Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭ ނަމަ ( 1 ވަނަ ބައި )

Mixoo Level 1
July 14, 2021 6 Mins Read
0 Comments

 

އަރާމު ނިންޖަކުން ނިދާފަ އޮތް އާލާ ހޭލަން މަޖުބޫރު ކުރުވީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. އާފުރިލަމުން މޯޅި އަކަށް ދެމިލާފަ ގައިމަތީގައި އޮތް ރަޖާ އެއްފަރާތް ކޮއްލަމުން ތެދުވެ ހިނގައިގަތެވެ. ކަންނެތް ގޮތަކަށް ދެފައި ދަމަމުން ގޮސް އާލާ ވަނީ ފާހަނައަށެވެ. ފެންވަރައިގެން ނިކުމެ ކޮންމެ ދުވަހެއްގެ ވެސް އާދަ ފަދައިން އާލާ އަވަސް ވެ ގަތީ ފަތިސް ނަމާދު ކުރާށެވެ. ނަމާދު ކޮށްގެން އާލާ ތައްޔާރު ވަުމުން ދިޔައީ ސުކޫލަށް ދިއުމަށެވެ.ރީތިވެ ނިމިގެން ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. އަދި ގަޔަށް ސެންޓު ބުރުވާލުމަށް ފަހު ކޮނޑުގައި ދަބަސް އަޅުވައިގެން އަތް މައްޗައް 2 ލޮގް ފޮތް ލައިގެން އާލާ އޭނަގެ ކޮޓަރިން ނިކުތެވެ. މަންމަ ގާތު ދަނީ ކަމަށް ބުނެ އާލާ ގެއިން ނިކުތެވެެ.

ގެއިން ނިކުމެ އާލާ އަތުގައި އޮތް ގަޑި އަށް ބަލާލި އިރު ގަޑި ޖެހެން އަދި 10 މިނެޓު އެބަ ހުއްޓެވެ.ލަސް ފިޔަވަޅު ތަކެއްގައި އާލާ ހިނގަމުން ދިޔަ އާލާގެ ސަމާލުކަން ދަމައިގަތީ އާލާ އާއި ގާތް ގަނޑަކަށް 6 ފޫޓު ދުރުގައި ހުރި ގެއިން ނިކުތް ފިރިހެން ލުއްޖާ ފެނިފައެވެ. އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެއްގެ ވެރި ފިރިހެން ކުއްޖެކެވެ. އެންމެ ދޮން ނޫނަސް ކަޅު ނޫން ހަންގަނޑެއް ލިބިފައިވާ އެ ޒުވާނާ އަށް އެތައް އަންހެން ކުދިންނެއްގެ ހިތް އެދޭނެ ކަން ގައިމެވެ. އޭނާ ފެނި ވަގުތުން އާލާގެ ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިވިއެވެ. އާލާ ފިޔަވަޅު ތައް އަވަސް ކޮއްލުމަށް ފަހު އެކުއްޖާ އާއި އަރާ ހަަމަ ކޮށްލަމުން ހެނދުނުގެ ސަލާމް ކޮއްލުމުން އެފިރިހެން ކުއްޖާ ވެސް ހިނިތުން ވެލަމުން ޔޫ ޓޫ އޭ ބުނެލިއެވެ. ދެމީހުން އެކި ވާހަކައިގަ ތިބެ ގޮސް ސުކޫލައް ވަނެވެ. އެމީހުންނާ ދިމާލަށް ނަފްރަތުގެ ނަޒަރުން ބަލަހައްޓައިގެން ހުރި މީހާ އެމީހުންގެ ލޮލުގަ އަޅައި ނުގަތީ ވާހަކައިގެ ތެރެއަށް ވަދެވިފަ ތިބިލެއް ބޮޑު ކަމުންނެވެ. އެމީހުން ވަދެގެން އައި އިރު އާލާގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ޒާރާ އާއި އައިލާ އެދެމީހުންނައް ބަލަން ތިބެގެން ހާދަަ ގުޅެޔޭ ކިޔަމުން ދިޔައެވެ

