ފުހެވިގެން ނުދާނޭ – 02
(4 ޖޫން 2023 އާ ގުޅޭ)
ތުރުތުރު އަޅަމުންދިޔަ އަތް ހިއްލާލަމުން ކައިރީގައި އިން ސޯފާގެ އެހީގައި ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރަމުން ކޮޅަށް ތެދުވެވުމާއެކު ކުއްލިއަކަށް އުނަގަނޑަށް އެރި ތަދަކާއިއެކު ބެލެންސްކަޓައިގެން އަނެއްކާ ވެއްޓިއްޖެއެވެ. ދެތުންފަތް ފުއަޅުވާލާފައި އާހެއްގެ އަޑު ބޭރުވި ނަމަވެސް، ދެތުންފަތް ފިއްތާލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވަމުން އެއްޗެހީގައި ހިފަހައްޓަމުން ކޮޓަރިއަށް ވަދެވުމާއިއެކު ނަގަމުންދިޔަ ތަދުގެ ސަބަބުން ދޮރުކައިރިއަށް ތިރިވެވުނެވެ. ނިމުމެއްނެތް ކަރުނަތަށް އޭގެ މަޤާމުދޫކޮށް ފައިބައިގަތްއިރު މި މަންޒަރު ފެންނަ މީހެއްގެ ހިތް، ރަޙުމާއި ހަމްދަރުދީއިން ފުރޭނެކަން ގައިމެވެ.
ރިހުން ކުޑަކޮށް ލުއިވުމާއިއެކު ފާރުގައި ދެއަށް ޖައްސާލަމުން އެލީން ކޮޅަށް ދެތުވެއްޖެއެވެ. ކޮޓަރި ތަޅުލުމަށްފަހު ކޮރުޖަހަމުންކަހަލަ ގޮތަކަށް ފާޙަނައާށް ވަންނަން ހިނގައިގަތެވެ. އިރުގަނޑެއްފަހުން ފާޙަނައިން ނުކުމެގެން އައި އިރު ލައިގެން ހުރީ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ހަރަވާޅެކެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަމިއްލަ ހަށިގަނޑަށް އެލީން ނަޒަރު ހިންގާލިއެވެ. އަތުގައި ލަކުނު ހުރިއިރު ބައެއް ތަންތަން ރަތްވެ ފިއްގަނޑު ނަގާފައިވެއެވެ. ބައެއް ތަންތަން ޒަޙަމްވެފައި ހުރިއިރު ލޭގެ އަސަރު ހުއްޓެވެ. ދޮން މޫނުގައި ފަސްއިނގިލީގެ ނިޝާން ހުރިއިރު ތުންފަތްކައިރިން ފަޅައިގެން ގޮސްފައިވާތަނުގައި ލޭގެ އަސަރު ހުއްޓެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލަމުން ލައިގެންހުރި ޓީޝާޓު ކުޑަކޮށް އުފުއްލާލަމުން ބަލާލިއެވެ. ނެޔަފަތީގެ އެހީގައި އެތަނަށް އަނިޔާވެފައިވާއިރު ބެލްޓުގެ އެހީގައި ލިބިފައިހުރި އަނިޔާތަކެވެ. ފުންނޭވާއެއް ލަމުން ދެލޯ މަރާބާރުކޮށްލާފައި ދެލޯ ހުޅުވާލީއެވެ.
“މިއަޅާއަށް ކެއްތެރިކަން ދެއްވާށީ. ” ކުރެހިފައިވާ އަޑަކުން އެލީން ބުނެލީ ޙަމްދު އަޅަމުންނެވެ.
“އޭ މި ދޮރުހުޅުވާ! ” ބޭރުން އެލީންގެ މަންމަ، މާހިޔާ ހަޅޭއްލަވައިގަތް އަޑު އިވުމުން ސިއްސައިގެންދިޔަވަރުން އެލީންގެ ހިތް ގުޑިގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު ދުވެފައިކަހަލަ ގޮތަކަށް ދޮރުހުޅުވަން ދިޔައިރު ގައިގައި ނުރިއްސާކަށް ތަނެއް ނެތެވެ. ނަމަވެސް ލަސްވެއްޖެއްޔާ އަނެއްކާ އިތުރަށްވެސް ވާނީ ހަމަ ތަދެވެ.
“ތިހުރީ އަދިވެސް ތައްޔާރު ނުވެތަ؟ ” ރުޅިވެރިކަމާއިއެކު އެލީންއަށް ބަލާލަމުން މާހިޔާ އެއްސެވެ. ސުވާލުންފުރިގެންވި ގޮތަކަށް މާހިޔާއަށް ބަލާލިއިރު އެލީންއަށް އެބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ.
