Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 2

Annora Level 610 Stories100 Login100 Comments100 Stories
May 7, 2023 12 Mins Read
2 Comments

ކުއްލިޔަކަށް އޭނާ ސިހުނީ އަޑުއަހަން ބޭނުން ނުވާ ފަރާތެއްގެ އަޑު އިވުމުންނެވެ.  ރެއިލިންގް ގެ ދަގަނޑުގައި އަތް އަޅުވާލާ ބާރުކޮށްލިލެއް ބާރުކަމުން އަތުގެ ނާރުތަށް ވެސް ފުފިލިއެވެ.

***

ޔަޒަން ފަސް އެނބުރި ބަލައިލި އިރު، އެ މޫނަށް ރުޅިވެރި އަސަރުތައް ފާޅުވާން ގިނައިރެއް ނުނެގިއެވެ. ޔަޒަން ގެ ކުރިމަތީގައި ހުރި އަކްރަމްއަށް ޔަޒަންގެ ރުޅިވެރިކަން ފެނި ހިންދިރުވާލެވުނެވެ.

“ޒޭން.. ނާނާ ދިޔުމުގެ ހިތާމަތައް މަންމަ އެކުރަނީ.. މިހާރަށް ވުރެން ގިނައިން މަންމައާ ވާހަކަ ދައްކާތި އިނގޭ..  ގިނައިރު މަންމަގެ ކާރީގަ ބޭބެ ވެސް މިއުޅެނީ..ޒޭން ވެސް މަންމައާއެކު އުޅޭ ވަގުތުތައް އިތުރު ކޮށްލާ…” އަކުރަމްގެ ވާހަކަ  އަޑުއަހަން ހުރި ޔަޒަން ދެލޮލުގައިވަނީ ބަޔާން ކުރަން ދަތި އަސަރެކެވެ. ޔަޒަންއަށް ދެލޯ މަރައި ލެވުނެވެ. ކިތަންމެ ނުރުހޭ މީހަކަށް އަކްރަމް ވި ނަމަވެސް އޭނާގެ ވާހަކައިން ޔަޒަން އަމިއްލައަށް ވެސް މިލީނާއާ ތަންކޮޅެއް ދުރުވެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ. ދެވަނަ ސިކުންތުގައި އަނެއްކާ ވެސް ޔަޒަންގެ ރުޅި މޫނު ދައްކާލައިފިއެވެ.

“މަންމަ ބަލަނީ މަ..އިތުރު މީހަކު ނޫން… މަންމައާއި ބައްޕަގެ ވާޙަކަ، އަހަރެން އަޑުއަހަން  ހުންނާނީ …. އިތުރު މީހަކު ނުހުންނާނެ…” ޔަޒަން ދުރުބަލައިލިއެވެ. ޔަޒަންގެ ވާހަކަ އަހާފައި އަކްރަމް  ވެސް އިތުރު އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.

“އާނާ ކޮބާ ..” އެތަނުން ދިޔުމަށްޓާކައި ހިނގައިގެން އަކްރަމް، ޔަޒަންގެ ސުވާލުން ހުއްޓުން އެރިއެވެ. އަކްރަމްގެ ނިއްކުރިން ހިލިގެން ދިޔަ ދާތިކިތައް، ޔަޒަންއާ ފަސް އެނބުރި ހުރުމުން  ޔަޒަންއަކަށް ނުފެނެއެވެ. ޔަޒަންއަށް ފަހުމް ނުވާނޭހެން އަތުގެ ނުފުށުން އޭނާ މޫނު ފުހެލިއެވެ.

“މިހާރު އެކަން ވެސް ބޭބެގެ ބޮލުގަ ތި އެޅުވީ.. ޒޭން ތިހާވަރަށް ނުވާނެންނު ނަފްރަތު ކުރާކަށް .. ބޭބެ އަކަށް ނޭނގޭ އާނާ ވީތަނެއް..” ޔަޒަން  ހަތަރުކަޅި ހަމަކޮށްގެން ބަލަން ހުރި ގޮތުން   ވާޙަކަ ދެއްކުން ވެސް އަކްރަމްއަށް ވީ އުނދަގޫ ކަމަކަށެވެ. ދަތްކުނޑި ވިކާލައިގެން ހުރި ޔަޒަން އައިސްފައިވާ ރުޅި ކިތަންމެ ބޮޑަކަށް ވެސް ހާމަވެއެވެ.

“އަހަންނަށް  ތި މީހާގެ ގޮތް އިނގޭތީ އަހަރެން މިހެން މިބުނަނީ .. އަހަރެންގެ މަންމަ އާއި ކާފަ އަނދިރީގަ ހުއްޓަސް ތިމީހާގެ ގޮތް އަހަންނަށް އިނގޭ..މިގޭއެކަކަށް ނޭނގުނަސް އަހަންނަށް އިނގޭ އަހަރެންގެ ބައްޕައަށް ތި މީހާ ހެދި ގޮތް… އެހެންވެ ވަރަށް ސާފްކޮށް  މި ބުނީ އިތުރު ދޮގެއް ނުހަދާ އާނާ ވި ތަން ބުނާށޭ.. މާ މާތް ވާ ނޫޅޭ.. ” ޔަޒަންގެ އަޑު ކުރިޔަށް ވުރެން ބާރުވިއެވެ. އެ ފިރިހެންވަންތަ މޫނުން ފެންނަނީ ނަފްރަތެވެ. އާނާގެ ހުރިހާ ކަމެއް ހޯދާފައި ނޫނީ ނުހުއްޓާނަމޭ ބުނާފަދަ ހުރިހާ އަސަރެން  އެ މޫނުމަތިން ހާމަވެއެވެ.

އަކްރަމް ފޯނު ނަގާ ނަމްބަރަކަށް ގުޅާލައިގެން ހުރެ އެތަނަށް އައުމަށް ބުންޏެވެ. އިރުކޮޅެއް ނުވެ އެތަނަށް އައީ އަކްރަމްގެ ސެކެޓްރީއެވެ.

“ސާކިރު ޔަޒަން އަށް ކިޔާދީބަލަ އާނާ ވީތަން ..” އަކްރަމް ދުރުގައި ހުރި ސާކިރްއަށް ބަލައިލުމުން އޭނާ ކުރިޔަށް ޖެހިލިއެވެ. ސާކިރް ސިއްރު ނަޒަރެއް އަކްރަމް އަށް ދިނީ ޔަޒަން އަށް ފަޙްމް ނުވާނެހާ ސިއްރުންނެވެ.

