Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ވާވަރު ބުނެދޭ ހިތްވޭ 2

Najdha Level 210 Stories100 Login
June 22, 2021 5 Mins Read
1 Comment

އުލްވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަފާ ކައިރީ އެވަރަށް އުލްވީ ކޮންސެޓަކަށް ނުދާނަމޭ ބުނުމުންވެސް ގެންދިޔައީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އާދެވިފައި ހުރުމުން ފަސް އެނބުރި ދާން ނުކެރުނީ އެކުވެރިޔާ އަށް ވިސްނާފައެވެ. އުލްވީ ނަސީބަކުން ހެޑްސެޓެއްވެސް ގެނެވުން ކަމުން މުޅި ކޮންސަރޓް ގަޑީ ފޯނުން ލަވަ އަޑުއަހަން ހެޑްސެޓް ކަންފަތުގައި ޖަހައިން ހުރެވޭނެއެވެ. ކޮނސަރޓްގެ މެދު ތެރޭން އުލްވީގެ ދައްތަ މަލާކު މެސެޖް ކުރީ ނުނިދިގެން ކަމަށް މެސެޖް ކޮށްފައި އޮތުމުން ގުޅަންވެގެން މީހުން ގަނޑުތެރޭން ނުކުމެގެން ދިޔައީ ނުބަލައެވެ. ބެކް ސްޓޭޖަށް ދެވުން އިރުވެސް އުލްވީ އަކަށް ނޭނގެއެވެ. ރަފާ ގޮވީމަވެސް އަޑު ނީވުނީ ލަވަ ޖަހައިން ހުރީމައެވެ. އުލްވީއަށް ހޭވެރިކަންވީ މީހެއް ގައިގައި ޖެހުމުންނެވެ. އުލްވީ ބިންމައްޗަށް ނުވެއްޓެނީސް ގައިގައި ހުޝިޔާރު ކަމާ އެކީ ކައިރީ ހުރި މީހަކު ހިފިކަން އޭނާއަށް އިހުސާސް ކޮށްލެވުނީ ލޯ މަރާފައި ހުރުމުންނެވެ. “އީޒީ ދެއަރ ބިއުޓިފުލް.” އުލްވީއަށް އެ މީހެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. އަޑު އަހާލަން ވަރަށް ފަސޭހަ އަޑެކެވެ.