“ކަލޭ ހަނދާން ނެތުނީތަ؟ މިރޭ ކަލޭގެ ކައިވެނި ކުރެވޭނެ. އެއް ގަޑިއިރުތެރޭ ރެޑީވޭ. ހެދުން އިންނާނީ އަލަމާރީ. ” ކަމެއް ހަނދާންކޮއްދިން ގޮތަކަށް އިންޒާރުގެ ނަޒަރަކުން އެލީންއަށް ބަލާލަމުން މާހިޔާ ބުނެފައި ދޮރު ޖަހެއެވެ.
ކަމެއް ހަނދާންވިފަދައަކުން ހުއްޓުން އަރާފައިހުރި އެލީންގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. އަށާރަ އަހަރުވިތާ މަހެއް ނުވެ އުޅެނިކޮށް ދިރިއުޅުމެއް ފަށަން ޖެހުނީއެވެ. ނުވެސް ދަންނަ މީހެއްގެ މިލްކަކަށް ވާންޖެހިއްޖެއެވެ. މަޑު ހިނގުމެއްގައި ގޮސް އަލަމާރީ ކައިރީގައި ހުއްޓިލަމުން ދޮރު ހުޅުވާލިއެވެ. އޭގެތެރޭގައި އިން ހުދުކުލައިގެ ކައިވެނި ހެދުން ފެނިފައި ފުން ނޭވާއެއް ދޫކޮށްލަމުން ހެދުން ގަޔަށް މަހާލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ހެދުމަށް ނަޒަރު ހުއްޓާލިއެވެ. އުނަގަނޑަށް ކުޑަކޮށް ހިފާހައިވާއިރު ފައިގެ ތަނބިކައްޓާއި ހަމައަށް ދިގެވެ. މުޅި ހެދުން ހުދުކުލައިގައިވާއިރު ނޫކުލައިގެ މިނާފުއްތަކެއް ބޭނުންކޮއްފައިވެއެވެ. ދެން އަލަމާރީ ދޮރުހުޅުވާލަމުން ގަދަ ނޫކުލައިގެ ޝޯލެއް ނަގަމުން ރީތިގޮތަކަށް އިސްތަށިގަނޑު ފޮރުވާލިއެވެ. މޫނަށް ނަޒަރު ހިނގާލަމުން އެނދުމަތީގައި ބާއްވާލެވިފައިވާ ހުދުކުލައިގެ ފޮތި ކޮޅަކުން މޫނު ނިވާކޮއްލިއެވެ. މިހާރު ބަލައިލި މީހަކަށް ފެންނާނީ އެލީންގެ ދެލޮލޯ އެކަންޏެވެ. އާންއެކެވެ. އެލީން އަކީ މޫނުބުރުގާ އަޅައިގެން އުޅޭ ޒުވާން އަންހެންކުއްޖެކެވެ. އެހެން ނޫންނަމަ މިޔަދު އަމްޖަދުގެ ނުބައިކަމާއި އެލީން ބަނޑުއަޅާ ވިހެއި މައިމީހަގެ ނުބައިކަން މުޅި ދުނިޔެއަށް ފަޅައަރައިގެން ދިޔައީހެވެ.
“ހިނގާ ދާން. މަންމަ އާ ބައްޕަ ކާރުގަ އެބަތިބި މަޑުކޮއްގެން ” ކޮޓަރީ ދޮރުހުޅުވާލަމުން ތޫލި އަޑަކުން ނައުރީ ބުންޏެވެ. މޫނުގައި ފައުންޑޭޝަން ހާކާފައިވާއިރު އިސްތަށިގަނޑު މުށިކުލައިން ޑައިކޮށްލާފައި ވެއެވެ. ލައިގެން ހުރީ ގަޔަށް ބާރު ގަދަ ނޫކުލައިގެ ކަކުލާހަމައަށް އަރާ ހެދުމެކެވެ. ނައުރީއަށް ބަލާލަމުން ބޯޖަހާލާފައި އެލީން ދެއަތުން ހެދުމުގައި ހިފަހައްޓާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ގައިގެ އެތައް މިތަނަށް ތަދުވަމުންދިޔަ ނަމަވެސް، ހިއްވަރުކޮއްލީ އިތުރު އެހެން ގޮތެއް ނެތުމުގެ ސަބަބުންނެވެ.
