އީސްޓަން ހައި ކޮލެޖުގެ ބެލް ޖެހުމާއެކު ހުރިހާ ކުދިން ގޭޓުން ވަންނަން ދިޔައެވެ. ކައިޒިލް ހުރީ އޭނާގެ ބެސްޓް ފްރެންޑް ޒިވްޔާ އާއެކު ގަައެވެ. ދެކުދިންވެސް ތިބީ ކޮލެޖުގެ ފުރަތަމަ ދުވަސް ކަމުން ކުޑަކޮށް ނުތަނަވަސް ވެފައެވެ. ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ކުލާހަށް ދިއުމަށް މިސްރާބު ޖެހިއެވެ. ކައިޒިލް ދާންޖެހެނީ ބިޒްނަސް މެނޭޖްމެންޓް ކުލާހަށެެވެ. އެހެނަސް ޒިވްޔާ ދާން ޖެހެނީ ސައިންސް ކުލާހަށެވެ. ދެއެކުވެރިން ހިނިތުންވެލާ އަތާ އަތް ޖަހާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެލިއެވެ. ކައިޒިލް ކުލާސްތެރެެއަށް ވަނުމުން ގިނަ ކުދިންނެއްގެ ނަޒަރު އޭނާއަށް ހުއްޓެން ފެށިއެވެ. ނަމަވެސް މާބޮޑު ކަމަކަށް ނުހަދާ ގޮސް 2 ވަނަ ބަރީގަ އިން ހުސް ގޮނޑިއެއްގައި އިށީނެވެ. އިރުކޮޅަކުން ކުލާސްތެރެއަށް ފިރިހެން ވަންތަ ހިނގުމެއްގައި ކުއްޖަކު ވަނެވެ. އޭނާގެ އިސްތަށިގަނޑުވަނީ މިޒަމާނުގެ ގޮތައް ސްޓައިލް ކުރެވިފައެވެ. ދިގު ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އެ ޒުވާނާގެ ރީތިކަން އެންމެ ބޮޑަށް ހާމަވަނީ އޭނާގެ އަޅި ކުލައިގެ ހިތްގައިމު ކަޅިއެވެ. ކޮނޑުގައި އަޅާފައިވާ ދަބަހުން ފެޝަނަށް ލޯބި ކުރާ ޒުވާނެއްކަން ހާމަވެއެވެ. ގިނަ އަންހެން ކުދިންނެއްގެ ނަޒަރު ދިޔައީ އޭނާއަށް ހުއްޓެމުންނެވެ. އެހެނަސް އެޒުވާނާ އެއިން ކަމަކަށް އަޅާލުމެއްނެތި ގޮސް ހުސްކޮށް އިން ގޮނޑިއެއްގައި އިށީނެވެ. ކައިޒިލް އަށް މީހަކު އައިސް އިށީންކަމުގެ އިހުސާސް ވެސް ނުވާ ފަދައެވެ. ކައިޒިލް އިނީ ނާވަސްވުމުން އިސްދަށަށް ޖަހައިގެންނެވެެ. އިރުކޮޅަކުން ޕްރޮފެސަރ ރަޖިސްޓަރ މާކު ކުރަންފެށިއެވެ. ޕްރޮފެސަރ ކައިޒިލްގެ ނަން ގޮވާލިއެވެ. މަަރްޔަމް ކައިޒިލް މާޖިދް. ކައިޒިލް ޔެސް ސާރ އޭ ބުނެލިއެވެ. އެ ސިކުންތިގައި އެ ޒުވާނާގެ އަމާޒު ކައިޒިލް އަށް ހުއްޓުނެވެ. އަދި ބޭއިހުތިޔާރުގައި ހިތާހިތުން އެނަން ކިޔާލެވުނެވެ. އެވަގުތު ކައިޒިލް އަށް މީހަކު ބަލާހެން ހީވިއެވެ. މޫނު އަނބުރާލި ހިނދު ކައިރީގައި އިން ޒުވާނާ އިނީ ސީދާ އޭނައަށް ބަލަހައްޓައިގެންނެވެ. ކައިޒިލް ކުޑަކޮށް