“ދި މެޗް ހޭޒް ސްޓާޓެޑް.” ޖޯޑެން ބުނެލިއެވެ. “ހުމްމްމް. ވެއިޓް 15 މޯ މިނެޓްސް. ދެން ވީ ވިލް ސްޓާޓް.” އާލިޔާ އޭނާގެ ފޯނަށް ބަލައިލިއެވެ. “ހޭ. ޑިޑް ޔޫ ހެކް ދި ސީސީޓީވީ ކެމެރާސް؟”
“ޔާ. އައި ޓާންޑް ދެމް އޮފް ފޯ ނައު.” ޖޯޑެން އެއް މިޔަކަނުން ހީލިއެވެ. “ދެޓްސް މަ މޭން.” އާލިޔާ ޖޯޑެން އާއި ޓަޗެއް ޖަހާލިއެވެ.
…..
15 މިނެޓް ފަސް
“އިޓްސް ޓައިމް.” އާލިޔާ ކާރުގެ ޑިކީ ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން ބޭނުންވާ ބައެއް ސާމާނު ނަގައިގެން ޔާނިޝް ގެ ކާރު ކައިރިއަށް ދިޔައެވެ. އޭރު ޕާކިން އޭރިއާގައި އިތުރު މީހަކުވެސް ނެތެވެ.
“ހޭ! ޑޮން. ޔޫ ބްރައުޓް ދި ސުޕާ ގްލޫ، ޑިޑްންޓް ޔޫ؟” އާލިޔާ ގޮވާލިއެވެ. “ޔާ. އައި ޑިޑް. ހިޔާ.” ޖޯޑެން އާލިޔާ އާއި ދިމާއަށް ދަޅެއް އެއްލިއެވެ. އާލިޔާ އޭތި ހިފިއެވެ. އަދި އޭތީގެ މަތިގަނޑު ނެގިއެވެ. “އިއު. އިޓް ސްމެލްސް ރިއަލީ ބޭޑް.”
“ހަހަ. ދެޓްސް ބިކޯޒް ދެޓް ތިންގް އިޒް ސްޕެޝިއަލީ މޭޑް ފޯ ޕްރޭންކްސް.. އައި ހޭވް ހޮޓް ދި ޓޮއިލެޓް ޕޭޕާސް.” ޖޯޑެން ޓޮއިލެޓް ޕޭޕާ ރޯލްތަކެއް ހިފައިގެން އައިސް އާލިޔާ ގާތުގައި ހުއްޓުނެވެ.
އެއާއެކު އާލިޔާ ޔާނިޝްގެ ކާރުގައި ސުޕާ ގްލޫ ހާކަން ފެށިއެވެ. އޭނާ ހާކާ ވަރަކަށް ޖޯޑެން އެތަންތާނގައި ޓޮއިލެޓް ޕޭޕާ ބޮނޑިކޮށްފައި ހިއްޕަން ފެށިއެވެ.
“ވާވް. ނައިސް. ހަހަ. ދީބަ ދަވާދު ދަޅުތައް.” އާލިޔާ އެހެން ބުނުމުން ޖޯޑެން ދަވާދު ދަޅުތައް ގެނައެވެ. އެއީ ހުސް ލޮލަށް އުނދަގޫ ވާ ކަހަލަ ކުލަތަކެވެ. ފްލޮރިޒެންޓް ކުލަތަކެވެ. ފިޔާތޮށި ކުލައިގެ އެކި ޝޭޑްތަކުގެއެވެ. ދެމީހުން ވެގެން ކާރުގެ އެކި ދިމާއަށް ދަވާދު ދަޅުތައް ހުރިގޮތަށް އޮއްސާލިއެވެ. އެމީހުން ހުރިހާ ކަމެއް ވެސް ކުރީ ކާރުގެ ބިއްލޫރިގަނޑަށް މާބޮޑު ގެއްލުމެއް ނުލިބޭ ގޮތަށެވެ. ބިއްލޫރި ގަނޑަށް އެއްޗެއް އެޅިއްޖެނަމަ ވަގުތުން ސާފު ކުރަމުންނެވެ.
“ގްލިޓާސް.” އާލިޔާ ފޮށްޓެއް ހުޅުވާލަމުން ބުނެލިއެވެ. އޭނާ ޑިސްކޯއަށް އެލާޖިކު ވާތީވެ އަންގިއެއް އަޅާލުމަށްފަހު، މޫނުވެސް ނިވާ ކުރުމަށްފަހު އެ ފޮށީގައި ހުރި ޑިސްކޯ ފުޅިތައް ކާރުގެ އެތަންމިތަނަށް އޮއްސާލިއެވެ. އަދި ނުވިތާކަށް ކާރުގެ ފުރޮޅުވެސް ފަޅާލިއެވެ.
