫރަވެގެންދިޔުމާއިއެކު އެހެންފަހަރުތަކާއި ހިލާފަށް އަހަންނަށް ހިނިތުންވަމުން އެތުއްތު މޫނުގައި އަތް ހިންގާލެވުނެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު އެދަރިފުޅަކީ އަހަރެމެންނަށް ޢާޝާލްގެ މަތީން ހަނދާން ކޮށްދޭނޭ ދިރިހުރި ނިޝާނަކަށްވާނެއެވެ. އާޝާލްގެ ހިޔާލުތަކުގައި ހިނިތުންވެފައި ހުރެވުނު ވަގުތު ސައިފް ފަހަތުން އައިސް އެދެއަތުގެ ތެރޭގައި އަހަރެންގެ ހަށިގަނޑު ފޮރުވާލިއެވެ. އަހަރެންގެ ހަށިގަނޑުގައި ވަށާލެވިފައިވާ ސައިފްގެ ދެއަތްތިލަމަތީގައި އަތްތިލަ ބާއްވާލަމުން އަހަރެންގެ ހަށިގަނޑު ބުރަދަން ދޫކޮށްލަމުން ސައިފްގެ މެޔަށް ލެގިލަމުން ދެލޯ މަރާލީމެވެ.

“ނޭވާވަނީއޭ ގުޅިފައި ލެޔާއޭ…

އުނގުގާވި ރޭ ކިޔާ އަދަދެއްނުވާނޭ…

ރިއްސާ ހިތާމޭ ދެއްކޭނޭބާއޭ….

މިއުމުރު ނިމޭތީ، އިންތިޒާރު ދިގުލާތީ…

ނިންޖާ އަރާމްވެޔެ ޤުރުބާން…”

ސައިފްގެ ފިރިހެންވަންތަ އަޑުން އަހަރެންގެ ކަންފަތްދޮށުގައި ވިރުވާ އަޅާލި ލަވައިގެ ލަފްޒުތަކާއިއެކު އަހަންނަށް ފަަހަތަށް އެނބުރިލަމުން ފުރިހަަމަކަމުގެ ދެވަނައެއްނުވާ އެ މޫނަށް ނަޒަރުހުއްޓާލެވުނެވެ. އެލަވައިގެ ބައިތުތަކުން ސައިފް އަހަންނަށް ހަނދާންކޮށްދިނީ މާޒީގެ އެތައް ހަނދާނެކެވެ. ފުރާވަރުގެ ދުވަސްތަކުން ފެށިގެން ސައިފްގެ ފޯނުގެ ރިންގްޓޯންގެ ގޮތުގައި އެލަަވައިގެ ބައެއް އަޑުއިވިގެންދިޔަ ރެޔާއި ހަމަޔަށް އަހަރެންގެ ހަޔާތުގައި އައި ހުރިހާ ދުވަހެއްގެ ހަނދާންތައް އަހަރެންގެ ލޯމަތީގައި ރޯލްވެލި ކަހަަލައެވެ. ލަސްލަހުން އަހަރެންގެ ދެލޯ ފެންކަޅިވެގެންދިޔައެވެ.

“މިއީ އަހަރެން ކުރި ހާދަ ދިގު އިންތިޒާރެއްގެ ނިމުމޭ… ހިޔެއްވެސްނުކުރަން އަޝްވާ އަަހަންނަށް ލިބޭނެކަމަކަށް… ވަރަށް ލޯބިން މުޅިއުމުރަށް އަޝްވާއާއި ޢީޝް ގެންގުޅުން ނޫން އެއްވެސް އެދުމެއް މިއަދު އަހަރެންގެ ނެތް… އައި ލަވް ޔޫ… އަޝްވާ…” ކަރުނައިގެ އަސަރު ފާޅުވަމުންދިޔަ އަހަރެންގެ ދެލޮލަށް ބޮސްދެމުން ސައިފްގެ އަތުތެރޭގައި އަހަރެން ފޮރުވާލީ މުޅިއުމުރަށް އެކުގައިވާނެކަމަށް ވައުދުވަމުންނެވެ. އެދެއަތުގެ ހިމާޔަތް ލިބިގެންދިޔުމާއިއެކު އަހަރެންގެ ހިތް ވިރިގެންދިޔަ ކަހަލައެވެ. ލޮލުގައި ފުނިޖެހެމުންދިޔަ އުފާވެރިކަމުގެ ކަރުނަތައް ސައިފްގެ މޭމައްޗަށް ބަންޑުންވެގަތެވެ.

