Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންމަޖާ

ކޮމެޑީ ލޭންޑް 11

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
June 6, 2021 13 Mins Read
12 Comments

ރިއާޝް – (އަހުޝަމް ގުޅުމުން) “ކަލޯ މަ މަރައިފި މި ދޮންބެ ގަނޑު.. ރީޝް އާ ހެދި ހުރިހާ ވަރެއް މަށަކަށްނު… ރީޝޫ ޕްލީޒް ސޭ ޔޭސްސް…. އަޅޭ ތަދުވެޔޭ… އައުޗް ދޮންބެ ޕްލީޒް ނުޖަހަބަ… ނައު އިނގިއްޖެ ދޯ މައި ފީލިންގސް… އަޅޭ ކަލޯ ނުތަޅަބަލަ…….”

ރީޝާ – (އަހުޝަމް ފޯނު ސްޕީކަރަށް ލައިގެން ހުރުމުން ރިއާޝް އަށް އަޑު އިވޭ ވަރަށް) “ދޮންބެ ކައިރީ ބުނޭ ނުތަޅާށޭ”

ރިއާޝް – “ހުވާ ރީޝް ހީ ކާންޓް ބްރީތް ވިތްއައުޓް ޔޫ.. ހީ ކާންޓް ސްލީޕް ވިތްއައުޓް ޔޫ…. ހީ ކާންޓް ވޯކް ވިތްއައުޓް ޔޫ… ހީ ކާންޓް އީޓް ވިތްއައުޓް ޔޫ… ހީ ކާންޓް ލިވް ވިތްއައުޓް ޔޫ ރީޝޫ… ބަޓް ހީ ކޭން ފައިޓް ވިތްއައުޓް ޔޫ… އަޅޭ މަ ސަލާމަތް ކޮށްދީބަލާ……….”

ލަމްހާ – “ރީޝޫ…. ޔެސް ބުނަގާ… ބަލާބަ ރީޝް ޔެސް ނުބުނެގެން އާޝް ބްރޯ ދޮންބެ އަށް ވާ ވަރު… ހީ ކާންޓް ލިވް ވިތްއައުޓް ޔޫ އޯ ހަހަހަ”

ޒާނާ – “ރީޝޫ ޑާރލް ޔެސް ބުނެބާ… ކޮބާ އާޝް ރޭގަ ކިހާއިރަކު އާޝްގެ ދޮންބެ ނިދީ؟ ރީޝް އާޝްގެ ދޮންބެ ކާންޓް ލިވް ވިތްއައުޓް ރީޝް”

ޒައިޝާ – “ފައިޓް ކުރެވޭ ދޯ ރީޝް ނެތަސް ހަހަހަހަ”

އަފްރާ – “އަޅޭ އާޝްގެ ދޮންބެ ވެސް ނުވާނެއްނު އާޝް އަށް ހުރިހާ ވަރެއް ބާލާކަށް… އާޝް އަސްލު ރީޝް ނެތީމަ ކައިރީގަ ހުރި މީހަކަށްނު ވަރު ބޭލޭނީވެސް ދޯ”

ރިއާޝް – “ކޮޔާ ޒާނު އަދި ނުނިދާ އެސޮރު… އޭނަ ނުނިދި ތާ އާޝް ވެސް ނިދިޔަ ނުދިނޭ…”

ރިހުލާ – “އަޅޭ ރީޝް ސޭ ޔެސްސްސް…. އެއޮއް އާޝް ބްރޯ މަރު ވަނީ.. ކަޑައެއްނު އާޝް ބްރޯ މަރު ވެއްޖެއްޔާ… އަޅޭ ރީޝް ޔޫ ހޭވް ދި ޕަވާރ އޮފް ސޭވިން އާޝް ބްރޯ… ހެހެހެހހެ”

ނައިޝާ – “ޔާ ހީ ކާންޓް ޑޫ އެނީތިންގ ވިތްއައުޓް ރީޝް އޯ…. އެކަމަކު ތެޅޭނެ ތާ ދޯ ހެހެހެހެ… މިހާރު އާޝް ބްރޯ ނުކެރޭނެ ބަލައިލާކަށްވެސް ދޯ.. ބޮޑެތި ފިތް ގަނޑު ނަގާފަ ހުންނާނީ”

ރިއާޝް – ” ނައި ދޮގު ވާހަކައެއް ނޫން ތީކީ… ކަލޯ ސަންތީ އެނގޭތަ ރޭގަ މަ ނިދަން ޖެހުނު ތަންންން؟؟؟؟؟؟ ބެލްކަނީ ގައި ކުނާ އަޅައިގެން… މަންޖެ ކަންތަކޭ މީ.. ދެން ރީޝޫ… ފިރެހެން ކުއްޖެއްގެ ހިތަށް ކުރާނެ އަސަރު އެންމެ ރަނގަޅަށް އެނގޭނީ ރުދްރަށް… ސޯ ދޮންބެ ހިތަށް ހާދަ އަސަރެކޭ ކުރަނީ އެ… ރީޝޫ…. ދޮންބެ ކާންޓް ސްލީޕް ވިތްއައުޓް ޔޫ… ހީ ކާންޓް ވޭކް އަޕް ވިތްއައުޓް ޔޫ.. ހީ ކާންޓް ޓޯކް ވިތްއައުޓް ޔޫ… ހީ ކާންޓް އޯޕެން ހިޒް އައިޒް ވިތްއައުޓް ޔޫ… ރީޝް ޕްލީޒް ސޭވްމީ… ޔޫ ކޭން އޮންލީ ސޭވް މީ ފްރޮމް ދިސް އަނިޔާ…. ރީޝް އާދޭ ދޮންބެގެ އެނދު ދާން ކޮޅުގެ ބައިވެރި އާ އަށް ވެދޭން ”

ރިހުލާ -” އެހެހެ އާޝް ބްރޯ ވެސް ދޯ.. ކުނާ އަޅައިގެންނޭ ؟؟؟؟؟ ސުއްބޫ.. އަޅޭ ރީޝް ދެން ދޭ ބަލަ ދޯ… ”

އަފްރާ -” ސޭވް އާޝް ބްރޯ ޖަހާފަ ޕޯސްޓާ އެއް ހަދާފަ މުޒާހަރާ ކުރަންވީ ދޯ؟ މިކަމާ އެއްބާރުލުން ދޭނީ ކޮން ބައެއް؟ ހޭންޑްސް އަޕް… ”

ލަމްހާ -” އަޅޭ ބަލާބަ އާޝް ބްރޯ ދޮންބެ އަށް ވާ ވަރު ރީޝް ނެތީމަ… އަފޫ ލަމް އެއްބާރުލުން ދޭނަން ”

އަހުޝަމް – (އެއޮއް ހުރިހާ އިރު މަޑުން އިނދެފައި ކޮށްޅަށް ތެދުވެ ރީޝާގެ ގައިގައި ހިފައި ގަންނަމުން)” ރީޗާ ގަނޑާ…… ހެޔޮ ވާނެ ތަ އާޝް ދޮންބެ އަށް އެހެން ހަދަންންންން؟؟؟؟؟؟ ޕްލީޒް ޕްލީޒް ޕްލީޒްޒްޒް ސޭ ޔެސް އޯރ ހީ ވިލް ޑައި… ރީޝް ނުލާހިކު ރީތި ވާނެއޭ އާޝް ދޮންބެ… ސޯ ހޭންޑްސަމް.. ޕްލީޒް އެސޮރު ހިތަށް ތަދު ނުކޮށްބަ… ރީޝް އާ ހެދި ހުރިހާ ވަރެއް ރީޝްގެ ބެސްޓީ އަށް… ރީޝްގެ ބެސްޓީ އެ ހާލުގަ އުޅޭތަން ބަލަން ކެތްވޭތަ؟ (ރީޝާގެ ދެން ކޮނޑުގައި ހިފައި ނަސޭހަތް ދޭ ފަދައިން) ރީޝް ބަލާލަ އާޝް ބްރޯ ރޭގަ ނިދަން ވެސް ޖެހުނީ ބެލްކަނީގަ އޯ… ރީޝް ޕްލީޒް ސޭ ޔެސް ”