އެއަށްފަހު އެއެއްޗެހި ކޮންމެވެސް ވަރަކަށް ހިކެންދެން މަޑުކުރުމަށްފަހު ކާރު މައްޗަށް ކުނި ބިހާ، ތެރަހާއި އެއްކޮށްފަ ހުރި ތެޔޮ އެއްޗެއް އޮއްސާލިއެވެ. އަދި ގެނައި ދޫނިފަތްތައް ވެސް ކާރު މައްޗަށް އަޅާލިއެވެ. އެއަށްފަހު އަނެއްކާވެސް އެއެއްޗެހި ހިކެންދެން މަޑުކުރިއެވެ.
………
އަޒާން ގޯލް ޖެހިތައް ފެނުމުން މަލްދާ އަޒާންގެ ނަން ގޮވާލިއެވެ. އޭނާ އެކަންޏެއް ނޫނެވެ. ރެޑް ވުޑް ހައި ސްކޫލްގެ އެހެން ސަޕޯޓަރުން ވެސްމެއެވެ. ތަފާތަކީ މަލްދާ އަޒާނަށް ގޮވީ ދިވެހިން ކަމެވެ. އެހެންކަމުން ބައެއް ކުދިން އޭނާއާއި ދިމާއަށް ބަލައިލިއެވެ. ދަނޑުމަތީގައި ހުރެފައި އަޒާން ވެސް ބަލާލިއެވެ. އަދި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
މަލްދާ ޔާނިޝް އާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ދެލޯ ބޮޑުކޮށްލާފައި ޔާނިޝް ބަލަން ހުރިތަން ފެނުނެވެ. ޔާނިޝް މަލްދާއަށް ބަލާލުމަށްފަހު އަޒާނަށް ބަލައިލިއެވެ. އެކަން ދެތިން ފަހަރަކު ތަކުރަރުވިއެވެ. އެހެންކަމުން އޭނާ އާއި ދިމާއަށް އައި ބޯޅަ ނުވެސް ފެނުނެވެ. ވަގުތުގެ ބޭނުން ހިފައި ޔަކްޒަލް ބޯޅައިގައި ޖަހައި އޭނާގެ ޓީމު މީހަކަށް ބޯޅަ އެއްލިއެވެ. އަދި އެމީހާ އަޒާނަށް ޖެހިއެވެ.
މަލްދާ ޔާނިޝް އާއި ނަޒަރު ވަކި ކޮށްލާފައި އަޒާނަށް ސަޕޯޓު ކުރަން ފެށިއެވެ. “ސާބަހޭ ޒާންންން! ގޯލަށް ޖަހާ!”
އެގޮތަށް ކަންތައް ކުރަމުން ދިޔައިރު އޭނާގެ ހިތް ދިޔައީ ރޮމުންނެވެ އޭނާއަށް އިހުސާސް ވަމުން ދިޔައީ މީހަކު އޭނާގެ ހިތަށް ފައިން އަރާ ޗަސްޗަސް ކޮށްލި ކަހަލަ އިހުސާސެކެވެ. އެހެންކަމުން ލޮލުގެ ހިމަ ކޮޅުން ކަރުނަ ފައްދާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ކަރުނަ ތިކި ފޮހެލަމުން ގަދަކަމުން ހީލިއެވެ. އަދި އަނެއްކާވެސް އަޒާނަށް ސަޕޯޓު ކުރުމާއިގެން ކުރިއަށް ދިޔައެވެ.
އޭނައަށް ނޭނގުނު ކަމަކީ އެ ހުރިހާ އިރަކު އޭނާއާއި ދިމާއަށް ޒުވާނަކު ބަލަހައްޓައިގެން އިން ކަމެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ފަޔަށް ތަދުކޮށްލައިގެން ރެޑް ވުޑް ހައި ޓީމުން ދަނޑުން ފޭބި ޒުވާނެކެވެ. ޔަކްޒަލްގެ އެންމެ ގާތް އެކުވެރިޔާ، ޝަނާހެވެ.
………..
