އަހަރެންގެ ކައިވެންޏަށް އަހަރެއްވިތަނާ ދެމީހުން ވަކި ވާން ޖެހުނީ އެކުގަ ނޫޅެވިގެންނެވެ. ނާއިލްގެ ފަރާތުން އެއްވެސް ލޮއެއްބެއް އަޅާލުމެއް ނުލިބޭތީއެވެ. އަހަރެން ވަރިވާން އެދުމުން ނާއިލްވެސް މާ ބޮޑަށް ދެކޮޅު ނުހެދީ އޭނަވެސް ވަރިވާން ބޭނުންވެފަ ހުރުމުން ކަމަށް އަހަރެންނަށް ގަބޫލް ކުރެވުނެވެ. ނާއިލްއާ ކައިވެނިކޮށްގެން އުޅުނުއިރު އަހަރެން ވަޒީފާއަކަށް ނުދަމެވެ. ނަމަވެސް ވަރިވެފަ އަހަރެން ބޭނުންވީ ވަޒީފާއަށްދާށެވެ. ޕްރައިވެޓް ދެތިންތާކަށް ލައިގެން އަހަރެންނަށް ވަރަށް ފަސޭހައިން ވަޒީފާ ލިބިއްޖެއެވެ. އަހަރެންނަށް ވަޒީފާ ލިބުނީ ކުޑަ އޮފީހަކުން ކަމުގައި ވިޔަސް މުސާރަ ރަނގަޅެވެ. އޮފީހުގަ ހަމައެކަނި މަސައްކަތް ކުުރަން ހުންނަ މީހަކީ އަހަރެންނެވެ. ދެން ތިބި މީހުން އެކި ކަންކަމުގަ އޮފީހަށް ވަދެހަދައެވެ. ފުރަތަމަ އަހަރެން އޮފީހަށް ދިޔަ ދުވަހު އަހަރެން ލޮލުގަ އަޅައިގަތީ އަހަރެންނާ ޖެހިގެން އިނ މޭޒު ގަ މަސެއްތަކަތް ކުރަން އިނ ޒުވާނާއެވެ. ދުވަހަކުވެސް މީހަކު ފެނުމުން ނުވާވަރު އަހަރެންނަަށް ވިއެވެ. އެ ޒުވާނާއައިސް އަހަރެންނަށް އޮފީހު މަސެއްކަތްތަށް ކިޔާދިނެވެ. އެ އަޑުވެސް އަހަރެންނަށް އާދަޔާ ހިލާފަށް ރީތިވެއްޖެއެވެ. ކައިރީގަ އިނދެ ކޮމްޕިއުޓަރ އިން އެއްޗެހި ކިޔާދިން އިރު އަހަރެންގެ މުޅި ސަމާލުކަން ހުއްޓިފަހުރީ އެ ޒުވާނާއަށްށެވެ. އެ ޒުވާނާ އަހަރެންނަށް މަސެއްކަތްތަށް ކިޔާދީފަ ދިޔުމުން އޮފީހުގަ ދެން އިން ކުއްޖާ އެއީ ބޮސް ކަމުގަ ބުނެލިއެވެ. މީ ކުރިން އޭނަގެ ބައްޕަގެ ބިޒްނެސް ކަމަށާ ކިޔަވައިގެން އައިސް އޭން ބިޒްނަސްއާ ހަވާލްވީ ކަމަށްބުންޏެވެ. “ޒާލިފް” އެ ޒުވާނާގެ ނަން އަހަރެން ހިތުގަ ބިންވަޅު ނެގުނުފަދައެވެ. ފިރިހެނެއް ފެނިގެން ދުވަހަކުވެސް އަހަރެންނަށް މިވަރު ނުވެއެވެ. އަހަރެން އެއްވެސް އިރެއްގައި ފުރަތަމަ ނަޒަރުން ލޯބި ވެވި ދާނެ ކަމަށް ގަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު މި ވީ ކިހިނެތް ހެއްޔެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެން ޒާލިފްއަށް ހިތް ދެވިއްޖެއެވެ. ކޮންމެ ދުވަހަކު އޮފީހަށް ގޮސް އަހަރެންނަށް އިންތިޒާރު ކުރެވެނީ ޒާލިފްއަށްށެވެ. ޒާލިފް ނުފެންނަ ދުވަހެއްވިއްޔާ އަހަރެން ގެޔަށްދަނީ މާޔޫސް ކަންމަތީ ހުރެއެވެ. ގެޔަށް އައުމަށް ފަހު އަނެއްކާ އިންތިޒާރު ކުރެވެނީ އަނެއް ދުވަހު އޮފީހަށް ދެވޭނެ އިރަކަށެވެ. ދެވަނަ ދެކަމެއް ވެގެން ނޫނެވެ. ޒާލިފް ދެކޭހިތުންނެވެ. މުޅި ރޭދުވާ ހޭދަވަނީ ޒާލިފްގެ ހިޔާލު ތަކުގައެވެ. އަހަރެންނަށް މި ވަމުންދާ ގޮތާމެދު އަހަރެންވެސް ހައިރާންވެއެވެ. ދުވަހަކު އަހަރެން މީހަކާ ހެދި މިވަރެއް ނުވެއެވެ. ޒާލިފް ފަރާތުން އަހަރެންދެކެ ލައިކްވާ ކަމުގެވެސް އެއްވެސް އިޝާރާތެއް ނުލިބެއެވެ. ކޮންމެހެން ދައްކަންޖެހޭ އޮފީސް ވާހަކަ ނޫނިއްޔާ ނުދައްކައެވެ. އަހަރެން މާޔޫސްވި ނަމަވެސް […]