ފަތިހުގެ ހަމަހިމޭން ވަގުތެވެ. ކަޅުކުލައިގެ ވިލާތައް ހީވަނީ ހުދުކުލައިގެ އެސްތަކަކުން ޖަރީކޮށްފައިވާހެންނެވެ. މިހަމަހިމޭން ވަގުތުގައި ހ.ހައިލައިޓް ގޭގެ 12 ވަނަ ފަންގިފިލައިގެ ބެލްކަނީގައި ހުރި ޒުވާނާގެލޮލުގައި ނިދީގެ ކަންފުޅެއވެސް ނެތްފަދަ އެވެ. ފޯނުން އެލެން ވޯކަރގެ ހިތްގައިމު އަޑުން ކިޔާފައިވާ ފޭޑެޑް ލަވަ އިވެމުންދެއެވެ.ފޯނުގެ ކީޕެޑަށް ފަރިތަކަމާއެކު ފިތަމުން ދިޔައިރު ޙިޔާލެއް ފިކުރެއްނެތެވެ.އިރު އުރުކޮޅާ މޫނު މައްޗަށްވެރިވާ ހިނިތުންވުމުން ދޭހަކޮށްދެނީ އެއީ ވަރަށް މުހިއްމު މީހެއް ކަމެވެ. އެވަގުތުގެ ހަމަހިމޭން ކަން ކަނޑުވާލީ ފަތިސް ނަމާދުގެ ބަންގީގެ […]