ނަފްރަތަކީީ ލޯބީގެ ފެށުން 5
މާއިން އެ އަނދިރި ގުދަނު ތެރޭގަ ރޯން އިންތަ ކޮންމެސް ހަތަރު މީހަކު އެތާތެރެއަށް ވަދެގެން އައެވެ.މާއިން ބިރުންގޮސް ރުޔުމުގެ އަޑު ކެނޑިގެންދިޔަ ފަދަވެ.އެތާގަ ތިބީ ތިން ފިރިހެނުންނާއި އެންމެ އަންހެންކުއްޖެކެވެ.އެތާގަ އިން އެއް ފިރިހެން ކުއްޖެއްހުޜީ ރާޅު ބާނީ ކަޅު ކުލައިގެ އިސްތަށިގަނޑެކެވެ.ދެވަނަ ކުއްޖާގެ ހުރީ ކަޅު ކުލައިގެ ފަން އިސްތަށިގަނޑެކެވެ.ތިން ވަނަ ކުއްޖާއަކީ މާއިން އަށް ވަރަށް ރީއްޗަށް ދަންނަ ފިރިހެނެކެވެ.އޭނާގެ ހުންނަނީ ފެހިކުލަ ފާޑެއްގެ ކުލަައިގެ ރާޅުބާނީ އިސްތަށިގަނޑެކެވެ.އަދި އެ އަންހެން ކުއްޖާގެ ހުރީ ކަޅު ކުލައިގެ ޕޯރނީޓެއިލްގެ ސްޓައިލައަކަށް އިސްތަށި ގަނޑު ހަދާލާފައެވެ..މާއިން އެންމެ ބިރު ގަތީ އެފެހި ކުލަ ފަދަ އިސްތަށިގަނޑު ހުރި ފިރިހެން ކުއްޖާ ފެނުމުންނެވެ.އެއީ އޭނާއަށް އަލަށްވެޔަސް އޮޅޭނެ މީހެއް ނޫނެވެ.
*****************
އަނެއް ދުވަހުގެ ހެނދުނު ވަގުތެވެ.ޒާރާ ހޭލައިގެން ވީހާވެސް އެންމެ އަވަހަކަށް ތައްޔާރުވީ ކޮމްޕެނީ އަށް ދިއުމަށެވެ.ގަދަ ފިޔާތޮށި ކުލައިގެ ގަމީހެއް ލައިގެން ހުރީ ކުރު ކަޅު ކުލައިގެ ސްކާޓެއް ލައިގެންނެވެ.އޭނާގެ ދަނބު ކުލައިގެ އިސްތަށިގަނޑު ވަރަށް ރީއްޗަށް ސްޓައިލް ކޮއްފަ ދުއްވައިގަތީ ޓެކްސީ އެއް ނެގުމަށެވެ.މަގުމައްޗަށް ދިޔައީ އޭނާގެ ހެނދުނު ނާސްތާވެސް ނުކައެވެ.އޭނާ މަގުމއްޗަށް ނިކުތް އިރު އާލިޝް ހުރީ އޭނާގެ ކާރުގަ ލެނގިލައިގެންނެވެ.”އަރާ…އަދިވެސް ކަލޭގެ ކާރެއް ނުހެދެއްނު” ޒާރާ ކަާރަށް އެރުމަށް އާލިޝްއިޝާރާތް ކޮއްލިއެވެ.ޒާރާ ލުއި ހިނިތުން ވުމަކާއި އެކު އާލިޝްގެ ކާރަށް އެރިއެވެ.އާލިޝް ކާރު ދުއްވާލުމާއިއެކު މުޅި ތަނަށް ފެތުރިފައި ވަނީ ހަމަ ހިމޭންކަމެވެ.އާލިޝް އޭރު މިސްރާވު ޖެހީ އެދެމީހުން ލަވަ ކިޔާން ހަމަޖައްސާފައިވާ މާލޭގެ ކޮތަރު ޕާކަށްށެވެ.
އެދެމީހުންނަށް އެތަނަށް ދެވުމާއިއެކު ކޮތަރު ޕާކުގައި ހަމަޖައްސައިފައިވާ ތަނަށެވެ.އަދި ބައި ގަޑިއިރެއް ހާއިރު އޮތުމުން ޒާރާ ދިޔައީ އެތާ ކައިރީގަ އިން ފިހާރައަކަށްށެވެ.ކޮސް ތިން ވަރަކަށް ލުއި ކާނާ ޕެކެޓް އަކާއި ކޯކު ފުޅިއެއް ގަނެގެން ގޮސް އިށީނީ ކޮތަރު ޕާކުގަ އިން އަށިގަނޑެއް މަތީގައެވެ.ޒާރާ ކެއުމައިގެން ކުރިއަށް ގެންދިޔައެވެ.ލަވަ ކިޔާ ވަގުތު ޖެހުމުން ގޮސް މަޑުކޮއްލީ ލަވަ ކިޔަން ހަމަ ޖައްސާފައިވާ ތަނުގައެވެ.