އާލިޔާމެން ކާރު މައްޗަށް ފޮތިގަނޑެއް ވައްޓާލިއެވެ. އެ ފޮތިގަނޑުގެ އެކި ދިމާގައި ޔާނިޝް އެ މަސް ތެރޭގައި ރައްޓެހިވި އަންހެން ކުދިންނާއެކު ނަގާފަ ހުރި ފޮޓޯތައް ހިއްޕާފައި ހުއްޓެވެ. އަދި އެކި ދިމަ ދިމާގައި ރަތް މާކަރުން އިނގިރޭސި ބަހުން ‘ޗީޓާ’، ‘ޕްލެޔާ’، ‘ފޭކާ’ ޖަހާފައި ހުއްޓެވެ.
“ފައިނަލީ. ފޮޓޯއެއް ނަގާލަބަލަ.” އާލިޔާއަށް ޖޯޑެން ބުނުމާއެކު ވަގުތުން ފޮޓޯއެއް ނަގާލިއެވެ. އެއަށްފަހު ދެމީހުން ޓަޗެއް ޖަހާލިއެވެ.
“ހިނގާ ދާން.” އާލިޔާ އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.
އޭނާގެ ކުރިމަތީގައި ހުރި ކާރެއްގައި ލައްގަނެލައިގެން އެހުރިހާ މަންޒަރެއް ރިކޯޑު ކުރަން އޭނާއާއި އެއް އުމުރުގެ ޒުވާނަކު އިނެވެ. އެ ޒުވާނާއަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތައް ލޭކޮށާލާފަދަ ފުރިހަމަ ކަމެކެވެ.
އޭނާގެ ދެލޮލުގެ ކުލަ ހުރީ ގަދަ އަޅިކުލައިގައެވެ. ބައެއްފަހަރު އެއީ ކަޅު ކުލައޭ ވެސް ހީވާ ގޮތެއް ހުއްޓެވެ. ނަމަވެސް ރަނގަޅަށް ބަލައިލުމުން އެއީ ގަދަ އަޅިކުލައެއްކަން އެނގޭނެއެވެ. އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ހުރީ ކުޑަކޮށް ހޭވިފައެވެ. ކަސްރަތީ ހަށިގަނޑެއް ލިބިފައިވާއިރު އިސްކޮޅުން ވެސް ވަރަށް ދިގެވެ. ބަލާބެލުމަށް އެއީ ރާއްޖެ މީހެއްކަން އެނގެއެވެ.
އާލިޔާގެ ދެލޯ ބޮޑުވުމުން އެ ފިރިހެން ކުއްޖާ ގާތަށް ހިނިއައެވެ. “ސޯ.. މީ އަނެއްކާ ފިލްމެއްގެ ސީންއެއްތަ؟ ވަރަށް ސަޅި ޓީމް ވޯކެއް.”
އެ ޒުވާނާގެ އަޑު އިވިފައި ޖޯޑެން ވެސް އެނބުރުނެވެ. އޭނާ އާއި އާލިޔާ ހިތްދިރުވާލިއެވެ. “ހޫ.. ހޫ އާ ޔޫ؟ ވިންސާސް ސްކޫލް ސްޓޫޑެންޓެއްތަ؟” އާލިޔާ އަހާލިއެވެ. “ނޮޕް.” އެ ފިރިހެން ކުއްޖާ ޖަވާބު ދިނެވެ.
“ތޭންކް ގޯޑް. ވިލް ޔޫ ޑިލިޓް ދި ވީޑިއޯ؟ ޕްލީޒް؟”
“ވައި ޝުޑް އައި؟”
“އަރްރްރްރްގްގްގްގްގްގް! ބަސްޓް ވެދާނެތީ، ޔޫ ސްޓުޕިޑް ހިއުމަން އޮން އާތު!” އާލިޔާ ހާސްވިވަރަކަށް ރުޅިގަދަވާން ފެށިއެވެ. ބަދަލުގައި އެ ޒުވާނާ ފެށީ ހޭންށެވެ.
………
އެ ވާދަވެރި މެޗު ނިމުނެވެ. 4، 7 ކުން މޮޅުވީ ރެޑް ވުޑް ހައި އެވެ. މެޗު ނިމުމާއެކު މުޅި ތަނުގައި އަޑުގަދަވިއެވެ. ދެން ފެނުނީ ޔާނިޝް ދުވެފައި އައިސް މަލްދާ ކައިރިއަށް ހުއްޓުނު ތަނެވެ. ނަމަވެސް އެކަމަކަށް މާގިނަ ބަޔަކު ސަމާލުކަމެއް ނުދެއެވެ.