ނައުރީ އާއިއެކު މަޖީދިމަގަށް ނިކުމެވުމާއިއެކު އެލީންގެ ލޮލުގައި އެތަނުގައި މަޑުކޮއްގެން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރު އަޅައިގަތެވެ. ބަހެއް ބުނުމެއްނެތި ކާރުގެ ފަހަތު ސީޓު ދޮރުހުޅުވާލަމުން ކާރަށް އަރާ ހަމަޖެހިލިއެވެ. ނައުރީ ކާރަށް އެރުމާއިއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ހަ ސީޓުގެ ކާރަކަށް ވެފައި ބޮޑުވުމުގެ ސަބަބުން އެންމެންވެސް ހަމަޖެހިލައިގެން ތިބީ ކާރު އެމީހުންގެ މިސްރާބަށް ގެންގޮސްދޭނެކަމުގެ އުންމީދުގައެވެ. ފަނަރަ ވަރަކަށް މިނެޓުފަހުން ކާރުގެ ދުވެލި މަޑުކޮށްލުމާއިއެކު މާހިޔާ އާއި އަމްޖަދުގެ އިތުރުން ނައުރީ ކާރުން ފައިބައިފިއެވެ. ފުން ނޭވާއެއްލަމުން އެލީން ދޮރު ހުޅުވާލަން އުޅުމާއިއެކު ޑްރައިވަރު ދޮރުހުޅުވާލަދިނެވެ. ޝުކުރުއަދާކުރުމަށްފަހު އެލީން ކާރުން ފޭބުމާއިއެކު ކުރިމަތީގައި އިން ބޮޑު ގެއަށް ނަޒަރު ހިނގާލިއެވެ. ގަނޑުވަރެކޭ ތަފާތެއް ނެތެވެ. މަންމަ އާއި ދޮންބައްޕަ އޭނާ ގަދަކަމުން މި ކައިވެނިކުރަން އެއްބަސްކުރުވި ސަބަބު ވަރަށް ރީއްޗަށްވެސް އެލީންއަށް މިއޮތީ ކުރިމަތިން ފެންނާންށެވެ.
ހުޅުވިފައިވާ ބޮޑު ހުދުކުލައިގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު އަދި މެހެމާނުންނެއް ނާދެއެވެ. އަދި ކައިވެނި ކުރެވެން ބައިގަޑިއިރު އޮތުމުން ނޯކަރުމީހުން ތަންތަން ޒީނަތްތެރިކުރުމުގައި މަސްޢޫލުވެގެން އުޅެވެ. މާހިޔާ އާއި އަމްޖަދުގެ އިތުރުން ނައުރީ އެލީންއަށް ވުރެ ކުރިން ހިނގާފައިގޮސް ގޭތެރެއަށް ވަދެގެން ދިޔައިރު އެލީން އެމީހުންގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތެވެ.
ނަމަވެސް އެލީންގެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާގެ ހަކަތައެކުލެވިފައިވާ ބާރުގަދަ އަތް އެލީންގެ އުނަގަނޑުގައި ވަށާލުމުންނެވެ.
ގަދަ ހަދަމުން ދިޔަ ނަމަވެސް، އޭނާ ހިފަހައްޓައިގެން ހުރި މީހާގެ ބާރުގަދަ އަތުތެރޭގައި އެލީންއަށް ގަދައެއް ނުދެއްކުނެވެ. އެ ޒުވާނާ އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިގޮތުން ނަގަމުންދިޔަ ދިލަ ތަދުން އެލީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނަމަވެސް، ހިތްވަރުކޮށްލާފައި ދެލޯ މަރާލަމުން އޭނާގެ އަންނާރުކޮޅެއްފަދަ ހުދު ދަތްތަކުން ތުރުތުރު އަޅަމުންދިޔަ ތުންފަތުގައި ދަތްއަޅާލީ އާހެއްގެ އަޑު ބޭރުވާން އުޅުމުންނެވެ. އެ މީހާގެ އަތްދަށުން ސަލާމަތް ނުވެވޭނެކަން ޔަޤީންވުމުން ކުރެވެމުންދިޔައީ ބޭކާރު މަސައްކަތެއްކަން އެނގުމުން އެލީން މައިތިރިވިއެވެ. ކުއްލިއަކަށް ބުރަކަށި ފާރުގައި ޖެހިފައި މަތަވިއިރު ފާރާއި އެ ޒުވާނާއާއި ދޭތެރޭގައި އެލީން ފިތިގެންދިޔައެވެ.