މާއިންގެ ނިދި ފިލައިގެން ދިޔައީ އެއްކަލަ އަންހެން ކުއްޖާ އެތަނަށް ވަނުމުންނެވެ.އޭނާ އައީ ކަޕްނޫޑުލްސް ތައްޓެއް ހިފައިގެންނެވެ.”އަން މި ކައި” އެ އަންހެން ކުއްޖާގެ އަތުގަ އިން ނޫޑުލްސް ތަށި ދިއްކޮއްލަމުން ބުންޏެވެ.”އައްޗި މަ ތި ކަންޏާމުން ކާނީ ދަތް އުނގުޅައިގެން” މާއިން ބޮޑާ ހާކަން ފެށިއެވެ.” ނުކަންޏާމުން ނުކައި ހުރެ ގެއްލުން ވާނީ ހަމަ ކަލޭގެ ދޮންތަ އައް” އެ އަންހެން ކުއްޖާ ބުންޏެވެ.މާއިން ކިތަންމެ ފަކުރެއް ގަނެފައި ހުއްޓަސް އެ ކަޕް ނޫޑުލސް ކައި ހުސް ކޮއްލީ އޭނާގެ ދޮންތަ އައް ޓަކައެވެ.ނޫނީ އޭނާއަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ދިނަސް އޭނައެއް ނުކާނެއެވެ.”ގުޑް” އެކުއްޖާ ވިހަ ހިނިތުންވުމަކާއިއެކު އެ ގުދަނުން ބޭރަށް ނިކުތެވެ.އެވަގުތު މާއިންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.ވަކި އޭނާ އެތަނަށް ގެނައީ ކީއްވެ؟ ކޮން ބޭނުމަކު؟ ކީއްވެ؟ ކީއްކުރަން؟ އޭނާގެ ހިތުގަ އަޅާވެން އިނގޭނީ ހަމައެކަނި ޙުދު އޭނާ އަށެވެ.
އާއިޒް މިދުވަސްތަކުގަ އުޅެނީ ވަރަށް ބުރަކޮށް ކަން އެނގުމުން އީނާ ކުޑަ މިނުން އޭނާއަށް ޖެއްސުމެއް ވެސް ނުކޮއްލައެވެ.ހަމަ އެކަނި އޭނަ ވާހަކަ ދައްކަނީ އާއިޒް އޭނާއާއި ވާހަކަ ދެއްކީމައެވެ.
ވެފަ ހުރި ވާޅެއްގެ ބޮޑުކަމުން އާއިޒް ފެންވަރައިލައިގެން ނިކުތީ އޭނާގެ ކަޅު ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު ހިއްކަމުންނެވެ.މަތި މަހާއި ތުނބުޅި ބާލާފަ ހުންނައިރު ފިރިހެންވަންތަކަން އިތުރު ކޮއްދެއެވެ.އަލި ހަންގަނޑެއް ލިބިފައި ހުންނަ އިރު އެހާމެ ރީއްޗެވެ.އޭނާއަށް ތަޣުރީފު ކުރާ މީހުން ވަކި މަދެއް ވެސް ނުވާނެއެވެ.ކަކުލާއި ހިސާބަށް ދާވަރުގެ ދޫ ސޯޓަކާއި ޓީޝާޓެއް ލައިގެން އޯވެލީ ކުޑަވެސް އަރާމެއް ލިބޭތޯއެވެ.މިނެޓެއް ނުވަނީސް އާއިޒް އަށް ނިދުނެވެ.
އީނާ އޮތީ އޭނާގެ ފޯނާއި ކުޅެންށެވެ.އާއިޒް އޮންލައިންގަ ނެތްކަން ދެއްކުމުން އީނާ ފޫހި ވާ ގޮތް ވިއެވެ.އީނާ އައްސާލާފަ އިން އިސްތަށިގަނޑު ނިއުޅާލާފަ އޮށޯތީ ނިދާލަންށެވެ.ނަމަވެސް އޭނާއަކަށް އެކަމެއް ކާމިޔާބެއް ނުވުއެވެ.ތެދުވެ ގެން ގޮސް ބެލްކަނީގަ އޭނާ މަޑިު ކޮއްލިއެވެ.އެއްވެސް އަލިކަމެއް ފާޅުނުވާތީ އީނާ އަނބުރާ ކޮޓަރިއައް ވަދެ އޮށޯތީ މިފަހަރު ނިދޭނެކަމައް ހިތާއެވެ.އެކަން އޭނާއަށް ކާމިޔާބުވީ ސިކުންތު ކޮޅެއްވެސް ނުވަނީހުންނެވެ.
