ޖޭއޯވަން 3
އަދި އޭގެ 10 ވަރަކަށް މިނިޓު ފަހުން ސްޓޭޖުމައްޗަށް އަރާ ޖޭއޯވަންގެ ޕަރފޯމެންސް ކުރެވުނުހައި އެންމެ ފުރިހަމައަށްކޮށް އެރޭގެ ކޮންސަރޓު ނިންމާލިއެވެ…
**************
3 ވަނަ ބައި
**********
“ކުރިއަށް އޮތީ 101 ޖަޕާނުގެ އެވަރޑްސް ގވިންގ ސެރެމޮނީ.. އެހެންވެ މިހާރުން ފެށިގެން ނެށުމުގެ ބަަޔާ އެއްޗިސް ފަރިތަކުރަންވީ..”. ޝޯޔާ ނަސޭހަތް ލާދޭން ފެށިއެވެެ. ޝޯސެއީ އެއާ ވިއްދާލައިގެން ސަމާސާ ކުރަން ފެށިއެވެ. “އާއޭ! މިފަހަރު 2 ވަނައަށް ވުރެ ދަށްވެގެން ނުވާނެޔޭ!”. ރެން އާއި ޝޯޔާ އަދި އެހެން މީހުން ވެސް ސަމާސާ ކުރުމުގައި ބައިވެރިވިއެވެ. “ތި އަަދި ސާފު ޠާހިރު ފެންވަރާ ރީތިވެގެން ހުރި މީހެއްތަ ތިހެން ކިޔަން؟!”. ރެން ވަރަށް ސަމާސާވެފައި އަނގައަށް ގޮތްގޮތް ހަދަމުން ބުންޏެވެ. އެހެން މެންބަރުން ވެސް ރެންއާއި އެއްބައި ވެގެން ބުންްޏެވެ. “އާއޭ! އެންމެ ފުރަތަމަ ދަތް އުނގުޅާ އަނގަތެރެ ސާފު ކޮއްބަލަ ތިހެން ކިޔަން!”. ޝޯސެއީ ބުންޏެވެ. “މިހިރީ ފެން ވެސް ވަރައިގެން.. އަދި ދަތް ވެސް އުނގުޅައިގެން..!”. މިހެން ބުނެ ނިމުން އިރު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
އެރޭ ޖޭއޯވަން މީހުން ކޮންސަރޓު ނިންމައިގެން ދިޔައީ އައިސްކްރީމް ބޯށެވެ. އެމީހަަކަށް އެންމެެ މީރު ފްލޭވަރ އެއް ގަނެގެން އެމީހުން އެބޮމުން ކުޑަކުދިން ތަކެއްްްްހެން ސަކަރާތް ޖަހަމުން ގެންދިޔައެވެ. މިހެންއުޅެއުޅެފައި ޖަޕާނުގެ ގަޑިން ރޭގަނޑު 11 ޖަހައިފިއެވެ. އެތަނުން އެކަކަށް ވެސް ހޭވެރިކަމެއް ނާާރައެވެ. މިހެން ތިއްބާ ތަކޫމީއަށް ގަަޑި ބަލައިލެވުނެވެ. އަދި ބުުންޏެވެ. ” އޭ މިއޮއް ގަޑިން 11 ޖެހީ މިހާރު..ދެން ހިނގާ ދާން!”. އެންމެން ވެސް “އާނ” އެކޭ ބުނެ އެމީހުން ދަތުރުކުރާ ވޭނަށް އެރިއެވެ. އަދި ކެއިގޯ ބުންޏެވެ. “ދެން ހަމަ ދާގޮތަށް ޝޯގެ ކޮޓަރިއަށް..”. ޝޯ ބޯކަހަމުން ކަހަމުން ޝޯ ބުންޏެވެ. “ތިޔެއް ނޭންގެ.. ކޮޮޓަރިތެރެ ކުނި ވެސް ނުކަހާ އޮންނާނީ.”. އެންމެން “ދެން ް ްް” އޭ ކިޔާފައި ހަޅެއް ލަވައި ގަތެވެ.
އިރުކޮޅެއް ފަސް….. ޖުންްކީ ކޮޓަރިތެރެއަށް ވަދެފައި ކުރެއްޕެއް ފެނިގެން ހަޅެއް ލަވައިގަތެވެ. ރެން އާއި ޝޯ އަދި ސުކައީ ސިޓިންގ ރޫމުން ނިކުތީ ޖުންކީގެ ހަޅޭކުގެ އަޑަށެވެ. އެންމެ ފުރަތަމަ އެހިސާބަށް އާދެވުނީ ރެންއަށެވެ. ރެންއެތާ ދޮރުމަތީ ހުއްޓިިފައި ފެށީ ހޭންށެވެ. ޝޯ އެހިއެވެ. “ރެން؟.. ކީީއްވެތި ހެެެނީ؟”. ޝޯ ހުރީ އޮޅުންބޮޅުން އަރާފައެވެ. ސުކައީ ކޮޓަރި ތެރެއށް ވަދެފައި ފެނުނީ ކުރެއްޕެއް އޮއްވާއެެވެ. ސުކައީ ވެސް ހެމުން ހެމުން ބުންޏެވެ. “ކުރެ-ކުރެއްޕެއް!”. ޖުންކީ ބުންޏެވެ. “ދެންތި ނެރޭ!”. ރެން އެކުުރެފި އަތުން ނަގާފައި ބޭރަށް އެއްލާލިއެވެ. އަދި އަތް ދޮވުނެވެ. ދެން އެންމެން ނިދަަން އެމީހެއްގެ ކޮޓަރިތރެއަށް ވަނެވެ.
އެރޭ 11:45…
ރެންއަށް ނުނިދިގެން އެނދުގެ އެއްކޮޅުން އަނެއް ކޮޅަށް ފުރުޅެނީއެވެ. އަރާ ހޫނުން އޭ.ސީ އެންމެ ފިނިގަދަ ކޮއްގެން ދެރާއްޖެއަށް ފައިލައިގެން އޮތެވެ. މިހެެން އޮއްވާ ރެންއަށް ޕޮލިސް ސްޓޭޝަނުން ފޯނެެއް އައިއްސިއެވެ. ރެން ވާނުވާގައި ހުރެގެން ފޯނުނެގިއެވެ. އަދި “ހަލޯ” އޭ ގޮވާލިއެވެ. ލިބުނު ޚަބަރަކުން ރެންގެ ހިތްކުދިކުދިވި ފަދައެވެ. އެވަގުތު ރެންގެ އަތުން ފޯނު ވެސް ވެއްޓި ތެޅުނެވެ.
ރެންއަށް ލިބުނީ ކޮންކަހަލަ ޚަބަރެއް ބާއެ؟ އަދި ރެންއަށް ޕޮލިސް ސްޓޭޝަނުގެ ނަންބަރަކުން އެގުޅީ ކީއްވެގެން ބާއެ؟
4 ވަނަ ބަޔަށް އިންތިޒާރު ކުރައްވާ!..
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Oh my ren ah kihineh v
Ren ge family ah kameh v tha
Vrh curious waiting for the next part