“ވަޓް އާ ޔޫ ޑުއިން ހިޔާ، ލޫ؟ އެން ވައި އާ ޔޫ ސަޕޯޓިން ހިމް؟ އައި މީން އައި ނޯ ދެޓް ގާއި އިޒް ފްރޮމް ޔުއާ ސްކޫލް. ބަޓް ވައި އާ ޔޫ ވެއަރިން ހިޒް ޖާޒީ؟!” ޔާނިޝް ސުވާލު ކުރިއެވެ. މަލްދާގެ ދުލުން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. “ލޫ؟ ޓެލް މީ.”
އެންމެ ފަހުން ވަރަށް ހިތްވަރު ކޮށްފައި މަލްދާ ބުންޏެވެ، “ނަން އޮފް ޔޯ ބިޒްނަސް.”
“ވަޓް؟ ލޫ.. ޔޫ އާ މައި ގާލް ފްރެންޑް.”
“ނޯ. އައިމް ނޮޓް.”
“ވަޓް؟ ވަޓް އާ ޔޫ ޓޯކިން އެބައުޓް، ލޫ؟”
“ވީ އާ ޑަން، ޔާ.. ޔާނިޝް. އިޓްސް އޯވާ. ދެއާ އިޒް ނޯ އަސް އެނީމޯ.”
“ލޫ…؟ ބަޓް.. ޓުޑޭ އިޒް އަވާ އެނިވާސަރީޑޭ.”
“މަލޫ!” ކުއްލިއަކަށް އައިނައި ތަނެއް ނޭނގި އަޒާން އައިސް މަލްދާގެ ގައިގައި ބައްދާލިއެވެ. “އައި މިސްޑް ޔޫ.”
“އައި މިސްޑް ޔޫ ޓޫ، ޒާން.” މަލްދާ ވެސް ވަރަށް ލޯބިން ކަމަށް ހެދިލާފައި ބުންޏެވެ. އަޒާން މަލްދާ އާއި ދުރުވެލަމުން ވަށްކަޅިން ޔާނިޝްއަށް ބަލައިލިއެވެ.
“ހޭ. ޑޫޑް؟ އާންޓް ޔޫ ހާ ފްރެންޑް؟ އައި ރިމެމްބާ ޔޫ. އެއްކަލަ ފަހަރު ލޫ އާ އާލިޔާ އާ ޔޫ އާ މަށާ އެއްކޮށް ދިޔައީ މެންނު ފްރެންޗް ރެސްޓޯރެންޓަކަށް؟” ޔާނިޝް އަޒާނަށް ބުންޏެވެ.
“ޔާ، ސޯ؟ މީ އެން މަލޫ އާ ނޮޓް ފްރެންޑްސް އެނީމޯ. ވީ އަަ ޑޭޓިން ނައު.” އަޒާން މަލްދާގެ އަތުގައި ހިފާލަމުން ބުންޏެވެ. “ވަ..ވަޓް؟! ބަޓް…” ޔާނިޝް ވާހަކަ ދައްކަން ފުރުސަތެއް ނުލިބުނެވެ.
“ޔޫ ވޯންޓް ޓު ނޯ ވައި، ހަހް؟ ކަޒް ޔޫ ވާ ޓޫ ބިޒީ ޗީޓިން އޮން މީ. އައި ޑޯންޓް ލައިކް ޗީޓާސް، ޔާނިޝް.” މަލްދާ ވާހަކަ ދެއްކިއެވެ.
“ލެޓްސް ގޯ، ޒާން. ޔޫ ސެއިޑް ވީ އާ ގޮއިން އޮން އެ ޑޭޓް ޓުނައިޓް! ކޮންތާކަށް ދަނީ؟” މަލްދާ އަޒާނަށް ބަލާލަމުން އަހާލިއެވެ. އަސްލު އޭނާ އަޒާނަށް ބަލައިލީ އޭނާގެ ލޮލުން ފައިބައިގަތް ކަރުނަތައް ޔާނިޝް އަށް ނުދައްކާށެވެ.
“އެއީ ސީކްރެޓެއް.” އަޒާން މަލްދާގެ އަތުގައި ހިފައިގެން ދުރަށް ދިޔައެވެ. މީހުން މަދު ހިސާބަކަށެވެ. ވަގުތުން މަލްދާގެ ބިސްގަނޑު ފަޅައިގެން ދިޔައެވެ. އޭނާ އަޒާންގެ ގައިގައި ބައްދާލައިގެން ހުރެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.
