“ބޭބޭ.. އަހަރެން މިކަން ކުރާނަން..” ދާނިޝް އިސްޖަހާލައިގެން ހުރެ ބުނެލީ މަޑުންނެވެ.
“ކޮން ކަމެއް؟” ދާނިޝް އެބުނި އެއްޗެއް ސާފު ނުވެގެން ވަލީދު އަހާލިއެވެ.
“އަހަރެން ޔީޝާ ސަލާމަތް ކުރާނަން.. އަހަރެންނަށް ކޮންމެ ގޮތެއްވިއަސް އަހަރެންގެ ފަރުވާލެއް ނެތް.. އެ ޖިންނި އަންދާލަން އަހަރެންގެ ހަށިގަނޑުގަ ހައްޔަރު ކުރޭ” ވަލީދުއާ ހަތަރު ކަޅި ހަމަ ކޮއްލަމުން ދާނިޝް ބުނެލިއެވެ.
****
“ނޫން.. ދާނިޝްއަށް އެނގޭތަ އެއީ ކިހާ ވަރެއްގެ ކަމެއްކަން..” ދާނިޝްގެ ޖުމްލަ އިވިފައި ހައިރާނުގެ ނަޒަރަކުން ވަލީދު ބަލާލިއެވެ. އަދި އެހެން ބުނުމަށްފަހު މިސްކިތުން ނުކުތުމަށް ހިނގާގަތެވެ.
“ބޭބެ މަޑުކޮއްބަލަ” ދާނިޝްވެސް ވަލީދުގެ ފަހަތުން ހިނގާގަތެވެ.
“ބޭބޭ.. އަހަރެން މިބުނަނީ މިކަމާ ވަރަށް ވިސްނާފަ.. އަހަންނަށް ކޮންމެ ކަމެއްވިއަސް.. ޔީޝް ސަލާމަތް ކޮށްދެވެންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. މިނޫންގޮތެއް ނެތެއްނު..” މިސްކިތު ބޭރު ފާރުކައިރީ މަޑުކުރި ވަލީދު އާ ހަމަކުރަމުން ދާނިޝް ބުނެލިއެވެ.
“އެ ޖިންނި އަންދާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް.. އެކަމު ދާނިޝް ހަށިގަނޑުތެރޭ ޒަބޫރިޝް ވާހާ ހިނދަކު ދާނިޝްގެ ރައްކާތެރިކަމަކަށް ބޭބެއަކަށް ޔަގީން ކަމެއް ނެތް.. ނޫން.. ބޭބެ އެހެން ގޮތެއް ހޯދާނަން.. ދާނިޝް މިކަމުގެ ތެރެއަށް ވައްދާކަށް ބޭބެ އެއްބަހެއް ނޫން.” ދެފަރާތަށް ބޯހޫރާލަމުން ވަލީދު އެކަމަށް އިންކާރުކުރިއެވެ.
“އަހަރެން ނޫނީ މިކަން ކުރާނޭ މީހެއް ނެތް.. އަހަރެން ބިރެއް ނުގަނޭ.. އަހަންނަށް އެނގޭ އަހަންނަ ކަމެއް ވެއްޖެއްޔާ އަހަރެން ސަލާމަތްކުރަން ބޭބެއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަން.. އެކަމު އެއްވެސް މީހެއްގެ މަރެއް އަނެކާއަކަށް ނުހުއްޓުވޭނެ.. އަހަރެން މަރުދެކެ ބިރެއް ނުގަނޭ.. އެކަމު ޔީޝްއަށް ގޮތެއްވާތަން ދެކޭނެ ހިތްވަރެއް އަހަރެންގެ ނެތް.. ބޭބޭ.. އަހަންނަށް މިކަން ކޮށްދީ.. އަހަންނަށް ދެރަގޮތެއްވިއަސް ބޭބެ ކުއްވެރިއެއް ނުކުރާނަން… މިއީ އަހަރެން ބޭނުންވާ ގޮތް.. ބޭބެއަށް އިތުރު ގޮތެއް ހޯދޭނެހާ ވަގުތެއްވެސް ނެތް.. އިތުރަށް މިކަންތައް ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫން.. މިނޫން އެހެން ގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނޭ” ދާނިޝް އެހެން ބުނެލީ އާދޭހުގެ ރާގަށެވެ.
“ދެން ޔީޝާ.. ދާނިޝްއަށް ކަމެއް ވެއްޖެއްޔާ ޔީޝާއަށް ވާނީ ކިހިނެއް.. ދާނިޝްގެ އާއިލާ.. އެމީހުނަށް އަަހަރެން ދައްކާނީ ކޮން މޫނެއް” ވަލީދު އެހެން ބުނުމުން ދާނިޝް ހިމޭންވިއެވެ
“އެމީހުނަށް އަންޑަސްޓޭން ވާނެ.. އަހަންނަށް ޔަގީން.. އަހަރެންގެ މަގާމުގަ ޔީޝާ ހުރި ނަމަވެސް ޔީޝާވެސް ކަންތަށް ކުރާނީ މިހެންކަން.. މަންމައަށް ގުޅިން.. އެކަމު ބުނާކަށް ނުކެރުން.. ވަލީދުބެ އަހަންނަށް މިކަން ކޮށްދީ.. މަންމަ ވަލީދުބެ ކުށްވެރިއެއް ނުކުރާނެ.. އަހަރެން މިއީ ގޮތް ދޫނުކުރާ މީހެއްކަން މަންމައަށް އެނގޭނެ.. ހުރިހާ އެންމެން އަހަރެންގެ ނިންމުމާ ދެކޮޅު ވީނަމަވެސް އަހަރެންގެ ނިންމުން ބަދަލު ނުކުރާނޭކަން އެނގޭނެ.. ޕުލީސް އަހަރެން ބޭބެ ކައިރި މިއެދެނީ ކަމަކު.. މިކަން އަހަންނަށް ކޮށްދީ” ދާނިޝް އެހެން ބުނުމުން ވަލީދުގެ ދުލު ކުރީ ހުރި ބަސްތައް ހުއްޓުނެވެ.
ތެދެކެވެ. އެއީ ވަލީދު ދަންނަ ދާނިޝްއެވެ. އެހާ ބޮޑު ނިންމުމެއް ދާނިޝް ނިންމާނީ އެކަމާ ވަރަށް ވިސްނާފައިކަން ވަލީދުއަށް އެނގެޔެވެ. ނަމަވެސް ވަލީދު ބިރުގަންނަނީއެވެ.
އިޝާނަމާދު ކޮށްގެން ޔީޝާގެ ގެޔަށް ދިޔައިރުވެސް ދެމީހުންގެ ދެމެދުވަނީ ހަމަހިމޭންކަމެވެ. ވަލީދު އިތުރަށް އެއްޗެކޭ ނުބުނުމުން ދާނިޝްގެ އެދުމަށް ވަލީދު އެއްބަސްވީކަން ދާނިޝްއަށް ޔަގީންވިއެވެ. ދާނިޝްގެ ހިތަށް ކުޑަވެސް ލުއިކަމެއް ލިބުނީ ދެނެވެ.
ވަލީދުގެ އިންތިޒާރުުގާ ޔީޝާގެ އާއިލާ ގޭގެ ސިޓިން ރޫމުގައި ތިއްބެވެ. ވަލީދު ވަނުމާއެކު ޔާސިރު އެންމެ ފުރަތަމަވެސް ބުނީ ބޭނުންވާ އެއްޗެހިތައް ހަމަ ވެއްޖެ ކަމަށެވެ. ސޯފާ ކައިރީ ހުރި ކުޑަ ބިއްލޫރި މޭޒު މަތީ ހުރި ކޮތަޅުތަކަށް ވަލީދު ބަލާލިއެވެ.
“ކޮބާ ޔީޝާ؟ ހޭލާފިތަ މިހާރު” ޔައީޝް ކައިރީ ހުއްޓިލަމުން ދާނިޝް އަހާލިއެވެ.
