Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދަރިފުޅާއެވެ! މަންމަ އެކަނިކޮށް ނުލާށެވެ!

MissDoraa Level 110 Stories
July 8, 2021 3 Mins Read
2 Comments
ދަރިފުޅާއެވެ! މަންމަ އެކަނިކޮށް ނުލާށެވެ!…
ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހަކީ މަންމަމެންގެ ހަޔާތުގައި އާ ސޮފްޙާއެއް ލިޔަން ފެށުނު ދުވަހެކެވެ. މަންމަމެން 21 އަހަރު ވަންދެން ދެކެމުން އައި ހުވަފެން އެންމެ ފަހުން ޙަޤީގަތަކަށް ވީއެވެ. މަންމައާއި ބައްޕަގެ ލޯބީގެ ގަހުގައި ލޯބި ލޯބި މަލެއް ފޮޅުނީއެވެ. މަންމަމެންގެ އަސްލު މަސައްކަތް އަދި ފެށުނީކަން އޭރު އިނގުނެވެ. މަންމަމެންގެ އެންމެ މުހިއްމު މަގުސަދަކަށް ހެދީ ދަރިފުޅަކީ މުޖުތަމަޢު ބަލައިގަންނާނެ ފަދަ، އެންމެހާ ރިވެތި ސިފަތަކުން ޒީނަތް ވެގެންވާ ކުއްޖަކަށް ހެދުމެވެ. ނުލާހިކު އަޒުމާއެކީ މަންމަމެން އަތުކުރި އޮޅާލައި މަސައްކަތް ފެށީމެވެ.
މީހުން ބުނަނީ ތެދެއްކަން ވިސްނުނީ ދެނެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލުމަކީ ކިހާ ބުރަކަމެއްކަން އެނގެނީ ތިމާއަށް ދަރިން ލިބުމުންނެވެ. ދަރިފުޅަކީ ވަރަށް ފަސޭހައިން ބަލިވާ ކުއްޖެކެވެ. އަދި އެހާމެ ނިދިވެސް މަޑު ކުއްޖެކެވެ. ކޮންމެ ރެއަކުވެސް ދަން ބަހައިގެން މަންމަމެން ތިބެނީ ހޭލައެވެ. އެކަމާ އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ ނުލާހިކު ކުރާހިތުން ކުރާ ކަންކަމެވެ. ދަރިފުޅު ނިދައިފައި އޮންނަ އިރު އެތައް ގަޑީރަކު ދަރިފުޅުގެ ކުޑަ ކުޑަ މޫނަށް ބަލަން މަންމަމެން ތިބެމެވެ. މަންމަމެންނަށް އެ މަންޒަރަކީ ހިތުގެ ފިނިކަމެވެ. މަންމަގެ ޙަޔާތް ބަނަވީ ދަރިފުޅުގެ ބައްޕަ އެކްސިޑެންޓުވެ ނިޔާވި ދުވަހުއެވެ. މަންމައަށް ހަދާނެ ގޮތް ހުސްވިއެވެ. މާލޭގައި ތިމާގެ މީހެއް ދަންނަ ގާތް މީހެއް ނެތެވެ. ރަށަށް ދާން ޖެހޭނީ ބޯޓުގައި ތިންދުވަހުގެ ދަތުރެއް ކޮށްފައެވެ. މާލޭގައި އުޅެވޭކަށް ނެތެވެ. އެއީ މަންމައަށް އެވަރަށް ފައިސާ ނުހޯދޭނެތީއެވެ. އަދި ދަރިފުޅު އެކަނި މާއެކަނި ގޭގައި ބައިންދާފައި ނުދެވޭނެތީއެވެ. އޭރު ދަރިފުޅުގެ އުމުރުން އެންމެ ދެއަހަރެވެ. ދަރިފުޅަށް ކުރަން ޖެހޭނެ ޚަރަދުތައް ކޮށްފައި ގެއަށް އެމަހު ދައްކާނެ ލާރި ނުހުންނާނޭކަމުން ވީހާވެސް އަވަހަކަށް ރަށަށްދާން ފުރީމެވެ.
