Skip to content
އެސްފިޔަ

އެސްފިޔައަށް އާ ސިފައެއް!!

އެސްފިޔައިގެ މެމްބަރުންނަށް
އައްސަލާމް އަލައިކުމް

16 މެއި 2013 ވަނަ ދުވަހުން ފެށިގެން އެސްފިޔައަށް އައު ސިފައެއް އިތުރު ކުރެވޭނެ ކަމުގެ ހަބަރު އުފަލާއެކު ދެމެވެ. އަދި މިސިފައަކި އެސްފިޔައިގެ މެމްބަރުން ވަރަށް ގަޔާވާ ސިފައަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ.

އެސްފިޔައަށް އިތުރު ކުރެވޭ ސިފައަކީ އެސްފިޔައިގައި މެސެޖް ގުޅި އެއް ހިމެނުމެވެ. މި މެސެޖް ގުޅީގެ ސިފަތަކަކީ :-
1. ދެ މެމްބަރުންގެ މެދުގައި ސީދާ މެސެޖް ކުރެވުން.
2. ސީދާ މެސެޖަކީ އެ މުއާމަލާތް ކުރެވޭ ދެމެމްބަރުން ފިޔަވަ އިތުރު ބަޔަކަށް ފެންނާނެ މެސެޖެއް ނޫނެވެ.
3. އެސްފިޔައިގެ އެންގުންތައް މެސުޖު ގުޅިން ލިބުން.

އެސްފިޔައިގެ މެމްބަރަކަށް މެސެޖެއް ފޮނުއްވުމަށް އެސްފިޔައިގެ ކޮންމެ ޞަފްޙާއެއްގެ އެންމެ މަތީގައިވާ މެސެޖު އައިކަން ބޭނުންކުރައްވާ!

message
މެސުޖް ގުޅީގެ ސަބަބުން ކިޔުންތެރިންނަށް ފަސޭހަކަމާއިއެކު ލިޔުންތެރިންނާއި މުއާމަލާތު ކުރެވޭކަމީ އެސްފިޔައިގެ ކިޔުންތެރިން ގަޔާވާނެ ސިފައެއް ކަމަށް އުންމީދު ކުރަމެވެ.

ފަސޭހަ ކަމާއިއެކު ލިޔުންތެރިއަކަށް މެސެޖެއް ފޮނުވުމަށް، ލިޔުންތެރިޔާ ހުށައަޅާފައިވާ ލިޔުމުގެ ތިރީގައިވާ ލިޔުންތެރިޔާގެ މަޢުލޫމާތު ހިމެނޭ ގޮޅީގައިވާ މެސެޖު އައިކަން ބޭނުން ކުރައްވާ.

message-author

އެސްފިޔައިގެ މެމްބަރުންނަށް އުފާވެރި ދުވަހަކަށް އެދެމެވެ.

16 މެއި 2013

އަލީ އާރިފް
އުފެއްދީ އަދި ބަލަހައްޓާ،
އެސްފިޔަ ޓީމް

 

Comments (8)

  1. salahassan

    ވަރަށް ރަނގަޅު އިމަޕްރޫވް މަންޓެއް އަދި އެހެން ފީޗާއެއްވެސް އިތުރުކޮށްދެއްވުމަށް އެސްފިޔައިގެ ކިޔުންތެރިއެއް ހައްސިއްޔަތުން އެދެން. އެއީ، އެސްފިޔައިގެ ޔޫސާރސް އަށް އެހެން ޔޫސާރސް އާ ވާހަކަ ދެއްކޭނެ ގޮތް. އޭރުން މިސާލަށް ބުރަކޮށް މަސައކަތް ކުރައްވާ ބޭފުޅުންނަށް އިތުރު އެހީތެރިކަމަކަށް ވާނެކަމަށް އުންމީދު ކުރަން އޭރުން ބިޒީ ސުވަސްތަކުގައި މިސް ވާ ވާހަކައިގެ ބައިގަ ވީ ކިހިނެއްތޯ ބަލައިލެވޭނެ އަދި، އެސްފިޔައިގެ ކިޔުންތެރިންގެ މެދުގައި އެކުވެރިކަން އާލާވާނެ. އެހެންކަމުން މިކަމަށް ވިސްނާލުމަށް އެދެން(.)

  2. ރިޝް

    ތި ގެނައި ބަދަލަށް ޝްކުރިއްޔާ……….

  3. ރޫ

    ސަޅި ބަދަލެއް ތިއީ..

  4. greeknee19

    އެސްފިޔަ ޓީމް އަށް ސުކުރިއްޔާ…..ތިޔަކަހަލަ ބަދަލު ގެނަންޏާ އަޅުގަނޑު މިހުރީ އެސްފިޔަ ޓީމް އާއި އެކު… 🙂 – ސަޅި ބަދަލެއް –

  5. ސަނަ

    ވަރަށް ސަޅި ބަދަލެއް

  6. enxii

    i like this site، ކޮން އިރަކުން ބާ މި ސައިޓުގެ މޯބައިލް އެޕްލިކޭސަން އެއް ފެނަވަރު ވާނީ… ވަރަން އެދެން..

    1. admin
      enxii

      http://www.esfiya.com/2930 An android app has been developed. read more details from

  7. admin

    ސްމާރޓް ފޯން އެޕްލިކޭޝަން އެއް އަދި ޑެވެލޮޕް ކުރެވިފައެއް ނެތް. އެކަމަކު ތިޔައީ ހަމަ ވަރަަށް ރަނގަޅު ހިޔާލެއް. ލިޔުންތެރިންނާ ކިޔުންތެރިންނަށް ވެސް ހަމަ އެޕްލިކޭޝަންް އެއް ހަދާފަ އެސްފިޔައަށް ކޮންޓްރިބިއުޓް ކުރެވިދާނެ 🙂 އެސްފިޔަ ޓީމް އިންވެސް މަސައްކަތް ކޮށްދޭނަން.

Comments are closed.