ދެތިން ދުވަސް ކުރިން ޝިނާ ދުވަހަކުވެސް ހީވެސް ނުކުރާ މީހަކާ ރައްޓެހިވާން ފެށިއެވެ. ގަޑިތަކެއް ވަންދެން ވާހަކަދައްކައި، އެކަކު އަނެކަކާ ބެހޭ ގޮތުން ދަސްކޮށް، ގުޅުމެއް ބިނާކުރަމުން ދިޔައެވެ. އެކަމަކު ފުންކޮށް ވިސްނާލާއިރު، ޝިނާއަށް ދިގުދެމިގެންދާ އެއް ޚިޔާލެއް ތެޅިގަނެވޭކަށް ނެތެވެ. އެއީ ޝާހީއެވެ. އޭނާ ޝިނާގެ ހިތުގައި އުޅޭތާ އެތައް ދުވަހެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުރީގެ ލޯބިވެރިޔާއާ ވަކިވުމަށްފަހުވެސް ޝިނާ އިންތިޒާރުކުރި ފިރިހެނާއެވެ. ރޭގަނޑު ހުރިހާ ކަމެއްވެސް އަނބުރާ ޝިނާގެ ގާތަށް ފެންބޮޑުވެގެން އައީ […]