އާލާ އާއި ޝާންގެ ވާހަކަ މެދު ކެނޑުނީ ޒާރާ ކަރުކެހެލި އަޑަށެވެ. ޝާން ރަކި ފާޑަކަށް ހީލާފައި ގޮސް ކުލާހައް ވަނެވެ. ޒާރާ މެން އަޅުވާ ކިޔަން ފެށުމުން “ޝާން މަ ދެކެ ލޮއެއްބެއް ނުވެއޭ” ކިޔާފައި ހިނި ގަނޑެއް ޖަހާލަމުން އާލާ ދާން އުޅެނި ކޮށް “އެކަމް އާލާ ޝާން ދެކެ ލޯބިވެއެއްނު” އައިލާ އެހެން ބުނެލި އަޑަށް އާލާ ހުއްޓިލިއެވެ. “އަޅެ ނޫނެކޭ މަށާ ޝާން އާދެމީހުން އެކަހަލަ އެއްވެސް ކަމެއް ނެތޭ. ވީއާ ޖަސްޓް ފްރެންޑްސްް. އެންޑް ކައެމެންނަށް އިނގެ އެއްނު އައި ލަވް މައި ބޯއިފްރެންޑް” މިހެން ބުނެ ހިނިގަނޑެއް ޖަހާލުމަށްފަހު ކުލާހައް ވަންނަން ދިޔަ އާލާ ގެ ފިޔަވަޅުތައް ހުއްޓުނީ ޒާރާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ޒާރާ ޕްލީސް. އައި ނޯ ތިމީހުންނަށް ޖިނާން ކަމަކު ނުދާކަން. ބަޓް އެޓްލީސްޓް ބީ ސަޕޯޓީވް. އެންމެ ކުޑަމިނުން ރައްޓެއްސެއްގެ ހައިސިއްޔަތުން ކީއްތަ ވާނި ހަމަ އެކަނި އަހަރެންގެ އުފަލައްޓަކާ ނަމަވެސް މިކަމަށް އެއްބަސް ވިއްޔާ. އެއްބަސް ނުވިޔަސް ތިކަހަލަ ފާޑު ފާޑު އެއްޗެހި ނުކިޔަބަ ޖިނާ އާ ދިމާލަށް” ޖިނާނު އަކީ ގޯސް ީމީހެކޭ ޒާރާ ބުނުމުން އާލާ ރައްދު ދިނީ ހިއްހަމަ ނުޖެހިފަ ހުރެއެވެ. ” ޖިނާނު އޭ ބުނާ އިރަށް އާލް އަށް ވަރަށް ވަރެއް އަރާނެ އެ ދިޔައީނު މަށަށް ބަވާލާފަ” ތުންގަނޑު އޫކޮށްލަމުން ޒާރާ އެހެން ބުނި ގޮތުން އައިލާ އަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް ޒާރާ އިތުރައް ރުޅި އައިސް ދާނެތީ ހިނިގަނޑު މަތަކުރުމަށް ފަހު އަޅާނުލާށޭ ކިޔާ ކުލާހައް ވަންނަން ހިނގައިގަތެވެ.

