އެ ހުވަފެން-10
.އެމިލީންގެ ނަޒަރުން
އުލްވީ ކައިރިއަށް ދާން އަހަރެން އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީމެވެ. އުލްވީ އިއްޔެގެ ހާދިސާ އަހަންނަށް ނުކިޔާދިނުމުން އަހަރެން އެވަރަކުން ހޯދާކަށް ނޫޅެމެވެ. އަވަހަށް ދާން ބޭނުންވެފައި ހުރިވަރުންމަގުގެ ދެކޮޅު ނުބަލައި އަހަރެން ދުވަނިކޮށް މީހެއްގައިގައި ލައިގަތެވެ.
ނުނިމޭ…؟
ޕާރޓް -10
ި”ޕިސް ޕިސް.. ތަނެއް ދޮރެއް ނޯންނާނެ މި މީހުން ދުވެ ނަގާއިރަކު.. މިހާރުގެ ކުދިން” ލައިގެން ހުރި ސްވެޓާާރ ތިރިއަށް ދަމާލަމުން ލައިނާ ހީލިއެވެ. “ލައި މަންޖެ މިހާރު އެބަ އުޅެންތަ؟ ހަބަރެއްވެސް ނުވެ ވިއްޔަ..” އަހަރެން ބުނެލީމެވެ. “އުނހޫން މަ މަރުވެފަ..” ލައިނާ ހޭންފެށިއެވެ. “ހުން މި އުލްވީ ވީ ހޮސްޕިޓަލުގަ , އޭނަ ކައިރިއަށް ދާން މަ މި އުޅެނީ، ” އަހަރެން ހިނގައިގަތީމެވެ. “އޮހް އޯކެ.. ބައި. މަ ވެސް މި ދަނީ ނޫޑުލިސް ގަންނަން ފިހާރައަށް” ލައިނާ އަތުން ހަނާ އަޅާލިއެވެ. އަހަރެންވެސް ހަނާ އަޅާލަމުން މިސްރާބުޖެހީ ހޮސްޕިޓަލަށެެވެ.
އުލްވީގެ ނަަޒަރުން
“އިކޭ ކައެ ކޮންޒަމާނެއްގައި ކާރު ދުއްވަން ފެށީ؟ ” އަހަރެން ސުވާލުގެ ނަޒަރުން ބަލައިލީ އީކާލް އާއި ދިމާލަށެވެ. “އޫލީ މަންޖެ އަށް ނޭނގޭ ދޯ؟ ، މިހާރު ކޮންޒަމާނެއް؟” އީކާލް ބުނެލީ މޫނަށް ވައްތަރު ޖަައްސާލަމުންނެވެ. “ހޫން ކީތްވީޔޯ.. މާ ބަރަކަށް އައިސް ތި މި އަށް އެރީ؟ ” އީކާލް އެއްސެވެ. ” އާނ އިނގެއެއްނު އެއްކެ އަލީން ގޮލާ.. އޭއްޗަކު މަ ފަހަތުން އަންނާތީ މި އައީ!” އަހަރެން ސީޓުގައި ލެނގިލީމެވެ. “އަލީން ގޮލާ ދޯ.. މަންޖެ ކޮންތާކަށް ވައްޓާލަންވީ؟” އީކާލް ކާރު ދުއްވާލިއެވެ. “މަ ގެއަށް.. އެނޫން ކޮންތާކަށްތަ؟” އަހަރެން ލޯއަޅައިލީމެވެ. “މަ ހީކުރީ ޖިޒޭ ކޮޓަރިއަށް ކަމަށް” އީކާލް ހިނިގަނޑެއް ޖަހާލިއެވެ. “ނޫޅެން..” އަހަރެން ފޯނު ހުޅުވާލެވުނު އިރު މާއިޝް ގެ ފަސް ކޯލް، ކައިޒާންގެ އަށް ކޯލް މިސް ވެފައި އިނެވެ. ބޯހޫރާލަމުން ފުރުތަމަ އަހަރެން ގުޅީ މާއިޝް އަށެވެ. “އަލުވި މަންޖެ އަށް އަދިކިރިޔާ ދޯ ތި ފޯނު ގަނޑުގައި އަތްލެވުނީ؟” ހަލޯ އޭ ނުބުނެވެނީސް މާއިޝްގެ ހަޅޭކުގެ އަޑު އިވުނެވެ. “ސާބަހޭ ދެން ބަަރަބޯ، މަ ވަރަށް ބިޒީ ކޮށޭ.. މިހާރުވެސް މީނީ މި އިކޭ ގަނޑާ އެއްކޮށް އެގޮލާ ކާރުގަ” އަަހަރެން ފޯނު ސްޕީކަރަށް ލީ އީކާލް އަށް އަޑު އިވޭނެ ހެންނެވެ. “ހުން..މިރޭ މި އުޅެނީ ކޮފީ އަކަށް އަރަން.. މަންޖެ ދާނަން؟” މާއިޝް އެއްސެވެ. ކޮފީ އަކަށް އަރައިިފިއްޔާ ދައްކަން ޖެހޭނެ ވާހަކަ ތަށް ބައިވަރެވެ. “އޭ ހާދަ ނުލަފައޭ.. މަ ވެސް ގޮވައިގެން ދާން ޖެހޭނީ … އާޗާ” އީކާލް ހަޅޭއްލަވައިގަތެވެ. “ދެން މައެ އިކޭ ނުލައެއް ނުދާނެ އެއްނު” މާއިޝް ބުނެލިއެވެ . “އޭ ކަލޯ މަ ގެއަށް ވަންނަން ޖެހިއްޖެ..ބަރަބޯ ކައެ މަ ފަހުން ގުޅާނަން އިނގޭ” މާއިޝް އަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ އަހަރެން ފޯނު ކަޑާލުމަށްފަހު ގެއަށް ވަނީމެވެ.