މަންމައަކީ ކަނޑަށް ބަލި މީހަކީމެވެ. ދޯނީގެ ވަސް ޖެހުނަސްވެސް ބޯ އަނބުރާ ހޮޑުލެވޭ ގޮތްވެއެވެ. އެއްއަތުން ބަރު ދަބަސް ހިފައިގެން އަނެއްއަތުން ދަރިފުޅު އުރައިގެން އެއްދޯނިން އަނެއްދޯނިން ދަމުން އެންމެ ފަހުން ރަށަށް ފުރާ ދޯންޏަށް އެރުނެވެ. އޭރު މަންމަގެ ދެއަތުން ވާގިދާހެން ހީވެއެވެ. ދޯނީގެ އަށިމަތީ އިށީންދެ ދަރިފުޅު އުނގަށްލައިގެން މަންމަ އިނީ ނުލާހިކު ހިތްބިރުގަނެފައެވެ. އެއީ މަންމަގެ ޙަޔާތުގަވެސް އެކަނި ކުރި ފުރަތަމަ ދަތުރެވެ. އެވަގުތުވެސް ބޯއަނބުރާފައި ހުރުމުންނާއި ، ހޮޑުލެވުނަސްވެސް ދޯނީގައި ތިބި އެއްވެސް މީހަކު އެހީވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން މަންމަ ހުރީ ދަރިފުޅަށް ވެދާނެ ގޮތަކާމެދު ހާސްވެފައެވެ. ދޯނި މާލޭ ފަޅުން ނިކުތުމާއެކު މަންމައަށް ވުރެ ކުރިން ހޮޑުލީ ދަރިފުޅެވެ. ދަރިފުޅު ހޮޑުލުމާއެކު މަންމައަށްވެސް ހޮޑުލެވުނެވެ. ނަސީބަކުން މަންމަ ދިޔައީ ކޮތަޅު އެއްޗެހި ހިފައިގެންނެވެ. ނަމަވެސް ދަރިފުޅުގެ ހޮޑުތައް މަންމަގެ ގައިގައި ހުއްޓެވެ. އެއެއްޗެހި ފުހެންދެންވެސް މަންމަގެ އުނގުން ފައިބަން ދަރިފުޅު ދެކޮޅު ހެދިއެވެ. ވީމާ ފުރަތަމަ ދަރިފުޅު ނިންދަވާފައި ދެން ތާހިރުވީމެވެ. ދެވަނަ ދުވަހު ދަރިފުޅު އޮތީ ހުމާއެވެ. ފެންފޮތިލިޔަސް ހުން މަޑުވާހެނެއް ހިޔެއްނުވެއެވެ. ގަޑީރެއް ގަޑީރަކަށް ހުންގަދަވަމުންދާތީ މަންމަ ތެޅި ފޮޅެން ފެށީމެވެ. ދޯނީގައި ތިބި މީހުން ގާތު ބޭސް ހުރިތޯ އަހަން ފެށީމެވެ. ބައެއް މީހުން ޖަވާބެއްވެސް ނުދެއެވެ. ކަންތައްތައް އިތުރަށް ގޯސްވީ ބޯކޮށް ވާރޭވެހި ކަނޑުގަދަ ވުމުންނެވެ. މަންމައަށް ދަރިފުޅުގޮވައިގެން އިތުރަށް ދޯނިތެރޭ ހިނގާކަށް ނުކެރުނެވެ. އެންމެ ފަހުން ބޭސް ގެނަސް ދިނީ ފަޅުވެރި ކުއްޖެކެވެ. ނަމަވެސް އެއީ ބޭސް ގުޅައެއްކަމުން ދަރިފުޅަށް އެ ދޭން ފަސްޖެހެވުނެވެ. ބޭސް ދެވޭ މިންވަރަކުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ. މިހާލެއްގައި ތެޅެނިކޮށް ރަށަށް ލެފުނެވެ.