“އާން.. 6 ޖަހަން އުޅޭ ހޭލިއިރު.. ނަސީބަކުން އޭގެ ފަހުން އެއްވެސް ކަމެއް ނުވޭ.. ދޭ ކޮޓަރިއަށް.. އަފާ އެބައިން ޔީޝް ކައިރީ” ދާނިޝް އެހުރީ ޔީޝާ ކައިރިއަށް ދާން ބޭނުންވެފައިކަން އެނގުމުން ޔައީޝް ބުނެލިއެވެ. ޔައީޝް ބުނި ބަހަށް އެއްބާރުލުން ދެމުން ރާޝިދާވެސް ބޯޖަހާލިއެވެ. ސިޓިން ރޫމުގައި ތިބި މީހުނަށް ހީލާފައި ދާނިޝް ޔީޝާ ކޮޓަރިއަށް ދިޔައެވެ.
ދޮރުފަތުގެ ތަޅުގައި ހިފާލަމުން ދާނިޝް ފިނި ނޭވާއެއް ދޫކޮއްލިއެވެ. އަދި އެތެރެއަށް ފުންނޭވާއެއް އެތެރެ ކޮއްލަމުން ލުއި ހިނިތުންވުމެއް އެތުންފަތް މައްޗަށް ވެރިކުރުވިއެވެ. އަދި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
“ޔީޝް…” އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެން އިން ޔީޝާ ފެނުމުން ދާނިޝް ގޮވާލިއެވެ. ދާނިޝް ފެނުމުން ޔީޝާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދާނިޝްއާ ދިމާއަށް އަތް ހިއްލާލީ އަވަހަށް ކައިރިއަށް އަންނާށޭ ބުނާ ފަދައިންނެވެ. އަވަސް ފިޔަވަޅުގައި ދާނިޝް އައިސް އެނދުގައި ފޫޖައްސާލިއެވެ. އަދި ޔީޝާގެ އަތް ގެނެސް މުށުތެރޭ ފިއްތާލިއެވެ.
“އަހަރެން އެބަ އަންނަން އިނގޭ..” ދާނިޝް އައުމުން އެދެމީހުނަށް ވަގުތު ދީފައި އަފާ އެތަނުން ނުކުތެވެ. އަފާ ދިޔަ ދިމާ ބަލަން ހުރެފައި ދާނިޝް ޔީޝާއާ އިތުރަށް ކައިރިވެލިއެވެ.
“މިހާރު ކިހިނެއް؟ އެއްވެސް ތާކަށް ތަދުވޭތަ؟ އެއްޗެއް ކާފިންތަ؟” ޔީޝާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން ދާނިޝް އެހިއެވެ.
“ކިހިނެއް އެއްފަހަރާ ހުރިހާ ސުވާލަކަށް ޖަވާބު ދޭނީ..” ދެފަރާތަށް ބޯހޫރާލަމުން ޔީޝާ އެހެން ބުނީ ނުހަނު ހެވިފައި ހުރެއެވެ. ޔީޝާގެ ހާލު ކުރިއަށްވުރެ ރަނގަޅުކަން އެނގުމުން ދާނިޝް ހިތްހަމަ ޖެހުނެވެ. ނަމަވެސް އެމޫނުމަތީ ވަރުބަލިކަން ފެންނަން ހުއްޓެވެ. އެދެލޯ ރަތްވެފައި ހުރީރު ޔީޝާ ފެންނަނީ ކުރިއަށްވުރެވެސް ހިކިކޮށެވެ. ހީވަނީ ތިން ހަތަރު ދުވަހު ނުކައި ހުރި މީހެއް ހެނެވެ.
“އަހަރެން މިހާރު ރަނގަޅު.. އެއްވެސް ތާކަށް ތަދެއް ނުވޭ.. އައިމް ރިއަލީ ފައިން” ދެއަތުން ދާނިޝްގެ މޫނުގައި ހިފާލަމުން ޔީޝާ ބުނެލިއެވެ. އަދި ދާނިޝްގެ މޫނުގައި ތުނިކޮށް ފަޅާލަފައި ހުރި ތުނބުޅީގައި ބޮޑުވާ އިނގިލިން ފިރުމާލިއެވެ.
“އަލްހަމްދުﷲ. ތިހެން ވިއްޔާ އެވީ.. ޔީޝް.. އަބަދުވެސް ސިއްޙަތަށް ބަލާގެން އުޅެންވާނީ.. ކިތަންމެ ބަލިވިއަސް ކެއުމާ ދުރު ނުވާތި.. ބަލާލަ މިހާރުވެސް ހިކިކަން.. އަހަންނަކަށް ކަމަކު ނުދޭ އެހާ ހިކިވީމަ” ދާނީޝް ހީލަމުން ބުނެލިއެވެ.
“ދާނިޝް ރޮއެފަތަ ތިހިރީ؟” ކުޑަ ރަތްކަމެއް ހުރި ދާނީޝްގެ ދެލޮލަށް ބަލަން ހުރެ ޔީޝާ އަހާލީ ކަންބޮޑުވެފައެވެ.
“އެން؟ ނޫން.. ނުރޮން.. ކީއްވެ ތިހެން ތިބުނީ؟” ޔީޝާއާ ދުރަށް އެނބުރިލަމުން ދާނިޝް ބުނެލިއެވެ.
“އަހަންނަށް އެނގެޔޭ.. ތުއްތުބެއާ އަފާ ވާހަކަ ދައްކަނިކޮށް އަހަންނަށް އިވުނޭ މިރޭ ވަލީދުބެ ޒަބޫރިޝް އަންދާލަން އުޅޭ ވާހަކަ.. އެހެންވެ އޭނުން ތިހާ ކަންބޮޑުވެފަ ތިހުންނަނީ..” ދާނިޝްގެ މޫނުގައި ހިފާ އޭނާއާ ވީދިމާއަށް އަނބުރާލަމުން ޔީޝާ ބުނެލިއެވެ.
“ބިރު ނުގަނޭ.. އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ.. އިރާދަ ކުރެއްވިއްޔާ މިރެއަށްފަހު އަހަރެމެން ދެމީހުންގެ ހުރަހަކަށް ވާނޭ އެހެން މީހަކު ނޫޅޭނެ.. ވީ ވިލް އޯލްވޭސް ބީ ޓުގެދާރ.. އޯކޭ؟” ޔީޝާ އެހެން ބުނުމުން ދާނިޝް ބޯޖަހާލިއެވެ.
“ޔެސް.. އެއްވެސް ކަމެއް ގޯހެއް ނުވާނެ..” ދާނިޝް އެހެން ބުނެލީ އަމިއްލަ ނަފްސަށް ހިތްވަރެއް ދިން ފަދައިންނެވެ.
“ދާނިޝް.. ވަލީދުބެ އެބަ ގޮވާ” ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލި އަފާގެ އަޑު އިވިފައި ދާނިޝް ބަލާލިއެވެ. ވަގުތު އައިސް ޖެހުނީކަން އެނގުމުން ބޯޖަހާލަމުން ދާނިޝް ބަލާލީ ޔީޝާއަށެވެ. ގޮތް ނޭނގޭ ރިހުމެއް ހިތުގައި އުފެދުނެވެ. ދެލޮލަށް ތާޒާ ކަރުނަ ޖަމާވާ ކަމުގެ އިންޒާރު ދޭހެން ހީވުމުން ދާނިޝް އަވަހަށް ތެދުވިއެވެ.
ނަމަވެސް ދާނިޝް ހިނގައި ގަންނަން ވާއިރަށް ޔީޝާ އޭނާގެ އަތުގައި ހިފިއެވެ. ކީއްވެ ކަމެއް ހުދު ޔީޝާ އަކަށްވެސް ނޭނގުނެވެ. ދާނިޝް ދިޔަ ނުދިނުމަށް އޭނާގެ ހަވަ ހިއްސު ގޮވާލީ ކީއްވެ ކަމެއް ނޭނގެއެވެ. ލޮލަށް ތާޒާ ކަރުނަ ޖަމާވުުމާއެކު ޔީޝާއަށް ދާނިޝްގެ އަތަށް ބާރު ކޮއްލެވުނެވެ.
