ހަވީރުގެ ހިތްގައިމު ވަގުތެވެ.އަތިރި މަތީގައި އިށީނދެލައިގެން އައިރާ އިނީ އެ ހިތްގައިމު މާހައުލުގެ ރީތިކަމާމެދު އަޖައިބުވެފައެވެ. ވިލާ ރޮއްޖެއްވެސް ނެތް ނޫ އުޑެވެ.ރީތި ދޮންވެލި އަތިރިއެކެވެ.މަޑު މަޑު ރާޅު ޖަހަމުންދިޔަ ބިއްލޫރިގަނޑެއްފަދަ ސާފު މޫދެވެ.ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ﷲގެ ކުޅަދުންވަންތަ ކަމެވެ.
މި ހިތްގައިމު މަންޒަރަށް ގެއްލިފައި އައިރާ އިނީ އަޖައިބުވެފައެވެ. އައިރާ އަކީ އުމުރުން ވިހި އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.ހަވީރު މިތަނަށް އައިސް އިނީ ހިތްހަމަ ޖައްސާލުމަށްޓަކައެވެ.
އިރުކޮޅަކަށް އެތާ އިނުމަށްފަހު އައިރާ ތެދުވެގެން ހިނގައިގަތީ އިރުއޮއްސުމުގެ ކުރިން ގެއަށް ދިއުމުގެ ބޭނުމުގައެވެ.އަތިރި ހުންނަ މަގުން ހިނގާފައި ގޮސް ގެ ހުންނަ ގޯޅިއަށް އަޅާލިތަނާ މީހެއްގެ ގައިގައި ލައިގެންފައި އައިރާވެއްޓެން ދިޔައެވެ.އެހިނދު އައިރާ ލޯ މަރާ ބާރުކޮށްލެވުނެވެ.މަޑުމަޑުން ލޯ ހުޅުވާލީ މީހަކު އައިރާގެ ގައިގައި ހިފެހެއްޓި ކަމުގެ އިހުސާސުވުމުންނެވެ.
ކުރިމަތީގައި ހުރި އިސްކޮޅުން ދިގު، ހަންގަނޑުގެ ކުލަ ދޮން ޒުވާން ފިރިހެނެކެވެ.މަޑު މުށި ކުލައިގެ ދެ ލޮލާއި ކޮޑާއި ހަމައަށް ދިގު ކޮށްލެވިފައިވާ ފަން އިސްތަށިގަނޑެވެ.ތުނި ތުނިކޮށް ފަޅާފައި ހުރި ތުބުޅިން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެށް ގެނެސްދެއެވެ.މި އަޖައިބު ކުރުވަނިވި ޒުވާނާ ފެނި އައިރާ ހުއްޓުން އެރިއެވެ.
އެ ޒުވާނާ އައިރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުމުން އައިރާގެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.
“ސޮރީ”.އައިރާ އަވަހަށް ދުރަށް ޖެހިލަމުން ބުންޏެވެ.
“އިޓްސް އޯކޭ”. އެ ޒުވާނާ އައިރާއަށް ބަލައިލަމުން ބުނެލިއެވެ. އައިރާ އިސްދަށަށް ޖަހައިގެން ހުރެ ހީލިއެވެ. އެ ޒުވާނާވެސް އައިރާއަށް ހިނިތުންވުމެއް ދިނުމަށްފަހު ހިނގައިގަތެވެ.
ބާރުބާރަށް ހިނގައިފައި ގޮސް އައިރާ ގެއަށް ވަނެވެ. ގެއަށް ވަދެވުމާއެކު ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.އެނދު މައްޗަށް ވެއްޓި މޫނުގައި ބާލީސް އަޅައި ފޮރުވާލިއެވެ.ދެންމެ ހިނގައިދިޔަ ކަންތަކުގެ ސަބަބުން އައިރާގެ ހިތް ދިޔައީ ބާރަކަށް ތެޅެމުންނެވެ.
އިރުކޮޅަކުން މަޣްރިބް ނަމާދަށް ބަންގި ގޮވާ އަޑު އިވުނެވެ.އޮތް ތަނުން ތެދުވެ އައިރާ ވުޟޫ ކޮއްލައިގެން އައިސް ނަމާދު ކޮށްލިއެވެ.ނަމާދު ކޮށް ނިންމާލާފައި އިޝާ ނަމާދަށް ގޮވަންދެން ޤުރުޢާން ކިޔަވަން އިނެވެ. އިޝާއަށް ގޮވުމުން އިޝާ ނަމާދުކޮށްލައިގެން އައިރާ ނުކުތީ ބޭރަށެވެ.
“އަހަ ދަރިފުޅާ!..އާދެ ކާން.” އައިރާގެ ބައްޕަ ކަމުގައިވާ އަމްޖަދް ވަރަށް ލޯތްބާއެކު ބުނެލިއެވެ.