ރީޝާ – (ސްޓޫޑިއޯ އިން ނުކުންނަމުން)” މަށަކަށް ނޭންގެ.. މަ މިދަނީ ގެއަށް ”

ރިއާޝް – (ރީޝާ ދިޔަކަން ޔަގީން ކޮށްފައި)” އޭ އަސްލު ވެސް ހިނގާބަ ރީޝް އާ ދޮންބެ އާ ޖައްސަން… މަޖާ ވާނެ އޭރަށް ”

ޒާނާ -” ޒާނު ތައްޔާރު… ތިކަމައިގެން ކުރިއަށް ”

އަހުޝަމް -” ސޯ ހިނގާ އާރޓިފިޝަލް ބީޗަށް ދާން ”

ލަމްހާ -” ޔާ ހިނގާބަ ދޯ ”

އަފްރާ -” ކިހާއިރަކަށް ދާނީ ”

ރިއާޝް -” ދޭއް ޖަހައިރަށް އޯކޭނު”

އަހުޝަމް – “އާން މަ ވެސް ހުކުރަށް ދާން ފެންވަރަން ދާން ވެއްޖެ”

ރިއާޝް – “އާން މަ ވެސް މިސްކިތަށް މި ކަނޑާލަނީ”

ޒާނާ – “ދޭއް ޖަހާއިރު ހިއެއް ނުވޭ އާދެވޭނެ ހެނެއް ދޯ ރިއްލޫ… އެބައޮތް ވަރަށް ބޮޑު ކަމެއް… އާން މިސްކިތަށް ގޮސް ބަސް އަހާ ތި.. ދޮންބެ ކައިރީ ބުނާތި ފައިޓް ނުކުރައްޗޭ”

ރިހުލާ – “ޔާ ދޯ ޒާނޫ.. އެކަމް އެކަންތައް ކެންސަލް ވިއްޔާ ދާނަން… ތެދެއް އާޝް ބްރޯ މިސްކިތުގައި ދެ ކުދިން ނު ތޮޅޭތި”

 

*************

 

ރިއާޝް – (އާރޓިފިޝަލް ބީޗަށް ގޮސް އަހުޝަމް އަށް ގުޅަމުން) “ކޮބާ”

އަހުޝަމް – (ފޯނު ކަނޑާލަމުން ރިއާޝްގެ ފަހަތުން އައިސް) “މިހުރީ… ކޮބާ ބްރޯ ދޮންބެ؟”

ރިއާޝް – “އަންނާނެ އިރު ކޮޅަކުން”

ލަމްހާ، އަފްރާ ،ނައިޝާ ، ޒައިޝާ – “މި ތިބީ އައި މެން ވެސް”

އަހުޝަމް – “ކޮބާ ޒާނު މެން އެ ކުރާ ކަމެއް ކެންސަލެއް ނުވި ދޯ”

ރިހުލާ – (ޒާނާ އާއި ދެމީހުން ދުވަމުން ދުވަމުން އައިސް މާ ނޭވާ ލަމުން) “އެހހ އެހހ.. މި އައީ އޭ”

ރިއާޝް – “ސުއްބޫހުއް ޤުއްދޫޞުން… ކިހާ ހިސާބަކުން ދުވެފަ ތިޔައީ”

ޒާނާ – “އާޝް ބްރޯ ބުނާކަށް ބަސް ސްޓޮޕާ ހިސާބުން ދުވެފައި މިއައިީ ”

އަހުޝަމް -” ހަމަ ސަހާދެއް؟ ނޫނޭ ވާ ކުޅަދާނަ… ތިޔަ ކަމެއް ކެންސަލު އަރުވާލީ ދޯ؟”

ރިޔާޝް – (އަހުޝަމް މެން ތިބި ގަސްދޮށު ގައި އިށީންނަމުން ރޮމުން) “ހާއީ”

އަހުޝަމް – (ރިޔާޝްގެ ކޮނޑުގައި ޖަހާލަމުން) “އަޅޭ ބްރޯ ކިހިނެއްތަ؟ ސޯ ސޭޑް ދޯ ރީޝް ނޯ ބުނީމަ.. ހުރޭ ރީޝް އަދި ޔެސް ބުނާނެ”

ޒާނާ – “އަޅޭ އާޝް ދޮންބެ ކީއްވެ ތި ރޮނީ؟”

ރިއާޝް – “ހަހަހަހަ… އެހެންމަ މިރޭގެ ޝޯވ ގަ ރީޝް ޕްރޮޕޯސް ކުރާނީ އިނގޭ ޔާޝް ދޮންބެ”

އަހުޝަމް – “ސޯ އެހެންމަ ޕްރެޒެންޓު ކުރާނީ އަހަރުން ދެމީހުން… ރީޝް ބައިންދާނީ ޝަރަފުވެރި މެހެމާނަށް… އެގޮތް އޯކޭނު”

ރިއާޝް – “ހްމްމްމް ދެން ރީޝް އައިސް ސަލާން ގޮވާނެއްނު… ގޮވީމަ އެންމެން ރޯސް އުކާނީ”

އަހުޝަމް – “އުހޫން ރޯސް އަކާ ރިންގެއް ދޭނީ ޔުއަރ ބްރޯ… އަހަރުމެން މަލާ ބާރތްޑޭ ތަކުގައި އުކައެއްނު ފާޑެއްގެ ކަރުދާހެއް… އޭތި އުކާނީ”

އަފްރާ – (ވެއްޓިފައި އޮތް ހިރުނދު މަލެއް ނަގަމުން) “މި މާ ވެސް އޯކޭ ތަ؟”

އަހުޝަމް – “މަށަށް ވަރިހަމަ ރަހީމާ އުކިޔަސް ނަސީމާ އުކިޔަސް ވަސީމާ އުކިޔަސް….”

ލަމްހާ – “ހަހަ އޯކޭ ކޮންތާކުން މާ ހޯދާނީ؟”

ނައިޝާ – “މިރާއްޖޭގައި މާ ނެތީތަ ލަމޫ… އެބުނީނު ވަރިހަމަ އޭ ކޮންމެ މަލެއް އުކިޔަސް… (ރިހުލާގެ ކޮނޑަށް އަތް ވައްޓާލަމުން) އަޅުން އުކާނީ ރަހީމާ”

ރިއާޝް – “މަށަށް ވަރިހަމަ ސީމާ އާ ބީމާ އާ އީމާ އާ ރީމާ އާ ދީމާ އާ އުކިޔަސް… މަލެއް ފެނިއްޖެއްޔާ ހިފައިގެން ދިޔައީމަ ނިމުނީނު”

ޒާނާ – ”  ތިކިޔާ ކަރުދާހެއް ވެސް ޖެހޭނީ ގަންނާކަށްނު… ކާކު ބަޖެޓު ހަމަޖައްސަނީ”

ރިއާޝް – “ހާސް ކަނޑަލާ.. އެކަން ހަމަޖައްސާނެ ދޮންބެ… ދެން ތަޅުދަނޑި ފޫކެއްގަ ރިންގު ހަދާނީ… ދެން ދޮންބެ އެ އެމަންޖެ އަތުގަ އަޅުވާފައި ފިނިފެންމާ ދޭނީ.. ދެން ދީފަ ކިޔާނީ އައިޝާ އައިޝާ ލޯބިން ގޮވާ ލަވަ… އޭތި ރީޝާ ރީޝާ ލޯބިން ގޮވާ އަށް ބަދަލު ކޮށްލައިގެން”

ޒައިޝާ – “އޯކޭ”

ޒާނާ – “ބަރާބަރު އާޝް… އާޝް ދޮންބެ ރެޑީ ތަ މިކަމަށް… އާޝް ދޮންބެގެ ފުލް ސަޕޯޓް ބޭނުންވާނެ އިނގޭ”

އަފްރާ – “ޔާ އާޝް ބްރޯ ދޮންބެގެ ފުލް ސަޕޯޓް ލިބިގެން މިކަން ވާނީ”

ރިޔާޝް – (ފިލްމީ ގޮތަކަށް) “ހޫމް އޯކޭ ޝިފާ ލިބިއްޖެއްޔާ… ދެން ކިހިނެކޯ ހަދަން ވީ”