“އަހަރެން އަންނާނަން.. އައި ލަވް ޔޫ” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތް އޭނާގެ އަތުން ނައްޓުވާލިއެވެ. ޖުމްލައިގެ ފަހުބަސް ދާނިޝް އިއްވާލީ ނުހަނު މަޑުންނެވެ. ނަމަވެސް ވައިގެތެރެއިން އެ ތިން ލަފްޒު ޔީޝާގެ ކަންފަތާ ހަމައަށް ފޯރިއެވެ. ނުހަނު އަވަހަށް ޔީޝާ ބޯޖަހާލީ ދާނިޝް އޭނާ ދެކެ ލޯބި ވާވަރަށް ޔީޝާވެސް ދާނިޝްދެކެ ލޯބިވެޔޭ ބުނެލި ފަދައިންނެވެ.
ކޮޓަރިން ނުކުންނަމުން ދާނިޝް އަދި އެއްފަހަރު ޔީޝާއަށް ބަލާލިއެވެ. މިއީ އެސޫރަ ފެންނާނޭ އެންމެ ފަހު ފަހަރަށް ވެދާނޭ ކަމުގެ ބިރު ހީވާން ފެށީ އިންތިހާއަށެވެ. ޔީޝާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ލުއި ހިނިތުންވުމެކެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ދާނިޝްގެ ހިތް މިލްކު ކޮއްލި އެ ހިނިތުންވުމެވެ. ދާނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ.
“އައި ހޮޕް ހީ އިސް އޯކޭ.. އަހަރެންގެ ހިތަށް މިހާ އުނދަގޫ ވަނީ ކީއްވެ.. އަހަރެންގެ ހިތް ހާދަ ބިރުގަނޭ.. ދާނިޝް އަހަންނަށް ކަމެއް ސިއްރު ކުރަނީހެން ހީވަނީ ކީއްވެ..” ދާނިޝް ނުކުމެގެން ދިޔަތަން ބަލަން ހުރީރު ޔީޝާއަށް ރޮވޭ ގޮތްވިއެވެ. ދާނިޝްގެ ތުންފަތް މަތީ ހިނިތުންވުމެއް ވީނަމަވެސް އެދެލޯ ކިޔައިދެނީ އެހެން ވާހަކައެކެވެ. އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ބުނެދެނީ ދާނިޝްއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމެވެ. ނަމަވެސް ޔީޝާއަކަށް އެސުވާލު އަހާލާނޭ ފުރުސަތެއް ނުލިބުނެވެ.
ސިޓިން ރޫމަށް ދާނިޝް ނުކުތް އިރު ޔީޝާގެ އާއިލާއާ ވަލީދުގެ އިތުރުން އެތަނުގައި އެހެން ދެ ފިރިހެނުން ތިއްބެވެ. އެއީ ވަލީދުބެ ބުނެގެން ކިޔަވަން އައިސް ތިބި ދެ މީހުނެވެ. ދާނިޝް އެމީހުން ކައިރިއަށް ދިޔައިރު ވަލީދު ވާހަކަ ދައްކަނީ ރާޝިދާއަށެވެ.
“މިގޭގަ އެންމެ ބިއްދަށަށް.. ސިޓިން ރޫމާ އެންމެ ދުރުގަ ހުންނަނީ ކޮން ކޮޓަރިއެއް؟” ރާޝިދާއާ ދިމާއަށް ބަލާލަމުން ވަލީދު ސުވާލު ކުރިއެވެ.
“ޔުމްނާގެ ކޮާތރި އެންމެ ބިއްދަށުގަ ހުންނާނީ.. އެއީ ސިޓިން ރޫމާ ހަތަރު ކޮޓަރި ދުރުގަ..” ރާޝިދާ ބުނެލިއެވެ.
“އެހެންވީމާ ޔީޝާއާ ކަލޭމެން ތިން އަންހެނުން މަޑުކުރާނީ އެކޮޓަރީ.. ސިޓިން ރޫމުގަ ވާކަންތަކުގެ އަޑު ޔީޝާއަށް އިއްވާކަށް އަހަރެން ބޭނުމެއް ނޫން.. އަަހަރެން ނުބުނަނީހުން އެކަކުވެސް ނުނިކުންނާތި.. އަދި ވަކިން ޔީޝާ ނުނެރޭތި.. ޔީޝާ ނުކުންނަން އުޅުނަސް ޔީޝާ ނުކުތަ ނުދޭތި..” ވަލީދު ބުނެލިއެވެ.
“ފަންޑިތަ ކުރިއަށް ދާއިރު ޔީޝާ ހުންނާނީ ކޮޓަރީގަތަ..؟ މިބުނީ ޔީޝާއާ އަވަލައިގެން އުޅޭ ޖިންނިއެއް އަންދާލާއިރު ޔީޝާ..” ރާޝިދާގެ ހިތުގައިވި ސުވާލު ވަލީދުއަށް ދޭހަވިއެވެ.
“އެއީ ޔީޝާ ހަށިގަނޑުތެރޭ އުޅޭ ޖިންނިއެއް ނޫން.. އެހެންވީމަ ޖިންނި އަންދާލާއިރު ޔީޝާ ހުންނާކަށް ނުޖެހޭނެ.. އެހެން ނޫނަސް މިއީ ކަލޭމެންނަށް ބަލަން އެހާ ފަސޭހަ މަންޒަރަކަށްވެސް ނުވާނެ” ވަލީދު އެހެން ބުނުމުން ރާޝިދާ ބޯޖަހާލިއެވެ.
“ޔީޝާއަށް އެއްވެސް ކަމެއް ނުވާނެކަން ޔަގީންތަ..” ރާޝިދާ އަނެއްކާވެސް އަހާލިއެވެ.
“ނުވާނެ.. އެކަމު ކުޑަ އުނދަގޫތަކެއް ނުވާނެއެކޭ ނޫން.. އެކަމު ޔީޝާ އެ ކޮޓަރިން ނުނިކުންނަހާ ހިނދަކު ޔީޝާގެ ފުރާނައަކަށް ގެއްލުމެއް ނެތް” ވަލީދު ބުނެލިއެވެ.
ވަލީދުގެ ފަރާތުން ޔަގީންކަން ލިބުމުން ރާޝިދާ ޔީޝާގެ ކޮޓަރިއަށް ވަނެވެ. އަދި ވަލީދު ބުނި ފަދައިން ޔީޝާއާ އަފާ އަދި ޔުމްނާ ގޮވައިގެން ޔުމްނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރާ ކުޑަ ދޮރުތައް ތަނޑު އަޅުވާ ދޮރުފޮތިތައް ދެމިއެވެ.
“ކީއްވެ އަހަރެމެން މިކޮޓަރީގަ މިތިބެނީ.. އަހަރެން ބޭރަށް ނުކުންނާކަށް ނުޖެހޭނެތަ” ފަހަރަކު މީހަކު މޫނަށް ބަލާލަމުން ޔީޝާ އަހާލީ ހައިރާން ވެފައެވެ. ރާޝިދާ ޔީޝާއަށް ދިނީ ވަލީދު ދިން ޖަވާބެވެ.
“އެއީ ކީއްވެ؟ ވަލީދުބެއަށް ޒަބޫރިޝް އަންދާލެވޭނެ އެހެން ގޮތެއް ފެނުނީތަ؟” ޔީޝާއަށް ގަބޫލު ނުކުރެވޭ ފަދައަކުން އަހާލިއެވެ.
“މަންމައަކަށް ނޭނގޭ ދަރިފުޅާ.. ވަލީދުބެ ހުރިހާ އެއްޗެއްވެސް ކިޔާދެނީ ދަރިފުޅުގެ ބައްޕައަށް.. މަންމައަކަށް އެކައްޗެއްވެސް ނޭނގޭ.. އެކަމު ވަލީދުބެ އެބުނީނުން ދަރިފުޅަކަށް އެއްވެސް ގެއްލުމެއް ނެތޭ.. ދެންވެސް ރީތިކޮށް އޮށޭވެލާ އޮވޭ.. ދަރިފުޅަށް އެއްވެސް އުނދަގުލެއް ވަންޏާ މަންމަ ކައިރީ ބުނަންވާނެ” ރާޝިދާ އެހެން ބުނުމުން ޔީޝާ ހިތުތެރޭވި ސުވާލުތައް ހިންދާލިއެވެ. އޭނާގެ ސުވާލަށް ޖަވާބު ދެވޭނޭ މީހެއް އެތަނުގައި ނެތްއިރު ބައްޕަ ނޫނީ ދާނިޝް ފެންނާނެ ހިސާބަށް ނުކުތުންވެސް ވަލީދު ވަނީ މަނާ ކޮއްފައެވެ. އެހެން ކަމުން ގޮތް ދޫކޮއްފައި ޔީޝާ އެނދުމަތީ އޮށޯތެވެ.
