===================== ޒުކަން ======================= ފުލުސް ކާރުތައް ގޮސް އެ އިމާރާތުގެ ތެރެއަށް ހުއްޓުމާއެކު ސައިކަލުން ފައިބައި އަހަރެން ވެސް ދުއްވައިގަތީމެވެ. އިމާރާތުގެ ތެރެއަށް ފުލުހުންނަށް ވުރެ ކުރިން ދުއްވައިގަނެވުނީ އަހަންނަށެވެ. އެތެރެއަށް ވަދެގެން ދިޔަ ވަގުތު އެތަނުގައި ތިބި މީހުންގެ ތެރޭގައި އިން ނައިރާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ހިއްސުތަކަށް ހުއްޓުމެއް އައީ ދެން ކަންތައް ވީ ގޮތް ދެލޮލަށް ފެނުމުންނެވެ. ނައިރާގެ ގަޔަށް އެ ވަޅި ހަރާލި ވަގުތު އޭނާގެ ނަމުން ބާރަށް އަހަރެން ގޮވާލީ […]
===================== ޒުކަން ======================= ޑިއުޓީ ނިންމާލުމަށް ފަހު އަހަރެން ގެއަށް ދިއުމަށް ޓަކައި މިސްރާބުޖެހީމެވެ. މިސްރާބު ބަދަލުކޮށްލާ ހަސްފަތާލަށް އަހަރެންގެ މިސްރާބު ބެހެއްޓީ މި ވަގުތު ނައިރާ ނިމޭނެކަން ސިކުނޑި ހަނދާން ކޮށްދިނުމާއެކުއެވެ. ނިހާނު އޮފީސް ދަތުރެއްގައި ރާއްޖެއާ ބޭރަށް ދާންޖެހުމާއެކު ނައިރާ ގެއަށް ދަނީ އެކުވެރި ކުއްޖަކާއެކު ކަން އަހަންނަށް އެނގެއެވެ. މިރޭ އޭނާ ގެއަށް ލައިދޭން ނިންމީ އެހެންވެއެވެ. ހަސްފަތާލުގެ ގޭޓު ކުރިމައްޗަށް އެރުމަށް ފަހު އަހަރެން ނައިރާއަށް މެސެޖު ކޮށްލީމެވެ. ޖަވާބު ނައުމާއެކު […]
===================== ޒުކަން ====================== ކިޔެވުން މެދު ކަނޑާލަން ނިންމުމާއެކު އަހަރެން އަނެއްކާ ވެސް މަސައްކަތް ކުރަނީ ސިފައިންގޭގައެވެ. ނައިރާ ވަޒީފާއަށް ދާ ގަޑި ކައިރިވަމުން ދިޔުމާއެކު ޔުނިފޯރމު އަޅައިގެން އަހަރެން ކޮޓަރިން ނުކުންނަން ދިޔައީމެވެ. ގެއިން ނުނިކުމެވެނީސް އަހަރެންގެ ފޯނަށް ކޯލެއް އައެވެ. މަންމަކަމަށް ވުމުން ކޯލު ނެގީމެވެ. “ދަރިފުޅު. ކޮއްކޮ…ވެއްޓުނީ..” މަންމަ ވާހަކަ ދައްކަން ނުދައްކަން އުޅެން ފެށުމުން އަހަރެން ހާސްވިއެވެ. “ދަރިފުޅާ. ވަރަށް އަވަހަށް އާދެބަ ދަރުމަވަންތައަށް. ޒިވަން މަސައްކަތުގަ ހުއްޓަ ސައިޓުން ވެއްޓިގެން […]
====== ޒުކަން ======== މަތިންދާބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމާ އެކު ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރީ ބޯޓުން ފޭބޭނެ އިރަކަށެވެ. އެ ސޫރައެއް ދުށުމަށް އަހަރެންގެ ހިތް ކެތްނުވާ މިންވަރަށް އިންތިޒާރު ކުރާ ސޫރަ އަހަންނަށް ފެންނާނީ މި ބޯޓުން ފޭބުނު އިރަކުންނެވެ. ފޮށި ނަގައި ތަނުން ފޮށި ހިފައިގެން “ޗެކް-އައުޓް” ވުމަށް ފަހު އަވަސް ހިނގުމެއްގައި އަހަރެން “އެރައިވަލްސް” އިން ބޭރަށް ނުކުތީމެވެ. ވަށައިގެން ނަޒަރެއް ހިންގާލި އިރު ވެސް އަހަރެން ހޯދަން […]
بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވާ، ނުވަތަ ހިނގަމުންދާ، ނުވަތަ ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މި ވާހަކަ އަކީ އަމިއްލަ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ==================== ނައިރާ ======================= އަވަސް ހިނގުމެއްގައި މަގުގެ ދުވާރުމަތިން ހިނގާފައި ދަމުން އަހަރެން، އަތުގައިވި ގަޑިއަށް އަވަސް ނަޒަރެއް ދިނީމެވެ. ހާސްކަން އަހަރެން ވަށާލުމާއެކު މަޑު މަޑުން އަހަރެންގެ ހިނގުން ބާރުވެ، ދުވުމަކަށް ބަދަލުވެގެން ދިޔައެވެ. ބަސް […]