ފަތިހުގެ ހަމަ ހިމޭން ވަގުތު ނިމުމާއި އެކު ޢިރު ފެނާއި ތޮޅިލައި ދުނިޔެ ދޮން ކުރަމުން ގެންދިޔައެވެ. “ރީމް… ރީމް… ތެދުވެބަލަ… ޑިއުޓީ އަށް ދާ ގަޑި ޖެހެނީ… އަވަހަށް ތެދުވެބަލަ…”.. އެނދުމަތީގައި ކަންނެތްވެފައި އޮތް ރީމް އަށް އޭނާގެ މަންމަ ގޮވަމުން ގެންދިޔައެވެ. ނަމަވެސް ރީމް ތެދުވާ ހިޔާލެއް ނުކުރިއެވެ. ރީމް އަކީ އެގޭގެ އެންމެ ހަގައް ހުންނަ ކުއްޖާއެވެ. މަންމަ އާއި ބައްޕަގެ ދޮންފުތެވެ. މި ޒަމާނުގެ ބަހިން ބުނާނަމަ އެގޭ މެޑަމް އެވެ. ރީމް ގެ ބޮޑަށް ހުންނަނީ ރީޝާ އެވެ. ރީޝާ އަކީ ހަމުގެ ކުލަ ކަޅު، އިސްތަށިގަނޑު ބުޅި، ލޫޅާފަތި ހައްޓެއްގެ ވެރި އެކެވެ. ރީޝާ އަކީ ފެށުނީންސުރެ އެންމެންވެސް ރުޅި އަންނަ ކުއްޖާ އެވެ. ރީޝާ ކޮއްދޭ އެއްވެސް ކަމެއް އޭނާގެ މައިންބަފައިންނަކަށް ނުފެންނާނެއެވެ. އެންމެންވެސް ލޯބި ވަނީ ރީމް ދެކެ އެވެ. ސަބަބަކީ ރީމް އަކީ ހަމުގެ ކުލަ ދޮން، އިސްތަށި ގަނޑު ފަން ވިލު ނޫކުލައިގެ ކަޅިއެއް ލިބިފައިވާ ކުއްޖެކެވެ. ”ރީޝާ… ސައި ހަދާބަލަ….ދުވަހަކުވެސް ވަގުތަށް ކަންކަން ނިންމާކަށް ނޭންގޭނެ. މަގޭ ހިތައް އަރާ މަށަށް ކޯއްޗެއް ކެވިގެން ބާއޭ މީނަ އުފަންވީ. އާނ.. އެހެންޏަ.. އަހަރެންގެ އެއްވެސް ސިފައެއް ނެތް މި ކުއްޖާގަނޑު ގަޔަކު.. ހާދަ ފޫއްސެއް ވެޔޭ..” ރީޝާގެ ގަޔާ ދިމާލަށް އިލޮށިފަތި ހޫރާލާފާ އޭނާ އެދިޔައީ ރައްޓެހިންނާ އެކީ ކެފޭ އަަށެވެ. ކޯތާފަތް މަތީގައި ބީހެމުން ދިޔަ ކަރުނަ ތިކި ފޮހެލަމު ރީޝާ ހިތާ ހިތުން ކިޔާލިއެވެ. ”އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަދި ގަޑިން 6:30 އެވެ. ސައި ނުހެދިގެން މީހަކު ލަސްވެގެން އުޅޭ ވަރުުވެއްޖެ ހެއްޔެވެ؟ ރީޝާ ސައި ހަދަމުން ދިޔައިރު ރީމް މެޑަމް އޮތީ އަރާމުކޮށް އޭސީ ކޮޓަރީގައި ނިދާފައެވެ. ނަމަވެސް ރީޝާ ނިދަން ޖެހެނީ އެގޭގޭގައި ކުރިން ގުދަނެއްގެ ގޮތުގައި ބޭނުންކުރި ތަނުގައެވެ. އަދި ނުނިމޭ……….. މިއީ ތަންކޮޅެއް ވާަކައިގެ…