މާދަމާ އާރޓް ގަޑިއަށް އަންނައިރު ކޮންމެކުއްޖަކުވެސް އެކުއްޖަކަށް ފާހަގަ ކުރެވޭ އެންމެ ތަފާތު ކުރެހުމެއް ކުރަހައިގެން ގެންނަންވީ. މިސް ކްލާސް ނިންމާލަމުން ހުރިހާ ދަރިވަރުން ގާތު ބުންޏެވެ. އޭގެ އަނެއްދުވަހު. މިސް: ކޮންކުދިންނެއް އާރޓް މަސައްކަތް ނިންމައިގެން އައީ. ހުރިހާ ކުދިން އެއްކޮށް ކަހަލަ ގޮތަކަށް އަޅުގަނޑު ނިންމީމޭ ބުނެ މިސް އަށް ޖަވާބު ދިނެވެ. އެކަމަކު އެކްލާހުގައި ކިޔަވަމުން ދާ ސާއިނާ ކިޔާ ކުއްޖަކު އެއްވެސް ޖަވާބެއްނުދީ އިނުމުން. މިސް: ސާއިނާ އާރޓް މަސައްކަތް ނިންމިންތަ؟ […]