“ދޮންބޭ.. ކީތްވެ އެވަރަށް ގުޅާފަ؟” އަހަރެން ގެއަށް ވަން ގޮތަށް ސޯފާއަށް ވެއްޓިގަތީމެވެ. “އިއްޔެ ހަނގުރާމަ ކޮށް ނިންމާަފަ މިއަދު އިރު ނާރަނީސް ބޭރަށް” ކައިޒާން މޫނުމަތީގައިވީ ނުރުހުމެވެ. “އަހަރެން ދިޔައީ ބޭސްގަނޑު ބަދަލު ކުރަން ދެން ދޯ؟ ދޮންބެ އެއްނު ބަލީވެސް… ބުނިން ދޯ ނުހިނގާށޭ..” އަހަރެން ޗިޕްސް ޕެކެޓެެއް ކަޑާލަމުން ބުނެލީމެވެ. “އޭ ދީ މަށަށް.. އޫލީ އެކަނި އެއްޗެއް ނޫން ތީކީ!” ކައިޒާން ތެދުވަން އުޅުމުން އަހަރެން އެކަން މަނާ ކުރީމެވެ. “އިންތާ އިނދޭ.. މަ ދޭނަން” އަހަރެން ޗިޕްސް ކޮޅެއް ނެގުމަށްފަހު ކައިޒާން އަތަށް ލެއްވީމެވެ. “ކާކުތަ ޓަކި ޖަހަނީ .. ހުޅުވަބަަލަ” ކައިޒާން ހަޅޭއްލަވައިގަތެވެ. މިއަދު އޭނާ ހުރީ ރުޅިއައިސްގެެން ގޮސް ފަޅައިގެން ދާވަރުވެފައި ކަންނޭނގެއެވެ. “މިކިޔާލް ކައެ ދޯ!, ކައެ ރަނގަޅުތަ؟” ދޮރުހުޅުވާލި މިކިޔާލް ފެނުމުން ކައިޒާން ބުނެލިއެވެ. “ކައި ފައި ކިހިނެއް؟” މިކިޔާލް އައިސް ސޯފާގައި ޖައްސާލިއެވެ. “ތަދުވެޔޭ… ބޭސްގަނޑު ބަދަލު ކުރަން ދާން ވެސް ޖެހޭނެ އަދި..”ކައިޒާން ބުނެލިއެވެ. “އިކޭ ގެ ކާރު ގެންނަންތަ؟” އަހަރެންް އެހީމެވެ. “އާނ އެ ގޮލާ ކާރު ދޯޯ… ގުޅާބެ”ކައިޒާން ބުނުމާއެެކު އަހަރެެން ހިނގައިގަތީ ބޭރަށެވެ .
“އިކާލޫ.. ވަރަށް އަވަހަށް މިގޭދޮށަށް އާދެބެ.. ސުވާލު ނުކޮށް އަވަސް” އަހަރެން އީކާލަށް ގުޅީމެވެ. “އޭނ ކަލޯ ޖިޒޭ އެބައިން..އެގޮލާ ތަނަކަށް ވައްޓާލާފައެއް ނުދެވޭނެ..” އީކާލް ބުންޏެވެ. “ޕިސް ޕިސް ހެވޭ ތި ޖިޒާލެއް އިނަސް…ހަމަ މިހާރު އާދެ” އިތުރަށް އީކާލްއަށް އެއްޗެއް ބުނުމުގެ ފުރުސަތު ވެސް ނުދީ އަހަރެން ފޯނު ކަޑާލީއެވެ. “ދޮންބެ އަށް ހިނގޭ ދޯ ކޮޑަކޮށް… ” އަހަރެން ކައިޒާން ގެއިން ނުކުތުމުން ބުނެލީމެވެ. “ހުމް ތަދުވެ އެކަމު ވަރަށް..މިކީ ކައެ ދާނަން؟” ކައިޒާން އެއްސެވެ. “ހޫނ މަ ދާނަން.. މި އޮށް އައީނު އިކޭ..” މިކިޔާލް އީކާލްގެ ކާރު ހުއްޓުމުން ބުނެލިއެވެ. “އޭނ އަވަހަށް އަރާ” އީކާލް ގޮވާލިއެވެ. ކައިޒާން އެރީ އީކާލް ކައިރިއަށް ކުރީ ޝީޓަށެވެ. އަހަރެެން ފަހަތު ދޮރުފަތް ހުޅުވާލިއިރު ޖިޒާލް އިނުމުން އަރަން ފަސްޖެހިފަވެސް އެރީމެވެ. އަހަރެންގެ ފަހަތުން މިކިޔާލް ވެސް އަރައިފިއެވެ. “އޫލީ އެކޮޅަށް ޖެހިބަލަ..” މިކިޔާލް ލާނެތް ވައްތަރަކަށް ބުނެލިއެވެ. “ތެދެއް އުލީ ހާދަ ދުރެއްގަ” ޖިޒާލް ބުނެލި ގޮތުން އަހަރެންގެ ކޯ ރަތްކުލައިން ފެވުނެވެ. “އައްދޭ.. އުލީ ބްލަޝް ވަނީ ތަ؟” މިކިޔާލް ފެށީއެވެ. “ދެން މިކީޔާލޫ…” އަހަރެން މިކިޔާލް ގައިގައި ލެނޑީމެވެ. ފުދޭވަރަކަށް ބާރަށެވެ. “އޭނ އިކޭ.. މިކާރުގައި މާ މީހުން ގިނަ ދޯ.. ހިނގާބެ ޖިޒޭ އާއި އުލީ މިތާ ތަނަކަށް ވައްޓާލަން..” ކައިޒާން ފެށީއެވެ. “ހުން ކާކުތަ މި ގުޅަނީ!” މާއިޝް ގެ ފޯނު ކޯލު ވީ އެގަޑީގައި އަހަންނަށް ލެއްވި ބަރަކާތަކަށެވެ. “އާނ ކީކޭ.. މާޝް” އަހަރެން އެހީމެވެ. “އޭނ މަ ވެސް އިއްޔެ ފައިޓް އަށް ގޮއްސަ ފައި މަށައިލައިގެން… އިކޭ އަށް ގުޅާ ފޯނެއް ނުނެގި.. މަންޖެ އަދިވެސް އެގޮލާ ކާރުގައި އިނިއްޔާ ބުނެެބެ މަ ބަލާ އާދެބެލާށޭ..!” މާއިޝް އެދުނެެވެ. “އިކޭ… މާޝް ބުނީ އެގޮލާ ވެސް ހޮސްޕިޓަލް އަށް ދާން ޖެހިއްޖެޔޯ.. އޭނާ ބަލާ ދޭބަލާށޯ.. ” އަހަރެން ފޯނު ކަޑާލުމަށްފަހު އީކާލް އަށް ގޮވީމެވެ. “ކައި މެން ހޮސްޕިޓަލް އަށް ވައްޓާލައިފަ ދެވޭނީ ދެން” އީކާލް ކާރުގެ ދުވުން ބާރުކޮށްލިއެވެ.. ހޮސްޕިޓަލް އަށް ކައިޒާން އާއި މިކިޔާލް ވަނުމުން އަހަރުމެން އަނެއްކާވެސް މިސްރާބު ޖެހީ މާއިޝް ބަލައެވެ. “މި ބަރަބޯ ގަނޑު އެހާ ތަތްވާނެ.. އަންހެނަކަށް ތުރެއް ވައިގަދަވާނެ..” އަހަންނަށް ހިތާހިތުން ބުނެވެނުވެ. “މިއޮއް އައީނު މާޝް.. ހިނގާ އަވަހަށް…” މާއިޝް އެރީ އީކާލް ކައިރިއަށް ކުރީ ޝީޓަށެވެ.
“މަ ދަނީ މާޝް ގޮވައިގެން ހޮސްޕިޓަލަށް ވަންނަން..ތި ދެކުދިން ބޭނުމިއްޔާ ތިބޭ ކާރުގަ.. އެހެންނޫނިއްޔާ އާދެ” އީކާލް ކާރުން ނިކުންނަމުން ބުނެލިއެވެ. “ތެދެއް ދެކުދިން އެކަނި އިނގޭ ތިތިބީ..އައްޗި ކަންތައް ނުކުރައްޗޭ” މާއިޝް ވެސް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އަހަރެން މާއިޝް އާއި ދިމާލަށް ދެލޯ އަޅައިލީމެވެ. އީކާލް އާއި މާއިޝް ދިޔުމުން އަހަރެން ބަލައިލީ ޖިޒާލް އަށެވެ. އޭރު އޭނާ ކަަޅި ޖަހައި ނުަލައި ބަލަހައްޓައިގެން އިންގޮތުން އަހަރެން މޫނުމައްޗަށް ލަދުން ގޮސް ރަތް ކުލަ ވެރިވިއެވެ. އަހަރެން އަވަހަށް ތިރި ބަލައިލީމެވެ. “ލުވީ” އަހަރެން އިސްއުފުލައި ބަލައިލީ ޖިޒާލްގެ އަޑަށެވެ. “ހުމް؟” އަހަރެން ޖިޒާލް ގެ މޫނުމައްޗަށް ނަޒަރު ހިންގައިލީމެވެ. “ސުވާލެއް އަހަންތަ؟” ޖިޒާލް އެއްސެވެ. “ޔާހ..ވަޓް؟” އަހަރެން އެހީމެވެ. “ޔޫ ސިންގަލް؟” ޖިޒާލް އެހި ސުވާލުން އަހަންނަށް ބޯ ކަހައިލެވުނެވެ. “ނާހ..މީ އިޒް ޕުލޫރަލް” އަހަރެން އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ބުނެލީމެވެ. “ދެން ލުވީ ސީރިއަސް ކޮށޭ!!” ޖިޒާލް ބުނެލިއެވެ. “ދެން އެހާ ސީރިއަސް ވަންޏާ ހޮސްޕިޓަލް އަށް ދާން ވީނު” އަހަރެން ހީނލީމެވެ. “ލުވީ އޭ…ކުއްޖަކާ ރަށްޓެހިވެގެން ތަ ތި އުޅެނީ؟” ޖިޒާލް އަނެއްކާވެސް އެހިއެވެ. “ޕިސް ޕިސް..ޒާލް ކިހިނެއް ވެގެން ތިއުޅެނީ… ޒާލް ކީތްކުރަން ބަލާ އެއްޗެއް..ދެން ތިހާ އިނގެން ބޭނުންވަންޏާ ބުނެދީފާނަން..އަހަރެން މި އުޅެނީ ކުއްޖަކާ ނުވަތަ މީހަކާ ނުވަތަ އެއްޗަކާ ރަށްޓެހިވެގެންނެއް ނޫން..ސާފު؟” އަހަރެން ފާޑަކަށް ހިތްހަމަ ނުޖެހުނެވެ. “ލުވީ ރުޅި އައީތަަ؟ ސޮރީ ދެން ވަރަށް ބޮޑަށް…އައި ޑިޑެންޓް މީން..” ޖިޒާލް ދެރަވީ ކަންނޭނގެއެވެ. “ޒާލް..ދެން އަޅާނުލާ” އަހަރެން މަޑުމަޑުން ބުނެލީމެވެ. އަހަރެން ކުއްލިއަކަށް ސިހުނީ ޖިޒާލް އަހަރެންގެ އަތުގައި ހިފުމުންނެވެ. “ޒާލް؟؟” ސުވާލުގެ ނަޒަރުން ޖިޒާލްގެ މޫނަށް އަހަރެން ބަލައިލީމެވެ. “ޕްލީޒް..އަހަރެން ފޮޓޮއެއް ނަގަން ވެގެން..ލުވީ ރުޅި ނާންނައްޗޭ.” ޖިޒާލް އަނެއްކާވެސް ފަސްޖެހުނެވެ. “އޯކޭ…” އަހަރެން ބުނީމެވެ.