“ހޭ. މަލޫ. ނުރޮއެ. ހީ ޑަޒްންޓް ޑިޒާވް ޔުއާ ޓިޔާސް.” ގާތް އެކުވެރިޔާ ރޯތަން ފެނުމުން އަޒާން ދެރަވިއެވެ. އެހެންކަމުން މަލްދާގެ ގައިގައި ބައްދާލިއެވެ. “މަލޫ. ޔާނިޝް އިޒް ނޮޓް ވޯތު އިޓް. ޔޫ ވިލް ގެޓް ސަމްވަން އެ ލޮޓް ބެޓާ ދޭން ހިމް މުސްތަގުބަލުގަ. ނުރޮއެ ދެން.”
………
“ލުކް.. ކިތައް ރުފިޔާ ދޭން ވީ؟ 100؟ 200؟ 300؟ 500؟ ޑޮލަރުތަ ބޭނުމީ؟ އައި ކޭން ގިވް ޔޫ ޑޮލާސް ތި ވީޑިއޯ ޑިލިޓް ކުރާމަތިން. ބުނޭ ބޭނުން އަދަދެއް.” އާލިޔާ ރުޅިއައި ނަމަވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އާލިޔާ އެހެން ބުނުމުން އެ ޒުވާނާގެ ހުނުން އިތުރަށް ގަދަވީއެވެ.
“ހަހަހަ.. އައި ޑޯންޓް… ހަހަހަ.. ނީޑް މަނީ.. ދިސް އިޒް ސޯ ފަނީ! ހަހަހަހަހާ! ޔުއާ ރިއެކްޝަން ވޯޒް ޕްރައިޒްލެސް! ހަހަހަހަހަހާ!”
ދެން ފެނިގެން ދިޔައީ އާލިޔާ އެ ޒުވާނާ އާއި ދިމާއަށް ފުޅިއެއްގައި ހުރި ޑިސްކޯތަކެއް އުކާލި މަންޒަރެވެ. “ޑިލިޓް އިޓް!”
“ހަހަ. ނޯ.”
“އަރްގް! ޔޫ އާ ސޯ އެނޯއިން!” އާލިޔާ ހުރީ ރުޅިއައިސް ރަތްވެފައެވެ.
“ހަހަ. ކާމް ޑައުން. މި ޑިލިޓް ކޮށްލީއޭ. ބަލާ.” އެ ޒުވާނާ އެ ވީޑިއޯ ޑިލިޓް ކޮށްލިތަން ދައްކާލިއެވެ. ވަގުތުން އާލިޔާ އަށާއި ޖޯޑެންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އެއްވެސް މީހެއް ގާތު ބުނެގެން ވެސް ނުވާނެ. ގޮޓް އިޓް؟” އާލިޔާ ލޯ އަޅާލިއެވެ.
“ޔާ… އާރްރްރް… އަމްމް.. އައި- އައި އޯލްރެޑީ ޑިޑް. ކަޒިން އެއް ގާތު. ސޮރީ. ޑޯންޓް ވޮރީ. ހީ ވޯންޓް ޓެލް އެނީވަން.” އެ ޒުވާނާ ބޯ ކަހާލިއެވެ. “ވާޓްޓްޓް؟! ކާކު ކާރީގަ ބުނީ؟! ޝިޓް. އައިމް ގޮއިން ޓު ކިލް-”
“އެލީ. ކާމް ޑައުން. ހީ އޮންލީ ޓޯލްޑް ހިޒް ކަޒިން. އެން ހީ ސެއިޑް ހިޒް ކަޒިން ވޯންޓް ޓެލް އެނީވަން. ބިސައިޑްސް ހިޒް ކަޒިން ޑޯންޓް ނޯ އިޓްސް އަސް. ސޯ އިޓްސް ފައިން.” ޖޯޑެން އާލިޔާގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ ބުންޏެވެ.
“ނޯ އިޓްސް ނޮޓް!”
“ކަމް ޑައުން، ސްކޭރީ. އައިމް ޑިލިޓިން ދި މެސެޖް ބިފޯ ހީ ކޭން ސީ އިޓް. ޑަން. ސީ.”
“ދެޓްސް ބެޓާ. ލުކް ޑޫޑް. ޑޯންޓް ޔޫ ޑެއާ ޓެލް އެނީވަން އެލްސް، ގޮޓް އިޓް؟ ބިކޯޒް އިފް ޔޫ ޑޫ ދެޓް… އައި ވިލް ހަންޓް ޔޫ!”