މީގެ އެތައް އަހަރެއްކުރީން ފުރާވަރުގައި އަހަރެން ދެކެން ފެށި ލޯބީގެ ރީތި ހުވަފެން އެތައްއަހަރެއްފަހުންވެސް ހަޤީގަތަކަށްވެގެން ދިޔައީތީ އުފާކުރަމެވެ. ފުރަތަމަ ލޯބި ހާސިލްވުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ލިބޭނޭ ނަސީބެއްނޫނެވެ. ސައިފްއާއިއެކު އެ ނަސީބު ލިބުނު މަދުމީހުންގެ ތެރޭގައި ހިމެނުނީތީ އަހަރެން ޝުކުރުވެރިވަމެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާއި ލޯބި ލޯބި ދަރިފުޅާއިއެކު މިއަދު އަހަރެންގެ މުޅި ދިރިއުޅުން ފުރިހަމަވީކަމުގެ އިޙުސާސްކުރެވިއްޖެއެވެ.

“އަހަރެންވެސް ވަރަށް ލޯބިވޭ… ދުވަހަކުވެސް ސައިފްއާއި ވަކިވާކަށް ނޭނދެން…” މަޑުމަޑުން ކައިރިވަމުންދިޔަ ނޭވާތަކާއިއެކު ދެހިތުގެ ހިނގުންވެސް އަވަސްވާންފެށިއެވެ. އެކަކުއަނެކަކަށް އެދެވެން ފެށީ އިންތިހާއަށެވެ. ދެހިތުން ދެހިތަށް ލޯބި އަންގައިދިން ވަގުތުކޮޅު އަހަންނަށް ސައިފްގެ އަތުތެރެއަށް ވަދެވުނީ ހިތުން ރުހުމުންނެވެ. ދުވަހަކު ވަކިނުވާނެކަމަށް ވައުދުވަމުންނެވެ. އޭރު ފަރުދާކަހާލެވިފައިވާ ބިއްލޫރި ކުޑަދޮރުގެ ފުރަގަހުން ހިނިތުންވެލައިގެން އިނދެ އުޑުގައި ރަސްކަންކުރަމުންދިޔަ ހަނދުވެސް ވިލާކޮޅަކާއި ނިވާވެލީ އަހަރެމެންގެ ލޯބީގެ ދުނިޔެއަށް ފުރުސަތުދެމުންނެވެ.

“ނޭނދޭ ނޭނދޭ ދުރުގައި ހުންނަން…

ފޫހިކަންވޭ ބިންމަތީގާ…

ވައުދޭވީ އެކި ރޭރޭ….

ހިޔާލުގެ ރަން ދުނިޔޭގާ…”

( ނިމުނީ )

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ދޮންތަބޭގެ ސަމާސާ

Next

ތަގުދީރު 11

Next
July 23, 2023

ތަގުދީރު 11

Previews
July 22, 2023

ދޮންތަބޭގެ ސަމާސާ

12 Comments!

  1. Ifoo says:
    July 22, 2023 at 7:47 am

    Aww.. Maasha allah.. Vv reethi Mi vaahaka ❤️😊

    1. Naira says:
      July 22, 2023 at 11:42 pm

      Thanks a lot for being my regular reader and commenting regulary. So glad that you liked it

  2. kokila modi says:
    July 22, 2023 at 10:08 am

    varah reethi nimunves varah salhi……ithuru vaahakayakah inthizaarukuran

    1. Naira says:
      July 22, 2023 at 11:45 pm

      Shukurihya… vaahaka kamudhiyaeetheeve varah ufaavehjje

  3. Naira says:
    July 22, 2023 at 12:55 pm

    This marks the end to VakiveeLoabin (journey of ashwa & saif). Hope you all liked this story. Thank you for your endless support (comments, likes & views). Couldnt have completed this without you guys. Take care and bye….

  4. love imko 💖 says:
    July 22, 2023 at 4:41 pm

    I love this story
    I am so sad about you finish this story 😍😭
    I love you so much
    Take care guys ❤️😘

    1. Naira says:
      July 22, 2023 at 11:46 pm

      Thanks a lott for leaving your comments regularly.. so glad that you liked this story

  5. Anonymous says:
    July 22, 2023 at 6:30 pm

    When is your new story??

    1. Naira says:
      July 22, 2023 at 11:49 pm

      Its hard to give an exact date. I would like to take maximum time to plan and write a new one before presenting it to my readers. Hope you will keep waiting. Thank you

  6. Marsha says:
    July 23, 2023 at 12:53 am

    Varah fahun mi story kiyan feshy, varah rythi, descriptions were so good, the whole story was verrryyy nice, thank u for such a wonderful story, hope to see more and soon. ❤️❤️❤️

  7. Naira says:
    July 24, 2023 at 12:35 am

    Thanks a lott. Its a pleasure to present this story to you guys. So glad to know that you liked it…

  8. love imko 💖💕 says:
    July 24, 2023 at 8:01 pm

    When is your new story write

Comments are closed.



All Right Reserved!