އެމިލީންގެ ނަޒަރުން.
“ކޮބާތަ އެ އޫލީ ގަނޑު.. މަ ކައިރީ އަންނާށޭ ކިޔާފަ އެ ބެޗީ އެއްނު” އަހަރެން އުުލްވީ އާއި ދިމާލަށް ކުދިކިޔަމުން ދިޔައީމެވެ. އުލްވީ އަހަރެން ކައިރީގައި އަންނާށޭ ކިޔާފަ ދިޔައީ ކީތްކުރަން ހެއްޔެވެ. އަހަރެން ގެ ނަޒަރު އުލްވީ ހޯދަމުންގޮސް ހުއްޓުނީ އީކާލް ގެ ނޫކުލައިގެ ކާރަށެވެ. ކާރުގެ ތެރޭގައި ބަޔަކު ތިބިހެން ހީވެގެން އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. “އޫލީ ، ޖިޒޭ..ތިދެމީހުން ކޮންކަމެއް؟” އުލްވީ އާއި ޖިޒާލް އަތާއި އަތް ޖޯޑުކޮށްގެން ތިބި މަންޒަރު ފެނުމުން އަހަރެންގެ ހައިރާންކަން ވީ އިތުރެވެ. “މީ ލީން ހީކުރާވަރުގެ ކަމެއް ނޫނޭ..ޖަސްޓް އަ ޕިކް..” އުލްވީ އަވަހަށް ޖިޒާލްގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. “ދެން ނުކުރެވޭނެ ގަބޫލެއް..ކޮބާތަ އިކޭ މެން” އަހަރެން ލާނެތް ވައްތަރަކަށް ހީލަމުން ބުނެލީމެެވެ. “އެމިލީނޫ!! ބުނެފީމެއްނު އަހަރުމެން ދެމީހުން އެއްވެސް ކަމެއް ނޫނޭ..ދެން ގަބޫލު ކޮށް ބަލަ” އުލްވީ ބުނެލިއެވެ. “ނުކުރާނަން..ނުވެސް ކުރެވޭނެ” އަހަރެން ބަނޑުގައި އަތް އަޅައިގެން އޮވެގެން ބިނދޭވަރަށް ހެނުނީއެވެ. ޖިޒާލް އިނީ އިސްޖަހައިގެންނެވެ. ހީވާ ގޮތުން ބޮޑަށް ލަދުގަނެފައި ހުރީ އުލްވީ އެއް ނޫނެވެ. “ޖިޒޭ.. ހާދަ މަޑުން ތިއިނީ.. އައްދޭ ޖިޒޭ ބްލަޝް ވަނީ ދޯ.. އޫލީ އަށް ތުރެއް ބޮޑަށް ލަދުގަނެފައި ހުރީ ޖިޒޭ” އަހަރެން ޖިޒާލް އާއިވެސް ބެހުނީމެވެ. “އެމިލީން … އަތުގައި ހިފާލުން އެއީ އެވަރު ކަމެއްތަ ދެން..؟” ޖިޒާލް އަށް ކެތްނުވީ ކަންނޭނގެއެވެ. “އުނހޫން…ދެން އުލީ މަކައިރީގައި ނުވެސް ބުނެ ޖިޒޭ އާއި ކަމެކޭ..، ތި ދެމީހުން އަންގާލައިގެން އުޅެބަލަ..” އަހަރެން ބުނެލީމެވެ. “ހުުމް މަށާއި މީނަ މަންޖެ އާއި ކަމެކޭ..ދެން..ލީން ޖޭ ވަނީ..ކައި އަންނަންދެން ކެތްލަވާބެ..” ޖިޒާލް ދެން ބުުނެލި ޖުމުލައިން އުލްވީ ސިހުނެވެ. “އޭނ ޒާލޫ.. އޭ ދޮގެއް..އަހަރުމެން މީހަމަ ޖަސްޓަ ފްރެންޑްސް.” އުލްވީ ޖިޒާލް އެ ހެދީ ދޮގެއްކަން ސާބިތު ކޮށްދޭން މަސައްކަތް ފެށިއެވެ. “ނޭނގެ ގަބޫލު ކުރެވޭނެ ކަމެއް..” އަހަރެން ކާރު ދޮރުހުޅުވާލައިފައި އެރީމެވެ. “އޭނ ކައި ގެއަށް ލާން ދާން ޖެހޭނެ… މާޝް ވެސް..އުލީ އާއި ޖިޒޭ އިހަށް މިތާ މަޑުކުރޭ..” އީކާލް އައިސް ބުނީ އެންމެންނަށް އެއްކާރަކަށް ނޭރޭނެތީއެވެ. “ނޯ ޕްރޮބްލެމް.. ލުވީ އާދެ..އަހަރުމެން ދާނީ ޖޫގޯ ބޯން ދޯ” ޖިޒާލް އާއި އުލްވީ ކާރުން ފައިބުމާއިއެކު ކައިޒާން އާއި އީކާލް އެރީ ކުރިއަށެވެ. މާއިޝް އާއި މިކިޔާލް އިނީ ފަހަތުގައިއެވެ.