ކަޅުކުލައިގެ ދެލޮލުން ރުޅިވެރިކަން ފެންނަމުން ދިޔައިރު މުނޫމަތިންވެސް ފެންނަމުންދިޔައި އެ އަސަރެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ ބުމަ ގޮށްގަހާލައިގެން ހުރިއިރު އެ ކަނޑެއްފަދަ ކަޅުކުލައިގެ ދެލޮލުގައިވީ އަނދިރިކަމާއި ރުޅިވެރިކަމެވެ. ކުރުކޮށް ކޮށާލެވިފައިވާ ވަރުގަދަ ފަން އިސްތަށިގަނޑުން ބައެއް އެދެލޮލަށް ނިވާ އަޅާލުމުން އިތުރަށް ރީތިކަމަށް ދެއްކިއެވެ.
“ތީ..ކާ..” ހިތްވަރުކޮށްފައި އެލީން ވައިއަޑުން ބުނަން އުޅުނެވެ. ނަމަވެސް އެ ޒުވާނާ އެލީންގެ ޖުމުލަ މެދުކަނޑާލިއެވެ.
“ޝްޝް..އަހަންނަކީ ކާކުކަންވެސް ނޭނގޭތަ؟ ” އެދެލޮލުގައިވި ރުޅިވެރިކަން ނުފިލިއްކަމަކު ބުމަ ހިއްލައިލަމުން އެ ޒުވާނާ ހަރުކަށިކަމާއެކު އަހާލިއެވެ. އެލީން ހަމައެކަނި ބޯޖަހާލަމުން އިސްޖަހާލިއެވެ.
“އަހަރެންގެ ނަމަކީ ޒެވިޔަން. އަހަރެން މިއީ ކާކުކަން ވަރަށް އަވަހަށް އެނގޭނެ. ” އެލީންގެ އަތުން ދޫކޮށްލަމުން ފަސްއެނބުރި އައިކޮޅަށް ހިނގައިގަންނަމުން އެ ޒުވާނާ ބުންޏެވެ.
ހުއްޓުންއަރާފައިހުރި ނަމަވެސް ގަދަކަމުންކަހަލަ ގޮތަކަށް ފިޔަވަޅުތަށް ކުރިއަށް ނަގަމުން އެލީން އަވަސްވެގަތީ އެގެއަށް ވަނުމަށެވެ. ނަމަވެސް ދާނެވަކި ދިމާލެއް ނޭނގުމުން އެލީންގެ ހިތްނުތަނަވަސްވެއްޖެއެވެ. ކުއްލިއަކަށް ބާރުގަދަ އަތެއް އެލީންގެ އުނަގަނޑުގައި ވަށާލެވިގެންދިޔައިރު އިވުނީ އެންމެ މީހެއްގެއަށެވެ. ދޮންބައްޕަ އަމްޖަދުގެ އަޑެވެ.
“ކަލޭ ނުފެނިގެން މާހިޔާ އެބަ އުޅޭ ހާސްވެގެން. ފިލަންތަ ތި އުޅެނީ؟ ” ރުޅިވެރިކަމާއެކު އެލީން އާއި އަމްޖަދު ސުވާލުކޮށްލިއެވެ.
“ނު..ނޫން. އޮޅުނީ. ” އިސްޖަހާލައިގެންހުރެ އެލީން ބުނެލީ ވައިއަޑުންނެވެ.
“ހްމްމް. ހިނގާ! ” އެލީންގެ ބުރަކަށީގައި ހިފާ ކުޑަކޮށް ކުރިއަށް ކޮއްޕާލަމުން އަމްޖަދު ބުންޏެވެ.
ކައިވެނިކުރަން ހަމަޖެހިފައިވާ މާޙައުލަށް ވަދެވުމާއިއެކު މާހިޔާ އެލީން ގެނެސް ބޭނދީ އެލީންގެ ވާންއުޅޭ ފިރިމީހާ ކައިރީގައެވެ. އެ ޒުވާނާގެ ތޫނު ނަޒަރު އެލީންއަށް ހުއްޓިފައިވާކަން އެނގުމުން އެލީން މަޑުމަޑުން އިސްއުފުލާލަމުން އެ ޒުވާނާއަށް ބަލާލުމާއިއެކު ދެލޯ ކުޑަކޮށް ބޮޑުވިއެވެ. އެއީ ޒެވިޔަން ނޫން އިތުރު ދެވަނަ އެހެން މީހެއް ނޫނެވެ. ޒެވިޔަން އެއްމިޔަކުން ހީނލިވަގުތު ޤާޒީ އޭނާގެ ވާހަކަ ފެށިއެވެ.