“ޔަޒަން ސާރ..މީގެ މަންތް އެއް ކުރިން އާނާ ގެއްލުނު ދުވަހު އަޅުގަނޑަށް  އާނާ ފެނުނީ މާފަންނުން..ނުލާހިކު އިރުއޮއްސެން ކާރިވެފަހުރީ .. ކޮންމެވެސް މީހަކާ ފިލަން އުޅޭހެން ހީވަނީ.. ވަރަށް ގިނައިރު ދުވެފައި ހުރި ކަން އިނގޭ.. މީހާ ހުރީ ދާހިތްލާ ފޯވެފަ..ދެން އަޅުގަނޑަށް ފެނުން އިރުވެސް ދުވަނީ..އޭނާ ގާތު ކިހިނެތް ވެގެންހޭ މިއުޅެނީ އެހީމަ ބުނީ ސަލާމަތް ކޮށްދޭށޭ.. ދެން އަޅުގަނޑުވެސް އޭނާ ކާރަށް އަރުވާފަ ކިހިނެތް ހޭ ވީ ހިނގާށޭ ގެޔަށް ދާން ބުނީމަ ބުނީ ނުދާނަމޭ.. ގަދަކަމުން ގެޔަށް ގެންނަން އުޅުނީމަ އޭނާ އަތުގައި އޮތް ކަޓަރެއް ..އޭތި ދިއްކޮށްފަ ބުނީ އަތުގަ އަޅާނަމޯ.. ދެން އަޅުގަނޑަށް އިތުރު ޗޮއިސް އެއް ނެތް އޭނާ  އަޅުގަނޑުގެ ކާރީގަ ބުނީ ކުޑަކުދިންގެ ހިޔާއަށް ތިމަންނަ ދޫކޮށްލާށޭ.. ކިހިނެތް ވީހޭ އަހާ އިރު ވެސް ނުބުނޭ އެންމެ ފަހަރަކުވެސް ވީގޮތެއް  ދެން އަޅުގަނޑަށް މަޖުބޫރު ވީ އާނާ ބޭނުންވާ ގޮތް ހަދަން.. ދެންއެތާގަ އުޅޭ އަހަރެންގެ ބޭބެ އެއް އޭނާ މެދުވެރިވެގެން އެތާގަ އާނާ ބެހެއްޓޭ ގޮތް ހެދީ..އެތާގަ ތިބި މީހުން ވެސް ވަރަށް ހައިރާން ވެފަ ހުރީ އެހާ ބޮޑުވެފަ ހުއްޓަ އެތަނައް އަންހެން ކުއްޖެއް ގެންދިޔާމަ .. ސާދަ އަހަރުގެ ކުއްޖެއް ވިއްޔަ އޭނާ އެއީ..އާނާ އަމިއްލަ ނަފްސަށް ގެއްލުން ދޭނަމޭ ބުނީ އޭނާ ހުރިތަން ޔަޒަން އަށް ވެސް މިލީނާއަށް ވެސް އަދިއިތުރު މީހަކަށް އެނގިއްޖެޔާ… އެހެން ވިޔަސް އޭނާ ގެ ހަބަރު އަހަރެން ބަލަން ހަމަ. އެހެން ހުއްޓާ އާނާ މީހަކާ އެއްކޮން ދިޔަ ވާހަކަ އިވިގެން އަކްރަމް ސާރ ގާތު ބުނުއްވީ ” ސާކިރު އިސްޖަހައިގެން ހުރެ ދެއްކި ވާހަކައިން ޔަޒަންގެ ލޭ ހޫނުވިއެވެ. ތުރުތުރު އަޅަމުންދިޔައިރު އޭނާ ފެނި ސާކިރް ވެސް ދިޔައީ ސިހިގެންނެވެ.

ޔަޒަން ދިޔަގޮތައް ގޮސް އަކްރަމްގެ ގަމީހު  ގިރުވާނުގައި ހިފިއެވެ. ޔަޒަން ހިފަހައްޓާއިގެން ހުރިލެއް ބާރުކަމުން އަކްރަމް އަށް އެއްވެސް ބާރެއް ޔަޒަން އާއި ދެކޮޅަށް ނުދެއްކުނެވެ.

“އޭނާ އެހަދަނީ ތެދުތަ .. ދޮގުތަ.” އަކްރަމް ހުރީ ޔަޒަންގެ ރުޅިވެރި މޫނުފެނި ޖެހިލުންވާ ގޮތް ވެފައެވެ. “ސާކިރްއަކީ ޔަޒަންގެ ބައްޕަ ގެ އެންމެ ޓްރަސްޓް ކުރެވޭ އެކަކު.. އަދިވެސް ގަބޫލް ނުކުރެވޭތަ ޔަޒަން އަށް..އޭނާ  ނުބުނޭ އަހަރެން ކާރީގައެއް ވެސް.. އިއްޔެ އޭނާއަށް އިނގުނީ ކޮންމެ ވެސް މީހެއް އާނާ ބަލަންވެގެން އެއްކޮން ގެންދިޔަކަން.. އެވެސް އާނާގެ އަމިއްލަ ރުހުމުގަ ދިޔައީ.. އެއްވެސް މީހަކަށް ނޭނގޭ އާނާ ދިޔަތަނެއް..އަހަރެން ވަރަށް މަސައްކަތް ކޮށްފިން އިނގޭތޯ ..” އަކްރަމް ދެން ދެއްކި ވާހަކައިން ޔަޒަން އަށް ހައިރާންވެފައި ހުރެ ސާކިރްއަށް ބަލައިލެވުނީ އެއީ ތެދެއްހޭ އަހާފަދައަކުންނެވެ.

“އެއީ ތެދެއް..” ސާކިރް  ބޯޖަހައިލަމުން ބުނެލިވަގުތު ޔަޒަން އަށް ހީވީ އޭނާގެ މޫނުމަތީގައި އެތިފަހަރެއް މީހަކުޖަހާލިހެންނެވެ. އަކްރަމްގެ ގަމީހުން  ދޫކޮށްލި އިރު ޔަޒަންއަށް ހުރިދިމާލަށް ތިރިވެވުނެވެ. އަކްރަމް ޔަޒަން ގެ ކޮނޑުގައި އަތް ޖައްސާލިހިނދު އަތްފޮޅުޥާލައިފާ ޔަޒަން އެތަނުން ނުކުމެގެން ދިޔައެވެ.

**

 

ނަވާރު އެނދުމަތީގައި އޮތްއިރު އިރުކޮޅަކާ ގަޑި ބަލައިލައެވެ. ނަމަވެސް އަށެއް ޖެހި އިރު ވެސް ނޫރާ މެން ނައުމުން އޭނާ ސިޓިން ރޫމަށް ނުކުތެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ވޫލް ކޮޅެއް އައްސާލަމުން ސޯފާއަށް ވެއްޓިގަންނެ ޓީވީ ހުޅުވާލިއެވެ. އެވަގުތު އަލާނާ ވެސް ކޮޓާރިން ނުކުތެވެ.

“އަދިވެސް ނާދޭ އެމީހުން .. ހާދަ އިރެކޭ ދޯ..” ނަވާރު ގަޑި ބަލައިލަމުން ބުނެލިއެވެ. އަލާނާ ވެސް އެކަމާ އެއްބަސް ވެ ނޫރާ އަށް ގުޅާލިއެވެ. އެވަގުތު ގޭގެ ބެލް އެޅި އަޑު އިވިގެން ނަވާރް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ނޫރާ އާއި އިތުރު އަންހެން ކުއްޖެއް ފެނުމުން ތަންމިނަށް ހީލައިގެން ހުރެ ނަވާރް އެމީހުން ވަނުމަށް ތަން ދެއްކިއެވެ. ނަވާރް ހުރި ގޮތުން ނޫރާއަށް ހެވުނެވެ. ނަވާރް އާނާ އަތުގައި ހިފައިލާގެން ހުރެ ގޮސް ސޯފާގައި އިށީންނެވެ.

