މިއަދު މިއީ އަހަރެންގެ ޙަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެކެވެ. މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއިން ދީނީ ތަޢުލީމް ފުރިހަމަކޮށްގެން އަމިއްލަ ވަޒަނަށް ޚިދުމަތް ކުރަން އާދެވުނު ދުވަހެވެ. އެންމެ ބޮޑަށް އުފާވީ އަހަރެންގެ ނަމުގެ ކުރިޔަށް “އައްޝެއިޚް” ކިޔާނެތީއެވެ. މާލެ އާދެވުނުތާ މާ ގިނައިރުތަކެއް ނުވެ ގެޔަށް ދެވިއްޖެއެވެ. ގެޔަށް ގޮސް ވަދެވުމާއެކު ގެއިން މަރުޙަބާ ކީ ލޯބިވާ މަންމައާއި ބައްޕައެވެ. އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންނެވެ. ބޮޑުދައިތައިންނާއި ބޮޑުބޭބެއިންނާއި އެ މީހުންގެ ދަރިންނާއި، […]
ފޯނު ވައިބްރޭޓް ވީހެން ހީވެގެން އަހަރެން ފޯނަށް ބަލާލީމެވެ. ޑިސްޕްލޭ ވެސް ދިއްލިފައި އޮތުމުން ޔަޤީނުން ވެސް މެސެޖެއް އައީކަން އެނގުނެވެ. ފޯނު ނަގާފައި ހުޅުވާލީ ކޮންމެހެން މާ ޚާއްސަ މެސެޖަކަށްވާނެ ކަމަކަށް ނޫނެވެ. ސޭވްކޮށްފައި އިން ނަމްބަރެއް ނޫނެވެ. މާބޮޑަށް ނަމްބަރަށްވެސް ބަލާކަށް ނުހަދަމެވެ. މެސެޖު ހުޅުވާލައިފީމެވެ. ހީކުރި ގޮތަށް، އެއީ މާ ޚާއްސަ މެސެޖެއް ނޫނެވެ. ހަމަ އެކަނި “ހައި” އެކެވެ. ހިތަށް އެރިއެވެ. މީހުން “ހައި” އެއް މެސެޖުންވެސް ފޮނުވާ ހެއްޔެވެ؟ […]