އަހުޝަމް – “އޯހް ޔާޝް ދޮންބޭ……. ދެން އިންނަން އަހާނީނު”

ނަޔާ – (މާނޭވާ ލަމުން އައިސް) “އޯހްހްހްހ ދެއާރ ޔޫ އާރ.. މަ ތިމީހުން ހޯދަން ޑައިނަމޯ އަށް ވެސް ވަދެފިން”

އަހުޝަމް – “އެ ކީއް ކުރަން؟ މަ ބިރިޔާނީ ކާންދޭނެ ކަމަށް”

ލަމްހާ – “ހާދަ އަވަހަކަށް އިންނަން އަހަނީ؟؟”

ނަޔާ – “އޭ މިހާރު އިންނަ ހިސާބަށް ވެސް ދިޔައީ… އަދި މި އުޅެނީ އާނއެކޭ ނުބުނެގެން”

ރިހުލާ – “އެހާ އަވަހަށް އިންނަން އަހާނެ ކަމެއް ނެތް…. ރައްޓެހި ވާން އަހާ”

ޒައިޝާ – “ހޫމް ދޯ ރިއްލޫ… އަދި ރައްޓެހި ވެގެންނެއްނު އިންނަން އެހޭނީ”

ރިޔާޝް – “ހޫމް ރައްޓެހިވާން އަހާނީ އޯ ދެން.. ސޯ އައި ހޭވް ޓު ސިންގް އައިޝާ ސޯންގ ދޯ؟”

ނަޔާ – “ދޮންބޭ ވިސްނައިން އުޅޭތި… ތިހާ އިނގިރޭސި ވެގެން އެ މަންޖެ ކައިރިއަކު ނޫޅެވޭނެ”

ރިއާޝް – “ހްމްމްމް ރީއްޗަށް ކިޔާތި”

ނަޔާ – “އޭ އިހަށް ދޮންބެ ވޮއިސް ޓްރޭން ކުރަން ޖެހޭނެއްނު ރުދްރް ގޮތަށް”

އަހުޝަމް – “މުޅި އެކުން ދޮގު ވާހަކަ އެއް ނޫން… ރުދްރާސް ނޫން މީހަކާ ރީޝާ ކަޕޫރު ވައި ވެސް ނޭޅޭނެ”

ރިއާޝް-” އަޅެ ދޮންބެ ކިޔާލަބަލަ ތަންކޮޅެއް ”

ރިޔާޝް -” މައްސަލަ އެއް ނެތް… (ކަރު ކެހި ލަމުން).. އަސްތާ މޫދަށް އެރެންވީދޯ…. ކުޅެލަން އާދޭ ތޯއޭ މުނިޔާ…. އާދޭ ރީޝާ ހީލާފާ….. ދާނީ ބުނަން ހޭ ހިނގާލަން… ނަލަ ހެދިލާ ދޯ މި ތިބީ…..ކުޅިވަރު ބަލާށޭ ހިނގާ….. ދާނޭ ވަރު ނެތީމާ ތާދޯ….. ރީޝާ ރީޝާ ލޯބިން ގޮވާ”

ނަޔާ – “ކާޓްޓްޓް…… ސަކަރާތް ސަކަރާތް… ލުނބޯ ހުތް ކޮޅެއް ބޮއިލަން އެބަ ޖެހޭ”

ރިޔާޝް – “ކޮންތާކުން ލުނބޯ ހުތް ހޯދާނީ؟”

ނަޔާ – (ދަބަހުން ލުނބޯ ފަޅި އެއް ނަގަމުން) “ހަމަޖެހޭ”

އަހުޝަމް – ” މާތް ކަލާނގެ އާ ވަކީލު… މީނަ ހުރިހާ އެއްޗެއް ހަމަ ކޮށްގެން ދޯ މި އުޅުއްވަނީ”

ރިއާޝް – “ސަންތި އަށް ކޮށްދޭ ކަމެކެއްނު”

ރިހުލާ – “ރަނގަޅު ރަނގަޅު”

ނައިޝާ – “އޭ މަޑުކޮށްބަ… ދެން ތީ މާ ބޭބީ ސޯންގެއްނު… ރީޝްގެ ފެވަރިޓް ލަވަ ކިޔަންވީނު… ކޮން ލަވަ އެއްތަ ރީޝް ފޭވަރިޓީ؟”

އަހުޝަމް، ރިއާޝް، ނަޔާ، “ކަލާޔާ ނުލާ…”

ރިޔާޝް – (ވަރަށް އަސަރާއި އެކު، ހިތުގައި އަތް އަޅާލައި، ދެއަތް މުއްކަވާ މޭގައި ޖައްސާލައި ވަރަށް ރޮމޭންޓިކް ކޮށް)

” ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ……

ނޫޅެވޭނޭ މަށާށް ދެން ކަލާޔާ ނުލާ….

ބޭނުމީ ދާއިމީ ލޮތްބޭ ދިނުން ހަމަ ކަލާ…..

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ…

ބީވެގެން ލޯ މަތިން ދާން މަ ނޭދެން ކަލާ…

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ….

…

…

ލޯބިވާ އަށްޓަކައި ހިތް ހުޅުވާލަމޭ…

ލޯބިވާ ވަރު ކަލާއަށް އަންގާދެމޭ…..

ލޯބިން ކަލާ..

މި ހިތާ ކުޅެން..

އުމުރަށް މަދޭނަމޭ…..

ދާކަށް ވަޔާ..

އަހަރެންގެ ހިތް..

ދޫކޮށްނުލާނަމޭ….

މަންޒިލޭއް ދާން ނެތޭނޭ ކަލާޔާ ނުލާ…

މަންޒިލޭއް ދާން ނެތޭނޭ ކަލާޔާ ނުލާ…

ބޭނުމީ ދާއިމީ ލޮތްބޭ ދިނުން ހަމަ ކަލާ…..

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ…

ބީވެގެން ލޯ މަތިން ދާން މަ ނޭދެން ކަލާ…

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ….

ޙައްޤަކަށަކް ތީ މަގޭ ވުން ނިކަން ބޭނުމޭ…

ލޯބިވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ………. ”

ލަމްހާ، އަފްރާ، ނައިޝާ، ޒައިޝާ، ރިހުލާ، ޒާނާ، ނަޔާ، އަހުޝަމް، ރިއާޝް -” ވޯހްހްހްހ ”

ނަޔާ -” ސާބަހޭ ދޮންބޭ… ތި ވަރެއް ނެތް.. ތި ލަވަ ކިޔާ… އިތުރު ޓެސްޓެއްވެސް ހަދާނެ ކަމެއް ނެތް.. ތިއޮތީ ފާސް ވެފައި… ދެން ތި ލަވަ ގޮސް ރީޝާ ކުރިމަތީ ކިޔާ ”

ރިޔާޝް – (ގަމީހުގެ ގިރުވާނުގައި ހިފާ ލަމުން)” ސަޅި ދޯ ”

އަހުޝަމް -” ކަލޯ ސަޅި.. ހެޓަކަށް ސަޅި… ގިޓާ ވެސް ހިފައިން އަރާތި… ”

ރިހުލާ -” އޭ ދެން ކޮންމެސް ކަހަލަ ސްޕީޗެއް ވެސް ކިޔަން ވާނެއްނު ”

ރިއާޝް -” އެކަން މަ ނިންމާނަން… ދެން އަންހެން ވެރީން ކޮސްޓިއުމައިގެން އުޅޭ ”

އަހުޝަމް -” އޭ ކަލަ ކޯޑަކީ ރަތް ”

ނަޔާ -” ރީޝް ހަމަ ޕްރީޝާ ހެން ހަދާލާނީ… އޭ ޔާޝް ދޮންބެ ތުނބުޅި އާ މަތިމަހާ އެއްޗެހި ވެސް ރުދްރުހެން ހަދާބަަލަ ތި ދެމީހުން ”

ރިއާޝް -” މަގޭ އަދި ތުނބުޅި އެއް ނުފަޅަ އޭ.. މަށަކަށް ނޭންގެ އެއާ ބެހޭ ކަށް.. އަހޫ މޮޅުވާނީ ”