“ދާނިޝް.. ދޭ ވުޟޫ ކޮއްލައިގެން އަންނަން..” ދާނިޝް ނުކުތުމާއެކީ ވަލީދު ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ޔައީޝް ވަލީދުއާ ދިމާއަށް ބަލާލާފައި ދާނިޝްއާ ދިމާއަށް އެނބުރުނެވެ. ނަމަވެސް ސުވާލެއް ނުކުރީ ދާނިޝްވެސް ކިޔަވަން އައިސް ތިބި މީހުނާ ބައިވެރިވާން އުޅެނީ އޭ ހީކޮށެވެ. ދާނިޝްގެ އެދުމަށް ޔައީޝް އޭނާއަށް ފާހާނައެއް ދައްކަން ދިޔައެވެ.
“މިހިރަ ސޯފާ އެކޮޅަށް ޖައްސާލާ.. ސިޓިން ރޫމުގަ ވީހާވެސް ޖާގަ ހަދާލިއްޔާ ރަނގަޅީ.” ޔާސިރުއާއި ކިޔަވަން އައިސް ތިބި ދެ ފިރިހެނުންނަށް މުހާތަބުކޮށް ވަލީދު ވާހަކަ ދެއްކިއެވެ. ވަލީދުގެ ބުނުމަށް ތިން މީހުން ވެގެން ސިޓިން ރޫމުގައި ތަން ހެދިއެވެ. އަދި ލޯގަނޑެއް ނޫނީ ފޮޓޯ ފުރޭމެއް ހުރިތޯ ބަލަން ފެށިއެވެ. އިންސާނުން އަދި ޖަނަވާރުންގެ ސޫރަ ހުރި އެއްޗެއް ވިއްޔާ ސިޓިން ރޫމުން ނަގަން ފެށިއެވެ. އެންމެ ފަހުކަމަށް ވަލީދު ބުނީ ބޮޑު ރަބަރު ކޮަތަޅު ތެރޭ އޮތް ދެ ޗޭނު ގަނޑުގެ އެއްކޮޅު ކުޑަދޮރުގެ ތޭރީގައި ހަރު ކުރުމަށެވެ. ޔާސިރު އިސްވެ ޗޭނުގަނޑު ހަރުކުރީ ނުހަނު ވަރުގަދައަށެވެ. ނަމަވެސް ރޫހާނީ ބާރަކަށް އެ ފުނޑާ ނުލެވޭނޭ ކަމާމެދު ޔާސިރުއަށް ޝައްކެވެ.
” ޔާސިރު.. މިހިރަ ފޮތިގަނޑު ގެންގޮސް ކުޑަދޮރު ކައިރީ ބިންމަތީ އަޅާ.. ދޮރު ފޮތިގަނޑުވެސް ދަމާލާތި” ސޯފާގައި އިން ހައްވާދީ ބުނެލިއެވެ. ހައްވާދީގެ އެހީއެއް ވަލީދު ބޭނުން ނޫން ކަމުގައި ބުނެފައި ވީނަމަވެސް ހައްވާދީ މިރޭ އެކަމުގައި ބައިވެރިވާން ބޭނުންވީ ޒަބޫރިޝް އަންދާލާތަން އެންމެ ކައިރިން ބަލަން ބޭނުން ވާތީއެވެ.
“ޔާސިރުމެން ތިބޭނީ މިތާ ފަހަތުގަ.. އަހަރެން ބުނީމަ ކިޔަވަން ފަށާނީ.. އަދި އަހަރެން އިޝާރާތެއް ނުދެނީހުން ހުއްޓާ ނުލާތި” ފަހަރަކު މީހަކު މޫނަށް ބަލަން ހުރެ ވަލީދު ބުނެލިއެވެ. އަދި ދާނިޝްއަށް އިޝާރާތް ކޮއްލާފައި ކައިރިއަށް އައުމަށް ބުނެލިއެވެ.
“މިދުއާ ކިޔާ.. އަދި ގަމީސް ބާލާފަ އެއޮތް ރަޖާ ގަނޑުމަތީ އޮށޯވޭ.. ބޭބެ ބުނާނަން ކަން ކުރަންވީ ގޮތް” ވަލީދު އެހެން ބުނުމާއެކު އެންމެންގެ މޫނުމަތީ ސުވާލުމާކެއް ޖެހުނެވެ.
“ވަލީދު.. އެކުއްޖާއަށް އެނގޭތަ މިއީ ކިހާވަރެއްގެ ކަމެއްކަން.. އޭނައަށް އެނގޭތަ މިކަމުގަ ސަލާމަތްވުމުގެ އެއްވެސް ޔަގީންކަމެއް ނެތްކަން.. ޒަބޫރިޝް މަރުވާ ވަގުތު އެ ހަށިގަނޑު ދޫ ނުކޮއްލާފިއްޔާ ވާނެގޮތް އެނގޭތަ؟” ހައްވާދީ ބުނެލިއެވެ.
“އަޅުގަނޑަށް އެނގޭ… މިކަމުގަ އަޅުގަނޑުގެ އެއްވެސް ރައްކާތެރިކަމެއް ނެތްކަން އެނގޭ. އެކަމަކާެކަމަކެއް ނެތްކން އެނގޑުގެ ސަލަ އަޅުގަނޑުގެ ފަރުވާލެއް ނެތް.. މަރު އެއީ ކޮންމެ މީހަކަށްވެސް ޔަގީން ވާ އެއްޗެއް.. މިއަދު ނޫނީ މާދަމާ އެއާ ބައްދަލު ވާނެ.. އަޅުގަނޑުގެ ދުވަހަކީ މިއީ ނަމަ އެކަމާ އިތުރު ބަހުސްއެއް ކުރުމެއް ނެތް..” ދާނިޝް އެހެން ބުނެލީ ވަރަށް ހަރު މީހެއް ހެނެވެ. ދާނިޝްގެ މޫނުމަތީވަނީ ސާބިތުކަމެވެ.
“ދާނިޝް.. ކީކޭ ތިކިޔަނީ؟ އެހެން މީހުން ކައިރީ ބުނެނުލާ ތިހާ ބޮޑު ޑިޒިޝަންއެއް ތިނެގީ.. ޔީޝްއަށް އިނގޭތަ؟” ޔައީޝް އެހެން ބުނެލީ ނުރުހުންވެ ހުރެއެވެ.
“ޔީޝް އަކަށް ނޭނގޭނެ.. އެކަމު ޝީ ވިލް އަންޑަސްޓޭންޑު.. ޔީޝް ކައިރި ބުނޭ.. ދެޓް އައި ހޭވް ނޯ ރިގްރެޓްސް” ދާނިޝް އެހެން ބުނުމާއެކު ޔައީޝްގެ ހިތް ބަރުވިއެވެ. އަމިއްލަ ކޮއްކޮއަށް މިވަރުގެ ބޮޑު ގުރުބާނީއެއް ވާން ޔައީޝްގެ ހިތަށްވެސް އަރުވާ ނުލީރު ދާނިޝް އެފަދަ ކަމަކަށް ތައްޔާރުގާ ހުރުމުން ޔައީޝް ލަދުގަތެވެ. ޔައީޝް ކިތަންމެ ވަރަކަށް އުޅުނަސް ދާނިޝްއަށް ވުރެ ހިތްވަރުގަދަ ނުވެވޭނޭކަން ޔަގީންވިއެވެ.
