މައިރާގެ ކުރިމަތީ ހުރި ޔޫހާން އަށް މިތަން ފެނުމުން ހިނިތުން ވެލި އެވެ. މައިރާ އެހުރި ގޮތަށް މާ ގިނަ އިރު ވަންދެން ހުންނަން ފެއްޓުމުން ، ޔޫހާން އޭނާއާ ދިމާއަށް ފިޔަވަޅެއް އެޅިއެވެ. ޔޫހާން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް މައިރާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ކުއްލިއަކަށް މައިރާ ގޮސް ފާރުގައި ޖެހުމުން ޔޫހާން އޭނާގެ ދެއަތުން މައިރާ ފާރާއި އޭނާއާ ދޭތެރޭ ތާށި ކުއްލި އެވެ. މައިރާ އަށް ލިބުނު ސިހުމާއެކު އިސް […]
އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިވަމުން ދާއިރު، ނ.މަނަދޫ ތުޑީގެ ރާޅު ޖަހާ ހިސާބުގައި ހުރި މައިރާގެ މޫނުމަތިން ހުރީ ފިރިހެން ކުދިން ހިތްކިޔާ ކަހަލަ ރީތި ހިނިތުން ވުމެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީ އޭނާގެ ޙަޔާތުގެ ކަންތައްތަކާ މެދު ވިސްނެން ފެށުމުންނެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނަ ހޯސްލައިފައި ފައިބައިގަތެވެ . އެހެންނަމަވެސް އޭނާގެ ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފޮހެލަމުން ، 7 ޖަހަން 30 މިނެޓު އިނުމުން ގެޔަށް ދާން […]