Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަންމަ?

MissDoraa Level 110 Stories
November 29, 2021 2 Mins Read
0 Comments

سبحان الله, އޭނާގެ ހިތްވަރުގަދަކަން ހިތައްއަރާ ކޮންމެ ފަހަރަކު ގައިން ހީބިހިނަގައެވެ. ކެތްތެރި ކަމާއި އޯގާވެރިކަން ހިތައްއަރާ ހައިރާންވެ އަންތަރީސް ވާހާވެއެވެ. އެފިރުމުންތަކާއި، ލޯތްބާއި އަޅާލުން ދެވަނައެއް ނެތްފަދައެވެ. ތިމާގެ އަމިއްލަ ނަފުސައް ބެލުމެއްނެތިއެވެ. އެތައް އެތައް ރެޔެއްގެ އަރާމު ނިދިން މަހުރޫމުވަމުންނެވެ. ނަމަވެސް ހިނިތުން ވެލަމުންނެވެ. އެއްވެސް ވަރުބަލިކަމެއް ފޫހިވުމެއް ޝަކުވާއެއް ނެތިއެވެ. އެންމެ ދުވަހަކު ނުވަތަ ރެޔަކު ނޫނެވެ. އެތައް އަހަރުތަކަކަށެވެ. އޭނާގެ މުޅި ދިރިހުރުމުގެ އުންމީދަކީ ތިބާއެވެ. ތިބާ ބަލި ވެއްޖެނަމަ އަސަރާއި ކަރުނައިން އެދެލޯ ފުރާލައެވެ. އަދި ތިބާގެ ޚިދުމަތުގައި ވަރުބަލި ކަމެއްނެތި ދެމިހުރެއެވެ. ތިބާގެ އިނގިލިކުރީގައި ހިފައިގެން ހުއްޓުމެއް އަރާމުކޮއްލުމެއް ނެތި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުމަށް ތިބާއަށް ހިތްވަރުދެމުންނެވެ. އަދި އެއްވެސް ޝަކުވާއަކާއިނުލައި ތިބާ ތަކުރާރުކުރަމުންދާ އެއް ސުވާލަށް ފޫހިވުމެއްނެތި ލޯތްބާއި އެކު އެތައްފަހަރަކު ޖަވާބުދީ އޮޅުން ފިލުވައި ދެމުންނެވެ. ތިބާ އަށް ފަލާހާއި ކާމިޔާބަށް އެދި ﷲ އަށް ދުޢާ ދަންނަވަމުންނެވެ.

އޭ އަޚުންނާއި އުޚުތުންނެވެ. ތިޔަ ހީކުރީ ހަމަ ރަގަޅަށެވެ. މިދައްކަނީ ތިބާގެ މަންމަގެ ވާހަކައެވެ. ތިބާ އަށް ޓަކައި އެ އިންސާނާ އުފުލި ބުރައާއި ވޭނުގެ ކުޑަމިންވަރެއްގެ ވާހަކައެވެ. އެހެނީ މަޔަކު އޭނާގެ ދަރިޔަކަށް ޚިދުމަތް ކުރުމަށް އުފުލާ ބުރައާއި، ވޭނާ ތަދާއި، ޤުރުބާނީ އަކީ އިންސާނަކަށް ބަޔާން ކޮއްދިނުން ކުޅަދާނަ ކަމެއް ނޫނެވެ. މިސަބަބައްޓަކާ ﷲވަނީ މައިން ބަފައިންނައް އަޅާލުމާއި، ހެޔޮކޮއް ހިތުމާއި، އޯގާތެރިވުމުގެ މާތް ކަމާއި މުހިންމު ކަމާއި އެކަމުން ލިބޭނެ މަތިވެެރި ދަރުމަ އާއި ސަވާބު އަހަރެމެންނަށް ބަޔާން ކޮއްދެއްވާފައެވެ. އަދި މައިން ބަފައިންނަށް އިހުމާލު ވުމުގައި ހުރި ނުރައްކާތެެރިކަމާއި ވޭންދެނިވި އަޒާބުވެސް ބަޔާން ކޮއްދެއްވާފައެވެ.

ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން މިކަން ހަނދާނެއް ނުހުރެއެވެ. މައި މީހާގެ ލޯތްބާއި، އަޅާލުމާއި، އޯގާތެެރި ކަމުގެ ހިޔާވަހި ކަމުގެ ދަށުގައި ހުރެ ކިޔަވާ ނިންމާލައެވެ. ކުލަކުލައިގެ ފުޅާކޯޓާއި ބޮލުގައި އަޅާލާ ފަތި ތާކިހަލުން ފޮޓޯ ނަގާ އެންމެނަށް އޭނާގެ ކާމިޔާބުކަން އަންގާލައެވެ. ރަގަޅު ވަޒީފާއެއް ހޯދާ ނުވަތަ އަމިއްލަ މަސައްކަތެއްފަށާ ދިރިއުޅުމައިގެން މަސްއޫލުވެއެވެ. މިހާރުގެ ބަހުރުވައިންނަމަ ލައިފް ބިޒީ ކޮއްލައެވެ.