“ދާނިޝް.. ތިއީ ހިތްވަރުގަދަ ކުއްޖެއް.. ތިހާ ހިތްވަރުގަދަަ ކުއްޖެއް ބޭބެ ދުވަހަކުވެސް ނުދެކެން.. އިންޝާﷲ އެއްވެސް ދެރަކަމެއް މިންވަރު ނުކުރައްވާންދޭ” ދާނިޝްގެ ކޮނޑުގައި ހިފާލަމުން ޔާސިރު ބުނެލިއެވެ. ދުލުން ނުބުނި ނަމަވެސް ޔާސިރުގެ ހިތުގައި ދާނިޝްއަށް ވަނީ ސުކުރާއި އިޙްތިރާމެވެ.
“ދާނިޝް.. ވަގުތު ކުޑަތަން ވަނީ.. ހިޔާލު ބަދަލު ކުރަން ބޭނުން ނަމަ މިއީ އެންމެ ފަހު ފުރުސަތު..” ހައްވާދީ ބުނެލިއެވެ. ދާނިޝް ހައްވާދީއާ ދިމާއަށް ބަލާލާފައި ނޫނެކޭ ބުނާފަަދައިން ބޯ ހޫރާލިއެވެ. އަދި ވަލީދު ބުނިހެން ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ބިންމަތީ ފަތުރާފައި އޮތް ރަޖާ މަތީ އޮށޯތެވެ.
“ދެލޯ މަރާލާ.. އިރުކޮޅަކުން ދާނިޝްއަށް ނިދޭނެ.. އޭރުން ޒަބޫރިޝްއަށް ދާނީޝް ގަޔަށް ވަނުމަށް ފަސޭހަވާނީ” ދާނިޝް ކައިރީ ދެކަކޫ ޖަހަމުން ވަލީދު ބުނެލިއެވެ. އަދި ދާނިޝްގެ ނިތް ކުރިމަތީ އަތް ބާއްވާލުމަށް ފަހު ތުން ތަޅުވާލިއެވެ. ވަލީދު ބުނިފަދައިން ދާނިޝް ފުން ނިދީގެ ތެރެއަށް ގެނބިގެން ދާން ފަސް މިނެޓުވެސް ނުނަގައެވެ. ވަލީދު ތެދުވީ ދެނެވެ.
“ބޮޑު ދޮރު ފިޔަވާ ގޭގެ އެހެން ހުރިހާ ދޮރުފަތެއް ތަޅުލެވިފަ ހުރިތޯ ޔަގީން ކުރޭ.. ” ވަލީދު ކުރި އަމުރާއެކު ޔާސިރުމެން ހިނގާގަތެވެ. އޭރު އެންމެންގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ކަންފަތްތައް ހުޅުވައި ކަނުލާ އަޑުއަހަން ތިބީ ވަލީދުގެ ބަހަށެވެ.
“ހުރިހާ ދޮރެއް ތަޅެލެވިފަ ހުރީ.. ފެން ލައިޓުތަށްވެސް” ޔާސިރު ބުނެލިއެވެ.
“ރަނގަޅު.. ޔާސިރު ކޮށްދޭން ޖެހޭ ކަމެއް އެބަ އޮތް.. ޔާސިރު މަޑުކުރަންވީ ބޮޑު ދޮރު ކައިރީ.. އަހަރެން ބުނީމަ ދޮރު ލައްޕަދޭން.” ވަލީދު ބުނެލިއެވެ. ވަގުތުން ޔާސިރު ބޯޖަހާލިއެވެ.
ތައްޔާރީތަކުގެ އެންމެ ފަހުކަމަކަށް ވަލީދު ބުނީ ކުޑަދޮރުގައި އަޅުވާފައި ހުރި ޗޭނުގެ އަނެއް ކޮޅު ދާނިޗްގެ ދެއަތުގައި އެޅުވުމެވެ. ފަސްޖެހިފައި ހުރެވެސް ޔައީޝްއާއި ޔާސިރު ގޮސް ދާނިޝް ހިލިހިލާ އެޅުވިއެވެ. އެއަށްފަހު އެމީހަކު ހުންނަން ވަލީދު ބުނެފައިވާ ތާކަށް އެމީހަކު ދިޔައެވެ.
ދާނިޝް އަށް ވުރެ 3 ވަރަަށް ފޫޓު ދުރުގައި ގަދަޔަށް އަލިފާން ހިފާނޭހެން ހިކި ދަރާއި ކުނޑި އަޅާފައި ހުރި ޑަބިޔާ ކުރިމަތީ ވަލީދު އިށީނެވެ. ކައިރީ އަތުރާފައި ހުރި އެއްޗެހިތަކު ތެރެއިން ސާފު ތެޔޮ އަޅާފައި ހުރި ކުޑަ ފުޅި ވަލީދު ނެގިއެވެ. ދަރުތަކު މައްޗަށް ސާފުތެޔޮ ކޮޅެއް ޖަހާލުމަށްފަހު ލައިޓަރުން ރޯކޮއްލި ކަރުދާސްގަނޑު ޑަބިޔާ ތެރެއަށް ލިޔެވެ. ގަދަ ހުޅާއެކު ދަރުތައް އަނދާގަތެވެ. ހުޅުގަނޑު އިތުރަށް ބޮޑުވާން ވާއިރަށް ވަލީދު އެޔަށް ފެންފޮދެއް ޖެހިއެވެ. އޭނާއަށް އޭގެ ކައިރީ އިންނަން ފަސޭހަވާ ވަރަށް ހުޅުގަނޑު ބެހެއްޓުމަށްފަހު ވަލީދު ނެގީ ކުނޑި މުށެކެވެ. ކުނޑިމުއް އަލިފާނަށް ޖެހުމާއެކު ހިކި ފަތްތަކެއް އަނދައިގެން ދިޔަ ފާޑު އަޑަކާއެކު ނޭފަތަށް އުނދަގޫ ވާފަދަ ވަހެއް ދުވަން ފެށިއެވެ.
ވަލީދުގެ އިޝާރާތާއެކު ސިޓިން ރޫމުގައި ގުގުމާލީ ކިޔެވުމުގެ އަޑެވެ. ނިދީގެ އާލަމުގައި އޮތް ދާނިޝްއަށް ބަލާލަމުން ޒަބޫރިޝް ގެނައުމުގެ މަސައްކަތް ވަލީދު ފެށިއެވެ. ކިޔަވަން ތިބި މީހުންގެ އަޑަށް ވުރެ ބާރަށް ވަލީދު ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ. ވަލީދު އެ ކިޔަވަނީ ކޯއްޗެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް އެމީހުންގެ ލޯތައް އިރު އިރުކޮޅާ ދާނިޝްއަށް އަދި ވަލީދުއަށް ހުއްޓިލައެވެ.
ހުއްޓުމެއް ނެތި ވަލީދު ކިޔަވަމުން ދާތާ ފަނަރަ މިނެޓު ވޭތުވެއްޖެއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ވަލީދުގެ ކިޔެވުމުން އެއްވެސް އަސަރެއް ފެންނާނޭ އިރަކަށެވެ. ނަމަވެސް މިނެޓަކަށް ފަހު މިނެޓެއްގައި އެމީހުންގެ ހިތަށް މާޔޫޝް ކަން ވެރިވާން ފެށިއެވެ. ޒަބޫރިޝްގެ އެއްވެސް ހިލަމެއް ނުވެއެވެ. ވަލީދުވެސް މިހާރު ކަންބޮޑުވާން ފަށައިފިއެވެ. އެހެން ކަމުން ވަލީދުގެ ކިޔެވުން އިހުނަށްވުރެ ބާރުވެގެން ދިޔައެވެ. އަދި ކައިރީ ހުރި ކޮތަޅުތަކު ތެރެއިން ބޮނބި ކުނޑިހެން ހުރި ތެތް ކުނޑި މުށެއް ނަގާ އަލިފާންގަނޑު ތެރެއަށް އަޅާލިއެވެ. އެއާއެކު އެންމެންގެ ކަންފަތްތަށް ބަށްވެގެން ދިޔައީ އިވުނު ބާރު އަޑުންނެވެ. ހީވީ ބޮޑު ގަހެއް ކަނޑާލާ ފުރާޅު މައްޗަށް ވައްޓާލިހެނެވެ. އެ ބާރު އަޑާއެކު މުޅި ހިސާބުން ކަރަންޓު ހިނގައްޖެއެވެ.