އަހުޝަމް -” މަ ބެހޭނަން ތިކަމާ… ހާސް ކަނޑާލާ… އޭ އަނެއްކާ ކިހިނެއްތަ ތިކިޔާ ރުއްބުރި އެއްތޯ ރުއްކުރި އެއް ތޯ މީހެއްގެ ބޮލާ ތަންތަން ހުންނަނީ؟”

ނަޔާ – “އާން މަޑުކުރޭ… ތި ފޯނަށް ފޮޓޯ ފޮނުވާނަން”

ރިއާޝް – “ސާފު ފޮޓޯ ފޮނުވާތި”

ރިޔާޝް – “ކޮން ރުދްރެއްތަ ތިކިޔަނީ؟”

ރިހުލާ – “ކޮއެފުޅާ އެކިޔަނީ ހިންދީ ޑްރާމާ އެއްގައި އުޅޭ ރުދްރާކްޝް ކުރާނާ ކިޔާ ރޮކްސްޓާ އެއްގެ ވާހަކަ”

ރިޔާޝް – (ފުންމައިގެން ތެދުވަމުން) “ވެއިޓް ވަޓް؟؟. ތިކިޔަނީ ޔޭ ހޭ ޗާހަތޭން ގަ އުޅޭ ރުދްރާކްޝްގެ ވާހަކަ ތަ؟ މައި މޭން… ޑޯންޓް ހޭވް ޓު އާސްކް މީ އެބައުޓް ރޫދްރް… ދެޓްސް މައި ފޭވަރިޓް..އައިމް ރުދްރާކްޝް…. ދެން ރީޝް އަކީ ޕްރީޝާ އޭތަ ތިކިޔަނީ؟؟؟ އޯ ގޯޑް.. އަދި މަށަށް ތި ރީޝް އެއް ހަމަ ލޮލަށް ފެނުނީ ކީ ވެސް ނޫންްންނ…. އެ ގޮއްޔަ އަނެއްކާ ވައްތަރު ތަ ޕްރީޝާ އާ؟؟؟؟ ”

ނަޔާ -” އޯހްހްހްހ ހަމާރާ ބާއީ…. ޔޫ މީން ޔޫ އާރ ޖަސްޓް ލައިކް ރުދްރޭތަ؟ ދެން މި އޮއް ހުރިހާ އިރު ރީޝް އަކީ ޕްރީޝާ އޭ ކިޔައިގެން މި ދަށްކާ ވާހަކަ އަޑު ނީވުނީ؟”

އަހުޝަމް – “ސަންތިމަރިޔަނބުގެ ކިބައިން ގަޅިކަން ވާރުތަ ކުރީ ކަންނޭންގެ”

ރިއާޝް – “އޯހްހްހްހ އެ ޑްރާމާގެ ވާހަކަ ތަ ތި ދަށްކަނީ؟؟. މިހާރު ވެސް އޭތި ބަލާފަ މި ދޮންބެ އުޅޭނެ ގިޓާ ގަނޑު ހިފައިގެން ކޮންމެސް މެރީ މީ އެއް ކިޔަކިޔާފަ… އަދި އާޝް ކައިރީ ވެސް ކިޔާނެ ތިމަންނަ އިންނާނީ ކޮންމެސް ބުރިޝާ އަކާ އޭ… މަށަށް މި ގެޓުވީ އަދި ކިރިޔާ”

ރިޔާޝް – “މިފަހަރު ކާކު ގަޅިވީ؟ ދޮންބެ އެކަނި ތަ ގަޅީ މިތާ؟”

ނަޔާ – “ހޫނ ހޫނ ދެން ދެބެންގެ ޒުވާބު ފަށަންވީކީ ނޫން…. ޔާޝް ދޮންބެ ކަލާޔާ ނުލާ އިނގޭ ކިޔާނީ… ދެން ވިލް ޔޫ މެރީ މީ ކިޔާނީ އިންނަން އަހާ ދުހު… އޯކޭ އެހެންމަ އެއްޗެހި ތަށް ހަދަން ކޮންތާކަށް ދާނީ”

އަހުޝަމް – ” މަންޖެ މެން ގެއަށް..”

ޒައިޝާ – “ތެދެއް ނަޔޫ މެން ގެ ރަނގަޅެއްނު…”

ނަޔާ – “މަ ގެ؟ އޯކޭ މައްސަލައެއް ނެތް”

ލަމްހާ – “ސޯ ރީޝް ލައްވާނީ ޕްރީޝާ ލާކަހަލަ ރެޑް ޑްރެސް އެއް ދޯ؟”

ޒާނާ – ” ޔާ ލަމް ދެން ރިޔާޝް ބޭ ލާނީ ކޯޓް ފަޓްލޫނެއް…”

ރިޔާޝް – “ހުރިހާ ކުދިން ވެސް ޔާޝް ދޮންބެ ކިޔާބަލަ.. ހާދަ އޮޑޭ ރިޔާޝް ބެ ކީމަ… އެން އޮންނާނެ ރެޑް ކޯޓެއް”

ނަޔާ – “ރީޝް ހަމަ އަޅުވާނީ ސާޅި ގަނޑެއް”

އަހުޝަމް – ” ވަރިހަމަ އޭ  މުންޑެއް އޮޅިޔަސް… ރަތް ކުލައިން ތައްޔާރު ކުރާތި.. ”

ރިއާޝް-“އެހެންމަ ހުރިހާ އެއްޗެއް ހަދަން ކޮންތާކަށް ދާނީ؟”

ނަޔާ – “އަހަރުން ގެއަށް އާދޭ… މަންމަ ވެސް ނޫޅޭނެ ގެއަކު”

އަހުޝަމް – “ފައިނަލް؟ އޯކޭ ނަޔާ މެން ގެއަށް ހަވީރު ތިންގަޑި ސާޅީސް ފަހެއްގަ އެންމެން”

ރިޔާޝް – “ދޮންބެ ވެސް ދާންވީ؟”

ރިއާޝް – “ދޮންބެ ހިނގާ އާޝް އާ އެކީ ސެލޫނަށް”

އަހުޝަމް – “އޭ މަވެސް ދާނަން”

ރިއާޝް – “ކަލޯ ރީތި ކުރާ ކަށް ނޫނެއްނު ދޯ މިއުޅެނީކީ… އެހެންމަ ބަސް އަހައިގެން އަންހެން ކުދީން މެނޭޖު ކުރަން ހުރޭ”

އަހުޝަމް – “އޭ މަށަށޭ އެނގޭނީ ބޮންދު ސޮރުންނާ ވާހަކަ ދަށްކަން.. މަ ދިޔައީމަ ފަސޭހަ ވާނެ”

ރިއާޝް – “އާނ މައްސަލައެއް ނެތް”

ނަޔާ – “ސޯ އެހެންމަ ދެން ކޯއްޗެއް ބޭނުން ވާނީ”

ރިހުލާ – “ކޭކޭއް ވެސް އަޅަން ޖެހޭނެއްނު…”

ޒާނާ – “ރީޝް އަޅާނެ ވަރަށް މީރު ކޮށް ކޭކު”

އަހުޝަމް – “ފޮނި އެއްޗެއް ވެއްޖެއްޔާ އޭނަ އަށް ހަދަން އެނގޭނެ”

ލަމްހާ – “ޔާޝް ދޮންބެ ރީޝް އާ އިނދެގެން ފަލަ ނުވެއްޖެއްޔާ ރަނގަޅު”

ނަޔާ – “މަށާ އިނދެބަލަ… ފަލަ އެއް ނުވާނެ އެކަމު ވަރުގަދަ ވާނެ”

އަހުޝަމް – “އެޔޯ؟ ބިރިޔާނީ ކާތީ؟”

ނަޔާ – “އާންންން ބިރިޔާނީ ކަންޏާ ފަލައެއް ނުވާނެ”

ރިއާޝް – “އެކަމު މަންޖެ އާ އިންނަ މީހަކު ހަމަ ޖެހޭނީ މިނެޓަކުން މިނެޓަކުން ކެފޭ އަށް ގޮސް ބިރިޔާނީ ތައްޓެއް ގަނެގެން އަންނަން… އޭރަށް އެމީހަކު ހިކިގެން ގޮސް ފޭރާ އަކަށް ވެދާނެ”