ގަޑި އަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ބްރޭކް ގަޑި ޖެހިއްޖެއެވެ. އެންމެން އަވަސް ވެގަތީ ކެންޓީނަށް ދިއުމަށެވެ. ޔުހާން އާއި ވާހަކަ ދައްކަމުން އައި ޝާން އަށް ކުރިމަތިން އައި އާލާ އެއް ނުފެނެ އެވެ. ފަހަތް ބަލަމުން އަައި އާލާ ވެސް ޝާން ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ނަމަވެސް ޝާން ހުށިޔާރު ކަމާއި އެކު އާލާ ހިފެހެއްޓިއެވެ. އެތާ ތިބި ހުރިހާ އެންމެންގެ ނަޒަރު ވެސް ހުއްޓިފައިވަނީ އެދެމީހުންނަށެވެ. ނަމަވެސް އެކަމުގެ ހިޔާލެއް ފިކުރެއް ވެސް ނެތި އެކަކު އަނެކަކުގެ ލޮލު ތެރެއަށް ގެއްލިފައި އެދެމީހުން ތިބީއެވެ. އެދެމީހުން ހާދަ ގުޅެޔޭ ކިޔައި އެންމެން ތައިރީފު ކުރަމުން ދިޔަ އިރު ދުރުގައި ހަސަދަ ވެފައި ބަލަން ހުރީ ކީއްވެ ކަމެއް އިނގޭނީ ހަމަ ސަނާ އަށެވެ. އާޗާ އޭ ކިޔާ ޒާރާ ހަޅޭއް ލަވައި ގަތުމާއި އެކު ކުއްލިއަކަށް ހޭވެރިކަން ވީ މީހަކު ފަދައިން އާލާ ޝާން އާއި ދުރުވެލިއެވެ. އަދި މާފަށް އެދުމަށްފަހު ދެފަޔައް ލެވުނުހާ ބާރެއް ލައިފައިި ފާހަނަ ބަރި އާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތު އާލާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ޒާރާ އާއި އައިލާ އަށް ސިއްރެއް ނުވިއެވެ. ދެމީހުން އަވަސް ވެގަތީ އެކުވެރިޔާ އަށް ވީ ގޮތް ބަަލަން ދިއުމަށެވެ. އާގަމަ ވެފައި ހުރި ޝާން ވެސް ދެފަރާތަކަށް ބޯހޫރާލުމަށް ފަހު ކެންޓީނަށް ވަދެ ކެވޭތޯ އުލުނެވެ. ނަމަވެސް އޭނާ އަށް ކެވޭ ގޮތެއް ނުވިއެވެ. ދާދި ދެންމެ ހިނގާ ދިޔަ ހާދިސާ އޭނާ އަށް އުނދަގޫ ކުރަނީއެވެ. “އާލަގެ ލޮލުން އަހަންނަށް އެފެނުނީ ލޯބި ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. އާލާ ބިޓެއް ވެސް ހުރެއެވެެ. އާލާ އަހަރެން ދެކެ ލޯބިވާ ނަމަ ބުނާނެ އެވެ. އާލާ އަހަރެން ދެކެ ލޯބިނުވާ ނަމަ އެގޮތައް ބަލަން އޮންނާނެ ހެއްޔެވެ؟ އާލާ އަހަރެން ދެކެ ލޯބިވާ ނަމަ އެގޮތައް ދުވެފައި ދާނެ ހެއްޔެވެ؟” މިކަހަލަ ހިޔާލު ތަކެއްގައި އިން ޝާން އަށް ހަމަހޭވެރިކަންވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔުހާން ކުލާހައް ދާން އަންނާށޭ ބުނުމުންނެވެ.

އާލަ ހަމަ އަކަށް އެޅުމުން ތިން އެކުވެރިން އައިސް ކުލާހައް ވަނީ ގަޑި ޖެހެން ކުޑަ ވަގުތު ކޮޅަކަށް ވެފަ އޮތުމާއެކު ދެން އެއްޗެއް ކާނެ ހާ ވަގުތު ނެތީމައެވެ. ބެލް ޖެހުމުން ޔުހާން އާއި ޝާން ވެސް އައިސް ކުލާހައް ވަނެވެ. ގޮނޑީގައި ހަމަޖެހި ލުމަށްފަހު ޝާން އާލާ އަށް ބަލާލިއެވެ. މި މަންޒަރު ފެނި ޔުހާން އަށް މަޑަކުން ނީނދެވުނެވެ. ” ހާދަ ލޯބި ކުއްޖެކޭ ދޯ” ޔުހާން ޖެއްސުމުގެ ރާގަކަށް ބުންޏެވެ. ” ހޫން ނޭނގެ މަށަކަށް” ޝާން ނޫން ކަމަށް ހަދާފައި އެހެން ބުނެ އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. “ކީއްވެތަ ލޯބިވާ އިރު އެކަން ހާމަ ކުރަން ނުކެރެނި. ނިކަން ފިރހެނަކަށް ވެބަަލަ ދޯ. މަށަށް ވަރަށް ހީވޭ އާލް އަށް ވެސް ކައެ ކަމުދާ ހެން. އަހަރުން އެއްކޮށް އުޅޭ އިރު މަށަށް ވަރަށް ގިނައިން ފެނޭ އާލް ކައެ އާ ދިމާލަށް ބަލަން ހުއްޓާވެސް. އަޅެ އެއްފަހަރު ވެސް އަހާލަބަލަ ދޯ. ބިޓެއް ހުއްޓަސް ހަމަ ކާމިޔާބު ވެދާނެ އެއްނު” ޔުހާން ކީ ހުރިހާ އެއްޗެއް އަޑު އިވުން ނަމަވެސް ނީވޭ ކަމަށް ހަދާފައި ޝާން އިނީ އެވާހަކަ ދައްކަން ބޭނުން ނުވީމަ އެވެ.