ޖިޒާލްގެ ނަޒަރުން
މެންދުރުގެ ހޫނު ވަޤުތު ފަހަނަ އަޅައި ގޮސް ހަވީރު ވެއްޖެއެވެ. އިރުގެ އަލިކަން ހިނދުކޮޅަކަށް ވުރެ ހިނދުކޮޅަކަށް ދިޔައީ ފަނޑު ވަމުންނެވެ. ހިތްގައިމު، ރީތި ،އަރާމު ވައިޖެހޭތީ އަހަރެން ހުރީ ހިތްހަމަ ޖެހިފައެވެ. ގަސްތަކުުގެ އާރޯ ކަމާއި ފެހިކަމުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ. ނޫކުލައިގެ ސާާލެއްފަދަ އުޑުގައި ހުދު ވިލާތަށް އެތުރިފައިވީ ގޮތުން ރީތިކަން އިންތިހާއެވެ. މި މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އަހަންނާއެކު ހުރި މި ޖިންސުއްލަތީފެވެ. މި ހޫރު ޕަރީ އެއް ފަދަ އަންހެން ކުއްޖާއެވެ. ބަލާބަލާ ފޫހި ނުވާނެފަދަ ރީތިކަމެކެވެ. ހުދުކުލައިގެ ޓޮޕް އަކާއި އެކު ކަޅު ޑެމިކް ޖެކެޓު އުލްވީ އާއި ނުހަނު ގުޅެއެވެ. ކަޅު ފައިކުރިއަށް ދޫ ޖިންސްގައި ހުރި އިރު އެ ބްލޮންޑް ދިގު އިސްތަށިގަނޑު އޮތީ މިނިވަންކަމާއި އެކު ދޫކޮށްލާފައެވެ. އޭނާގެ ނޫކުލައިގެ ކަޅި އަމާޒުވެފައިވަނީ އަތުގައި އޮތް ފޯނަށެވެ. “ޒާލޫ… ޖޫގޯ ބޯކައްނު އައީ.. ނެތޭ ރުފިޔާއެއްވެސް..” އުލްވީ ފޯނުން ނަޒަރު ވަކިކޮށްލަމުން އަހަންނާއި ދިމާލަށް ބަލައިލައިފިއެވެ. “އެހެން.. މަ ޕޭކުރާނަމޭ.. ހިނގާބަލަ އެހަރަ ހޮޓަލް އަށް…” އަހަރެން ބުނީމެވެ. ” އަސްލުތަ؟ ތެންކިއު ވަރަށް ބޮޑަށް..” އުލްވީ އަތުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. “ދެންވެސް ހިނގާބަލަ. .. މި ލުވީ އަކަށް ނުދެވޭނެ އެ ފޯނު ގަނޑު އަތަށް ނުލައެއްވެސް.” އަހަރެން ހިނގައިގަތީމެވެ. “ޒާލު.. މި ދަނީ އޭ” އުލްވީ ފަހަތުން އައިސް އަހަންނާއި އެއްވަރު ކުރިއެވެ. ދެމީހުން އެކުގައި ގޮސް ހޮޓަލަށް ވަންއިިރު މީހުން އެހާ ގިނައެވެ. އަހަރެން ނިންމީ ޖޫގޯ ހިފައިގެން ގޮސް ބަނދަރުގައި ތިބޭށެވެ.
ކައިޒާން ގެ ނަޒަރުން
ގެއަށް އައިސް ސޯފާގައި އަހަރެެން އިށީނީމެވެ. ފައިގައި ހުރި ރިހުން ފުދޭ ވަރަކަށް މަޑުވެފައި ހުރުމުން ހިނގާ ބިނގާ އުޅެވޭ ވަރުވެއެވެ. ކުއްލިއަކަށް އަހަރެން ސިހުނީ މީހަކު ދޮރު ހުޅުވާލުމުންނެވެ. ދޮރާ ދިމާލަށް އަހަރެންގެ ނޫކުލައިގެ ކަޅި ދަތުރުކޮށްލިއިރު އެތާ ހުރީ އަހަރެންގެ ހިތުގެ މަލިކާ އެވެ. އެ ސޫރައެއް ދެކެން އަހަރެންގެ ހިތް ބޭޤާރުވެފައިވާ ސޫރައެވެ. ކަޅި ޖަހައިނުލައި އަހަންނަށް ހުރެވުނީ އެމިލީން އާއި ދިމާލަށް ގެއްލިފައެވެ. އެ އަޅިކުލައިގެ ކަޅީގެ ތެރެއަށް އަހަރެން ޣަރަޤުވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ. “ކޮބާ އޫލީ.. އަދިވެސް ނާދޭތަ؟” އެމިލީން އެއްސެވެ. ލަދުރަކި މިޒަާޖެކެވެ. “ހުމް… އާނ އެ ޖިޒޭ އާއި ދެމީހުން ކާރުން ބޭރު އަރުވާލީމަ ނޭނގެ ކަޓަށް ނޫންކަމެއްވެސް ދިޔައީކީ” އަހަރެން އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލީމެވެ. “ދެން ތިތާ ބޭރުގަ ތަ ހުންނަނީ… ވަދެބަލަ އެތެރެއަށް” އަހަންނަށް އެހެން ބުނެވުނީ ބޭއިޙްތިޔާރުގަ އެވެ. ހިތުގެ މަލިކާ ގެއްލިދާނެ ކަމުގެ ބިރަށެެވެ. “ހުމްމް… ” އެމިލީން ދޮރުލައްޕާފައި އައިސް އިށީނީ އަހަރެން ގާާތުގައެވެ. “ކޮން އިރަކުންތަ އުލީ އަންނަނީ؟” އެމިލީން އަހައިލައިފިއެވެ. “ނޭނގެ…” އަަހަރެން ދެ ކޮނޑު އަރުވާލަމުން ބުނެލީމެވެ. “ކީތްކުރަންތަ އުލީ ހޯދަނީ؟ ” އަަހަރެން އެހީމެވެ. “އެ މަންޖެ ޖިޒޭ އާއި ކަމެއްތޯ ބަލަން” އެމިލީން ބުނެލީީ އޭނާގެ އިސްތަށިގަނޑުގައި އަަތްފުނާ އަޅާލަމުންނެވެ.”އެހެން..މިހާރު އެއޮތް އިރު އޮއްސެނީ… ލީން އެކަނިތަ ގެއަށް ދަނީ؟” އަހަރެން އެހީމެވެ. “ހުމްމް… ކައިގެ ފައި ރަނގަޅުތަ؟” އެމިިލީން އެއްސެވެ. “ތަދުވެދޯ ދެން…” އަހަންނަށް އިނދެވުނީ ކަޅި ޖަހައި ނުލައި އެމިލީންގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. “ދެން ކައި.. ތިވަރަށް ނުބަލަބަލަ” އެމިލީން ގެ ދޮން ކޯތާފަތަށް ވަނީ ޖަންބު ކުލަ އަރައިފައެވެ. މޫނުމަތީގައި އަތް އެޅި ގޮތުން މައުސޫމުަކަން އިންތިހާއެވެ. “އޯކޭ އޯކޭ..” އަހަންނަށް ބޯކަހާލެވުނެވެ. އިސްތަށިގަނޑު ރީތި ކޮށްލަމުން އަހަރެން ހީލީމެވެ.
އުލްވީގެ ނަޒަރުން
“ޒާލޫ… ދެން ނުދުވެވޭނެ.. ހިނގާ ގެއަށް ދާން..” ޖިޒާލް ފަހަތުން ދުވަމުން ގޮސް އަހަރެން ވަރުބަލި ވެގެން ހުއްޓާލީމެވެ. “ލުވީ ވެސް ދޯ.. ” ޖިޒާލް އައިސް އަހަރެން ކައިރީ ހުއްޓުނެވެ. ކަކުލުގައި އަތް އަޅައިގެން ގުދަށް އޮވެ އަހަންނަށް މާނޭވާލެވުނެވެ. ޖިޒާލް ފެންުފުޅިއެއް ދިއްކޮށްލުމުން ކަރުތެރެއަށް އަހަރެން އެ ފެންފުޅި އޮއްސާލީމެވެ. “ލުވީ މާބޮޑަަށް ވަރުބަލި ވީ ދޯ؟.. ސޮރީ” ޖިޒާލް އިސްޖަަހާލިއެވެ. “ދެން ޒާލޫ.. އިޓްސް އޯކޭ އޭ…” އަހަންނަށް ބުނެވުނެވެ. ކުއްލިއަކަށް ފޯނު ރިންގްވާން ފެށިއިރު ގުޅަނީ މި މާއިޝް އެވެ. “މާޝް.. ކިހިނެތްވީ؟ ” އަހަރެން ފޯނު ނެގިއިރު ޖިޒާލް ހުރީ ބަލަހައްޓައިގެންނެވެ. “މިރޭ ދާނަންތަ ކޮފީ އަށް؟” މާއިޝް އެއްސެވެ. “ހުން… ނޮޓް އިންޓްރެސްޓެޑް.. މަ ބޭނުން ޕިއްޒާ” އަހަރެން ބުނެލީ އަކުރުތަކަށް ދަމާލަމުންނެވެ. “އޯހޯ..މަ ދޯ ޖެހޭނީ ޕޭ ކުރަން؟ ” މާއިޝް އެއްސެވެ. “ނޭނގެ.. ދެން މާޝް ދެން ކީތްވާނީތަ ދިނިއްޔާ؟” އަހަރެން އެހީމެވެ. “އޯކޭ… މަ ދޭނަން..ހަމަ އެކަނި މިރޭ..” މާއިޝް އެއްބަސްވިއެވެ. “ހުން އުލީ ކޮންތާކުތަ؟” މާއިޝް އެހި ސުވާލުން އަހަންނަށް ބަލައިލެވުނީ ޖިޒާލް އާއި ދިމާއަށެވެ. “މީ އަނެއް.. ބަނދަރުގަ” އަހަރެން ބުނެލީމެވެ. “ޖިޒޭ އާއި އެއްކޮށް ދޯ… އޯހޯ” މާއިޝް ހީލިއެވެ. “ދެން ހުމް ބައި.. މިރޭ” އަހަރެން ފޯނު ކަޑާލީ މާއިޝްގެ ދިމާކުރުންތަކުން ސަލާމަތް ނުވެވިދާނެކަމުގެ ބިރަށްޓަކައެވެ. “ކާކު؟” ޖިޒާލް އެއްސެވެ. “އޮހް އެއީ މާއިޝް… ޒާލު ދާނަންތަ މިރޭ ޕިއްޒާކާން؟” އަހަރެން ބޭނުންވީ ޖިޒާލްވެސް ގެންދާށެވެ. “އަމްމް.. ލުވީ އޯކޭ އިއްޔާ” ޖިޒާލް ބުނީ އިސްތަށިގަނޑު ރަނގަޅު ކޮށްލަމުންނެވެ. “ދެން ޒާލޫ… އައި އޯކޭ އޭ…” އަހަަރެން ބުނެލީ އިސްދަށަށް ޖަހާލަމުންނެވެ. “ދެން ލުވީ ތިހާ ބޭނުމިއްޔާ ދާނީ ދޯ” ޖިޒާލް ބުނެލީ ލާނެތް ވައްތަރަށް ހީލަމުންނެވެ. އަހަރެންގެ މޫނުމައްޗަށް ޖަންބު ކުލަ ވެރިވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. “ލުވީ ހާދަ ކިޔުޓޭ.. ވަރަށް ލޯބި މާޝާﷲ” ޖިޒާލް ދެން އުޅުނީ އަހަރެން ލަދުގަންނުވާށެވެ. “ދެން ޒާލޫ…” އަހަރެން ޖިޒާލްގެ އަތުގައި ޖެހީމެވެ. ހަމަ ޖެހުމާއެކު ޖިޒާލް ހިފީ އަހަރެންގެ އަތުގައެވެ. އަހަންނަށް ޖިޒާލްގެ އަޅި ލޮލަށް ބަލައިލެވުނު އިރު އިރުގެ ރަންދޯދިތަށް އެލޮލަށް އެޅިފައިވުމުން އުފައްދާފައިވަނީ ޖާދޫއެކެވެ. އެ އަޅިލޮލުގެ ތެރެއަށް ޣަރަޤުވަމުން ދިޔައީ އަހަރެންގެ އެއްވެސް އަމިއްލަ އިޙުތިޔާރެއްނެތިއެވެ.