އުލްވީއަށް ލޯ ހުޅުވާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ އަޑުގެ ވެރިއަކީ ކާކުތޯ ބެލުމަށްޓަކައެވެ. މޫނާ މޫނު ޖެހޭ ހިސާބުގައި އުލްވީގެ އުނަގަނޑުގައި ހިފައިގެން ހުރީ އެންމެ ފަހުން ކޮންސެޓް ނިންމައިން އައި ފިރިހެން ކުއްޖާއެވެ. އަވަހަށް އޭނާގެ އަތް ފޮޅުވާލާފައި ދުރައް ޖެހި ގަނޑުވެފައި ހުރެވުނެވެ. އެވަގުތު އެއީ ރަފާ އައި ވަގުތެވެ. “އަދިވެސް ފޯން އަށް ބަލައިން ހިނގާތި. މަ ގޮވި އިރުވެސް ތި ހެޑްސެޓަކާހެދީ ނުވެސް އިވުނެއްނުން އަޑެއް. ތަނަކަށް ތަދުވިތަ؟ ކިރިޔާ އެއްނުން ނުވެއްޓި ސަލާމަތް ވީ.” ރަފާ އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔާ ނިންމާލިއެވެ. “ސާބަހޭ. އައި އޭމް ފައިން އޭ.” އުލްވީ އެ ހުރި ގޮތައް ހުރެ ރަފާއަށް ބަލައިލަމުން ބުނެލިއެވެ. “ރަފް. ޔޫ ނޯ ދިސް ގަރލް؟” އެ ފިރިހެން ކުއްޖާ ރަފާ ކައިރީ އަހާލިއެވެ. “ޔެސް. ޝީ އިޒް މޮއި ބެސްޓޫ” ރަފާ އުލްވީ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. “ވަޓް؟ ޔޫ ނޯ އީޗް އަދާ؟ ހައު؟ ވެން؟” އުލްވީ ސުވާލުތައް އަމުނާލީ އެއް ފައްޗަކަށެވެ. “އުޕްސް. ހައު ރޫޑް އޮފް މީ ދޯ. ހެހެ” ރަފާ އަށް ދުލުގައި މަޑު މަޑުން ދަތް އަޅާ ނިއްކުރީގައި މަޑު މަޑުން ޖަހައިލެވުނެވެ. “އުލް ދިސް އިޒް ޒީކް. ޒީކް ދިސް އިޒް އުލްވީ.” ރަފާ ބުނެލިއެވެ. “ހައި. އެންޑް ސޮރީ ފޯ ބަންޕިންގް އިން ޓު ޔޫ.” އުލްވީ އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ. “ނައިސް ޓު މީޓް ޔޫ ޓޫ.” ޒީކް ދެކޮޅަށް މަޑު މަޑުން ބޯހޫރުވާލަމުން ބުނެލިއެވެ. “ޔެއާ” އޭ ބުނެ އުލްވީ ހިގައިގަތެވެ. އުލްވީ ދާން އުޅުމުން ޒީކްއަށް އުލްވީގެ އަތުގައި ހިފާލެވުނެވެ. “ކީއް ތިކުރަނީ. މަގޭ އަތުގަ ހިފީ ކީއްވެ؟” ޒީކްގެ އަތް ފޮޅުވާލަމުން އުލްވީ އެހިއެވެ. އުލްވީގެ މި ހަރަކާތުން ރަފާއަށް ސިހުންވާ ގޮތްވެ އުލްވީ ރުޅި އައީ ކީއްވެ ކަންވެސް އިނގުނެވެ. “ކިއްވެ ތިދަނީ؟. އަދި އޮތީ އޭ ކުރިއަށް ކަންކަން ކުރަން” މާހައުލު މާ ހޫނުވާހެން ހީވެގެން ރަފާ ބުނެލިއެވެ. “އޭނ؟ ކޯއްޗެއް ރަފް ތިއުޅެނީ ރާވައިން އަހަރުމެން ތިންމީހުންނަށް؟” އުލްވީ ވާނުވާގައި ހުރެ އެއްސެވެ. “ކާން ދާން. ދެން ކޮން ތަނަކަށް؟” ރަފާ އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ. “ކޮންތާކަށް ދާނީވެސް ކާން؟” ޒީކް އެހިއެވެ. “ކޭ.އެފް.ސީ އަށް” ރަފާ ކުޑަ ކުއްޖެއްހެން ފުންމަމުން ބުނެލިއެވެ. “ރަފް އައި ކާންޓް ގޯ. އައި ނީޑް ޓު ގޯ. މަލް ކައިރިއަށްވެސް މާދަން ދާން ޖެހޭ.” އުލްވީ އެހެން ބުނެލުމަށް ފަހު އަވަހަށް ދުވެފައި ބޭރަށް ނުކުމެ ޓެކްސީއެއްގައި ގެއަށް ދިޔައެވެ. ގެއަށް ދެވުމާ އެއްކޮށް ފެންވަރައިން ރީތިވެގެން އުލްވީ ނިދަން އޮށޯތެވެ.

އާދައިގެ މަތިން މަލާކު ގޭގެ ހުރިހާ ކަމެއްކޮށް ނިންމާފައި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި މާހިލް އާއި އަރީންއަށް ގޮވަން ދިޔައެވެ. ދެމީހުންވެސް 1 މިނެޓް ތެރޭ އަންނަ ވާހަކަ ބުނުމުން މަލާކު އަބަދުވެސް އެމީހުނަށް އިންތިޒާރު ކުރަން ކުރިންވެސް ހުންނަ ތަނުގައި ހުއްޓިލައިން ހުރީ މާހިލްމެން އަންނަން ދެންނެވެ.