ވަގުތުތައް ފާއިތު ވަމުން ގޮސް ގެއަށް ދާ ގަޑި ޖެހުމާއި އެކު އެންމެން ކުލާހުން ނިކުމެގެން މިސްރާބު ޖެހީ އެމީހެއްގެ ގެއާއި ދިމާލަށެވެ. ޒާރާ އާއި އައިލާ ގެ ގޭ އިންނަނީ އެއް މަގެއްގައި ނަމަވެސް އާލާ އަށް ދާން ޖެހެނީ އެހެން މަގަކުންނެވެ. އެހެންވެ އާލާ އެމީހުނަށް ހަނާ އަޅާލުމަށްފަހު އޭނާގެ ގެއަށް ދެވެން އިންނަ މަގުން އަޅާލިއެވެ. މަޑު ހިނގުމެއްގައި ދިޔަ އާލާ އަށް ފަހަތުން މީހެއްގެ ހިލަން ވާހެން ހީވާތީ ބަލާލި އިރު ދުވަމުން އައި ޝާން އޭނާ އާއި އަރާ ހަމަ ކުރަނީ އެވެ.. އެހެން ކަމުން އާލާ އޭނާގެ ހިނގުންް އަވާސް ކޮއްލިއެވެ. ނަމަވެސް ޝާން ދުވެފައި އައިސް އާލާ އާއި އަރާ ހަމަ ކުރިއެވެ. އަދި އާލާ އަތުގައި ހިފާ ޝާން އާއި ދިމާލަށް އާލާ އަނބުރާލިއެވެ. “ހައު ޑެއާ ޔޫ” އާލާ ރުޅި އައި ތަން ފެނި ޝާން އަށް ވަގުތުން އާލާގެ އަތުން ދޫކޮށް ލެވުނެވެ. ” ސޮރީ އާލް. އަހަރެން ގަސްތުގައެއް ނޫން. އާލް މަޑު ނުކުރާނެ ކަން އިނގޭތީ. މިއަދު ބްރޭކް ގަޑީގައި އެހެން ވީމަ ސޮރީ ބުނަން ވެގެން އަހަރެން މިއައީ. އަހަންނަކަށް ނުފެނެ އާލް އައިތަނެއް. ސޮރީ ވަރަށް ބޮޑައް ތަނަކަށް ތަދުވިތަ؟” ދެރަވެލާފައި ޝާން އެހެން ބުންޏެެވެ. ” މަ ބޭނުމެއް ނޫން ތިވާހަކަ ދައްކާކަށް. އެކަންތައް ދެން ބާއްވަ. މަށަށް މީހުންގެ ފަރާތުން ވަރަށް ވާހަކަ އަޑު އިވުން. މަށަކީ މީހެއްގެ ހައްގެއް ކަން ޝާން އަށް ވެސް އިނގޭނެ. ޝާން އަކަށް ދުވަހަކުވެސް މަށެއް ނުލިބޭނެ ސޯ މަށައް ރަނގަޅި ޝާން މަ ފަހަތުން ނޫޅުނިއްޔާ. އަދި ބުނަން ދެން ފަހަރަކުން ވެސް ގައިގަ އަތް ނުލާތި. އެއީ އަހަރެން ވަރަށް ރުޅި އަންނަ ކަމެއް.” އެހެން ބުނެފައި އާލާ ހިނގައިގަތީ ފަހަތް ބަލާލުމެއް ވެސް ނެތިއއެވެ. އާާލާގެ ބަސް ތަކުން ޝާން ގެ ހިތް ކުދި ކުދި ވިއެވެ. ” މީޙުން ދައްކާނެ އެކަހަލަ ވާހަކަ. މަ ނޫޅެމޭ އާލް ފަހަތަކުން. އެއީ ހުސް ދޮގޭ. މަނުވެޔޭ އާލް ދެކެ ލޮއެއްބެތް ސޮރީ އޭ” އާލާ އަށް އަޑު އިވޭނެ ހާ ބާރަށް ޝާން ބުނެލިއެވެ. ޝާން ކީ ހުރިހާ އެއްޗެއް އާލާ އަށް އަޑު އިވުނެވެ. އަދި ޝާން ލޮއެއްބެތް ނުވެޔޭ ބުނުމުން އާލާގެ ހިތައް ތަދުވިއެވެ. އެހެން ވާންވީ ސަބަބެއް އާލާ އަކަށް ވެސް ނޭނގެެއެވެ. އިރުކޮޅަކު އެހުރި ގޮތައް ހުރުމަށް ފަހު ޝާން ވެސް ހިނގައިގަތެވެ.