ޖިޒާލްގެ ނަޒަރުން
ހިފިފައިވާ އުލްވީގެ ދޮން މަަޑު އަތްތިލައަށް ބަލައިލުމަށްފަހު އަހަންނަށް ބަލައިލެވުނީ އެ މައުސޫމް މޫނަށެވެ. އެރީތި ބޮޑު ލޮލުގެ ތެރެއިން ފެންނަމުން ދިޔަ ނޫކަޅިން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެ ނޫ ލޮލުގެ ތެރެއަށް އަހަންނަށް ފީނައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. އިރުގެ އަލިކަމުން އެ ދޮންމޫނު އިތުރަށް ޖަރީ ކޮށްލައިފައި ވީ އިރު ބަލާބަލާ ފޫހި ނުވެއެވެ. ހަމަ ހޭވެރިކަންވީ ފޯނެއްގެ ކެމެރާ ފްލެޝް އެޅުމުންނެވެ. ވަގުުތުން އުުލްވީ އަަހަރެންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އަހަރެންވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވަމުން ބަލައިލީ އަލި އެޅުނު ދިމާލަށެވެ. ފޯނެއް އަތަށް ހެޔޮވަރު ކޮށްލައިގެން ހުރި މާއިޝް އާއި މީކާލް ފެނުމުން އަހަންނަށް ލަދުން ބޯ ކަހައިލެވުނެވެ. ވަގުތަކީ އިރުއޮއްސެމުން ގޮސް ރަތްވިލާ އަރައިފައިވާ ވަޤުތެވެ. އަހަރެންގެ ނަޒަރު އުލްވީ އާއި ދިމާލަށް ދަތުރުކުރިއިރު އެނާ ހުރީ ލަދުންގޮސް ހަލާކުވާވަރުވެފައެވެ. ތުންފަތުގައި ދަތް އަޅައިގެން އަތުގެ ނިޔަފަތި ތަކައި ކުޅެން އޭނާ ހުރީ އިސްޖަހައިގެންނެވެ.
މާއިޝްގެ ނަޒަރުން
ހަވީރު ކުޅެ ނިންމާފައި ގެއަށް އަހަންނާއި މީކާލް ދިޔައީ ބަނދަރު މަގުންނެވެ. އިިރު އޮއްސެން ދިޔަސް އުޑުމަތި އަދި ވަނީ ދަނބާއި ފިޔާތޮށި ކުލައިން ފަވައިލައިފައެވެ. ތަރިތަށްވެސް މަދު މަދުން އުޑުގައި ފާޅުވާން ފަށައިފިއެވެ. “މިއަދު ޖިޒޭ ކުޅެންވެސް ނާދެ.. މަ ފައި މަށައިގެން ދިޔައީމަ ނުކެޅެވުނަސް ދިޔައިން ދޯ ބަލަން.. މި ޖިޒޭ ކޮބައިބާ” އަހަރެން މީކާލް އަށް ބުނެލީމެވެ. “އާނ.. ކޮން އިރެއް މިހާރު.. އޭ ބަލަ މާާޝް ބަލައިބެ އެދިމާ..” މީކާލް އަތުގެ އިޝާރާތުން ދެއްކީ ބަނދަރުގައި ގަސްތަކުން ނިވާވެފައި އޮންނަ ތަންކޮޅެކެވެ. “ކަލޯ އޭ..އެއީ އޫލީ ގޮލަޔާ ޖިޒޭ ގޮލައެއްނު” އަހަންނަށް ބުނެވުނީ ހައިރާން ކަމާއި އެކީގައެވެ. ދެމީހުންގެ އަތް ގުޅުވިފައި އޮތް އިރު ދެމީހުން ތިބީވެސް ފުދޭ ވަރަކަށް ކައިރީގައެެވެ. އެކަކު އަނެކެއްގެ ލޮލަށް ގެބިފައި ތިބި އިރު އަހަންނަށް ހުނުން ކޮންޓްރޯލް ކުރުންވީ މަޖުބޫރު ކަމަށެވެ. ފޯނު އަތަށް ހެޔޮވަރު ކޮށްލައިގެން އަހަރެން ހުއްޓުނީ ޖިޒާލް މެންނާ ފުދޭ ވަރަކަށް ކައިރީގައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ގެއްލިފައި ތިބި ވަރުން އަހަންނާއި މީކާލް އައިސް ކައިރީގައި ހުއްޓުނު އިރުވެސް ރެއަކާ ނުލިއެވެ. ފުރަތަމަ ފޮޓޯ ނެގީ ފްލެޝް އާއި ނުލައެވެ. ދެވަނަ ފޮޓޯގައި ފްލެޝް އެޅުވީ ހަމަ އެ ދެމީހުންނަށް ޖެއްސުމަށެވެ. “އޯހޯ.. ފިލައިގެން އޮޅެނިކޮށް މިއޮތީ ބަސްޓް ވެފައި.. ކޮން ކަމެއް މީ ދެން” އަހަރެން އެހީމެވެ. “މާޝް.. ބުނަން.. މީ އެއްވެސް ކަމެއް ނޫން.. ޖަސްޓް” އުލްވީ ފެށިއެވެ. “ޖިޒާލް ޖީބަށް އަތްޖަހައިލައިގެން އައިސް އަހަރުމެން ކައިރީގައި ހުއްޓުނެވެ. “އެހެން..