އުލްވީ ދައްތަ ކައިރިޔަށް ދާން އިތުރު މީހެއް ގެންދަން އުލްވީ ބޭނުންވުމުން ރަފާ އަށް ގުޅިއެވެ. 3 ފަހަރު ގުޅުމުންވެސް ފޯން ނުނެގުމުން ކައިރީ ހުރި މޭޒުމަތީ ފޯން ބޭއްވިއެވެ. އިރުކޮޅެއް ފަހުން ފޯން ރިންގްވާން ފެށުމުން އެކޮޅުން ގުޅަނީ ރަފާކަން އިނގުނެވެ. އެކަމަކުވެސް ފޯން ނުނަގަން ގަދަ ހަދާފާ ހުރީއެވެ. އެންމެ ފަހުންގޮސް ރިންގްވުން ނުހުއްޓުމުން ކޯލް ނެގީއެވެ. “ފޯން ނަގަން ވެއްޖެ ދޯ. ޕިސްޕިސް.” ހީގަންނަމުން ރަފާ ބުންޏެވެ. “އަން ލައިކް ޔޫ ބިޝް. ފޯން ނުނެގި އެންނު ގުޅީމަވެސް” ރަފާ އަށް ރައްދު ދިނުމުގެ ގޮތުން ބުނެލިއެވެ. “ހޫ ތިޔެއް ނޫނޭ. ކީއްވެތަ އަސްލު ގުޅީ؟” ރަފާ އެހިއެވެ. “މަ ގުޅީ މަށާ އެކީ ތުއްތަ ކައިރިޔަށް ދާން މީހަކު ގެންނަން މަށާ އެއްކޮށް.” އުލްވީ ބުންޏެވެ. “އަޅޭ ސޮރީ މި ހުރީ ޝޫޓިންގް އަށް އައިސް ޕިކްސް ނަގަން.” ރަފާ ދެރަވެލާފާ ބުންޏެވެ. “އޯކެއި” އޭ ބުނެ އުލްވީ ފޯން ކަނޑާލިއެވެ. އެވަގުތު ނަސީބު ރަނގަޅީ ކަމަށްވެސް ވެދާނެއެވެ. އާތިކާ އުލްވީގެ ފޯންއަށް ގުޅީއެވެ. ފޯން ނަގައި ކަންފަތުގައި ޖައްސާލުމުން އެކޮޅުން ހަޅޭއްލަވައިގަތުމުން އުލްވީއަށް ފޯން ކަންފަތާ ދުރުކޮށްލެވުނީއެވެ. “ކިހިނެއްތަ އުއްލީ؟ އަޅެ ވަރަށް ދުވަސް ވެއްޖެނުން ދިމާ ނުވާތާ. ހިނގާބަ މީޓް ކުރަން.” އާތިކާ ވާހަކަ ދައްކަން ފެށުމުން އަނެއްކާ އުލްވީ ފޯން ކަންފަތުގައި ޖައްސާލިއެވެ. “އާނ ދޯ. އިޓްސް ބީން 6 މަންތްސް ސިންސް ޔޫ ހޭވް ގޯން ޓު ޔޫ.އެސް.އޭ ފޯ ޔޮއަ ޑްރީމް ޖޮބް. ނައު ދެޓް ޔޫ އާސްކްޑް މީ ދެޓް. ހިނގާބަ މަށާ އެއްކޮށް ތުއްތަ ކައިރިޔަށް.” އުލްވީ އެހިއެވެ. “ޔެއާ މަލް ދައްތަ ކައިރިއަށްވެސް ނުދާތާ ވަރަށް ދުވަސް ވެއްޖެ.” އާތިކާ ބުނެލިއެވެ. “އޯކޭ. މަ މިދަނީ ރީތިވާން. އާފްޓާ 20 މިންސް ފަހުން ގުޅާނަން ތައްޔާރުވެގެން.” އުލްވީ އެހެން ބުނެފައި ފޯން ކަންޑާލާފައި ފެންވަރާލަން ދިޔައެވެ.އޭގެ 10 މިނަޓް ފަހުން އާތިކާ ހުރީ އުލްވީގެ ގޭ ކުރިމަތީގައެވެ.މަޑު ކޮށްގެން ހުންނަތާ 30 މިނަޓްވީ އިރުވެސް ހަބަރެއް ނުވުމުން އެންމެފަހުން ލަސްވެގެން ފޯން ނަގައި އުލްވީއަށް ގުޅިއެވެ. “ކޮބާތަ. އަދިވެސް ނުނިމެނީ؟” ފޯން ނެގުމުން އާތިކާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އުލްވީ ބެލްކަނީ އިން ބަލާލާފައި “މި ނިމުނީއޭ. ހަޅޭއް ނުލަވަބަލަ.” މިހެން ބުނެ ފައިވާނަށް އަރައިން ނުކުތެވެ. “އަރާ ކާރަށް” އާތިކާ ބުނެލިއެވެ. “ކީއްވެ ކާރު ތި ގެނައީ؟ ޔޫ ނޯ ދެޓް…..” އުލްވީ އަށް ނުބުނެވެނީސް އާތިކާ “ޔޫ ޑޯންޓް ލައިކް ލަގްޒަރިއަސް ތިންގްސް.”