ޔާނިޝް ދިޔައީ ވިޝާންގެ ގެއަށް އޭނާއަށް ގަޑި ކިޔުމުންނެެވެ.ޔާނިޝް ދޮރުގަ ޓަކި ޖެހި ތަނާ ދޮރު ހުޅުވީ އަންހެން ކުއްޖެކެވެ.އޭނާާ ހުރީ ގަދަ ނޫ ކުލައިގެ ފިއްތި ޖިންސެއް ލައިގެންނެވެ.މަޑު ފެހި ކުލައިގެ ޓީޝާޓެއް ލައިގެން އެވެސް ހުރީ ބެގީ ކޮއްފައެވެ.އެހެން މީހުންނާއި ހިލާފަށް އޭނާގެ ކަޅީގެ ކުލަ ހުރީ ދަނބު ކުލައިގަ އެވެ.ބުނަންޏާމުން ބުނެވޭނީ އެއީ ވަރަށް ބޮޑު ނަސީބު ވެރިއެކެވެ.”ވިޝާން ބުނެގެން މިއައީ” ޔާނިޝް ބުނެލިއެވެ.”އޯހް” އެ އަންހެން ކުއްޖާ އޭނާ އއތެރެއަށް ވަނުމަށް ތަންދިނެވެ.އަދި ޔާނިޝް ދުއްވައިގަތީ ވިޝާންގެ ކޮޓަރިއަށެވެ.”އެންމެ ފަހުން އާދެވިއްޖެ ދޯ”ވިޝާން ތުން އަނބުރާލަމން ބުންޏެވެ.
ޝިމާން މަސައްކަތް ކުރަމުންދާ ފިހާރަ ކަިއިރިން އޭނާގެ ލޮލުގަ އަޅައިގަތީ އަންހެން ކުއްޖެކެވެ.އެ އަންހެން ކުއްޖާގެ ހުންނަނީ މުށި ކުލައިގެ ބުޅި އިސްތަށިގަނޑެކެވެ.ބުޅިއޭ ބުންޏަސް ވައްތަރީ ފަންއިސްތަށި ގަނޑަކާއެވެ.ހުދު ކުލައިގެ ޓީޝާޓަކާއި އެކު އަލި ފެހި ލެދަރ ޖެކެޓެއްލައިގެންނެވެ.ފަލަ މަސް ގަނޑާއި ހަމައަށް އަރާވަރުގެ ކަޅު ކުލައިގެ ލެދަރ ސޯޓުކޮޅެއް ލައިގެން ހުންައިރު އެ އަލި ހަންގަނޑު ހުންނަނީ ހާމައަށް ފެންނާށެވެ.”ފިހާރައަށް ތަ އައިސް ތިހިރީ؟” ޝިމާން ސުވާލުކޮއްލިއެވެ.އެވަގުތު އެ އަންހެން ކުއްޖާ ބޯޖަހާލިއެވެ.ޝިމާން ފިހާރަ ތަޅު ހުޅުވާފަ އެ އަންހެން ކުއްޖާ ވަންނަން ތަންދެއްކިއެވެ.އެއަންހެން ކުއްޖާ ބޮޑީ ސްޕްރޭ ފުޅި އަކާއި ފޭސް ޕައުޑަރ ދަޅެއް ހިފައިގެން ދިޔައީ ކައުންޓަރ ދިމާލަށެވެ.ހުރިހާ އެއްޗަކަށް ރުފިޔާ ދެއްކުމާއިއެކު ކައުންޓަރާއި ދިމާލައް ދިއްކޮއްލީ އޭނާގެ ކަނާތް އަތެވެ.” ކަލޭ ތިޔައުޅެނީ ކަލޭގެ އަމިއްލަ އަތް ގަންނަންތަ” ޝިމާން ކޮއްލީ މޮޔަ ސުވާލެކެވެ.އެކުއްޖާ ނޫނެކޭ ބުނާފަދައިން ދެފަރާތައް ބޯ ހަލުވާލިއެވެ.”ލެޓްސް ބީ ފްރެންޑްސް” އެ އަްހެން ކުއްޖާ ބުންޏެވެ.ޝިމާން އަށް އެ އަންހެން ކުއްޖާގެ އަޑު އިވުމާއިއެކު އޭނާގެ ހިތް ތަޢުރީފަ ކޮއްލީ އެ އަންހެން ކުއްޖާގެ އަޑަށްށެވެ.” އޯހް…ފްރެންޑްސް ދޯ” ޝިމާންގެ ބޮލުގައި އަމިއްލައަކަށް ޖަހާލީ އޭނާ މޮޔަ ކަމުންނެވެ.”