އޭރު މަންމަވެސް ހުރީ ހުންއައިސްފައެވެ. ރަށަށް ލެފުމާއެކު ދަރިފުޅަށް ފަރުވާދޭން އިމަރޖެންސީގައި ހަސްފަތާލަށް ގެންދިޔައެވެ. ދަރިފުޅަށް އޮކްސިޖަން ގުޅިކަން އެނގެއެވެ. އޭގެ ފަހުން ވީގޮތެއް މަންމައަކަށްވެސް ނޭންގެއެވެ. ރަށުގައި ހަމަޖެހިލައިގެން އުޅެވޭތޯ މަންމަ ވަރަށް ބުރަކޮށް މަސައްކަތް ކުރީމެވެ. މަދުން ނަމަވެސް ދަރިފުޅުގެ ބޮޑުބޭބެމެންނާއި ބޮޑުދައިތައިންގެ އެހީ ލިބެއެވެ. މަންމަ އުޅުނީ ރަށު އޮފީސް ކުނިކަހައިދޭ މީހެއްގެ ވަޒީފާގައެވެ. އެއީ އޮފީސް ގެއާ ކައިރިވެފައި ދަރިފުޅު ގޮވައިގެން މަސައްކަތަށް ދެވޭތީއެވެ. އުމުރު ހަމަވުމުން ރަށު ސުކޫލަށް ދަރިފުޅު ލީމެވެ. ޔުނީފޯމާއި އެއްޗެހި ހަމަ ކުރެވުނީ ހަމަ ކިރިޔާއެވެ. އެ އަހަރު ސްކޫލުގެ ހަރަކާތްތަކުގައި ދަރިފުޅަށް ބައިވެރި ނުވެވުނެވެ. އެއީ ހެދުން ފަދަ ބޭނުންވާ އެއްޗެހި ހޯދައި ދެވޭނެ ފަދަ މަންމަ އަތުގައި ނެތުމުންނެވެ. ދަރިފުޅު އެދުވަހު ވަރަށް ރުޔެވެ. އެހެންވެ ދަރިފުޅު ސްކޫލަށް ދާގަޑީގައި މަންމަ އިތުރު މަސައްކަތް ކުރުމަށްޓަކައި ގޭގެއަށް ކައްކައިދޭން ދާންފެށީމެވެ. އަދި ރަށުގައި ހުންނަ ހޮޓަލަށް ހެދިކާވެސް ގެންދަން ފެށީމެވެ. މިވަރުން ފުދޭވަރެއްގެ އާމްދަނީއެއް ލިބެން ފެށިއެވެ. ދަރިފުޅު ބޭނުންވާ ގިނަ އެއްޗެހި ހޯދައިދެވޭން ފެށުނެވެ.
މަންމަ ދަރިފުޅު ގޮވައިގެން އުޅެމުން ދިޔައީ ރަށުން މާލެއަށް ބަދަލުވުމުގެ ކުރިން ބައްޕަ ހަދައިފައިވާ ކުޑަ ގޭގައެވެ. ގެއެއްގައި އެކަނި އަންހެނަކު އުޅެންޏާ ފިރިހެނުންގެ ލޯތައް އެގެއަކަށް އަމާޒުވާނެއެވެ. މަންމައަށް އޭރު އެކަމެއް ނުވިސްނެއެވެ. މިފަދަ ފިރިހެނެއްގެ ޝިކާރައަކަށް މަންމަވީ ދުވަހަކީ ދިރިއުޅުން މަތިން މަންމަ ފޫހި ކުރުވި ދުވަހެކެވެ. ނަމަވެސް ދަރިފުޅަށްޓަކައި އެދުވަހުވެސް ހިނިތުންވެލީމެވެ. މަންމަ ހަށިގަނޑުގައި އެތަށް ވޭންތަކެއް އަޅަމުން ދިޔައިރުވެސް ދަރިފުޅުގެ ޚަރަދުތައް ނުކުރެވިދާނެތީ މަސައްކަތަށް ނިކުތީމެވެ. މަންމައަށް ވީފަދަ ގޮތެއް ދަރިފުޅަށް ވެދާނެތީ މަންމަ ބިރުގަތެވެ. ވީމާ އެގެއިން ނިކުމެ އާދޭސްކޮށްގެން ބޮޑުދައިތަމެން ގޭގައި މަޑުކުރީމެވެ. ނަމަވެސް ބޮޑުދައިތައަކީ ހިލޭ ކަމެއް ކޮށްދޭނެ މީހެއްނޫނެވެ. އެގޭގައި ހުންނާތީ ކުލި ދައްކަން ޖެހުނެވެ. އަނެއްކާވެސް ކުރަން ޖެހޭ ޚަރަދު އިތުރުވީއެވެ. ދަރިފުޅުގެ ރައްކަލަށް މިގޮތްވެސް ރަނގަޅު ކަމަށް މަންމަ ނިންމީމެވެ.