އެ ޒުވާނާ އެއްބުމަ އަރުވާލިއެވެ. “އޯކޭ. އައި ވޯންޓް ޓެލް އެނީވަން އެލްސް. ބަޓް އަހަރެންގެ ސުވާލަކަށް ޖަވާބު ދޭ މަތިން.” “ކޮން ސުވާލެއް؟” އާލިޔާ އެއްސެވެ. “ވައި ޑިޑް ޔޫ ޑޫ ދެޓް؟ ވަރަށް އަގުބޮޑު ކާރެއް އެއީ.” އެ ޒުވާނާ އެއްސެވެ. “ހެހް. އެ ކާރުގެ ވެރިފަރާތަކީ ޗީޓާ އެއް. ކާންޓް ޔޫ ސީ ފޮތިގަނޑުގަ އެހެން ޖަހާފަ ހުރި ތަނެއް؟ އިޓްސް ޖަސްޓް އެ ލިޓްލް ރިވެންޖް އޮން ހިމް.” އާލިޔާ ކޮތަޅުތައް ކާރުގެ ޑިކީއަށް އަޅަން ފެށިއެވެ.
“ސޯ ދެޓް މީންސް ސަމްވަން ބްރޯކް ޔޯ ހާޓް؟ ހަހަ. ޔޫ އާ ސަޗް އެ ވިއާޑް ގާލް. އެން އެ ބިޓް ސްކޭރީ. އެންން ޑޭންޖަރަސް. އައި ޕިޓީ ޔުއާ އެކްސް.” އެ ޒުވާނާ ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ. ނަމަވެސް މޫނުމަތިން އޭނާ އަދިވެސް އެހެރީ މަޖާ ވެފައި ކަން އެނގެއެވެ.
“ހީ އިޒް ނޮޓް މައި އެކް-” އާލިޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އެ ފިރިހެން ކުއްޖާ ބުންޏެވެ، “މެޗު ނިމުނުތާ އިރުކޮޅެއް ވެއްޖެ. އިނާމު ވެސް ދީ ނިމެއްޖެ. ރެޑް ވުޑް ހައި މޮޅުވީ. އިރުކޮޅަކުން އެންމެން ނިކުންނާނެ ކަންނެ. ޔޫ ބެޓާ ލީވް ނައު.”
ތެދެކެވެ. އޭރު މީހުންތައް ނިކުންނަން ފަށައިފިއެވެ. އާލިޔާ އާއި ޖޯޑެން ދުވެފައި ގޮސް ޖޯޑެންގެ ކާރަށެއެރިއެވެ. އަދި ދުއްވާލިއެވެ. އާލިޔާ ފޯނު ނަގައި އަޒާނަށް މެސެޖު ކުރިއެވެ. ‘ހޭ. މަލޫ ގޮވައިގެން އާދޭ އެލީ ކުރިން ފޮނުވި ލޮކޭޝަންއަށް.’
………
ޔާނިޝް އޭނާގެ ޓީމާ އެއްކޮށް ނިކުމެގެން އައީ އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެއެވެ. އެމީހުންގެ މިސްރާބު ހުރީ ޕާކިންލޮޓާއި ދިމާއަށެވެ. އެތަނަށް ދެވުމުން އެންމެ ފުރަތަމަ ވެސް ފާހަގަވީ އެތާނގައި މީހުންތައް ތޮއްޖެހިފައި ވަކަމެވެ. އެތަނަށް އަންނަ ކޮންމެ މީހަކުވެސް އެތަނުން ދުރަށް ދަކަމެވެ. ނަމަވެސް އެތަނުން ވަކި މީހުނެއް މަދެއް ނުވެއެވެ.
ވާނުވާ ނޭނގި ހުރެ މީހުންތައް އެއްފަރާތް ކޮށްފައި ޔާނިޝް އާއި އޭނާގެ އެކުވެރިން އެތެރެއަށް ވަދެގެން ދިޔައެވެ. ދުވާ ނުބައި ވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ޔާނިޝް ގާތު ހުރި އަންހެން ކުއްޖާ އަށެވެ.
“އިއު. ވަޓްސް ދެޓް ހޮރިބަލް ސްމެލް؟”
ޔާނިޝް މެނަށް ވެސް އެވަސް ދުވިއެވެ. އެހެންކަމުން ހައިރާން ވެފައި އިތުރަށް އެތެރެއަށް ދެމިގަތެވެ. ނަމަވެސް ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. އައި ރުޅިން އޭނާ ތުރުތުރު އަޅަން ފެށިއެވެ.
އެ ހުރިހާ މަންޒަރެއް ބަލަން މާ ދުރުނޫން ހިސާބެއްގައި އެއްކަލަ ޒުވާނާ ހުއްޓެވެ. އޭނާގެ ހަނދާނަށް އާލިޔާ އައުމުން އައީ ހިންޏެވެ.