***
މުޅި މާޙައުލަށް މަރުފަދަ ހިމޭންކަމެއް ވެރިވެފައިވީ ނަމަވެސް، ކުއްލިއަކަށް އިވިގެންދިޔައީ އެއްޗެއް ތެޅިގެންދިޔަ އަޑެވެ.
“ޑޫ ޔޫ ރިއަލީ ތިންކް އައި ވިލް ޑޫ ދެޓް ޑޭޑް؟ އޭނަ ކައިރީ ބުންޏަސް ނާންނާނެ. ” ފުން ނޭވާއެއްލަމުން ރުޅިގަނޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިލްފް ބުންޏެވެ.
“އިލްފް! ހަމަޖެހިބަލަ. އެނގެއެއްނު ޔޫ ހޭވް ނޯ އަދާރ ޗޮއިޒް. ” އަޑަށް ބާރުލަމުން އަހްވަމް ބުނުއްވިއިރު މޫނުމަތީގައިވަނީ ހަރުކަށިކަމެވެ.
“ފައިން! އެކަމް ރިމެމްބަރ. މީ އަޅުގަނޑު ޑޭޑް ބުނާ ކަމެއް ކުރާނެ އެންމެފަހު ފަހަރު އެންޑް އައި ޑޯންޓް ކެއަރ ” އަހްވަމް ބުނާނެ އެއްޗެއް އަޑުއެހުމެއްނެތި ބައްޕައަށް ފަސްދެމުން އިލްފް ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.
ފުން ނޭވާއެއް ލަމުން އަހްވަމް ރޫބީއަށް ބަލާލި އިރު އަހްވަމްގެ ތުންފަތްމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ރިޔާ ފުންނޭވާއެއް ދޫކޮށްލިއިރު ޒީކްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ.
****
ކޮޓަރިއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލަމުން އިލްފް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެ ނޫކުލައިގެ ދެލޮލުން ފެނިގެންދިޔައީ ނިމުމެއް ނެތް ރުޅިވެރިކަމެވެ. މުއްކެވިފައިވާ އަތުން ފާރުގައި އެތިފަހަރެއް ވީއްލާލާމުން ހަމަޖެހެވޭތޯ މަސައްކަތް ކުރިނަމަވެސް، އޭނާގެ ރުޅިގަނޑު ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. އަހްވަމް އިލްފް ކައިރީގައި ކުރަން ބުނި ކަންތައް ކުރާނޭ ގޮތަކާ ދޭތެރޭގައި ވިސްނާލަމުން ޖީބުގައި އޮތް ފޯނު ނަގަމުން ނަންބަރަކަށް ޑައިލް ކޮއްލިއެވެ. އިރުކޮޅެއް ފަހުން އެކޮޅުން ފޯނު ނެގުމުން އިލްފް ފުންނޭވާއެއް ލަމުން ވާހަކަދައްކަން ފެށިއެވެ. ވާހަކަ ނިމޭނެ ގޮތް ހީވީ އެކޮޅުން ފޯނު ނެގީއްސުރެން އޭނާއަށް އެނގޭ ހެންނެވެ.
“ކިހިނެއްވީ؟ ” އެންމެ ފުރަތަމަވެސް އިލްފްއަށް އިވުނީ އެ ޒުވާނާ ރުޅިވެރި އަޑެވެ.
“އަހަރެންގެ ކައިވެންޏަށް އަންނަން ދައުވަތު އަރުވަންވެގެން. ” އަޑުގައި އެއްވެސް އަސަރެއް ނެތް އިރު އިލްފް ބުންޏެވެ.
“އަހްވަމް މަޖުބޫރުކޮށްގެން ދޯ ތި ގުޅީ؟ ” މަލާމާތުގެ ހުނުމަކާއިއެކު އެޒުވާނާ ބުންޏެވެ.
“އާދެވޭނެތޯ ނާދެވޭނެތޯ އަހަން މި ގުޅީ. ” ސުވާލަކަށްވުރެ ބޮޑަށް އިލްފް އެހެން ބުނިއިރު ހީވީ މީހެއް ބުނި އެއްޗެއް ބުނިހެންނެވެ.
