ހަނދާން ހުންނަންފެށީއްސުރެ ހުޔާ އުޅެމުން އައީ މަންމައާއި އެކުގައެވެ. ބޮޑުވަމުންއައީ މަންމަގެ ބުރަމަސައްކަތުންނާއި މަންމަގެ އާއިލާގެ އެހީތެރިކަމާއެކުގައެވެ. އުޅެންޖެހިފައިވާ އެކަނިވެރި ހާލުން ހުޔާވެގެންދިޔައީ ކޮންމެ ކަމެއްވެސް ކުރަން ކެރޭ ހިތްވަރުގަދަ ކުއްޖަކަށެވެ. މަންމަގެ އާއިލާގެ ފަރާތުން ބޭނުންވި ކޮންމެ އެއްޗެއް ހުޔާއަށް ލިބުނުނަމަވެސް ހުޔާގެ ދިރިއުޅުމަށް ދުވަހުން ދުވަހަކަށް ދިޔައީ ހުސްކަމެއް ވެރިވަމުންނެވެ. ބައްޕައެއްގެ މަޤާމް އަދާކުރަންޖެހިފައިވުމުން ހުޔާގެ މަންމައަށް ހުޔާއަށް ދޭންޖެހޭމިންވަރަށް ލޯތްބާއި އަޅާލުން ނުދެވުމުގެ ސަބަބުން ހުޔާދިޔައީ މައިންބަފައިން ދުނިޔޭގައި ތިބިނަމަވެސް މައިންބަފައިންގެ ލޯބިންމަހުރޫމްވަމުންނެވެ. މިކަމުގެ ސަބަބުން ބޮޑުވަމުންއަންނަ ހުޔާއަށް ދިޔައީ ތަފާތު އުނދަގޫތަކާ ކުރިމަތިވަމުންނެވެ. ނަމަވެސް އެއިން ކޮންމެ އުނދަގުލަކާވެސް ހުޔާ ކުރިމަތިލަމުން ދިޔައީ ކޮންމެސް ދުވަހަކުން ދިރިއުޅުމުގާ ކާމިޔާބު ކުއްޖަކަށް ވުމުގެ ހުވަފެން ހަޤީގަތަކަށް ހެދުމުގެ އުއްމީދުގައެވެ…. އިންތިޒާރުކޮށްލައްވާ…. ނޯޓް: މިއީ އަޅުގަނޑު ޕަބްލިޝްކުރާ ފުރަތަމަ ވާހަކައަށް ވުމުން އަޅުގަނޑަށް ލިޔެވިފައިވާ ކުށްތައް ފާހަގަކޮށް ބުނެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ހުރިހާ ކިޔުންތެރިންވެސް އެބޭފުޅެއްގެ ހިޔާލު ހުށަހެޅުއްވުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަމުގައި ދެކެމެވެ.