“ދަރިފުޅާ މާދަން ފަހު ޓެސްޓެއްނު ފޮތް ކިޔުނުތަ..” ނޫރާ  ފްރިޖްއިން ނެގި ފެންފުޅިއަކުން ކޯވަރެއް ބޯލަމުން ނޫރާ އަހައިލިއެވެ. ނަވާރް މަޑުމަޑުން ބޯ ޖަހައިލިއެވެ.

“ހޭއި..އާނާ ދޯ ކިޔަނީ … ކީކޭ އަހަރެން އާނާ އަށް ލޯބިން ކިޔާނީ … ” ނަވާރް އުފަލުން ހުރެ އަހައިލިއެވެ.. އާނާ އެއްވެސް އެއްޗެއް ނުބުނެ ހީލިއެވެ. “އަޅެ ބުނެބާ ކޮން ނޭމެއްތަ ކިޔަނީ ..ވަރަށް ވާހަކަ ދައްކަން ވާނޭ…އަހަރެން މީ ވަރަށް އަނގަގަދަ ކުއްޖެއް… “ނަވާރް އާނާގެ އަތައް ދަމާލަމުން ބުނެލިއެވެ. “ނާނާ..” ބޭއިހްތިޔާރުގައި އާނާ އަށް  ބުނެލެވުނެވެ.  ނަވާރު އުޅޭ ގޮތުން އާނާއަށް އާނާގެ  މަންމަ ދޮންބެ މަތިން ހަނދާންވިއެވެ.

އާނާގެ އަނގައިން އަޑު އިވުމުން ނޫރާ ދިޔައީ ސިއްސައިގެންނެވެ. އާނާ އެއްގޮތަކަށް ވެސް ވާހަކަ ދައްކަފާނެ ކަމަކަށް ނޫރާ ހިތައް ވެސް ނާރައެވެ. އޭނާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އިނެވެ. ނޫރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލަން ސިކުންތެއް ވެސް ނުނެގިއެވެ. ނަވާރް އާއި އެކު އުޅެން ފެށުމުން އާނާގެ އުޅުން ބަދަލްވެގެން ދާނެ ކަން އެވަގުތު ވެސް ނޫރާ އަށް ޔަގީން ވިއެވެ.

“ވޯހް ލޯބި ނޭމް އެއް.. ނާނާ އަށް އިނގޭތަ މިގޭގަ ވަރަށް މީހުން ގިނަ ވާނެ.. މިބުނީ މިފްލޯ އަކު ނޫން އިނގޭ .. ދާން ވާނެ ދޯ އެންމެން ކާރިޔަށް .. އެންމެން ވެސް ވަރަށް ރަނގަޅުވާނެ އިނގޭ..” އަލާނާ ވެސް ހިނިތުންވެފައި ބުނެލިއެވެ.

“ތެދެއް ނާނާ..ދައްތަ މެން މިއުޅެނީ އެންމެ މަތީ ތިން ފްލޯ ގަ .. ދެން އުޅޭނީ ކުޑާ.. ދެން ދޮންތަ އާއި ދޮންބެ.. އެ އެންމެންނާ ނާނާ މީޓް ކުރުވާނަން އިނގޭ.. އެންމެން ވެސް ވަރަށް ހެޔޮ ވާނެ.. ނާނާ މި އަލާ އިނގޭ .. ޒަހުރާން ރޫމްގަ ދޯ . ގޮވާބަލަ އޭނާއަށް ވެސް.. ނާނާ.. މިގޭގަ ނުހުންނާނެ ނާނާ އަކަށް މަނާ އެއްޗެއް.. ނާނާގެ އަމިއްލަ ގެޔޭ ހިތައް އަރުވާލަ އިނގޭ.. “ނޫރާ ވެސް އާނާގެ ގާތުގައި ސޯފާގައި އިށީންނެވެ. އާނާ މިފަހަރު ވެސް މަޑުމަޑުން ހީލިއެވެ. އެއަމަލުން ނޫރާގެ ހިތައް ނުހަނު ބޮޑު ހަމަޖެހުމެއް ލިބުނެވެ.

“އަހަރެން ގެ އެންމެ ބޮޑު ދަރި މީ .. ޒަހްރާން .. އިނގެއެންނު ދޯ އަލާ އާއި ދެކުދިން އުޅެނީ މެރީ ކޮށްގެން ކަން.. ދެން ހުންނާނީ ޒަޔާން .. އޭނާ ކިޔަވަން ވެއްޖެ މެލޭޝިޔާއަށް ގޮސް …ދެން ނަވާ.. ނަވާ އާއި އާނާ ތީ ސޭމް އޭޖް..”ނޫރާ ދައްކަމުން ދިޔަ ވާޙަކަ ތައް އާނާ އަޑުއަހަން އިނެވެ. އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ކައިގެން އެމީޙެއްގެ ކޮޓަރިއަށް އެމީހަކު ވަނީ އެގާރަ ޖަހާ ބޮޑުވުމުންނެވެ.

“ނާނާ ދޭ ފެންވަރާ ލައިގެން އަންނަން .. އަހަރެން އަންޕެކް ކޮށްލަ ދޭނަން.. ” އާނާ ބޯ ޖަހައިލުމަށް ފަހު ފާހާނާ އަށް ވަނެވެ.

ދޫކޮށްލި މާގަނޑުން އޮހޮރިގެން ދިޔަ ފެންތަކާއި އެކު އާނާ މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހޮރެން ފެށިއެވެ. އެ ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް މާގަނޑުން އޮހެމުން ދިޔަ ފެނުގެ ތެރެއިން ވެސް ފާޅުވެއެވެ. އެ މޫނުމަތިން އާނާގެ ހިތައް ކޮށްފައިވާ އަސަރު ކިތައްމެ ބޮޑަކަށް ވެސް އިނގެއެވެ.

“މަންމާ.. ދޮންބޭ.. ވަރަށް ހަނދާން ވޭ.. އަހަރެން މަންމަ ކައިރިޔަށް ދިޔުމުން މަންމަގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭނެ.. މަންމާ އަހަންނަށް މަންމަ އާ ނުލާ އުޅެން މަޖުބޫރު… ” ރުއިމުގެ ތެރޭން  އޭނާގެ އަނގައިން ނުކުންނަމުން ދިޔައެވެ. އޭނާގެ ހިތައް ކޮށްފައިވާ އަސަރު އެ ދެލޮލުން ކިތަންމެ ހާ ވެސް ބޮޑަށް ފާޅުވެއެވެ. “ދޮންބޭ އަހަރެން ހޯދަން މަސައްކަތް ނުކުރޭ.. އެނުލަފާ ފިރިހެން މީހާ ކޮންމެފަދަ ގޮތެއް  ވެސް ހަދާފާނެ ..” ގިސްލެވެމުން ދިޔަ ހިނދު ފާރުދަށައް ތިރިވެވުން އިރު ވެސް އާނާ އަށް ދިޔައީ ރޮވެމުންނެވެ. ބޭރަށް އަޑު ބޭރުވެދާނެތީ އަތުގެ ނުށުން އަނގަމަތީގައި އޭނާ އަތް އެޅުނެވެ.

