ދޮރުފޮތިން ފުރޭނިގެން އަންނަމުން ދިޔަ އިރުގެ ދޯ ދި އެޅިފައި ވަނީ ޔަލާގެ މޫނަށެވެ. ޔަލާ ލޮލަށް އުނދަގޫ ވާވަރުން ބެޑްޝީޓު ނަގައި މޫނުގަ އަޅާލިއެވެ. އޭނާ އަދި ބޭނުންވަނީ ކުޑަ އިރުކޮޅަކު ނިދާލާށެވެ. ނަމަވެސް ގޭގަ ކުރަން ހުރި ކަންތައްތައް ގިނަ ކަމުން ހިތައި ދެކޮޅަށް ފާޚަނައަށް ފެންވަރާލަން ދިޔައެވެ. އޭނާ ފެންވަރާލައިގެން ނިކުމެ ގަޔަށް ދޫ މަތިކޮޅަކާ ހަރުވާޅެއްލުމަށްފަހު އުނަގަނޑާ ހަމައަށް އަންނަ އިސްތަށިކޮޅުގަ ހުޅިއެއް ޖަހާލިއެވެ. އަދި އަވަސް އަވަހަށް ވަށް ބުރުގަލެއް […]