ކިހިނެއް ގަބޫލު ކުރާނީ.. ” މީކާލް އެއްސެވެ. “ދެން ގަބޫލު ކޮށްބަލަ.. ދެން ޒާލު ކަންތަކޭ..” އުލްވީ ގޮސް ހުއްޓުނީ ޖިޒާލް ކައިރީގައެވެ . “ޒާލު؟؟ ވާވް.. ހާދަ ލޯބި ކަޕްލް އެކޭ.. ” އަހަންނަށް ބުނެވުނީ ހެމުންނެވެ. “ޕިސް ދެން މާޝޫ… ތީތި ކަޑަ..” އުލްވީ އައިސް އަހަރެންގެ ގައިގަައި ޖަހައިފިއެވެ. “ހުން..ބަލާބެ މިއޮތް ލޯބި ޕިކް އެއް” އަހަރެން ދެއްކީ އެންމެ ފުރުތަމަ ނެގި ފޮޓޮއެވެ. “ވާވް.. ހާދަ ލޯބި އޭ.. މައެއަށް ފޮނުވައްޗެ” ޖިޒާލް ބުނެލީ ލާނެތްވައްތަރަކަށް ހީލަމުންނެވެ. އުލްވީ ގޮސް ޖިޒާލް އަތުގައިވެސް ޖަހައިފިއެވެ. “އާާހ.. އެޖެހީ މަގޭ ހިތުގަ” މޭގައި ފިރުމާލަމުން ޖިޒާލް ބުނެލިއެވެ. “ދެން އޭ… ތީތި ކަޑަ އިނގޭ ތި އެންމެން..މިހާރު އެއޮތް ބަންގި ގޮވީ.. ހިނގާބަ ދާން. ” އުލްވީ ހިނގައިގަތެވެ. “އުލީ.. މަޑު ކޮށްބަލަ.. ތި ދެމީހުން ކަމެއް ދޯ؟” އަހަރެން ގޮވީމެވެ. “ނޫނެކޭ.. ދެން..” އުލްވީ ބިމުގައި ދެފައިން ތަޅާލިއެވެ. “ދެން ކޮންހާ އިޝްޤެއްގެ ތެރޭގައި ތި ދެމީހުން ތިބީ ޔޯ؟” މީކާލް އެއްސެވެ. “އެހެމް.. ވީގޮތް ކިޔައިދީ ފިއްޔާމު ޤަބޫލުކުރާަނަން؟” ޖިޒާލް އެއްސެވެ. އަހަންނާއި މީކާލް ބޯ ޖަހައިލީމެވެ. “ހުން ވީ ގޮތަކީ… މަ ލުވީ އާއި ދިމާލަށް އެއްޗެކޭ ބުނެވިގެންް އޭނާ އައިސް މަ އަތުގައި ޖެހީ..އެގަނޑީގައި މަށަށް ލުވީ އަތުގައި ހިފުނިއްޔޭ” ޖިޒާލް ބޯކަހަމުން ބުންޏެވެ. “ދެން ދޯ.. ދެމީހުން ދެމީހުންގެ ލޮލަށް ގެބިފައި ތިބިއިރު ހީވަނީ އެހެން ކަމެއް ހެން..” މީކާލް ބުނެލިއެވެ. “އެއީ ދެން މަ ލުވީ ދެކެ ލޯބި ވާތީ އޭ” ޖިޒާލް އައިސް ސިއްރުން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. “އޯހޯ.. އައި ގެޓްއިޓް” އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ. “ދެން ހިގާބަލަ ދާން… ތި މީހުން ދޭ މިސްކިތަށް.. މަ ދަނީ” އުލްވީ ހިނގައިގަތެވެ. “ލުވީ.. އެކަނި ނުދާށޭ.. ކުރިން ރޭ މަތިން ހަނދާން ނެތުނީ؟” ޖިޒާލް އެއްސެވެ. “ވަޓް.. ކޮން ކުރިން ރެއެއް މިހާރު” އަހަންނަށް އޮޅިއްޖެއެވެ. “ދެން އެއްކަލަ ޒާލުު” އުލްވީ މަޑުނުކޮށް ހިނގަމުން ދިޔައެވެ. “އޭއި .. ކޮން ކުރިން ރެއެއްތަ؟” އަހަރެން އެހީމެވެ. “އަޅާނުލާ..” ޖިޒާލް ގޮސް އުލްވީ އާއި އަރާ ހަމަ ކުރިއެވެ.
ނުނިމޭ…

