ހަފްތާތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ މެންދުރުފަހު، އަމާން މީހުން ގެނެސްފައިވާ މާތައް އެއްކޮށް ކުނިބާލިދީއަށް އުކާލިއެވެ. އަދި ހުސްކޮށްހުރި މާވަށިގަނޑުތަކަށް ބަލަހައްޓައިގެން ކުނިބާލިދީ ކައިރީގައި ހުއްޓުނެވެ. އެ މާތައް ބެހެއްޓުމަކީވެސް ރަނގަޅުކަމެއްހެން އޭނާއަކަށް ނުވިސްނުނެވެ. އަދި އުކާލުމަކީވެސް ރަނގަޅުކަމެއްހެން ހީނުވިއެވެ. އެރޭ އޭނާ ކޮޓަރި ސާފުކުރިއެވެ. ތަންމަތި ބަދަލުކޮށް، ކުޑަދޮރުތައް ހުޅުވައި، އީތަން އަބަދުވެސް ތުނިކަމަށް ބުނެ ޝަކުވާކުރާ ރަޖާ ފައްޖެހިއެވެ. މަސްތަކެއް ވަންދެން، އޭނާ ނިދީ އީތަން ނިދާ ފަރާތުގައެވެ. ސަބަބަކީ އެކަނިވެރިކަން ކުޑަކޮށް ނަމަވެސް […]
“ވާރޭ ބާރަށް ވެހެމުންދިއުމުގެ ސަބަބުން، އޭނާއަށް ކާރު ކޮންޓްރޯލެއް ނުކުރެވުނު.” “ނޫން..” އަމާންގެ އަނގައިން އެ ބަސް ބޭރުވީ މަޑު ސިއްރު އަޑަކުންނެވެ. އޭނާ ވަރުބަލިކަމާއެކު ހިނިތުންވެލިއެވެ. ގަބޫލުކުރަން ދަތިވެފައި ދެކޮޅަށް ބޯ ހޫރުވަމުން ގެންދިޔައެވެ. “އޭނާ ހަމައެކަނި ދިޔައީ ކާރު ދުއްވާލަން. އޭނާ އެއަންނަނީ ގެއަށް.” އަމާންގެ އަޑު ތުރުތުރުއެޅިއެވެ. “އަހަންނަށް މާފުކުރޭ.” އުމުރުން ހަގު އޮފިސަރު ކަންބޮޑުވެފައި އިސްދަށަށް ޖަހާލިއެވެ. އަމާން ދެ އޮފިސަރުންގެ މޫނަށް އެކަކު އަނެކަކަށް ބަލައިލިއެވެ. އިންތިޒާރުކުރަމުންނެވެ. މިއީ އޮޅުމެއް […]
އަމާން ބަދިގޭގެ ބިންމަތީގައި އިށީނދެގެން އިންތާ ކިހާ އިރެއް ވެއްޖެކަމެއް އޭނާއަކަށް ނޭނގެއެވެ. ބޭރުން ވެހެމުންދިޔަ ވާރޭ ވަނީ ބާރުވެފައެވެ. ކުޑަދޮރުތަކުގައި ތިކިތައް ޖެހެމުންދިޔަ އަޑާއި، ދުރުން ގުގުރައިލާ އަޑު ދިޔައީ އެކުވަމުންނެވެ. އަމާންގެ ފޯނު އަދިވެސް އޮތީ ކައުންޓަރު މަތީގައެވެ. ބަންޑުން ޖަހައިފައެވެ. އިރުއިރުކޮޅުން އޭނާ ފޯނާ ދިމާއަށް ބަލައިލައެވެ. އީތަންގެ ވޮއިސް މެސެޖާއި މެދުގައި އަމާން ވިސްނަމުން ދިޔައެވެ. އެ އަޑުއަހަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ހިތާހިތުން އެ މެސެޖުގައި އީތަން ބުނެފައިވާނީ ކޮން […]
“ނަތީޖާ ނެގެޓިވް.” އަމާންގެ އެއްވެސް އިހުސާސެއް ބޭރަކަށް ނުދައްކައެވެ. ހަމައެކަނި ޑޮކްޓަރަށް ބަލަން އިނީއެވެ. ނެގެޓިވް. އެ ބަހަކީ މިހާރު އޭނާ ހައިރާންކުރުވާ ބަހެއް ނޫނެވެ. އެ ބަސް އިވޭ ކޮންމެ ފަހަރަކު އޭނާގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ހުސްވެގެންދާ ފަދައެވެ. ޑރ. މެތިއުސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ހޯމޯން ލެވެލްތަކާއި، ގަރުބަގަތުމުގެ އިންސައްތައާއި، ބަދަލުކުރެވިދާނެ ކަންތައްތަކާއި، ހިސާބުތަކާއި ތަފާސްހިސާބުތައް ކިޔައިދެއްވަމުންނެވެ. ނަންބަރުތަކެވެ. އަބަދުވެސް ނަންބަރުތަކެވެ. އެއިން އެއްވެސް ނަންބަރަކުން އަމާން އަހަން ބޭނުންވި ހަމައެކަނި ސުވާލަކަށް […]
އަމާންއަށް ކޮންމެ ހެނދުނަކުވެސް އެންމެ ފުރަތަމަ އިވޭ އަޑަކީ އޭނާގެ އެލާމް ގަޑީގެ އަޑެއް ނޫނެވެ. އޭނާގެ ފިރިމީހާ އީތަންގެ އަޑެވެ. އަބަދަކު އޭނާގެ އަޑެއް ނޫނެވެ. ބައެއް ފަހަރަށް ގޭގެ ލަކުޑި ފަންގިފިލާ މަތީގައި އީތަން އަރައިގެން އުޅޭ ފައިވާނުގެ މަޑު އަޑެވެ. ނޫންނަމަ، ބަނޑުހައިވެގެން ބަދިގޭގެ ކަބަޑުތައް ހުޅުވާ އަޑެވެ. ނުވަތަ ސައިހަދަން ހުރެގެން އެޕާޓްމަންޓް ތެރޭގައި އޭނާ ތުންފުމެމުންދާ އަޑެވެ. އެއީ ދުވަހަކުވެސް އެއް ރާގެއްގެ އަޑެއް ނޫނެވެ. އަދި އެއީ އެހާ […]