“މަންމާ!!” އެނދުމަތީ އޮތް ޔީޝާއަށް ބިރުން ހަޅޭ ލަވައި ގަނެވުނެވެ.
“މަންމަ މިހިރީއޭ.. މަންމަމެން އެބަތިބީމޭ” ޔީޝާގެ ގައިގައި ހިފަހައްޓާލަމުން ރާޝިދާ ބުނެލިއެވެ.
“ކަރަންޓު ދިޔައީތަ؟” ފޯނުން ބައްތި ދިއްލާލާފައި ސްވިޗުތަކާ ދިމާއަށް ދަމުން އަފާ އަހާލިއެވެ.
“ނޫން.. ޒަބޫރިޝް.. ޒަބޫރިޝް އައީ ކަންނޭނގެ.. އޭނަ މިތަނަށް އަތުވެއްޖެ” ޔީޝާ އެހެން ބުނެލީ ރާޝިދާގެ އަަތަށް ބާރުކޮށްލަމުންނެވެ.
“ދަރިފުޅާ ބިރު ނުގަނޭ. އޭނައަކަށް ދަރިފުޅަކަށް އެއްވެސް ކަމެއް ނުކުރެވޭނެ” ޔީޝާގެ ގައިގާ ބައްދާލާފައި ރާޝިދާ ބުނެލިއެވެ.
“މަންމާ އަހަރެން ވަރަށް ބިރުގަނޭ..” މަންމަގެ އުނގުތެރޭ ފޮރުވިލަމުން ޔީޝާ ބުނެލީ ކުޑަ ކުއްޖެއް ފަދައިންނެވެ.
“ބިރު ނުގަނޭ.. ވަލީދުބެ ބުންޏޭނުން ދަރިފުޅަކަށް އެއްވެސް ކަމެއް ނުވާނޭ” ޔީޝާ ހަމަ ޖައްސައި ދެވޭތޯ ޜާޝިދާ އުޅުނެވެ.
“އަހަރެން ބިރު ގަންނަނީ އަހަންނަށް ކަމެއް ވެދާނީތީކީ ނޫން.. އަހަރެންގެ ހިތަށް އުނދަގޫ ގޮތް ތަކެއް ވަނީ.. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ ބިރު ހީވަނީ.. ކިހިނެއްބާ މިވަނީ.. އަހަރެންގެ ހިތް މިހާ ބިރުގަންނަނީ ކީއްވެ. ދާނިޝްއާ ދޭތެރޭ ފިކުރު ކުރެވެނީ ކީއްވެ.. ދާނިޝް ކައިރީ ކޮޓަރީގަ މަޑުކުރާށޭ ބުނެވުނު ނަމަ… ދާނިޝް އެހާ ހާސްވެފައި ހުރި ސަބަބު އަހާލެވުނު ނަމަ” ރާޝިދާގެ އުނގުމަތީ ބޯއަޅާލައިގެން އޮތް އިރު ޔީޝާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މޭގައި އަތް އަޅާލައިގެން އޮތް އިރު އޭނާގެ ސިކުނޑި ނުބައި ވަހުމް ތަކުން ފުރެނީއެވެ.
އާދައިގެ ވަރަކަށް ޖެެމުން ދިޔަ ވައި ބާރުވެ ވިއްސާރައިގެ ކުލަތައް ދުނިޔެ ވަށާލީ ކުރިއަށް އޮތް ބޮޑު ތޫފާނުގެ ރަތް ސިގްނަލްއެއް ދިން ފަދައިންނެވެ. ހުޅުވާފައި ހުރި ބޮޑުދޮރުން އެ ތޫފާނުގެ އަސަރު ގޭތެރެއަށްވެސް ކުރަންފެށިއެވެ. ޔާސިރުއަށް ބަލާލާފައި ސަމާލުވެ ހުރުމަށް ބުނެ ވަލީދު އަނެއްކާވެސް ކިޔެވުމުގެ ބާރު ގަދަވިއެވެ. ވަލީދުގެ އަޑު ބާރުވި ވަރަކަށް ޖެހެމުން ދިޔަ ވައިވެސް ހައްތަހާ ވަނީ ގަދައެވެ. ހީވަނީ ދެމީހުން އެކަކު އަނެކަކުގެ ބާރު ދައްކުވާ ދެނީ ހެނެވެ.
“ޔާސިރު! ދޮރު ލައްޕާ” ކުއްލިއަކަށް ވަލީދު އެހެން ބުނުމުން ޔާސިރު ސިހުނެވެ. އަވަހަށް ދޮރު ލައްޕަން އުޅެގަތެވެ. ނަމަވެސް ޔާސިރުއަށް ތަޅުގައި ހިފެން ވާއިރަށް “ޕައް” ކިޔާފައި ދޮރުފަތް ލެއްޕުނެވެ. ބިރުގަތް ވަރުން ޔާސިރު ނުވެއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް އައިސް ޔައީޝްމެން ކައިރީ އިށީނެވެ.
ދޮރު ލެއްޕުމުންވެސް ގޭތެރެއަށް ތުފާނުގެ އަސަރު ކުރަމުން ދިޔައެވެ. ގަދަ ވަޔަށް ސިޓިން ރޫމުގައި ހުރި އެއްޗެހިތަށް އެގޮތް މިގޮތަށް ހޫރެމުން ދިޔައެވެ. ވަލީދު މެނަށްވެސް ބިންމަތީ އިށީންދެ ތިބެވެނީ ކިރިޔާއެވެ. ދެލޯ ހުޅުވާނުލެވިފައި ކިޔަވަން ތިބި މީހުންގެ އަޑުވެސް މަޑުވެއްޖެއެވެ. ނަމަވެސް ވަލީދު ކިޔެވުމުގެ އަޑު ބާރުކުރާށޭ ބުނުމުން އެމީހުން ބާރަށް ކިޔަވަން ފެށިއެވެ.
“ޒަބޫރިޝް!!! ކަލޭ މައިތިރިވޭ!! ކޮންމެހެން އަހަންނަށް ކަލޭގެ ވަރުގަދަކަން ދައްކަން އުޅޭނެ ކަމެއް ނެތް..” ވަލީދުގެ އަޑުގައިވީ ހަރުކަށިކަމެވެ.
“އަހަރެންގެ ބަހަށް ކިޔަމަންވޭ.. މިއަދު އަހަރެން ބުނާގޮތް ހެދުން ނޫން ގޮތެއް ކަލެއަކަށް ނެތް.. ކަލޭގެ ބާރު ކިތަންމެ ވަރަކަށް ދެއްކިޔަސް އަހަންނެއް ބިރެއް ނުގަންނާނެ” ވަލީދު އެހެން ބުނުމާއެކު ސިޓިން ރޫމުގައި ގުގުމާލީ ޒަބޫރިޝްގެ ހުނުމުގެ އަޑެވެ. ޒަބޫރިޝްގެ އަޑާއެކު ސިޓިން ރުމުގައި އެނބުރެމުން ދިޔަ ތޫފާން ހުއްޓުމަކަށް އައެވެ. އަދި ރޯކޮއްފައި ހުރި އަލިފާން ގަނޑުގެ ހުޅު ގަނޑު ކުޑަވިއެވެ. އެއާއެކު ގޭތެރޭގައި ހުރި ހަމައެކަނި އަލިކަންވެސް މަޑުވެގެން ދިޔައެވެ. މުޅިތަން އަނދިރި ވެގެން ދިޔަވަތުގު އެންމެންގެ ކަންފަތުގައި ޖެހުނީ ދާނިޝްގެ އަތުގައި އަޅުވާފައި އޮތް ޗޭނުގަނޑު މުށިގަނޑުމަތީ ޖެހުނު އަޑެވެ. އެއާއެކު ހައްވާދީއަށާ ވަލީދުއަށް އެކަކު އަނެކަކު މޫނަށް ބަލާލެވުނެވެ. ހުޅުގަނޑު ނިވެން ވާއިރަށް ވަލީދު އަވަހަށް ސާފު ތެޔޮކޮޅެއް ޖަހާލިއެވެ. ބަޑިޖަހާފައި ހުޅުގަނޑު އަރައިގެން ދިޔުމުން ހުދު ވަލީދުއަށްވެސް ފަހަތަށް ޖެހިލެވުނެވެ. އަދި އިޝާރާތުން ޔާސިރުމެން ކައިރީ ކިޔެވުން ހުއްޓާލުމަށް ބުނެލިއެވެ
“ޒަބޫރިޝް.. ކަލޭ އޮތް ތާކުން ނުކުމޭ” ދާނިޝްއާ ދިމާއަށް ބަލަން ހުރެ ވަލީދު ބުނެލިއެވެ. ވަލީދު އެހެން ބުނެލުމާއެކު ދަނިޝް އަތް ތަޅުވާލިއެވެ. މަޑުމަޑުން އޭނާގެ އަތުގެ ކުޑަހުޅުގައި އައްސާފައިވާ ޗޭނުގަނޑު މުށުތެރެއިގައި ހިފަހައްޓާލިއެވެ. ދާނިޝް ހަރަކާތް ކުރާތަން އެންމެނަށްވެސް ފެނުނެވެ.
