ރާނީ
ނޯޓް…..މީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ތައް ހުރުމަކީ އެކަށިގެންވާކަމެއް…..
އިރުއަރައިގެން އައިސް އިރު މެދު ޖެހުނުއިރު އާދައިގެމަތިން މެންދުރުގެ ކެއުން ބައްޕައާއި އެކީ ކާލުމަށް ގެއަށް ދިޔުމަށްޓަކައި އަވަސް އަވަހަށް އޮފީސް މަސައްކަތް ނިންމާލެވޭތޯ ރާގިނީ ދިޔައީ ތެޅިފޮޅެމުންނެވެ. އުމުރުން އެންމެ 10 އަހަރުގައި މަންމަ ނިޔާވުމާއި ގުޅިގެން ރާގިނީ ބަލާ ބޮޑު ކުރީ ރާގިނީގެ ބައްޕައެވެ. ރާގިނީގެ ބައްޕަ ރަމީޒު އަކީ އިންޑިޔާގެ އެންމެ މުއްސަނދި މިހުންގެ ތެރޭގައި ގުނާ ލެވޭ މީހެއް،ނަމަވެސް އޭނާއަކީ ވަރަށް އަހްލާގް ރަގަޅު ފަގީރުންނަށް އެހީތެރިވެ އުޅޭ މީހެއް، އޭނާގެ އަންހެނުން މަރުވުމުން އޭނާގެ ހުރިހާވެސް އުފަލަކީ ލިބުނު ހަމައެކަނި ދަރިފުޅު…ދަރިފުޅަށް ރަގަޅަށް ކިޔަވައިދީ ވިޔާފާރީގެ ކަންތައްވެސް ރާގިނީ އާއި ހަވާލުކުރިއެވެ. މިހާރު އޭނާ ހަމައެކަނި ބިޒްނަސް ކޮންފަރެންސް ތަކަށް ގޮސްލާ އުޅުންނޫން އިތުރުކަމެއް ނުކުރެއެވެ. މިހާރު ހަކުރު މަތިވުން ކަހަލަ ސިއްހީ މައްސަލަތައް ހުރުމުގެ ސަބަބުން ރާގިނީވެސް ބެނުން ވަނީ އޭނާގެ ބައްޕަ ގޭގައި ހުރުމަށް ކިތަންމެ މުއްސަނދި ވިޔަސް ރާގިނީއަކީ ވެސް އަހްލާގް ރަގަޅު ހެޔޮލަފާ ކުއްޖެއް އުމުރުން 25 އަހަރު ވީއިރުވެސް އޭނާގެ ލޯބިވެރިޔަކު ނުހުރޭ ދުވަހަކުވެސް އެކަހަލަ ހިޔާލެއްވެސް ރާގިނީ ކޮށްފައި ނުވޭ! ނަމަވެސް ރަމީޒު އެންމެ ދެކެން ބެނުން ވާ ދުވަހަކީ އޭނާގެ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށާދުވަހެވެ.
މަސައްކަތް ނިންމާލުމަށް ފަހު އޮފީހުން ނިކުމެވުނުއިރު ގަޑިން 12 ޖަހާ ބޮޑުވެއްޖެ އަވަހަށް ސްކޫޓީ އަށް އަރާ ރާގިނީ ދުއްވާލީ އަވަހަށް ގެއައްދެވޭތޯ ސްކޫޓީގެ ތަޅުދަނޑި ސެކިޔުރިޓީ އާއި ހވާލުކޮށްފައި ދުވެފައި ގޮސް ގެތެރެއަށް ވަނީ ބައްޕައަށް ބާރަށް ގޮވަމުންނެވެ. ލައްބަ ދަރިފުޅާ ގޭތެރެއިން އިވިގެން ދިޔައީ ރަމީޒު އަޑެވެ. ހިންގާ ކާން އަވަހަށް ކައިގެން ބޭސްވެސް ކާން ޖެހޭނެ އެއްނު. ރަމީޒުވެސް ރާގިނީގެ ފަހަތުން ގޮސް ކާން އިށީނެވެ. ދަރިފުޅާ ދެން ޒަވަޖީ ހަޔާތެއް ފަށަން ވިސްނަނީ ކޮންއިރަކުންތޯ؟ ބައްޕަގެ ފެވަރިޓް ޓޮޕިކްދޯ؟ ހީލަމުން ރަގީނީ ބުނެލިއެވެ. ދަރިފުޅާ ގިއްނީ ދަރިފުޅު މީހަކާއި އިންދެގެން އުފަލުގައި އުޅޭތަން ބެލުމަކީ ބައްޕަގެ އެންމެ ބޮޑުއުއްމީދު އެކަމަކު ބައްޕާ މިހަކާ އިންނާކަށް ވަގުތެއް ނުވޭ… ދަރިފުޅާ ރާހުލް މިހާރުވެސް އެހެރީ ދަރިފުޅު އާން ބަސް ބުނޭތޯ. އަޅުގަނޑު ރާހުލް ދެކެނީ ހަމައެކަނި ރަހްމަތްތެރިއެއްގެ ހައްސިއަޔަތުން ސޯ ބިގް ނޯ… ބައްޕާ އަޅުގަނޑު ރީތިތޯ؟ ދަރިފުޅު ހީވަނީ ހަމަ ރަތް ފިނިފެން މަލެހެން ހީލަމުން ރަމީޒު ދިން ޖަވާބުން ރާގިނީގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ދެން ބައްޕާ….. ކިހިނެތްވީ މީހަކު ބުނީތަ ހަޑިއޭ؟ ނޫން އެކަމަކު ބައެއް މީހުންނަށް އަޅުގަނޑުގެ މޫނަށް ބަލަންވެސް އުދަގޫވޭ…. ކާކުތަ؟ އަޅާނުލާ ދެން ބައްޕާ މިއަދު ހަރިސް ބޭބެ ނައަންނަ ދުވަހެއްތަ ކުޅިގަނޑެއް ޖަހާލަން. ނޫނޭ އެބަ އަންނަމޭ ބުނީ. ގިއްނީ ދަރިފުޅާ ވެދާނެއެއްނު ތިޔަ ބުނާ މީހަކަށް ދަރިފުޅުގެރީތި ކަމުން ބަލަން އުދަގޫ ވަނީ ކަމށް ވެސް އަޅެ އަހާލަބަލަ ނިކަން ކީއްވެހޯ ނުބަލަނީ؟ ދަރިފުޅު ދާ ގަޑިވެސް ޖެހެނީ ނު ހިންގާ ބޭސް ކާން އަވަހަށް އާން ދޯ؟ ބައްޕައަށް ބޭސްދިނުމަށް ފަހު ރޫމަށް ވަދެ އިސްކޮޅު ފެންނަ ލޯގަނޑު ކުރިމަތީ ހުއްޓި ރާގިނީ އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ލައިގެން އިން ކަކުލާހަމައަށް އަންނަ ސްކާރޓް އާއި ގަމީހުގައި ބެގީކޮށްފައި އިންއިރު އޭނާ ފެންނަނީ ނުހަނު ލޯބި ކޮންނެވެ. އޮމާން ދޮން ހަންގަނޑެކެވެ ކަޅު ފަން ދިގު އިސްތަށި ގަނޑެކެވެ. ބްރޭކް ނިމްމާލާފައި ގޮސް ރަގިނީ އޮފީހަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ ނަމަވެސް އިރު އިރުކޮޅުން ދޮރާދިމާލަށް ބެލެނީ ކީއްވެކަން އޭނައަކައްވެސް ނޭގެއެވެ. އިންތިޒާރު ކުރެވެނީ ކާކަށްބާ؟ އެންމެ ފަހުން ފޯނު ނަގާ ރާގިނީ ގުޅާލީ އޮފީހުގެ އެކައުންޓްސް ގަ އުޅޭ މުވައްޒިފަކަށެވެ. މޭ އައި ކަމިން މޭމް؟ ޔޭސް ޕްލީޒް .. އެތެރެޔަށް ވަދެގެނަ އައި އަވިނާޝް ރާގިނީގެ މޭޒު ކުރިމަތީ ކޮޅަށް ހުއްޓުނެވެ އިށީންދޭ ރާގިނީ ބުނެލިއެވެ. ކިޔަމަންތެރިކަމާއިއެކު އަވިނާޝް އިށީނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އިސް އުފުލާ ރާގިނީ އާއި ދިމާލަށް ބަލާނުލައެވެ. އަވިނާޝް އޮފީހާ ދޭތެރޭ ދެކެނީ ކިހިނެތް؟ އަޅުގަނޑު މަސަކަތްކުރަނީ ވަރަށް ކުރާހިތުން ވަރަށް ހިންހަމަޖެހޭ ވަރަށް އެކުވެރި ސްޓާރފުން އުޅޭ ތަނެއް މީ…. މެނޭޖްމެންޓާ ދޭތެރޭ ދެކެނީ ކިހިނެތް؟ ރަގީނީ އަނެއްކާވެސް އަހާލިއެވެ. ދަ ބެސްޓް އަވިނާޝް ޖަވާބު ދިނެވެ. އަޅުގަނޑާއި ދޭތެރޭ ދެކެނީ ކިހިނެތް؟ އަސްލު ކުރަން ބެނޫން ވި ސުވާލު ރަގިނީ އެންމެ ފަހުން ކޮށްލިއެވެ. މޭމް ވަރަށް ރަގަޅު އެހެން ބޮސްމެން ގޮތަށް ކުށެއް ކުރެވުމުން ހަޅޭލަވާ ނަހަދާ ކުރިޔަށް ދިޔުމަށް ހިތްވަރުދޭ ތީ ވަރަށް އުފާވޭ… އަވިނާޝް ގެ ޖަވާބު އަޑު އިވިފައި ރާގިނީގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ. ރާގިނީއަށް އަވިނާޝް އާއި ދިމާލަށް ބަލާލެވުނެވެ. ހުދު ކުލައިގެ އަތްދިގި ގަމީހާކާއި ކަޅު ފަޓްލޫނާއި ކަޅު ބޫޓު ގައި އަވިނާޝް ވަރަށްވެސް ހިތް ގައިމެވެ ބެގީ ކޮށްލާފައި ވުމުން ވަކިން ސްމާޓްކަމަށް ދައްކައެވެ. ކުއްލިޔަކަށް ރާގިނީ އަށް ހަމަބިމަށް އާދެވުނެ ކަހަލަ އެވެ. ވަޓްސް ރޯންގަ ވިތް މީ ރާގިނީއަށް ހިތާހިތުން ބުނެލެވުނެވެ…. އަވިނާޝް އަންހެންކުދިންނާ ދިމާލަށް ބަލަން ލަދު ގަންނަނީތަ؟ ނޫން އަވިނާޝް ގެ ޖަވާބު އަވަސް ވެފައި ކުރެވެ. ދެން ކީއްވެ އަހަންނާދިމާލަށް ނުބަލަނީ ؟ ކަމެއް ނުވޭ! ކޮންމެވެސް ކަމެއް އެބައުޅޭ ބުނެބަލަ؟ މޭމް ރުޅި އައިސް ދާނެ…. ތީގެ މާނައަކީ މައްސަލައެއް އެބައުޅެއޭ… ބުނެލަދެވިދާވެތަ؟ ނޫން ސޮރީ؟ އަޅުގަނޑުދެން މިވަގުތު ގޮސްލިޔަސް އެންމެ ރަގަޅު ތޯ؟ އާން މައްސަލައެއްނެތް… އަވިނާޝް ދިޔުމުން ވެސް ރަގިނީ އަކަށް ހަމަޖެހުމެއް ނުލިބުނެވެ. ފޯނު ނަގާ ރާގިނީ ގުޅާލީ އޭނާ ގެ އެންމެ ގާތް އެކުވެރިޔާ ޔާނާ އަށެވެ. އޮފީސް ކައިރީ ކެފޭ އަކުން ދިމާވާން ނިންމާލަމުން ފޯނު ކަނޑާލާފައި ރާގިނީ ކެބިން އިން ނުކުމެގެން ދަމުން ބަލާލީ އަވިނާޝް ގެ ކެބިން އާއި ދިމާލަށެވެ ފެނުނު މަންޒަރު ރާގިނީ އަށް ގަބޫލުވެސަ ނުކުރެވުނެވެ އޮފީހުގައި އުޅޭ ސީމާ އާއި