އަހުޝަމް – “އޭ އެޔެއް ނޭންގެ… މިހާރު ވެސް މީހާ އެ ހުރީ ހުރި ފާޑު.. ދެކޯ ބުރި ފުފި އަރަނީ”

ނަޔާ – “އޭ މަ ކޯ އިނަކަސް މަ ފަލައެއް ނޫން ދޯ ؟”

ރިއާޝް – “އާން ރީޝް އަށް ވުރެ ހިކި”

ޒައިޝާ – “ކޮންތާކު ތަ ނަޔާ މެން ގެ އިންނަނީ”

އަހުޝަމް – ” ނީންނަނެ… ހުންނާނީ… މިހާރު މަށަށް ވެސް ދިވެހި ދަސްވެޔޭ އެބަ އެދުރު ބީފާނު ކައިރިން”

ނަޔާ – “ޓެކްސީ އަށް އަރާފަ ބުނޭ މާފަންނު ގިފިލީ އާ ގެ އަށް ދާށޭ”

ރިއާޝް – “ގިފިލީ އާ ގެ ؟ އެއީ މަންޖެ މެން ގެއަށް ކިޔާ ނަން؟. ހަހަހަ ކަލޯ މަޖާ ނަމެއް”

ނަޔާ – “މަށެއް ނޫނޭ އެގެ އަށް ނަން ދިނީކީ… އޭ މަ ހުންނާނަން ބޭރުގަ އެހެންމަ އިނގޭ.. އާދޭ ދެން ޔޫ މެން”

 

******************

(ސެލޫނުގައި)

 

އަހުޝަމް – “އޭ ބާއި މީނަ ބޯ މާކަނާ ބޯ ވައްތަރު ހަދަނީ އިނގޭ ”

ރިޔާޝް -” މާކަނާ ބޮލޭ.. ދޮންބެ ޖަނަވާރަކަށް ހަދާލަން ތަ ތި އުޅެނީ ”

އަހުޝަމް -” ޕިސް ދޮންބެ ހަމަޖެހޭ.. އެސޮރު ހަދާލާނެ މަ ބުނާ ގޮތެއް ”

ބިދޭސީ މީހާ – (އަހުޝަމް ގެނެސް ގޮނޑީގައި ބައިންދަން އުޅެމުން)” ބޭބެ މިތާ އިށީންނަނީ ”

އަހުޝަމް – (ފުންމައިގެން ތެދުވަމުން)” އޭ މަށެއް ނޫނޭ… (ރިޔާޝް ގެނެސް ގޮނޑީގައި ބައިންދަމުން) މީނަ… މީނަ ހެއާރ ކަޓް ބޭނުން ވަނީ.. އަހަރެން ބޭނުން ނެތީ ”

ރިއާޝް -” ތަރުޖަމާނު ހާދަ މޮޅޭ… ”

ބިދޭސީ މީހާ -” ބޭބެ ކޮންވައްތަރު ހެއާރ ކަޓް ބޭނުން ވަނީ…. (ފޮޓޯ ތަކެއް ދަށްކަމުން) މީތި ހުންނަނީ.. މީތި ހުންނަނީ… މީތި ވަރަށް ސްމާޓް ހުންނަނީ ދޯ… އަންހެން ކުދިން ބޮޑު ބަލާ ވައްތަރު ހުންނަނީ ”

ރިޔާޝް -” ނެހީ ނެހީ… ތި ވައްތަރު ބޭނުން ނެތީ… މީ ރުދްރާކްޝް އިނގެނީތަ؟ ރޮކްސްޓާ ވައްތަރު ހުންނަނީނު ”

އަހުޝަމް -” ޕިސް ޔާޝް ދޮންބޭ….. ތިހެން ބުންޏަކަސް އެ ސޮރު މެންނަކަށް ނޭންގޭނޭ (ފޯނުން ފިލްމު ސްޓާރެއްގެ ފޮޓޯ ދަށްކަމުން) މި ވައްތަރު ބޭނުން ވަނީ… މިގޮތާ ނިތްގަނޑު ބަހައްޓަނީ (ރިޔާޝްގެ ބޮލުގެ ފުށްކިބައިގައި ފިރުމާލަމުން) މި ތަން މިގޮތާ މާކަނާ ވައްތަރު ހަދަނީ… ހިރޮން އިނގެނީނު ”

ރިއާޝް – (އަހުޝަމްގެ ކޮނޑުގައި ހިފައި ފަހަތަށް ދަމާ ކުރިއަށް އަރަމުން)” މަސްމާރުކޭޓުގަ ބައިވަރު ހުންނަނީ ނޫ… ތުން ދިގު ބާޑް… މީ ކަޅު އޮށް ޔޫ ނޯ؟ ބްލެކް ސީޑް ފިޝް… އޭތި ކަނީނު ބާޑް… އެވައްތަރު ބާޑް ހެއާރ ބޭނުންވަނީ ”

އަހުޝަމް – (ރިއާޝްގެ ކޮނޑަށް އަތް ވައްޓާލަމުން އުނަގަނޑުގައި އަނެއް އަތް ވިއްދާލާ ކަނާތުފައި ވާތުފައިގެ ކުރިން ގެނެސް ސްމާޓު ވެލަމުން)” އާނ އެ ބާޑް… އެވައްތަރު ބާރޑް ބޭނުންވަނީ ”

ބިދޭސީ މީހާ -” ބޭބެ ސޮރީ.. މިތާ.. އެވައްތަރު ބާޑް ވިއްކަން ނެތީ ދޯ؟”

ރިއާޝް – “އަހަހާ އެވައްތަރު ބާޑް ބޭނުން ނެތީ…. ކަޓް”

އަހުޝަމް – “ކަޓް ކަޓް… ހެއާރ ކަޓް ބޭނުން ވަނީ ބާރޑް ވައްތަރުގޭ”

ރިޔާޝް – ” ޕިސް ޕިސް ކަލޭ މެން ދެ މީހުންނަކަށް ނުވިއެއްނު ދޯ ތި ކަމެއް؟ ގޮސް ދުރުގައި ތިބޭ… މަ ކިޔައި ދޭނަން އެސޮރަށް…  ބާއި… އާދެ… (ފޯނު ނަގައި ފޮޓޯ ތަކެއް ދަށްކަމުން) މިހިރީނު މި ވައްތަރު ބޭނުން ވަނީ އިނގޭ… މިވައްތަރު ތުނބުޅި މަތިމަސް ބޭނުންވަނީ އިނގޭ… ހެއާރ މިގޮތަށް ހަދަނީ އިނގޭ؟ އަންޑަސްޓޭންޑް ވަނީ ތަ.. ”

ބިދޭސީ މީހާ -” މަސްލަ ނެތީ ”

އަހުޝަމް – (ރިޔާޝް ނިމިގެން އައުމުން ހައިރާންވެފައި ހުރެ)” އާއްޗާ… ތީތަ އެ ރޮކްސްޓާ އަަކީ؟ ހަޑިއެއް ނޫން… ކަލޯ ސަޅި އިނގޭ ”

ރިއާޝް -” އަމައްޔާއި…. ކަލޯހ… މަވެސް ބޭނުން ”

ރިޔާޝް -” މީ ރުދްރަކީ އިނގިއްޖޭ؟ ރިޔާޝް ކުރާނާ… (އަހުޝަމްގެ އިސްތަށިގަނޑު ގައި ހިފާ ލަމުން) ދެން ވެސް މާކަނާ ބޮލެކޭ ނުކިޔާތި އިނގޭ ބަޖަރަންގީ ”

ރިއާޝް -” އަހަރުން ނަށް ވެސް ތި ކަހަލަ ކެރެކްޓާ އެއް ދީބަލަ ”

ރިޔާޝް -” ތީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެއްނު… ދެން މިހުރީ އޮޒިލް ދޯ.. އެއީ ދެން މާ މޮޅު މީހެއްތަ؟ ނޭމާ ވެސް އެއަށް ވުރެ ތާހިރު ”

