މި ވާވަރު ބުނެދޭ ހިތްވޭ
ފަތިސް ބަންގީގެ އަޑަށް އާތިކާއަށް ހޭލެވުނެވެ. އިރުކޮޅެއް ވަންދެން އެނދުގައި އޮތީ އަދިވެސް ނިދި ހުރުމުން ތެދުވާން ބޭނުން ނުވާތީއެވެ. އާތިކާއަށް ކުއްލި ސިހުމެއް ލިބުނީ ފޯން އެލާމްވާ އަޑަށެވެ. އަވަހަށް އެނދުން ތެދުވެ ފާހަނަޔަށް ވަދެ ފެންވަރައިން ވުޞޫކޮށްލާ ރީތިވެ ނަމާދު ކުރިއެވެ. މިއަދު މީ އާތިކާގެ ފުރަތަމަ ޝޫޓިންގް ދުވަސް ކަމުން ހުރީ ތަންކޮޅެއް ކަންބޮޑުވެ ނުބައެއް ހެދިދާނެކަމަށް ބިރުންނެވެ. ސްކރިޕްޓް އަނެއްކާވެސް ކިޔާ ނިމުން ފަހުން ގަޑިއަށް ބަލާލިއިރު 7 ޖަހަނީއެވެ. ގަޑި ޖެހެން 20 މިނެޓަށް ވިއިރުވެސް ތައްޔާރުވެ ނުނިމުމުން އަވަސް އަރުވާލާފައި ކާރައް އަރާ ދުއްވާލީ ސްޓޫޑިއޯއާ ދިމާލަށެވެ. ސްޓޫޑިއޯއަށް ކާރު މަޑު ކޮށްލިއިރު ހުރީ 7:35 ވެފައެވެ. އެއްވެސް ދިމާލަކަށް ބެލުމެއްނެތި އާތިކާ ކާރު ޕާކު ކުރަން އުޅުން ގަޑީ ފަހަތުގައި އޮތް ކާރެއްގައި އާތިކާގެ ކާރު ގޮސް ޖެހުނީ ހިސާބަށް ތުރެއް ތަންކޮޅެއް ބާރަށެވެ. “ކޭން ޔޫ ޕްލީޒް ބީ ކެއާފުލް؟ ނޫނީ ޑްރައިވް ކުރަން ނޭގެންޔާ ހަޔާރ އަ ޑްރައިވަރ.” އާތިކާ ފޭބިއިރަށް ފިރިހެނެއްގެ އަޑު އިވުނެވެ. އަޑު އައި ދިމާލަށް ބަލާލިއިރު 24 އަހަރުގެ ޒުވާން ފިރިހެނެއް ކަޅު ކުލަޔަކަށްދާ ކާރެއް ކައިރީ ހުއްޓިގެން އާތިކާަށް ބަލަން ހުއްޓެވެ. “ސޮރީ. ލަސްވާތީ ބަލާނުލެވުނީ.” މިހެން ބުނެ އާތިކާ އެ ފިރިހެން މިހާގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ހިނގައިގަތީ ސްޓޫޑިއޯއާ ދިމާލަށެވެ.