ވަހަކަ ދައްކަމުން ދިޔައިރު އޭނާ ސީމާ އާއި ދިމަލަށް ބަލާލާފާ ހީލާވެސް ހަދައެވެ. އަވިނާޝްގެ ހިނިތުންވުން ފުރަތަމަ ފަހަރަށް ފެނުމުން ރާގިނީ އަށް ހުރެވުނީ ކުރިޔަށް ދާންވެފައިވެސް ނޭންގިއެވެ. ފޯނަށް މެސެޖެއް އައުމުން ބަލާލާފައި ރާގިނީ ހިންގައިގަތީ އޮފީހުން ނުކުތުމަށެވެ ކެފޭ އަށް ވަދެ އިށީނުމަށް ފަހު މާ މަޑުން އިންނާތީ ޔާނާ ސުވާލުކޮށްލިއެވެ. އަވިނާޝް……ރާގިނީ އަށް ބުނެލެވުނެވެ. އޯހް ޔާ މިހާރަކަށް އައިސް ތިނޫން ވާހަކައެއް ގިއްނީ އަކަށް ނުދެއްކޭ ހިވަނީ ހިތްކީ ހެން…. ދެން ޔާނޫ ވެސް….. ބުނެބަލަ ކިހިނެތް ވީ މިއަދު؟ އަހަރެން މއަދު އެހިން ކީއްވެ ހޯ މަށާ ދިމަލަށް ނުބަލަނީ ބުނީމަ ބުނީ އަހަރެން ރުޅި އަންނާނޭ ބުނީމަ އަދި ސޮރީ އޭ ބުނެފަ އަވަހަށް ގޮއްސި… ވަޓް… އެކީއްވެބާ ރުޅި އަންނަން ވީ؟ ނޭންގޭ… އަދި ދެންމެ އަހަރެން އޮފީހުން ނުކުންނަން ވެގެން އަންނަނިކޮށް ފެނުނީ ސީމާ އާއި ވާހަކަ ދައްކާ މާޖާކޮށް އޭނާ އާއި ދިމާލަށް ބަލާވެސް ހަދާ…މީގެ ކުރިން ހީކުރީ އަންހެންކުދިންނަށް ނުބަލަނީ ކަމަށް އެކަމަކު މިހާރު މިއެނގުނީ މަށަށް އެކަނިކަން ނުބަލަނީ ބަޓް ވައި ވައި މަގޭ މައްސަލައެއް ވީމަތާ ދެރަވެލާފައި ރާގިނީ ބުނެލިއެވެ. އަޅާނުލާބަލަ ޔާނާ ބުނެލިއެވެ އެހާ މުހިންމު މީހެއްވެސް ނޫނެއްނު ހަމައެކަނި އޮފީހުގެ އެމްޕޮލޯއީއެއްނު… އާން ދޯ އެހެން ބުނެލިއެއް ކަމަކު ރާގިނީއަށް މިރޭ ނިދޭނެ ކަމެއްވެސް ނޭންގެއެވެ. އޮފީސް ނިންމާލާފައި ގެއައް ގޮސް ބައްޕަ އަށް ވަގުތުކޮޅެއްދީފައި ރޫމަށްވަދެ ފެންވަރަލައިގެން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ދެލޯމަރާލާއިރަށް ވެސް ރަގީނީ އަށް ފެންނަނީ އަވިނާޝް ގެ ހިނިތުންވެފައިވަ މޫނު… ކިހިނެތް ތަ މަށަށް މިވަނީ؟ ރާގިނީ އަމިއްލަ ނަފްސަށް ބުނެލިއެވެ. އެހެން ތެޅިތެޅި އޮއްވާ ނިދުން އިރެއްވެސް ނޭންގެއެވެ. ހެދުނު ތެދުވެގެން ބައްޕައަށް ސައިދޭން ގޭގައުޅޭ ޝާންތީ ކައިރީ ބުނެފައި ރަގިނީ އަފީހަށް ދާން ނުކުތެވެ. މިއަދު އޮތީ ދުބާއީގަ އޮތް ކޮންފަރެންސްއަށް ދާން ތައްޔާރުވުމެވެ. ރާގިނީ އާއި އެއްކޮށް އަވިނާޝް ގެންދަނަ މާކުރިން ވަނީ ނިމްމާފައެވެ. މީޓިންގަ އެކަން އިއުލާނުކުރުމުން އަވިނާޝް ވަރަށް ހައިރާންވި ނަމަވެސް މޭމްގެ ނިންމުމަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެންމެން ދިޔުމުން ރާގިނީ އަވިނާޝް އަށް ގޮވާލިއެވެ. އަވިނާޝް ގެ ޕާސްޕޯރޓް ކޮޕީއެއް މެއިލް ކޮށްލާތި؟ ލައްބަ….. އަވިނާޝް ބުނެވިދާނެތަ އަހަންނާދިމާލަށް ނުބަލާ ސަބަބު؟ މީ……މީ……. ކުރު ކުރު އެއްޗީހިލާފަހުންނާތީ އަންހެންކުދިން ނިވާކަންކުޑަ ހެދުންލީމަ އެއްގޮތަކަށް ވެސް ކަމަކު ނުދޭ އަންހެންކުދިންގެ ހަށިގަނޑު ހިލޭ ފިރިހެނުންގެ ކުރިމަތީ ހާމަކުރުމަކީ އަހަރެން ހިތްހަމަޖެހޭކަމެއް ނޫނެވެ.. އެފަދަ މިހުންނަށް ބެލުމަކަށް ނޭދެމެވެ…. ވަޓް ހޫ އާރ ޔޫ ޓު ޖަޖް މައި ޑްރެސް…. މެމް އަޅުގަނޑު ޖަޖްކުރަނީ އެއްނޫން…. ނުބުނަން ނުލާށެކޭވެސް ރާގިނީގެ ވާހަކަ މެދުކަނޑާލަމުމުން އަވިނާޝް ބުނެލިއެވެ. މޭމް ބޭނުން އެއްޗެއް މެމް އަށް ލެވޭނެ… އެކަމަކު އަޅުގަނޑުގެވެސް އަމިއްލަކަމެއް ބެލުމާ ނުބެލުމަކީ ވެސް….. ސުވާލު ކުރީތީވެ ތެދު ތެދަށް ޖަވާބު މިދިނީ……އަވިނާޝް އޯކޭ ދެން ދިޔަޔަސް… ޓިކެޓް ފޮނުވާލާނަން…. މޭމް އަޅުގަނޑު ނޫން އެހެން މީހަކު ގެންދަންވީނޫންތޯ؟ ކިހިނެތްވީ؟ އެކަހަލަ ބޮޑެތި ކޮންފަރެންސަތަކަށް ދާން ލާކަހަލަ އަގުބޮޑު ސޫޓް ތަކާ އެއްޗިއްސެއް ނުހުނާނެ އަޅުގަނޑުމެން ކަހަލަ މިޑްލްކަލާސް މީހުން އަތަކުއެއް…. އަވިނާޝް މިހާރު ތި ލާ އޮފީސް ހެދުންތައްވެސް ހަމަ ވަރަށް ރީތި ޔޫލުކް ސޯ ހޭންޑްސަމް އިން ދެޓް….. ތެންކިޔު މޭމް…. ރާގިނީ އަށް ބުނެވުނު އެއްޗެއް އިހްސާސްވީ މާފަހުންނެވެ ރާގިނި ކުޑަކޮށް ލަދުވެސް ގަތެވެ ނަމަވެސް އެކަން ފޮރުވާލަމުން ކޮންމެހެން ނުޖެހޭނެ ސޫޓު ލާކަށް ކެށުއަލް ހަމަ އޯކޭވާނެ ކަމަށް ބުނެލިއެވެ.. އޯކޭ މޭމް ސީޔޫ އިން އެއާޕޯރޓް. އަވިނާޝް ނުކުމެގެން ދިޔުމުންވެސް ރަގިނީއަށް ހުރެވުނީ ފާޑަކަށް ބަލަހައްޓައިގެންނެވެ. މިނޫނީ ދުވަހަކުވެސް ރާގިނިއަށް ފިރިހެނަކު ރީތިވެފައި ނެތްކަން އެވަގުތު އޭނާއަށް އިހްސާސްކުރެވުނެވެ. އަދި އެހެންމީހުންނާ ތަފާތު ނަޒަރަކުން އަވިނާޝް އަށް ބެލޭކަން ވެސް ފާހަނގަކުރެވުނެވެ.