“ލައްބަ ބައްޕާ!… ކޮބާތަ މަންމަ؟” އައިރާގެ މަންމަ ކަމުގައިވާ ރާޔާ ފެންނަން ނެތުމުން އައިރާ ސުވާލުކޮށްލިއެވެ.
“މަންމަ ފާހަނައަކަށް ދާންޖެހިގެން ވަދެއްޖެ ކޮޓަރިއަށް…އަންނާނެ އިރުކޮޅަކުން…ދަރިފުޅު އިށީނދޭ!.” އަމްޖަދް ބުނެލިއެވެ.
އަމްޖަދް މިހެން ބުނުމުން އައިރާ ގޮޑީގައި އިށީނެވެ.
ރާޔާ އައުމުން ތިން މީހުން އެއްކޮށް ރޭގަނޑުގެ ކެއުން ނިންމާލިއެވެ. އައިރާ އަކީ ރާޔާ އާއި އަމްޖަދުގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އެ ދެމީހުން އައިރާ ބަލައި ބޮޑުކުރަމުން ދިޔައީ މައިންބަފައިންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ލޮތްބާއި އަޅާލުން ދީގެނެވެ.
……………………………………………………………………………………
ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ކައިލް އެދުމަތީގައި ފުރޮޅި ފުރޮޅިއޮތީ ނިދި ނައިސްގެންނެވެ. ގަޑިން އެކެއް ޖަހާ ބޮޑުވިއިރުވެސް ކައިލްގެ ލޮލަށް ނިންޖެއް ނައެވެ. އިރުކޮޅެއް ވަންދެން އެހެން އޮތުމަށްފަހު ކައިލް ބެލްކަންޏަށް ނުކުތެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުގެ އަލިން މުޅި ފަޒާވަނީ އަލިވެފައެވެ. އެކިއެކި ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިހުރި ކައިލްގެ ހަނދާނަށް އައީ މިއަދު ހަވީރު ހިނގައިދިޔަ ކަންތަކެވެ. އިސާހިތަކު ކައިލް އެ އަންހެން ކުއްޖާގެ ހިޔާލްތަކުގެ ތެރެއަށް ގެނބިގެންދިޔައެވެ.
ޖަންބުކުލަ އަރާފައިވާ އެ ދޮން ރީތި މޫނެވެ.ތުނި ތުނި ތުންފަތެވެ.މަޑު މުށިކުލައެއް ޖައްސާފައިވާ އިސްތަށިގަނޑެވެ. މަޑު ނޫ ކުލައިގެ ބޮޑު ދެލޮލެވެ. ހީލުމުން ދެކޮލަށް އެޅޭ އަޑިގަނޑެވެ. އަންހެން ކުއްޖެއް ފެނިގެން ކައިލްއަށް މިކަހަލަ އިހުސާސެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.އެހެންކަމުން ކައިލް އަށް މިކުރެވޭ އިހުސާސަކީ ކޮންކަހަލަ އިހުސާސެއްކަން ޙުދު ކައިލްއަކަށް ވެސް ބުނެދޭން ނޭނގުނެވެ.
އަރާމުކޮށް ނިދާލާފައި އޮތް އައިރާއަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. އަވަހަށްތެދުވެ ވުޟޫ ކޮއްލައިގެން އައިސް އައިރާ ފަތިސް ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އައިރާ މަގަށް ނުކުތެވެ.މަޑު ހިނގުމެއްގައި ހިނގާލާފައި ދިޔައީ އަތިރިއަށް އިރުއަރާ މަންޒަރު ބެލުމުގެ ބޭނުމުގައެވެ. އަތިރިމަތީގައި އިށީނުމަށްފަހު މޫދާ ދިމާލަށް އައިރާ ނަޒަރު ހިންގާލިއެވެ.އަދި އަތުގައި އޮތް ފޯނުން އެ ހިތްގައިމު މަންޒަރުގެ ފޮޓޯ ނަގައި ރައްކާ ކުރަމުން ދިޔައެވެ.
ކައިލް އަތިރިއަށް ދިޔައީ އައިރާ ފެންނާނެ ކަމުގެ އުންމީދެއް އޮވެގެނެން ނޫނެވެ.ނަމަވެސް ވެލިގަނޑުމަތީ އިށީދެލައިގެން ފޯނާ ކުޅެން އިން އައިރާ ފެނުމުން ބޭއިޙްތިޔާރުގައި ކައިލްއަށް ހީލެވުނެވެ.އަދި އައިރާ އާ ދިމާލަށް ހިނގައިގަތީ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Varau reethi ? waiting for next part
varah reethi masha allah ??
thank u all
nice story
@naushyn can you tell ur age?