***

އެންމެން ކޮޓަރިތަކަށް ވަނުމުން ނޫރާ ވެސް އޭނާ ގެ ކޮޓާރިޔަށް ވަނެވެ. ފެންވަރައިލާގެން  ނުކުމެ ނިދަން ތައްޔާރުވި ނޫރާ ސިހުނީ ތަންކޮޅެއް ބާރަށް މީހަކު ދޮރުގައި ޖަހައިލުމުންނެވެ.

ދޮރު ހުޅުވާލިއިރު  ކުރިމަތީގައި ހުރި ޒަހްރާން ފެނި ނޫރާ ދެލޯ ބޮޑުކޮށްލިގޮތުން އޭނާ ގާތައް ހިނިއައެވެ.

“ސާބަސް ދަރިފުޅަށް .. ތިޔަށް ވުރެން މަޑުން ދޮރުގައި ޖެހޭނެ އެންނު ހަމަ ..” ދެލޯ ހަނިކޮށްލި ނޫރާ، ޒަހްރާމް އާއި ދިމާލަމުން ބުނެލިއެވެ. އޭނާ ވެސް ރައްދުގައި ހީލިއެވެ.

“މަންމާ… އަހަރެން ވާހަކަ އެއް ބުނަން ވެއްޖެ..” ޒަހްރާން ގެ ސީރިޔަސް ނަޒަރުން ނޫރާއަށް އޭނާ އައީ ކުޑަ ކަމަކު ނޫން ކަން އިނގުނެވެ. ނޫރާ އެކޮޓަރީގައި ހުރި ސޯފާގައި އިށީންނެވެ.

“މަންމައަކަށް އާނާ އެއްވެސް މީހަކާ ވައްތަރެއް ނޫންތަ..” ޒަހްރަން ބުނެލި އެއްޗަކުން ނޫރާ ހައިރާން ވެގެން އޭނާގެ މޫނަށް ބަލައިލީ ތިބުނީ ކީކޭހޭ އަހާފަދައަކުންނެވެ.

“ކޫ..ކޫ  އަކާ ވައްތަރެއް ނޫންތަ..” ޒަހްރާން ބުނެލި އެއްޗަކުން ނޫރާއަށް ޒަހްރާން އާއި ދިމާ ބަލައިލެވުނެވެ.

“ކޫ؟ ޔާން އާ ރިހާމް ގެ ބެސްޓްފްރެންޑް ކޫ ތަ..” ގަބޫލް ނުކުރޭފަދައަކުން ނޫރާ އަހައިލިއެވެ. ވަގުތުން  ޒަހްރާން ބޯޖަހައިލިއެވެ. އެއަށް ފަހު ރިހާމް އާއި ޒަޔާން އާ އެކު ހުރި “ކޫ” އިން ފޮޓޯ އެއް ނޫރާއަށް ޒަހްރާން އޭނާގެ ފޯނުން  ދައްކާލިއެވެ. ވަގުތުން ނޫރާއަށް ދެލޯ ބޮޑުކޮށްލެވުނީ ޒަހްރާން ބުނާ ހެން އެ ފިރިހެން ކުއްޖާ އާ އާނާ ވައްތަރުކަމުންނެވެ.

***

 

ނަވާރު އާނާގެ ދަބަސް  ހުޅުވާލި އިރު މާ ބައިވަރު އަންނަ އުނެއް ނެތެވެ. ތިން ހެދުމާ  ޑައިރީ ފާޑު ފޮތަކާއި ފޮޓޯ ގަނޑެއް ފިޔަވާ އިތުރު އެއްޗެއް ނެތެވެ. އާނާގޮވައިގެން މާދަން ހެދުން ގަންނަން ދާން ނަވާރް ނިންމިއެވެ. ނަވާރް އެ ފޮޓޯ ގަނޑަށް ބަލައިލިއެވެ. މެދު އުމުރުގެ ފިރިހެނަކާއި އަދި  އަންހެނެއްގެ އިތުރުން ހަތަރު ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އަންހެންމީހާ އުރާލައިގެން ދެ ވަރަކަށް އަހަރުގެ ކުއްޖެއް ވެސް އިނެވެ. މީހަކު ނުބުނެ ދިން ކަމުގައި ވިޔަސް އެއީ އާނާ ގެ އާއިލާ ކަން ނަވާރް ދެނެގަތެވެ.

ހެދުންކޮޅު ނަގަމުން ފޮތާއި އެފޮޓޯ ގަނޑާއި އެކު އޭނާ ތެދުވިތަނާ ދަބަސް ތެރެއިން ވަކިން އޮތް ފާސްޕޯޓް ސައިޒު ފޮޓޯއެއް ވެއްޓުނެވެ. ނަވާރް އެ ނަގާފައި ބަލާލި ހިނދު ހީވީ ފައިދޮށުން ބިންގަނޑު ދެމުނުހެންނެވެ.

**

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު އާނާ މަދުމަދުން ވާހަކަ ދައްކަން ފެށިއެވެ. އެކަމާ ނަވާރް ނުހަނު އުފާވިއެވެ. ކުދި ކުދި ކަންތައް ނަވާރްއަށް އާނާ ދިޔައީ ހިއްސާ ކުރަމުންނެވެ. ނަވާރް ކޮންމެ ދުވަހަކުވެސް  އާނާގެ ދަބަހުން ފެނުނު ފޮޓޯ ގަނޑާއި ބެހޭގޮތުން ސުވާލްކުރަން އުޅެއެވެ. ނަމަވެސް އެކަމައް ރަނގަޅުވަގުތެއް  އަންނާންދެން ނަވާރް މަޑުކޮށްލައިގެން ހުއްޓެވެ.

ނޫރާއާއި އަލާނާ އަދި ޒަހުރާން ވެސްދިޔައީ އާނާ އާއިގުޅުން ބަދަލި ކުރަމުންނެވެ. ޒަހުރާން އާއި އަލާނާއަށް އަށް ނަވާރް ފަދައިން އާނާ ވެސް ދޮންބެ އާއި ދެންބެދައްތަ ކިޔަންފެށިއެވެ. ނޫރާއަށް އާނާ  ދައްތަ ކިޔަންފެށިއެވެ. ދޭތެރެއަކުން ނޫރާގެ މަޖާ މިޒާޖުން އާނާ ހެއްވާ ވެސްލައެވެ. ޒަހްރާން އާއި ނޫރާ ، އާނާ ގާތު އާނާގެ އާއިލާ ބެހޭގޮތުން ސުވާލެއް ކުރަން އުޅޭ ކޮންމެ ފަހަރަކު އާނާ ފަށަނީ އެހެން ވާހަކައެކެވެ.