ހޭލެވުމާއެކު ފުރަތަމަވެސް ފޯނު ނަގާ ގުޅާލީ އަވިނާޝް އަށެވެ ކޮންމެހެން މުހިންމު ކަމެއް އޮވެގެނެއް ވެސްނޫނެވެ، ހެލޯ މޭމް އަވިނާޝް ފޯނުނެގިއެވެ. ނިދި އަޑުން ޖަވާބު ދިން ގޮތުން ރާގިނީގެ ހުރިހާ ލޯލިތައްވެސް ކޮޅަށް ޖެހިގެން ދިޔައެވެ. 10 ޖަހާއިރަށް އެއާރޕޯރޓް އަށް ދާންޖެހޭ އެއްނު؟ އަދިވެސް ނިދަނީތަ؟ ލައްބަ މޭމް ގަޑިޔަށް އަޅުގަނޑު ދާނަން އަދި ކިރިޔާ 6 ނު ޖެހީ…. ރަގީނީ އަށް ގަޑިވެސް ބަލާލެވުނިދެނެވެ. ސޮރީ ނިދި ހަލާކު ކޮށް ލެވުނީތީވެ. ތި އަޑު އަހާލާހިތުން ހަމަ ގުޅާލެވުނީ….. ވަޓް؟ ކީކޭ މޭމް އަޅުގަނޑުގެ އަޑު ތޯ؟ ރާގިނީ ލަދުން ގޮސް ހަލާކު ނުވީ ކިރިޔާ… އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަދި އަމިއްލަ ނަފްސަށް ކުދިވެސް ކިޔާލިއެވެ. އޭނާގެ އިހްސާސް ތަކާމެދު ވިސްނާލެވުނެވެ. އަބަދުވެސް އަވިނާޝް އާއި މެދު ވިސްނެނީ ކީއްވެބާ ؟ އަބަދު ދެކޭހިތް ވަނި ކީއްވެ ބާ؟ ވާހަކަ ދައްކާ ހިތް ވަނީ ކިއްވެބާ؟ ހުރިހާ ސުވާލުތައް ރާގިނީ ގެ ހިތުތެރޭގައި އެބުރެމުން ދިޔައެވެ. އެހެން އޮއްވާ އަނެއްކާވެސް ރާގިނީއަށް ނިދުނެވެ. ދެން ހެލެވުނީ 8 ޖެހި އިރު އެވެ. ރެޑިވެގެން ތިރިޔަށް ފޭބީ ދިޔުމުގެކުރިން ބައްޕައާއި އެކު ކުޑަ ވަގުތުކޮޅެއް ހޭދަކުރުމުގެ ނިޔަތުގައެވެ. އައިސް ބްލޫ ކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ކުރުތާގައި ރަގިނީ ފެންނަނީ ވަރަށް ތަފާތުކޮންނެވެ. ރާގިނީ ފެނުމާއެކު ރަމީޒު ގޮވާލިއެވެ….ޝާންތީ…..ރާމޫ…… އާދެބަލަ އަވަހަށް މިގެޔަށް މެހެމާނަކު އަތުވެއްޖެ. އެ ދެމީހުން ތެޅެމުން ފޮޅެމުން އައިރު ކުރިމަތީ ހުރި ރާގިނީ ފެނިފައި ހުއްޓުން އެރިއެވެ. ބައްޕަވެސް ދެން ދޯ…. ދަރިފުޅު މިއަދު ވަރަށް ރީތި ހީވަނީ މަންމަހެން…..މީ މަންމަގެ ދަރިފުޅޭ ސޯ ވައްތަރުވާނެތާ ދޯ އެންޑް މި ކުރުތާވެސް މަންމަގެ….ޝާންތީ ކޯޗެއްހުރީ ސައިބޯން؟ މަސްހުންޏާ ރޮއްޓާ ކުޅިމަސްވެސް އެބަހުރި…. ހިންގާ ސާބޯން ދޯ…
ރާގިނީ ކާރު ގޮސް އެއާރޕޯރޓް އަށް މަޑުކޮށްލުމާއެކު ކަރުން ފައިބާފަ ހޯދަންފެށީ އަވިނާޝް…..މޭމް ފަހަތުން އިވިގެން އަޑުން ރާގިނީ ފަހަތަށް ބަލާލިއެވެ. ގްރޭކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނުގައި ހުރި އަވިނާޝް އަށް ކުއްލިއަކަށް ރާގިނީ އާއި ދިމާލަށް ބަލާލެވުނެވެ. ވޭތުވެދިޔަ ތިންމަސްތެރޭ ފުރަތަމަ ފަހަރަށް އަވިނާޝް އިސް އުފުލާ ރާގިނީ އަށް ބަލާލިއެވެ. މޭމް ޗެކިން ކުޑަކޮށް ލަސްވެފައި…. އަވިނާޝްގެ މޫނަށް ބަލަން ރާގިނީ އަށް ހުރެވުނީ އެރީތި ދެލޮލުގެ ޖާދޫ ގައި ޖެހިފައި ގުޑިލަންވެސް ނޭންގިފައި…. މޭމް…..މޭމް އަވިނާޝް ދެތިން ފަހަރު ގޮވާލުމުންވެސް ރާގިނީ އަގައިން ނުބުނުމުން އަވިނާޝް ކުޑަކޮށް ކްލެޕްކޮށްލިއެވެ. ރާގިނީ ދިޔައީ ސިއްސައިގެންނެވެ. ކީކޭތަ ބުނީ؟ ކުޑަކޮށް ޗެކިން ޑިލޭވެއްޖެ. އެހެންތަ ހިންގާ ކޮފީއެއް ބޯލަން….ކެފޭގަ ޖައްސާލުމަށް ފަހު ވޭޓަރު އައުމުން ކޮފީއަށް އޯޑަރ ދިނީ ރާގިނީއެވެ. މޭމް ކިހިނެތްތޯ އެގުނީ އަޅުގަނޑު ބޮނީ ކޮންކަހަލަ ކޮފިއެއްކަން އެގުނީ؟ ދެން ހަމަ އެގުނީ…. މޭމް މިއަދު ވަރަށް ތަފާތު….ޔާ އައިނޯ….އެހެންވީމަތާ މިއަދު އަވިނާޝް އަށް އިސްއުފުލާލަން ޖެހުނީ….ޔޫލުކް ގުޑް އިން ދެޓް…… މީ މަންމަގެ ކުރުތާއެއް…..ސޯ މޭމްގެ މަންމަ ވަރަށް އުފާވާނެދޯ މިއަދު……ނޭންގޭ އަހަރެންގެ އުމުރުން 10 އަހަރުގައި ބްލަޑްކެންސަރު ޖެހިގެން މަންމަ ނިޔާވީ ފެންކަޅިވެފައި އިނދެ ރާގިނީ ބުނެލި ގޮތުން އަވީނާޝް ވެސް ދެރަވިއެވެ. ސޮރީ އަވިނާޝް މަޑުމަޑުން ބުނެލި އެވެ. އޭ އޯކޭ ވާނެ….. ހިންގާ ދާން ޗެކިން ގަޑި ޖެހުނީ…..
ދިގު ދަތުރަކަށް ފަހު ދުބާއީގައި މަޑުކުރުމަށް ހަމަޖެހިފައިވާ ގެއަށް ގޮސް ކާރު މަޑު ކޮށްލިއެވެ. އަވިނާޝް ރެސްޓް ކޮށްލާފަ 2 ގަ އާދޭ އިނގޭ ތިރިޔަށް ކާން އޭގެކުރިން އެއްޗެއްބޭނުން ވެއްޖެއިއްޔާ ރޫމްގަ ހުންނާނެ ފްރިޖް ވެސް….. އަވިނާޝް ދިޔުމުން ރޫމަށް ވަދެ ކުޑަކޮށް ފްރެޝޤވެލައިގެން ރާގިނީ ބެނުންވީ އަވިނާޝްގެ ފެވަރިޓް ޑިޝް އޭނާ އަމިއްލައަށް ކައްކާށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Good attempt nadhoo! Story plot looks interesting.. heevany reethi vaane hen.
Ebahuri baeh kankan rangalhu kohllevehne!
Sentence abadhuves complete kuran vaane “eve” “sheve” ah adhi sentence ninmmafa fullstop nujaha eky ekahchakah liuneema kian varah undhagoovaane. Adhi genes dheyn beynunvaa feel naan naane.
Meehaku bunaa ehcheh quote kuranyyaa komaa koalhi akah laafa next para ah leema kian faseyha vaane.
Ehen culture akah story binaa kuranyyaa kudakoh research hadhan vaane. Misaalakah india ga hendhunu aanmukeumeh noon mashuni and kulhimas aee. Realistic vi varakah kiyuntherin shaugu vaanee.
Dhen meehehgge character ge gothun quote kohffa ingireysin vaahaka dhekkias as a narrator narrate kuran rangalhuvaanee dhivehi. “Avinash clap kohlli ey ge badhaluga aiy jahaali ey..
dhen adives description rangalhukohlleveyne!
These are things i learnt from the platform and I am also working on to improve continously!
Pls do take this positively and I look forward to your story with changes!
THANK YOU SOMUCH… thi dhehvi hurihaa irushaad thaka visnaigen dhen liyaanan