Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންނަށް ﷲ ފުދެއެވެ

MissDoraa Level 110 Stories
August 19, 2021 2 Mins Read
1 Comment
މިއީ ދެން އުމުރު ދުވަހު ޖެހިފައި އޮތް ކިހާ ބޮޑު ވެއްޖެ ކަމެއް، ހެއްޔެވެ؟ މިއީ ނިމުމެއް ނެތް ކަމެކެވެ، މިކަމަށް ފަރުވާ ކުރަން އެނގޭނެ ޑޮކްޓަރ މިދުނިޔޭގައި ވެސް ނެތޭ!
އަހަރެން ވަރުބަލި ވެއްޖެއެވެ، ދުނިޔެމަތިން ފޫހިވެއްޖެއެވެ، ހަމަ ކޮންމެދުވަހަކު ކޮންމެ ދުވަހަކު ވެސް މެއެވެ، މިއީ މަރު ދުވަހާ ގުޅިފައި އޮތް ކަމެއް ނޫންބާއެވެ، މަރުވެގެން ކައްވަޅުގާ އޮވެވޭނެ ބާއޭ ހިތަށް އަރައޭ!
އަހަރެން މި ދައްކަނީ ބޮޑެތިމީހުން ކުޑަ ކުދިންނަށް ފާޑު ފާޑު އެއްޗެހި ބުނެ ހަސަދަވެރިވެ އެސްފީނާ ލާ ވާހަކައެވެ، ހަމަ ކޮންމެ ދުވަހަކު ފަދައިންނެވެ، އެމީހުންގެ ދަރިންނާ އަޅާ ކިޔާ ވާހަކައެވެ، އެމީހުންގެ ދަރިން ކުރިއަރާ ދާ ވާހަކަ އެވެ، އަނެއް މީހާގެ ދަރިފުޅު ކަންތައް ކުރަން ނޭނގޭ ކަމާއި ލަސްވާ ވާހަކައެވެ،
ބޮޑެތި މީހުން ބުނާ ގޮތުގައި 4 މަސްވާއިރަށް ކަދުރާ ހަރުލަން ޖެހެއެވެ، 6މަހުގައި ފިރުކި، ހީ ހަދާ، ދަތް ފަޅަން ޖެހެއެވެ، އަހަރު ވާއިރު ހިނގާ ވާހަކަ ދެއްކެން ޖެހެއެވެ، 4އަހަރު ވާއިރު 30އަހަރުގެ މީހެއްގެ ވިސްނުން ހުންނަން ޖެހެއެވެ،
މަހުން މަހަށް ކަންކަން ބަލާ ދިރާސާ ކުރާނެއެވެ، މަހުން މަހަށް ކަން ކަން ކުރެވުނަސް ހަސަދަވެރިވާނެއެވެ، މަހުން މަހަށް ކަންކަން ނުވެއްޖެ ނަމަ އެވީ ދަރިފުޅުގެ މަންމައަށް ހެއްދެވި ނުހެއްދެވިއަށް ގޮވާށެވެ،
ދާދި އެކު އެކީގައި އަހަރެންނާއި އަހަރެންގެ 4އެކުވެރިން އަދި އާއިލާ އިންވެސް 3 މީހަކު ވިހެއި އެވެ،
ގިނައިރުތަކެއް ނުވެ ދެން އިވެންފެށީ އަޑު އަހަން ބޭނުން ނުވާ ބަސްތަކެވެ، އަހަރެންގެ ދަރިފުޅު ކުޑަވާހަކަ އެވެ، އެހެންމީހުންގެ ދަރިން ބޮޑެތި ވާހަކައެވެ، ލޯބިކޮށް ފުށްކޮށް ބިސްކޮށް އޮތް ވާހަކައެވެ،
ހާދަ ކުޑައޭ ކުޑައޭ މިހެން ކިޔާ 4 މަސް ފާއިތުވެގެން ހިނގައްޖެއެވެ، މީހުންގެ އަނގައެއް ނުހިފެހެއްޓޭނެއެވެ، ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހެކެވެ، ހަމަ ކުޑައޭ މިހެން ބުނެލައެވެ، ހިތް ކުދި ކުދިވާ ކަހަލައޭ،