**

“މަންމާ ހިނގާބަލް  ނަވާ ދާ ސުކޫލަށް އާނާ ވެސް ކިޔަވަން ފޮނުވަން.. ދެމީހުން އެއްކޮން އުޅެންޔާމު އާނާ ވެސް ތަންކޮޅެއް ރަނގަޅުވެދާނެ ..އަނގަވެސް ހުޅުވާލަފާނެ… ކުޑާބެ އެއީ  އެ ސުކޫލްގެ ސްޕަވައިޒާރ އެކެއްނު.. ބަލާލަމާ..”  ހެނދުނުގެ ނާސްތާއް ރޮށިފިހަން  އުޅުނު އަލާނާ ނޫރާ އާ ދިމާ ބަލައިލަމުން ބުނެލިއެވެ. އެންމެ އަށާރަ އަހަރުގައި ކައިވެނިކޮށްގެން އުޅުނުކަމުގައިވިޔަސް އަލާނާ އަށް ގޭތެރޭގެ ހުރިހާ މަސައްކަތެއް ވެސް ކުރަން އިނގެއެވެ. އެހާ ޙީވާގި އެވެ.

“ރޭގަ މަންމަ ވިސްނީ ތިކަމާ..  ކުޑާބެ އާ  ވެސް ވާހަކަ ދައްކާލިން … މިއަދު ހަވީރުން ޖަވާބެއް ދޭނަމޭ ބުނީ … ތަންކޮޅެއް މީހުންނާ ވާޙަކަ ދައްކަން ނާނާ އަށް ފަސޭހަ ވާނެ ސުކޫލަށް ވަދެވިއްޖެޔާ.. ގިނަ ރަހްމަތްތެރިން  ލިބި އެކަނިވެރިކަން  ފިލާނެ..ދެން އަހަރުމެން ވެސް ވާނެ ވަރަށް ކެއާރ ކުރަން  އާނާއަށް.. ވަރަށް ލޯބި ދޭން ވާނެ އެކަހަލަ ކުއްޖަކަށް …” ނޫރާ ގެ ޥާހަކަތައް އަލާނާ އަށް ވެސް ގަބޫލް ކުރެވުނެވެ.

“މިއަދު ހަވީރުން ހިނގާބަ ހުރިހާ ކުދިންނަށް ސަޔަކަށް އިންވައިޓް ކުރަން .. އޭރުން ނާނާ އަށް އަށް އެންމެން ފެންނާނެއެންނު ދޯ..” ނޫރާ ދިން ހިޔާލު އަލާނާ އަށް ވެސް ކަމުދިޔައެވެ. ވަގުތުން އެކަމާ ގުޅޭ ވާހަތައް ދައްކަން ފެށިއެވެ.

***

 

“ނަސީބެއްނު މިއަދު ބަންދުކަން … އިނގޭތަ މަންމަ ބުންޏޭ ދެންމެ އަހަރެން ދާ ސުކޫލުން ނާނާ އަށް ވެސް ޖާގަ ލިބުން ވާހަކަ.. އަހަރެން ހާދަ ވަރަކަށް ކިޔާގެންނޭ ނާނާސުކޫލަށް ދާން އެއްބަސްވީ މި..” ނަވާރް އާނާގެ އަތުގައި ހިފައިގެން ނަވާރް ލިފްޓަށް އެރިއެވެ.

“މިހާރު މީހުންގެ ތެރެއަށް ނުކުމެ އުޅެން މިހާރު ބޭނުން.. ކޮންތާކަށް މިދަނީ ” އާނާގެ ޖަވަބު ކުރެވެ.ނަމަވެސް އާނާ އެގޮތައް ހީލައިފާޖަވާބު ދިނުމުން ނަވާރް ހިނިތުންވެލިއެވެ.

“މިދަނީ ދޮންތަ އާއި ކުޑާ އާއި ދޮންބެ މެން ބަޔަށް .. ނާނާ އައިސް އަދި ގޭންވެސް ނުނިކުންނަމެއްނު .. ވަރަށް ސްވީޓް ވާނެ އެންމެން ވެސް.. “ނަވާރް ހިނތުންވެލާފައި ނަމްރާމެން އުޅޭ ބަޔަށް ދިޔައެވެ.

***

“ދަރިފުޅާ..އޭތްތް … ދޭބަލަ ނަޒުމް ޓިއުޝަނަށް ލާދޭން.. މިހުރާނޫ…..އޭ …” ކޮޓަރިޔަށް ވަން ނަމްރާހުރީ ރުޅިއައިސްފައެވެ. ނަމަވެސް އެނދުގައި އޮތް ޒުވާން ފިރިހެން ކުއްޖާ އަށް  ކަހާތާ ހިރުވާ ވެސް ނުލައެވެ.

“އަށާރަ އަހަރު ވީ  ބޮޑު ފިރިހެނަކަށް ވި އިރުވެސް އެއްވެސް  ހަރުދަނާ ކަމެއް ނެތް.. ބަލާބަލަ ކުޑާގެ ޒަހުރާން އާ ޒަޔާން .. ދޮންބެގެ ރިހާމް .. ދޮންތަގެ މާނިއު އާއި އަޒާން ..އެހާ ހަރުދަނާ ވާނެ .. އެހާ ޒިންމާދާރު ވާނެ.. އެކަމަކު މީނަ އާއި ދޮންބެގެ ރިޝާން އެއްޗެއް  ކިޔަވާކަށް ވެސް އުޅެނީ އެއް ނޫނޭ.. އެއްފާޑަށް ތެޅޭ ދެމީހުން… އާން މުސްކުޅިން ބުނޭނު ކުޑަ ސޯބު އެނބުރޭހެންނޭ ބޮޑު ސޯބު އެނބުރޭނީ.. ސައުވީސް ގަޑިއިރު  ނިދާފައި ހޭލައިގެން ފުޓުބޯޅަ ކުޅެން ދިޔުން ކަލޭމެން ދެމީހުންގެ ކަމަކީ….” ސޯފާގައި މެންދުރު ދޭއްގެ ހަބަރު ބަލަން އިން މާޖިދު ގާތައް  ހިނިއައިސްގެން ގޮސް ބާރަށް ހެވިދާނެތީ އަނގަމަތީގައި އަތް އަޅާއިގެން އިނެވެ.އެއީ ކޮންމެ ދުވަހެއް ގެ އާދައެވެ. ނަމްރާ އެހެން އެއްޗިހި ކިޔާ ކިޔާ ބަލިވާފަހުން މިހްރާން ހޭލާފާނެއެވެ.

“އޭ ނަމް.. އަޒާން އެބާދޭ އޭނާ ކޮލެޖަށް ދާން.. މިބަޔަށް އަރާފަ ނަޒުމް ގޮވާގެންނޯ ދާނީ… ދެން އެ ސޮރު ބާއްވާ.އަހަން ނޫޅެން އެސޮރަކަށް ގޮވާކަށް.. އެ ސޮރަށް ގޮވުމަކީ އިންސާނަކަށް ކެތް ވާ ވަރު ކަމެއް ނޫން.. “މާޖިދު ދުފާ ތަބައް ނަގާ ފޮއްފޮއްޗެއް ހަފަލިއެވެ.