އަހުޝަމް-” ކާކުތަ ކިޔަނީ މަމީ އޮޒިލް އޭ… ބައެއް މީހުން މަ އޮޒިލް ވާހަކަ ދަށްކާތީ ހީކުރަނީ މަ މީ އޮޒިލް ކަމަށް….(ޓީޝާޓުގެ ކަރުވަޅު ގައި ހިފާ ލަމުން) އޮބްވިއަސްލީ އައިމް ނޭރމާ ޖޭ އާރް ”

ރިއާޝް – (އަހުޝަމްގެ ޓީޝާޓުގެ ކަރު ވަޅުގައި ހިފާ ލަމުން)” އައްތޭ…. ގިރުވާނެއް އިނީ ކީ ވެސް ނޫނޭ… އޯކޭ ރޮކްސްޓާ ރުސްދީ ކުރާނާ އަވަހަށް ހިނގާ ދާން ނަޔާ މެން އުޅޭ ހާލެއް ބަލައިލަން ”

 

********

 

ރިއާޝް – (ނަޔާ މެން ގެއަށް އައިސް ދޮރު ކައިރީ ހުރެފައި)” ކަލޯ ހަމަ އަސްލަށް ވެސް މި ގެ ޖަހަނީ ގިފިއްޔެއް ވައްތަރު ”

އަހުޝަމް-” އަނެއްކާ ނަޔާ ގިފިލީގައި ބާ… ސަލާން ނުގޮވާ މި ގެއަށް ވަންނާކަށް ނުވާނެ ”

ރިޔާޝް – (ކުއްލި ޖަހާފައި ގޮސް ތަޅުގައި ހިފަމުން)” ތި އަނގަ ގަދަ ނުކޮށް އާދެބަލަ… ތަޅު ގަ ހިފީމަ ހުޅު….. ”

އަހުޝަމް – (ދޮރު ތަޅު ލާފައި ހުރުމުން)” އޭ ދޮންބެ ކަޑަވީ… ހަމަ ސަންތި ކުރާ ކަހަލަ ގަޅި ކަންތަށް ކުރަނީ ”

ރިޔާޝް -” މައްސަލަ އެއް ނެތޭ.. ދެން ނަޔާ އަށް ގުޅާފަ ބުނެބަލަ ތިރީގައި ތިބި ވާހަކަ ”

ރިއާޝް – (ދޮރުގައި ހިފާލިލެއް ބާރު ކަމުން އަތަށް ތަދު ވާތީ ރިޔާޝް އުޅޭ ތަން ފެނި)” ކަލޯ ގަޔާ އަނެއްކާ އަނެއް ކަންތައް… ޑޮކްޓަރ ނަޔާ ކައިރިއަށް ދާންވީ އަވަހަށް ”

 

*********

 

ނަޔާ – (ރިއާޝް މެން އެތެރެއަށް ވަނުމުން ދޮރު ތަޅު ލާފައި އައިސް ބިންމަތީގައި ދެފައި ވަށްކޮށްލައިގެން އިށީންނަމުން)” ދެން އެތެރެއަށް ވަންނަން ނޫޅެ ފުރަތަމަ ވެސް ގުޅާފަ ބުނެލި ނަމަ ދޯ ”

ރިޔާޝް- (އޭނާގެ ދެފަރާތުގައި ތިބި އަހުޝަމް އަދި ރިއާޝްގެ ބޮލުގައި ޖަހާލަމުން)” މި ތިބި ދެ ގަޅިން ހާސަރު ދިގު ކުރަން ތިބެން ވެއްޖެ ވިއްޔަ ގިފިއްޔެކޭ ޓޮއިލެޓެކޭ ކިޔާފައި… އެންމެ ފަހުން މަގޭ އަތުގެ ޒަމާން ވެސް ހިނގައްޖެ ”

ރިހުލާ -” لا الا الله محمد رسول الله… ޔާޝް ދޮންބެ އަނެއްކާ އަނގޮޓި އަޅަން ވާއިރަށް ތި އިނގިލި ތަށް ހެޔޮ ޙާލުގައި ބަހައްޓައްޗޭ ”

ޒާނާ -” ތެދެއް… ރިއްލުގެ ތަޖުރިބާ އާއި އެކު އެ ލަފާ ދިނީ ”

ލަމްހާ -” ތި ހަބަރު ރީޝް އަށް ލިބިއްޖެއްޔާ ކިހިނެއް ބާ ވާނީ ”

އަހުޝަމް -” ކައިފިއްޔާ މަޖާ ވާނެ ”

ރިއާޝް – (ހުރިހާ އަންހެން ކުދީން އަހުޝަމް އާއި ދިމާލަށް ބަލަން ތިބި ގޮތުން)” ސާބަހޭ… އެބުނީ ހަބަރު ކައިފަ އެ ހިތި ކަމުން މަރިޔަނބު އުޅޭ ގޮތް މަޖާ ވާނޭ ”

ނަޔާ – (އެއްޗެއް ވިސްނުނު ފަދައިން)” އާންންން ލަމް ބުނީ ހަބަރޭ… ޚަބަރެކޭ ނޫން ދޯ ”

ރިޔާޝް -” ދޭނެ ކަމެއް ނެތް މި ޚަބަރު ”

އަފްރާ -” އޯވްނ ދެން ދޮންބެ އަށް ޓަކައި ރީޝް ހަމްދަރުދީ ވެދާނެއްނު މި ޚަބަރު ލިބިއްޖެއްޔާ ”

އަހުޝަމް – (‘ޚ’ އަށް ބާރު ލަމުން)” މި ޚަބަރު ކޮންމެ ގޮތެއް ހަދާފައި ވެސް އެބަ ޖެހޭ ނޫހުގަ ޖަހަން ”

ރިއާޝް -” އާދެ އައްސަލާމު ޢަލައިކުމް ކޮމެޑީ ލޭންޑް އިން މި ބާއްވާ ޚާއްސަ ޕްރެސް ކޮންފަރެންސް ގައި އަޅުގަނޑު ތުއްތު މަނިކު ކުއްލި ގޮތަކަށް މި ބައްދަލު ކޮށްލީ އިންޑިއާގެ މަޝްހޫރު ރޮކްސްޓާ ރުސްދީ ކުރާނާ ގިފިލީގެ ދޮރު ހުޅުވަން އުޅުމުގެ ތެރޭން އޭނާގެ އަތަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު ވާހަކަ ތިބޭފުޅުންނާއި ހިއްސާ ކޮށްލުމަށް ޓަކައި (ނަޔާ އައިސް ރިޔާޝްގެ އަތުގަ އައިސް ޕެކު ބޭއްވުމުން) އާދެ ބިސްކީމިޔާ ހަސްފަތާލުގައި އޭނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރ އާސިޔަތު ނަސީމާ ޙަކީމު މިދަނީ ޙަރަކާތްތެރިވަމުން…. އިތުރު މަޢުލޫމާތަށްޓަކައި ޕޮލިސް އޮފިސަރ ތަކުރުފާނު އިބުނު އައްސައްޔިދަށް އަޅުގަނޑު ފުރުސަތު އަރުވަން… ”

އަހުޝަމް -” ޝުކުރިއްޔާ ތުއްތޭ… އާދެ މީގެ ކުޑަ އިރު ކޮޅެއް ކުރިން މާފަންނު ގައި ހުރި ބާވެ ހަލާކުވެފައި ވާ އާ ގިފިއްޔަށް ވަންނަން ދިމާކުރި މަޝްހޫރު ގާ ތަރި ރުސްދީ ކުރާނާ އަށް މިހާރު މިދަނީ އަހަންނަށް ކަލޭ ފެނޭގައި ކުއްލި ފަރުވާ ދެވެމުން… އާދެ ހަމަ ފާހަގަ ކޮށްލަން ޖެހޭ ދެންމެ ހިނގާ މިދިޔަ ނުރައްކާތެރި އެކްސިޑެންޓަކީ މިރޭ އޭނާގެ ވާން އުޅޭ ލޯބި ވެރިޔާ އަށް ލޯބި ހުށަހެޅުމުގެ ކަންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެ ވަން ތާކަށް ވަންނަން އުޅެނިކޮށް ވީ އެކްސިޑެންޓެއްކަން… ”