“ހާދަ ލަސްވީ؟ މިހާރު 7:30ޔަށް ތުރެއް ބޮޑުވެފަ އެހުރީ. ދެން ފަހަރަކުން ގަޑިއަށް ސަމާލު ވާތި!!” މެނޭޖަރ އާތިކާއަށް ބުނެލިއެވެ. އެއީ ހަމަ އެ ޒުވާނާވެސް އެތެރެއަށް ވަތް ވަގުތު ކަމުން އޭނާއަށްވެސް އެވާހަކަ އަޑު އިވުނެވެ. “އަރީން. ކޮންތާކަށް ގޮއްސަ ތި އައީ؟ މަ އަރީން ހޯދާތާ ކޮން އިރެއް. 10 މިނަޓް އެއޮށް ވީ ބޭރަށް ގޮއްސަ އަންނަން ބުނިތާ.” އަރީން ފެނުމުން މެނޭޖަރ ވާހަކަ ދއްކަން ފެށިއެވެ. “ކޮންމެސް މީހަކު މަގޭ ކާރުގެ ލައިޓް ހަލާކުކޮށްގެން އުޅުނީމަ ލަސްވާނެ ދޯ!” އަރީން މިހެން ބުނުމަށްފަހު އާތިކާ އަށް ބަލާލިއެވެ. އާތިކާއަށް އިސްޖަހާލެވުނީ ގަތް ލަދެއްގެ ބޮޑު ކަމުންނާއި ޝޮކެއްގެ ސަބަބުންނެވެ. “އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫނޭ އަޅެ” އާތިކާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. އަރީން ހީލަމުން އޯކޭ އޭ ބުނެ އެވާހަކަ ދެއްކުން ހުއްޓާލިއެވެ. ވާހަކަ ދެއްކުން އެހާ ހިސާބަށް މެދުކަނޑާލާފައި ޝޫޓިންގްއާގެން ކުރިއަށް ދިޔައެވެ. ގާތް ގަނޑަކަށް މުޅި ދުވަހުގެ އެއްބައި އެއްކޮށް ޝޫޓިންގް ކުރުމައިގެން ކުރިއަށް ގޮސް ނިންމާލީ ހަވީރު 4 ޖެހި އިރުއެވެ. “މަށާ އެކީ ކޮފީއެއް ބޮއެލަންދާން ހިނގާބަލަ” އަރީން އެއްސެވެ. “ނޫން. އައި އޭމް އޯކޭ. އެން ތޭންކްސް.” މިހެން ބުނެ އާތިކާ ދާން ހިނގައިގަތްތަނުން އަނެއްކާވެސް އަރީން ވާހަކަ ދެއްކި އަޑު އިވުނެވެ. “ކާރު ރިޕެއަރ ނުކޮށްދިނަސް ކޮފީއަކަށް އޭގެ ބަދަލްގަ ގޮސްދިނިއްޔާ ވަރަށް ހިތްހަމަޖެހޭނެ” އެއް ލޯ މަރާލާފައި ހީލަމުން ބުނެލިއެވެ. ދެލޯ ރޯލް ކޮށްލުމަށްފަހު އާތިކާ އާނއެކޭބުނެލިއެވެ. “ސޯ ޔުއަރ ސެއިންގް ދިސް އިޒް ޔުއަރ ފަސްޓް ޝޫޓިންގް؟” އަރީން އެއްސެވެ. މިހާރު އެމީހުން ތިބީ ކޮފީއަކަށް އޯޑަރ ކޮއްގެން ބޯށެވެ.”ޔެސް އައި އޯލްވޭޒް ޑްރީމްޑް އޮފް ބިކަމިންގް އަ ސްޓަރ” އާތިކާ ބުނެލިއެވެ. އަރީން ހަމައެކަނި އާތިކާއަށް ބަލަން އިނީ ހިނިތުންވެފައެވެ. ކޮފީއަށް ފަހު ދެމީހުންވެސް ނަންބަރު އެކްސްޗޭންޖްކޮށް ގެއަށް މިސްރާބު ޖެހިއެވެ.