“އަހަރެން ހަމަ ގޮވާ ކޮންމެފަހަރަކު މާޖިދު އެބަ ބުނޭ ތިހެން ..މާޖިދު ނުގޮވަންޏާ އިނދޭ… އެހެން ބޭއްވީމަ އެއްނު އޭނާ އެއުޅެނީ ހަރުދަނާ ނުވެ..އޭނާއާއި ޒަޔާން އާއި ރިހާމް އެއީ އެއްކުލާހު މީހުންނޭ ..ޒަޔާން  ބޭރަށް ކިޔަވަންފުރާފި ރިހާމް ވެސް އެ ތައްޔާރު ވަނީ ދާން.. މީނާ ކައިރީ ކިޔަވަންދާން އުޅޭށޭ ކިޔާ ކިޔާ އަހަރެން ގައިން ހަންދާވަރު ވެއްޖެ ..މިހިރަ  ދިހަ އަހަރުގެ ނަޒުމް ވެސް މާ ހީވާގި އޭ އެ ހަންޑިއަށް ވުރެން..  ހަތް ބޯ ރާއްސެއްހެން ބޯ ހަދައިގެން އެ ހުންނަނީ ..ދެން ގޮސް އޮންނާނީ ހޭލައިގެން ފުޓުބޯޅަ ދަނޑުގަ ” ރުޅި އައިސްގެން  ރަތްވެފައި އިން  ނަމްރާ ގޮސް ސޯފާގައި އިއްތާލިއެވެ.

“އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ ނަމް..އަހަރެން ވެސް ނަސޭހަތް ދީދީ ވަރުބަލިވެއްޖެ ..އަހަރެން ހިތައްއަރާ ކާކު ކައިރިން ދަސްކުރި  ކަމެއް ބާ އޭއެއީ އޭނާ.. އަހަރުމެން މީ ނުލާހިކު މަސައްކަތް ކުރާ ބައެއް .. ގައިމު ވެސް މަގޭ ހަތަރު ދަރިން  ތެރޭ އެހާ ކަންނެތް ދަރި އެއް ނެތް ..” މާޖިދު ނަމްރާގެ މުނަށް ބަލައިލިއެވެ.

އެވަގުތު ކޮޓަރިން ނުކުން މިހުރާން  ހިނިއައިސްފައި ހުރެ އައިގޮތައް ސޯފާގައި އިށީނެވެ. ނަމްރާ ވަގުތުން ފުސްމޫނު ހަދާލިއެވެ. މާޖިދުވެސް ހިތްހަމަ  ނުޖެހިފައި ބަލަހައްޓައިގެން ހުއްޓެވެ.  ނަމްރާ އާއި މާޖިދު މޫނުތައް ފެނުމުން މިހްރާން އަށް މަޖާވިއެވެ.

ކަޅުކުލައިގެ ސޯޓު ބުރިޔަކާއި ނޫކުލައިގެ އަތްދިގު ޖާޒީ ގައި ހުރި އިރު މިހްރާން އޭނާގެ ކަނދުރާއާއި ހަމަޔަށް ދިގުކޮށްލާފައި އޮތް އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލިއެވެ.

“ދޮންތަ ގުޅިތަ..” މިހުރާން  ރުޅިއައިސްފައި އިން ނަމްރާގެ މޫނަށް ބަލައިލަމުން މަޖާގޮތަކަށް ހިލިއެވެ. މާޖިދު އަނގައިން ނުބުނަން ދުރުބަލައިލުމުން ނަމްރާ ހޫމް އަޅުވާލިއެވެ.

އެވަގުތު ގޭގެ ބެލް އަޅަން ފެށިއެވެ.

“ކުޑާ … ކީއްތިކުރަނީ.. ކޮބާތަ މީޝް..” އެ ގޭތެރެއަށް ވަން ނަވާރް އަށް ނަމްރާ ފެނުމުން އަހައިލިއެވެ. ” އަހާ މިއޮތް އައީނު ނަވާ… އެހެރަ މީހަ ހޭއްލައްވަނީ މި.. މީޝް ވެއްޖެ ކޮޓަރިގަ.. މީތަ އާނާ އަކީ …  ހާދަ ލޯބި ކުއްޖެކޭ… މާޝާﷲ..” ނަވާރް ހިނިއައިސްފައި ހުރެ ބޯޖަހައިލިއެވެ. އާނާގެ އަތުގައި ހިފައިގެން ނަމްރާ ސޯފާއާއި ދިމާލަށް ދިޔައެވެ.

“ކުޑާ މިހާރު މަންމަ ކައިރީ ކިޔާފިން ނަވާ މިގެޔަށް ނާންނަ ވާހަކަ.. އެގްޒާމްތައް ނުނިމޭ ދޯ .. ” ނަމްރާގެ ސުވާލަށް ނަވާރް ބޯ ޖަހައިލިއެވެ. “..އާން..އެހެންވެ މިއުޅުނީ ނާދެވިގެން .. މިހާރު އެކަމް ޓެސްޓްތައް ނިމިއްޖެ.. މީނީ ދޯ އަހަރެންގެ ބޯދިގު ފުރޭތަ..”ސޯފާގައި ޓީޥީއަށް ގެއްލިފައި އިން މިހްރާން އަށް ބަޔަކު އައި ކަން ވެސް އެނގުނީ ނަވާރް އައިސް އޭނާގެ ބޮލަށް ދަމާލުމުންނެވެ. “އޭންން .. ބޮލާއި ނުބެހޭ  ނަވާގަނޑާ..” ނަވާރް އަތުގައި ހިފައި  ހޭންފެށި މިހްރާންގެ ތަލިން ކުޅުހިކުނީ ނަމްރާގެ ގާތުގައި ހުރި އަންހެން ކުއްޖާ ފެނިއެވެ. އޭނާ ދުވަހަކުވެސް އެހާ ރީތި ކުއްޖެއް  ނުދެކެއެވެ. އެހެރަ ރީތި ކަމެކޭ އޭނާގެ ހިތައް އެރިއެވެ. ވަށައިގެން ދެން ހިނގަމުންދިޔަ އެއްވެސް ކަމެއް މިހްރާން އަކަށް ފަހްމް ނުވެއެވެ.

އާނާ ހިނިތުންވެލައިގެން ހުރެ ނަމްރާ އާއި މާޖިދު ކުރި ކޮންމެ ސުވާލަކަށް ވެސްޖަވާބު ދިނެވެ. އެމީހުންގެ  ވާހަކަތަކަށް ބޯޖަހައިލަމުން އެއްލިކަޅިއަކުން  ސޯފާގައި އިން މިހްރާން ފެނުނެވެ. މާ ވަރަކަށްއޭނާ ބަލަންފެށުމުން އާނާ ލަދުގަންނަ ގޮތް ވިއެވެ.ވަގުތުން އޭނާއަށް އިސްޖެހުނެވެ.

“މިގޭގަ އުޅޭނެ ހަތަރު ކުދިން  .. ދައްތަ ގެ ބޮޑު ދަރި މައިޝާ ވެއްޖެ ރާއްޖޭން ބޭރުގަ ސައިކޮލޮޖީ ކިޔަވަން ގޮސް.. ދެން މީނދަ  ބޯހަރު މިހްރާން .. މީނާ އާ ޖެހިގެން ނަވާރް އާ އެއްކުލާހެއް ގަ އުޅޭނީ  މީޝަމް .. ދެން މިހުރީ ދައްތަގެ އެންމެ ކުޑަ ދަރި ނަޒްމް..”  ނަމްރާ ގެ ވާޙަކަ، އާނާ ސައުގުވެރިކަމާއެކު އަޑުއަހަން އިނެވެ. އިރުކޮޅަކާ އާނާއަށް  މިހްރާން އާއި ދިމާ ބަލައިލެވެއެވެ. މިހްރާން އަށް ވެސް ވީ އެވަރެވެ.

