Skip to content
އެސްފިޔަ

ދަރިފުޅާ…..

” ދަރިފުޅާއެވެ. ކެތްތެރިވާން ވާނެއެވެ!. އަމިއްލައަށް މަރުވުން ﷲ ގެ ޙަޞުރަތުގައި ކުށަކަށް ނުވާނަމަ ކަށުނަމާދު ފަރުޟު ނަމާދެއް ކަމުގައި ހީވީހެވެ.”

 

މިއީ މީގެ އެތައް އަހަރެއް ކުރިން ބަފަޔަކު އޭނަގެ ލޯބިވާ ދަރިފުޅުގެ އުމުރުން 13 ވަރަކަށް އަހަރުގައި ދިން ނަސޭހަތެކެވެ. ދަރިފުޅު ބައްޕަގެ އެވާހަކަތައް ސާފުކުރީ އިލްމުވެރިއެެއްގެ ކިބައިންނެވެ. އެއީ ބައްޕަ ނިޔާވެ ދިޔަތާ ދުވަސްތަކެއް ވީފަހުންނެވެ. އެ ދަރިފުޅުގެ އުމުރުން 18 އަހަރުވީ ފަހުންނެވެ. ޒުވާނާގެ އެ ބަސްތަކުން އިލްމުވެރިޔާއަށް ހައިރާންކަން ލިބުނެވެ.

އިލްމުވެރިޔާ އެވާހަކަތަކާއި މެދު ވިސްނުމަށްފަހު އޭގެ ޖަވާބު ދިނީ ދުވަހެއް ކަޑައްތު ކުރުމަށް ފަހުގައެވެ.

ހިނިތުންވެލަމުން އިލްމުވެރިޔާ ޖަވާބު ދޭންފެށިއެވެ. ޒުވާނާއެވެ. ބައްޕަގެ ނަސޭހަތް ފުރިހަމަވެފައި ފަށުވިއެވެ. އޭގެ ފުންމިން ކަނޑެއްފަދައެވެ. ތިޔަ ޒުވާނާއަށް އެދިން ނަސޭހަތަކީ ދިރިއުޅުމަކީ ބުރަކަމެއްކަން ވިސްނައި ދިނުމަށް ދިން ފިލާވަޅެކެވެ. އެކަމުގައި ހުރި ތަކުލީފުތަކަށް ތައްޔާރުވުމަށް ދިން ނަސޭހަތެކެވެ. ދިރިއުޅުމުގެ ހުންގާނު ކަސިޔާރުވެދާ ކޮންމެ ފަހަރަކު މާޔޫސްކަން އިސްނުކުރުމަށް ދިން ހިތްވަރެކެވެ.

ޒުވާނާއެވެ. ދިރިއުޅުމަކީ ހަގީގަތުގައިވެސް ބޮޑު އިމްތިހާނެއްކަން ހަނދާން ބަހައްޓަންވާނެއެވެ. ބައްޕަ ބުނިފަދައިން ކޮންމެ ހާލަތެއްގައި ވެސް ކެތްތެރިކަން އިސްކުރަން ވާނެއެވެ.

Comments (2)

  1. Aishath Faruha Abdulla

    Yess… Vrh bodu thedheh….. Dhiri ulhumakee hageegathu gaivx vrh bodu imthihaaneh…. ?By the way Masha Allah vrh reethi….. ?
    And mikahala iburaihtheri vaahak genesdheythee….. ❤️

    1. shambbx
      Aishath Faruha Abdulla

      Shukuriyyaa?❤

Comments are closed.