އަނެއްކާ ވެސް ކިޔަންފެށިީ އެހެން އެއްޗެކެވެ، މިކުއްޖާ އެކޮށް ވިހޭ ކުދިންނާއި މިއަށްވުރެ ފަހުން ވިހޭ ކުދިންވެސް މިހާރު ކަދުރާ ހަރުލާފިއެވެ، ބޮޑުވެއްޖެއެވެ، ދަތް ފަޅައިފިއެވެ، ފިރުކެވެ، މިކުއްޖަ އަދި ކަދުރާ ހަރުވެސް ނުލާދޯއޭ، ހާދަ ލަހޭ؟؟؟ ކީއްވެ؟
އަހަރެން ހުންނަނީ ދޭނެ ޖަވާބެއް ނޭނގި ހަނު އަހަރެންނަށް ބުނޭވޭ އެއްޗަކުން މިއޮތް މާތް ވަރުގަދަ ގުޅުން ކެނޑި ދާނެތީ އެއްޗެއް ބުނަން ނުކެރޭ، ތިޔަހެން ނުކިޔާށޭ ބުންޏަސް ރުޅިއާސްދާނެ، ދެރަވެ ދާނެ،
އަހަރެން ދެރަވާކަން އެމީހުންނަށް ނުވިސްނޭތީ ދެރައީ
އެކަނި އުޅުމަށް އެކަހެރިވުމަށް ލޯބި ކުރަން ފެށުނެވެ، މީހަކު ކައިރިއަށް އަންނަތަން ފެނުނަސް ޖެހިލުންވެއެވެ، ނަފްސާނީ ވެއްޖެއެވެ، ކައިރިއަށް އައިސް ކުރާނީ ކޮން ސުވާލެއް ކަން ކިޔާނީ ކޯޗެއްކަން ވ.ރގަޅަށް އެގޭތީ އެވެ،
އަދިވެސް ނުހިނގާ ތަ؟
ނުވެސް ފިރުކޭތަ؟
ހާދަ ކުޑައޭ ކާން ނުދެނީތަ؟
މިހާރު މިހިރަ ގޭ ކުއްޖަވެސް ހިނގާ މަންމަ ބައްޕަ ވެސް ކިޔާ! ނުލާހިކު ރީތިކޮށް ބޮޑުކޮށް ހުންނަނީ ..
މާބަނޑު އިރު ރަގަޅު ކާއެއްޗެހި ނުކަނީ ދޯ؟؟؟ ދަރި ވައްޓަން މަސައްކަތް ކުރީ ދޮއްތޮ؟؟؟
ދެން އެހެންވީއިރު މިކުއްޖަ ކީއްވެ؟؟
ބޮޑެތި އިލްޒާމް ބޮލުގައި އެ އަޅުވާލަނީ އެންމެން ކުރިމަތީގައެވެ، އަޑު އަހަން ތިބި ބަޔަކަށްވެސް ގަބޫލު ކުރެވޭނީ އަޑުގަދަ މީހާ ބުނާ އެއްޗެއްތާއޭ!!!
އަހަރެން ފެންކަޅިވިއެވެ، ކަރުނަ ހިފަހައްޓައިގެން ހުންނަމެވެ، ކެތްކުރަމެވެ،
ހަރަކާތް ނުކުރާ ވާހަކައެވެ، ކަންތައްތައް ލަހުން ކުރާ ވާހަކައެވެ، ބޮޑު ނުވާ ވާހަކައެވެ،
ބޮޑު ނުވަނީ ނުބަލާތީއޭ ބުނެއެވެ،
އަހަރެން ދަރިފުޅު ބަލާގޮތާއި ކާންދޭން ކުރާ މަސައްކަތް ދެނެވޮޑިގެންވާނީ ﷲ
ހިތަށް އަރައޭ ދެން އޮތީ ކޮން ސުވާލު ތަކެއް ބާއޭ!!!
އަހަރެންގެ ދަރިފުޅު ކިޔެވުމަށް ދަށްވެ، އެމީހުންގެ ދަރިފުޅު މަތީ މާކްސް ގެންނަ ވާހަކަ ބާއޭ؟؟ އަހަރެންގެ ދަރިފުޅު ސަރުކާރު ވަޒީފާ އެއްގައި ނޫޅޭ ވާހަކަ ބާއޭ؟؟؟ އަހަރެންގެ ދަރިފުޅު ނިކަމެއްޗަކާއި ކައިވެނި ކުރާ ވާހަކަ ބާއޭ؟؟ ދުނިޔޭގަ ހުރިއްޔާ މިތަން ވެސް ދައްކަވާނެއެވެ،