މަލާކުއަށް ބެލްގެ އަޑު އިވިގެން ކާން އިށީންނަން އުޅެފައި ދޮރު ހުޅުވިއެވެ. ބޭރުގައި އުލްވީ ހުރިތަން ފެނިގެން ވަރަށް ބާރަށް އުލްވީ ގައިގައި ބައްދާލިއެވެ. “ތުއްތާ. އައި ކާންޓް ބްރީތް.” އުލްވީއަށް ބުނެލެވުނެވެ. “އޮހް. ސޮރީ ސޮރީ.” މަލާކު ބުނެލިއެވެ. އާތިކާ އަށް ބާރަށް ހެވުނީ އެވަގުތުއެވެ. “ސާބަސް މަލް ދައްތާ. އުލް މަރާލަން ޕްލޭން ކޮށްގެން ހުރިހެން ހީވަނީ.” އަދިވެސް އާތިކާ ހެމުން ބުނެލިއެވެ. “ހެހެ. ކާން އިންދާ ތި އައީ. އަންނަން ވީނުން ކާން؟” މަލާކު އަހާލިއެވެ. “އޯކޭ” އާތިކާ އާއި އުލްވީ ބުނެލީ އެއްފަހަރާއެވެ. “ހައު ޑިޑް ޔޫ ގެޓް ހިއަރ ސްޓޯކަރ.”ޑައިނިންގް ރޫމް އަށް އާތިކާ އާއި އުލްވީ އާއި މަލާކު ވަތް އިރަށް މީހަކު ހަޅޭއްލަވައި ގަތް އިވުނެވެ.” އާތިކާއަށް ކުރި މައްޗަށް ބަލާލިއިރު އަރީން ގޮޑިން ތެދުވެ އާތިކާ އަށް ބަލަން ހުރިތަން ފެނުނެވެ. “އެންޑް ވައި އާ ޔޫ ހިއަރ މިސްޓަރ އެނޯޔިންގް؟” އާތިކާވެސް ކޮށްލީ ސުވާލެކެވެ. “އައި އާކްސްޑް ޔޫ ފަރސްޓް ބަޓް އޯކޭ؟. ވައި ވޯންޓް އައި ބީ ހިއަރ. އިޓްސް މައި ބްރަދާޒް ހައުސް.” ލާނެއް ގޮތަކަށް ހީލަމުން އަރީން ބުނެލިއެވެ. “އާހް. ވަޓް ދަ ހެލް” އާތިކާ އަށް ބުނެވުނެވެ. އެންމެނަށް އަރީން އާއި އާތިކާއަށް ބަލާލެވުނީ ވާނުވާގައި ހުރެއެވެ. މާހިލްވެސް ހުރީ މިވާނުވާއެއް ބަލަން ބޭނުންވެފައެވެ. ނަމަވެސް މާހިލް އެކަށްޗެކޭވެސް ނުކިއައެވެ. “މަ މިއައީ އުލް އާއެއްކޮށް މަލް ދައްތަ ކައިރިއަށް. އެނީ ޕްރޮބްލެމް؟؟” އާތިކާ ރުޅި އައިސް ބުންޏެވެ. “ކިހިނެއްތަ އަޅެ މިވަނީ؟” އުލްވީ އަހާލިއެވެ. “އާސްކް ދެޓް ޓްރޭޝް ބޭގް އޮފް އަ ގާއި.” އާތިކާ ބުނެލިއެވެ. “އަދިވެސް ކޮޅަށް ހުރެތަ ވާހަކަ ދައްކާނީ؟ އިށީނދެބަލަ ކާން” މަލާކު އެންމެ ފަހުން ބުނެލިއެވެ. “ޝީ ބްރޯކް މައި ކާ ޑޭމް އިޓް” އަރީން އެހެން ބުނެ އިށީނެވެ. އެންމެން ހޭންފެށީ ކުއްލިއަކަށެވެ. އެކަމަކު މާހިލް ހަމަ އެހުރި ގޮތަށް ހުރީއެވެ. އެންމެންވެސް ވާހަކަ އެހިސާބަށް ހުއްޓާލާފައި ކާން އިށީނީ ބަނޑުހައިވެފަ ހުރި ވަރުންނެވެ.