ގެއަށް ގޮސް ތާޒާ ވެލައިގެން ޝާން ނިކުމެ އޮށޯވެލީ އެގޭ ބޭރުގަ އިންނަ ޖޯލީގަ އެވެ. “ދަރިފުޅާ ޝާން އިރުކޮޅަކުން ބަންގި ގޮވާނެ އަވަހައް މިސްކިތައް ދޭ” ޝާން ގެ މަންމަ ސީމާގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ލައްބަ އޭ ބުނެ ޝާން މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ. އަދި ދަމުން ޔުހާން އަށް މެސެޖު ކޮށް އަވަހައް މިސްކިތައް އައުމަށް ހަނދާން ކޮއްލަދިނެވެ. މިސްކިތައް ދިޔަ މަގުމަތީގައި ޝާން އަށް އާލާ ފެނުނެވެ. އާލާ އަށް ގޮވާ ވާހަކަ ދައްކަން ހިތް ކިތެންމެ އެދުން ނަމަވެސް ޝާން އަށް އެހިތްވަރެއް ނުލިބުނެވެ. ކަރު އެލުވާލުމަށް ފަހު ލަސް ފިޔަވަޅު ތަކެއްގައި ގޮސް މިސްކިތު ދޮރުމަތީގައި މަޑު ކޮއްލައިގެން ހުރީ ދުރުން އަންނަ ޔުހާން އާއި އެކު މިސްކިތައް އަރަންށެވެ.

ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީގައި އެހެން ދުވަސް ދުވަހާއި ހިލާފައް ޝާން ބަސް މަދުކަން ޔުހާން އަށް ފާހަގަ ކުރެވިގެން ޔުހާން ސުވާލު ކުރުމުން ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށް ބުނެ ޝާން ދޮގެއް ހަދާލިއެވެ. ގެއަށް އައިސް ވަދެވުމާއި އެކު ކާން އަންނަން ޝާން ގެ މަންމަ ގޮވިއެވެ. ޔުހާން އަށް ކާން އަންނަން ދައުވަތު ދިން ނަމަވެސް މިއަދު ޔުހާން އޭނާގެ ބޮޑުބެ މެެންް ގެއަށް ކާން ދާން ޖެހޭ ކަމަށް ބުނެ ޔުހާން ދިޔައީ އެވެ. އެހެން ކަމުން ކާން ތިބީ ޝާން އާއި އޭނަގެ މަންމަ އެވެ. ޝާން ވަރަށް ތުއްތު އިރު ހިނގި އެކްސިޑެންޓެއްގައި އޭނާގެ ބައްޕަ ނިޔާވި ފަހުން އެގޭގައި ދިރިއުޅެނީ ޝާން އާއި ސީމާ އެވެ. އިތުރު ދަރި އަކު ނުހުންނާތީ ސީމާ ގެ ހުރިހާ ލޮއެއްބެތް ޝާން އަށް ލިބެއެވެ. މަންމަ އާއި ދެމީހުން މެންދުރުގެ ކެއުން ނިންމާލުމަށްފަހު ކުޑަކޮށް އަރާމު ކޮއްލަން ބޭނުންވާ ކަމަށް ބުނެ ޝާން ދިޔައީ ކޮޓަރިއަށެވެ.