މިފަދަ މީހުންނަށް އަހަރެން ސުވާލު ކުރަން ހެއްޔެވެ؟؟
ތި ސުވާލުތައް އަހަރެންނާ ތި ކުރިމަތި ކުރަނީ ކީއްވެ ހެއްޔެވެ؟؟
އަހަރެންގެ ދަރިފުޅަށް ހަސަދަވެރި ވަނީ ހެއްޔެވެ؟؟
އަހަރެންނަށް ހަސަދަވެރި ވަނީ ހެއްޔެވެ؟؟
ނޫނީ ތިޔަ ބުނާ ބަޔަކަށް ހަސަވެރިވަނީ ހެއްޔެވެ؟؟ ނޫނީ އަހަރެންގެ ހިތުގައި އެހެން މީހުނާއި ދޭތެރެ ހަސަދާގެ އަލިފާން ރޯކުރަނީ ހެއްޔެވެ؟ ނަފްރަތު އުފައްދަނީ ހެއްޔެވެ؟؟؟
އަހަރެން ދެރަ ކުރަނީ ހެއްޔެވެ؟؟
އަހަރެން ރުޅި އަރުވަނީ ހެއްޔެވެ؟؟؟
ކޮންމެ ދުވަހަކު އަބަދު އެކައްޗެއް ނުކިޔަސް އަހަރެންނަށް ވެސް އަހަރެންގެ ދަރިފުޅު އެބަ ފެނެއެވެ،
މީހަކު ކިޔާ ނުދިނަސް އަހަރެންގެ ދެލޯ އަދި ސަލާމަތުން އެބަހުއްޓެވެ،
ބުނަން ހެއްޔެވެ އެކި ކުދިން ބޮޑުވާނީ އެކި ވަރަށެވެ، އެންމެންގެ ހުންނަނީ އެއް ސިފައެއް ވެސް ނޫނޭ ނުންހެއްޔެވެ؟
ދެ ގެއެއްގެ ދެމީހެއްގެ ލެޔޭ ތަފާތު ވާނުން ހެއްޔެވެ؟؟
ބައެއް ކަންތައްތައް ވާނީ ލަހުންނެވެ، ވަގުތު ޖެހުމުން ކޮންމެކަމެއް ވެސް ވާނެވެ،
އަހަރެން ޝުކުރުވެރި ވަމެވެ، ﷲ އަހަރެންނަށް ހެޔޮ ހާލުގައިވާ ދަރިއަކު ދެއްވި ކަމަށްޓަކައެވެ، އަހަރެންނަށް ﷲ ފުދެއެވެ، .

Share Article

Follow Me Written By

MissDoraa

Level 110 Stories

Other Articles

Previous

އެދެނީ އެކުގައިވާށޭ – 1

Next

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު 06

Next
August 19, 2021

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު 06

Previews
August 19, 2021

އެދެނީ އެކުގައިވާށޭ – 1

One Comment

  1. Aishath Faruha Abdulla says:
    August 20, 2021 at 8:59 pm

    Alheyy… Aslu vx hithah araa ebbai meehunnah keehvegn hey nuvisnenee… ?
    by the way Masha Allah… Vrh reethi… ?Kuri magugai vx shambbx ge mikaha reethi vaahaka akah Inthizaaru kuran… I’m waiting… ❤️❤️

Comments are closed.



All Right Reserved!