“ހްމްމް. ލެޓްސް ސީ ބްރަދާރ. އެކަމް ވައި ޑޯންޓް ޔޫ ޓެލް މީ އެބައުޓް އިޓް! ” އެ ޒުވާނާގެ އަޑުގައިވީ ލާނެތްކަން ކުއްލިއަކަށް ސީރިޔެސްކަމަށް ބަދަލުވެގެން ދިޔައެވެ.
“ކިތައްފަހަރުތަ ޒެފް ކައިރީ ބުނަން ވީ؟ އައި ވިލް ނޮޓް ޓެލް ޔޫ. ” އަޑަށް ހަމަހިމޭންކަން ގެންނަމުން އިލްފް އެހެން ބުނި އިރު އެ އަޑުގައިވީ އިންޒާރެވެ. ނަމަވެސް، އެކޮޅުން ވާހަކަދައްކަމުންދިޔަ ޒުވާނާ އެކަމަށް ސަމާލުކަމެއް ނުދިނެވެ.
“ޔޫ ނޯ ވަޓް! އިޓްސް އޯލް ޔުއަރ ފޮއުލްޓް. އެ ދުވަހު އިލްފް އެމީހުންނަށް އެހީވިނަމަ ދޭ ވިލް ބީ ހިއަރ. އިލްފް އާ ހެދެ މިޔަދު އެމީހުން ނެތީ. ޖަސްޓް ބިކޯޒް އޮފް ޔޫ.” ރުޅިވެރިކަމާއެކު އެކޮޅުން އެހެން ބުނުމަށްފަހު ފޯނު ކަނޑާލުމާއެކު އިލްފްގާތަށް އައި ރުޅިން ފޯނު ހޫރާލުމާއެކު ފާރުގައިޖެހިފައި ކުދިކުދިވެގެން ދިޔައެވެ.
***
“އަންބި ޤަބޫލުކޮށްފިން. ” ޒެވިޔަން އެހެން ބުނެލުމާއެކު އެލީން ދެއަތް މުއްކަވާލަމުން އޭނާގެ އެސްފިޔަތައް ލައްޕާލިއެވެ. ނުވެސް ދަންނަ މީހެއްގެ މިލްކަކަށް އޭނާ ވެގެން ދިޔައިރު ޒެވިޔަން އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިޘާއިން ވެސް އެލީންއަށް އެނގުނީ އެންމެ ދެކަމެވެ. ޒެވިޔަން އޭނާ ބޭނުންވާއެއްޗެއް ގަދަކަމުންވެސް ހޯދާނޭ ކަމާއި އޭނާއަށް ކޮންމެފަދަ ގޮތެއް ހަދަންވެސް ފަސްނުޖެހޭނޭ ކަމެވެ.
ކުއްލިއަކަށް އެލީން ސިހިގެން ދިޔައީ މީހަކު އޭނާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓުމުންނެވެ. ކުޑަކޮށް ތަދުވިނަމަވެސް އޭނާގެ އަތުގައި ހިފަހައްޓައިގެންހުރި ޒެވިޔަން އާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ދެމީހުން ގޮނޑިން ތެދުވަމުން ދެމީހުންނަށް ޙާއްޞަ ކުރެވިފައިވާ ސްޓޭޖްގައި ހުއްޓިލިއިރު މީހަކަށްފަހު މީހެއް ކައިވެންޏަށް މަރުޙަބާ ކިޔަމުންދިޔައެއެވެ.
ނުނިމޭ
2 Comments!
Comments are closed.








Mee mihaaru fas ha faharu fashaafa oeh vhka eh mi baithah mihaaaru gaimu kiyaa bayakah hunnaane keefa dhen ithuru baeh genesdheyn visanany viyyaa thankolheh avahah mi repeat koh genesdhyfa huri baithah ninmaafa aa thankolheh liyan avahah fashan feney
Konme faharaku ves vaahaka fashaafa gehleny kyve
Vaahaka liyumuge hunaru eba huri kuraa hithun kuraa masahkatheh nama kuriah gendhan v konme faharaku kiyuntherin mayoos kurany vaahaka fashaafa furathama 3 episode lafa myhaa gehleny anehkaa ves first part laafa bunany kuriah gen dhaanamey
Igey personal life eh ohna kan you may face something or urgent kameh dhimaa vgn ves nugenes dheveyne kan but first part lamun buny konme dhuvahaku up kuraanamey
Maybe u dont get time to update due to what reason up nukurany i hope u will continue mi vaahaka ehkon up kuran i really like the way u present and describe things in story thats y mihaa dhigu comment eh kurany mi
HOPE YOU WILL NOT TAKE THIS AS A HATE COMMENT🙂❤️