އެކި ދުވަހު އެކީ ހާލުގައި އެކި އަހަރު އެކިގޮތަށް ނިމިގެން ގޮސް ދަރިފުޅު ކިޔަވައި ނިމިއްޖެއެވެ. ސްކޫލުން މަތީ ވަނަތައް ހޯދިއެވެ. މަންމަ އުފަލުގެ ކޮޅެއްނެތެވެ. އެތައް އަހަރަކަށްފަހު އެދުވަހު މަންމަގެ ލޮލުން ފުރަތަމަ ފަހަރަށް އުފާވެރިކަމުގެ ކަރުނަ އޮހުނެވެ. މަންމަ މިއޮއް ހުރިހާ ދުވަހު ކުރި ބުރަ މަސައްކަތުގެ އަގު ލިބުނީކަމަށް ހީކުރެވުނެވެ. ދެން މިމަންމަގެ ބަލި ހަށިގަނޑަށް އަރާމު ކުރެވޭނެކަމަށް ހީކުރެވުނެވެ. ނަމަވެސް މިއީ ހުސް ކުށްހީކަން އެނގުނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ދަރިފުޅު އާ ޙަޔާތެއް ފެށީއެވެ. ދަރިފުޅަށްޓަކައި މުޅި ހަޔާތް ވޭތުކުރި މަންމަ މަތިން އެއްކޮށް ހަނދާން ނެތުނީއެވެ. ދަރިފުޅު ފުރައިގެން ދިޔައީ އެތަނަކުން ދަރިފުޅު ގޮވައިގެން މަންމައައި މާލެއަށެވެ. މަންމަގެ ލޮލަށް ދަރިފުޅު ގެއްލުނީއެވެ. ދަރިފުޅު މަންމަގެ ހާލު ބަލާލަން ނުގުޅާތާނގައި މަންމަ ގުޅިޔަސް މަންމައާ ވާހަކަ ދެއްކޭނެ ވަރަށްވުރެ މާ” ބިޒީ” އެވެ. އަހަރުތައް ފާއިތުވަމުންގޮސް މަންމަ މުސްކުޅިވެ ގައިބާރު ދޫވެ އަޅާލާނެ ޔާރެއް ނެތުމުންވެސް ގުޅުމުން ދަރިފުޅު ބުނީ ކީކޭ ހެއްޔެވެ؟
ހަނދާން އެބަ ހުރިހެއްޔެވެ؟
” އަހަރެން މިއުޅެނީ އަހަރެންގެ އަމިއްލާ ހާލައިގެން ނޫޅެވިގެން. ކިހިނެއް މަ އެހެންމީހަކު ބަލާނީ؟” ދަރިފުޅުގެ ޖަވާބަކީ މީއެވެ. މަންމަގެ ހިތް އެދުވަހު ކުދި ކުދި ވިއެވެ. މަންމަމީ ކޮންމެ ކޮންމެ މީހެއް ހެއްޔެވެ؟ މިއީ ދަރިފުޅުގެ މަންމައެ ވެ. ދަރިފުޅަށްޓަކައި އެތައް ވޭނެއް އުފުލި މަންމައެވެ. މި މަންމަ އެކަނިކޮށްލަނީހެއްޔެވެ؟ ކޯޓު މެދުވެރިކޮށް ތިޔަ ފޮނުވާ ލާރިތަކެއް މަންމަ ބޭނުމެއް ނޫނެވެ. މަންމަ ބޭނުމީ ދަރިފުޅުގެ ލޯތްބެވެ. ދަރިފުޅުގެ އަޅާލުމެވެ. މަންމަ ނިކަން އަވަހަށް މިދުނިޔެ ދޫކޮށްފާނެއެވެ. އެހާ ކުޑަ ދުވަސްކޮޅަކުވެސް ދަރިފުޅަށް މަންމަ ނުބެލޭނެހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ އެކަނިކޮށް ނުލާށެވެ.

Share Article

Follow Me Written By

MissDoraa

Level 110 Stories

Other Articles

Previous

ނަފްރަތުން ލޯތްބައް.. 9

Next

ހާދަހާ ލޯބިވޭ 8

Next
July 8, 2021

ހާދަހާ ލޯބިވޭ 8

Previews
July 8, 2021

ނަފްރަތުން ލޯތްބައް.. 9

2 Comments!

  1. Aishath Faruha Abdulla says:
    July 8, 2021 at 11:46 am

    Vaahaka varah reethi.. ❤️ Thee hama mamma ehge hithuge edhumeh…

    1. shambbx says:
      July 8, 2021 at 4:22 pm

      thanks<3

Comments are closed.



All Right Reserved!