“ނަޥާ..ވާނެ އާނާ ގޮވައިގެން އަންނަން މިގެއަށް..”  ނަވާރް އާނާ ގޮވައިގެން ހިނގައިގަތުމުން ނަމްރާ ގޮވައިލިއެވެ.

އެވަގުތު ގެޔަށް ވަންނަ ދޮރާއި ޖެހިގެން ހުރި ކޮޓަރިން  އަންހެންކުއްޖެއް ނުކުތެވެ. އުނަގަނޑާއި ހަމަޔަށް އޮތް ރާޅުބާނީ އިސްތަށިގަނޑު ފަހަތައް ގެން ގޮސް އޮތީ އައްސާފައެވެ. ދޮން ކޮން ހުރި ލޫޅާފަތި ކުއްޖެވެ. އެކުއްޖާ ހީލުމުން ކޮލަށް އެޅުނު އަޑި ކޮޅުން އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

ހީލައިގެން ހުރެ މީޝަމް އައި ގޮތައް ނަވާރް ގެ އަތައް ދަމާލިއެވެ. “ނާނާ ..މީޓް މައި ބެސްޓްފްރެންޑް  މީޝް.. މީޝް މިހުރީ ނާނާ..” ނަވާރް އުފާވެރި ކަމާއެކު މީޝާމް އަށް އާނާ ތައާރަފް ކޮށްދިނެވެ. މީޝަމްގެ ހުންނަ އެކުވެރި މިޒާޖުން އާނާ އާއި އެކުވެރި  ވީ ދާދި އަވަހަށެވެ. ނޫރާ ގުޅަންފެށުމުން ނަޥާރް އަވަސްވެގަތީ ގެޔަށް ދިޔުމަށެވެ. މީޝަމް ވެސް ނަވާރް އާއި އާނާ އާއި އެކު އެގެޔަށް ދިޔައެވެ.

 

***

ހަތަރުދަމު ގޭގައި އޮވެފައި ޔަޒަން ގެއިން ބޭރަށް ނުކުތީ އެންމެ ގާތް ދެ އެކުވެރިންގެ ތެރެއިން އެކަކު ކަމަށް ވާ ރިހާމް ގުޅަންފެށުމުންނެވެ.  ސައިކަލުގައި ދިޔައިރުވެސް މަގުމަތިން ވެސް އާނާ ފެނޭތޯ ޔަޒަން އަށް ބެލުނެވެ. މާވެޔޮމަގަށް އެޅުންތާނާ ރިހާމް އާއި ދިމާވުމުން އޭނާ އޭނާ އާއެކު ކޮފީ އެއްބޯލުމަށް “ކޮފީ ޝޮޕް”އަކަށްވަނެވެ.

“ކޫ.. ދެން ތިހާ ވަރަށް ތިކަމާ ބޯ ނުގާނާ ހިނގާބަލަ ނާނާ ހޯދޭނެ ގޮތެއް އޮތްތޯ ބަލަން.. މަށައް އިނގޭ ތިދެމީހުން އުޅުން ގާތް ކަން …އެހެން މީހުންނަށް ނަމޫނާ އެއްތީ.. މަށައް އެނގޭ ވާނެ ދެރަ…”  ވެއިޓަރު އައިސް އޯޑާރ ނަގާފައި ދިޔުމުން ރިހާމް، ވާހަކަ ދެއްކިއެވެ. ޔަޒަން ދުރު ބަލަހައްޓައިގެން އިންގޮތުން ރިހާމް ހިތުގައި ވެސް އެކްވެރިޔާގެ ހާލަށް ހިތް ހަމްދަރްދީން ފުރުނެވެ. ހުދު އޭނާ ވެސް ހަދާނެ ގޮތް ހުސްވެއްޖެއެވެ.

“ކޫ” އަކީ ޔަޒަން އަށް މިލީނާ ކިޔަންފެށި ނަމެކެވެ. އޭނާގެ އެންމެގާތް ދެ އެކުވެރިން ވެސް އޭނާ އަށް ގޮވަނީ އެހެން ކިޔާފައެވެ.

ޔަޒަން ރިހާމް އަށް އަކްރަމް ދެއްކި ވާހަކަތައް ކިޔައިދިނެވެ. ރިހާމް އަށް ޔަޒަންގެ ހުރިހާ ކަމެއް އިނގެއެވެ. އެންމެ ކުޑައިރުން ސުރެން އެއްކުލާހެއްގައި ކިޔެވުމުން ޔަޒަން އާއި ރިހާމް އާއި އެދެމީހުންގެ ރަހްމަތްތެރިޔާ ޒަޔާން އަކީ އެންމެ ގާތް އެކުވެރިންނެވެ. ރިހާމް އާއި ޒަޔާން އަކީ ކަޒަން އަށް ވުމުން އެންމެ ކުރިން ސުރެން ވެސް ޔަޒަން އެގެޔަށް ގޮސް އުޅެއެވެ. ސުކޫލްގައި އުޅުނު އިރުވެސް ކޮންމެ ދުވަހަކު ވެސް ނިމިގެން ރިހާމް މެންގެއިން ބައްދަލްކުރެއެވެ. ބަންދު ދުވަސް ދުވަހުވެސް އާނާ އާއި އެކު އުޅެފައި ޔަޒަން ދަނީ އެގެޔަށެވެ. މިހާރު ޒަޔާން ރާއްޖޭން ބޭރަށް ކިޔެވުމަށްޓަކައި ދިޔަ ނަމަވެސް ކޮންމެ ދުވަހަކުވެސް ފޯނުން ގުޅައިގެން ވާހަކަ ދައްކައެވެ.

ޔަޒަން އެ ވާހަކަ ކިޔައިދީ ނިމުން އިރު ރިހާމް އަށް ޔަޒަން އާ ދިމާ ބަލައިލެވުނެވެ.

“ދެން އޭނާ ދެއްކި ވާހަކަ ކައެ ގަބޫލް ކުރީ ތަ…މޮޔަ އެއްތަ ތީ … މަށަކީ ކޫ ނަމަ މިހާރް އެ އަކްރަމް އަށް ހުންނާނީ ރަނގަޅު ބޮނޑިއެއްދީފަ..” ރިހާމް ދަތް ކުޑި ވިކައިގެން އިން އިރު އޭނާ ހިތާ ސިކުނޑި އިއްތިފާގުން ދިޔައީ އަކްރަމް އާއި މެދު ސައްކުތަކެއް ދިޔައީ އުފައްދަމުންނެވެ.

“ނޫނޭ.. ކައެމެންނަށް ވެސް އެނގޭނެ މަގޭ ބައްޕަ އަށް ވީ ގޮތް .. މަށައް އެ ހަގީގަތް އިނގެންދެން މަ ހުންނާނަން މަޑުން .. މިހާރު އާނާ .. އާނާގައިގަ އިނގިލި ކުރިން ޖެހިލިޔަސް ވަރަށް ގޯސް ވާނެ ..” ޔަޒަން ގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ކަމެވެ. ޖެހިލުން ކުޑަ ކަމެވެ. ކޮފީ މަގުން ކޯވަރެއް  ބޯލަމުން އޭނާ ދުރުބަލައިލިއެވެ.

