އައްސަލާމު އަލައިކުމް ހުރިހާ ކުދިން 🥰 އަޅުގަނޑުގެ ހާލު ރަނގަޅެވެ. ހަމަ އެފަދައިން ތިޔަ ހުރިހާ ކިޔުންތެރިންގެ ހާލުވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑު ލިޔަން ފަށާފައިވާ ވާހަކަ މިހިތުގެ ދިރުން ކިޔުންތެރިންނާ ހަމައަށް ނުގެނެވި ދިގުދެމިގެން ދާތީވެ އެކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އަޅުގަނޑަކީ ކިޔަވާ ކުއްޖަކަށް ވާތީ ވާހަކަ ލިޔަން ވަގުތުނުވަނީއެވެ. މި މަހު 23 ގައި އަޅުގަނޑުގެ އެސެސްމެންޓްތައް ފެށޭތީ އަޅުގަނޑު މިދަނީ އެސެސްމެންޓްތަކަށް ތައްޔާރު ވަމުންނެވެ. […]
ގެއަށް ނައިސް ލަސްވެގެން އަލައިކާގެ އެންމެ ގާތް އެކުވެރިން ގުޅާ ގުޅާ ފޯނުވެސް ލޯޑު ބޮޑުވެގެން އޮތީ އައި.ސީ.ޔޫ އަށް ލާވަރުވެފައެވެ. ނަމަވެސް ނަގާ ހިޔާލު ނުކުރީ މިވަގުތު އެމީހުންނާއި ޖަދަލު ކުރަން ހަދައިގެން ބޯގޮވުން ނޫން ކަމެއް ނުވާނެތީއެވެ. ޕާރޓް:2 އޯ ހެލޯ… އެސްކިއުޒް މީ މެޑަމް… ބަލަ ތިމަންޖެ ވެސް ނުޖެހޭ ދޯ މިވެހޭހާ ވާރޭގަ މިތާ ހުންނާކަށް… މިއޮއް ބޮޑު މާލޭގަ އުޅެން ގެ މަދީތަ؟ ނޫނީ މިހާރު މި ރާއްޖޭގެ ފިހާރަތަކުގައި […]
އިރުއޮއްސެމުން އައިއިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙުރޫމްވެ އަނދިރިކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރަމުންނެވެ. އިސާހިތަކު ވާރޭގެ އަރާމު ޝަބްނަމް ތިކިތަކުން ބިންގަނޑު ތެންމާލީ މާހައުލުގެ ފިނިކަން އިތުރު ކުރަމުންނެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފިހާރައެއްގެ އަސްކަނި ދަށުގައި ހުރިި އަލައިކާގެ މޭގަނޑު ހީވީ […]
ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުންދާ ހާލު، މިލިޔަނީ އަހަރެންގެ ކަޅު މާޒީގެ ވާހަކައެވެ. އަދިވެސް އެދުވަސްތަށް ދެންމެ ވީކަމެއްހެން އަހަރެންގެ މިޅަސިކުނޑީގައި ތާޒާކަންމަތީ ހަރުލާފައި އެބަހުއްޓެވެ. އެއީ މީގެ އަހަރުތަކެއް ކުރި އެވެ. އަހަރެންގެ ހިތުގައި މީހަކު ދެކެ ލޯބި އުފެދުނީއެވެ. އެއީ ޒިމާން އެވެ. ޒިމާން އަކީ އަހަރެން ގެ ބައްޕަގެ އޮފީހުގައި މަސަތްކަތް ކުރާ ހީވާގި މުވައްޒަފެކެވެ. އަންހެން ކުދިންގެ ހިތް އޭނާއަށް ލެނބޭނެފަދަ އެތަށް ސިފައެއް އޭނާގެ ހުރެއެވެ.ފިރެހެން ވަންތަ އަޑެކެވެ. […]