އަރީންގެ ކާރު ގޮސް މަޑުކޮށްލީ އެންމެ މަޝްހޫރު އެއް ބިޒްނަސްމެން ކަމަށްވާ މާހިލްގެ ގެ “ސަންލައިޓް” ކުރިމަތީއެވެ. ގެއަށް ވަދެގެން އައި އިރު މަލާކު ބަދިގެތެރޭ އުޅޭއަޑު އިވިގެން ގޮސް ބަދިގެއަށް ވަނެވެ. “ދޮންބެދައްތާ. ކޮބާ ދޮންބެ؟” އަރީން އަހާލީ މާހިލް ވީ ކޮންތާކުތޯއެވެ. “އަދި ނާދޭ ގެއަކަށް. އިރުއޮއްސޭ އިރު އަންނާނެ.” މަލާކު މަޑު މަޑުން ބުނެލިއެވެ. މާހިލްއަކީ ރެޔާ ދުވާލު މަސައްކަތުގައި އުޅޭ މީހެކެވެ. ހުރިހާ ކަމެއް ނިންމުމަށްފަހު މާހިލް އަންނަނީ އިރު އޮއްސޭއިރެވެ. އަރީން އެހެން އެއްވެސް އެއްޗެކޭ ނުބުނެ ހީލުމެއްދީފައި ކޮޓަރިއަށްދާން މައްޗަށް އެރިއެވެ. ފެންވަރައިން ރީތިވެގެން ތިރިޔަށް ފޭބީ ބަނޑުހައި ވެގެންނެވެ. އޭރު އިރު އޮއްސި 7:00 ވީއެވެ. ސިޓިންގް ރޫމަށް އަރީން ވަތް އިރު މާހިލް އޮފީހުން ނިމިގެން ގެއަށް އައިސް ވަންނަނީއެވެ. “ކޮބާ ޝޫޓިންގް ދިޔައީ ކިހިނެއް” މާހިލްއަށް އަރީން ފެނުމުން އެއްސެވެ. “މަގޭ ކާރު އެންމެ ފުރަތަމަވެސް ފުނޑުވީ. ދެން ދުވަސް ދާނެތަ ރަނގަޅަށް.؟” އަރީން ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ކީއްވެ ހަލާކުވާން ޖެހުނީ؟” މާހިލް ސީރިއަސްކަމާއެކު އެހިއެވެ. “މަށާ އެކީ ޝޫޓިންގް ކުރަން ހަމަޖެހުން އަންހެނެއް. ދެން ކާކު. ސޮރީއޭ ބުނެފަވެސް ބަލާވެސް ނުލާ ސްޓޫޑިއޯއަށް ވަނީ. މަގޭ ހުރީ ރުޅިއައިސްގެން ރަތައް އަރާފަ.”އަރީން ވާހަކަ ދެއްކި ގޮތުން މާހިލްއަށް ހެވުނެވެ. އެތަނަށް މަލާކު އަށް ވަދެވުނީ މާހިލް ހޭންފެށި އިރަށް ކަމުން މަލާކުއަށް މާހިލްގެ ހީލުމުގެ އަޑު ރަނގަޅަށް އަޑު އިވުނެވެ. މާހިލްއަށް މީހެއްގެ ހިލަންވެގެން ބަލާލިއިރު މަލާކު ކުޑަ ހިނިތުންވުމެއް ދީގެން ބަލަން ހުރުމުން އަވަހަށް ހުނުން ހުއްޓާފައި ފެންވަރައިން ރީތިވެގެން މާހިލް ގޭގައި ހުރި އޮފީހަށް ދަނީކަމުގައި ބުނެ އަވަހަށް އެތަނުން ދިޔައެވެ.
7:30 ގައި އުލްވީއަށް ފޯންކޯލެއް އައެވެ. އެއީ އޭނާގެ ބެސްޓްފްރެންޑް ރަފާއެވެ. 8 ޖަހާއިރު ތައްޔާރުވެގެން ހުރުމަށް ބުނެ ފޯން ކަނޑާލުމުން އުލްވީއަށް ޖެހުނީ ތައްޔާރުވާށެވެ. ރަފާއަކީ ގޮތްދޫނުކުރާ މީހެއްކަމުން އުލްވީއަށް ޖެހުނީ އެކަމަށް އެއްބަސްވާށެވެ. އިސްތަށިގަނޑު އައްސާލުމަށްފަހު ދެފަރާތައް ކުޑަކޮށް އިސްތަށިކޮޅުތަކެއް ވައްޓާލުމަށްފަހު ފޯން ނެގީ ރިންގްވާން ފެށުމުންނެވެ.”ކޮބާތަ އަޅެ ތި ބީތާ” ރަފާ ކުޑަކޮށް ރުޅިއައިސް ހުރެ އެއްސެވެ. “މި އަންނަނީއޭ ތިރިޔަށް ޗިލް.” ހެމުން އުލްވީ ބުންޔެވެ. އުލްވީ ގެއިން ނުކުުއޮތް އިރު ރަފާ ހުރީ ރުޅިމޫނު ހަދާފައި ހުރުމުން އުލްވީ ކުއްލިއަކަަށް ހޭންފެށީ ރަފާ ތުން ދަމާފައި ރުޅި ހަދައިން ހުރުމުންނެވެ. އެހެން ރަފާ ހުރި އިރު ވަރަށްވެސް ލޯތްބެވެ. “ބިޗް. ހޭނެ ކަމެއް ނެތް. މަގޭ މީ އޮފްދުވަސްވީމަ ބުނީވެސް މަށާ އެއްކޮށް އަންނަން ޓައިމް ސްޕެންޑް ކުރަން” ރަފާ ބުންޏެވެ. “ހޫ. ދެން ހެވޭ. ބުނެބަލަ. ކޮންތާކަށް މަ ގޮވައިންދާން ތިއުޅެނީ؟” އުލްވީ ވަރަށް ޝައުގުވެރި ވެފައި އެއްސެވެ. “ވެއިޓް އެންޑް ސީ އުލް. ވެއިޓް އެން ސީ” ރަފާ ވިހަ ހިނިތުންވުމެއް މޫނުމައްޗަށް ގެނެސްފައި ޓެކްސީއެއް ހުއްޓުވާ އެޔަށް އުލްވީ އަރުވާފައި ރަފާވެސް އަރާ އިށީނދެ ދާންވީ އެޑްރެސް ބުންޏެވެ.
