މީގެ އެތަކެއް އަހަރުތަކެއް ކުރިއެވެ. އަހަރެންގެ އުމުރުން 13 އަހަރެވެ. ކިޔަވަމުން ދިޔައީ ރަށު ސްކޫލުގެ ގުރޭޑު 7 ގައެވެ. ކުޑައިރުއްސުރެ އެކުގައި އުޅެބޮޑުވި، އެއް ކިލާހެއްގައި ކިޔަވަމުންއައި ސަމާ ދެކެ ބުނެދޭން ނޭގޭކަހަލަ އިހުސާސް ތަކެއް އަހަރެންގެ ހިތުގައި އުފެދެން ފަށައިފިއެވެ. މީގެ ކުރިން އަހަރެންނަށް ފާހަނގަ ނުވާ އެތައް ކަމެއް ސަމާއަށް ބަލައިލުމުން ފާހަނގަވާން ފަށައިފިއެވެ. ސަމާގެ ދޮން ޖަންބެއް ފަދަ މޫނުގެ ރީތިކަމާއި، ހީލުމުން އެ ދޮން ދޮން ކޯތާފަތް މައްޗަށް އަންނަ […]