މިހިސާބުން މުސްކުޅިވެ ގައި ވަރުދޫވެފައިން މަންމަގެ މަތިން ހަދާން ނެތެއެވެ. ދުވަހުގެ ބުރަ މަސައްކަތުން ނިމި ނިދަން އޮށޯންނަމުން ގުޑް ނައިޓް މަންމާއޭ ގޮވާލާ ހެނދުނު ތެދުވެ ތެޅެމުން ފޮޅެމުން ބޭރަށް ދަމުން ގުޑް މޯނިންގް މަންމާއޭ ގޮވާލާނެއެވެ. އެމަންމަ އަށް ޚިދުމަތް ކުރުމަށް މުސާރަދީފައި ނޯކަރެއް ބަހައްޓާނެއެވެ. އެމުސްކުޅި މަންމަގެ އިހުސާސްތަކާ ދޭތެރޭ ކުޑަކޮއްވެސް ވިސްނާނުލައެވެ. ދެތިން ފަހަރު އެކައްޗެއް އަހާލައިފިނަމަ އެމަންމަ ޗުކުޗުކު ތަޅުވާކަމަށް ވެދެެއެވެ. އަދި ބޮލުގަ ރިއްސުމަކަށްވެ އުނދަގޫވެއެވެ. އެމަންމަ އެކަނި އިދެ ކުރާހިތާމަ އޭނާގެ ދެލޮލައް ނުފެނެއެވެ. އެލޯބިވާ ދަރިފުޅާ އެކު ވަގުތު ހޭދަކޮއް ވާހަކަދައްކާލާ ލޯބިން ބައްދާލަން ބޭނުންވެފައި އިންވަރު އެގޭ ކަމަކަށް ނުވެއެވެ. މަންމަ ބަލިވުމުން ޑޮކްޓަރަށް ދައްކައެވެ. ބައެއްފަހަރު އޭނާ ދެއެވެ. އަނެއްބައި ފަހަރު ބިޒީވުމުގެ ސަބަބުން ނޯކަރު މީހާއާއި އެކު ފޮނުވާލައެވެ. އެމަންމަ ބަލި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުމުން މަންމަ ކައިރީ ހޮސްޕިޓަލުގައި ހުރުމަށް ފައިސާ ދީފައި މީހުން ބައިތިއްބައެވެ. އަދި ޒިޔާރަތް ކުރާމީހެއްގެ އުސޫލުން އެމަންމަ ކައިރިޔަށް ވަދެ ނިކުމެލާ ހަދައެވެ. މިއިންކޮންމެ ފަހަރަކު ފޮޓޯއެއެްނަގާ ގެޓް ވެލް ސޫން މަމް ޖަހާ ސޭޑްފޭސް އިމޯޖީ އަކާއި އެކު ސޯޝަލްމީޑިއާ އަށްޕޯސްޓުކޮއް އޭނާގެ ހެޔޮކަން ދައްކާލައެވެ. މަންމަދެކެވާލޯބި ހާމަކޮއްލައެވެ.

އެމަންމަ ބަލި ތަންމަތީގައި ދަރިފުޅުގެ ފަރާތުން ލިބެންވާ ލޯތްބާއި، އަޅާލުމާއި، ވަޤުތާއި، ފިރުމުންތަކާއި، އޯގާތެރި ކަމުގެ އިންތިޒާރުގައި އޮވެ މިދުނިޔެ ދޫކޮއްދެއެވެ. އެހިނދު އެދަރިފުޅު މަންމަ ދެކެވާ ލޯތްބާއި، މަންމަ ވަކިވެ ދިއުމުން ކުރާއަސަރާއި، ހިތުގަ ރިހޭ ރިހުން މަންމަ އާއި އެކު ނަގާފައިވާ ފޮޓޯ ތަކާއި އެކު ޝޯޝަލް މީޑިއާ އަށް ބަންޑުން ކޮއްލައެވެ. މީސްތަކުން ކުރިމަތީގައި އެފަދައެއްނެތް ވަރުގެ ދަރިއަކަށް ބަދަލުވެދެއެވެ. މަންމަނެތި ދިއުމުގެ މޮޅިސާލުއަޅާ ހިތާމައިގައި ހިތްހަލާކުވެފައިވާކަން ދުނިޔެއަށް ހާމަކޮއްލައެވެ. ދެތިން ދުވަސް ވަންދެން އެމަންމަ އަށް ދުޢާ ކޮއްހަދާލައެވެ. އެއަށް ފަހުން އަހަރަކު އެއްފަހަރު ޝޯޝަލް މީޑިއާގައި ޝެއަރ ކޮއްލާ އެނިވަރސަރީ ޕޯސްޓަކުން ފުއްދާލައެވެ.

ޔާﷲ، އަޅަމެންނީ މިފަދަ ﺟَﺎﻫِﻞ ބަޔަކު ކަމުގައި ނުލައްވާ، މައިން ބަފައިންނަށް، އަޅާލާ، އޯގާތެރިކޮއްހިތާ، އެބައިމީހުނަށް ވަގުތުދޭ ލޯތްބާއި ކުލުނާ އިހުތިރާމާއިއެކު މައިން ބަފައިންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާދޭވެ. އަދި މައިންބަފައިން މަރުވެ ދިއުމަށްފަހު ފޫހިކަމެއްނެތި އެބައި މީހުންނަށް ދުޢާ ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާދޭވެ. أمين

Share Article

Follow Me Written By

MissDoraa

Level 110 Stories

Other Articles

Previous

ހޮޓެލްގެ ސިއްރު 5

Next

މާޒީ – ޓްރެއިލާރ

Next
November 29, 2021

މާޒީ – ޓްރެއިލާރ

Previews
November 29, 2021

ހޮޓެލްގެ ސިއްރު 5



All Right Reserved!