……
މަލްދާ މެނަށް ޖޯޑެންމެން ގެއަށް ދެވުނު އިރު ޖޯޑެން އާއި އާލިޔާ ހުރީ ކުނިބިސް ވަސް ދުވާފީ ފެންވަރައިގެން އެހެން ހެދުމެއް ލައިގެނެވެ.
އާލިޔާ ހުރީ ކުކުޅު ބިސް ކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ޖީންސެއް ލައިގެންނެވެ. އިސްތަށިގަނޑު އައްސާލާފައި ހުރިއިރު ކުރިން އަޅައިގެން ހުރި އައިނު ހުރީ ބާލާފައެވެ. އަދި މޫނުމަތީގައި ކުރިން ޖައްސާފައި ހުރި މޭކަޕްގެ އެއްވެސް ނިޝާނެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ޖައްސާފައި ހުރީ ވަރަށް މަޑު މެރުން ކުލައެއްގެ ލިޕުސްޓިކެއް ޖައްސާފައެވެ. ލޮލުގައި އައިލައިނާ އަޅާފައި، މަސްކަރަ ޖައްސާފައި ހުރުމުގެ އިތުރުން ދެން އެއްވެސް މޭކަޕެއް ކޮށްފައެއް ނެތެވެ.
“ޔޫ ގާއިސް އާ ފައިނަލީ ހިޔާ. ހިނގާ ދާން ރެސްޓޯރެންޓަކަށް އެއްޗެއް ކާލަން؟ މަ ވަރަށް ބަނޑުހައި.” އާލިޔާ ބުނެލިއެވެ. “އަނ. ހިނގާ ދާން.” މަލްދާ ވެސް ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. “މަލް. އަޅާ ނުލާ. ޔާނިޝް ޑަޒްންޓް ޑިޒާވް ޔޫ. ހީ އިޒް ޓޫ މަޗް އޮފް އޭން އޭސް.” އާލިޔާ މަލްދާއަށް ބުނެލިއެވެ. “އައި ނޯ. އައިމް ޓްރައިން ޓު ގެޓް އޯވާ ހިމް. އައި ވިލް ގްޓް އޯވާ ހިމް.” މަލްދާ ބުންޏެވެ.
“އައި ވިލް ޕޭ.” ޖޯޑެން ބުންޏެވެ. “ނޯ. އިޓްސް ފައިން. އައިލް ޑޫ ދެޓް. ނެކްސްޓް ޓައިމް ޔޫ ކޭން ޑޫ ދެޓް.” އާލިޔާ ރައްދުގައި ބުނެލިއެވެ. “ޝުޑްންޓް އިޓް ބީ މީ؟ އޯލް ދިސް ޕްރޭންކް އިޒް ބިކޯޒް އޮފް މީ.” މަލްދާ ތެދުވިއެވެ. “ނަހް. އައި ކޭން ޑޫ ދެޓް. މާ ބޮޑު ކަމެއް ނޫނެއް ނު އެއީ.” އަޒާން ބުނެލިއެވެ.
“ލެޓް މީ ޕޭ ދިސް ޓައިމް، އެލީ. ޕްލީޒް؟” ޖޯޑެން އެދުނެވެ. “ނޯ.” އާލިޔާ ދެކޮޅު ހެދިއެވެ. “އޯލްރައިޓް. ދެން އައިމް ގޮނާ ޕޯސްޓް ޔުއާ ގްރީން ހެއާ އޮންް އިންސްޓާ.” ޖޯޑެން އެއްމިޔަކަނުން ހީލިއެވެ. “ހޭއި؟ ޔޫ ސެއިޑް ޑިލިޓް ކުރީމޭ!” އާލިޔާ ހަޅޭއްލަވައިގަތެވެ. “އައި ޑިޑްންޓް. އައި ސްޓިލް ހޭވް އިޓް.” ޖޯޑެން ހޭން ފެށިއެވެ.
“ކީކޭ އެކިޔަނީ؟ ކޮން ގްރީން ހެއާ އެއް؟” މަލްދާ އެއްސެވެ. “އަމްމްމް.. އިޓްސް އެ ޕްރޭންކް ހީ ޕުލްޑް އޮން މީ މީގެ އަހަރެއް ކުރިން. ލާސްޓް އިޔާގެ ސަމާ ބްރޭކްގަ އެއީ.” އާލިޔާ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “ޔޫ ވިން، ހަރޫ ޖުރޯ. ޔޫ ކޭން ޕޭ.”
