ފޮޅުވަތްރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި، އެތައް ޒަމާނެއް ވަންދެން ބޯކޮށް ބަނޑުން ޖަހާފައިވާ އުސް ބޮލިތަކަކުން ޒީނަތްތެރިވެފައިވާ ބޮލިގަހެއް ހުރެއެވެ. މި ގަސް އެހެން ގަސްތަކާ ތަފާތެވެ. އެއީ ހަމައެކަނި ގަހެއް ނޫނެވެ؛ އެއީ ރަށުގެ ހިތްވަރާއި ސާބިތުކަމުގެ ދިރޭ ހެތްކެކެވެ. ހޫނު މޫސުމުގައި ރަށުގެ މީސްމީހުންނަށް އޭގެ ހިޔާ ދިނެވެ. އަވީގެ ހޫނުން ސަލާމަތްވެ، އެ ގަހުގެ ހިޔާގައި ރަހަބަލާ ކާށިތައް ދެވަނައެއް ނުލިބޭހާ މީރުކަން ދެނެގަތެވެ. ވާރޭ މޫސުމުގައި، ވިއްސާރައިގެ ތެރެއިންވެސް، އެގަސް ހުއްޓެވެ. […]
ހެދުނުގެ ހިތްގައިމު ވަގުތެވެ.ކަހާލެވިފައިވާ ތުނި ފޮތިގަނޑުން ފޭދިގެންއައި އިރުގެ ދޯދިތައް، ނިދާފައި އޮތް މާކިންގެ މޫނަށްއެލުނެވެ. މާކިންމަދުމަޑުންދެލޯހުޅުވައިލިއެވެ.އަދި ތެދުވެއެދުނުގައިއިށީނެވެ.ކޮޓސރިތެރެއަށް ސިފަވަނީ އާދުވަހަކަށް ދުނިޔެދޮންކުރަމުންދާމަންޒަރެވެ. ކޮޓަރީގެ އެއްބިތުގައި އަތުރައިފައިވާ ރަންރިހީގެ ތަށިތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅިތަންވަނީ ހުޅުދާންވެފައެވެ. ކުއްލިޔަކަށް މާކިން ސިއްސައިގަން ދިޔައީ އޭނާގެ ބާލީސްދޮށުގައި ބާއްވައިފައި ހުރި ފޯނު ގަދަޔަށް ރިންގުވާން ފެށުމުންނެވެ. އެއަޑާއެކު އޭނާގެ ހިތް ވަޅޯލިއެވެ. ގަޑިއަށް ބަލައިލިއިރު ހެނދުނު ހައެއް ޖެހީއެވެ. މިހާ އަވަހަށް ގުޅަނީ ކާކުތޯ ހިތަށް އަރަމުން އޭނާ […]