އެންމެން ބަލަހައްޓާއިގެން ތިއްބާ ދާނިޝް މަޑު މަޑުން ދެލޯ ހުޅުވާލިއެވެ. ދެން ފެންނަން ފެށި މަންޒަރުން އެންމެންގެ ނޭވާ ހުއްޓުމަކަށް އައެވެ. ދާނިޝް ފުން ނޭވާތަކެއް ލާން ފެށިއެވެ. ބޯ މައްޗަށް ޖަހާގެން އޮތް އިރު ދާނިޝްގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. އަތާއި ފައި ނުއަތަށް އެނބުރެމުން ދިޔައިރު ދާނިޝްގެ މެދުހަށިވެސް ތަޅުންގަނޑު މަތިން ވަނީ ހިއްލިފައެވެ. ދާނިޝްގެ މޫނަށާ ކަރަށް ވަނީ ނާރުތައް ފުފިފައެވެ. މުޅި މޫނު ރަތް ވެފައި ވާއިރު ނާރުތަކުގައިވަނީ މަޑު ދަނބު ނޫކުލައެކެވެ. ހީވަނީ އޭނާގެ ނޭވާ ހޮޅި ބެދިފައި ވުމުން ބޮލަށް ލޭކުލަ އަރަނީ ހެނެވެ.
ދާނިޝްއާ ނަޒަރު ވަކިކޮށް ނުލާ ހުރެ ވަލީދު މަޑުމަޑުން ކިޔަވަން ފެށިއެވެ. މިފަހަރު ވަލީދު އެކިޔަވަނީ ގުރުއާނުގެ އާޔަތްތަކެއްކަން އެންމެނަށްވެސް އެނގުނެވެ. ނަމަވެސް އެޔަކަށް ފަރުވާލެއް ދޭނެ އެކަކުވެސް ނެތެވެ. އެންމެންވެސް ތިބީ ދާނިޝްއަށް ވާގޮތަކުން ކަންބޮޑުވެފައެވެ.
ވަލީދުގެ ކިޔެވުން ބާރުވިތަނާ ކުއްލިއަކަށް ދާނިޝްގެ ހަށިގަނޑު ތަޅުންގަނޑު މައްޗަށް ދެމުނެވެ. އަދި ޖެހިލި ވައިރޯޅިއާއެކު ދޮރު ފޮތިގަނޑު ހެލުނުތަން ފެނުނެވެ. ވައިރޯޅިއެއް ވަންނާނޭ މަގެއް ނެތްއިރުވެސް އިރު އިރުކޮޅާ ގޭތެރެއަށް ފިނިވެ ވައިޖެހޭތީ އެންމެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެ ވައިރޯޅިން ރޯކޮއްފައި ހުރި އަލިފާން ގަނޑުވެސް އެއްކޮށް ނިވި މުޅިތަނަށް ކަނު އަނދިރިކަން ވެރިވިއެވެ.
“ޔާސިރު.. ފޯނު ބައްތިން އަލިކޮއްލަބަލަ” އަނދިރީގެ ތެރެއިން އެއްޗެއް ސާފު ނުވުމުން ވަލީދު އެދުނީ ޔާސިރުގެ އެހީއަކަށެވެ. ވަލީދު ބުނި ބަސްމަތީ ޔާސިރު ޖީބުން ފޯނު ނަގާ ބައްތި ދިއްލާލިއެވެ. ފޯނުގެ ބައްތި އެންމެ ފުރަތަމަވެސް ޔާސިރު އަޅުވާލި ދަނިޝް އޮތް ދިމާއަށެވެ. ބިންމައްޗަށް ދެމިފައި އޮތުމުގެ ބަދަލުގައި ދާނިޝް ކޮޅަށް ހުރިތަން ފެނުމުން އެންމެން ބިރުގަތެވެ. ހައްޔަރު ކުރެވިފައިވާ ދެއަތް ތިރިއަށް ދުކޮއްލާގެން ދާނިޝް ހުރީ އިސްޖަހަގެނެވެ. އޭރުވެސް ދާނިޝް ފުން ނޭވާލަމުން ދިޔައިރު އޭނާގެ މޭ ފުފެމުން ދިޔައެވެ.
އަވަސް ހަރަކާތުގައި ވަލީދު ކަރުދާސްގަނޑެއް ރޯކޮއްފާ ސާފުތެޔޮ ޖަހާފައި ހުރި ޑަބިޔާ ތެރެއަށް ލިޔެވެ. ހުޅުގަނޑު ދިއްލުމުން އަނެއްކާވެސް ކުރިން ހުރި އަލިކަން ސިޓިން ރޫމަށް ވެރިވިއެވެ.
“ޒަބޫރިޝް ކަލޭ ތިހިރީ އަހަރެންގެ މުށުތެރޭ ހައްޔަރު ވެފައިކަން ހަނދާން ނައްތާ ނުލާތި.. އޮޅިގެންވެސް ދާނިޝްއަށް އަނިޔާއެއް ދޭން އުޅެފިނަމަ އަހަންނަށް ކަލޭ އަނދާލެވޭނެކަން ހަނދާން ކުރާތި.. އަހަރެން ކޮންމެހެން ކަލޭ އަންދާލާކަށް ނޫޅެން.. އަހަރެން މިކަން ހައްލު ކުރަން ބޭނުމީ ސުލްހަ ވެރިކޮށް.. ކަލޭގެ މިކުޅިގަނޑު ފެށުނީ ހައްވާދީ އާ ހުރެއޭނުން.. އެހެންވީމާ ޔީޝާއަށާ ދާނިޝްއަށް އުނދަގޫކުރާކަށް ކަލެއަކަށް ނުޖެހޭ.. ކަލެއަށް އަނިޔާވެރިވީ އެމީހުނެއް ނޫން..” ވަލީދު ބުނެލިއެވެ. ވަލީދު ވާހަކަ ދެއްކުމުންވެސް ޒަބޫރިޝް އެހުރި ގޮތަށް ހުރީއެވެ.
“ކަލެއަށް މަ މިކިޔާ އެއްޗެއް އެބަ އިވޭތަ..؟ މިރޭ ކަލެއަށް އޮތީ ދެގޮތް.. އެއީ ކަލޭގެ ބަލި ގަބޫލުކޮށް ޔީޝާ ދޫކޮއްލުން ނޫނީ އަހަރެންގެ އަތުން މަރުވުން.. އެތަނުން ކަލެއަށް މޮޅުވާނީ އަހަރެން ބުނާ ގޮތް ހެދުން” ވަލީދު އަނެއްކާވެސް ބުނެލިއެވެ. ވަލީދުގެ ޖުމްލަ ނިމުމާއެކު ޒަބޫރިޝް ހޭންފެށިއެވެ.
