ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑުން މުޅި ފަޒާ ގުގުމާލާފައިވިއެވެ. މާޙައުލުގައި ހިފާލާފައިވީ ތެތްފިނިކަމެވެ. ފަތިހުގެ އެވަގުތު ރަޖާގެ ނިވަލުގައި ނިދީގެ ފޮނި މީރުކަން ޙާޞިލްކުރަމުން ދިޔަ ތުކްލާންއަށް ހޭލެވުނީ ގަޑި ސޯނާވި އަޑަށެވެ. އެ އަރާމު ތަންމަތި ދޫކޮށްފައި ދާން ކިތަންމެ ބޭނުންނުވިޔަސް އޭނާ ތެދުވީ އިތުރަށް ނުތެދުވެ އޮވެއްޖެނަމަ އަނެއްކާވެސް ނިދިދާނެތީއެވެ. އެންމެ ސިކުންތެއްވެސް މަޑުނުކޮށް ތުވާލި ހިފައިގެން އޭނާ ފާޚާނާއަށް ވަނީ ހީކަރުވައިގެންފައި ހުއްޓަސް ފެންވަރާލުމުގެ ނިޔަތުގައެވެ. ދިހަ މިނެޓް ފާހާނާގައި ހޭދަކޮށްލުމަށްފަހު […]
ތުކްލާންއާއި އަނިފްގެ އިތުރުން ޒާމިލްއަކީ ވަރަށް ގާތް ރަޙުމަތްތެރިންނެވެ. ގްރޭޑް ހައަކާ ހަމައިން ކުއްލިގޮތަކަށް ޒާމިލް ވަކިވެގެންދެއެވެ. އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް ޒާމިލްއާ ބައްދަލުވެއެވެ. ނަމަވެސް ޒާމިލްގެ ބަދަލުވެފައިވާ މިޒާޖާއި އުޅުމުގެ ސަބަބުން ތިން އެކުވެރިންގެ މެދުގައި، މީގެ ހަތަރު އަހަރު ކުރިން އޮތް އެކުވެރިކަން ހީނަރުވެގެންދެއެވެ. ޒާމިލްއަށް އައިސްފައި މިވާ ބަދަލުގެ އަސްލު ހޯދަން އަނިފް ކުރާ މަސައްކަތުން ޒާމިލްގެ އަނދިރި ޙަޔާތުގެ ހިތި ޞަފްޙާތައް އަނިފްގެ ކުރިމަތީގައި ނިއުޅިގެންދެއެވެ. ޒާމިލްގެ މަންމަ […]