މޫސުމުގެ ރީތި ދުވަހެކެވެ. އެކަމަކު ކަރުނަތިކިތަކެއް ފަދައިން ފެންޑާގެ މަތިން އަދިވެސް ވާރޭތިކި ޖަހަމުން ދިޔައެވެ. އަނދުންކުލަ އާއި ހުދުކުލައިގެ ވިލާތައް އުޑުމަތީގައި ކޮޅުކޮޅަށް ދަތުރުކުރާތީ ފެނެއެވެ. ދިނައިން ވާރޭވެހުމުގެ ސަބަބުން ދޮވެވިފައިވާ ބިންގަނޑު ގައި އައިނިރުތައް ފަޅމުން ދެއެވެ. ވާރެއާއި ތެމިގެން ތާޒާ ވެފައި ހުރި ކުލަކުލައިގެ މާތައް ވައިރޯޅީގެ ގޯނާކުރުމުން ގޮތްގޮތައް ހަރަކާތްތެރި ވެލައެވެ. ފެނަޑާގެ ތަނބުތަކަށް އަރުވައިފައިވާ އިރުދޭމަލާއި ގުލޭނޫރަންމާ ވެޔޮތަކުދައި ހުރި މާތައް ވަޔާއި ވިހުރެމުންދެއެވެ. އުޒްވާ އޭނާގެ އެރީތި ބޮޑު […]