އާތިކާ ކުއްލިއަކަށް ކާން އިނދެފައި ސިއްސައިން ދިޔައީ މީހެއްގެފައި ޖެހުމުންނެވެ. އުލްވީގެ ފައި ކަމަށްހީކޮށް ” އުލް މަ ފައިގަ ނުޖަހަބަ” މިހެން ބުނެލެވުނެވެ. އުލްވީ ވާނުވާގައި ހުރެ ކިހިނެއްވީތޯ އެހިއެވެ. އެވަގުތު އަރީން ނުހޭން ގަދަ އަޅާ މަސައްކަތް ކުރާތަން ފެނުމުން އާތިކާ ކަމެއް ނުވެއޭ ބުނެ އަވަހަށް ވާހަކަ ބަދަލު ކޮށްލިއެވެ. އަނެއްކާވެސް އަރީން އާތިކާގެ ފައިގާ ޖަހަން ފެށުމުން އެންމެ ފަހުން އަރީންގެ ފައި ކަމަށް ހީކޮށް އާތިކާ އެ ފައެއްގައި ޖަހާލިއެވެ. މާހިލް އެވަގުތު ކުއްލިއަކަށް ތެދުވެ މޭޒުމަތީގައި ބާރަށް އަތް ބޭއްވިއެވެ. އެންމެންވެސް އެވަގުތު ދިޔައީ ސިއްސައިންނެވެ.”ކާކު މަ ފައިގަ ޖެހީ؟” އަރީންއަށް އެންމެ ފަހުންގޮސް ނުހުރެވިގެން ހޭން ފެށިއެވެ. މާހިލް ހަމަޔަކަށް އެޅުނީ އެއީ އަރީން ކަމަށް ހީކޮށްފައެވެ. ކުޑަކޮށް ހީލާފައި އަރީން އާއި ކައިރިވެފައި “އެއީ ރީން ދޯ” އޭ އަހާލިއެވެ. އަރީން އެއީ އާތިކާ އޭ ނުބުނަންވެގެން އާނއެކޭ ބުނެލީއެވެ. ކައި ނިންމައިން މާހިލް ދިޔައީ އޮފީހަށެވެ. އާތިކާ އާއި އަރީންގެ އޮފް ދުވަސް ކަމުން އުލްވީ އާއި މަލާކް ކައިރީ މަޑުކޮށްލީއެވެ.

ރަފާގެ މޮޑެލް ޝޫޓިންގް އަދިވެސް ނުނިމެއެވެ. ބްރޭކެއް ެސް ލިބެނީ ވަރަށް މަދުންމެވެ. މެންދުރުވެސް ލިބުނީ އެންމެ 5 މިނެޓެވެ. އަނެއްކާވެސް ޑައިރެކްޓަރ ޮވާލީ ރަފާއަށް ކުޑަކޮށް ހަމަޖެހިލެވުން ތަނާއެވެ. ރަފާގެ ޝެޑިއުލް ވަރަށް ބިިޒީ ކަމުން ގިނަ ކޯލަކަށް ޖަވާބެއްވެސް ނުދެވެއެވެ. ރަފާ ނިމުނީ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށެވެ. ގެއަށް ދިއުމުގެ ބަދަލްގައި ރަފާ ކާރަށް އަރާފައި ދުއްވާލީ އޭ.ޑީ.ކޭ އަށެވެ. ފޯނުން މީހަކަށް ގުޅައި ސްޕީކާއަށް ލާފާ ދުއްވުމަށް ސަމާލުކަން ދިނެވެ. “ހޭ ބޭބް. ޑިއުޓީ ނިމުނީތަ؟.” އެކޮޅުން ފޯން ނެގުމުން ރަފާ އެހިއެވެ. “ނޫން. އަދި 4 ނުޖަހައެންނުން ލަވް” އެކޮޅުން ހެމުން ބުނެލި އަޑު އިވުނެވެ. “އޯކޭ ބޭބްސް. ޖަސް ވޯންޓެޑް ޓު ނޯ. ކޮޒް ވީ ޑިޑިންޓް މެޓް ސިންސް ލާސްޓް ވީކް. އައި މިސް ޔޫ.” ރަފާ ދެރަވެލާފައި ބުނެލިއެވެ. “އޯކޭ މިސް ޔޫ ޓޫ” އޭ ބުނެ އެކޮޅުން ފޯން ކަނޑާލީ މީހެއް އައި ކަމަށް ބުނެއެވެ.

✨ނުނިމޭ✨

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ލޯބިވެވުމުން 3

Next

ނޭނގޭހޭ ހާދަ ލޯބިވޭ… (4)

Next
June 22, 2021

ނޭނގޭހޭ ހާދަ ލޯބިވޭ… (4)

Previews
June 22, 2021

ލޯބިވެވުމުން 3

One Comment

  1. Princess says:
    June 23, 2021 at 6:19 pm

    V reethi Masha Allah ❣️❣️❣️❣️❣️❣️❣️❣️❣️

Comments are closed.



All Right Reserved!