ޔާނިއު އަކީ މާލޭގެ މުއްސަނދި އާއިލާއަކަށް އުފަންވެފައިވާ ރީތި ޒުވާނެކެ.ހިތްނުކިޔާ އަންހެން ކުއްޖެއް މަދުވާނެވެ.ވާނީވެސް އެހެންތާއެވެ.ބާމަތިފުޅާވެފަ ބޮޑީ ބިލްޑަރެއްގެ ހަށިގަނޑެއްފަދަ ހަށިގަނޑެކެވެ.ބިއްލޫރި ކޮޅެއްފަދަ ދެލޮލެވެ.ހެނދުނުގެ ނާސްތާ ކުރުމައްޓަކައި އާއިލާ އެންމެން މޭޒުކައިރީގައި ތިއްބެވެ.ގޭގައި ނޯކިރި ކުރަން ގެނެސް ތިބި ދެމީހުން ތަށިތަންމަތި ހަމަޖައްސަމުން ދިޔައެވެ.ޔާނިއުއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ.އަވަސް އަވަސް ކޮއްލައިގެން ކޮލެޖަށްދާން ތައްޔާރުވިއެވެ.ފެންވަރައިގެންނިކުމެ އޭނާލީ މަޑު ނޫކުލައިގެ އަތްދިގު ޓީސާޓަކާ ކަޅުކުލައިގެ ޖިންސެކެވެ.ކާކޮޓަރިއަށް ދިޔައިރު އާއިލާ އެންމެން ހެނދުނުގެ ނާސްތާޔަށް އިންސާފް ކުރުމުން ދިޔައެވެ. […]