ފަރި ހިނގުމެކެވެ. ރަކި ބެލުމެކެވެ. ކޯތާފަތުގައި ވީ ޖަންބު ކުލައެވެ. ތުންފަތުން ހަދިޔާކުރީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ސިއްރެއްވާ ފަދަ އެވެ. ތުނި ހަށިގަނޑެކެވެ. ލާފައި ހުރި ލިބާހުގެ ފެހިކަން ގަދައެވެ. ބޯވަޅުގައި ހުރި ރަނާއި ރިހި ކުލައިގެ ވިދުން ގަދައެވެ. ކަޅުކަންގަދަ އިސްތަށިގަނޑުގެ ކަނޑުރާމަތިން ހުޅިއަކަށް އައްސާލާފައި އޮތް އިރު ހުޅީގެ ހައްޔަރުން ބޭރުވެފައި ހުރި އިސްތަށިތައް ދިޔައީ އޭނާގެ މޫނުގައި ފިރުމަމުންނެވެ. އެއީ އެފަދަ ދެވަނައެއް ނުވާ ގޮއްޔެއެވެ. މަގޭ ގޮއްޔެއެވެ. […]