ލަދުގަތެވެ. އެހެންކަމުން އިސްދަށަށް ޖެހިއެވެ. އިރުކޮޅަކުން ޕްރޮފެސަރ ގޮވާލިއެވެ. އިބްރާހިމް ޝަހުދާން ޝާމިލް. އެވަގުތު ޝަހުދާން ޔެސް ސާރ އޭ ބުނެލއިެވެ. ކައިޒިލްއަށްވެސް އިހުތިޔާރަކާ ނުލައި އެނަން ހިތާހިތުން ކިޔާލެވުނެވެ. ޝަހުދާން އަށް އިނދެވުނީ އޭނާގެ ކައިރީ އިން ހޫރެއް ފަދަ ރީތި ކުއްޖާއަށް ގެއްލިފައެވެ. ކައިޒިލް އަށް އުނދަގޫވިއެވެ. ހޭ ޖޯކާ. ވަޓް އާ ޔޫ ލުކިން އެޓް. އަނގަޔަށް މެއްސެއް ވެއްޓިދާނެ. ޝަހުދާން ބަދަލުގައި ހިނިގަނޑެއް ޖަހާލިއެވެ. ނަތިން މަޗް. ހެހެހެ.. އެނީ ވޭ. އައިމް ޝަހުދާން.. އޭސް ޔޫ ހޭވް ހާޑް ސާރ ސޭއިން ބިފޯ. ކައިޒިލް ބުނެލިއެވެ. ޔާ ޔާ ޔާ.. އައި ނޯ. ވިއާޑޯ.. އެންޑް ޔޫ އާ ކަޕްކޭކް. ކައިޒިލް ރުޅިއައިމަ ކޯ ހުންނަ ގޮތުން ހީވަނީ ކަޕް ކޭކެއް ހެން. ހެހެހެހެހެހެ.. ކައިޒިލް ރުޅިގަދަވިއެވެ. ޔޫ ބިގް އިޑިއަޓް. އައިމް ކައިޒިލް ނޮޓް ކަޕްކޭކެ. ފްރީކް… ހެހެހެހެ.. މިހާރު މާ ވައްތަރު ކަޕްކޭކާ.. ހިހިހެހެހެހހިހެހެހެ.. ޝަހުދާން އިތުރަށް ކައިޒިލް ރުޅިއަރުވާލިއެވެ. އިރުކޮޅަކުން ކުލާސް ފެށުނެވެ. އެހިނދު ކައިޒިލް ޝަހުދާންއަށް ލޯއަޅާލިއެވެ. ރައްދުގައި ޝަހުދާން ހިނިގަނޑެއް ޖެހިއެވެ. ހެހެ.. ސީ ޔާ އާފްޓާ ކްލާސް. ކަޕްކޭކް، ހެހެ.. މިހެން ބުނުން ކައިޒިލް ފޫހިވައްތަރެއް ޖައްސާލިއެވެ. އަދި ފިލާވަޅާއިގެން ކުރިއަށް ދިޔައެވެ.. ބްރޭކް ގަޑިޖެހުމުން ކުދިން ކުލާސްތަކުން ނިކުތެވެ. އެހިނދު ކައޒިލްވެސް އަވަހަށް ކުލާހުން ނިކުމެ ޒިވްޔާ އާ އަރާ ހަމަވިއެވެ.. ޒިވްޔާ ފެނުމުން ދެކުދިން މިސްރާބު ޖެހީ ކެންޓީނަށެވެ. ކެނޓީނަށް ވަދެ އެއްޗެއް ގަތުމަށްފަހު ގޮސް މޭޒެއް ކައިރި ތިއްބެވެ. އިރުކޮޅަކުން ޒިވްޔާ ވަރަށް ބާރަށް ގޮވާލިއެވެ. ތުއްތޫ… ހައު ވޯޒް ޔޯ ފަސްޓް ޑޭ؟ އެވަގުތު ފަހަތަށް އެނބުރުނު ކައިޒިލް ވަގުތުން ހުއްޓުން އެރިއެވެ. އޭރު އެ ޒުވާނާ އައިސް ޒިވްޔާއަށް ހައި ފައިވް އެއް ދެނީއެވެ. އިރުކޮޅަކުން އެ ޒުވާނާ އެތާ ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވިއެވެ. ދެވަނަ ސިކުންތުގައ ކައިޒިލްި ޒިވްޔާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.