އޯކޭ…ފްރެންޑްސް..”ޝިމާން ބުންޏެވެ.އެ އަންހެން ކުއްޖާދަނީ އޭބުނެފަ ހިނގައިގަތީ ފީހާރައިން ނިކުތުމަށެވެ.ޝިމާނަ އޭނާ ހުއްޓުވިއެވެ.”ވެއިޓް..ވަޓް އިޒް ޔުައަރ ނޭމް…އޭޖް…އެޑްރެސް އެންޑް ޔުއަރ ފޯން ނަމްބަރ…”ޝިމާން ފަތިވަރުތައް އަމުނާލިއެވެ.”ނޭމް އިޒް އަނާރާ..އޭޖް އިޒް ސިކްސްޓީން..އެޑްރެސް އެއް އަދިއެއް ނުބުނެވޭނެ…ގެނޭ ޔޫގެ ފޯން ނަމްބަރ ލިޔާނަން..އެން ވަޓް އެބައުޓް ޔޫ” އަނާރާ ބުންޏެވެ.ޝިމާން އޭނާގެ ފޯނު އަނާރާ އަށް ދިއްކޮއްލަމުން ވާހަކަ ދައްކަން ފެށިއެވެ.”ނޭމް އިޒް ޝިމާން…އޭޖް އިޒް އެއިޓީން..އެޑްރެސް އިޒް ޝައިމަންގެ އެޑްރެސް…ޔުއަރ ފޯނު ލިބުނީމަ އޯކޭ ވާނެ..ބަޓް ވައި އެޑްރެސް ނުބުނެވެނީ؟” އަނާރާ އޭނާގެ ފޯނު އަނބުރާ ދިނުމުން އޭނާގެ ފޯނުގަ ހިފިއެވެ.” އެއީ ގަބޫލު ނުކުރާނެކަންއިނގޭތީ” އަނާރާ ހިނިގަނޑެއްޖަހާލަމުން ބުންޏެވެ.” އެހޭބުނެ މަ ގަބޫލު ކޮއްދާނަން” ޝިމާން ވަރަށް ވެލާފަ ބުންޏެވެ.”ހަހަ…އަމިއްލަ ގެއަކު ނޫން އުޅެނީ އެކަމަކު ޔޫއައް އިނގޭނެ ހަމަ ގައިމުންވެސް ޒާރާގެ އެޑްރެސް” އަނާރާ ކިޔައިދިނެވެ.”ލަވަ ކިޔާ ޒާރާ؟” ޝިމާން ހައިރާންވެ ހުރެ އެއްސެވެ.
“ޔާހް” އަނާރާ ޖަވާބު ދިނެވެ.”ނޯ އިޓްސް އަލައި ދޯ”ޝިމާން އަށް އުނދަގޫވިއެވެ.” އައި ޓޯލްޑް ޔޫ ދެޓް ޔޫ ވޮންޓް ޓްރަސްޓް” އަނާރާ ހިނިގަނޑެއް ޖަހާލިއެވެ.” ނޯ އިފް ޔޫ އަރ ރިއަލް ދެމީހުން އެއްކޮއް ނަގާފަ އިން ޕިކް އެއް ދައްކަބަލަ” ޝިމާން ފޮނިވެލާފަ ބުންޏެވެ.” އަނާރާއާއި ޒާރާ އެކީ ނަގާފަ އިން ފޮޓޮލެއް ދައްކާލިއެވެ.”ނޯ ދެޓްސް ނޮޓް ޓްރޫ…ދެޓްސް އަ އެޑިޓް” ޝިމާން އައް ގަބޫލު ކުރަން އުނދަގޫވުމުން ބުންޏެވެ.” އޯކޭދެން މާދަމާ މި ވަގުތު މި ފިހާަރައިގަ އިންނަންޏާމުން މަ އޭނަ ގެންނާނަން މި ފިހާރައަށް” ނާރާ ބުންޏެވެ.މީހަކު ފިހާރަ ދޮރު ހުޅުވާލިތަނާ ދެމީހުން ސިއްސައިގެން ދިޔައެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


V reethi ❣️❣️❣️❣️
Thank u so much princess☺️❤️