ރައިލީން ލޫތު އާއި ދިމާލަށް ބަލާލިއެވެ. އަދި ކަމެއް ނުވާކަމަށް ބުނެފައި ހިނގައިގަތެވެ. ނަމަވެސް ލޫތު ރައިލީންގެ އަތުގައި ހިފިއެވެ. އެހެންކަމުން ރައިލީން އަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާލާކަށް ނުކެރުނެވެ. ****** “ކަމެއް ވީތޯ އެއް ނޫނެއްނު އެހީ. އޭގެ މާނައަކީ ކަމެއް ވީއޭތަ؟” ރައިލީން އަށް ދެލޯމަރާ ބާރު ކޮށްލެވުނެވެ. އަދި އޭނާގެ އަތް ލޫތުގެ އަތުތެރެއިން ދަމައިގަނެވޭތޯ ބެލިއެވެ. ނަމަވެސް ރައިލީން, އަތް ދަމައިގަންނަން އުޅުމުން ލޫތު ރައިލީންގެ އަތަށް ބާރުކޮށްލިއެވެ. ރައިލީން […]
“ލީން އަށް އިނގޭތަ މި ނައު ނިކަން ލޯބިވާ ކުއްޖެއް ހުންނާނެ. އެނގޭތަ އެއީ ކާކުކަން. ޒައުލް އޯ” ޒިއުނާ ހޭން ފަށާފައި ބުނެލީ ނައުރާ ގެ ހަމަލާއަކަށް ތައްޔާރުވެ އިނދެއެވެ. ޒިއުނާ އަށް ދެން ފެނުނީ ނައުރާ އަރައިގެން އިން ފައިވާން ކިބަ އަތައް ނެގި ތަނެވެ. ****** އެހެންކަމުން ޒިއުނާ އަވަހަށް ދުއްވައިގަތީ ނައުރާގެ ހަމަލާއިން ރެކިގަތުމަށެވެ. ނައުރާ ވެސް ޒިއުނާ ފަހަތުން ފައިވާންކިބަ ހިފައިގެން ދުއްވައިގަތެވެ. ލާމިއުވެސް އެމީހުނަށް ގުޅާފައި އަންނަން ބުނެފައި […]
ރައިލީން ލާމިއު އަށް ލޯ އަޅާލައިފައި ގޮސް ނައުރާ އަތުން ކުލަކޮޅެއްނަގައިގެން ލާމިއު ފަހަތުން ދުއްވައިގަތެވެ. “ލޫތޫ!! ބަލަން ނުހުރެ މަ ސަލާމަތް ކުރަން އާދެބަލަ!” ލޫތުވެސް ހިނިއައިސްފައި ހުރެ އެމީހުން ފަހަތުން ދުއްވައިގަތެވެ. ****** ހަތަރު މީހުން ގެއަށް އައިއިރު ބަލާލަން ކެރޭ އެކަކުވެސް ނެތެވެ. އެންމެން ތިބީ ކުލައިން ފޯވެފައެވެ. “ސުއްބު، މިތިބަ ކުދިންތަކެއް. ކުލަވެސް ކުޅެލައިފިއެއްނު ގައިމު” ޒުލައިހާ ބުނެލީ ދެފަރާތައް ބޯހޫރާލަމުންނެވެ. އެމީހުން ފެނުމުން އެތާ ތިބި ކުދިންކޮޅަކާއި އެކު ކުޅެން […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ދުއްވާފައި އައި ލާންޗު މަޑުކޮށްލީ ރަށުގެ ފަޅުތެރެއަށެވެ. ޒައިހާމެންގެ ކުޑަ އާއިލާ ރަށަށް އެ އައީ ދުވަސް ތަކަކަށް ފަހުގައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ މި ވީ މަދު އަހަރުތަކުގެ ތެރޭގައި ރަށަށް އައިސްފައިވާ ބަދަލުތަކެވެ. ޒައިހާމެން ރަށަށް އެއައީ ޢީދު ބަންދަށެވެ. ލާންޗުން އެންމެން ފޭބި އިރު އެމީހުންގެ އިސްތިގުބާލުގައި ބަނދަރުމަތީގައި މާމަ މެން ތިއްބެވެ. މާމަ ފެނުމާއެކު މާމަ ކައިރިއަށް އެންމެ ފުރަތަމަ އައީ ރައިލީންއެވެ. […]