“އެލީ…” ޖޯޑެން އާލިޔާ އާއި ދިމާއަށް ލޯ އަޅާލިއެވެ. “ޔެސް، ހަރޫ ޖުރޯ؟” އާލިޔާ އަހާލިއެވެ. “އާލިޔާ.” ޖޯޑެން ދަތްކުނޑި ވިކާލިއެވެ. “ޔެސް؟ ހަރޫ ޖު… އާއޫޗްޗްޗްޗް!” ޖޯޑެން އާލިޔާގެ ގޮނޑީގައި ހިފާ ވައްޓާލިއެވެ. ބަދަލުގައި އާލިޔާ ޖާޑެނާއި ދިމާއަށް ދޫ ނެރުނެވެ.
……
“އަމްމްމް.. ލަސަގްނާ އެން ޗިކެން ވިންގްސް. އެން އެ ކޯކް ޕްލީޒް.” އާލިޔާ އޯޑަރު ކުރިއެވެ. މަލްދާ ނެގީ މެކް އެން ޗީޒް އަ އެކު ސަލަޑެކެވެ. ޖޯޑެން އާއި އަޒާން ނެގީ އެގް ނޫޑްލިހާއެކު މީޓްބޯލްސެވެ. ކަ އެއްޗެހި ގެނައުމުން 4 މީހުން ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ.
“އެހެމް އެހެމް. މަށަށް ތަންކޮޅެއް ވެސް ނުދޭނަންތަ؟”
ފަހަތުން އިވުނު އަޑުން އާލިޔާ އެނބުރި ބަލައިލިއެވެ. “އަރްރްރްރްގްގްގްގްގްގް! ޔޫ؟ އަހަރެން ދާހާ ތަކުން ޖެހޭތަ ފެންނަން؟! ވަޓް ޑޫ ޔޫ ވޯންޓް؟” އާލިޔާ ލޯ އަޅާލިއެވެ.
“އަހަ އަހަ. ޓު ސިޓް ވިތު ޔޫ ގާއިސް.” އޭނާ ބުންޏެވެ. “ހަހް؟ ގެޓް ލޮސްޓް.” އާލިޔާ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “ދެޓްސް އެކްސްޓްރީމްލީ ރޫޑް، ބްލެކް ލިލީ.” ޔަކްޒަލް އިށީނީ އާލިޔާ އާއި ޖެހިގެން އިން ގޮނޑީގައެވެ. އަދި އޭނާ ގެނައި ބާގާ ލާފައި އިން ތަށި ވެސް މޭޒުމަތީ ގައި ބޭންދިއެވެ.
ބައި ދި ވޭ.. ޑިޑް ޔޫ ގާއިސް ނޯ އެބައުޓް ބަޓް ހެޕެންޑް؟ މައި ކަޒިން ޓޯލް..” ޔަކްޒަލަށް ރަނގަޅަށް ނުބުނެވެނީސް އާލިޔާގެ ލޮލުގައި އަޅައިގަތީ ޔަކްޒަލް ގާތުގައި ހުރި ޒުވާނާއެވެ.
“ޔް..ޔޫ؟” ޖޯޑެން އަށާއި އާލިޔާއަށް އެއްފަހަރާ ބުނެވުނެވެ.
“ހަހަ ހަހަ. ސްކޭރީ އެން ދި އަދާ ބޯއި. ވީ މެޓް އެގެއިން. ވަޓް އެ ކޮއިންސިޑެންސް.” އެ ޒުވާނާ ބުނެލިއެވެ. “އޮހް؟ ޔޫ ނޯ އީޗް އަދާ؟” ޔަކްޒަލް ހައިރާން ވިއެވެ. “އާހް… އަމްމް.. ނޮޓް ރިއަލީ. ބަޓް ހައު ޑޫ ޔޫ ބޯތު ނޯ އީޗް އަދާ؟” އާލިޔާ އެއްސެވެ.
“ޔާޒް އިޒް މައި ކަޒިން.” އެ ޒުވާނާ އިށީނުމުން ޔަކްޒަލް ބުނެލިއެވެ. “ވަ.. ވާޓްޓް؟” ވަގުތުން އާލިޔާ ކޮށި އެރިއެވެ.
އަނެއްކާ އެ ޒުވާނާ އާލިޔާމެން ކުރި ކަންތަކުގެ ވާހަކަ ބުނީ ޔަކްޒަލް ގާތުގަ ބާވައެވެ؟
❤️?❤️?❤️?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