ނަމާދައް ދިޔަ އިރު ލައިގެން ހުރި އެއްޗެހި ބޭލުމަށް ފަހު ކުރު ސޯޓު ބުރިއެއް ލައިގެން އެނދުގައި އޮށޯވެލިއެވެ. ނިދޭތޯ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ހިޔާލީ ކަނޑައް ޝާން ޣަރަޣު ވަމުން ދިޔަ އިރު ހިތާ ހިތުން ކިޔަމުން ދިޔައެވެ. “އާލައެވެ. އަހަރެން އާލާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް ތިއީ އެހެން މީހެއްގެ ހައްގެކެވެ. އަހަރެން އާލާ ދެކެ ލޯބިވާކަން މި ސިއްރު ކުރަނީ މިކަން އެެހެން މީހެއްގެ ފަރާތުން ވެސް އާލާ އަށް އިނގެން ބޭނުން ނުވާތީއެވެ. އަހަރެން އާލާ ދެކެ ލޯބިވީ އިއްޔެއަކު މިއަދަކު ނޫނެވެ. ލޮއެއްބަކީ ކޯޗެއްކަން ރަނގަޅަށް ނޭނގޭ އިރުން ފަށައިގެން ވެސް މިހިތުގައި ތިނަން ވަނީ ފެވިފައެވެ. ވަރަށް ކެތް ކުރެވިއްޖެއެވެ. އަދިވެސް ކެތް ކުރާނަމެވެ. ކޮންމެވެސް ދުހުކުން އަހަރެންގެ މިލްކަކަށް އާލާ ހަދާނަމެވެ. ދުނިޔޭގައި ވާހާ އުފަލެއް އާލާ އަށް ހޯދަދޭނަމެވެ. އާލާގެ ކޮންމެ ބަހެއް ކޮންމެ ހަރަކާތެއް އަަހަރެން ހަނދާން ހުރެއެވެ. ތިވަރުގެ ފުރިހަމަ ކަމެއް މިދުނިޔެއަކުން އަހަރެން ނުދެކެމެވެ. އާލާއަށް އިނގޭ ހެއްޔެވެ. އެތައް ރެއެއްގެ ނިދި ގުރުބާން ކޮއްފައި އާލާ އަށް ޓަކައި އަހަރެން ކަރުނަ އެޅީމެވެ. އާލާގެ ހިތްހަަމަ ޖައްސައިދިނުމަށްޓަކައި އަހަންނަށް ކުރެވެން ހުރި ހުރިހާ ކަަމެއް އަހަރެން ހުންނާނީ ކޮއްފައެެވެ. ތިހާ ފުރިހަމަ ހިނިތުންވުމެއް އަހަރެންގެ ސަބަބުން ގެއްލި ދާކަށް ނޭދެމެވެ. އެހެންވެ އާލާގެ އުފަލައްޓަކައި އަހަރެންގެ ލޯބި އަހަރެން ގުރުބާން ކޮއްފީމެވެ. އަހަރެންގެ ތަގުދީރުގައި އާލާ ލިބުން ލިޔެވިފައި ނެތެއް ކަމަކު އަހަރެން އެންމެ ފަހު ނޭވަޔާއި ޖެހެން ދެން ވެސް އާލާ ދެކެ ލޯބިވާނަމެވެ. އާލާ އަށް ޓަކައި އަހަރެންގެ ހިތުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. އަހަންނަކީ އާލާގެ ލޯބިވެރިޔާ ހާ ރީތި ފުރިހަމަ އަދި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ނަމަވެސް އަހަންނަށް ވުރެ ބޮޑައް އާލާ ދެކެ ލޯބިވާނެ މީހަކު މި ދުނިޔޭގައި އަތް ފުނާ އެޅިޔަސް ނުފެންނާނެ އެވެ.ކޮންމެ ފަހަރަކުވެސް އާލްގެ ތި ރީތި ސޫރަ ފެނުމުން އަހަރެންގެ ހިތް ނަށައެވެ. އާލް ނުރުހުން ވެގެން އަހަންނާއި ދިމާއަށް އެއްޗެއް ބުނާ ކޮންމެ ފަހަރަކު ބުނަން ނޭނގޭ ތަދެއް އަަހަރެންގެ ހިތައް ވެއެވެ. އާލްގެ ލޯބިވެރިޔާ ގާތައް ގޮސް އާލް އަހަންނައް ޓަކާ ދޫކޮއްލާށޭ ބުނާ ހިތްވެއެވެ. ނަމަވެސް އަހަންނަކީ ފިނޑިއެކެވެ. އަހަންނަކަށް އެ ހިތްވަރެއް ނުލިބެއެވެ.” ހިޔާލުތަކުން އަރައިގަނެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ ފުހެލުމަށް ފަހު ފޯނަށް ބަލާލި އިރު ގުޅަނީ ޔުހާންއެވެ. ވާހަކަ ދައްކާ ހިތް ނެތުމުން އަޅާނުލަ ފޯނު އޮތްގޮތައް ބޭއްވުމަށްފަހު ފާހަނަ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mixoo

Level 1

Other Articles

Previous

ބަދަލް 2

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 19

Next
July 15, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 19

Previews
July 14, 2021

ބަދަލް 2



All Right Reserved!