“އަހަރެން ހީކުރީ ހައްވާދީ އެކަނި ކަމަށް މޮޔައީ.. އެކަމު ކަލޭމެން ހުރިހާ އިންސާނުންނަކީވެސް މޮޔަ ބައެއް.. ހަހަ.. ކަލޭ އަހަރެން ގަދަކަމުން މިތަނަށް ގެނެސް މިހިރަ އިންސާނާ ގަޔަށް ވައްދާފަ ތިބުނަނީ މިއިންސާނާއަށް ގޮތެއް ނަހަދާށޭ.. އަހަރެންގެ އާއިލާ ނައްތާލި މީހަކީ ހައްވާދީއަށްވިއަސް ކަލޭމެން ހުރިހާ އިންސާނުންނަށް އަހަރެން ނަފްރަތު ކުރަން.. އިންސާނުންނަށް ހަލާކު ހުރި.. ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން.. އަހަރެންގެ ހުރަހަކަށްވާ ކޮންމެ އިންސާނެއްގެ ދުވަސް ދުއްވާލާނަން..” ކުރިމަތީ ހުރި ދާނިޝް އަށް ބަލަން ހުރީރު އެންމެންގެ ހިތުގައި ބިރުވެރިކަން ވިއެވެ. އެމީހުންގެ ލޮލަށް ފެންނަނީ ދާނިޝް ނަމަވެސް އެއީ މިހަރު ޒަބޫރިޝްކަން އެމީހުނަށް އެނގޭތީއެވެ.
“ކަލެއަށް ޔީޝާ ކުރީ ކީއް؟ ކަލޭގެ ބޭނުމަކީ ކޮންމެހެން ކަލޭގެ އާއިލާއަށް ބަދަލު ހިފާދިނުމެއް ނޫން.. އެކުއްޖާއާ އަވަލާގެން ތިއުޅެނީ އެކުއްޖާގެ ފަރާތުން އެހެންކަމެއް ބޭނުންވެގެން.. ކަލޭ ކުރާ ކޮންމެ ކަމެއް އެއީ ބަދަލު ހިފަންށޭ ކިޔައިގެން އުޅުނަކަސް ކަލޭގެ ނިޔަތް މަށަށް ވަރަށް ސާފު.. އަހަރެން ކަލެއަށް މިކުރަނީ އަމުރެއް.. ޔިޝާ ފަހަތުން އުޅުން ހުއްޓާލާ ނޫނީ މިރޭ މިއީ ކަލޭގެ އެންމެ ފަހު ރޭ.” ވަލީދު އެހެން ބުނުމުން ޒަބޫރިޝް ފަހަތަށް ފިޔަވަޅެއް ނަގާލިއެވެ.ގެ މެކީ ނޫން.. އަހަރެންގެ މެޔަސ ސަލު. ޝިރިވެގެން ދިޔުމުން ޔީޝާޔ ެން ވަލީދުއާ ދިމާއަށް ބަލަހައްޓައިގެން ހުރީރު އެ މޫނުމަތީ ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެންމެންގެ ލޯކުރިމަތީ ޒަބޫރިޝް ކުޑަ މަކުނެއްހެން ފާރުގައި ތަވްވެގަނެފައި ލަސްލަހުން މައްޗަށް އަރަން ފެށިއެވެ. ސީލިންގާ ހަމައަށް ޒަބުރިޝް އަރައިގެން ދިޔައިރުވެސް އޭނާ ހުރީ ވަލީދުއާ ކުރިމަތި ލައިގެނެވެ.
“ޔީޝާ އެއީ އަހަރެންގެ ހައްގެއް.. އެއީ ހައްވާދީގެ ފުރާނައިގެ ބަދަލަށް އަހަންނަށް ދީފައިވާ އަގު.. ޔީޝާ އަހަންނަށް ދިނީ ހައްވާދީ.. އަހަރެންގެ ހައްގަށް އަރާ ގަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަން” ޒަބޫރިޝް އެހެން ބުނުމުން ހައްވާދީ ފުންމައިގެން ތެދުވިއެވެ.
“ކަލޭ ހަގީގަތެއް ނެތް ވާހަކަ ދައްކާނެ ކަމެއް ނެތް.. އަހަރެން ދިނީމައެއް ނޫން އެކުއްޖާ ފަހަތުން ކަލޭ އުޅެން ފެށީ.. ކަލޭ ތިއުޅެނީ ހަގީގަތް އޮޅުވާލަންށޭނުން.. ކަލޭ ހަދާ ދޮގުތަކެއް އަޑުއަހާނެ މީހެއް މިތާކު ނެތް” ހައްވާދީހައްވްއް އަޑުއަޙާނެ މިހެއް މިޓާ މައްޗަ ތެދުވެ ޒަބޫރިޝްއާ ދިމާއަށް ދަމުން ބުނެލިއެވެ.
“ހައްވާދީ މަޑުން ހުރޭ.. އޭނަ އެ މަސައްކަތް ކުރަނީ އަހަރެމެންގެ ސިކުނޑީއާ ކުޅެލަން.. އޭނަ ބުނާހާ އެއްޗަކަށް ތިހެން ރުޅިއައުމަކުން އޭނާގެ ވާހަކައެއް ނުހުއްޓޭނެ.. އޭނާ ދައްކާ ވާހަކައިން ކަލެއަށް މަޑުން ނުހުރެވޭނެ ކަމަށް ވަންޏާ އަހަންނަށް ރަނގަޅީ ހައްވާދީވެސް މިތަނުން ދިޔައްޔާ” ހައްވާދީއަށް ނުރުހުމުގެ ނަޒަރެއް ދެމުން ވަލީދު ބުނެލިއެވެ. ވަލީދު އެހެން ބުނުމުން ހައްވާދީ އެނބުރި އޭނާ ހުރިތަނަށް އައެވެ.
“ކީއްވެ ތި ދިޔައީ؟ މޮޅިއްޔާ އާދެބަލަ އަހަރެންނާ ހިސާބަށް.. ކަލޭ ކިތަންމެ ގަދަ ދައްކާ އުޅުނަސް ތިއީ ނިކަމެތި އިންސާނެއް.. ކަލޭގެ ފިނޑި ކަމުންނޭނުން އަހަރެން އަނދާލަން ނުކެރުނީ.. ޔީޝާގެ ގައިގަ ތަވީދު އަޅުވާފަ ދޫކޮއްލީ އަވަހަށް މިކަމުން ބޯ ދަމާ ގަންނާށޭނުން” ޒަބޫރިޝް އަނެއްކާވެސް ބުނެލިއެވެ.
“ކަލޭ ބޭކާރު ވާހަކަ ނުދައްކާ.. ހަމަ މިހާރު ތިރިއަށް ފާބާ.. އަހަރެން އަނެއްކާވެސް މިބުނަނީ.. ކަލެއަށް އޮތީ އެންމެ ދެގޮތް.. ޔީޝާ ދޫކޮއްލާނީހޭ ނޫނީ..”
“ތިއިން އެއްކަމެއްވެސް ނުކުރާނަން.. އަހަރެން ޔީޝާ ދުލެއްވެސް ނުކޮއްލާނަން.. އަދި ކަލެއަކަށް އަހަންނަށް އެއްވެސް ގޮތެއް ނެހެދޭނެ” ވަލީދު ބުނަން އުޅުނު އެތި މެދު ކަނޑާލާފައި ޒަބޫރިޝް ހަޅޭލަވައިގަތެވެ. އަދި ވަލީދުއާ ދިމާއަށް ފުންމާލިއެވެ. ނަމަވެސް ވަލީދު އެހުރި ފިޔަވަޅުމަތީ ހުރީއެވެ. ޒަބޫރިޝް ފުންމާލި ވަގުތު އަތުގައި އަޅުވާފައި އޮތް ޗޭނު ގަނޑަށް ވާންވިއެވެ. ބިންމަތީގައި ޖެހުމުގެ ކުރިން އޭނާ ދުރަށް ވިއްސައިގެން ދިޔައީ ބާރު އަޑު ފަށްގަނޑާ އެކުއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




OH MY GOD ?
Hama bunaane ehcheh ves neyngifa meenee… but mi part ves hama varah salhi… very interesting ninmaali goyeh… lets see what will happen… waiting for the next part
Love you sis
Thank you ingey Taengooo.
Yeah lets see dho vaane goeh. i will try to upload next part sooner.
luv u too sis