ރިއާޝް -” މިހާ ހިސާބުން ނޫސް ވެރިންނަށް އަޅުގަނޑު ފުރުސަތު އަރުވާނަން…. ނަޔާ… ބިރިޔާނީ ޓީވީ ”

ނަޔާ -” އާދެ ޝުކުރިއްޔާ.. ފާހަގަ ކޮށްލަށްވައިފި ގިފިއްޔަކަށް ވަންނަން އުޅެނި ކޮށޭ މި އެކްސިޑެންޓް ހިނގީ… މީ ސައިކަލަކާއި ސައިކަލެއް ޖެހިގެން ތޯ ނޫނީ ކާރަކާއި ޖެހިގެން ތޯ މި އެކްސިޑެންޓް ހިނގީ ”

ރިއާޝް -” ތަކުރުފާނު ”

އަހުޝަމް -” އާދެ މި އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް އަދި ސައިކަލަކާއި ސައިކަލެއް ޖެހިގެނެއްވެސް ނޫން.. އެހެން ނަމަވެސް މި އެކްސިޑެންޓު މި ހިނގީ ތިމާވެއްޓާއި ވަރަށް ރައްޓެހި ދެ އުޅަނދަކާއި ދެމެދު… އެއީ އެއްވެސް ޙާލެއްގައި ދުމުގެ އަސަރު ނުކުންނަ އުޅަނދެއް ނޫން ކަން ވެސް ފާހަގަ ކޮށްލަން ޖެހޭ… މި ދެ އުޅަނދަކީ ތަޅަކާއި އަތް ތިލައެއް…. ”

ރިއާޝް -” އިތުރު ސުވާލަކަށް ރިހުލާ ސަކީބު… ދީނުގެ އަޑު ”

ރިހުލާ -” އާދެ އަޅުގަނޑުގެ ދެ ސުވާލެއް އެބަ އޮތް އިނގޭތޯ… ފުރަތަމަ ސުވާލަކީ.. ކީއްވެގެން ތޯ އޭ މި އެކްސިޑެންޓް ހިނގީ.. މިދެންނެވީ ކިހިނެއް ވެގެން ތޯއޭ… ދެވަނަ ސުވާލަކީ ގިފިއްޔަކަށް ކީއް ކުރައްވަން ތޯއޭ ލޯބިވެރިޔާ އާއި ބެހޭގޮތުން މަޝްވަރާ ކުރަން ވަންނަނީ؟ ޝުކުރިއްޔާ ”

ރިއާޝް -” އާދެ ފުރަތަމަ ސުވާލުގެ ޖަވާބެއްގެ ގޮތުން އަޅުގަނޑަށް ދެންނެވޭނީ މިއީ ހަމަ ގަމާރު ކަމުން ވާ އެކްސިޑެންޓު ތަކޭ… މިއޮއް ފަދަ ޒަމާނުގައި މާލޭގަ ގެއެއް ތަޅު ނުލައި ހުންނާނެ ކަމަށް ޤަބޫލު ކުރެވުމުން ވީ ގޮތް އިނގޭތޯ މީ… ގިފިއްޔަށް ވަންނަން ދިޔަ ދުވެލި… މީހާ ދިޔަ ދުވެލީގެ ބާރުމިން އެއީ ދުލުން ދެންނެވޭ ވަރަށް ވުރެ ވެސް ބާރު ސްޕީޑެއް އިނގޭތޯ… މެކުހަށް ޖަހާފަ މީހާ ހުރި އިރު އަތުގައި ވެސް އެވަގުތު ހުރީ ފައްސަތޭކައިގެ ދެ އިންޖީނު އަޅާފަ ވިއްޔަ… އެހެން އަދި ކިތަންމެ ބާރަށް ދިޔަޔަސް ދޮރު ތަޅު ލާފައި ހުރިއްޔާ ދޮރެއް ނުހުޅުވޭނެއްނޫންތޯ ދޮރު ތަޅު ލާފައި ހުރިއްޔާ… ތަޅު ތިރި ކޮށްލި ކޮށްލީ ނުން ހުޅު ވެސް ތިރި ވީ އިނގޭތޯ… ދެވަނަ ސުވާލުގެ ޖަވާބަށް އަޅުގަނޑު ތަކުރުފާަނަށް ފުރުސަތު އަރުވަން ”

އަހުޝަމް -” އަޅުގަނޑު ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަހާލަން ބޭނުން ތީ މިސްކިތު އާރިފު އަންހެނުން ތޯ؟”

ރިހުލާ – “އާދެ މިސްކިތު އާރިފޭ ވެސް ކިޔާ ބައެއް މީހުން އަޅުގަނޑުގެ ފިރިމީހާ އާއި ދިމާލަށް”

އަހުޝަމް – “އާދެ ސުވާލާ އިގެން ކުރިއަށް ދާއިރު ތިއީ ވަރަށް ބޮޑު ސުވާލެއް އިނގޭތޯ؟ މީ ރުސްދީ ވަނީކީ ގިފިއްޔަކަށް ނޫން އިނގޭތޯ.. އޭނާ ވަނީ ގިފިލީ އާ ގެ ކިޔާ ގެއަކަށް އިނގޭތޯ..”

ރިއާޝް – “އާދެ އިތުރު ސުވާލެއް ނެތިއްޔާ މި ޕްރެސް ކޮންފަރެންސް ނިންމާ ލައިފަ އަޅުގަނޑު މެން ވަކިވެލާނަން… މިރޭ ރޮކްސްޓާ ރުސްދީ ކުރާނާ އޭނާގެ ވުޑް ބީ ގާރލް ފްރެންޑް ރީޝާ ކޮރޯނާ….ކޮ ކޯއްޗެކޭތަ ރީޝާ ކުރާނާ އަށް ލޯބި ހުށަހެޅުމުގެ ހަފްލާ އާއި އެކު ބައްދަލު ކޮށްލާނަން.. ވައްސަލާމު ޢަލައިކުމް ”

އަހުޝަމް -” އޭ ރީޝާ ކޮރޯނާ އޭ… ކަލޯ ފައްކާ… ކުރާނާ ބަދަލު ކޮށްލަން ވީނު ކޮރޯނާ އަށް… ރިޔާޝް ކޮރޯނާ ރީޝާ ކޮރޯނާ.. ކަލޯ އެއީ ދިވެހި ވާރޝަން… ސަޅި އިނގޭ ”

ނަޔާ -” އޭ ތެދެއް… ޕްރީޝާ ކުރާނާގެ ދިވެހި ވާރޝަން ރީޝާ ކޮރޯނާ… ރުދްރާކްޝް ކުރާނާގެ ދިވެހި ވާރޝަން ރިޔާޝް ކޮރޯނާ…. ”

ޒައިޝާ -” ދޯ.. ހާލަތާ ވެސް ގުޅެއެއްނު ”

ނައިޝާ -” އަސްލު ވެސް.. ޕެންޑަމިކާ ވެސް ގުޅޭ ދޯ ”

ރިޔާޝް -” ރޮކްސްޓާ ރިޔާޝް ކޮރޯނާ.. ޑޮކްޓަރ ރީޝާ ކޮރޯނާ… ”

ނަޔާ -” ޔާޝް ދޮންބެ އ ޭ…. އެއީ ކައްކާ އެއް… ”

އަހުޝަމް -” މަންޖޭ އެއީ ހުރިހާ އެއްޗެއް…. ކައްކާ އެއް ޑެންޓިސްޓެއް… އެކްޓަރެއް… ކީޕަރެއް.. ކޮމީޑިއަން އެއް.. ދެން ކިޔާނެ ކަމެއް ނެތް ދުނިޔޭގައި ލެއްވިހާ އެއްޗެއް ”

ރިއާޝް -” ޑެންޓިސްޓަކީ ހަމަ ޑޮކްޓަރުން ނެއްނު… ޑޮކްޓަރ ރީޝާ ކޮރޯނާ މައްސައެއް ނެތޭ ”

ރިޔާޝް -” ޕިސް ތެދެކޭ… އޭ މަ ވަރަށް ކެތް ތެރިކަން ކުޑަވޭ އެބަ.. އެ ގޮއްޔަގެ ފޮޓޯއެއްހާ ހިސާބު ވެސް ނެއްތަ؟”