“އެއްވެސް މީހަކަށް ސައްކު ކުރެވޭތަ..” ރިހާމް އަހިލިއެވެ. ރިހާމް މަޑުމަޑުން ބޯޖަހައިލިއެވެ. އެބުނީ ކާކުގެ ވާހަކަ އެއްކަން ރިހާމްއަށް ވަގުތުން އެނގުނެވެ.

***

ހުޅަނގު މޫސުމުގެ ގަދަވިއްސާރަ ކަމުން އަވީގެ  ކުޑަ މިންވަރެއް ވެސް ނުވެއެވެ.  މެންދުރުވެގެން އައި އިރު ވެސް ހީވަނީ އިރު އޮއްސިފައިވާހެންނެވެ.

ސުކޫލުން އައިގޮތައް ނަވާރް  ފިލާވަޅުތައް ނިންމުމަށްފަހު ނުކުތީ ބެލްކޮންޏަށެވެ. އެވަގުތުވެސް ވިއްސާރަ އައިސްފައި އޮތްލެއް ބޮޑުކަމުން ނަވާރް ބޭނުންވީ ތެމިލާށެވެ. ނަވާރް އެހެން ހުރެފައި އެއްލި ކަޅިއަކުން ޖެހިގެން ހުރި އެޕާޓްމަންޓްގައި، ނަޥާރް މެން އެޕާޓްމަންޓަށް ވާހެން ހުރި އެޕާޓްމަންޓްގައި އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރި މީހަކު ފެނުނެވެ. އެމީހަކު އެހެން ހުންނަނީ އާނާ އެގެޔަށް އައި ދުވަހުން ސުރެންނެވެ. ނަވާރް އަށް އެކަން އާނާ އައިތާ ދެވަނަ ދުވަހުން ސުރެން ފާހަގަ ވިއެވެ. އެހެންޏާ އެއްވެސް ވަރަކަށް މީހަކު ހިލަމެއް ވެސް ނުވާތަކުން ކުއްލިޔަކަށް މީހަކު ފެންނާތީ ނަވާރް ފުރަތަމަ ބިރުވެސް ގަތެވެ. އެމީހަކު އެދިމާލައް ބަލަން ހުރެފައި ނަވާރް ބަލައިލާ ކޮންމެ ފަހަރަކު ދުރު ބަލައިލައެވެ.

ނަވާރް އާއި އެއްކޮން އާނާ ސޫކުލަށް ދާންފެށިތަ ފަސްދުވަސް ވީ އިރު ފުރަތަމަ ދުވަހުން ސުރެން ނަވާރް  އަށް ކަމެއް ފާހަގަ ވިއެވވެ. އާނާ އާއި އެކު ސުކޫލުން އަންނަ ކޮން ދުވަހަކު ވެސް އެމީހުންފަހަތުން މީހަކު އަންނަހެންވެސް ނަވާރްއަށް ވަނީ ހީވާން ފަށައިފައިއެވެ. ނަވާރް އެކަން އެންމެނަށް ސިއްރުކޮށްގެން ހުރެ އަޒްމް ކަނޑަ އެޅި އާނާގާތުން އާނާގެ އާއިލާ އަ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭތޯ އެވެ.

އޭނާ އެތާގައި ހުއްޓާ އާނާގެ އަޑު އިވުމުން ކޮޓަރިޔަށް ވަނެވެ. “ނާނާ ކޯއްޗެއް ތި ހޯދަނީ” އާނާ މާ ވަރަކަށް ކޮންމެވެސް އެއްޗެއް ހޯދަމުން ދާތީ ނަވާރް އަހައިލިއެވެ.

“ކުޑަ ޕާސްޕޯޓް ސައިޒްގެ ޕިކް އެއް .. ދެކުނިންތަ.. ” އާނާ  އޭނާގެ ދަބަސް ނަގަމުން އަހައިލިއެވެ. ނަވާރް ގެ ދެލޯ ހަނިކޮށްލެވުނީ އޭނާ އަތުގައި އެ އޮތުމުންނެވެ.

“ވަރަށް އިމްޕޯޓެންޓް ޕިކް އެއްތަ.. ކާކު ގެ ޕިކް  އެއް …” ނަވާރް އެނދުގައި އިށީންދެލަމުން އަހައިލިއެވެ. އާނާ ދަބަސް ބާއްވާފައި އައިސް އެނދުގައި އިއްތާލީ އެއްވެސް ތާކުން އެ ފޮޓޯ ގަނޑު ނުފެނުމުންނެވެ.

“އެއީ ދޯ. އެއީ އަހަރެންނާ ވަރަށް ކްލޯޒް މީހެއް… “އާނާ އިސްދޮށައް ޖަހައިގެން އިނދެ ބުނެލި އެތިން ނަވާރްގެ ދެލޯ ބޮޑުވިއެވެ. “ކީ…ކި..ކީކޭ.. ކިހި..ކިހިނެތް ނާނާ އާ  ކްލޯޒް ވަނީ..” ނަވަރް ވާހަކަ ދައްކަމުން ދިޔައިރި އަޑުގައި ވި ތުރުތުރުން އާނާ ހައިރާން ވިއެވެ. “ނަވާ .. ކިހިނެތް ތި ވަނީ .. ނަވާ އެ ދެކުނިންތަ.. އޭން.. ދަންނަ މީހެއް ތަ.. ނަވާ އާންސާ މީ..” އާނާ ، ނަވާރްގެ ދެއަތުގައި ހިފާ ތަޅުވައިގަން އިރު އާނާ ހުރި ރޮވިފައެވެ.

ނަވާރް ނިދާ ޕާލީސް ދޮށުގައި ވާހަކަ ފޮތެއް ތެރެއިން ނަވާރ ނެގީ އެ ފޮޓޯ އެވެ. އާނާ ގެއްލިގެން އުޅޭ ފޮޓޯ އެވެ.

” އާނާ .. އާނާ އަށް އިނގޭތަ މީ ކާކު ކަން.. މީ އަހަރެން ބައްޕަ.. ” ނަވާރްގެ ޖުމްލަ އިވި އާނާ އަށް ކޮޅަށް ތެދުވެވުނެވެ. ކުއްޖާ ފިނިވެގެން ގޮސް މަޑު ތުރުތުރެއް ވެސް އާނާގެ ގައި އުފެދިއްޖެއެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ލޯތްބަކުންދިން-17

Next

ލޯތްބަކުންދިން-18

Next
May 11, 2023

ލޯތްބަކުންދިން-18

Previews
May 6, 2023

ލޯތްބަކުންދިން-17

2 Comments!

  1. Jimiii says:
    May 9, 2023 at 3:21 pm

    Wowwww🥰🥰🥰dn kihineh baa vaanyy
    Cant wait alheiii😭😭
    Vvv salhi❤️❤️

  2. Maryam says:
    May 9, 2023 at 3:29 pm

    Yazan is sooo hot 🥵
    Vvvvv reethi❤️❤️❤️
    Rihaam aky nava ge cousin eh dw ehn v ma
    When next dearr

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 3←


All Right Reserved!