” ބީއްސަމުން ދިޔަ ރާޅުތަކަށްވުރެ ތިހިތާއި ސިކުނޑީގެ އަޑު މިއަދު މާގަދަ ” އަންހެންވަންތަ އަޑެއް އޭނާގެ ފުރަގަހުން އިވިލިއެވެ. ފަހަތް ބަލާލުމަށްފަހު ސިއްތި ހިނިތުންވެލިއެވެ. އެހެނަސް އިންތަނުން ތެދުވާ ހިޔާލެއް އޭނާ ނުކުރިއެވެ. އެހެންކަމުން ކަތްދަ އައިސް ސިއްތި އާއި ޖެހިގެން ވެލިގަނޑު މަތީގައި އިށީނދެލިއެވެ. ކަތްދަ އަކީ ސިއްތިގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ކަމެއްގައި ވެސް ސިއްތިއާއެކުވި އޭނާގެ އެންމެ ގާތް މިތުރެވެ. ސިއްތި ހޯދަން އެ ގެއަށް ދިއުމަށްފަހު ކަތްދަ އެ […]
” އަގެއްގެ ގޮތުން މިއަދު ތިޔަ ވަށިގަނޑު ސިއްތިގެ ގެއާ ހަމައަށް ގެންގޮސްދިނުމުގެ ފުރުސަތު އަހަންނަށް ދިނުން ކިހިނެއްްވާނެ؟ ” ގިރުވާން ރަނގަޅުކޮށްލަމުން އީސާފުޅު ބުނެލިއެވެ. އެހެނަސް ސިއްތި އަށް ޖަވާބެއް ދެވުމުގެ ކުރިން ހިނިގަނޑަކާއެކު ބާރު ފިރިހެންވަންތަ އަޑެއް މާރުކޭޓުގެ ތެރެ ހިސޯރުކޮށްލިއެވެ. ” އަނހާ މުރާލި ސިއްތީ! މިއަދުވެސް ރަނގަޅަށް އިރުނާރަނީސް މަސައްކަތްތައް ނިންމާލީތަ؟ ” ސިއްތިއަށް އެއީ ކަރީމްގެ އަޑުކަން އެ ދިމާ ބަލާނުލި ނަމަވެސް ފާހަގަ ކުރަން އެނގުނެވެ. ކުޑަ ވަގުތުކޮޅެއްގެ […]
” ސިއްތި ” ހަށިގަނޑު ސީދާކޮށްލަމުން މަޑުމައިތިރި ކަމާއެކު އޭނާ ހުރަސްކޮށްދިޔަ ސިއްތިއަށް ދޮންއާދަނު ގޮވާލިއެވެ. ” ހާދަ ހެނދުނަކާ ހޭލައިގެން ” ” ރޭގަ ނިދުމަކާ ނުވި، ރާޅުތަކުގެ އަޑު ރޭގަ ވަކިން ގަދަ ” މަޑު މަޑުން ސިއްތިވެސް ބުނެލިއެވެ. ” އެއީ އަބަދުވެސް އާދަ ” މަޑު ހުނުމަކާއެކު ދޮންއާދަނު ބުނެލިއެވެ. ” އަހަރުމެންނަށް ވުރެ ގިނައިން ރާޅުތަކުގެ މައްލަވައިގެ އަޑު އިވޭނީވެސް ހަމަ ސިއްތިއަށް ” އެ އަޑަށް ސިއްތި ހީލިއެވެ. […]
އިރު އޭގެ ވާޖިބު އަދާކުރުމައިގެން ފެނުން މައްޗަށް ތޮޅިލިއެވެ. ރަން ދޯދީގެ އަލިން ކަނޑުގެ ސަތަހަ ހުޅުދާންކުރަމުންނެވެ. ގޮނޑު ދަށަށް ބީއްސާލާ ރާޅުތަކުގެ ވިދުން ގަދަވެފައިވިއެވެ. ރޭ ވެހުނު ވާރޭގެ އަސަރު ފަނޑުކޮށްލަން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ހާލުގެ ފުރަތަމަ ގޮވާލުމާއެކު އިރުއެރިކަން އިއުލާންކޮށްލިއެވެ. އެހެނަސް އެކަހެރި ދޮންމާދޫއަށް އިރުއެރީ ދެންމެއަކު ނޫންކަން ހާމަވާހާވެއެވެ. މަސައްކަތްތެރިންގެ އަޑުން ކޮވެލީގެ ހިތްގައިމު ފަތިހުލަވައިގެ އަޑުވެސް ފަނޑުކޮށްލާފައިވިއެވެ. މަސްވެރިންގެ އަޑުން ގޮނޑުދަށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ހިތްގައިމު އަޑު ވަނީ […]