ޒާނާ – “ޔާޝް ދޮންބޭ ހަމަ ޖެހޭ… އެ ގޮއްޔަ ފެންނާނެ މިރޭ…”

އަފްރާ – “އިންތިޒާރު ކޮށްލާ”

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (5)

Next

ތަމަންނާ 9

Next
June 6, 2021

ތަމަންނާ 9

Previews
June 6, 2021

ތީއޭ މިހިތުގެ ދިރުމަކީ (5)

12 Comments!

  1. ?herrr_fai? says:
    June 6, 2021 at 11:05 am

    Heii reesh.. Mi episode ves varah varah varah reethi… and it was really funny .. Next episode ah waiting…

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    June 6, 2021 at 12:01 pm

    Heiiii Fai ????how are you darling?? Soooooo happy to see ur cmnt first ?thank u soooooooooooo muchhhhhh dhooniiiiiii??????❣️❣️❣️❣️❣️❣️❣️ahahah funny kan inguneema Aslu ufaa vee ?????ys ISA next episode vvvvvvvv avahah ingey dhooniiiiiii

  3. 🌻LamHaa🌻 LamHaa says:
    June 6, 2021 at 1:52 pm

    Hellow Reeshoo dhooni♥️♥️
    V v majaa ingey mi part vx.. v salhi♥️
    Kon irakun nxt episode.. waiting for the nxt part
    Lyyysssmm dhooni♥️♥️♥️
    Myyysssmmm
    Stay safe and Tc ???♥️♥️

    1. 🌻LamHaa🌻 LamHaa says:
      June 6, 2021 at 4:03 pm

      Ey yaash dhonbe kalaayaanulaa lava keetha.. WOW.. yaash dhonbe ah hama thaureefu hahggu.. v reethi.. reeshoo.. miadhu aey kalaayaanulaa lava mendhuru fas in.. yaash dhonbe kee lava aee.. v reethi.. ekam e lava ga ulheny Naayoo n iyaash.. yaash dhonbe kiyaafa.. dhn nerey kalaayaanulaa lava ga ulhenynee Reesh n yaash dhonbe dhw.. hehe

  4. luvza says:
    June 6, 2021 at 2:12 pm

    Hahahahaah ??? Hama hee hee halaaku
    Varah ves thadhuvey hinigandu fihthan hadhaigen
    Ey reesh aa aash bro dhombe tha ??? Alhey Hama vvvvv gulheyne dhemeeehun mezaajun ves ehen goiythakun ves ???
    Dhen alhe kehtherikan kolhun laa eba next part kiyaa hithun???
    Adu ehin saaraansh maruvegen preeshaa aa rudraksh divorce aa hamayah dhiya vaahaka anehkkaa reesshhhhh aa yaash bro ah egothah nahadhachee ??
    Hama sahaadhe mibuny aashh bro ulheyne haalu hithun ereema varah dheravi ekam reesh aabas bunefiyya anehkkaa anehkkaa ethifaharuves aruvaalafaane kaireega huriyyaa
    ey ma dhigu kirevunee dhw cmnt ves ?
    Reesh this story Hama comedy stories ge thereyn raskan kuraane takhuthah aruvaalafaane varuvey ?????????
    Have a story eh
    Lysm tc
    Missed you

  5. YEOJA says:
    June 6, 2021 at 6:19 pm

    hello koyaa
    masha allah vrh sali ingey show
    hahahhaa omg vrh majaa ingey
    veh sali
    dhn othy proposal baaa dhw vrh curiouse hama ingey
    hahhahaha miskithu aarif hahah omg sali vrh
    dhn in show ah waitting
    love u soo much
    stay safe and tvgc

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    June 6, 2021 at 9:17 pm

    helloww lampuriiiii… manjey aan ekeyyy yaash dhonbe kalaayaa nulaa kee eyy???koyaa huveyyyyy???? dhen record kohllaafa reesh balailan fonuvaali nama… pis pis lam vx dhww… ey manje kon manma mn ge dhuvahekey thr thi kiyanee?? ma mi hunnanee vaanuvaaga.. adhi mi ril vx konmes masdhalheh gannaashw asrafee book shopah aii!!!keeh thr manje mn thi kuranee

  7. sanfa says:
    June 6, 2021 at 9:49 pm

    Heyyy reesh sis
    Hii comedy land members and fans
    First of all I apologize for my cmnt in the previous episode..I kinda forgot my manners..swry

    Awwwn reesh Dhonthii..so lucky
    As always This episode is soo…Maasha Allah ❤️?
    Dhen neyge dho yaash dhonbe faahaga kuran engeyne kameh ves u ah?
    Gaimuves esoru olhuvae nuleveyne dho.. hehe
    Hama heehee bindhijje ingeii kiyaafa??
    Especially TV channel baitha…??????
    My dearll ves molhey dho nan hadhan…
    Yaash dhonbe lava Akun ahanyaa u javaab ves dheynvaanee lava Akun ingeii..?
    Anyways I love this episode like hurihaaaaa episode eh ves❤️❤️❤️❤️❤️
    U r sooooooo talented Maasha Allah ????
    Keep up the good work dearls ❤️???
    Curiously waiting for nxt ????
    Stay safe buddy❤️???????
    Lysssssssssssm???????❤️
    Myssssssssssssm???????❤️
    TC❤️❤️❤️❤️❤️❤️❤️

  8. 🌻LamHaa🌻 LamHaa says:
    June 6, 2021 at 9:54 pm

    Kihineh vedio kuraanee.. lam vx tv alhuvaaligadee loabi verieh thinooney masheh neyfhemey thankolhu annanee.. ey Reesh kon Manma menge dhuvaheh tha.. ril keehkuran asrafee bookshop ah dhiyaee.. mas dhalhu hureytha asrafee bookshop ga????????

  9. Reen says:
    June 7, 2021 at 8:47 am

    Hellw Reeshh ? kihineh thrr haalukolhu.. Btw swry ngey 10th vana prt ah cmnt eh nukurevunyma.. I was kudakoh bxy.. at studying also.. ? Mibai vex vrh Vrh vrh vrh rythi.. ?? Masha Allah ❤ Pis pis ? riaash vex molhy eyy DW ?? saabas nayaa ah.. body lunboa falhi eh dhabahah laigen viyya e gengulheny.. ? kaleymen vaa rangalhu. ? bidheysy myhaa kairee maakanaa boley eba kiyaa viyya ? Riyaash vex thalhuga hifeeley maa baary eyy dw.. madu madun hifaalinama.. ?anmayyaai.. noohah vex e haadhisaa eruvythr manjey ?? Owh.. mihaaru dhivehi version takekey dw ? salhi ingey ??riyaash miee haadha keiy therikan kuda zuvaanekey dw .? Thedhh jehyny inthizaaru kohlaakannu dw .???
    Waiting for the next prt ??
    lyssm ??
    Stay safe ?
    Stay home ?
    Take care ngey ?

    1. Nayaa Nayaa says:
      June 7, 2021 at 5:41 pm

      aan ma fakeeru geyah gossa dhabas beli iru gendhiyaiyyaa gendhiyahaa lunboa kiba eh othee felailaafa.. yageeney e ahu brw kanthah kan.. shukuru kohbala reesaa ah takaa ma evaru vx kohdhey kamah

  10. Nayaa Nayaa says:
    June 7, 2021 at 5:39 pm

    reesaa.. ma cmnt eh kohdhey kmah shukuru kuraathi ingey… veh bxy koh mi ulheny.. vvvvvv fakkaa… aan mashaa indheveynee biriyani kakkan dhaskoggen.. mashaa innan beynun meehaku viyyaa avahah biriyani hadhan dhaskurey.. nooney ma innaanee vx BIRIYANI aa.. yess eyrun rangalhu vaane dhw.. manjey magey geyah kiyanee gifileeaage eh noon ingey… huh vrh foohivey..bye bye dhanee business filaavalhu dhaskuran…. maadhamaa othee business test gandu

Comments are closed.

Next Episodeކޮމެޑީ ލޭންޑް 12←


All Right Reserved!