މަލާކު ރޭނގަނޑުގެ ކެއުން ތައްޔާރުކޮށްފައި އަރީން އަށް ގޮވަން މައްޗަށް ދިޔައެވެ. “ރީން. ކާން ހެދިއްޖެ. އާދޭ ކާން.” މަލާކު ދޮރުގައި ޓަކި ޖަހައިފައި ގޮވާލިއެވެ. “އޯކޭ. ވިލްބީ ދެއާ އިން އަ މިނަޓް.” ފޯން ބާއްވައިފައި ފާހަނާއަށް ވަދެލަމުން އަރީން ގޮވާލިއެވެ. އަރީންގެ ޖަވާބު ލިބުމުން އެންމެ ފަހުން މާހިލްއަށް ގޮވަން ސްޓަޑީ ރޫމްއަށް ދިޔައެވެ. “މާހިލް. ކާން ހެދިފަ އެބަހުރި. ކާން ދުރުވެބަ.” މަލާކު ވާހަކަދެއްކީ ވަރަށް މަޑުންނެވެ. “އޯކޭ. ގިވް މީ 1 މިނަޓް.” މާހިލް އަބަދުވެސް މަލާކުއާ ވާހަކަ ދައްކާ ގޮތައް ވާހަކަ ދެއްކިއެވެ. އެއް އަހަރުވަންދެން ކައިވެނިކޮށްގެން އުޅުން އިރުވެސް މަލާކުއަށް ލޯބިން މަޑުމައިތިރިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަބަދުވެސް ވާހަކަ ދައްކަނީ ވަރަށް ރޫޑްކޮށެވެ. މަލާކު ޑައިނިންގް ޓޭބަލް ކައިރީ ހުއްޓާ އަރީން އާއި މާހިލް އައެވެ. ތިންމީހުންވެސް ކައިގެން އެމީހެއްގެ ރޫމްއަށް ނިދަންދިޔައީއެވެ. ކޮންމެ ރެއަކުވެސް އެންމެން 8 ޖަހާ އިރު ނިދަނީ އެގޭގައި މާހިލްމެން ގޭގައި އެގޮތައް ގަވާއިދު އޮތުމުންނެވެ.
އުލްވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަފާ ކައިރީ އެވަރަށް އުލްވީ ކޮންސެޓަކަށް ނުދާނަމޭ ބުނުމުންވެސް ގެންދިޔައީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އާދެވިފައި ހުރުމުން ފަސް އެނބުރި ދާން ނުކެރުނީ އެކުވެރިޔާ އަށް ވިސްނާފައެވެ. އުލްވީ ނަސީބަކުން ހެޑްސެޓެއްވެސް ގެނެވުން ކަމުން މުޅި ކޮންސަރޓް ގަޑީ ފޯނުން ލަވަ ޖަހައިން ހެޑްސެޓް ކަންފަތުގައި ޖަހައިން ހުރެވޭނެއެވެ. ކޮނސަރޓްގެ މެދު ތެރޭން އުލްވީގެ ދައްތަ މަލާކު މެސެޖް ކުރީ ނުނިދިގެން ކަމަށް މެސެޖް ކޮށްފައި އޮތުމުން ގުޅަންވެގެން މީހުން ގަނޑުތެރޭން ނުކުމެގެން ދިޔައީ ނުބަލައެވެ. ބެކް ސްޓޭޖަށް ދެވުން އިރުވެސް އުލްވީ އަކަށް ނޭނގެއެވެ. ރަފާ ގޮވީމަވެސް އަޑު ނީވުނީ ލަވަ ޖަހައިން ހުރީމައެވެ. އުލްވީއަށް ހޭވެރިކަންވީ މީހެއް ގައިގައި ޖެހުމުންނެވެ. އުލްވީ ބިންމައްޗަށް ނުވެއްޓެނީސް ގައިގައި ހުޝިޔާރު ކަމާ އެކީ ކައިރީ ހުރި މީހަކު ހިފިކަން އޭނާއަށް އިހުސާސް ކޮށްލެވުނީ ލޯ މަރާފައި ހުރުމުންނެވެ. “އީޒީ ދެއަރ ބިއުޓިފުލް.” އުލްވީއަށް އެ މީހެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. އަޑު އަހާލަން ވަރަށް ފަސޭހަ އަޑެކެވެ.
✨ނުނިމޭ✨
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Kobaath mihaaru aneh vaahaka. 1 vaahaka nunimigen ulhenikoh aneh vaahaka fesheetha ? ? ❤️
xeek mee firihen name eh tha? ?anyways Vahaka reethi❤️✨
This is a new story of mine.. my bestfrnd amyra wuld complete my first story… Cox i wanted to complete this new story… Hope u enjoy reading this new story?♥️?
heiii Najuuu… kivve ebbaiga underline vefa ehury..
Anywayss stry hama obiness to the max inge.. luvv itt
eii my phn in liyunyma.. phn ga inna note bain furathama liyefa copy paste kolly.. n it wont hppn again 🙂
its jst for fun.. ik bffs dnt use tht bt hama majalakah sum bbfs do say it… in my case its like tht so ehnve.. n thnks 🙂
and adhi its kinda odd because bffs talking using words like that.. i mean ulvy and rafaa.. dhen english words beynun kurevifa ebahuri like vaahaka dhakkany varah ‘rude’ koshey.. mi sentence hama vrh alhaiganey.. you can use’ harukashi kon’ or any other word
rude koshey jahaafa iny eyge dhivehi word neyngunyma hehe
Oh Hi. Naju. I have a feeling that this story will be very nice. Like I thought it was a kuru vaakaeh kamah furathama. It’s soooooooooooo nice naju.
All the best
Stay safe
❤️❤️❤️❤️❤️
Oh my for gods sake if you don’t know how to complete a story why are you writing stories ?? if you don’t know just quit writing. The story you wrote before is way better than this story. It’s better to complete one before writing another. I really liked your other story. Even if I don’t comment regularly I always read your story. Hope you will finished your first story ?
its my story dhw… i can complete it whn i wamt to.. bestfrnd ves strory liyaathy upload nuv.. n for ur kind infor “me” i was going to u[load part 7 today… u better watch wht ur saying… these hate comments sucks… y is always hatred coming on sumines way?? plx change tht 🙂
To all the readers.. if u really have to say things negative i wont be able to ryt both the story at the same time. I wuld jst be bored to ryt one…. I jst want to make u entertained.. nthng more.. so i started writing another story too.. i asked my bestfrnd amy to right ” hissaa kollamey loabi vaa varu”.. bt she is a bxy grl so she cildnt help me with it n i understand everyone’s bxy…. Bt negative thoughts nncomments? This is nt acceptable… Ur jst discouraging the writer to stp it whn he or she is writing both for u readers to jst make u entertained by jst both the story… Im working hard for this 2 story… N the second one is jst my own biological sisters idea.. nt mine… Plx spread positivity thn negative comments… I wuld really appreciate tht??♥️
Rainberry thnks for the compliment btw.. u too be safe?♥️