ފަތިހުގެ ފިނި ވައިރޯޅިތަކުން ފަޒާތެރެ ވަނީ ތެތްކޮށްލާފައެވެ.އެފިނީގެ އަސަރުން ކާރުގެ ތެރޭގައި އިން ކައެލީން އިނީ ގަނޑުވެފައެވެ.އެއާޕޯޓް މަގުން ކާރު ދުއްވާ ލަމުން ދިޔަ އިރު ކައެލީން ވަނީ ހިޔާލީ ދުނިޔެއަށް ގޮސް ހުސްވެފައެވެ.ފަސްަ އަހަަރަށްފަހު މާލެ އައި ނަމަވެސް މާޒީގެ ހަނދާންތައް އޭނަގެ ސިކުނޑިއާއި ކުޅެމުން ދިޔައެވެ..